ކޮންމެވެސް މީހަކު މާނާގެ ލޮލުގައި އަތް އެޅިއެވެ. މާނާ ފަހަތް ބެލިއިރު އެތާއިނީ ދެވަނަ މީހެއްނޫނެވެ. އެއީ ރަަޝްވާނެވެ. އޭބަލަ މިހާރު އަހަރެން ފަހަތުންވެސް އަންނަން ފެށީތަ ނުވިތާކަށް މިހާރު ގަޔަށް ބޮލަށް ވެސް އަރަންފެށީތަ. މާނާ ރަޝްވާން އާދިމާލަށް ހަޅައިލަވައި ގަތެވެ. ބަލަ މަންޖޭ މަންޖެ ރުޅިއެރީމަ ހާދަހާ ޗާލޭ ރަޝްވާން ސިނގެރޭޓެއް ނަގައި ތުނބުގައި ޖައްސާލަމުން ބުންޏެވެ. ރަޝްވާން އަކީ މާނާ އާއި އަޅައިގަނެގެން އުޅޭމީހެކެވެ. މީހެކޭ ބުނުމަށްވުރެ ޕާޓޭއެކޭ ބުންޏަސް މާ ރަނގަޅުވާނެއެވެ. […]
އުޑުމަތި ވަނީ ކަޅުވިލާތަކުން ފުރިފައެވެ. ވާރޭ ވެސް ހުއްޓުމެއްނެތި ވެހެނީއެވެ. ވާރޭ އާތެމުމުގެ ނިޔަތުގައި 17 އަހަރަށްދާ މާނާ ހުދުކުލައިގެ ކުރު ސޯޓުކޮޅަކާއި މަޑުފިޔާތޮށި ކުލައިގެ އަތްކުރު މަތިކޮޅެއް ލައިގެން މަގުމަށް ނިކުތެވެ. ވާރޭ އާތެމުމަކީ މާނާ އެންމެ ކުރާހިއްވާކަމެވެ. މާނާގެ އޮމާން ދޮން މޫނުގައި ފެންތިކިތަށް ބީހިލާއިރު ވަރަށް ވެސް ފުރިހަމައެވެ. މިތަން ފެންނަ ކޮންމެމީހެއްގެ ވެސް ހިއްސުތައް ހޭލަށްވާލާނެކަން ގައިމެވެ. ވާރެއާތެމެމުންދިޔަ މާނާގެ މޫނުގައި މީހަކު އަތްއެޅިއެވެ. މާނާ ފަހަތް ބަލާލިއިރު އޭނަގެ މޫނުގައި […]
މިވާހަކަ ވަރަށް އަވަހަށް ތި ބޭފުޅުންނަށް ގެނެސްދޭނަން ………..އިންތިޒާރުކޮށްލަށްވާ……………..
ިއިރުގެ އަލި ދުނިޔެމަށްޗަށް ފެތުރޭ ވަގުތު އެދައްކައި ދޭ ގުދުރަތީ ރީތި މަންޒަރު ދެކިލުމަށްޓަކައި ، މަޑުހިނގުމެއްގައިި ހިނގަމުން ދިޔަ ސަނާ ގެ މިސްރާބު ހުރީ ތުނޑިމައްޗަށެވެ. ޖާދުވީ ގޮތަކަށް ވިދަވިދާ ހުރި ދޮންވެލިގަނޑު މަތީ އިށީންނުމަށް ފަހު ގީބުން ހެޑްސެޓު ނަގާ ކަންފަތަށް ޖެހިއެވެ. އަދި އެލަވަޔާ އެއްވަރަށް ބޯތަޅުވަމުން ދިޔައެވެ. އިރުއިރު ކޮޅާ ޖެހޭ ވައިރޯޅި ތަށް ސަނާގެ ފަން އަދި އެހާމެ ދިގު އިސްތަށިގަނޑުގައި ބީހެމުން ދެއެވެ. މި މަންޒަރު ފެންނަ މީހެއް […]