Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 5…

kamana
September 26, 2016
5 Mins Read
52 Views
25 Comments

ދުނިޔެ މައްޗަށް ވެރިވެފައި އޮތް ހަމަހިމޭން ވަގުތުގައި ޝީރީން ބިއްލޫރި ދޮރު ކަހާލުމައްފަހު ބޭރަށް ނަޒަރު ހުއްޓާލިއެވެ. ފަތިހުގެ އެ ހަމަހިމޭން ވަގުތުގައި ގައިގަ ބީހިލަނީ ފިނި ފިނި ވައިރޯޅިތަކެވެ. ލައިގެން އިން ކުރު ސޯޓުގެ ޖީބުން ފޯނު ނެގުމައްފަހު ޝީރީން ނަންބަރަކަށް ޑައިލް ކޮއްލިއެވެ.
“ލެޓްސް ގެޓް މެރިޑް… ސޫން…. ވެރީ ވެރީ ސޫން….” ޝީރީން އެންމެ ފުރަތަމަވެސް ބުނެލީ އެހެންނެވެ.
އިރު އޭގެ ވާޖިބު އަދާކުރުމައްޓަކާ ފެނުން ތޮޅެލިތަން ހަމަ ރަނގަޅަށްވެސް ޝީރީން އާއި މަނިކަށް ފެނުނެވެ. ދޮންވެލި ފަސްގަނޑުމަތީގައި ދެމީހުން އިށީދެލައިގެން އިން އިރު މަނިކު އިރު އިރުކޮޅާ ޝީރީންއަށް ބަލާލަނީ ޔަގީން ނުކުރެވޭތީއެވެ. “ޝީރީން…” މަނިކު އެގޮތަށް ޝީރީންއަށް ގޮވުނު އަދަދުވެސް ނޭނގޭނެއެވެ. “މަނިކު ހުވަފެނެއް ނޫނޭ މިއީ… އެހެން ނޫނަސް މިގޮތަށް ގިނަ ދުވަހު ރައްޓެހިވެގެން އުޅުމުގެ ބޭނުމަކީ ކޮބާތަ… މަންމަމެންނަށްވެސް އެނގޭ” ޝީރީން އެހެން ބުނުމުން މަނިކުގެ ދެލޯ ބޮޑުވިއެވެ. “އަސްލުތަ… އެކަމް ކިހިނެއް…” މަނިކަށް ގަބޫލު ކުރަންވީ އުދަގޫކަމަކަށެވެ. “މިއުޅެނީ ރަށުގައޭ… މާލޭގައެއް ނޫނޭ މީހުންނަށް ވަގަށް އުޅޭކަށް… ދެން އެހެން ނޫނަސް މަނިކު އަހަންނާ އިންނަން ބޭނުން ނުވަންޏާ ބުނީމަވީނު” މަނިކު މާ ސުވާލުގިނަވުމުން ޝީރީން ރުޅިއައެވެ. “އެހެންނެއް ނޫނޭ ޝީރީން… އަސްލު އަހަރެން ހުރީ ޕްރޮޕޯސްކުރަން.. އެކަމް އެޗާންސްވެސް ނުދިނީމެއްނު… އޯކޭ ދެން.. ވިލް ޔޫ މެރީ މީ” މަނިކު ތެދުވެގެން ގޮސް ނިކަގަހުން މަލެއް ނައްޓަމުން ދެކަކޫ މައްޗަށް ތިރިވީ ޝީރީންއާ ދިމާލަށް އެ މާ ދިއްކުރަމުންނެވެ. “ޔޭސް.. ޔޭސް” ޝީރީން މަލުގައި ހިފަމުން ހިނިތުންވެލީ މަނިކުގެ ގައިގައި ކުޑަކޮށް ބައްދާލަމުންނެވެ.
………………….
މަޑު ހިނގުމެއްގައި ހިނގަމުން އައި މަނިކުގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އެ ހިތަށް އުފާވެރިކަން ގެނެސްދިން ހަބަރު އެންމެ ފުރަތަމަ ދޭންބޭނުންވީ ޝިޔާމާއަށެވެ. “އޭ….” ގެއަށް ވަދެ ވަދެ ހުރި މަނިކު ހުއްޓުނީ ނަދީމްގެ އަޑަށެވެ. “މިއޮށް ހެނދުނާ ކަލޭ ކޮންތާކުން ތިއަންނަނީ… ކިހާ އިރެއް ހޯދާތާ…. ހިނގާބަލަ މަސްބާނަންދާން… އިއްބެމެން އެބައުޅޭ ޑިންގީގަ ނައްޓާލަން… މަމިއައީ ކައޭ ބަލާ….” ލައިގެން އިން ސޯޓުބުރީގެ ޖީބަށް އަތްޖަހާލަމުން ނަދީމް ބުންޏެވެ. “މިގަޑީގަތަ…” މަނިކު މަސްދަތުރު އެހާ ދާހިތެއްނުވިއެވެ. “ކައޭ ކައިރީގައި ޝީރީން ބުނީތަ އަހަރުންނާ އެކީގަ ތަންތަނަށް ނުދާށޭ” ނަދީމް ހިތްހަމަނުޖެހުނީ މަނިކުގެ ރާގު ހުރިގޮތުންނެވެ. “ސާބަހޭ… އެހެންވެގެންނެއް ނޫން… އަހަރެން މިއުޅެނީ މެރީ ކުރަން… މިއަދު އެބަޖެހޭ މިގެއަށް ޝީރީން ގެންނަން އެހެންވެ މަންމަ ކައިރީގައި ބުނަންމިދަނީ…. ” މަނިކު ބޮލުގެ އިސްތަށިގަނޑާ ކުޅެމުން ބުންޏެވެ. “ހާދަ އަވަހަކަށް… އަދި ދެތިން މަހެއްނު ތިވީ….. ހަމަ ފަހުގެ ނިންމުންތަތީ” ނަދީމްއަށް އެވަގުތު ލައިލާއަށް ވާނެގޮތަކާމެދު ވިސްނާލެވުނެވެ. “ހަމަ ޔަގީން… މޭން މަ އަސްލު ވަރަށް އުފާވެފަ މިހުންނަނީ…. ޝީރީންވެސް އެހާ ބޭނުންވާތީ” މަނިކުގެ ހިތް އޭރުވެސް ދިޔައީ ބާރަށް ތެޅެމުންނެވެ. މަނިކަށް ކުރެވެމުންދިޔައީ މުޅިން އާ އިހްސާސްތަކެވެ. “ކޮންގްރާ މޭން… މަވެސް ހެޕީ… އެހެންވީމަ ކައޭ ދެން ދޭ އިންނަން ތައްޔާރުވާން…. ހެހެހ” ނަދީމް މަނިކުގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން ހީލިއެވެ.
***********
“ޝީރީން ދަރިފުޅާ….” މެންދުރުގެ އެވަގުތުގައި ޝީރީންއާއި މަނިކު އޮތީ ރަންދޯދިގޭ ޖޯލީގައި އިށީދެލައިގެންނެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ ޝިޔާމާގެ އަޑަށެވެ. “ހިނގާ ކާން.. ދެން މިހާރުތީ މިގޭ ކުއްޖެއްނު.. މާލަދުން ތިއުޅެނީ… އަދިވާނެ ދަރިފުޅުގެ ބައްޕަމެން ގޮވައިގެންވެސް އަންނަން..” ޝީރީން މާލަދުން އުޅޭހެން ހީވެގެން ޝިޔާމާ ޝީރީންއާއި ވާހަކަ ދައްކަމުންދިޔައީ އަމިއްލަ ދަރިއެއްފަދައިންނެވެ. “ދެން ކޮންއިރަކަށް ތިހަމަޖެއްސަނީ” ކަމުން ދިޔަ ޝިޔާމާ މަނިކު ކުރެން އަހާލިއެވެ. “މި ހޮނިހިރުގައި ރަން ކިޔަން ކަމަށް… ” މަނިކު އެހެން ބުނެ ޝިޔާމާގެ މޫނަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. “އެހެންތަ.. އޭރަށް ދަރިފުޅުގެ ބައްޕަވެސް އަންނާނެ ….. މަންމަ ކައިރީގައި ބުނި ފ. އަތޮޅުގައޭ މަސްކިރަން ގާތްކޮއްފަ…. ޝީރީން ރަނގަޅަށް ކައްޗޭ… ” ކައިވެނި ކުރެވެނީ މާއަވަހަށޭ ޝިޔާމާގެ ހިތަށް އެވަގުތު އެރިއެވެ. އެހެންނަމަވެސް ދަރިންގެ އުފާތަކަށް ހުރަސްއަޅަން ބޭނުންނުވުމުން ހިނިތުންވުމަކުން ފުއްދާލީއެވެ.
…………
ދުވަސްތަށް ފާއިތުވިވަރަށް މުޅި ރަށުތެރޭގައި އެންމެ ގަދައަށް ދެކެވެމުން ދިޔައީ ޝީރީންއާއި މަނިކުގެ ކައިވެނީގެ ވާހަކައެވެ. ތުންތުންމަތިން އެކި ވާހަކަތަށް ދެއްކެމުން ދިޔައިރުވެސް ދެއާއިލާ އެކަމާ އެހާ އަޅާނުލީ ދަރިންނަށް އެވަރުގެ އިތުބާރެއް ކުރެވޭތީއެވެ. ވާހަކަތަށް އެގޮތަށް ދާނެކަން ދެއާއިލާއަށްވެސް މާކުރިން އެނގޭކަހަލައެވެ. ބަދުބަހެއް ބުނާ ކޮންމެ މީހަކަށް ރައްދު ދެމުން ދިޔައީ އެކުދިންގެ ދިފާއުގައެވެ.
…………
މުޅި ކޮތަރިތެރޭގައިވަނީ ހަމަހިމޭންކަމެވެ. ދިއްލާފައިވާ ކުޑަ އޮރެންޖް އަލިން އެ މުޅި ކޮޓަރި ފެންނަމުން ދިޔައީ ތަރުތީބު ކަމުގެ ލާމަސީލު ނަމޫނާއެއްގެ ގޮތުގައެވެ. އާދައިގެ އެނދެއްގައި އޮށޯވެލައިގެން އޮތް ލައިލާގެ ލޮލުން ފޭދިގެންދާ ކޮންމެ ކަރުނަތިއްކެއް ފޮހެލަމުން ދިޔައީ އަތުގެ ނުފުށުންނެވެ. ހިތަށް ކިތެއްމެ ވިސްނާދެމުން ދިޔަކަސް ހިތް އެއްބަހެއްނުވެއެވެ. މަނިކު ފިޔަވާ އިތުރު އެހެން މީހަކަށް އެ ހިތުގައި ޖާގައެއް ނެތޭ ބުނާކަހަލައެވެ. ރޭގަނޑުގެ ހަމަ ހިމޭން ވަގުތުތަކުގައި ލައިލާގެ އާދައަކީ އެއީއެވެ. ގިނަރޭރޭ ނުރޮޔަސް ހިތާ ސިކުނޑި ފަޅައިގެންދާ ވަރަށް ވިސްނެއެވެ. އެހެންނަމަވެސް މިރޭ އެހެން ރޭތަކާއި ހިލާފައެވެ. ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނައިގެ ތެރޭން ލައިލާގެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭ ހަމަހިމޭންކަން ފޫދުއްވާލިއެވެ. މިރޭ މިއީ ލައިލާގެ ލޯބި ހިތުގައި ފަސްއަޅާ އުމުރަށް ފޮރުވާނެ ރެއެވެ. މިރޭ މީ މަނިކުގެ އާ ހަޔާތުގެ އާ ސަފަހާ ފެށޭ ރެއެވެ. ރޮއި ރޮއިވެސް ލައިލާގެ ހިތެއްނުފުރުނެވެ. “ލައީ” ލައިލާ ސިހުނީ ލީނާގެ އަޑަށެވެ. އަވަސް އަވަހަށް ދެލޯ ފޮހެލުމަށްފަހު ދޮރުހުޅުވީ ލީނާއެކަނި ކަމަށް ހީކޮށެވެ.
“ލައީ… ނުދަނީތަ” ލައިލާ ދޮރުހުޅުވުމުން ލީނާ ދިޔައީ ނަދީމްއާއި ލައިލާއަށް ވަގުތު ދެމުންނެވެ. “ނޫން….” ލައިލާގެ އަޑުވަނީ ކުރަކިވެފައެވެ. “ލައީ… ތިހެން ނުރޮއިބަލަ… ލައި ނުގޮސްފިއްޔާ މަނިކު ކިހާ ދެރަވާނެ… އޭނައާ ލައީއާ ދެމީހުން އަހަންނަށް ވުރެއް މާ ކްލޯޒް ވާނެ.. ލައި ނުދިޔާމަ މަނިކު ދެރަވާނެ… ” ލައިލާގެ ހިތުގެ ހާލު އެނގޭ އިރުވެސް ނަދީމް ބޭނުންވީ ލައިލާ އެ ޕާޓީއަށް ދާންށެވެ. “އެނގޭ… އަހަރެން ދާނަން… އެކަމް… އެކަމް” ބޯ އަޅާލާނެ ކޮނޑެއް ބޭނުންވެފައިވާތާ ކޮންދުވަހެއް ހެއްޔެވެ. ޝަކުވާތަށް ބަންޑުންކޮއްލާނެ ގާތް މީހެއްގެ އިންތިޒާރުގައި ވާތާ ކޮންދުވަހެއް ހެއްޔެވެ. ލައިލާއަށް ނަދީމްގެ މޭގައި ބޯޖައްސާލެވުނީ ގިސްލަމުންނެވެ. އެ ރުއިމުގެ އަޑު ދިޔައީ އިރެއް އިރަކަށް ބާރުވަމުންނެވެ. “ލައީ…..” ލައިލާގެ ބުރުގާމަތިން ބޮލުގައި ނަދީމް ފިރުމާދިނެވެ. “ލައީ ތިހާ ލޯބި ވާއިރު ކީއްވެތަ ނުބުނީ… ބުނިނަމަ މިހާރު ތިވާވަރެއް ނުވާނެ…” ނަދީމްއަށް އެހެން ބުނެވުނީ ބޭއިހްތިޔާރުގައިއެވެ. އެވަގުތު އަމިއްލަ މީހާގެ ފިނޑިކަން ނަދީމްއަށް އިހްސާސްވެ ނަފްސަށް މަލާމާތް ކުރެވުނެވެ. “ނޫން… އެކަމް.. ނަދީމްއަށް ކިހިނެއް..” ލައިލާ ނަދީމްއާ ދުރަށް ޖެހިލަމުން އަހާލީ ދެލޯ ބޮޑުކޮއްލަމުންނެވެ. “ނޭނގޭ ވަރުތަ…. ލައީގެ ލޯ އަބަދުވެސް ހޯދަނީ މަނިކު.. ހެހެހ ދެން ދޭ… މިކަން މީ ދެމީހުންގެ ސީކްރެޓްއެއް.. އޯކޭ… ދޭބަލަ ފްރެޝްވެލަން… އައްގަނޑި ބައިވަނީ… އަހަރެންވެސް އަންނާނަން ރީތިވެލައިގެން” ނަދީމް ދިޔަ ދިމާލަށް ލައިލާ ބަލަހައްޓައިގެން އިނީ ހާސްވެފައެވެ. ނަދީމް އަނެއްކާ މަނިކު ކައިރީގައި ނުބުނާނެބާއެވެ. ނޫނެކެވެ. ނުބުނާނެއެވެ. ނަދީމްއަކީ އިތުބާރުކުރެވޭ ރައްޓެއްސެކެވެ. ލައިލާ ދެފަރާތަށް ބޯތަޅުވާލުމައްފަހު މިސްރާބުޖެހީ ފެންވަރާންދިޔުމަށެވެ.
**********
މުޅި ހޯލުގައިވަނީ އޮރެންޖްގެ ފަނޑު އަންޔެވެ. ސްކޫލްއަށް ވަންނަ ދޮރާށި ކައިރީގައިވަނީ ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ސެޓެވެ. މަޑު ހިނގުމެއްގައި އައިސް ސެޓް ކުރިމައްޗަށް މަޑުކޮއްލީ ޝީރީންއެވެ. އޭރު ޝީރީންގެ ފަހަތުން ކަހަލަ ގޮތަކަށް މަނިކު އައިސް ޖެހިގެން ހުއްޓުނެވެ. ސެޓްވަށާ ދިއްލާފައިވާ އަލިން ޝީރީން ފެންނަނީ ހޫރު ޕަރީ އެއްހެނެވެ. މަނިކަށް ހުރެވުނީ ޝީރީންގެ އެ ރީތިކަމަށް ގެއްލިހުސްވެފައެވެ. ހުދުކުލައިގެ ބޮޑު އެ ކައިވެނީގެ ހެދުމުގައި ޝީރީން ފެންނަނީ ވަރަށްވެސް ފުރިހަމައަށެވެ. ބުޅި އެ އިސްތަށިގަނޑު ފަހަތަށް ހުޅިއެއް ޖަހާފައިވާއިރު ދެފަރާތު އަރިމަތިން ވަނީ ދެތިން އިސްތަށި ދޫކޮއްލާފައެވެ. ދޮން ދޮން އެ ބޮނޑު މޫނުކޮޅު އިތުރަށް ފުރިހަމަ ކޮއްފައިވަނީ ރީތި މޭކަޕަކުންނެވެ. “މަނިކު ދެން ނުބަލަބަލަ” މަނިކު ކަޅި ޖަހާނުލާ ބަލަން ފެށުމުން ޝީރީން ލަދުގަތެވެ. “މަގޭ އަންހެނުން….. ހިތްފުރެންދެން މިހާރު ބެލޭނެ…” ޝީރީންއަކީ މަނިކުގެ ހައްގެކޭ ބުނަން ބޭނުންވާތާ ކޮންދުވަހެއް ހެއްޔެވެ. އެ ހުވަފެންވެސް މިރޭ އެ ސީދާވީއެވެ. އުފަލުގެ ކޮޅެއްނެތެވެ.
މެހެމާނަކަށްފަހު މެހެމާނެއް ޕާޓީއަށް ވަންނަމުން ދިޔައިރު މަނިކުގެ ލޯ ހޯދަމުން ދިޔައީ ދެމީހެކެވެ. މަނިކުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ހޯލަށް ވަދެގެން އައި ލައިލާއާއި ނަދީމް ފެނިއެވެ. ރަތް ކުލައިގެ އެބޮޑު މެކްސީގައި ރަން ޝޯލްއަކުން ލައިލާ ވަނީ ބޯ ނިވާކޮއްލާފައެވެ. ހުދު ގަމީސް މުށި ފަޓްލޫނުގެ ދަށުން ބެގީ ޖަހާފައިވާއިރު ނަދީމްވެސް ވަރަށް ފުރިހަމައެވެ.
“އޭ… ހާދަ ގުޅެއޭ ތިދެމީހުން… ” ލައިލާ ސަލާމް ކުރަން ދިއްކޮއްލި އަތުގައި ހިފަމުން މަނިކު ސަމާސާ ރާގަކަށް އެހެން ބުނެލިއެވެ. “އަސްލުވެސް… ނަދީމް ކުރަންވީނު މިކަން” ޝީރީންވެސް މަނިކުއާ އެއްބައިވެލިއެވެ. އެވަގުތު ލައިލާގެ ކުދި ކުދި ވެފައިވާ ހިތަށް ދިޔައީ މިރުސް އެޅިގެން ދިޔަ ކަހަލަ އިސްސާސްއެއް ކުރެވެމުންނެވެ. އެއާ ހިލާފަ ނަދީމުގެ ހިތުގައި ކުދި ކޮކާތަކެއް އުދުހިގެން ދިޔައެވެ. ނަދީމް އާއި ލައިލާ ބަހެއް ނުކިއައި މިސްރާބު ޖެހީ ކެއުމަށް އިންސާފު ކުރާންށެވެ. އެހެންނަމެވެސް ލައިލާ ކާހިތެއް ނުވިއެވެ. ކާން އެޅި ބަތް ކޮޅުވެސް ލައިލާގެ އަރުތެރެއިން ނުދިރުނެވެ. ލައިލާ ޕާޓީގައި ތިރީސްމިނެޓްވެސް ހޭދަކޮއްނުލައި ގެއަށް ދިޔައީ ހިތަށް ކެއްނުވާތީއެވެ. ލައިލާ އެރޭ ހިތުގައި އާ އަޒުމެއް ކަނޑައެޅިއެވެ. މަނިކުގެ މަތިން ހަނދާން ނައްތާލައި އެނަން ހިތުން ފޮހެލާނީއެވެ. ލައިލާއާއި ހިލާފަ ނަދީމް އެރޭ ހިތުގައި އާ އަޒުމެއް ވަރުގަދަ ކުރީ ލައިލާގެ ހިތް އަތުލުމަށެވެ. ލައިލާ ކާމިޔާބު ކުރުންވީ އާ މަގްސަދަކަށެވެ.
********
އެރޭ ހަތަރުދަމު ކޮޅަށް ހުރުމައްފަހު އަލަތު ދެމަފިރިން މިސްރާބު ޖެހީ ރަންދޯދިގެއަށް ދިޔުމަށެވެ. ގެއަށް ވަދެވުމާއެކު ދެމީހުންވެސް މިސްރާބު ޖެހީ ކޮޓަރިއަށް ވަނުމަށެވެ. ދިއްލިގެން ދިޔަ ލައިޓްއާއެކު ފެނިގެން ދިޔައީ ކިންގްސައިޒް ބޮޑު އެދުގައި އެކި ކަހަލަ މާތަކުން އައި ލަވް ޔޫ ޖަހާފަ އިން ތަނެވެ. ޝީރީންއަށް އެވަގުތު ބަލާލެވުނީ މަނިކު އާ ދިމާލަށެވެ. ދޮރުފަތުގައި ލެގިލައިގެން މަނިކު ހުރި އިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ޝީރީން އައިސް މަނިކުގެ ގައިގަ ބައްދާލީ ތޭންކްޔޫ އޭ ބުނެލަމުންނެވެ. މަނިކު ޝީރީން ގައިގަ ބައްދާލުމައްފަހު ހަމަބިމުން ހިއްލާލީ ޝީރީން އުރާލަމުންނެވެ. އެ ފުރުސަތަކަށްޓަކާ އިންތިޒާރުކުރަމުން ދާތާ ކިހާ ދުވަހެއް ހެއްޔެވެ. މަނިކުގެ ކޮންމެ ބީހިލުމަކަށް ޝީރީން މަރުހަބާ ކިޔަމުން ދިޔައީ އުފަލުންނެވެ.
………………………..
މޭމައްޗާ ހިސާބަށް ބެޑްޝީޓުން ނިވާކޮއްފައިވާއިރު ޝީރީންގެ އެ ދޮން ކަނދުރާގެ ފުރިހަމަކަން ހާމަވެއެވެ. ޝީރީން ނިދާލާފައި އޮތް އިރު ޝީރީންގެ ތުންފަތިގައި ވަނީ ހިނިތުންވުމެކެވެ. އެހެން ނަމަވެސް މަނިކަށް އެއިން އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އިންތިޒާރުކުރި އަލަތު ކައިވެނި ރެއަކީ މިއީ އެއްނޫނެވެ. ޝީރީންގެ ފަރާތުން ލިބުނީ ބޭނުންވި އުފަލެއްނޫނެވެ.
އިރުއަރައިގެން ދިޔަ އިރުވެސް މަނިކަށް އޮވެވުނީ ނުނިދިފައެވެ. އެއްއަތް ބޯމައްޗަށް ލައިގެން އޮތް އިރު މަނިކުގެ ސިނކުނޑީ ދިޔައީ އުދަގޫ ކުރަމުންނެވެ. “ގުޑް މޯރނިން” މަނިކުގެ ހާމައަށް އޮތް ގައިގަ ބައްދައިގަންނަމުން ޝީރީން ބުންޏެވެ. “ޝީރީން… ކީއްވެ ނުބުނީ….” ޝީރީންގެ އަތް ނައްޓުވާލަމުން މަނިކު އަހާލީ ޝަކުވާގެ ރާގަށެވެ. “ކޯޗެއް..” މޯޅިއަކަށް ދެމިލަމުން ޝީރީންވެސް ކޮއްލީ ސުވާލެކެވެ. “ޝީރީން… ޝީރީންއަކީ އަހަރެންގެ އެންމެ ފުރަތަމަކަން އެނގޭދޯ.. އެކަމް ޝީރީން ކީއްވެ ނުބުނެވޭންވީ…” މަނިކުގެ ހިތުގައިވާ ޝަކުވާތަށް ބޭރުކުރެވެމުންދިޔައީ އިހްތިޔާރުން ބޭރުގައެވެ. “ކީކޭ…… ކޯޗެއްތަ މަނިކު ތިކިޔަނީ….. އޯ ރޭގަ…..ސާބަސް މަނިކު އެއީ އެހާ ބޮޑު ކަމެއްތަ.. މިހާރު ނޫޅޭނެ މަނިކުތި ބޭނުންވާކަހަލަ ކުދިންނެއް… މަނިކު ތިބުނަނީ އަހަރެން މިގޮތަށް އިނީމަ ލޯބިވެސް ނުވަނީއޭތަ… އަހަރެންވެސް ގަސްތަކުނޫންދޯ އެކަހަލަ ކަމެއް ކުރާނީ…. ” ޝީރީން އިސްޖަހާލީ މަނިކުގެ ހިތްމަޑުވޭތޯއެވެ. އެކަން ޝީރީންއަށް ކާމިޔާބުވެސްވިއެވެ. “އެހެންނެއްނޫން… އަހަންނަށް އޯކޭ… އަހަރެން ހީކުރީ ޝީރީން ލޯބިވަނީ އެހެން މީހެއް ދެކެކަމަށް… ކޮންމެ މީހަކަށްވެސް ގޯހެއް ހެދިދާނެ….. ” ޝީރީން ރޯތަން ފެނުމުން މަނިކު ޝީރީން ގައިގަ ބައްދާލީ ނުރޯށޭ ބުނަމުންނެވެ.
ނުނިމޭ…..

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ދޭނަން ހިތާ ޖާނާ (28)

Next

މަންޝާ (އޮނަފަންސާސް ވަނަ ބައި)

Next
September 26, 2016

މަންޝާ (އޮނަފަންސާސް ވަނަ ބައި)

Previews
September 25, 2016

ދޭނަން ހިތާ ޖާނާ (28)

25 Comments

  1. kamana says:
    September 26, 2016 at 6:54 pm

    Heyy sorry guyxx for the late update. ? I hope yu guyx enjoy this part too. N yes shahaa i miss yu.? Lov yu guyxx. N thank uu for yur spprt??

  2. sally says:
    September 26, 2016 at 7:03 pm

    me first

    1. kamana says:
      September 27, 2016 at 7:52 am

      Heheh dhw. Thnk yu ??

  3. maree says:
    September 26, 2016 at 7:04 pm

    V reethi

    1. kamana says:
      September 27, 2016 at 7:53 am

      Thnk yu marry ??

  4. aik says:
    September 26, 2016 at 7:05 pm

    vv reethi..??

    1. kamana says:
      September 27, 2016 at 7:53 am

      Thnk yu aik??

  5. ken? says:
    September 26, 2016 at 7:24 pm

    masha allah v furihama…v curious vey kihineithw dn vaanee…nadheem n lailaa ge upcoming parts thah v furihama vaanekamah mi hope kuranee…

    1. kamana says:
      September 27, 2016 at 7:54 am

      Thnk yu so much ken got enjoyn this part. Insha allah i will try my best okey??

  6. Love says:
    September 26, 2016 at 8:02 pm

    Evy kihiney.. Adhi neygun..
    ????

    1. lolllll says:
      September 26, 2016 at 8:34 pm

      thi lha kujjeh tha…hurihaa ehcheh akurun akurakah nuliye veyney nun,,, pis pis..adhi ehfaharu kiyaa…

    2. kamana says:
      September 27, 2016 at 7:55 am

      I am sorry lov ehaa detail koh nugenevunyma. Aslu ehaa detail ah nudhiyae. Sorry for that. Hope mihaaru vaanuvaa ingeyne kamah. ??

  7. thaathi says:
    September 26, 2016 at 8:03 pm

    reethi but lahee komme faharaku las kohfa sorry ey bunelyma enimuny dhen hurihaa readers gaboolu kuran v huh v foohivey

    1. Lai says:
      September 26, 2016 at 8:39 pm

      Heyy thaathi thihen bunaakah nuvaane. Konme writer ehvx ebalany avahah up kureveytho. Thigothah liyunyma varah sakaraai dhw. Maafah edheykan vx rangalhehnu. Aharemen jeheynyvx understand vaan.

    2. kamana says:
      September 27, 2016 at 7:56 am

      Thaathi alhugandah varah bodah sorryy. Hama no excuses. Will try ingey avahah next part up koh dheveythoo. Inshaa allah thurs ga. N sorryy??

  8. Shara says:
    September 26, 2016 at 8:41 pm

    Sheereen nt Virgin,,, v makaru dhw,,

    1. kamana says:
      September 27, 2016 at 7:57 am

      Heheh. Thank yu for enjoyin??

  9. Khajja says:
    September 26, 2016 at 10:31 pm

    Wow story v nice n sheereen haadha makaruveriyey dhw keevvetha maniku aa eynathigulhuvy anyways adhi manikuah falhaa araane ehisaabun lailaa kihineybaa hadhaany dhw manik ah kideh nulibenis falhaa aruvaathi ehennoony maniku v sad vaane waitin nxt prt plx avahah up kurahchey plx

    1. kamana says:
      September 27, 2016 at 7:58 am

      Thnk yu so much khajja. Inshaa allah thurs ga vaahaka up kohdheynan ingeyy thank yu??

  10. Rix says:
    September 27, 2016 at 7:26 am

    I think sheereen preg nw. That’s y she wants to marry him. She don’t have any other option. Let wait and watch dhw

    1. kamana says:
      September 27, 2016 at 7:59 am

      Heheh yes. Letx wait an see wht hppns. Thnk u so much rix foohikameh nethi kiyaathy. ??

  11. Saandy says:
    September 28, 2016 at 6:55 am

    Ehera Sheereenehge fonikamaa thuikameh dhw… v foohivey… alhe Manik Lailaa dheke loabivinama… next part ah eba v inthizaaru kurevey… next part avas kollahchey…

    1. kamana says:
      September 28, 2016 at 9:31 pm

      Heheh thnk yu so much. Maadhan nxt part up kohdhehnan. ??

  12. Ushaa says:
    September 28, 2016 at 7:26 pm

    Vvvvvvvvvvvvvvvvvvvv reethii.. Gudlk girl.. nd i wanna contact u ingey kamana if u dnt mind.. Can i??

    1. kamana says:
      September 28, 2016 at 9:32 pm

      Thnk u ushaa. Yes yu cann ??

Comments are closed.

All Right Reserved!