ނޭނގޭހެ ހާދަ ލޯބިވޭ 13
މީރާ އެހެން ބުނެލީ ހަމައެކަނި އަސްލަމް ބުނި އެއްޗެއްގެ ޖަވާބުގައެއް ނޫނެވެ. ރާހިލްއާ ނުލާވެސް މީރާގެ ދިރިއުޅުން ކުރިއަށް ދާނެކަން ރާހިލްއަށް އަންގާލުމަށެވެ. އަދި މީރާގެ ހަޔާތުގައި ރާހިލްއަށް ދެން ފުރުސަތެއް ނެތްކަން ރާހިލްއަށް އަންގައި ދިނުމަށެވެ.
މީރާ އެހެން ބުނުމާއެކު ރާހިލްއަށް ދެލޯ ބޮޑުކޮށްފައި މީރާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މީރާ އެބުނި އެއްޗެއް ގަބޫލު ކުރަން ބޭނުން ނުވެފައެވެ.
“އެހެންތަ؟ މަރުޙަބާ އެހެން ވިއްޔާ” އަސްލަމް މީރާއަށް މަރުހަބާ ކިއެވެ.
“ރާހިލް، ކީއްވެ އެއްޗެއް ނުބުނެ ތީނީ؟” ޒަކީ ރާހިލްއާ ސުވާލު ކޮށްލިއެވެ.
“އަހަރެންވެސް ބަލާނަން އޮފީސްތެރޭގަ އެއްވެސް ޕަރޒަނަލް ވާހަކައެއް ނުދައްކާ ވޭތޯ. އެކަމަކު މިވަގުތު އަހަރެން ބޭނުން މީރާއާ ވާހަކަ ދައްކާލަން… އެންމެ ރަނގަޅުތަ މިތާނގަ އަހަރެން މީރާއާ ވާހަކަ ދައްކާލިޔަސް؟” ރާހިލް އަހާލިއެވެ.
“އޯކޭ… ޒަކީ، ހިނގާ ކޮފީއަކަށް ދާން” އަސްލަމް އެއްބަސްވެފައި ނިކުންނަމުން ޒަކީއަށް ގޮވާލިއެވެ.
“މީރާ، އަހަރެން ބޭނުން މަލާކް ދެކެލަން، އޭނަޔާ ބައްދަލު ކޮށްލަން، އަހަރެންގެ ފެމިލީއަށް މަލާޚް އިންޓްރޮޑިއުސް ކޮށްދޭން ބޭނުން” ޒަކީއާ އަސްލަމް ނިކުމެ ދޮރު ލެއްޕުމުން ރާހިލް ބުންޏެވެ.
“އެހެން ވީމަ ރާހިލްގެ ފެމިލީވެސް އޮވޭ ދޯ؟ އެމީހުންނަށް އެނގޭތަ ރާހިލް މީހަކާ އިންކަން؟” މީރާ އަހާލިއެވެ.
“އެއްވެސް މީހަކަށް ނޭނގޭނެ. އަހަރެން ނުބުނަން އެކަކު ކައިރީވެސް” އިސްޖަހާލަމުން ރާހިލް ބުންޏެވެ.
“ދެން ކީކޭ ކިޔާފަ މަލާކް ދައްކާނީ؟ ކާކު ގަބޫލު ކުރާނީ އެއީ ރާހިލްގެ ދަރިއެއް ކަމަށް؟” މީރާ އަހާލިއެވެ.
ރާހިލް ޖަވާބެއް ނުދީ އިނެވެ. އެވަގުތު މީރާގެ ހިތަށް އައި ޚިޔާލަކުން މީރާއަށް ކުއްލިއަކަށް ރާހިލްއަށް ބަލާލެވުނެވެ.
މަލާކް ފެނުނު ކޮންމެ މީހަކުވެސް އެއީ ރާހިލްގެ ދަރިއެއް ކަމާ މެދަކު ޝައްކެއް ނުކުރާނެއެވެ. މަލާކް އެހާވެސް ރާހިލްއާ ވައްތަރެވެ. ނަމަވެސް…
ނަމަވެސް މަލާކް އުފަން ވި ގޮތާމެދު ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނީ ޝައްކެވެ. އެހާ ދުވަސް ވަންދެން އެންމެންނަށް ސިއްރު ކޮށްފައި، ރާހިލް މިއަދު ކުއްލިއަކަށް އެންމެން ކައިރީ ހަ އަހަރު ކުރިން ރާހިލް މީރާއާ ކައިވެނި ކުރީމޭ ބުނުމުން އެވާހަކަ ގަބޫލު ކުރާނެ މީހަކު ހުންނާނެ ހެއްޔެވެ؟
މީރާއާ ދިމާއަށް މީހުން ކޮންމެ އެއްޗެއް ބުންޏަސް މީރާއަށް އަޑު އެހިދާނެއެވެ. ނަމަވެސް މަލާކްއަށް ނިސްބަތްކޮށް އެފަދަ އެއްޗެއް ބުނާ އަޑު އަހަން މީރާއަކަށް ކެތެއް ނުވާނެއެވެ.
“ރާހިލް ހަނދާން ކުރާތި! އެއްވެސް މީހަކު މަގޭ ދަރިފުޅާ ދިމާއަށް އެއްޗެއް ބުނާ އަޑެއް އަހަރެން ނާހާނަން. އަހަރުމެންގެ ކައިވެންޏާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ ބައެއް ކައިރިއަށް މަލާކް ގެންގޮސް މީ ރާހިލްގެ ކުއްޖެކޭ ރާހިލް ބުނީމަ އެމީހުން އެވާހަކަ ގަބޫލު ކޮށްފާނެ، އެކަމަކު އެކުއްޖާ އުފަން ވީ ގޮތާ މެދު އެމީހުން ސުވާލު ކުރާނެ…
ފުރަތަމަ ރާހިލްގެ ފެމިލީއަށް ހުރިހާ ވާހަކައެއް ކިޔާދީ، އޭގެ ކުރިއަކުން ރާހިލްގެ އާއިލާއަކާ މަލާކްއާ ބައްދަލެއް ނުކުރެވޭނެ. ރާހިލް މަލާކް ދެކެން ބޭނުމިއްޔާ އާދޭ އަހަރުމެން ގެޔަށް”
ބުނަން ބޭނުންވި އެއްޗެއް ބުނެފައި މީރާ ސޯފާއިން ތެދުވެ ހިނގައިގަތެވެ. ދޮރު ހުޅުވާލާފައި އެނބުރި މީރާމެން އުޅޭ ގޭގެ ނަން ބުނެފައި މީރާ ނިކުތެވެ.
މީރާ ދިޔުމުން ރާހިލް ސޯފާގައި ބުރަކަށި ޖައްސާލައިގެން ސީލިންގަށް ބަލަން އިނެވެ. ފަސް އަހަރު ވަންދެން ދުނިޔޭގައި ހުރިކަން ނުވެސް އެނގޭ ދަރިފުޅާ ވަރަށް އަވަހަށް ބައްދަލު ވާނެކަން ހިތަށް އެރުމުން ރާހިލްގެ ހިތުގެ ތެޅުން ބާރުވެލިއެވެ. އެއާއެކު ފާޑެއްގެ ބިރެއްވެސް ހިތަށް ވެރިވިއެވެ.
“މަލާކް… އައިމިނަތު މަލާކް ރާހިލް…” ދަރިފުޅުގެ ނަން ރާހިލް މަޑުމަޑުން ކިޔާލިއެވެ. އެ ދަރިފުޅާ ބެހޭ ގޮތުން އެތައް ސުވާލެއް ހިތުގައި އުފެދުނެވެ. އެ ކުއްޖާ ވައްތަރީ ކާކާ ހެއްޔެވެ؟ މީރާއާ ހެއްޔެވެ؟ ނޫނީ ރާހިލްއާ ހެއްޔެވެ؟ ރާހިލްގެ އެއްވެސް ސިފައެއް އެ ދަރިފުޅަށް ލިބިފައި ވޭ ހެއްޔެވެ؟ ރާހިލް ފެނުމުން އޭނަ ހަދާނީ ކިހިނެއް ހެއްޔެވެ؟ މީރާ ފަދައިން ލަދުން ވާހަކަ ދައްކަން ނުކެރިފައި ދުރުގައި ހުންނާނީ ހެއްޔެވެ؟
އެކުއްޖާ ރާހިލްއާ ބެހޭ ގޮތުން މީރާއާ ސުވާލު ކުރޭ ހެއްޔެވެ؟ ބައްޕަ ނެތުމުން އެ ޝަކުވާ ކުރޭ ހެއްޔެވެ؟
ދަރިފުޅު ދެކެލުމަށް އެދި ރާހިލްގެ ހިތް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައެވެ. ގަޑި ބަލާލި އިރު ބާރަ ޖެހީއެވެ. ރެއިން ފެށިފެން އެއްޗެއް ނުކާކަން ރާހިލް ހަނދާން ވީ އެވަގުތު ބަނޑުހައިކަން އިހުސާސް ކުރެވުމުންނެވެ. ސޯފާއިން ތެދުވެގެން ރާހިލް އެތަނުން ނިކުމެގެން ގޮސް އަމިއްލަ ކެބިންއަށް ދިޔަ އިރު މީރާ މަސައްކަތުގައި އިނެވެ. ރާހިލް މީރާއަށް ބަލާލަފއި ވަދެ ފޯން ހިފައިގެން ނިކުތެވެ.
“ދެން ރާހިލް ސަރއަށް މަލާ އާ މީޓް ކުރެވޭނެ ދޯ؟” ރާހިލް ދިޔުމުން މީރާ ކައިރީ އިން ބަސްމާ އަހާލިއެވެ.
“އާނ، މަލާގެ ބައްޕަ ވިއްޔަ އެއީ… މަލާއަށް ޓަކާވެސް އަހަރެން ޖެހޭނެ ދޯ އޭނައަށް އޭނަގެ ބައްޕައާ މީޓް ކޮށްދޭން…” މީރާ ބުންޏެވެ.
އެދުވަހު އޮފީހުގައި މީރާއާ ރާހިލް އިތުރަކަށް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ހަތަރެއް ޖަހަން އުޅެނިކޮށް މީރާ މަސައްކަތް ނިންމާފައި މޭޒުމަތި ތަރުތީބު ކޮށްލަން އިންދާ ރާހިލް ކެބިން އިން ނިކުމެގެން އައިސް މީރާ ކައިރީ މަޑުކޮށްލޮއެވެ.
“ކިހާ އިރަކު އަހަރެން ދާންވީ؟” ތެޅިތެޅި އޮތް ހިތަކާއެކު ރާހިލް އެހިއެވެ.
“ފައިވް އެހާ އިރު އައިސް ގުޅާލާ، އަހަރެން ނިކުންނާނަން މަލާ ގޮވައިގެން” މީރާ އެހެން ބުނެފައި ރާހިލްއަށް މީރާގެ ފޯން ނަމްބަރު ދިނެވެ.
ފޯނަށް އެ ނަމްބަރު ސޭވްކޮށްލާފައި އިތުރު އެއްޗެއް ނުބުނެ ރާހިލް ދިޔުމުން މީރާ ވިސްނާލީ ގެޔަށް ގޮސް އެވާހަކަ މަލާކްއާ ދައްކާނެ ގޮތަކާ މެދުއެވެ. މަލާކް އޭނަގެ ބައްޕަ ކޮބާތޯ އެއްފަހަރުވެސް ސުވާލެއް ނުކުރެއެވެ. ނަމަވެސް މަލާކްއަށް ފަސް އަހަރު ވީ ތަނާ އެއް ދުވަހު ބައްޕައާ ބެހޭ ގޮތުން މަލާކް ސުވާލު ކުރިއެވެ.
“މަންމީ، ދޮންބެއަކީ މަލާގެ ބައްޕަތަ؟” އެދުވަހު އެ ކުޑަކުޑަ ކުއްޖާ ކުރި ސުވާލަކީ އެއީއެވެ.
އެއީ ޗުއްޓިއެއްގައި ޔަމާން އިންޑިޔާއަށް އައިސް ހުރި ފަހަރެއްގައެވެ. މަލާކް އެ ސުވާލު ކުރީ ޔަމާންއާ މީރާ މަލާކް ކައިރީ ތިއްބައެވެ.
ދޭނެ ޖަވާބެއް ނުވިސްނިފައި އެކަކު އަނެކަކަށް ބަލާލާފައި ވިސްނާލުމަށް ފަހު އެ ސުވާލަށް ޖަވާބު ދިނީ މީރާއެވެ.
“ނޫން ދޫނީ… ދޮންބެއަކީ ދަރިފުޅުގެ ބައްޕައެއް ނޫން، އެކަމަކު ދަރިފުޅު ބުނާ ކޮންމެ ކަމެއް ދޮންބެ ކޮށްދެއެއްނު؟” މީރާ މަލާކްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
“ކީއްވެ ދޮންބެ މަލާގެ ބައްޕައަށް ނުވީ؟ ޒައިކްގެ ބައްޕައަށް ކީއްވެ ދޮންތަބޭ ވީ؟” މަލާކް އެކަން އޮޅުން ފިލުވަން ބޭނުންވެފައިވާ ގޮތަކަށް ސުވާލު ކުރަމުން ދިޔައެވެ.
މީރާ ޔަމާންއަށް ބަލާލިއެވެ. މަލާކްއަށް ދޭނެ ޖަވާބެއް މީރާއަށް ނުވިސްނުމުންނެވެ. މަލާކް އޮޅުން ފިލުވަން އެއުޅޭ ކަމެއް އެނގުނު ނަމަވެސް އެކަން މަލާކްއަށް ބުނެދޭނެ ގޮތެއް މީރާއަކަށް ނުވިސްނެއެވެ.
“ދޫނީ… ދޮންބެ ބުނެދެންތަ؟” މަލާކް ގެނެސް އުނގަށް ލަމުން ޔަމާން ބުންޏެވެ. މަލާކް އަވަސް އަވަހަށް ބޯޖަހާލިއެވެ.
ޔަމާން މީރާގެ އަތުގައި ހިފާލައިގެން އިނދެ މަލާކްގެ ސުވާލަށް ޖަވާބު ދޭން މަސައްކަތް ކުރިއެވެ.
“އަސްލު ވީ ގޮތަކީ… މަލާގެ މަންމައަށް މަލާގެ ބައްޕަ ގެއްލުނީ… އެހެންވެ މަލާގެ ބައްޕަ މަލާއަށް ނުފެންނަނީ… އެކަމަކު ޒައިކްގެ ބައްޕައެއް ނުގެއްލޭ، އެހެންވެ ޒައިކްގެ ބައްޕަ މިގޭގަ އެ ހުރީ. ދެން މަލާގެ ބައްޕަ ގެއްލުނީމަ ދޮންބެ ބޭނުންވީ މަލާގެ ބައްޕައަށް ވާން، އެހެންވެ ދޮންބެ މަލާ ދެކެ އެންމެންނަށް ވުރެ ބޮޑަށް ލޯބިވަނީ. އެކަމު ދޮންބެއަކީ މަލާގެ ދޮންބެއެއްނު؟ ބައްޕައެއް ނޫނެއްނު؟ އެނގިއްޖެތަ މިހާރު؟” ޔަމާން މަލާކްއަށް ބުނެދީފައި މީރާއަށް ބަލާލިއެވެ.
މީރާ ބޯޖަހާލިއެވެ.
ވިސްނާލާފައި މަލާކް ބޯޖަހާލިއެވެ. އަދި އެދުވަހުގެ ފަހުން މަލާކް އެފަދަ ސުވާލެއް ނުކުރެއެވެ. މިއަދު މަލާކްއަށް ރާހިލް ދައްކާފައި އެއީ މަލާކްގެ ބައްޕައޭ ބުނުމުން އެކުއްޖާގެ ހިތުގައި އުފެދޭނީ ކޮން ސުވާލެއް ކަމެއް މީރާއަކަށް ނޭނގެއެވެ. އެންމެ ފަހުން މީރާ ނިންމީ ޔަމާންއާ ވާހަކަ ދައްކާފައި ދެމީހުން އެކުގައި މަލާކްއަށް ކިޔާދިނުމަށެވެ. އެންމެ ބޮޑަށް މީރާ ބޭނުންވީ ނަދީމާއާ ވާހަކަ ދައްކާލުމަށެވެ. ހުރިހާ ވާހަކައެއް ނަދީމާއަށް ކިޔާދިނުމަށް ފަހު ނަދީމާ ދެކޭ ގޮތެއް ބެލުމަށެވެ.
މީރާ ގެޔަށް ގޮސް އެދުވަހުގެ ވާހަކަ ޔަމާންއަށް ކިޔާދިނެވެ. އަދި މަލާކް ކައިރީ އެވާހަކަ ބުނާނެ ގޮތަކާ މެދު ދެމީހުން މަޝްވަރާ ކުރިއެވެ.
“މަލާއަށް ވިސްނޭނެ… ބުނާނީ ބައްޕަ ފެނުނީއޭ…” ޔަމާން ބުންޏެވެ.
މީރާ މަލާކްއާ ވާހަކަ ދެއްކުމުގެ ކުރިން ނަދީމާއަށް ގުޅިއެވެ. އަދި މާލެ އައިސް ފުރަތަމަ ރާހިލްއާ ދިމާވި ދުވަހުން ފެށިގެން ވީ ހުރިހާ ކަމެއް ކިޔާދިން އިރު ފޯން ސްޕީކަރަށް ލައިގެން ނަދީމާއާ ޝަފީގު ހުރިހާ ވާހަކައެއް އަޑު އެހިއެވެ.
“ދަރިފުޅު ތި ހެދީ ރަނގަޅަށް. މިހާތަނަށްވެސް ރާހިލްއަކަށް ނުބުނެވޭނެ މީރާ މިވެނި ކަމެއް ގޯސްކޮށް ކުރިއެކޭ، ދެންވެސް ނުބުނެވޭނެ. އޭނަ ބޭނުން ދުވަހެއްގަ އޭނަޔާ މަލާއާ ބައްދަލު ވިޔަދީ. އެއީ އެންމެ ރަނގަޅު ގޮތް، މަލާކްއަށް ޓަކާވެސް އެކަން ކުރަން ޖެހޭނެ. ދެން އޮތް ކަމަކީ، އެއޮފީހުގަ މީރާ މަސައްކަތް ކުރިޔަކަސް މަންމަމެންގެ މައްސަލައެއް ނެތް، އަހަންޏާ ޔަމާން ކައިރީ އަހާ. އެކަމަކު މަންމައަށް ހީވަނީ ޔަމާންވެސް ދެކޮޅެއް ނަހަދާނެ ހެން… ރާހިލްގެ ސަބަބުން މީރާގެ އެއްވެސް ކަމެއް ބަދަލު ކުރަން ޖެހޭނެ ހެންނެއް މަންމައަކަށް ހިޔެއް ނުވޭ.” ނަދީމާ ބުންޏެވެ.
“ތެދެއް މިރާ. ބައްޕަ ވަރަށް އުފާ ވެއްޖެ ދަރިފުޅަކީ ތިހާ ވިސްނޭ ކުއްޖަކަށް ވީތީ. ބައްޕަމެންގެ ޔަމާންއަކީ ވަރަށް ނަސީބު ރަނގަޅު ކުއްޖެއް، އެހެންވެ ޔަމާންގެ ހަޔާތަށް މީރާ ކަހަލަ ކުއްޖަކު ތި އަންނަނީ” ޝަފީގުވެސް ވާހަކަދެއްކީ މީރާއާ އެއްކޮޅަށެވެ.
“އަހަރެން ބުނީމެއްނު މީރާގެ ނިންމުމަކާ މަންމަމެން ދެކޮޅެއް ނަހަދާނެޔޭ؟ ރުޅިއެއްވެސް ނާންނާނެޔޭ؟” މީރާ ފޯން ބޭއްވުމުން ޔަމާން މީރާގެ ކޮނޑުގައި އަތް އަޅުވާލާ ޔަމާންއާ ކައިރިކޮށްލަމުން ބުންޏެވެ.
“ހިނގާ މަލާއާ ވާހަކަ ދައްކަން” މީރާ މަޑުމަޑުން ބުންޏެވެ.
ދެމީހުން އެކީގައި ގޮސް ކޮޓަރިއަށް ވަދެ ކުލަޖައްސަން އިން މަލާކް ކައިރީ އިށިނެވެ.
“ދަރިފުޅާ، މަންމަ ބޭނުން މަލާއާ ވާހަކައެއް ޝެއަރ ކުރަން” އުނގުގައި މަލާކް ބައިންދަމުން މީރާ ބުންޏެވެ.
“ކޮން ވާހަކައެއް؟” ޝައުގުވެރިކަމާއެކު މަލާކް އަހާލިއެވެ.
“ކުރިން މަލާ އެހީމެއްނު ކީއްވެހޭ ދޮންބެ މަލާގެ ބައްޕައަށް ނުވީ؟ އެދުވަހު ދޮންބެ ބުންޏެއްނު މަލާގެ ބައްޕަ ގެއްލުނީއޭ؟ ހަނދާން އެބަހުރިތަ؟” މީރާ އަހާލިއެވެ.
“ލައްބަ، މަލާ ހަނދާން އެބަހުރި” ވިސްނާލާފައި މަލާކް ބުންޏެވެ.
“މަލާ ބޭނުންތަ މަލާގެ ބައްޕަ ބަލާލަން؟” މީރާ އެހިއެވެ.
“މަންމައަށް ބައްޕަ ފެނުނީތަ؟” މަލާކް އަހާލިއެވެ.
މީރާ ޔަމާންއަށް ބަލާލިއެވެ. ކުރިއަށް ގެންދާށޭ ބުނާހެން ޔަމާން ބޯޖަހާލިއެވެ.
“އާނ، މަންމައަށް މަލާގެ ބައްޕަ ފެނިއްޖެ. މަލާ ކައިރިއަށް އަންނަން މަލާގެ ބައްޕަ ބޭނުން، އެކަމަކު މަލާ ބޭނުންތަ މަލާގެ ބައްޕަ ކައިރިއަށް ދާން؟ މަލާ ބޭނުންތަ މަލާގެ ބައްޕައާ މީޓް ކޮށްލަން؟” މީރާ އެހިއެވެ.
މަލާކް ވިސްނާލާފައި ޔަމާންއަށް ބަލާލިއެވެ.
“ބައްޕަ ހުންނާނީ ދޮންބެ ގޮތަށްތަ؟ ދޮންބެ މަލާ ދެކެ ލޯބި ވާހެން ބައްޕަވެސް މަލާ ދެކެ ލޯބި ވާނެތަ؟” މަލާކް ސުވާލުކޮށްލީ ޔަމާންއާއެވެ.
މަލާކް އެކުރި ސުވާލުން މަލާކްވެސް ހާސްވާކަން މީރާއަށް ވިސްނުނެވެ. މަލާކް ބޭނުން ވަނީ އޭނަގެ ބައްޕައަކީ ދޮންބެ ކަހަލަ މީހަކަށް ވުމަށެވެ.
ޔަމާން މީރާގެ އުނގުން މަލާކް ނަގާ ޔަމާންގެ އުނގުގައި ބޭންދިއެވެ.
“ކޮންމެ ކުއްޖެގެ ބައްޕަވެސް އެކުއްޖެއް ދެކެ ވަރަށް ލޯބިވާނެ. ދޮންބެއަށް ވުރެ މާ ބޮޑަށް ބައްޕަ ލޯބި ވާނެ މަލާ ދެކެ” މަލާކްގެ ނޭފަތުގައި ހިފާލަމުން ޔަމާޏް ބުންޏެވެ.
“އެހެން ވިއްޔާ މަލާވެސް ބޭނުން ބައްޕައާ މީޓް ކޮށްލަން… ކޮން އިރަކުން މަލާގެ ބައްޕަ އަންނާނީ؟” ޔަމާންގެ ޖަވާބުން މަލާކް ހިތްހަމަ ޖެހުނެވެ.
“ހަވީރު އަންނާނެ، ހިނގާ ދޯ ފެންވަރައިގެން ރީތ ވެލަން” މީރާ މަލާކްގެ އަތުގައި ހިފާލަމުން ބުންޏެވެ. މަލާކް ހެވިފައި މީރާއާ އެކު ދިޔައެވެ.
މަލާކް ގޮވައިގެން މީރާ ދިޔަތަން ބަލަން އިން ޔަމާންގެ ހިތަށް ގޮތް ނޭނގޭ ބިރެއް ވެރިވެގެން ދިޔައެވެ. ޔަމާންއަށް މީރާއާ މަލާކް ގެއްލެން އުޅެނީ ބާއޭ ޔަމާން ހިތަށް އެރިއެވެ. އެއާއެކު ޔަމާންގެ މެއަށް ކުއްލިއަކަށް ގޮތެއް ވިއެވެ. ޔަމާންއަށް މޭގައި އަތް ޖައްސާލެވުނެވެ.
މަލާކް ފެންވަރުވާ ރީތިކޮށްގެން ނިކުތް ތަނާ މީރާގެ ފޯނަށް ރާހިލް ގުޅިއެވެ. ނުދަންނަ ނަމްބަރެއް ނަމަވެސް އެއީ ރާހިލް ކަން މީރާއަށް އެނގުނެވެ.
“މި ފައިބަނީ” ފޯން ނެގުމާއެކު ހަމައެކަނި އެހެން ބުނެފައި މީރާ ފޯން ކަނޑާލިއެވެ. އަދި ޔަމާންގެ ކޮޓަރިއަށް ވަނެވެ.
“ޔަމާން، ހިނގާ ދާން” އެތެރެއަށް ވަދެފައި މީރާ ބުންޏެވެ.
އޮށޯވެގެން އޮތް ޔަމާން ތެދުވެގެން އައިސް މީރާގެ ކުރިމަތީ ހުއްޓުނެވެ.
“ނަރވަސް؟” ޔަމާން އަހާލިއެވެ.
އެއްޗެއް ނުބުނެ މީރާ ބޯޖަހާލިއެވެ. މީރާ ހާސްވެފައި ހުރިކަން ޔަމާންއަށް އެނގެއެވެ. މީރާއެކޭ އެއްގޮތަށް ޔަމާންވެސް ހުރީ ކަންބޮޑުވެފައެވެ.
ޔަމާން ކުރިއަށް ޖެހިލާ މީރާ ގައިގައި ބައްދާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު ދުރުވެލަމުން ޔަމާން މީރާގެ އަތުގައި ހިފައިގެން ނިކުތެވެ.
ތިން މީހުން އެކީ ބޭރަށް ނިކުތް އިރު މަގުގެ އަނެއް ފަރާތުގައި ސައިކަލު މަޑުކޮށްގެން އެދިމާއަށް ބަލަން ރާހިލް އިނެވެ. މީރާއާ ޔަމާންގެ މދުގައި ހުރި ކުޑަ އަންހެން ކުއްޖާ ފެނުމުން ރާހިލްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެކުއްޖާ ރާހިލްއާ އެހާވެސް ވައްތަރެވެ. ރާހިލްއަށް މަލާކްއާ ދިމާއަށް ބަލަން އިނދެވުނެވެ.
މަގު ހުރަސް ކޮށްފައި މީރާމެން ރާހިލް ހުރި ފަރާތަށް ދިޔަ އިރު ރާހިލްވެސް ތެދުވެގެން އެދިމާއަށް ބަލަން ހުއްޓެވެ. ކުރިން ދިމާވެފައި ނެތަސް މީރާއާ އެކު އެހުރީ ޔަމާން ކަން ރާހިލްއަށް އެނގުނީ ޔަމާންގެ ފޮޓޯ ފެނިފައި ވާތީއެވެ. އެއާއެކު ތާނިޔާގެ ބަދަލުގައި މީރާއާ އެކު ޔަމާން ހުރީ ކީއްވެ ބާއޭ ރާހިލްގެ ހިތަށް އެރިއެވެ.
ރާހިލްއާ ހަމައަށް އާދެވުމުން މީރާ ޔަމާންއަށް ބަލާލިއެވެ. ހީލާފައި ބޯޖަހާލަމުން ޔަމާން މީރާގެ އަތްތިލައިގައި ހިފާލި ގޮތުން ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ރާހިލްއަށް ލިބުނެވެ. މީރާ ވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެ ވާހަކަ ބުނެފައެވެ. ވީއިރު މީރާ ކައިވެނި ކުރަން އެއުޅެނީ ޔަމާންއާ ކަން ރާހިލްއަށް ވިސްނުނެވެ.
އެދެމީހުންގެ ގުޅުން ބަދަލުވީ ކޮން އިރަކު ހެއްޔެވެ؟ ކުރިން މީރާއާ ޔަމާންގެ މެދުގައި އޮތީ އެފަދަ ގުޅޫމެއް ނޫނެވެ. އެކަން ރާހިލްއަށް ޔަގީނެވެ. މީރާ ރާހިލް ދެކެ ލޯބިވީ އެހިތުގައި އެހެން މީހަކަށް ޓަކާ އެއްވެސް ޖާގައެއް ނޯންނާނެ ވަރަށެވެ. މިއަދުވެސް މީރާގެ ހިތުގެ ކޮންމެވެސް ހިސާބެއް ރާހިލްއަށް ޓަކާ ވާކަން ރާހިލްއަށް ޔަގީނެވެ.
ރާހިލް ނުރުހުމާއެކު ޔަމާންއަށް ބަލާލާފައި މަލާކްގެ މޫނަށް ބަލާލިއެވެ.
މީރާ މަލާކްއާ އެއްވަރަށް ތިރިވެލަމުން މަލާކްގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.
“ދޫނީ، އެއީ ދަރިފުޅުގެ ބައްޕަ… ދޭ ގޮސް ސަލާން ކޮށްލަން” މީރާ ބުންޏެވެ.
މަލާކް ބޯޖަހާލާފައި ރާހިލްއާ ދިމާއަށް ބަލާލިއެވެ.
“ގުޑް ލަކް ބޭބީ!” ޔަމާން މަލާކްގެ ބޮލުގައި ފިރުމާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
65 Comments!
Comments are closed.








މިބައިވެސް ކަމުދާނެ ކަމަށް ހީކުރަން، އަނެއް ބައި ބުރާސްފަތި ދުވަހުން… ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ
vv reethi..??
Wahaka Salhi hama. .. anw ehwes kuhjaku benedheefaanan tha fonun wahaka liye weyne gotheh. .. esfiya.com ah upload kuran kamah… 🙂
dhivehin type kuran mi app install kohlaa.. eyyrun vaane.. https://play.google.com/store/apps/details?id=mv.purple.android.thaanakeyboardV2MNU&hl=en
Vvv reethi?
Vv reehthi
varah varah reethi feeling waiting
V v v reethi
Yamaan aa meera gulhuvabaa…plxxx…raahil doesnt deserve meera…yamaan does…v v v nice mi story…waiting for the nxt prt
Exactly
Vvv reeethi
too short. but nice
Haadha kurey v v v reethi
Vv reethi
V nice
eyrun kadavaane. raahil is changed dho. meera and raahil gulhuvaa
Varah reethi
No raahil akaanoon meera golhenee kee …meeraa gulhenee yamaan aa.. eyrun eethi vaanee
No raahil akaanoon meera golhenee kee …meeraa gulhenee yamaan aa.. eyrun reethi vaanee
varah salhi
V v reethi
very nice
Yamaan n meera gulhuvaany
Awesome… ????
yamaan n meeraa gulhenee…dn hama ei ireiga loabiviyey kiyaafa or dharifulhi ge bappa ah veetheeve nujehey dhw sacrifice vaakah…?? hurihaa hithaamaei dheefa dn alun ais maafah edhunas maafu kurevidhaane ekam aneikaa life in jaaga ei dhineema kobaatha yamaan vee loabeege agu…?? dn aneikkaa yamaan family meehunves ekohdhin kanthakuge agu meeraa jeheyne knmes gothakun adhaakohdheyn..aneikkaa meeraa yamaan dheke loabives veynu dn raahil ah nudheythi eives cahnces…? ehen thelhen dhookohfa bahttaa..eyrah ingeynee anhen kudhinnanee kulhen gengulhey toy ei noonkan…
empowering de power of women…????
Raahil j vy o..v salhi mi partvs..
Meera n raahil perfect… insaanun nah kuh ves kureveyny dho …… story dhaa goi v salhi
Pls yaman and meera inge gulhuvaanee. Asluves dharinnah taka secrifice nukurahche. Malaa ah ves yaman dho emme best ee. Ehen stories ga hadhaahen nuhadhaane kamah heekuran. Story varah salhi. Thanks
Masheh beynumeh noon meeraa eh. But malaak athulaanan mifaharu
Maaaaaaaaa reeeeeetthhiiiii!!!but its v beautiful too…great work marsha ??
Raahil varah j vefa dho ehery…
Don’t marry anyone. Just be a single mom. Most of the males are trouble headache.
Haadha reehchey story.. ekm meera n yamaan ingey gulhuvaany.. raahil n vidhaa marry kuraany..
amudhakun nuves ulhen raahil aa innaakah. and laahikeh nun malaak athulaakah.athulan ulhunas dhuniye dhakkaalaanan kanbalhiehge sifaiga.
Wow nice
varah short ingey.. still varah salhi.. ??
Meera don’t marry that rahil.He only cared about his d*** he only wanted a c*** Most men don’t love their women.They only love what is in between their legs.I haaaat such types.
V.reethi
Varah reethi ….
V habeys.. ?
Miulhey bae firihenun heekuraagoidho!!!Varah foohivey.Heartless selfish thoughtless arrogant aaaaaalaaaaaathun.???
Varah hadi
????????????????????????????
V v reethi. Waiting for next part.
Salhi.. but i think vaahaka reethi waani meera and raahil gulhuveemahen.. kuh kureweynee ves insaanunnah.. plus he tried dhw fahun hoadhan ves.. and he is changes.. so he deserves meera
Raahil meeraa aa iny lobakun noon…hamaekani jinsee ufaa hodhan…ekan vaahakain eba engey…yamaan abadhuvess meeraa aa alhaalaa loabivey…ehwnvyna meeraa marry kuranjeheyny yamaan aa….mi story kiyaany yamaan aa meeraa gulhuvanyaa…..meeraa raahilaa gulhuvaafiyaa dhn mistory eh nukiyaanan…Marshaa yaman aa meeraa gulhuvaany….meeraa konhaalehga malaak bodukury yamaan ge ehyga…
Insaanun nashey kuh kureveynee dharin nah takaa rahil aa gulheyshey kiyaa meehun ves innaanan tha kureege firimeeha ah maaf kohfa? Neenaane. On paper it looks nice ekam real life ga it doesnt work like that. It never happens.
yamaan and meera aaa guluneema story reethivannee
vara reeethi…but kuriya gendhaane gothe igeynee hama mashaa 🙂
vara reeethi…but kuriya gendhaane gothe igeynee hama mashaa a 🙂
Koba vaahaka?
miyadhu vaahaka up nuvanytha
Vahaka up kohbaaa avahah….mirey up nuvany tha?….javaabeh dhybaaa marshaaaaa
Waiting waiting…… kobaaaaaaaaaatha storyyyyyyy. Pls upkohbala
I am vvv sorry for not uploading story today.. iyye kokko eh vihaigen ekamaa hedhi hama vagutheh nuvegen miulheny… miadhuvess vagutheh nuvey… as soon as i hv some free time i ll upload story… i hope all readers will try to understand…
Marsha Please update story ASAP.
ahunves inthizaaruga hure hure …. marsha i understood thi situation.
Alhe Marshaa.. haadha inthizaarekey thi kuruvanee??????????
kobaaatha………waiting
Koniraku tha next part up kohladheynee
Waiting.. eid chuttee ga ethan mi thanun dhathuru kuramun ves eba beley story up vi tho
Marsha… Koba vaahaka????? Inthizaaru Koh Koh varubali vejje
Kobaahey kobaahey vaahaka???? Anehkaa mivaahaka ves gehlunee noonbaa!!!!
Kon dhuvahakun tha vaahaka upload vanyyyy????waiting waiting……
Koniraku vaahaka up kohladheynee inthizaaru kuran next part up kohladheyne dhuvahakah pls pls avahah up kohladheynee chey