އޮއްސުނު އިރު
އަހަންނަށް ވޭނީ އާހެއް ދޫކޮށްލެވުނެވެ. ބަނޑުގައި ފިރުމާލެވުނީ އުފަލުން ފުރިގެންނެވެ. ނަަމަވެސް ވާން މިއުޅެނީ ކިހިނެއް ކަމެއް ޙުދު އަހަންނަކަށްވެސް އިހުސާސެއް ނުކުރެވެއެވެ. ބޭއިހްތިޔާރުގައި އަހަންނަށް އަމްރު އޭ ކިޔާ ހަޅޭއްލެވުނެވެ. އޭރު އަހަރެންގެ ބަނޑަށް 36 ހަފްތާ ފުރިއްޖެއެވެ. އަހަރެންގެ ފިރިމީހާ އަމްރު އަހަރެން ވަގުތުން ނަގައިގެން ގެނދިޔައީ އޭ.ޑީ.ކޭ އަށެވެ. ވަގުތުން އަހަރެން ވިހާނެ ކަމަށް ބުނެ ވެއްދީ ތިއޭޓަރަށެވެ. ކުއްލިއަކަށް އަހަންނަށް އިވެން ފެށީ ތިއޭޓަރުގެ ތެރެއިން އެހެން އަންހެނެއްގެ ވޭނީ ކެކުޅުމުގެ އަޑެެވެ. ނަމަވެސް އަހަންނަކަށް އެއީ ކާކު ކަމެއް ވެސް ޙުދު ނޭނގެއެވެ. އިވުނުހާވެސް އެއްޗަކީ އެތަނުން ނަރުހަކު “އިއްނާލިއްލާހި ވައިއްނާ އިލައިހި ރާޖިޢޫން” މިހެން ބުނި އަޑެވެ. އޭގެ އިރުކޮޅެއްނުވެ އިވިގެން ދިޔައީ ތުއްތު ފުރާނައެއްގެ ރުއިމުގެ އަޑެވެ. އަހަރެންގެ ބަނޑަށް ވަމުން އައި ތަދުވެސް އަހަންނަށް އިހުސާސްވެސް ނުކުރެވޭހާ ފުން ހިޔާލެއްގެ ކަނޑަކަށް ޢަރަޤު ވެގެން ދިޔަފަދައެވެ،
އެއީ މީގެ އަހަރުތަކެއް ކުރިންނެވެ.
“ޒިވީ، ދަރިފުޅާ މިއީ ކޮންގަޑިއެއްތަ ލަވަޖަހަން؟ އަވަހަށް ލަވަ ނިއްވާލާ! ނަމާދަށް އެއޮށް ގޮވަނީ. ފެންވަރައިގެން ވުޟޫ ކޮށްލައިގެން ދަރިފުޅުވެސް އަވަހަށް ނަމާދުކުރޭ އިނގޭ” އެއީ އަހަރެންގެ މަންމަ ކަވްޘަރުގެ އޯގާތެރި އަޑެވެ. ލޯތްބާއިއެކު ފުރިގެންވީ އެ އޯގާތެރި އަޑުންް މަންމަ އަހަންނަށް އެ ލައިދޭ ނަސޭހަތްތަކަށް އަހަންނަށް ދެވެނީ ބީރު ކަންފަތެކެވެ. އަހަރެން މަންމަގެ އެބުނުމަށް ކުޑަ ނަމަވެސް އިޖާބައެއް ދިނުމުގެ ގޮތުން ލަވައިގެ އަޑު މަޑުކުރީމެވެ.
އަހަންނަކީ މަންމަ އާއި ބައްޕަގެ ލޮލުގެ ކޮއި ފަދަ ހަމައެނި ދަރިފުޅެވެ. ގެއްލިފައިވާ އުއްމީދެއް އެމީހުންނަށް އާވެގެން ދިޔައީ މީގެ 23 އަހަރުކުރިން ރޫޅި ރޫޅި އޮތް ކައިވެންޏެއް ތާ އަބަދަށް ގުޅިލާމެހުމަށް ނިޔާ ކަނޑައަޅުއްވާފައިވާތީއެވެ. އެހެންކަމުން އަހަރެން ވެގެން މިދިޔައީ މަންމަ އާއި ބައްޕަގެ އެ އަނދިރިވި ގުޅުމުގެ ވޮށް ދިއްލާލަދިން އައްޔަށެވެ.
އަަހަންނަކީ ހުރި ހަމައެކަނި ދަރިފުޅު ކަމުން އަމީރާ އެއްފަދައިން ގޭގައި ރަނިކަން ކުރަމުން ދިޔައީމެވެ. ބައްޕަ އަކީ ނަންމަޝްހޫރު ވިޔަފާރިވެރިއެއްކަމުން އަހަރެމެންނަކީ މުއްސަނދި ދިރިއުޅުމެއް ވޭތަ ކުރަމުން ދާ އާއިލާއަކީ މެވެ.
އަހަރެން ސީ.އެޗް.އެސް.ސީ އިން ގްރޭޑް 12 ނިންމާލީ 2012 ވަނަ އަހަރުގައެވެ. އަހަރެންގެ މުޅި އާއިލާ ފަޙުރުވެރިކޮށް ދިނީ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ލަޤަބު ހޯދުމަށްފަހުގައެވެ. އެއަށްފަހު ދުވަސްތަކެއްނުވެ އަހަންނަށް އަނެއްކާވެސް އީދެއް ފަދަ އުފަލެއް ކުރިމަތިވިއެވެ. އެއީ އަހަންނަށް ޓޮޕް އެޗީވާރސް އިން މުޅި ރާއްޖެއިން 6 މާއްދާއިން 1ވަނަ ހޯދާ މުޅި ދުނިޔއެިން 5 މާއްދާއިން 1ވަނަ ހާސިލްކުރުމުން ، އިތުރަށް ކިޔަވަން ލިބުނު 2 ސްކޯލާޝިޕް ގެ ސަބަބުންނެވެ.
އަހަރެންގެ މަންމަ މިކަމާ ވަރަށް ހިތް ނުތަނަވަސްވިއެވެ. ނަމަވެސް މަންމަ އަހަރެންގެ އުފަލަށް އެޅޭ ހިޔަންޏަކަށް ވާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވިއެވެ. އެހެނީ ބައްޕަވެސް އަހަރެން ގެ ހުރިހާ އުއްމީދެއް ފުރިހަމަ ކޮށްދެނީ އަބަދުވެސް އުފަލުން ފޮޅި ފޮޅި ހުރެގެންނެވެ.
އެހެނަސް އަހަރެންގެ ހަޔާތުގައި ފޮރުވިފައިވާ ކަޅު ސަފްހާތަކުން އެންމެ ގަނޑެއްވެސް އެކަކަށްވެސް މިވީހާތަނަކަށް އުކާލެވިފައެއް ނުވެއެވެ.
އަހަންނަކީ ޒަމާނީ ސްޓައިލަށް ، ބްރޭންޑެޑް އެއްޗިއްސަށް ލޯބިކުރާ ކުއްޖަކީމެވެ. މާލޭގެ އާދައިގެ ފިހާރަތަކުން ވިއްކާ ޖިންސެއް ކަމަކު ނުދެއެވެ. ހެދުމެއްވެސް ކަމަކު ނުދެއެވެ. ސްކޫލް ދައުރު ނިމުމުން ވަރަށް ވެސް ބޮޑު މިނިވަންކަމެއް އިހްސާސް ކުރެވުނެވެ. އަހަންނަށް ބޭނުން ވަރަކަށް ލާރި ލިބެއެވެ. ރައްޓެހިންނާއިއެކު ބޭރުގެ ތަފާތު ޤައުމުތަކަށް ދަތުރު ދަމެވެ. ކޮންމެ ދެމަހުން އެއްމަހު އަހަރެން ބެންކޮކަށް ދަމެވެ. ނަމަވެސް އެއީ އަހަރެން ވަރަށް ސިއްރުން ކުރާ ދަތުރެކެވެ. ފާރަލާ މީހަކަށް ވެސް އޮޅޭވަރުވާނެއެވެ. އަހަރެން ބެންކޮކަށް ގޮސް ވާނީ އެންމެ ތިން ދުވަހެވެ. މަންމަ މެން ކައިރީ ދެ ހަފްތާއަށް ކަމަށް ބުނެ ކުރާ ދަތުރު ތިން ދުވަހުން ކޮށް ނިންމާލާފައި އަންނަނީ އަހަރެންގެ އުމުރުން 16 އަހަރުން ފެށިގެން އަހަރެން އެ ފުރާނައަކަށްޓަކައި ލޯބިވާ އަހަރެންގެ ލޯބިވެރިޔާ ގާތަށް ދިއުމަށެވެ. އަހަރެންގެ ދިގު އިންތިޒާރަށް ނިމުމެއް އައީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯރޓް ގެ ރަންވޭގައި ބެންކޮކް އެއާރވޭސްގެ ޕީ.ޖީ. 711 މަރުކާގެ ބޯޓު ޖެއްސުމުންނެވެ.
އަހަރެން އަވަސް އަވަހަށް ތާޒާ ވެލުމަށްޓަކައި އަތުގައި އޮތް ވިކްޓޯރިއާރސް ސިކްރެޓް ދަބަހުން ހަމަ އެ ބްރޭންޑްގެ ފަބިއުލަސް ފޯ ވުމަން ސެންޓުފުޅިނަގާ ފަރުވާތެރިކަމަޢިއެކު ޖަހާލީމެވެ. އަދި ޖިއޯޖީއަރްމާނީ ގެ ޗައިނީސް ލެކާރ ލިޕް ގްލޯސް ނަގާ ތުންފަތުގައި ހާކާލީމެވެ. އެއަށްމަހު ވިހުރެން ދޫކޮށްފައިވާ އަހަރެންގެ ބުޅިބުޅި އިސްތަށިގަނޑު މައްޗައްނަގާ ހުޅިއެއް ޖަހާލީމެވެ. ހަމަޖެހިލާނަވާއިރަށް މީހުންތަށް ބޯޓުން ފައިބާ މަންޒަރު ފެނުނެވެ. އަހަރެންވެސް އިތުރަށް މަޑުޖެހުމަކަށް ވިސްނާލުމެއްނެތި އަވަހަށް ފޭބޭތޯ ބެލީމެވެ. އަހަންނަށް އާދަޔާ ހިލާފަށް ބާރަށް އަހަރެންގެ ހިތް ނެގި ޖެހެމުންދާހެންް ހީވިއެވެ. ކުރާނީ ވެސް ކީއްހެއްޔެވެ. އެތައް ދުވަހަކަށް ފަހު ލޯބިވެރިޔާގާތަށް ދެވޭތީ ކުރެވޭ އިހުސާސްތައް ކަމަށް ޤަބޫލުކުރެވެން ފެށުނެވެ. އަހަރެން އަވަހަށް ގެނައި ލަގެޖް ގެ ތެރެއިން އަހަރެން ރިސޯޓަށް ގެންދަން ހަމަޖެހިފައިވާ ދަބަސް ނަގާ ވަކިކޮށްލުމަށްފަހު ބާކީ ހުރި ލަގެޖްތައް އަހަރެންގެ އެކުވެރި ކިއާރާ އާއި ހަވާލުކުރުމަށްފަހު އަހަރެން އަވަސް ވެގަތީ 45 މިނެޓް ގެ ދަތުރަށް ތައްޔާރުވެފައިވާ ސީޕްލޭނަށް އެރުމަށެވެ.
ކިއާރާއަކީ އަހަރެންގެ ބެސްޓް ބަޑީ އެވެ. އޭނައަށް އަހަރެން ބެންކޮކް އިން އަންނަން ވާއިރަށް އަބަދުވެސް އެއާރޕޯޓަށް އަންނަން އަންގަމެވެ. އަދި އެއީ ސިއްރެއް ކަމަށް ބުނި ކަމުގައިވިޔަސް އަހަރެންގެ އެ ފޮރުވިފައިވާ ހަޤީޤަތް ހުދު އޭނާއަކަށްވެސް ނޭނގޭނެއެވެ. އޭނަ އެކަމާ ޝައުޤުވެރިއެއްވެސް ނުވެއެވެ. ސަބަބަކީ އޭނަގެ އެ ހެޔޮ ކަންތަކުގެ ބަދަލުގައި އަހަރެން އޭނައަށް އަބަދުވެސް އޭގެ އަގު އަދާ ކުރާތީވެއެވެ.
އިރުކޮޅެއްނުވެ ސީޕްލޭން ޖައްސާލީ ކޮންކްރީޓް ރަންވޭއަކަށް ނޫނެވެ. ބިއްލޫރިގަނޑެއް ފަދަ ވިލުނޫ ދޫލައެއްގެ މަތީގައިވާ ސީޕްލޭން ބެޑަށެވެ. އަހަރެން ތެޅި ފޮޅެމުން ފައިބައިގެން ނަޒަރު ހިންގާލީ އަހަރެންގެ ދެލޯ އެ މަންޒަރެއް ދުށުމަށް ތަރަތަރަ ޖަހަމުން ދިޔަ ލޯބިވެރިޔާ ފެނޭތޯއެވެ. އާދެ ، ނޫނު އަތޮޅުގެ އެހިތްގައިމު ” ވެލާ ޕްރައިވެޓް އައިލެންޑްގެ ” ރެޒިޑެންޓް މެނޭޖަރު ޒިޔާންގެ ހާއްސަ މެހުމާނުކަން އެންމެންނަށްވެސް އަހަރެން ފެނުމުން އެނގުނެވެ.
ޒިޔާނަށް އަހަރެން ދުރުން ފެނުމުން އައިސް ބައްދާލިއެވެ. އަަހަރެން އެއަތުގެ ހިމާޔަތުން ބޭރުވާކަށް ހިތެއް ނޭދުނެވެ. އަވަހަށްވެސް އެދެވުނީ ދެމީހުން އެކަނި ވެލުމަށެވެ. އަވަހަށް މިސްރާބު ޖެހިލީ އަހަރުމެންނަށް ހާއްސަ ކޮށް ހަދާފައިވާ ވޯޓަރ ވިލާއަށް ދިޔުމަށެވެ. މިއީ އަހަރެން މި ރިސޯޓް ގެ ހިތްގައިމު މާ ހައުލަށް އައި ތިންވަނަ ފަހަރެވެ. މީގެ ކުރިން ޒިޔާން އަހަރެންނާއިއެކު ހަތަރު އަހަރު ސިއްރުން ބައްދަލުކުރަމުން ދިޔައީ ބަނގަލޯއެއްފަދަ އަހަރެންގެ ކޮޓަރިންނެވެ.
އަހަންނަށް އެހާ ޅައީއްސުރެ ދީނުގެ ކަންތައްތަކަށް އަހުލުވެރިވެފައި ނެތުމުގެ ސަބަބުން އަހަންނަށް ކުރެވުނީ އެހާ ބޮޑުކަމެއްކަމަކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުކުރަމެވެ. ޒިޔާން ކޮންމެ ފަހަރަކު ޗުއްޓީ އަށް ރަށަށް އައިސް އަހަރެންގެ މިހަށިގަނޑުން އުފާ ހޯދަމުންދިޔައެވެ، އެކަމާ އަހަރެން އުފާކުރީ ޒިޔާން ހިތްހަމަ ޖެހިފައި ހުންނަތަން ފެނުމުންނެވެ. މިކަންތައްތައް ފަސްލުމަށްޓަކައި އަހަރެން ކަށިން ހިތްވަރުނެރެ ކިޔެވުމަށް ހިތްމަތާއި މިންނަތުން މަސައްކަތް ކުރީމެވެ.
އިރުގެ ދޯދި ތައް ފުރޭނިގެން އަހަރެންގެ މޫނަށް އެޅެމުން ދިޔައެވެ. އަހަންނަށް ހޭލެވުނީ ކަނދުރާގައި ޒިޔާން ބޮސްދިނުމުންނެވެ. އޭރު ގަޑިން ހެނދުނު ހައެއް ޖެހީއެވެ. އެވަގުތު ޒިޔާން ގެ އަތުތެރޭގައި ވުމުން އަހަންނަށް ސަލާމަތެއް ނުވެވުނެވެ. ގުޅިލާމެހިފައިވާ ދެހަށިގަނޑުން އެކަކު އަނެކެއްގެ ކިބައި އަރާމާއި އުފާ ހޯދަމުން ދިޔައިރު މިއީ ކުރެވޭ ފާފަ އެއްކަންވެސް ހަނދާނެއް ނެތެވެ. ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުން ރެސްޓޯރެންޓަށް ދިޔުމުގެ ބަދަލުގައި ޒިޔާން އިހްތިޔާރުކުރީ ރޫމަށް ހެނދުނުގެ ނާސްތާ ގެންނާށެވެ. އަހަރެންވެސް އެކަމާ ދެކޮޅެއްނަހަދަމެވެ.
ދެމީހުންވެސް ސަޔަށް އިންސާފުކުރުމަށްފަހު ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ފިލުމުން ގަސްތުކުރީ ބޭރަށް ނިކުމެލާށެވެ. ރިސޯޓެއްކަމުން އެތާނގެ މާހައުލާ އެންމެ އެކަށޭނަ ގޮތަކަށް އަހަރެން ހެދުން އެޅީމެވެ. ފަހުރުން ފުރިގެންވާ ހާލު އަހަރެން ބުނަން ޖެހޭނީ އަހަންނަކީ ރީތި ހުސްކޮށްފައިވާ އަންހެނަކީމެވެ. ދިގު ބުޅި އިސްތަށިގަނޑެއް ލިބިފައިވާއިރު ހަމުގެ ކުލަ އަލިކަމުން ޔޫރަޕް މީހެކޭ އެއްފަދައެވެ. ތަނަވަސް މޭމައްޗެއް ލިބިފައިވާއިރު މެދު ހަށި ހިމަވެފައި އަހަންނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ މަންމަގެ ފަރާތުން އަހަންނަށް ލިބިފައިވާ ބޮޑު ބުޑުގެ ސަބަބުންނެވެ. އަހަރެން ލާފައިވާ ތުނި ކްރީމްކުލައިގެ ޑްރެސް ކޮޅުން އެތެރެއިން ލާފައިވާ ބިކިނީ ރީއްޗަށް ފެންނަން ހުއްޓެވެ. ފައިގެ ފަލަމަސަގަނޑު ހާމަޔަށް ހުރި އެހެދުން އަހަރެން ލާފައި ހުރި އިރު މީހެއްގެ ލޮލުން އަހަންނަށް ގޯނާ ކުރަމުންދާހެން އަހަންނަށް އިހުސާސް ކުރެވުމުން އަހަރެން ފަރާތް ފަރާތް ހޯދާލީމެވެ. ނަމަވެސް އެއްވެސް މީހެއް ފެންނާކަށް ނެތެވެ.
ޒިޔާން އަހަންނަށް ވުރެ ކުރިއަށް ދާ ތަން ފެނުމުން ދުވެފައި ގޮސް އަހަރެން އޭނަގެ އަތުގައި ހިފާ އެއްހަމައެއްގައި ހިނގަންފެށީމެވެ. ކުއްލިއަކަށް އޭނަ ކަމެއް ހަނދާންވާ ފަދަ ގޮތަކަށް ބޯކަހާލާފައި އަހަންނާ ހިއްސާ ކޮށްލީ މިއިންޒަމާނަކު ވެސް އޭނަ އަހަންނާ ހިއްސާކޮށްފައިވާ ވާހަކަ އެއްނޫނެވެ. އެއީ އޭނައާއި ވަރަށް ގާތް ރަޝިޔާ ބަޔަކު ޗުއްޓީ އަށް ރިސޯޓް ހިފަން އުޅޭވާހަަކައެވެ. އަހަރެން ހީކުރީ އެހެންވުމުގެ ސަބަބުން އަހަރެން ދާން ޖެހޭނީ ކަމަށެވެ. އަހަންނަށް ކަރު އެލުވާލެވުނެވެ. ނަމަވެސް އނަގައިން ނުބުނެ ހުރެވުނީއެވެ. އެހެނަސް އަހަރެންގެ އެ ހަމަހިމޭންކަން ފޫއަޅުވާލީ އޭނަ ބުނި އެންމެ ޖުމްލައަކުންނެވެ.
” ވީ ކޭން ސްޓޭއި ހިޔާރ އޭޒް ލޯންގ އޭޒް ވީ ކޭން ބޭބީ. ފޯރ ފްރީ” އަހަންނަށް ހަޅޭއްލަަވައިގަނެ ޒަޔާންގެ އުރަށް އެރުނެވެ. އަހަންނަށް އަހަރެން ހާ ނަސީބުގަދަ މީހަކު ނުހުންނާނޭ ހިތާހިތުން ބުނެލެވުނެވެ.
އެހެނަސް ތަޤްދީރު އަހަންނާ ކުޅެމުން މިދާ ސިލްސިލާގެ ކުޑަ މިންވަރެއްވެސް އަހަންނަށް އަންދާޒާ ކުރަން ނޭނގޭފަދައެވެ. ޒިޔާން އާއި އެކު ރީތި ދެދުވަހެއް ވަރު އުޅެލެވިއްޖެއެވެ. އޭނަ އަހަރެން ދެކެ އިންތިހާ ލޯބިވާ ކަމުގައި މާ ބޮޑަށްވެސް ޤަބޫލު ކުރެވެއެވެ. އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ޒިޔާން އަށް އިތުބާރު ކުރެވުނެވެ. އެރޭ އަހަރެން ގާތު ވަރަށް ހާއްސަ ޕާޓީއެއް ބާރ ގައި އޮންނާނެ ކަމަށް ޒިޔާން ހަނދާންކޮށްދިނެވެ.
ހަވީރު އިރުއޮއްސުމުން އަހަރެން ގަސްދުކުރީ އެ ހިތްގައިމު ޤުދުރަތީ މަންޒަރު ދެކިލުމަށް ދާށެވެ. ނަމަވެސް ޒިޔާން އަހަންނާއި އެކު އެ އުފާވެރި ވަގުތު ހިއްސާކުރުމަށް ނޫނެކޭ ބުނުމުން އަހަރެން ނުތަނަވަސް ވިއެވެ. އެހެނަސް އެއީ މާ ބޮޑުކަމަކަށް ނަހަދާ އަހަރެންގެ މިސްރާބު މޫދާ ދިމާލަށް ބަދަލުކުރީމެވެ. އެހިތްގައިމު ވަގުތު އަހަރެންގެ ހިތް ހަމަޖައްސާލުމަށްޓަކައި އިހްތިޔާރުކުރީ މިރީތި މަންޒަރު ފޮޓޮއެއްގެ ސިފައިގައި ރައްކާކުރުމަށެވެ. އަހަރެން އަތުގައިވާ ނިކޯން ޑީ7200 ކެމެރާއިން އަހަރެން ހިތްފުރޭވަރަށް ފޮޓޯ ނަގަމުން ދިޔައީމެވެ. އަދިވެސް އާޝޯހުވެފައި އަހަންނަށް ބަލަން އިނދެވެނީއެވެ.
ކުއްލިއަކަށް މީހެއްގެ ހިލަމެއް ވުމުން އަހަރެން އެނބުރި ބަލާލީމެވެ. އެއީ އަހަންނަށް އައު މޫނެއްކަމުން ތީ ކާކުހޭ ސުވާލުކުރެވުނެވެ. އޭނާ ވަރަށް ފުރިހަމައަށް ތަޢާރަފްވެދިނެވެ.” ހައި، އައެމް އަމްރް، ތީ ޒޯޔާ ރައިޓް” އަހަރެން އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ.
އިތުރަށް އަހަންނަށް އޭނަ އާއި ސުވާލެއްނުކުރެވެނީސް އޭނަ ހިނގައްޖެއެވެ. އަހަރެން އުޑުމައްޗަށް ބަލާލީމެވެ. އަދި އަނދިރިވާން އުޅޭކަމުގެ ނިޝާންތައް ފެންނަން ހުރުމުން އަހަރެންވެސް އަވަސްވެގަތީ ރޫމަށް ދިއުމަށެވެ. އަހަރެން ރޫމްގެ ދޮރާއި ހަމަ ވިއިރު ބަޔަކު ވާހަކަ ދައްކާ އަޑު އިވެމުން ދެއެވެ. އަހަރެން ދޮރު ހުޅުވާފައި އެތެރެއަށް ވަތް އިރު ޒިޔާނާއި އޭނާގެ އެކުވެރި ފަޔާއެވެ. އަހަރެން ވަނުމާއި އެކު ފަޔާ ހީލާފައި ނިކުތީ ބޭރަށެވެ. އަހަރެން ވަނުމާއި އެކު ޒިޔާން އަވަހަށް ތައްޔާރުވުމަށް އެދުނެވެ. އަދި އެނދުމަތީގައި ބާއްވާފައިވާ ގައުން ފެނުމުން އަހަންނަށް ބޭ އިހްތިޔާރުގައި އަހާލެވުނެވެ.” ޒިޔާން ، އަރ ޔޫ ޕްލޭނިންގ ޓު އެންގޭޖް” ޒިޔާން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ދެފަރާތަކަށް ހޫރަލިއެވެ. އޭރު އޭނާ ހުރީ ފޯނާއި ކުޅެލަ ކުޅެލައެވެ. އަހަންނަށް މާކަ ބޮޑު ސަމާލު ކަމެއް ނުދެއެވެ. ކުޑަކޮށް ނަމަވެސް އަހަރެން ހިތުގައި ޖެހުނެވެ. އިތުރު ފަރުވާލެއް ނުބަހައްޓައި އަހަރެން ފެންވަރަން ފާހާނާއަށް ވަނީމެވެ.
އެއީ އާދަޔާ ހިލާފު ތަނެކޭވެސް އަހަންނަށް އިހުސާސް ކުރެވުނެވެ. ހިތްހަމަޖެހިގެންވާ ހާލު އަހަރެން ބާތު ޓަބުގެ ގެ ތެރޭގައި ފެންވަރަމުން ދިޔައީ މިކަމަށް ނިމުމެއް އައުމަށް އެދިގެނެއް ނޫނެވެ. އެހެންކަމުން ދެލޯ މަރާލައިގެން އަހަރެން ލެވެންޑާގެ ހިތްގައިމު ވަހުން ފުރިގެންވާ ޓަބުގެ ތެރެއަށްގެނބިގަތީމެވެ. އަހަރެން ލޯ ހުޅުވާލާފައި ބަލާލިއިރު އެލުވާފައިވާ ގަޑިން ޕާރޓީއަށް ދާން ވަރަށް ވަގުތު ކުޑަ ވެއްޖެއެވެ. އެހެންކަމުން އަވަސްކޮށްލައިގެން ތެދުވުނުއިރު އަތު ޖެހޭ ހިސާބުގައި ތުވާއްޔެއް ނެތްކަން އެނގުނީ ވެސް ދެނެެވެ. އަހަރެން އަވަސް އަވަހަށް އަހަރެންގެ ހާމަވެފައިވާ ހަށިގަނޑު ނިވާކުރުމަށްޓަކާ ރޫމުތެރެއަށް ދެމިގަތީމެވެ. އެހެނަސް މިފަހަރު އަހަންނަށް މިވަދެވުނުތަނާމެދު ޝައްކު ވިއެވެ. ފުރަތަމަ ފަހަރަށް އަހަންނަށް ކެއްސެއް ލިބުނު ފަދައެވެ. އޭރު ރޫމު ތެރޭގައި ޒިޔަންގެ އިތުރުން ފަސް ފިރިހެނަކު ތިއްބެވެ.
ޒިޔާންގެ މޫނުމަތީގައިވާ ލަނެއް ހިނިތުންވުން އަހަރެންނާއި ހިއްސާކޮށްލީ މަލާމާތެއް ކުރާ އުސޫލުންނެވެ. ހަދާނެ ގޮތް ހުސްވެފައި ހުއްޓާ ލޮލުގައި އަޅައިގަތީ ކައިރީގައި ހުރި މޭޒުމަތީގައި ފަށް ޖަހާފައިވާ ތުވާއްޔެވެ. ވަގުތުން ތުވާއްޔެއްނަގާ އަހަރެންގެ ހަށިގަނޑު ނިވާ ކުރީމެވެ. ހަމަ އެވަގުތު ޒިޔާން ” ޝިޒް އޯލް ޔޯރސް” އޭ ކިޔާ ނިކުމެގެން ދިޔައީ އެ އަނިޔާވެރިންނަށް އަހަރެން ވިއްކާލާފައެވެ. އެމީހުންގެ ވަކިތަކުން އަހަރެން ނޮޅަމުން ކަމުން ދިޔައިރު އަހަނަންނަށް އަނގައިން ވެސް ބުނެނުލެވުނެވެ. ކަރުނަތައް ހިލި ހިލި އަހަރެން އޮތީ ނިކަމެއްޗެއް ހެން އެ ބިޔަ ފަސް މީހުން ގެ އަނިޔާތަކަށް ކެތްކުރަމުންނެވެ. ކުއްލިައަކަށް އަހަރެންގެ ބަނޑުން ލޭތައް ފައިބައިގަތީ އެމީހުންނަށް ކުރެވުނު ވަރު ކުޑަވުމުންބާ ވައޭ ހިތަށް އަރާ ގިސްލެވެން ފެށުނެވެ. ނޫން ނޫން ކިޔާ ހަޅޭއް ލެވުމުން އެމީހުން ކުރަމުން އައި މަސައްކަތަކަށް ނިމުމެއް ނައެވެ.
އަހަންނަށް ހޭވެރިކަން ވީ ލޯބި ލޯބި ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑަށެވެ. އޭރު އަމްރު ހުރީ އަހަންނާ ދާދި ގާތުގައެވެ.
އެދުވަހުވެސް އަހަންނަށް މި ހަޔާތުގައި އާ ދިރުމެއް ހޯދައިދިން ހަމައެކަނި މީހަކީ އަމްރުއެވެ. ލެއިން ތަތްތެެޅިފައިވީ އަހަރެންގެ ހަށިގަނޑު ސަލާމަތްކޮށްދިނީ އޭނާއެވެ. އަހަންނަށް މިއަދާ ހަމައަށްވެސް އެވާހަކަ ސިއްރުކޮށްދީ އަހަރެންގެ އަގު ހިފަހައްޓައިދިން މީހަކީ އެއީއެވެ. އޭގެ ދުވަސްތަކެއް ފަހުން އަހަރެން ރޭޕް ކުރި މީހުންނާއި ޒިޔާން ދަތުރުކުރަމުން ދިޔަ ކާރު ރޭލެއްގެ ދަށުވެ އެކްސިޑެންޓްވެފައި ނިކަމެތި ގޮތަކަށް އެމީހުންވަނީ ދުނިޔެ ދޫކޮށްފައެވެ.
މިހާރު އަހަރެން މިއުޅެނީ ނުހަނު އުފަލުގައެވެ. އަމްރަކީ ދީންވެރި ސާލިހް ފިރިއެކެވެ. އޯގާތެރި ބައްޕައެކެވެ. އަހަރެންގެ މައިންބަފައިންނަށް ނާންގާ މިކައިވެނި ކުރީ ވެސް އަމްރަކީ އެހާ ފޯރުންތެރި އާއިލާއަކަށް ނިސްބަތްވާ މީހަކަށް ނުވާތީއެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން އެކަންތައް އިނގޭނެތީވެ އަހަރެން ގަސްދުކުރީ އިތުރަށް ފޮރުވުމުގެ ބަދަލުގައި މަންމައަށް ހުރިހާ ވާހަކައެއް ހިއްސާކުރުމަށެވެ.
ދުއާ އަކީ އަހަރުމެންގެ ކައިވެނީގައި ފޮޅުނު އުއްމީދުގެ އައްޔެވެ. އިރު އޮއްސެމުން އެދާ ހިތްގައިމު މަންޒަރު ބަލަން އަހަރެމެންގެ ކުޑަ ކުޑަ އާއިލާ ގޮނޑުދޮށުގައި ތިބި އިރު ހަނދާން ވީ މާޒީގެ ތެރެއިން އަމްރުއާއި އަހަންނާ ބައްދަލުވި ފުރަތަމަ ދުވަހެވެ. އެއީވެސް މިފަދަ ހިތްގައިމު އޮއްސެމުން ދިޔަ އިރުގެ ޖާޒުވީ މަންޒަރުގެ ތެރެއިން ފުރޭނިގެން ދިޔަ މާނަވީ ބައްދަލުވުމެކެވެ.
-ނިމުނީ-
15 Comments!
Comments are closed.

vv nice story eh….??
Thanks Aik 🙂
V salhi
V nice
That’s why we don’t have to love any man like that.We must love ourselves.No need to have secret affairs with men.Let them have secret affairs with us.Always let them beg and never beg yourself.Always these writers are writing stories like this.Why don’t you write about group of women who raped a man.I hate this one sided way of writing.BTW story is not bad.
I agree with u Feminist
Vvv salhi ??????
Nice story
Nice??????☺☺☺?????????????????????????????????????☺?????????????????????????????????????????☺????????
Eyna use kuranee victoria secret bra tha? ??✌?
Eha molhah kiyaveema vs dheenuge ehvs kameh neyge… koacheh ehen v ma mi kujja mi kiye v…
vv nice..??
nyc kuru story eh…
Nice?
Vaahaka vara supet