އަހަންނަށް ވޭނީ އާހެއް ދޫކޮށްލެވުނެވެ. ބަނޑުގައި ފިރުމާލެވުނީ އުފަލުން ފުރިގެންނެވެ. ނަަމަވެސް ވާން މިއުޅެނީ ކިހިނެއް ކަމެއް ޙުދު އަހަންނަކަށްވެސް އިހުސާސެއް ނުކުރެވެއެވެ. ބޭއިހްތިޔާރުގައި އަހަންނަށް އަމްރު އޭ ކިޔާ ހަޅޭއްލެވުނެވެ. އޭރު އަހަރެންގެ ބަނޑަށް 36 ހަފްތާ ފުރިއްޖެއެވެ. އަހަރެންގެ ފިރިމީހާ އަމްރު އަހަރެން ވަގުތުން ނަގައިގެން ގެނދިޔައީ އޭ.ޑީ.ކޭ އަށެވެ. ވަގުތުން އަހަރެން ވިހާނެ ކަމަށް ބުނެ ވެއްދީ ތިއޭޓަރަށެވެ. ކުއްލިއަކަށް އަހަންނަށް އިވެން ފެށީ ތިއޭޓަރުގެ ތެރެއިން އެހެން އަންހެނެއްގެ ވޭނީ ކެކުޅުމުގެ […]
ދުނިޔެ އޭގެ ޒާތުގައި ދައުރުވަމުންދާއިރު އަހަރެމެންގެ ހަޔާތުންވެސް އަހަރުތަކެއް ފާއިތުވެ މާޒީގެ ތެރެއަށް އޮޔާ ދަމުންދެއެވެ. ނިޢުމަތްތައް އޮހި ބަންޑުންވަމުންދާ މީހުން އޭގެއިން އެމީހުންގެ ދިރިއުޅުންތައް އާރާސްތުކުރަމުން އަންނަނީ ނުހަނު ބާރަށެވެ. މިލްކިއްޔާތުގައިވާ ހުރިހާ އެއްޗަކަށް ފާރަވެރި ވަމުން ބިންގާތައް އަޅަމުން އަންނަަނީ މިއީ ދުވަހކު ނިމުމެއް ނެތް ކަމެކޭ ބުނާ އުސޫލުންނެވެ. އަހަންނަކީ އާދައިގެ ދިރިއުޅުމެއް ވޭތަ ކުރަމުން އަންނަ މީހަކީމެވެ. ކުޑަ ކުޑަ އާއިލާއަކަށް ނިސްބަތްވިނަމަވެސް އަހަރެންވެސް އުޅެމުން އައީ އަހަރެންގެ އާއިލާއާ އެކީ […]