Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީމާ ކަލާ މިހަޔާތާ މަގޭ.. (3)

Ushaa Level 310 Stories500 Comments100 Comments
September 5, 2016 5 Mins Read
16 Comments

މުފީދާ ރޮމުން ދިޔައިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އަޑު ނުނެރި ވޭތޯއެވެ. ހީވާކަހަލައެވެ. އެހެން އެއްވެސް އިންސާނަކަށް އޭނާއާއި ހެދި އުނދަގުލެއް ވާކަށް އޭނާ ބޭނުން ނުވަނީއެވެ. އާނއެކެވެ. މިހާރުވެސް އޭނާއާއި ހެދި ބަރުބާދުވެގެން ދިޔަ ހަޔާތްތަކެއް ވަކި މަދެއް ނޫނެވެ. އޭނާ ގަސްތުގައި އެއްވެސް ކަމެއް ނުކުރެއެވެ. ހުރިހާ ކަމެއްވެސް ވެގެން ދަނީ އޭނާ ހިތަށްވެސް ނާރާ ހުއްޓައެވެ. މިއަދުވެސް އޭނާ ދެކޭ ގޮތުގައި މާޝަލްއަށް އެޖެހުނު ހާލުގެ ޒިންމާދާރަކީ އޭނާއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އުމުރުން 5 އަހަރުން ފެށިގެން ދުވަހަކުވެސް އޭނާގެ ގާތް މީހަކަށް އޭނާގެ އިހުމާލުން ބޭރުން ދެރަގޮތެއް ނުވެއެވެ.

ހޭނެތިފައި އޮތް މާޝަލް ކުޑަކޮށް ހަރަކާތް ކޮށްލިއެވެ. އެފަދަ ހަރަކާތަކަށް ކެތްތެރިކަން ކޮޅުން ލާފައިހުރި މުފީދާއަށް ލިބުނީ އައު ހިތްވަރެކެވެ. އަދި ވަރަށް ބާރަށް ޑޮކްޓަރގެ ނަމުން ގޮވައިލީ އޭނާއަށް ނުހިނގޭނެކަން އެނގޭތީއެވެ.

***

” ލިބުނު އަނިޔާތަކުގެ ސަބަބުން އިހަށް ގޭގައި އަރާމް ކޮށްލިއްޔާ ރަނގަޅީ. އަނެއްހެން ފުރާނަޔަށް ނުރައްކާ ވާކަހަލަ ކަމެއް ނުވޭ. އެކަމް ވިސްނައިގެން ގޭގަ އޮންނާތި. އެހެންނޫނީ ފަހުން ހަށިގަނޑަށް އިތުރަށް ގެއްލުމެއް ލިބެއްޖިއްޔާ އަހަރެމެންނަކަށް ޒިންމާއެއް ނުވެވޭނެ. ދެން ރަނގަޅަށް ކައި ބޭސްތައްވެސް ގަޑިން ގަޑިއަށް ކާން ދޭތި. އަދި އެއްވާހަކަ 2 މަސް ވަންދެން ބަރު އެއްޗެހި ނުއުފުއްލާތި.” އެއްފަހަރު ބޭސްސިޓީއަށް އަނެއްފަހަރު މާޝަލްއާއި ދިމާލަށް ބަލަމުން ޑޮކްޓަރ ވާހަކަ ދައްކަމުން ދިޔައީ މާޝަލްއާއިއެވެ. މުފީދާ އިސްޖަހައިލައިގެން އިނދެފައި ބޯޖަހައިލިޔަސް މާޝަލްގެ ދުލުން އެންމެ ބަހެއްވެސް ބޭރުނުވެއެވެ. ހީވަނީ އޭނާއަށް ޑޮކްޓަރ ކަންތައް ކުރަން ބުނިގޮތަށް ކަންތައް ނުކުރެވޭނޭ ބުނާ ހެންނެވެ.

މާޝަލްގެ ކިބައިން ބަހެއް ނުލިބުމުން ބޭސް ސިޓީ ދިއްކޮށްލާފައި ޑޮކްޓަރ ގޮއްސިއެވެ. މުފީދާއި މާޝަލްގެ ހަތަރު ކަޅި ހަމަވީ އެވަގުތުގައެވެ.

” ދަރިފުޅުގާތު މަންމަ ބުނަމެއްނު ގޭގެ މަސައްކަތުގައި ބުރަވެގެން އުޅޭކަށް ނުޖެހެޔޭ. ތީ ފިރިހެން ކުއްޖެކޭ ދަރިފުޅާ. ދަރިފުޅު މީހަކާ އިނދެގެން ކުދިން ހޯދަން ވީ އުމުރޭ މީ. ތިހެން އުޅެގެން ކަމަކު ނުދާނެ.” އިސްޖަހައިލައިގެން ހުރެ މުފީދާ މިހެން ބުނިއިރު ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެއެވެ.

” މަންމާ. އަނެއްކާ އެއްކަލަ ވާހަކަ. މަންމަ ބޭނުންތަ އަވަހަށް މާމަ ކިޔަން. އޭރު އަހަރެންގެ ޒުވާން މަންމަ މުސްކުޅި ވާނެ އްނު. އެހެންނޫނަސް….” މާޝަލް މުފީދާއާއި ތަންކޮޅެއް ކައިރިއަށް ޖެހިލައި މޫނުގައި ފިރުމާލަމުން މިހެން ބުންޏެއްކަމަކު އޭގެ ކުރިން މުފީދާ މާޝަލްގެ އަތް ފޮޅާލިއެވެ. އޭނާ އުޅުނީ މައުލޫ އޮޅުވައިލާ މަންމަގެ މޫނު މައްޗަށް ހިނިތުން ވުމެއް ގެނެވޭތޯއެވެ. ނަމަވެސް މިފަހަރުވެސް ކަންތައް ވީ އެއާއި ދިމާ އިނދިކޮޅަށްށެވެ.

” ހުއްޓާލަބަލަ ތި ކުޅޭ ޑްރާމާ މާޝަލް. ހެޔޮނުވާނެ. މަންމައަށް އެނގޭ ދަރިފުޅަކަށް ރަނގަޅެއް ނުވާނެކަން އަބަދު މިގޮތަށް މަންމަގެ ހިދުމަތުގައި ހަޔާތެއްވެސް ނުފަށާ ހުންނާކަށް. ދަރިފުޅަށްވެސް ހައްގޭ އުފަލާ ހިތްހަމަ ޖެހުން. ދަރިފުޅާ ނޫން. މިހެން ކަންތައް ނުކުރޭ. މަންމަގެ ހައްގުގައި އަންހެން ކުއްޖެހެން ނޫޅޭ. މަންމަޔާ ހެދި މީހުން ގެ ކުރިމަތީގަ ‘ރަނޑު’ ވެގެން ނޫޅޭ.” މުފީދާއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ޕާސްލާފައި ރޯން ފެށިއިރު އޭނާގެ ދެލޯ ކަރުނައިން ތެންމާލައިފިއެވެ. މާޝަލް އެނދުގައި ލެގިލަމުން އޭނާގެ މަންމަ ގަޔާލައި ބޮނޑި ކޮށްލިއެވެ.

” މަންމާ ދެން އަހަރެން ނޫނީ މަންމައަށް އަޅާލާނެ އެއްވެސް މީހެއް އެބަ ހުރިތަ؟ އަހަރެން ނެތް ނަމަ ކިހިނެއް މަންމަ ދިރި ހުންނާނީ؟ އަހަރެން މިހުރިހާ ކަމެއް ނުކުރާނަމަ މިއާއިލާ މިގޮތުގަ ނޯންނާނެ އެއްނު. އެހެންނޫނަސް އަހަރެންގެ އުފާތަކާއި ގުޅިފައިވަނީ މި ކުޑަކުޑަ އާއިލާއާ. އެހެން އާއިލާއެއް ފަށާކަށް އަހަރެން ބޭނުމެއް ނޫނޭ މަންމާ. އަދި އެހާ ގާބިލް ކަމެއް އަހަރެންނަކަށް ނުލިބޭ. އަދި އެހާ ހިތްވަރެއް ނުލިބޭ.” މަންމަގެ ބޮލުގައި ފިރުމަމުން ނަސޭހަތެއް ދޭފަދައިން މާޝަލް ބުންޏެވެ. އަދި އޭނާގެ މަންމަ ގަޔާއި ދުރު ކޮށްލަމުން މަންމަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލަ ދިނެވެ.

މުފީދާއަށް ކުޑަ ކޮށްނަމަވެސް ހިނިތުން ވެވުނެވެ. މާޝަލް އެބުނީވެސް ރަނގަޅު ވާހަކައެކެވެ. އެކަމް އޭނާގެ ހައްގުގައި ދަރިފުޅު ހުރިހާ އުފާތައް ގުރުބާން ކުރުމަކީ އޭނާގެ ހިތަށް ކެތް ނުވާ ކަމެވެ. ކޮންމެ ހެނެއްވިޔަސް ހެވެވެ. އޭނާ އޭނާގެ ދަރިފުޅު އުފަލުގައި ބަހައްޓަން ބޭނުމެވެ. ނަމަވެސް އެކަމަށްޓަކއި އޭނާއަށް ޖެހޭނީ 3 ފަރާތެއްގެ އުފާތަށް ގުރްބާން ކުރާށެވެ.

” އުލާން އާ ޖައިލާން…” މާޝަލްގެ ދުލުން ބޭރުވީ އޭނާގެ ހިތުގައި އޮތް ބަހެވެ.

” ދަރިފުޅު ހާސް ނުވޭ. ޔާޝާ އެބައުޅޭ ގޭގަ. އިނގޭތަ؟ ރޭގަ ދަރިފުޅު ހޮސްޕިޓަލަށް ގެނައިކަން އެނގުނީއްސުރެ އެފަކީރު ހޮސްޕިޓަލަށް އަންނަން ވަރެއް ދައްކާލި. އެކަމް މަންމަ އަންނަ ހިތުން ހުރިވަރުން މިއައީ. މަންމަ ބުނިން ޔާޝާ ކައިރީގަ މިރޭ ކާން ހިފައިގެން އަންނާނީ ޔާޝާއޭ. ދަރިފުޅާ! މަންމައަށް މާފް ކުރޭ. އެކަމް މިރޭގަ އަންނާނެ ބައްޕަވެސް. މަންމަ ކިހިނެއް ބައްޕަ ހުއްޓާ ކޮއްކޮމެން އެކަނި ބަހައްޓާނީ. އޭނަ ބޯ އެތިކޮޅެއް ހިއްޕަވައިގެން އައިސް މަގޭ ދެދަރިންނަށް ހަދާނެ ގޮތެއްވެސް ނޭނގެއެއްނު ދޯ ދަރިފުޅާ. ދެން ބަލާބަލަ؟ ޔާޝާ އުލާން ކޮއްކޮމެންނަށް ކާން ދީ ހަދާފަ މިއޮތީ ދަރިފުޅަށް ފޮނުވާފަ ހުރި ކާނާ. ދަރިފުޅަށް އެންމެ މީރު… ބަތާ ފިހުނުމަސް.” މާޝަލް އާއި ދިމާލަށް މަތި ޖަހާފައިވާ ތައްޓެއް ދިއްކޮއްލަމުން މުފީދާމިހެން ބުނީ ހިނިތުން ވެލަމުންނެވެ.

” ޔާޝާ ހާދަ ރަނގަޅޭ އަސްލު. އޭނާ މަންމަމެން އެވަރަށް ނުރުހޭއިރުވެސް އަހަރެމެންނަށް އެހީ ވެދެނީ ވިއްޔަ. ކަމަކު ޖެހެއްޖިއްޔާ އޭނާ ވަރެއް ނެތް. ދެން މިރޭގެ ކަންތައް ދޯ… އޯކޭ ވާނެ މަންމާ އަހަންނަށް. ” މާޝަލް މިހެން ބުނެލައި އަނގަ ހުޅުވައިލީ މަންމަ އޭނާގެ އަނގަޔަށް ކާ އެތިކޮޅެއް ލަވާނެ ކަމުގެ އުންމީދުގައެވެ.

****

 

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރިއަށް ވެރިވެފަވާ އަނދިރިކަމުގެ ތެރޭގައި އަންހެން ކުއްޖެއް އޮތީ ބޭޑް ޝީޓާއިލައި މޫނު ފޮރުވާލައިގެންނެވެ. އިވެމުން ދިޔައީ ހަމައެކަނި ފަންކާ އެނބުރޭ އަޑެވެ. އޭނާ އޮތީ ރޯންކަމެއް ނުވަތަ ހޭންކަމެއްވެސް ދެނެވޮޑިގެންވަނީ ހަމަ އެންމެ ފަރާތެކެވެ. ކުއްލިއަކަށް ފަންކަލުގެ އަޑުގެ އިތުރުން އެހެން އަޑެއްވެސް އިވެން ފެށިއެވެ. އަންހެން ކުއްޖެއްގެ މަޑު ގިސްލުމެއްގެ އަޑެވެ. އެއަޑުންވެސް އޭނާ ކުރަމުން ދިޔަ އަސަރު ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. އެގިސްލުމުގަިއވާ މައުސޫމްކަމުން ކިތަންމެ ބައެއްގެ ހިތްތައް ރޮއްވާ ލެވިދާނެއެވެ. މޫނު ފޮރުވަިއގެން ހުރި އަންހެން ކުއްޖާ މަޑުމަޑުން ގޮސް ލައިޓް ޖައްސައިލިއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރިއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭގައި އަންހެން ކުއްޖެއް އޮތީ ބެޑްޝީޓައިލާ މޫނު ފޮރުވާލައިގެންނެވެ. އިވެމުން ދިޔައީ ހަމައެކަނި ފަންކާ އެނބުރޭ އަޑެވެ. އޭނާ އޮތީ ހޭން ކަމެއްވެސް ނުވަތަ ރޯން ކަމެއްވެސް ދެނެވޮޑިގެންވަނީ ހަމަ އެންމެ ފަރާތެކެވެ. ކުއްލިއަކަށް ފަންކަލުގެ އަޑުގެ އިތުރުން އެހެން އަޑެއްވެސް އިވެން ފެށިއެވެ. އަންހެން ކުއްޖެއްގެ މަޑު ގިސްލުމުގެ އަޑެވެ. އެއަޑުންވެސް އޭނާއަށް ކުަރަމުން ދިޔަ އަސަރު ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެެ. އެގިސްލުމުގައިވާ މައުސޫމް ކަމުން ކިތަންމެ ބައެއްގެ ހިތްތަކެއް ރޮއްވާލެވިދާނެއެވެ.   މޫނު ފޮރުވައިގެން ހުރި އަންހެން ކުއްޖާ މަޑުމަޑުން ގޮސް ލައިޓް ޖައްސާލިއެވެ.

ކޮޓަރިއަކީ ފެންވަރުގަިއ ހަދާފައިވާ ކޮޓަރިއެކެވެ. ބަލއިލި ކޮންމެ ދިމާލަކުންވެސް ޒަމާނީ ކުލަތައް ފެންނަމުން ދިޔައެވެ. އަދި ކޮޓަރީގެ ހައިބަތު ބޮޑަށް ދައްކައިދެނީ ކޮޓަރީގެ ހަތަރު ބިތުގައި ހަރުކޮށްފައިވާ އަލީޝާގެ ފޮޓޯތަކުންނެވެ. އެކި ގޮތްގޮތަށް ފޮޓޯ ނަގާފައި ހުއްޓަސް މޫނުމަތިން އަލީޝާކަން އެނގެއެވެ. އޭނާގެ މޫނު ވަނީ ސްކާފަކުން ނިވާ ކޮށްލާފައެވެ. ހީވާކަހަލައެވެ. އޭނާގެ މޫނު އެއްވެސް މީހަކަށް ފެންނާކަށް އޭނާ ނޭދެއެވެ.

ނަމަވެސް އެއަންހެން ކުއްޖާއަށް ނޭނގުނުކަމކީ ކޮޓަރީގެ ދޮރު ދަށުގައި އެގިސްލުމުގެ އަޑު އަހަން އެހެން މީހަކު ހުރިކަމެވެ. އާދައިގެ މަތިން މިއަދުވެސް ރައުޝާ ދިޔައީ އޭނާގެ “މޭމް” ރޯއަޑު އަހަމުންނެވެ. ކިތަންމެ ރެއަކު މޭމް ރޯއަޑު އަހާފަިއ ދެރަވެފައި ރައުޝާ ހުރެއެވެ. ނަމަވެސް އޭނާއަށްވެސް ނޭނގޭ ކަމަކީ މޭމް ރޯންވީ ސަބަބެވެ. މޭމް އަތުގައި ހިތް ފުރޭވަރަށް ފަިއސާ އެބަ ހުއްޓެވެ. އެހެން އަންހެން ކުދިންނަށް ލިބިފައި ނުވާވަރުގެ ރީތިކަމެއް ލިބިފައި އެބަ ހުއްޓެވެ. މޭމްއަށް މަދީ ކޯއްޗެއް ހެއްޔެވެ؟ ކިތަންމެ މިކަމާއި ބެހޭގޮތުން މޭމްއާއި ސުވާލު ކޮށްލަން ރައުޝާ މަސައްކަތް ކޮށްފިއެވެ.

ނަމަވެސް މޭމްގެ ކުރިމައްޗަށް އަރާ ސުވާލުކުރަން އޭނާ އެއީ ކާކު ހެއްޔެވެ؟ އޭނާއަކީ އެގޭގަިއ ކައްކާ ތަންތަންސާފުކުރަން ގެނެސްފައި ހުންނަ ނޯކަރެވެ. އަނެއްކޮޅުން މޭމްގެ އެހުންނަ ކިބުރުވެރިކަމަކާއި މީހުންނާއި ނުގުޅޭ މިޒާޖެއްގެ ސަބަބުން މޭމްގެ ކުރިމައްޗަށް އަރަން އަނގަ ހުޅުވަން އޭނާ ބިރުގަންނަނީއެވެ.

” ޑިން ޑޮން..” ރައުޝާ ސިއްސައިގެން ދިޔައީ ގޭގެ ބެލް ޖަހައިލުމުންނެވެ. ސެކިއުރިޓީން ތިބޭނެކަން އެނގޭތީ އެއްވެސް ޖެހިލުން ވުމަކާއި ނުލާ ރައުޝާ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގަިއ ހުރީ އޭނާ ހީކުރި ފަދައިން ސެކިއުރިޓީ ގާޑެކެވެ.

” މޭމް ހޭލާތަ؟” ރައުޝާއާއި ދިމާލަށް އެމީހާ އަހައިލިއެވެ.

“ނޭނގެ. ކިހިނެއްވީ؟ މިހާދަންގަޑިއެއްގަ…. ކަމެއް ގޯސްވީތަ؟ ” އެމީހާގެ ސުވާލަށް ކުރު ޖަވާބެއް ދެމުން ރައުޝާވެސް އަމުނާލީ ސުވާލު ބޮނޑިއެކެވެ.

” ނޭނގެ. ފާޑެއްގެ މީހެއް. މޭމް ހޯދަން އައިސްއުޅޭތާ ކިތަންމެ އިރެއް. 3 ރޭ ވެއްޖެ އޭނަ މޭމް ހޯދަން އަންނަތާ. އަހަރެން ބުނިން މޭމް ރަށުގަ ނެތޭ. އެހެން ބުނީމަ ކޮންމެ ރެއަކުވެސް ގެޔަށްދޭ. އެކަމް މިރޭގަ މޭމް ނިދާފައޭ ބުނެބުނެވެސް ނުދިޔަ. ބުނީ ތިމަންނަ މީ މާ ސްޕްޝިއަލް މީހެކޭ. މޭމް ކައިރީގަ ބުނާއިރަށް އަންނާނެޔޭ.” އެމީހާ ކިޔައިދިނެވެ.

” އެހެންތަ؟ އަންހެނެއްތަ؟ ފިރިހެނެއްތަ؟ ކިހިނެއް އޭނަ ހުރީ؟ ފަންޑިތަ ހަދާ މީހަކާ ވައްތަރުތަ؟” ރައުޝާ އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

” ފިރިހެނެއް އެއީ. ފަންޑިތަ ހަދާ މީހަކާ ވައްތަރެއް ނޫން. ބަލާބެލުމަށް ހީވަނީ 40ހަކަށް އަހަރު ވެދާނެހެން. ދޮންކޮށް ދިގުކޮށް ވަރަށް ރީތިކޮށް ހުރީ. ވަރަށް މުއްސަންޖެއް ވައްތަރު ޖަހާ. ހުންނަނީ ކޯޓުލާފަ ފަޓުލޫނު ލާފަ ޓައީވެސް އަޅާފަ. ކޮންމެޔަކަސް ވަރަށް އޮފިޝިއަލް. އަދި އެނގޭތަ؟ ރައުޝާ ވަޒީފާއަށް ނާންނަ އިރުވެސް އޭނަ އައި. އެއީ މީގެ 3 މަހެއްހާ ކުރިން. އޭނަ އައި ވާހަކަ އަހަރުން މޭމް ކަިއރީގައެއް ނުބުނަން. އޭނަ އެދުވަހު ގެނައި ބޮޑު ޑޮލަރ ފޮއްޓެއް އަތުލާފަ ފޮނުވައިލީ. މޭމްއަށް ދޭށޯ ކިޔާފަ ދިން ސިޓީއެއްވެސް. އަހަރެމެން އެސިޓީވެސް އެއްލައިލީ. ވެދާނެއްނު މޭމްގެ އުހުން އުހުމްއަށްވެސް. ” ގޭޓް ބަލަހައްޓާ މީހާކަމުގައިވާ ގާދިރު ކިޔައިދިނެވެ.

” ކަލޭމެން ހާދަ މަކަރު ގަދައޭ ދޯ. އެއްފަހަރުވެސް ހިތަށް ނާރާދޯ މޭމްއަށް އެނގެއްޖިއްޔާ ވާނެ ގޮތެއް. ކުރާނެ ކަމެއް ނެތް. ބަލަ މޭމް ކަލޭމެންނަށް ލާރި ދީފަ ބަހައްޓާފަ ތިހުރީކީ އެހެން މީހުންގެ ލާރި ކާކަށް ނޫނޭ” ރައުޝާ މިހެން ބުނީ ތަންކޮޅެއް ބާރަށްށެވެ.

” ދެން ތީ ކޮން ވާހަކައެއް؟ އެއީ އެފަހަރު އަހަރެމެންގެ ހިތް އެދުނު ގޮތް. އެހެން ނޫނަސް އެވާނީ އެމީހާ ވާނީ ޕްރޮޕޯސަލްއެއް ހިފައިގެން އައި މީހަކަށް. އެކަހަލަ މީހުން ކިތައް ފަހަރުތަ…..” ގާދިރުގެ ވާހަކަ ފުރިހަމަ ނުވީ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުމުންނެވެ.

” ކޮން ކަމެއް މީ؟ މީހަކަށް ނިދޭވަރު ނުވެޔޭ ހަޅޭއްލަވާވަރުން. މިހާރު ކިހިނެއް ވެގެން ތި ހިފަނީ؟” ކޮޓަރިން ނިކުތް އަންހެން ކުއްޖާ މިހެން ބުނިއިރުވެސް އޭނާގެ މޫނު މައްޗަށް ސްކާފްކޮޅު ވައްޓާލެވިފައިވެއެވެ. އަޑި ކުރަކިވެފައިވުމުން މާ ރަނގަޅަކަށް ކާކުކަމެއް ނޭނގެއެވެ.

” މޭމް.. މޭމް.. މޭމް ހޯދަން މްމިމީހަކު އައިސްފި.” ގާދިރުއަށް ބިރުން ހުރިވަރުން ވާހަކަ ދެއްކުނީވެސް އަޑުތުރުލަމުންނެވެ.

” ދެން އެއީ ބަޔަކު މީހުން ހިފާ ތަޅާވަރުގެ ކަމެއްތަ؟ ހަމަ މިހާރު އެމީހެއް އެމީހެއްގެ މަސައްކަތަށް ރުޖޫޢަ ވޭ. އެންޑް ޔޫ ރައުޝާ. ބޭނުމިއްޔާ މިހާރު ތިނަގާ ރެސްޓެއް ނަގާ. މާދަމާ ފެންވަރާލާން ވަގުތުކޮޅެއްވެސް ނުލިބޭނެ.” ސްކާފު ކުޑަކޮށް ދުރުކޮށްލަމުން އަލީޝާ ހަލޭއްލަވައިގަތީ ކުރިއަސްވުރެވެސް ބާރަށްށެވެ. އަދި އެހެން މީހަކަށް އޭނާގެ މޫނު ފާހަގަ ނުވަނީސް އަނެއްކާވެސް މޫނު ފޮރުވާލައި ގޭޓް ބަލަހައްޓާ މީހާއާއިއެކު އެއައި މީހަކާއި ބައްދަލު ކުރަން ހިނގައިގަތެވެ.

މަޑުމަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައިރު އަލީޝާގެ ހިތް ކުރަމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. މިހައި ދަންވަގުތެއްގަިއ އޭނާއާއި ބައްދަލު ކުރަން އަންނާނީ ވަކި ކާކު ހެއްޔެވެ؟ ބޭރުގަިއ އަލީޝާގެ އިންތިޒާރުގަިއ ހުރި މީހާގެ ހިތްވެސް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެތައް އަހަރުތަކަކަށްފަހު އަލީޝާއާއި ބައްދަލުވުމުން ވާނެގޮތެއް ނޭނގެއެވެ. އަލީޝާއަށްވެސް މިރޭގަިއ ކޮންމެސް ކަމެއް ގޯސްވާން އުޅޭކަމަށް އިހުސާސްކުރެވެން ފެށިއެވެ.

“މޭމް އެހުރީ އެމީހާ..” ދޮރުމަތީގައި ހުރި މީހާ ދައްކާލަމުން ގާސިމް ބުންޏެވެ. އަލީޝާ ފަރުވާތެރި ކަމާއިއެކު އެމީހާއާއި ދިމާލަށް ބަލައިލި ވަގުތު ހީވީ އޭނާގެ ކަންކަށިމަތީގައި ވަރަށް ބާރަށް މީހަކު ޖަހައިލިހެންނެވެ. ބުނާނެ އެއްޗެއް ނޭނގި އެމީހާއާއި ދިމާލަށް ބަލަން ހުރެވުނީއެވެ. ލޮލުން ކަރުނަ އޮހޮރެއް ފެށީވެސް ބޭއިހްތިޔާރުގައެވެ. ބޮލުން ސްކާފު ވެއްޓި ހުރިހާ އެންމެންގެ ކުރިމަތީގައި އަލީޝާ ބޭޒާރުވިއެވެ. އެމީހާއަށްވެސް ވީ އެފަދަ ގޮތެކެވެ. އަލީޝާގެ މޫނު ފެނުމުން ބަލަހައްޓައިގެން ހުރެވުނީ ބުނާނެ ވަކި އެއްޗެއް ނޭނގިފައެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

މަންޝާ (ތެޔާޅީސްވަނަ ބައި)

Next

ހަޔާތުގެ ސަފުހާތަކުން

Next
September 6, 2016

ހަޔާތުގެ ސަފުހާތަކުން

Previews
September 5, 2016

މަންޝާ (ތެޔާޅީސްވަނަ ބައި)

16 Comments!

  1. Ushaa says:
    September 5, 2016 at 10:28 pm

    A salaam. Finally itxx solved.. Nw u cn ryd nd lyv cmmntxx… Gud nyt.. Bye..

  2. aff says:
    September 5, 2016 at 10:50 pm

    reethi…keep goin gurl..☺

    1. Ushaa says:
      September 6, 2016 at 6:46 am

      Thnkyw..

  3. ken? says:
    September 6, 2016 at 12:18 am

    kihineitha mi vee….aleeshaa moonah kihineitha vefa huree…??

  4. cheese says:
    September 6, 2016 at 12:32 am

    Haaadha kurey

  5. Sabeeha says:
    September 6, 2016 at 10:46 am

    vv reethi..??

  6. Aminathainaan says:
    September 6, 2016 at 1:08 pm

    Vvvvvv nice and thanks bcox u solve it ?

  7. Ree says:
    September 6, 2016 at 1:40 pm

    Who is that alisha aa meet kuran ai??????. Can’t wait to read the next part.??

  8. Ssss says:
    September 6, 2016 at 5:36 pm

    Mashah hyvany eii alishaage dad hn…. I’m I right ushaaaa…BTW vrrrrrh reeeethi????

  9. EleNã says:
    September 6, 2016 at 5:37 pm

    Mashah hyvany eii alishaage dad hn…. I’m I right ushaaaa…BTW vrrrrrh reeeethi????

  10. BêlLã says:
    September 6, 2016 at 5:38 pm

    Vrh reethi

  11. Yaybaa says:
    September 6, 2016 at 8:16 pm

    V reethi

  12. ushaa says:
    September 6, 2016 at 10:29 pm

    Shukuriyya hurihaa kudhinnah.. nxt prt fridayga..

  13. Aan says:
    September 8, 2016 at 10:59 am

    v reethi mi part

  14. Rifaa says:
    September 9, 2016 at 7:23 pm

    wow varah reethi mi bay ves

  15. Shai says:
    November 12, 2017 at 2:13 pm

    Dhn v kihineh? ?

Comments are closed.


All Right Reserved!