“މަންމަ ކައިރީ އަހާބަލަ ބޮނޑިބަތް އެއްޗަށް ކޮން ފަންޑިތައެއްހޭ އެޅީ….” މަންޝާގެ ރުޅި ގަދަވަމުން ދިޔަކަން އެމީހުންނަށް އެނގުނެވެ. ޒިމްނާއަށް އެކަން ފާހަގަވިއެވެ. މަންމަ ވަކިން ހާއްސަކޮށް އަޅައިގެން އައި ބޮނޑިބަތްތަށި ކާން ޒިމްނާ އުޅުމުން ފަލަވެދާނޭ ކިޔާ އިބްޒީމާ ބަހަނާ ދެއްކިމަތިން ޒިމްނާ ހަނދާން ވިއެވެ. ޒިމްނާއަށް ބަލާލެވުނީ އިބްޒީމާއާ ދިމާއަށެވެ. ޝައްކުގެ ނަޒަރަކުންނެވެ. މަންމަމެންގެ އާއިލާއަކީ އެފަދަ ކަންތައްތައް މޮޅަށް ދަންނަ ބަޔަކަށް ވުމުން ޒިމްނާއަށް އޭނާގެ މަންމަ އެފަދަ ކަމެއް ކޮށްފާނެކަމާމެދު ޝައްކު ކުރެވުނެވެ.
އިބްޒީމާ އެތާ މަޑުކުރާކަށް ގަސްތެއް ނުކުރިއެވެ. “ހިނގަ އެބޭ…. މީ މީހަކާ އޭއް ވަރުގެ ތާށްނޫން… އަޒީމް އެހިށީ މުވަވެފެއި… މީ މުވަ އަންހެނަށް… ހިނގަ މިތަނުން އަވަހަށް އެބޭ…” (ހިނގާ ދާން… މީ މީހަކު އަންނަ ވަރު ތަނެއް ނޫން.. އަޒީމް އެހުރީ މޮޔަވެފަ.. މީ މޮޔަ އަަންހެނެއް.. ހިނގާ މިތަނުުން އަވަހަށް ދާން…) އިބްޒީމާ އެގެއިން ނުކުމެގެން ދަމުން މަންޝާއާ ދިމާއަށް ލޯ އަޅާލިއެވެ. ޕިއްޒާ ފޮށިގަނޑު ހުުޅުވާލަމުން ޕިއްޒާ ފޮއްޗެއްނަގާ މަންޝާ އޭގަ ދަތް އެޅިއެވެ. އެމީހުން ދިއުމުން މަންޝާގެ ލޮލުގެ އިޝާރާތަށް ދޮރުފަތް ބަންލާފަ ޖެހުނެވެ.
*** *** *** *** *** ***
ދޮރުފަތް ލައްޕާލަމުން މުނީރާ ހިނގައިގަތީ އަތިރިއާ ދިމާއަށެވެ. މަޖުދީވެސް ޕިކަޕުން ފޭބިއެވެ. އަދި މުނީރާ ގާތަށް ހިނގައިގަތީ ޖިންސުގެ ދެޖީބަށް އަތްޖަހައިގެން ހުރެއެވެ. ރޭގަނޑުގެ ވަގުތެއް ކަމުން ފިނިކަން އިހްސާސް ވާތީއެވެ. ބޯޓު ކައިރިއަށް އެތައް ބަޔަކު އެއްވެފައި ތިއްބެވެ. ކުރީބައިގައި މުނީރާ ދޯންޏަށް އަރަން ބޭނުން ނުވާތީ އެނާ ގަސްތުކުރީ ދުރުގައި މަޑުކޮށްލާށެވެ. ރަށަށް އައި ފަހުން ހަސަނުގެ މަރާބެހޭގޮތުން މީހުން ފާޑުފާޑުގެ ސުވާލުކުރާތީ މުނީރާ ހުރީ ހިސާބަކަށް ބޮލުގަ ރިއްސާފައެވެ. ހަޑިގޮތަކަށް ހަސަނު މަރުވުމުން މުނީރާވެސް އެކަމުގައި ލަދުގަންނަން ޖެހުނެވެ. އޭރުވެސް ތޮށިގަނޑުމަތީ ތިބި ހަތަރު އަންހެނެއްގެ ކަޅި އަމާޒު ވެފައިވަނީ މުނީރާއަށެވެ.
ދުރުގައި ހުރި ހިލަ ގޮނޑިތަކާ ދިމާއަށް މުނީރާ ހިނގައިގަތީ ކޮނޑުގައި އޮތް އަތްދަބަހުން އޭނާގެ ފޯނު ނަގަމުންނެވެ. ފޯނުގައިވާ ގަޑިއަށް ބަލާލަމުން އޭނާ އެ ގޮނޑީގައި އިށީނެވެ. މަޖުދީވެސް މިސްރާބު ޖެހީ އެދިމާއަށެވެ. މަދީހާގެ އެދުމަށް މުނީރާ އެކަނި ދޫކޮށްލާކަށް މަޖުދީއަަކަށް ނުކެރުނެވެ. މުނީރާއާ ޖެހިގެން އެހިލަ ގޮނޑީގައި މަޖުދީވެސް އިށީނެވެ. މަޖުދީގެ ލޮލުގައިވެސް އަޅައިގަތީ ދުރުގައި އެމީހުންނާ ދިމާލަށް ކަޅި ހުއްޓައިގެން ތިބި ލޯތަކެވެ. “މިރަށު މީހުންނަށް އާ އެއްޗެއް ފެނިގެން އުޅޭ ކަހަލަ…. ދެން ހަމަ އެހާވަރަށް ބަލަން ޖެހޭތަ…” މަޖުދީ ހުރީ ހިތްހަމަނުޖެހިފައެވެ. ރަށުމީހުންގެ ފާޑުންނެވެ.
މުނީރާ ބަހެއް ނުބުނެ އިނީއެވެ. އުޑުމައްޗަށް މުނީރާގެ ނަޒަރު ހިންގާލީ ވައި ގަދަވާކަމުގެ އިހްސާސެއް ވުމުންނެވެ. އޭރު މުޅި އުޑުމަތިވަނީ ބަނަ ކޮށްލާފައެވެ. ހީވަނީ ހަމަ ދެންމެ ވާރޭ ވެހިދާނެ ހެންނެވެ. ފުންނޭވާއެއް ބޭރުކޮށްލަމުން މުނީރާ ބަލާލީ މަޖުދީއާ ދިމާއަށެވެ. މަޖުދީ އިނީ އޭނާގެ ފޯނަށް ބަލާށެވެ. ފޯނުން ކޮންމެވެސް ކަމެއް ކުރާހެން ހީވުމުން މުނީރާ ބޯ އަރިކޮށްލަމުން ބަލާލިއެވެ. އޭރު މަޖުދީ އިނީ ފޯނުން ގޭމެއް ކުޅޭށެވެ.
“މަޖުދީ… ބުނީމެއްނު ކޮންމެވެސް އެއްޗެއް ފެނުނު ވާހަކަ… މަޖުދީއަށް ހަސަނުގެ ކުޅިގަނޑު އެނގުނީ ކިހިނެއްތަ؟…” މުނީރާ ވާހަކަ ދައްކަމުން ދިޔަ އިރު އެންމެ ވަގުތު ކޮޅަކަށްވެސް މަޖުދީއަށް ބެލުން ހުއްޓައެއް ނުލައެވެ.
“އާން އެވާހަކަ ހަނދާން ނެތިފައޭ މީނީ… މަޑުކުރޭ….” މަޖުދީ ތެދުވަމުން ވާހަކަ ދެއްކިއެވެ. ޖިންސު ޖީބުގެ ތެރެއަށް އަތްކޮށްޕާލަމުން ޖީބުން އެއްޗެއް ނެގިއެވެ. އަދި މުނީރާ އަތަށް ދިއްކޮށްލިއެވެ.
މުނީރާއަށް ބަލާލެވުނީ މަޖުދީގެ އަތަށެވެ. ހައިރާން ކަމާއެކީގައެވެ. “މަޖުދީއަށް ކިހިނެއް މި ފޯނު ލިބުނީ؟….” މަޖުދީ އަތުގައި އޮތް ފޯނު ނަގަމުން މުނީރާ ވާހަކަ ދެއްކިއެވެ. އެއީ ހަސަނުގެ ފޯނެވެ.
“ތުނޑީ ކޮޅުން އައި ކުދިންތައް ހަސަނު މަރުވެފަ އޮތް ވާހަކަ ބުނުމުން އަހަރެން އެތަނަށް ދިޔައީވެސް ފިރިހެނުންތަކަކާ އެކީގަ… އެތަނުން ހަސަނު ފެނުނީމަ އަަހަރެން ވަށައިގެން ގޮނޑުދޮށަށް ބަލާލިން.. އޭރުވެސް ހިތަށް އެރި ސަބަބެއް ނެތި ހަސަނު އެކަހަލަ ކަމެއް ކޮށްފާނެ ބާވައޭ… ދެން ތަންކޮޅެއް ދުރުގައި ހަސަނުގެ ފަޓްލޫނު އޮއްވާ ފެނުނީ… އެތަނަށް އަހަަރެން ދިޔަ އިރު ފަޓްލޫނު ކައިރީ ފޯނާ ވޮލެޓާ އޮތް.. އެތާ ތިބި އެއްވެސް މީހަކަށް ނޭނގޭނެ ހެން އަހަރެން ފޯނު ނެގީ… އެއަށް ފަހު ފުލުހުންނަށް ގުޅީ… އޭރު އެ ފޯނު އޮތީ ނިވިފަ.. ދެން ގެއަށް އައިސް ފޯނު ޗާޖްކޮށްގެން ފޯނު ހުޅުވީ… ހަސަނު ޕިން ކޯޑެއްވެސް ނުޖަހާ ހުރިކަމުން ވަރަށް ފަސޭހައިން ހުޅުވިއްޖެ…. ތިފޯނުގަ ހުރި އެއްޗެއް މުނީރާވެސް ބަލާލީމަ އެނގޭނެ އަަހަރެން އެހެން ބުނީ ކީއްވެގެން ކަން…. މިވަގުތު އަހަރެން އަތުގަ ތިފޯނު އޮތުމަކީވެ އެހާ ރަނގަޅުކަމެއްވެސް ނޫން.. އެހެންވެ މުނީރާއާ މިހަވާލުކުރީ….” މަޖުދީގެ ވާހަކަ ނިންމާލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެފޯނު އޭނަ އަަތުގައި އޮވެ މީހަކަށް އެކަން އެނގިދާނެތީ އޭނާ ބިރުގަތެވެ.
މަޖުދީއާ ދިމާއަށް މުނީރާ ބަލާލިއެވެ. ނަމަވެސް އެވަގުތު މުނީރާއަށް ހުރެވުނުތަން އެނގުމުން އެ ފޯނު ބަލާކަށް ބޭނުމެއް ނުވިއެވެ. މުނީރާގެ ފޯނުން ގަޑިން ވީއިރު ބަލާލީ ތޮށިގަނޑު ކައިރިން މީހުން މަދުވެއްޖެހެން ހީވުމުންނެވެ. “މަޖުދީ އަހަރެން ދެން ދަނީ… މިވާހަކަ އެއްވެސް މީހެއް ކައިރީ ދުވަހެއްގެ ކޮޅުން ވިޔަސް ނުދަައްކާތި… މަދީހާ ގާތުގަވެސް… މި މާހައުލުގަ އުޅެން ހަމަ ނުކުޅަދާނަވާނެ… މިރަށު މީހުން ތިބޭނީ މީހަކަށް މަލާމާތް ކޮށްލާނެ ފުރުސަތަކަށް ބަލަބަލަ… ދެން ދަނީއޭ… ހިތް ހެޔޮކުރާތި…” މުނީރާ ކޮނޑުގައި އަތް ދަބަސް އަޅުވަމުން އެ ހިލަ ގޮނޑިމަތިން ތެދުވެ ދޯންޏާ ދިމާއަށް ހިނގައިގަތެވެ.
ދޯންޏަށް އެރިއިރުވެސް އެތައްބައެއްގެ އަމާޒަކަށް ވެފައިވަނީ އަމިއްލައަށް މަރުވި ހަސަނުގެ ހުވަފަތް އަންހެނުން މުނީރާއެވެ. މުނީރާ ގަސްތުކުރީ އޮށޯވެ ދެލޯ މަރާލާށެވެ. ދޯންޏަށް އެރުމަށްފަހު ހަސަނުގެ ފޯނު އަތްދަބަހަށް ލިއެވެ. ދޯނީގައި އެފޯނު ހާވާ ބެލުމަކީ ރަަނގަޅު ކަމަކަށް ނުވާނެތީއެވެ. އަރިއަކަށް އޮށޯވެ ބަނޑުދަށަަށް އަތްދަބަސްލާ ބައްދާލަމުން މުނީރާ ދެލޯ މަރާލިއެވެ. އޭރު ދޯނި ސްޓާރޓް ކޮށްފިއެވެ. ދޯނި ހިފަހައްޓަަން އައްސާފައިވާ ވާތަށް މޮހެލުމުން ރަށު ފަަޅުން ނުކުތުމަށް ދޯނި ދުއްވާލީ މަޑު ސްޕީޑެއްގައެވެ.
“ހަސަނު މަރުވެފަ އޮތް ގޮތް ދެކުނިންތަ؟… މި މުނީރާ އޭނަ ކައިރިން ވަރިވާށޯ އުޅުނީ.. ކުދިންކޮޅު ގޮވައިގެން މާލެ ދިޔައީވެސް ހަސަނު ބަހައްޓާފަ… އެބޭގަނޑު މޮޔަވެގެން އަމިއްލައަށް މަރުވީ… ފޯއް ބުރިކޮށްލައިގެން… އަދި މި މުނީރާ ރަށަށް މިއައީ އެކަނިމާ އެކަނި ދަރިންކޮޅުވެސް ބަހައްޓާފަ… ކޮން ކަހަލަ އަންހެނެއްތަ މީ…” ދެލޯ މަރާ ތަގުޅިކޮށްގެން އޮތް މުނީރާގެ ކަންފަތުގައި ޖެހުނީ ކައިރީ ހުރިމީހާ ދައްކަމުން ދިޔަ ވާހަކައިގެ އަޑެވެ.
“އޭ ފާތުމާ ގަޑިން ވީ ކިހާއިރެއްތަ؟….” އިތުރުމީހެއްގެ އަޑު މުނީރާއަށް އިވުނެވެ.
އެމީހުންނާ ދިމާއަށް އެނބުރިލަމުން މުނީރާ ވާހަކަ ދެއްކީ އެމީހުންނަށް އޭނަ ހޭލާ އޮތްކަން އަންގާލާށެވެ. “ގަޑިން އެގާރަ ޖެހީ….”
*** *** *** *** *** ***
“ދެން ދޭ ނިދަން މިހާރު އެއޮއް ގަޑިން އެގާރަ ޖެހީ… ސްކޫލް ދުވަސް ދުވަހު އެހާ ލަހުން ނިދާކަށް ނުވާނެ…. ދެން ޓީވީ ނިއްވާލާފަ ދޭ ނިދަަން.. މިހާރުވެސް މާ ލަސްވެއްޖެ….” މަދީހާ ވާހަކަ ދެއްކީ މުނީރާގެ ދެ ފިރިހެން ކުދިންނާއެވެ. އެކުދިން އޭރުވެސް ތިބީ ޓީވީ ބަލާށެވެ. އެވަގުތު މަދީހާގެ ފޯނު ރިންގްވާތީ މަދީހާ ފޯނު ނަގާ ބަލާލިއެވެ.
“ހަލޯ.. ކީކޭ މަޖުދީ؟… ކޮބާ މުނީރާ؟..” މަދީހާ އެހެން ބުނުމާއެކީ ސޯފާގައި ޓީވީ ބަލަން ތިބި އަަމާނާ އިމާން ތެދުވެ ކޮޓަރިއަށް ދާން ދުއްވައިގަތެވެ.
“މަދީހަައްތާ… ބޯޓު ފުރައިފި.. ފަތިހަށް މާލެ ދާނެ… މޫނީރާއަށް ރަނގަޅަށް ބަލައްޗޭ… އޭނަ ވަރަށް ވިސްނާ ކަން އެނގޭ… ރަށު މީހުުން އުޅޭ ފާޑުންވެސް ވާނީއެހެން.. ހަސަނުގެ މަރަކީ މުނީރާގެ ސަބަބުން ވީ ކަމެއްކަމަށް އެމީހުން ދެކެނީ… އަތަކަށް ޖެހިލެވޭކަށް ނޯވޭ… ކޮންމެ ދިމާއަކަށް ދިޔަޔަސް ދައްކަނީ އެވާހަކަ…” މަޖުދީ ހުރީ އެކަމާ ނުރުހިފައިކަން އޭނާގެ އަޑުންވެސް އެނގުނެވެ.
“މަޖުދީ ވަރަށް ބޮޑަށް ޝުކުރިއްޔާ… މަޖުދީގެ ތި އެހީތެރިކަން ދައްތަ އަބަދުވެސް ހަނދާން ހުންނާނެ… އެކަމަކު އަހަރެން މިހާރު ހާސްވަނީ އެ މަންޖެއާ ދެތެރޭ… ހަސަނުގެ ފޯނު މުނިރާއާ ހަވާލު ނުކުރައްޗޭ؟…” މަދީހާ އޭނާއަށް ފެންނަގޮތް އެދުނެވެ.
“އަހަރެން އެވާހަކަ ނުދައްކަން ހުރީ.. އެކަމަކު ފަހު ވަގުތު ފުރަން ދޯންޏަށް އަރަން ގޮސް މުނީރާ އެވާހަކަ އަހައިފި.. ދެން އަހަރެން ފޯނު ދީފިން…” މަޖުދީ އޭނާ ކަންތައް ކުރިގޮތް ތެދުތެދަށް ކިޔައިދިނެވެ.
“އަޅެ ދެނޯ… އެ މެސެޖް ފެނިއްޖިއްޔާ ޔޯ….” މަދީހާގެ ވާހަކަ މެދުކެނޑުނީ ބަދިގެ ފަރާތުން އަފްނާން އޯކާ ދެމޭ އަޑު އިވުމުންނެވެ. ފަހުން ގުޅާނަމޭ ބުނެ މަދީހާ ފޯނު ކަނޑާލުމަށްފަހު ބަދިގެ ފަރާތަށް ދިއުމަށް އަވަސްވެގަތެވެ.
ބަދިގެ ތެރެއަށް ވަތް މުނީރާގެ ނޭފަތުގަ ޖެހުނީ ކުޅިގަދަ ގިތެޔޮ މިރުހެއްގެ ވަހެވެ. އަފްނާނުގެ ބަތްތަށީގެ އެއްބައި ހުސްނުކޮށް ހުއްޓެވެ. އޭނާ އޭރު ސިންކު ދަށަށް ގުދުވެގެން އޮވެ ހޮޑުލަނީއެވެ. އަަފްނާން ގާތަށް ޖެހިލުމަށްފަހު މަދީހާ އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ. “ކިހިނެއްވީ ހޮޑު ލެވުނީ…؟” މަދީހާ ސުވާލު ކުރީ އަފްނާން ދޭ ޖަވާބެއް ބަލާށެވެ.
ތުން ފުހެލަމުން އަފްނާން ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާފަދަ އަކުންނެވެ. އޭރު އަފްނާން ދާހިއްލާ ފޯވެއްޖެއެވެ. އަފްނާން ހުސްނުކޮށްހުރި ބަތްތަށި ގެންގޮސް ކުނިއެއްޗަށް އަޅާލި ވަގުތު މޭޒުމަތީ ހުރި ތަށީތެރޭ އޮތް ލުނބޯ ފަޅިއާ މިރުގެ ތަނޑި މަދީހާގެ ލޮލުގައި އަޅައިގަތެވެ. “އަފޫ އެ ބޮޑު މިރުސް އެއްކޮށް ކާލީތަ؟… އެހާ ކުޅިކޮށް ކާކަށް ހެޔޮ ނުވާނެ.. މިއަދު ހަތަރު ދަަމު ނުކައި ހުރެފަ ތިކެއީ ހުސްް މިރުސް… ދެން ހޮޑުވެސް ލެވޭނެ ދޯ…” އަފްނާން އުޅޭ ގޮތުން މަދީހާ ކަންބޮޑުވިއެވެ.
“ދައްތާ އޯކޭ ވާނެ… ނެތްތަ ފޯއް ކޮޅެއް…” އަފްނާނު ސިޓިންގް ރޫމަށް ދިޔައިރު އޭނާގެ ދިޔައީ ޗޫސް ދަމަމުންނެވެ. ކުޅިކޮށް ކެއުމުގެ ސަބަބުން އަފްނާނުގެ ތުންފަތްވަނީ ރަތްވެފައެވެ.
“އުހުން ހުންނާނެ… މި ގެންނަނީ…” ސޯފާގައި އަފްނާން އިށީނުމުން މަދީހާ ވަނީ މުނިރާގެ ކޮޓަރިއަށެވެ. އެކޮޓަރިއަށް ވަދެ ފޯއްތަބަށް ހިފައިގެން މަދީހާ ނުކުތްއިރު އަފްނާން އިނީ ޓީވީ ބަލާށެވެ. ފޯއް ތަބަށް ދިއްކޮށްލުމުން ބިލަތް ގަނޑުން ބައެއް ވަކިކޮށްލުމަށްފަހު ދެތިން ފޯއް ފޮއްޗާއެކީ ކޮލުތެރެއަށްލާ އެނާ ހަފާލިއެވެ. މަންޒަރު ބަަލަން ހުރި މަދިހާ ހިން ދިރުވާލިއެވެ. ހަސަނުގެ މަރަށް ފަހު މަދީހާއަށް ދުފާކަށް ނުކެރެއެވެ. އަނގަޔަށް ފޯއް ފޮއްޗެއްލާން އުޅުނަސް ހަސަނުގެ މަރު އޭނާގެ ހަނދާނަށް އަންނާތީއެވެ.
“މާލަސްނުކޮށް ނިދަން ދައްޗޭ… ދައްތަ މިދަނީ ނިދަން… ހެނދުނު ހޭލަންވެސް ޖެހޭ… މުނީރާ ބޯޓުން ފުރައިފި… ހެނދުނު ގެއަށް އަންނާނެ…” ކޮޓަރިއަށް ވަންނަން ދަމުން ބޭރު ދޮރު ތަޅުލެވިފައި ހުރިތޯ މަދީހާ ޔަގީން ކޮށްލިއެވެ. ބަދިގޭގެ ބޮކިތައް ނިއްވާލުމަށްފަހު ކޮޓަރިއަށް ވަންނަމުން އަފްނާނާ ދިމާއަށް އޭނާ ބަލާލިއެވެ. އަފްނާނަށް ވަމުންދާ ގޮތް އޭނާއަށް އެނގޭ ކަހަލައެވެ. އެއްދުވަސް ވަރެއްގައި މަދީހާ އުޅުނު ގޮތް އޭނާގެ ހަނދާނަށް އައެވެ.
މަދީހާ ކޮޓަރިއަށް ވަނުމުން އަފްނާން އޭނާގެ ފޯނުން އެއްކަލަ ގޮތް ނޭނގޭ ނަންބަރަށް ގުލާލިއެވެ. އެކޮޅުން ފޯނު ނެގީ އެތައް އިރެއް ވީފަހުންނެވެ. “ކޮބާ… ކަލޭ އަަހަރެންނަށް ފޮނުވަން ބުނި މެސެޖް އަދިވެސް ނުލިބޭ… އަހަރެން ބުނިން ދޯ އަވަސް ކުރާށޭ…. އައިޑޯންޓް ހޭވް ޓައިމް…” ވައިއަޑުން އަފްނާން ވާހަކަ ދެއްކި ކަމުގައި ވީނަމަވެސް އޭނާ ހުރީ ރުޅިއައިސްފައިިކަން އޭނާގެ ވާހަކަ ދެއްކުމުގެ ރާގު ގަނޑުން އެނގެއެވެ.
ފޯނު ކަނޑާލުމަށްފަހު ސޯފާ މައްޗަށް ފޯނު ހޫރާލިއެވެ. އަދި އަމިއްލަ އިސްތަށިގަނޑުގެ ތެރެއަށް އަތް ކޮށްޕާލަމުން ބާރުކޮށްލިއެވެ. އަފްނާން ވަނީ ގޮތް ހުސްވެފައެވެ. އޭނާ ހަދާންވީގޮތެއް ޚުދު އޭނާއަކަށްވެސް ނުވިސްނުުނެވެ. ބައްޕަގެ މަރުގެ ސަބަބަކީ އަފްނާން ކަމަށް އޭނާ ކުށްވެރިކުރާ ކޮންމެ ފަހަރަކު އަމިއްލައަށް މަރުވާން ހިތަށް އަރައެވެ. ރިމޯޓް ނަގާ ޓީވީ ނިއްވާލުމަށްފަހު ފޯނު ހިފައިގެން ކޮޓަރިއާ ދިމާއަށް އަފްނާން މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަނުމަށްފަހު މޭޒު ކައިރީ އިށީނެވެ.
ފޮތަކާ ގަލަމަކާ ނަގައިގެން އިން އިރު އޭނާ ދިޔައީ އެކި ޒާތްޒާތުގެ އެއްޗެހި އެ ގަނޑުގައި ލިޔެ ކުރަހަމުުންނެވެ. ބައެއް އަކުރުތައް މަތިމަތިން ލިޔެ ދެލީގެ ކުލަ ފަވަމުންނެވެ. އެ ގަނޑުގައި ވަނީ ހިތްތަކެއް ކުރަހާފައެވެ. ދަން ޖެހިފައިވާ މީހަކުވެސް ކުރަހާފައެވެ. އިނގިރޭސި އަކުރުތަކުން ލިޔެފައިވާ ލިޔުމުގައި ވަނީ ‘އައި ކާންޓް ޓޭކް ދިސް އެނީމޯ.. ފޮގިވްމީ… އައިވޮނަ ޑައި..’ (ދެން ކެތެއް ނުކުރެވޭނެ.. އަހަންނަށް މައާފްކުރޭ.. އަހަަރެން ބޭނުމީ މަރުވާން…) މިހެންނެވެ. މޭޒުމަތީ ބޯ އަޅައިގެން ރޯލަ ރޯލަ އަފްނާން އޮތީ ގޮތްހުސްވެފައެވެ. އެވަގުތު އަފްނާނުގެ ލޮލުގައި އަޅައިގަތީ މޭޒުގެ އެއްފަރާތެއްގައި އޮތް ކަތުރެވެ.
ކަތުރު ނެގުމަށްފަހު ގޮނޑިން ތެދުވެ އަލަމާރީގައިވާ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އަފްނާންގެ ދިގު އިސްތަށިގަނޑު ކޮނޑާ ހަމައަށް ކޮށާލިއެވެ. ލޯގަނޑު ކުރިމަތީހުރެ އަމިއްލަ ސިފައަށް ބަލާލިއެވެ. އޭނާއަށް ފެންނަނީ މުޑުދާރު މީހެކެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން އަފްނާން ލޮލުގައި އަނދުން އަޅާލިއެވެ. އޭނާގެ ސިފަ ބަދަލުކުރަން އުޅޭ ކަހަލައެވެ. އެވަރަކުން އަަފްނާން ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. އަތުން ޖަހާ މޭޒުމަތީ ހުރި ފޮތްތަކާ ގަލަން އަޅާފަހުރި ތަށިތައް ބުރުވާލިއެވެ. އަދި ކަކޫޖަހާ ތިރިވެ މޫނު ނިވާކޮށްލަމުން އިސްޖާހާލީ ރޮމުންނެވެ. އޭނާ ބިރު ގަންނަނީ މަންމައަށް ފޯނު ލިބިއްޖިއްޔާ ވާނެ ގޮތެއް ނެނގޭތީއެވެ. އަފްނާނު އޭނާގެ ބައްޕައަށް ފޮނުވި މެސެޖް މަންމައަށް ފެނިއްޖިއްޔާ ޒިންދަގީގައި ހަކުރުލާނެކަން އެނާއަށް އެނގެއެވެ.
މޫނުމަތިން ދެއަތް ނަގަމުން އަފްނާން ދެލޯ ފޮހެލަމުން ނޭފަތް ދަމާލިއެވެ. އެވަގުތު ބިންމަތީގައި ވެއްޓިފައިވާ ގަނޑުތަކަށް އޭނާ ބަލާލިއެވެ. މުޅި ކޮޓަރި ތެރޭގައިވަނީ ފޮތްކާއި ގަނޑުތަކެވެ. އެތަނުން އޭނާގެ ލޮލުގައި އަޅައިގަތީ ބިންމަތީގަވާ ފޮތްތައް ކައިރީ އޮތް ކަޓަރެވެ. ކަޓަރު ނަގާ އެއް އަތުން އޭގެ ތިލަ ހުޅުވާލިއެވެ. އަނެއް އަތް މުށްބާރުކޮށްލަމުން ކުރިއަށް ދިއްކޮށްލި އިރު ކަޓަރުގެ ތިލަ އަތާ ގާތްކޮށްލިއެވެ. އަފްނާންގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ.
*** *** *** *** *** ***
މީރާ ނިދުމުން ރިޔާޒް ކޮޓަރިން ބޭރަށް ނުކުތީ ވަރަށް މަޑުން ސިއްރު ސިއްރުންނެވެ. މީރާއަށް ހޭލެވިދާނެތީއެވެ. ރިޔާޒް ނުކުންނާނެ ވަގުތެއްގެ އިންތިޒާރެއްގައި ޟިރާރު އިނީ ބޭރު ސޯފާގައެވެ. ރިޔާޒް އައިސް ޟިރާރު ގާތު ސޯފާގައި އިށީނދެ އޭނާގެ ބައްޕަގެ މޫނަށް ބަލާލިއެވެ.
“ބައްޕާ… އެ ޖިންނި މީރާއަށް އެއްވެސް އުދަގުލަށް ނިކެރާހެއްކަން ޔަގީނީ؟..” (ބައްޕާ އެ ޖިންނިއަށް މީރާއަށް އެއްވެސް އުނދަގުލެއް ނުކުރެވޭކަން ޔަގީންތަ؟…) ރިޔާޒް ހުރީ ވަރަށް ކަންބޮޑު ވެފައެވެ.
“ހާ.. އުދަގުލަށް ނިކެރެވޭހެއް.. މީރާ އަތި މިކޯ އެއޮތީ އައު ތަވީދަށް އެޑަފެއި… އަސްލު މިކޯ މީރާއަށް އެވޭ ގޮށްތަކަކީ އެއަ މާ ބޮނޑަށް ބިރުން ވޭނޑޭހެދި ވޭލެއް… ދުވެސްކެޑަށްފަހުން އެކަން ހަމައަކަށް އެޑިއޭހެއް…” (އާން… އުނދަގުލެއް ނުކުރެވޭނެ.. މީރާއަތުގަ އެއޮތީ މީހާރު އާ ތަވީދެއް އަޅާފަ… އަސްލު މިހާރު މީރާއަށް އެވާ ގޮތްތަކަކީ އޭނާ މާ ބޮޑަށް ބިރުން އުޅޭތީ ވާގޮތެއް… ދުވަސްކޮޅެއް ވީމަ އެކަން ހަމަޔަކަށް އެޅޭނެ…) ޟިރާރު ވާހަކަ މެދުކަނޑާލުމަށްފަހު އިސް ޖަހާލިއެވެ.
“މަ ހިތައު އަރައި އަލިބެއަށް މިކަން ވޭހެއް ބާއު… މިކޯ އެ ޖިންނިއަ ހޯދާތާ އެއްދުވަސްވެގެ… އަދި އެ ޖިންނިއަ ނިގެނެވިގެން އެ ހިނގަނީ… ނިއަސް ހޯދެނެ… މަ ބޭނުން މިކަން ވަކި ގޮތަކަށް ނިންމާ.. ރޫހީ މަރޮވީއަސް މިކަންތައްގަނޑި… މަގޭ މިޅި އާއިލާއި ޖައްސަލައި ހިށި އެއްތައްކަން މަށް މިކޯ އެއިނގެ…އެކަމަކި… މިހެންވޭއްވީ ގޮތަށް ބައްޕާއަކަށް ނިވިސްނެނެ…” (އަަހަރެން ހިތަށް އަރާ އަލިބެއަށް މިކަން ކުރެވިދާނެ ބާއޭ… މިހާރު އެ ޖިންނި ހޯދާތާ އެއްދުވަސްވެއްޖެ.. އަދިވެސް އެ ޖިންނި ނުގެނެވިގެން އެއުޅެނީ.. ނުވެސް ހޯދުނު… އަހަރެން ބޭނުން މިކަން ވަކި ކޮޅެއްގަ ޖައްސަން… ރޫހީ މަރުވެގެން ދިޔައީވެސް މިކަންތައް ގަނޑުގެ ތެރޭގައި… އަހަރެންގެ މުޅި އާއިލާއާ ޖައްސާލާފަ ހުރި އެއްޗެއްކަން އެއީ މިހާރު އަހަންނަށް އެބަ ވިސްނޭ… އެކަމަކު… މިހެންވާންވީ ގޮތެއް ބައްޕައަކަށް ނުވިސްނުނު…) ޟިރާރު ދައްކަމުން ދިޔަ ވާހަކައައް ރައްދުގައި ބުނާނެ އެއްޗެއް ރިޔާޒަކަށް ނުވިސްނުނެވެ.
“އެކަލޯ ދެން އެބޭ ނިދާ… ބައްޕާސް މި ވެށިއޮންނެއި… މާދަން އޮފީހަށަސް އޭއް ޖެހޭނު..” (ދަރިފުޅު ދެންދޭ ނިދަން… ބައްޕަވެސް މި އޮށޯންނަނީ… މާދަން އޮފީހަށްވެސް ދާން ޖެހޭނެއްނު….) ޟިރާރު މިހެން ބުނެ ސޯފާއިން ތެދުވިއެވެ. ސިޓިންގް ރޫމުގައި ހުރި ފާޚާނާއަށް ޟިރާރު ވަނުމުން ރިޔާޒްވެސް ހިނގައިގަތީ އޭނާގެ ކޮޓަރިއާާ ދިމާއަށެވެ. ސިހިފައި ރިޔާޒަށް ބަލާލެވުނީ ކޮޓަރި ދޮރާ ދިމާއަށެވެ. އާމިނަ ހުރި ގޮތުން ރިޔާޒް ރަނގަޅަށްވެސް ބިރުގަތެވެ.
“މަންމާ… ކެހެނަކަށް ވީ؟…” (މަންމާ.. ކިހިނެއްވީ؟…) ރިޔާޒް ސުވާލުކޮށްލުމާ އެކީ އާމިނަ އޭނަގެ ތުނބުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އަޑު މަޑުކުރަން އެދުނެވެ. ރިޔާޒް ކަންބޮޑުވިއެވެ. މަންމަގެ މިޒާޖުގައި މިހުންނަ ގޮތަކުން މަންމަ މިހާރު ސިކުނޑި ހަމަ ނުޖެހެނީ ބާވައޭވެސް ހިތަށް އަރާފަހަރު އާދެއެވެ.
“ރިޔާޒްގެ ބައްޕާއި އަލިތައްކާނާއި ވެގެން އެކަން ކެރިކަމުގެ ނަތީޖާމީ… މަށް ހުށުހެއި ކަމަކަސް އިނގެއި… މިކޯ މިކަމުން ސަލާމަށް ނިވެގެން.. އެ ހިނގަނީނުން… ބަލަ އަލިތައްކާނު މިކޯ މިދުނިޔާކިއަސް ނެއް… އެ ފަންޑިތަ ހެދި ދުވަހު އަލިތައްކާނު މަރޮވެގެން އެބެގެއި…” (ރިޔާޒްގެ ބައްޕައާ އެ އަލިތައްކާންމެން ކުރި ކަމެއްގެ ނަތީީޖާ މީ… އަހަންނަށް ހުރިހާ ކަމެއްވެސް އިނގޭ… މިހާރު މިކަމުން ސަލާމަތް ނުވެވިގެން އެއުޅެނީ ނުން… ބަލަ އަލިތައްކާނު މިހާރު މި ދުނިޔެއަކުވެސް ނެތް… އެ ފަންޑިތަ ހެދި ދުވަހު އަލިތައްކާނު މަރުވެގެން ދިޔައީ…)
އެ ހުރިތަނަށް ރިޔާޒް ގަބުވި ކަހަލައެވެ. އޭނާގެ މަންމަ އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. އަލި ތައްކާނުބެ މަރުވީ ރިިޔާޒް ވަރަށް ކުޑައިރެވެ. ގޭގައި އަލިފާން ރޯވެގެންނެވެ. އެދުވަސް ރިޔާޒް ރަނގަޅަށް ހަނދާން ހުރެއެވެ. ބައްޕައާ އަލިތައްކާނުބެއަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. “މަންމާ ދެން އެބޭއް ނިދާ…” (މަންމާ ދެންދޭ ނިދަން…) އާމިނަގެ ކޮނޑުގައި ފިރުމާލަމުން ރިޔާޒް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
އެނދުގައި އޮށޯވެ އޮވެ ރިޔާޒަށް ނިދޭ ގޮތެއް ނުވިއެވެ. އާމިނަ ދެއްކި ވާހަކަ ތަކުން އޭނާގެ ސިކުނޑިއަށް އެތައް އުނދަގޫތަކެއް ކޮށްފިއެވެ. މާޒީގެ ދުވަސްތަކާ މެދު ވިސްނެން ފެށިއެވެ.
*** *** *** *** *** ***
ފުސް މޫނު ހަދައިގެން ޒިބާން ހުރިގޮތް ފެނި ސަކޭރާ ގެއަށް ވަނީ އަނގައިން އެއްވެސް އެއްޗެއް ނުބުނެ ހުންނާށެވެ. ބޭސް ތައްޔާރުކުރަން ބޭނުންވާ އިތުރު އެއްޗެހި ހޯދުމަށް ސަކޭރާއަށް ދާން މަޖުބޫރުވީ ޒިބާނަށް ބޭރަށް ނުދެވޭތީއެވެ. ސަކޭރާ ގެނައި ތަކެތި މޭޒުމަތީ ބެހެއްޓުމަށްފަހު އޭނާގެ މަސައްކަތް ފެށިއެވެ.
“ބޮނޑޮދައިތާ… މަންޝާގެ ހާލަ ބަލައި ދެރަފެލެ… މަށް އެނގެއި މަންޝާގެ ހަށިގަނޑަށް ކޮންމެސް ކަހަލައި އުނދަގުލަށް ވޭކަން… މަންޝާ ހައުދަހައި ވޭނަށް އެޑާށިއޭ… މަށް މިކެެރެވޭ އިހްސާސް ބޮނޑޮދައިތާ ކެރާފެހޭ ތެހެން ނިހިންނަހަށް…” (ބޮޑުދައިތާ.. މަންޝާގެ ހާލު ބަލާލަ ދީބަލަ… އަހަރެންނަށް އެނގޭ މަންޝާގެ ހަށިގަނޑަށް ކޮންމެސް ކަހަލަ އުނދަގުލެއް އެބަވޭ… މަންޝާއަށް ހާދަ ވޭނެއް އަޅާނޭ… އަހަންނަށް މި ކުރެވޭ އިހްސާސް ބޮޑުދައިތައަށް ކުރަންޏާ ތިހެން ނުހުންނާނެ…) ޒިބާން އާދޭހުގެ ރާގަކަށް އެހެން ބުނުމުން ސަކޭރާ ޒިބާނާ ދިމާލަށް ބަލާލިއެވެ.
“މަކީ ސައިބްރޯތު ނިކެރާށުމައު ބެނާ ކަންތައް ކޮށްވޭނޑޭ މީހަށްނުން… ސައިބްރޯތަކީ މިކޯ މާއި އެއްބަނޑޮ އެއްބަފާ ހިށި ހަމައެކަނި މީހަކީ… މަށް އެޔަގެ އަމުރައި އިދިކެޑަށް އެންމެ ކަމަކަސް ނިކެރެވޭހެއް… ބިމަށް ފާބާކަށް މަށް ހަމަ ލާހިކާ ނުން.. ތިންދުވަސް ވޭތިކޯ ކެއްކޮށްލަ…” (އަހަރެންނަކީ ސައިބްރޯތު ނުކުރާށޭ ބުނާ ކަންތައް ކޮށްއުޅޭ މީހެއްނޫން… ސައިބްރޯތަކީ މިހާރު އަހަރެންގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި މީހަކީ… އަހަންނަށް އޭނާގެ އަމުރާ އިދިކޮޅަަށް އެންމެ ކަމެއްވެސް ނުކުރެވޭނެ… ބިމަށް ފައިބާކަށް އަހަންނަކަށްް ހަމަ ލާހިކެއް ނޫން… ތިން ދުވަސް ކެތްކޮށްލާ…) ސަކޭރާ ވާހަކަ ދެއްކީ އަދިވެސް ޒިބާނަށް ވިސްނައިދެވޭތޯއެވެ. ދެބުމަ ގޮށްޖަހައިގެން ޒިބާން ހުރީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. އެ ގޮތަށް ގޭގައި ބަންދުވެފައި ހުންނަތާ އެއްް ދުވަސް ވީއުރު ޒިބާނަށް އެއީ ސަތޭކަ އަހަރު ފަދައެވެ. އެހާވެސް ދުވަސް ދިގުހެން އޭނާއަށް ހީވެއެވެ.
ބޭހުގެ ފަހު މަސައްކަތް ނިންމާލަމުން ސަކޭރާ ހިން ދެމިލިއެވެ. ބިއްލޫރި ފުޅިއަކަށް ބޭސް އެޅުމަށް ފަހު އޭގެ މަތި ބަންދުކޮށްލަން ލަކުޑި އުނގުރިއެއް ޖަހާލިއެވެ. “މިބޭސް ހަދައި މި ނިމެނެއި… ކޮންމެ ދުވަހަކި ތިން އިރަށް މިބޭހުން ތިން ތިކި އަނގާ އެޑާށް ވޭހެއް..” (މި ބޭސްް ހަދާ މިނިމުނީ… ކޮންމެ ދުވަހަކު ތިން އިރު މިބޭހުން ތިން ތިކި އަނގަޔަށް އަޅަން ވާނެ…) ސަކޭރާ އެހެން ބުނަމުން ޒިބާނަށް ފެންނަ ހިސާބުގައި އެފުޅި ބެހެއްޓިއެވެ.
“ކޮބާ ބައްޕާ… އެއަ މިތާން އޭކަށް ނިހިގެއި…” (ކޮބާތަ ބައްޕަ؟… އޭނަ މިތަނަށް އަންނާކަށް ނޫޅޭތަ؟..) ރުޅި އައިސް ރަތްވެފައިހުރެ ބިއްލޫރި މޭޒު މަތީގައި ޒިބާން އަތް އަޅުވާލަމުން ވާހަކަ ދެއްކިއެވެ. ޒިބާން ރުޅިއައިސްފައިވާކަން އޭނާގެ ދެލޮލުންވެސްް ފާހަގަވެއެވެ.
“ޒިބާން ނިކަން ހަމަޖެހިފެލަ… މިވަގުތެ އެތާން އޭއް ރަނގަޅަށް ނޫން… އެމީހުން ޒިބާން ހޯދަން މަސައްކައް ތެބެ ކެރައި… އެތާން ގެއުމަށްވުރެ ނިގޮސް މަޑުކޮށްލީފެހޭ ރަނގަޅަ ވޭނެއި..” (ޒިބާން.. ނިކަން ހަމަޖެހިބަލަ.. މިވަގުތު އެތަނަށް ދިއުން ރަނގަޅެއްނޫން.. އެމީހުން ޒިބާން ހޯދަން މަސައްކަތް އެބަކުރޭ… އެތަނަށް ދިއުމަށްވުރެ ނުދިއުން ބުއްދިވެރި ވާނީ…) ސަކޭރާގެ އަޑު ބާރު ވިއެވެ. ޒިބާނާ ދިމާއަށް ބަލާލި އިރު އޭނާގެ ހައިބަތު ބޮޑުކަން ސަކޭރާއަށް ފާހަގަވިއެވެ.
“ދެން އެހެންފެހޭ މީ ކެންކެރާ ހެދި ބޭހަށް… މިބޭސް މަންޝާ ދޭނެއި ކެހެނެކަށް… ކަމަށް ކޮށްދޭއްކެނައު ބެނިމެއި ކެރާ އުސޫލުން ތެ ކޮށްދެނީ… މަ މިހިށީ ބަންދުކޮށްފެއި… ނިވިތާކަށް ބޮނޑޮދައިތާ އޭއް އެއްބަސް ވީކީ ނުން.. ބައްްޕާއި އެކެހި ބެނަ މިހެންް ނިހަދައި މަ މަރަފޭއް ކެނައު…” (ދެން އެހެންވީ އިރު މީ ކީއްކުރަން ހެދި ބޭހެއް… މިބޭސް އަހަރެން މަންޝާއަށް ދޭނީ ކިހިނެއް… ކަމެއް ކޮށްދޭށޭ ބުނީމަ ކުރާ އުސޫލުން ތިކޮށްދެނީ… އަހަރެން މިހުރީ ބަންދުކޮށްފަ… ނުވިތާކަށް ބޮޑުދަައިތަ ދާން އެއްބަސް ވީކީ ނޫން… ބައްޕަަ ކައިރީ ބުނޭ މިހެން ނުހަދާ އަަހަރެން މަރާލާށޭ…) މޭޒުމަތީ ހުރި ބޭސް ފުޅި ނަގާ ދޮރާ ދިމާއަށް ޒިބާން ހޫރާލީ އޭގެ ބޭނުން ނުހިފޭނެކަން އެނގޭތީއެވެ.
“ޒިބާން…” އެ ބޭސް ފުޅި އެއްލާލީމަ އަޑުގެ ނެތް ތަނަށް ސަކޭރާ ހަޅޭއްލަވައިގަތެވެ.
ވައިގެތެރޭގައި ދޮރާހަމައަށް އެ ފުޅި ދިޔައީ ވަރަށް ހަލުވި ސްޕީޑެއްގައެވެ. ނަމަވެސް އެ ފުޅި ގޭ ދޮރުން ބޭރުނުވަނީސް ތަޒްކިޔާ އެ ފުޅީގައި ހިފިއެވެ. “މަންޝާށް ބޭސް ދޭއް އޭނެއި އަވަ….” (މަންޝާއަށް ބޭސް ދޭން ދާނީ އަހަރެން…) ރުޅިއައިސް ރަތްވެފަައި ހުރި ޒިބާނާ ދިމާއަށް ބަލަމުން ތަޒްކިޔާ ވާހަކަ ދެއްކިއެވެ.
ޒިބާން އައިސްފައިވާ ރުޅި މަޑުވި ކަަހަލައެވެ. “އެކަމަކި ތަޒްކީއަކަށް ނިއަސް އެނގޭހެއް… ދެންކެހެނަކަށް؟.. ކޮންމެ ކަހަލެއި ކަމަކަސް ދިމާވެފޭހެއް… ތަޒްކީ އޭނެކަމަށް ނެއް… ތެ އާއިލާއަށް އެއިނގޭފެހޭ މަދެކެ ރިޑިއަރާހެއް… ނިވިތާކަށް ބާއްޕާސް ރިޑި އަރާނެ ވަރޮ މައު އެނގެއި…” (އެކަމަކު ތަޒްކީއަކަށް ނުވެސް އިނގޭނެ… ދެން ކިހިނެއް؟.. ކޮންމެ ކަހަލަ ކަމެއްވެސް ދިމާވެދާނެ.. ތަޒްކީ ދާނެ ކަމެއް ނެތް؟… ތި އާއިލާއަށް އެނގިއްޖިއްޔާ އަހަރެން ދެކެ ރުޅި އަންނާނީ… ނުވިތާކަށް ބައްޕަވެސް ރުޅި އަންނާނެވަަރު އަހަންނަަށް އިނގޭ…) ނަމަވެސް ޒިބާން މަސައްކަތް ކުރީ ތަޒްކިޔާ ނުފޮނުވާ ވޭތޯއެވެ.
“ތެދަށް.. ތަޒްކީ އޭނެ ކަމަށް ނެތް… ތަޒްކީއަށް ކަމަށް ވެގޭފެހެނާ އަފިރިން ތެ އާއިލާއަށް ދަައްކާނެއި ކޮން މޫނަށް…” (ތެދެއް.. ތަޒްކީ ދާނެ ކަމެއް ނެތް… ތަޒްކީއަށް ކަމެއް ވެއްޖިއްޔާ އަހަރެމެން ތި އާއިލާއަށް ދައްކާނީ ކޮން މޫނެއް…) ސަކޭރާ ކުރިޔަށް ޖެހިލީ ތަޒްކީޔާ އަތުން އެ ބޭސްފުޅި ހޯދާށެވެ.
“ނޫން… މި ބެނަަނީ އަވާއު އޭނެއި.. މަ މިކަން މިކޮށްދެނީ ޒިބާނަށް ކޮށްދޭ ކަމަށް ގޮތަށް… މަށް ވޭހެއް.. މަށް ހަދާއްވީ ގޮށް ކޭއި ދެރަފެލަ…” (ނޫން.. މި ބުނީނު އަހަރެންނޭ ދާނީ… އަހަރެން މިކަން މި ކޮށްދެނީ ޒިބާނަށް ކޮށްދޭ ކަމެއްގެ ގޮތުގައި… އަހަރެންނަށް ވާނެ… އަހަންނަށް ހަދަންވީ ގޮތް ކިޔައިދީ…) ތަޒްކީޔާ ކުރިއަށް ޖެހިލީ ޒިބާން ގާތަށެވެ. އޭރު ޒިބާން ގެ ދިއްލިފައިވާ ރަތް ދެލޮލުގެ ކުލަ މަޑުވެއްޖެއެވެ.
ތަޒްކިޔާ ފޮނުވުން ފިޔަވާ އިތުރު ގޮތެއް ޒިބާނަކަށް ނެތެވެ. މަންޝާއަށް ޝިފާ ލިބޭތޯ މިބޭސްް ދިނުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން މަންޝާ ގާތަށް ދާންވީ ގޮތާ ހަދަންް ވީ ގޮތް ތަޒްކިޔާއަށް ކިޔައިދޭން ޒިބާން ފެއްޓިއެވެ.
*** *** *** *** *** ***
ފަތިސްވީ އިރު މަންޝާ އޮތީ އެނދުގައި އޮށޯވެގެން އަޒީމް ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން އޮއްވާ ގޭގެ މައި ދޮރު ހުޅުވާލިކަން މަންޝާއަށް އެނގުނެވެ. އެނދުގައި އޮށޯވެގެން މަންޝާ އޮތީ ނިދާކަމަށް ހަދައިގެންނެވެ. ނަމަވެސް އިރުކޮޅެއް ވީ އިރު މަންޝާގެ ނޭފަތުގައި މަސްވަސް ޖެހިއްޖެއެވެ. މިއަދުވެސް އަޒީމް އެއައީ މަސް ހިފައިގެންނެވެ. މަންޝާއަށް އެނދުގައި އެހެން އޮންނާކަށް ނުކެރުނެވެ. ފޯނުގައިވާ ގަޑިއަށް ބެލާލެވުނެވެ. އޭރު ގަޑިން ހެނދުނު ހަ ގަޑި ބައިވަނީ އެވެ. އަޒީމް ވަންނާނެ ވަގުތެއްގެ އިންތިޒާރުގައި އިތުރު ފަނަރަ މިނިޓް ވަންދެން މަންޝާ އޮންނަން ޖެހުނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފަ އެތެރެއަށް ވައިން އަޒީމާ ދިމާއަށް މަންޝާ ބަލާލިއެެވެ. “ރޭގަ ނަވާފްމެން މަސްބާނަން ދިޔައީ… އެމީހުން މަސްްބާނަން ދޯނީގައި ނައްޓާލީ… ޑިއުޓީގަ ހުރީމަ އަހަންނަށް ނުދެވުނު. އެމީހުން އައި އިރު ގެނެސްދިން ރެހި ކޮތަޅެއް ހިފައިގެން މިއައީ…” އަޒީމް ގަމީސް ބާލަމުން ފާޚާނާއަށް ވަންނަންދާން އުޅުނެވެ. އެވަގުތު މަންޝާ އައިސް އަޒީމް ގާތަށް ހުއްޓުނެވެ. އަޒީމްގެ ގައިގާ ބައްދާލިއެވެ.
“ކޮން އިރަކު މަންމަމެން ދިޔައީ؟… ޒިމީ ވަރަށް އުފަލުން ހުރީ މަންޝާ ޕްރެގް ވާހަކަ ބުނީމަ…” މަންޝާގެ ބުރަކަށީގައި ފިރުމާލަމުން އަޒީމް ވާހަކަ ދެއްކީ ނުލާހިކު ލޯތްބާ އެކީގައެވެ.
“އަޒީމްގެ މަންމަ އެއީ ކޮންކަހަލަ މީހެއްތަ؟.. މަންމަ އުޅުނީ ފަންޑިތަ އަޅައިގެން މަށަށް އެއްޗެއް ކާން ދޭން ވެގެން… ވަރަށް ފޫހިވޭ… އެއީ ހަމަ އައްޑޫ މީހުންގެ ވައްތަރު… އެމީހުންނަކީ ފިސާރި މޮޅަށް ފަންޑިތަ ހަދަން އެނގޭ ބައެކޯލަ… އަދި ފުރަތަމަ ދިމާވި ދުވަސް ވިއްޔާ… މަގޭ ހިތަށްވެސް އެރިޔޭ ކޮންމެވެސް ނުބައެއް އެބަ އުޅޭޔޭ… އަހަރެން މަންމައާ ދިމާއަށް ބުނީ ފަންްޑިތަ އަޅާފަ ނޫންހޭ ބޮނޑިބަތް އެތި ދިނީ… ބުނީމަ މަންމަ ރުޅިއައިސްގެން މަށަށާ އަޒީމަށް މޮޔައަށް ގޮވާފަ ނުކުމެގެން ހިނގައްޖެ…” ވާހަކަ ކިޔައިދީ ނިމުމުން މަންޝާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
މަންޝާ ދެއްކި ވާހަކަތައް އަޒީމަކަށް ގަބޫލެއް ނުކުރެވުނެވެ. މަންޝާގެ ދެއަތުގައި ހިފާ ގަޔާދުރަށް ޖައްސާލެވުނެވެ. ” ބަލަ އަހަރެންނަކީވެސް އައްޑޫ މީހެކޭ… އަހަރެން އެހެނެއް ނޫނެއްނު…” އަޒީމް ސުވާލުކޮށްލީ ޝަކުވާގެ ރާގަކަށެވެ.
“އަޒީމްގެ ބައްޕައަކީ އެކަން ނުލާހިކު މޮޅަށް ދަންނަ މީހެއްނު.. އެއީ ކުރީގަ ރަށުގައި ފަންޑިތަ ސިހުރު ހަދަން ނަން މަޝްހޫރު ފިރިހެނެއްނު…” މަންޝާގެ ދުލުން ނުކުތް ބަސްތަކުން އަޒީމް ހައިރާން ވިއެވެ. އެހާ ކުރީގެ ވާހަކަ ތަކެއް މަންޝާއަށް އެނގެންވީ ކިހިނެއް ހެއްޔެވެ. އަދި އަޒީމްގެ އާއިލާއާ ބެހޭ މާ ގިނަ ވާހަކައެއް މަންޝާއާ ހިއްސާ ނުކުރާކަންވެސް އަޒީމަށް އެނގެއެވެ. އަލިތައްކާން މަރުވިތާވެސް ނަވާރަ އަހަރު ވެއްޖެއެވެ.
މަންޝާ ހުރީ އަޒީމްގެ މޫނަށް ބަލާށެވެ. އަޒީމަށް އިތުރު އެއްޗެކޭ ނުބުނެވެނީސް މަންޝާ އަނެއްކާވެސް އަޒީމްގެ ގައިގާ ބައްދާލިއެވެ. އަޒީމްގެ ކޮަލަށް ބޮސްދެމުން ރެހިތައް ތެލުލަންވީތޯ ސުވާލުކޮށްލިއެވެ. “އާން…. އަހަރެން މިއަންނަނީ ފެންވަރާލައިގެން… ވަރަށް ވަރުބަލި…” މަންޝާއާ ދުރަށް ޖެހިލަމުން އަޒީމް ފާޚާނާއަށް ވަނެއެވެ.
ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި ވަގުތު މަންޝާއަށް ބެލްކަނީގައި މީހަކު ހުރިކަމުގެ އިހްސާސް ކުރެވުނެވެ. ބެލްކަންޏާ ދިމާއަށް އެނބުރިލީ އެ އައީ ކާކުތޯ ޔަގީން ކުރާށެވެ. ނޫކުލައިގެ އަލިކޮޅެކެވެ. އެހެންކަމުން މަންޝާ އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ނުކުތީ އެ އައީ ސަކޭރާ ކަމަށް ހީކޮށެވެ. ނަމަވެސް އެ އަލިގުޅަ މީހެއްގެ ސިފައަށް ބަދަލުވީ އިރު އެއީ ސަކޭރާ އެއް ނޫނެވެ. އެއީ އެހެން މޫމިން ޖިންނިއެކެވެ.
“މަންޝާ… އަހަރެން މި އައީ ޒިބާން ފޮނުވައިގެން…” ތަޒްކިޔާ މަޑުމައިތިރި ކަމާއި ލޯތްބާއި އެކީ ވާހަކަ ދެއްކީ އެއީ ޒިބާންގެ ލޯބިވެރިޔާއަށް ވީތީއެވެ. މަންޝާ ދިރިއުޅޭ ގެއާ ހަމައަށް އާދެވުނނު އިރު ތަޒްކިޔާއަށް އާދަޔާ ޚިލާފް ބާރުތަކެއް އިހްސާސްވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އޭނާއަކަށް ދެނެގަންނާކަށް ނޭނގުނެވެ. މަންޝާގެ ބަނޑުގައިވާ ޒިބާންގެ ދަރިފުޅުގެ ސަބަބުން ތަޒްކީޔާއަށް ފާހަގަވާ ކަމެއްކަމަށް އޭނާއަށް ނިންމުނެވެ.
“ކޮބާ ޒިބާން؟.. ކީއްވެ އޭނަ މިތަނަށް ނައީ؟.. ކޮން ދުވަހެއް ނާންނަތާ؟… ތީ ޒިބާންގެ މެސެޖް ޕާސްކުރަން މި ދެމެދުގެ ކަނދުފައްޗެއްތަ؟…” މަންޝާ ވާހަކަ ދެއްކީ ޒިބާން ނައުމުން އެކަމާ ހިތްހަމަ ނުޖެހިފަ ހުރެއެވެ. ނަމަވެސް އެއީ މަންޝާގެ ބަސްތަކެއް ނޫނެވެ. އެއީ ޒޭބާގެ ބަސްތަކެވެ. އެ ވާހަކަތައް އަޑުއަހަން ހުރި ތަޒްކިޔާއަށް ލިބުނީ ހައިރާން ކަމެކެވެ. ޒިބާންދެކެ އިންތިހާއަށް ލޯބިވާ މަންޝާގެ ހުރި ނުރަނގަޅު ސިފަތައް ފެނިފައެވެ.
“ޒިބާނަށް މިވަގުތު އާދެވޭކަށް ނެތް… އެހެންވެ އަހަރެން މިއައީ… އަހަންނަށް ކިޔަނީ ތަޒްކިޔާ… ޒިބާންގެ ބޮޑުދައިތަ ހަދައިދިން ބޭހެއް ހިފައިގެން މިއައީ.. މީ މަންޝާއަށް ވާ އުނދަގޫތަކުން ސަލާމަތްކޮށްދޭން ހަދާފަވާ ބޭހެއް… ކޮންމެ ދުވަހަކު ތިން އިރަށް މި ބޭހުން ތިން ތިިކި އަނގަޔަށް ޖަހާލާ…” ބޭސް ފުޅި ދިއްކޮށްގެން ހުރެ ތަޒްކިޔާ ވާހަކަ ދެއްކީ އޭނާއަށް ޒިބާންމެން ކިޔައިދިން މައުލޫމާތުތައް ރަނގަޅަށް ކިޔައިދެވޭތޯ އެ ކިޔައިދިން އެއްޗިސް ހަނދާންކުރަމުންނެވެ.
“ތަޒްކީ އޯ ވަޓް އެވާރ… ކޮންމެހެން މަށަށް ތި ބޭސް ދޭނެ ކަމެއް ނެތް؟… އަހަންނަށް ތިބޭހާ ނުލާވެސް މިކުއްޖާ ވިހޭނެ… ކަލޭ ތިއައި ތާކަށްދޭ… އަދި ޒިބާން ކައިރީ ބުނޭ އަހަރެން މިއުޅެނީ އަޒީމާ އެކީ ވަރަށް ހެޕީކޮށޭ…” މިހެން ބުނެ މަންޝާ ބެލްކަނި ދޮރު ހުޅުވާ ކޮޓަރިއަށް ނުކުތެވެ.
މަންޝާއަށް ހަމައަށް އައި އިރު ތަޒްކިޔާ ހުރީ އެހާ ބިރުގަނެ ޖެހިލުންވެފައެވެ. ނަމަވެސް މަންޝާ ކަންތައް ކުރި ގޮތުން މަންޝާ ގާތަށް އައުމުގެ ބޭނުމަކީ ކޮބައިބާވައޭ ތަޒްކިޔާގެ ހިތަށް އެރިއެވެ. ކިބުރުވެރިކަން ބޮޑު އެ އަންހެންކުއްޖާ އެބޭހުގައި ނުހިފުމުން މަންޝާ ދެކެ ތަޒްކިޔާ ފޫހިވިއެވެ. ބޭކާރު ދަތުރެއް ކުރެވުނީތީ ތަޒްކިޔާ ހުރީ ރުޅިއައިސްފައެވެ. މަންޝާއަކީ ޒިބާނާ އެކަށީގެންވާ ކަހަލަ އަންހެން ކުއްޖެއް ނޫނެވެ.
އަލިގުޅައެއްގެ ސިފައަށް ބަދަލުވެގެން ޒިބާން ގާތަށް ދާން ތަޒްކިޔާ ދަތުރު ފެއްޓިއެވެ.
(ނުނިމޭ)
2361 Comments
Comments are closed.
Me first..yay…
Me first..yay…am i??
V nice
vv reethi…??
Alhe zeybaa keehvve manshaa ah ehen hadhanee?? Thakzee eoh varun aima ves zeybaa eyna e fonuvaalee
V nice me first dhw
No, lolypop is first!!! hehe….
Vaahaka v rethi
Dhen manshaa gai therein zeybaa nereyn vejje ehnu.v foohi
Vvvvv rythi… When next part???
V nice.
Ali thkkan zeyba mom maraalyma zyban aa zeyba badhal hifan nikume ulhenikoh zeyban mansha ah fall vee dho?
i guess de same…they all r some hw connected to ziban’s mom’s death….
Adhi story kiyaa meehunnah engeyne vaahaka kuriah gendhan v goiyy ves. Ajaibeh. E dhogu liyuntheriyaa vaahaka kuriah gendhan raavafavaa gothah gendhey. Vaahaka v reethi. ?
Insaanehge gayah jinni eh vadhefa hurikan ehen jinni akah neyngun thee ajaibeh! :/
stupid meeheh vaahaka liyaathy neygeyne eh nu.
kithanme reechah vaahaka liyunas she doesnt have common sense.
bala tazkiya akee alah insaanun kairiyah dhiya meeheh… eynayah baareh vaakan faahaga vi dho.. shes new on communucating with humans ehenve neyngeyne dhw.. i guess ur mo stupid… liyefa oiy ehcheh kiyaafa geteh nuvey viyyaa…
madheehaa foa kolhe fenna irah hassanbe ge f.. fennany dhow.. hehehe… varahh salhi ingey mi bai vess.. well done.. ???
Mi vahaka liyaa manje dhen mi vahakaiga addu bahun liyaa bai nuhimanaa kuriyah gendhan vehje nun. Addu bahun hunna bai ves eba hurey dhivehi bahun liyevifa ves. Ehenveema emme rangalhu vaanee addu bahun liyan thiulhey fathivaru rangalhah liyan neygenyaa nuliye huttaalan. Vaki kommehen vahaka dhigu kuran addu bahun liyefa dhivehi bahun nuliyunas vahaka dhigukoh liyevidhaane. Maas mee hathara kashimathi addu meehah. Nibei koh leyne hedhy mibeny addu bahun vahaka leynah nihingaakei au.
true niyer.varah bolah undhagoo vey dhen ehfaharu kiyaafa hunna ehcheh dhevana faharah kiyan veema.liyanya liyan veenu eh bauru vayakun.dhe bas mashuni kohgen liyevey iru ves neyge mihen liyan hadhain.so please.its a request.but this story is amazing.i am also from addu.so i know.
shax akah neyngeyne yey addu bas ehaa fleunt koh..she told in de beginning..n proof read kuraaa meehunnah ves faahaga nuvefa einee baei thankolhu thah..dn addu bas kiyan beynun nuvaa kudhin hama ekani dhivehi translated bai kiyaaba eyrah bolah undhangu nuvaane…
Yeah you are right. m from addu too…. dhn vrh hadi egotha liyunyma.. its better male, bahun liyunyma .. kiyan vx faseyha vrrne.. this story is the best currently m reading though.. dhn addu bas rangalhaa liyefehe ok ey addu bahun lethas .. hihi
Wow ? Habeys.. Mi part vx vrh reethi ?? Keep it up ??
thi buni v ragalhu vaahakeh addu bahun hun naathi v udhagu…kiyah ves…
Shaz darling pls avoid these addu dialogues.stick to one language.And addu language ehaa rangalhakanun use koffa huree ves.This isn’t a movie with subtitles or a novel.Site ga story liyaairu thankolhe kiyaalan faseyha gothaka liyaanama vara best vaane.The story is nice.But change the style dear.Wish u all the best.
Konme konme meehakah addu bahun liyegen neyngeyne dw but dhivehi bahun liyuneema ingeyne konme meehakahvx mee hama ekani addu meehun ekani kiyan liyaa vaahakaeh noone.
btw i guess huvafen anbimeehaa ei noon hen innaanee….rangalhu gothakee huvafai anbimeehaa..noontha??
dn afnaan ah vaa goi fenfa madheehaa handhaan vaanee eyruga muneera ulhunu goi…ethaanga einee olhigen madheege name use kurevifa dhw…
Madheeha ge mabsha akee bappa neiy kujjennu.. Ehenveema madheeha ulhun goiy handhaanvefa afnan aa dheytherey shahku vaneehen me ah heevany
edhogei shax baei meehun like nuviyas dnt chnge de story concept…mibuny addu bahun hunna baithakakee feahun irugaves in goi dhw…dn hama suddenly 2thin meehaku like nubiyey kiyaafa or mi story ge enmehaa kiyun theri kike nuveyey kiyaafa nujehey dhw change kuraakah…baei faharu thimaa beynun noon gothakah ves kanthah thah dhimaavedhaane….hv to understand others also..btw stry hama superb as usual…
i#am#nt#frm#addu#but#isupport#addubas#✌✌✌
Wow varah salhi mibai ves.shax keep it up.love this story.
Huriha enmen hiyhama jehey gothakah vahaka eh nuliyeveyne hen heevanee..
Shaaxu ah saabas!!!…lov ur story
meehunnah thankolheh ihuthiraam koggen comment kuriyyaa rangalhuvaane. thihaa varu aruvainulaa reethi bahunves thiya nasehaiy dhevidhaane. fukeh boduvaru. heevanee thimaage musaara veriyakah bavaafa oiyhen
asau addu bahun miatake eh inas bune dhineema mi wriger rangalhu kuraakan faahaga kollan.. ahannakah neyngey addu bahun huri bai.. ekamu kiyaakah undhaguleh noon… male bahun huri bai mikiyanee.. shaz ge emme furathama vaahakain ves aharen comment kuran. kusheh fenijiyya bunedhen.. and she has improved alot. bavaigen writers rangalhu kuraanee kihineh. heevanee jahsaalaigen ulhenee hen. me thafaathu gothakah genesdhey vaahakaeh. e thafaathu hajam nuvanee hen heevanee.. ebbayaku addu bahun hureema kiyan undhaguley bunyas male bahun ebain dhw so kon undhageh vaa vaahaka tha mi kiyanee… baeh meehunge vahtharu.
mee assu mi esfiyaigai liyaa emme superb vaaahaka… shaz ur doing a great work. komme dhaairaa akun kuriyah dhaan ulhunas kurimagah huras alhaa meehun ulheyne.. thee kaamiyaabeh libeythee j vaa mehunvea ulheyne. dont worry. ur shining like a star
Miyah kiyanee faadu kiyun. Faadu kiyaa meehaa faadu kiyaanee emyhaa beynun gothakah. Aharumen miulheny meehaku kuri araigen dhaathee ekamaa hasadha verivegen eh noon. Faadu keema ekan hajamu nuvaa meehun ves thibeyne.
Varah salhi….mee mihaathanah kiye enme thafaathu vaahaka. Shaz is amazing. Avoid threats, eyee abadhuves vaa kankan. Vaahaka kamunudhaa kudhin nukeema rangalhu vaane.
THanks all… Well I have corrected some mistakes those mentioned by my readers… thanks a lot…. well vaahaka nimumaa gaaiy vaathee I don’t thing to change the way I’m writing.. writing in addu bas and giving translations.. I wil continue as this till the end of this story…. if u see mistakes.. please let me knw… cox faadu kiyumakeee alhugandah libigenn dhaa kuri erumeh gothuga dhekken… 🙂 🙂 Thanks for the help… n ur support n LOVE <3 next episode will be uploaded on MONDAY 🙂 have a nice day n a nice a holiday… 🙂
Haadareechey……..kobaa tha aslu manshaa kon thaakuvee……miprtkiyaa nimunuiruves aslumanshaa ge habarevesneygey…….anekaa zeybaa aburuge dhauvaaga manshaa jalaleenunbaa?????????????????????????????????
Vaahaka nimenythr? So sad.
Vaahaka v salhi kuriyah dhaa goiyh. ?
oohhh thazki ah neyngunu zeyba kan. and now thazki is goin to tell ziban mansha vaahaka dhekki goiy… oooh poor mansha… and afnan is trying to kill herself.. someone stop her.. afnan maruveemayooo…. oh no…
i love this story…. ? sad news… cox the story is about to end… shaaz ur grt… i love all ur works…
konme meehakahves mistake eh hedhidhaane. mie pro koh mubaaraathakah liyaaa ehcheh noon. kaleymen addu bahey kiyaigen maa vefa comment kuraa iru addu aky sri lankaage eh avah viyya. ehen vegenehnun dhivehi bahuge therey nuhimeneny. ehen myhunge kuh dhahkan liyaa iru amilla meehaa liyefa hunna ehchehga kusheh oiy tho balaalunves muhinmu. kiyan undhagu vanya nukeema nimunynun. shaaz dhera nuvahchey. vaahaka vvvvvvvvvvvvvvv reethi. keep it up
aharen v thaaeedhu. thibuny thedheh. baeh meehun maa addu veganegen ulhey kan vv faahaga kurevey. maves mie addu meeheh. ekam kusheh ovedhaane kan gabool kuran. comment kuraa iru kusheh jehijjeyaaves eyge maana aky comment kurun huttaa laasheytha. eyge badhaluga e manje ah kushaky kobaa kamaa rangalhu kuran jehey goi kayaa dhineema maa rangalhu vaane dho. ehen nuny kihineh improve kuraany? aharu menge reethi addu bas choose kureethy shukuru koh bala. addu aky raahjeyge atholhehtho balan search kuran mi jehuny. this is one of the best stories i have read. keep it up
thank u shammoon. mihaaru engijje addu enmenaky foni baeh nunkan. i knw alah liyan feshi kujjakaa balaafa she is one of the best writers in esfiya. unlike most of them she updates on time. ehenve kiyaa hithun kiyey. v reethi vaahakathah ebahuri mas dhemas vaa iruves up nukurevifa. so i want all to support her not the other way round. cox i want her to continue this amazing story. & hope to see more like this with improvement. love u shaaz
ehentha? v foni vefa mihury. addu meehun dheke thihaaa rulhi anna meehaku thihen bunyma. giruvaanehves nethey kolhah jahaalaakah. love u. ekam shaaz is kurinves my favourite. i am her biggest fan.
huh. i hate u thikameh nuvaane dhuvahakuves. lol
hehehehheheheh
Addu bas huhttas ok. Story hama habeys. Y jinnimen addu bahun tok kurany? Nd afoo preg dhw eynage dad ge dhariakah!
Neel De Eiffel Mee Vaahaka
Ok
??????
vv reethi..??
Waiting waiting …
??????
Im just here so people will take note of the fact that I am a nurse.
Have a good day people.
-Nurse Sama-
Dear fake sama
Now stop that! Kurevifa oiy heyo kan kan gina ee dho? Adhives meehakaa dhimaa kureveytho balaa. Thee dhen bodu varu. Thi noon kamakah dhen joke jahan vejje dho? Huttan vejje ehnnu thikan? ??
Sick people!!
Than dhoru nudhanna nukiyavaa thibey meehun ulhey faadu eyee.. alhaa nulaa.
Koba next episode? It’s monday
Yeah. Wheres da next part…? Cant wait to read it..
Aharen maraa Nulan veenu. Alhe pls.