Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (އޮނަފަންސާސް ވަނަ ބައި)

Shax Lyn
September 26, 2016
12 Mins Read
77 Views
37 Comments

ބެލްކަނީގައި އެމަންޒަރު ބަލަން ޒިބާނާ އެކީ ތަޒްކިޔާއާ ޒޭބާ ތިއްބެވެ. އޭރުވެސް ޒިބާނަށް ރޮވެނީއެވެ. ޒިބާން ރޯ ތަން ބަލަން ހުންނަން ޒޭބާއަކަށް ކުޅަދާނައެއް ނުވިއެވެ. ޒޭބާ އެމީހުންނާ ދުރަށް ޖެހިލުމަށްފަހު ވައިގެތެރެއަށް އަރައިގެން ދިޔައީއެވެ.

ޒިބާންގެ އަތުގައި ހިފާލަމުން ތަޒްކިޔާ ބާރުކޮށްލިއެވެ. ތަޒްކިޔާއާ ދިމާއަށް ޒިބާން ބަލާލިއެވެ. މަންޝާ އޭރު އެގެއިން ނެރެ އެމްބިއުލަންސަށް ލަނީއެވެ. ޒިބާނާ ތަޒްކިޔާއާ އެކުގައި މިސްރާބު ޖެހީ އެމްބިއުލަންސް ދިޔަ ހޮސްޕިޓަލާ ދިމާއަށެވެ.

*** *** *** *** *** ***

މީރާ އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރީގައި އެނދުމަތި ކުރެވިފައެވެ. މީރާގެ މަންމަ ޞަފޫރާ އެބަޔަށް ވަދެ މީރާ އޮތް އެނދުކައިރިއަށް ލެފިގަތެވެ. އޭރު އެ އެނދުކައިރީ ޟިރާރާ އާމިނަ މަޑުކޮށްގެން ތިއްބެވެ. ޞަފޫރާ އެތެރެއަށް ވަދެ އެނދުގައި އޮތް މީރާއާ ގާތްވެލިއެވެ. އޭރު މީރާއަށް އޮތީ ނިދިފައެވެ. މީރާގެ ބޮލުގައި ފިރުމާލަމުން ޞަފޫރާ އާމިނައާ ދިމާއަށް ބަލާލިއެވެ. “ކިހިނެއްވީއޯ ޑޮކްޓަރ ބުނީ؟…” ޞަފޫރާގެ މޫނުވަނީ މިލާފައެވެ. ސިޑިން ވެއްޓުނު ފަހުން މީރާއަށް ދިމާވަމުން ދިޔަ ކަންތައްތަކުން އޭނާ ކަންބޮޑުވިއެވެ.

“އިރުކޮޅަކުން ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ބުނި… އަދިވެސް މީރާ ހުންގަނޑު މައިތިރި ނުވޭ… އެކަމަކު ހޮސްޕިޓަލަށް ގެނައި ފަހުން މިހާރު ހުން މަޑުވެއްޖެ…” އާމިނަ މިހެން ބުނެލަމުން މީރާގެ އަތުގައި އަތް ޖައްސާލިއެވެ.

އަތު ކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލާލުމަށްފަހު ޟިރާރު ވާހަކަ ދެއްކިއެވެ. “އާމިނާ…މަމިއެނީ ނަމާދާ… ބަންގި ގޮވާ ގަޑިއަސްޖެހެނީ..”  (އާމިނާ… އަހަރެން މިދަނީ ނަމާދަށް… ބަންގި ގޮވާ ގަޑިވެސް ޖެހެނީ…)

އާމިނަ ބޯ ޖަހާލުމުން ޟިރާރު އެތަނުން ނުކުމެގެން ދިޔައެވެ. އެވަގުތު އާމިނަ ގާތު މިވެގެން އުޅޭ ގޮތަކާ ބެހޭ ގޮތުން އޮޅުން ފިލުވަން ޞަފޫރާ ސުވާލުކުރަން ފެށިއެވެ. އާމިނައަށް އެނގޭ މިންވަރަށް އޭނާ ޖަވާބު ދިނެވެ.

އެމީހުން ވާހަކައިގަ ތިއްބާ އެތަނަށް ރިޔާޒް އައިސް ވަނީ ނަރުސް ކުދިން ގެނެސްދޭން ބުނި ބޭސް ސިޓީއަށް އެއްޗެތި ގަނެގެންނެވެ. ރިޔާޒް އަތުގައި އޮތް ކޮތަޅު ނަރުސްކުދިންނާ ހަވާލުކުރުމަށްފަހު ރިޔާޒް ގާތްވެލީ މީރާ އޮތް އެނދު ކައިރިއަށެވެ.

“މީރާއަށް މިވާ ގޮތެއް ބަލަން ހިނގާ.. ރިޔާޒްގެ މަންމަ ކިޔައިދީފި ވެގެން އުޅޭގޮތް… ކީއްވެ ލަސްކުރަނީ… ހިނގާ އަވަހަށް މިކަމުން ސަލާމަތްވާން މަސައްކަތް ކުރަން…” ޞަފޫރާގެ ދަރިފުޅަށް ވެފައިއޮތް ގޮތް ފެނުމުން އޭނާއަކަށް ކެތެއް ނުވިއެވެ.

އެވަގުތު އެ އެނދުގެ ވަށާ ދަމާފައިވާ ފަރުދާ ކަހާލަމުން އެތެރެއަށް ވަނީ މީރާ ބަލަމުން ދާ ޑޮކްޓަރެވެ. “މީރާގެ ފިރިމީހާ ދެއްތޯ… ބޭރަށް ދުރުވޭ.. އަޅުގަނޑު ވާހަކައެއް ދައްކާލަން ބޭނުން…”

ޑޮކްޓަރގެ އެދުމަށް ރިޔާޒް ބޭރަށް ނުކުތެވެ. އަވަސްފަރުވާދޭ ކޮޓަރީގެ ކައުންޓަރ ކައިރިއަށް ޖެހިލަމުން ޑޮކްޓަރ އަތުގައި ހުރި ގަނޑުތައް ރިޔާޒަށް ދައްކާލަމުން ވާހަކަ ދެއްކިއެވެ. “ހެދި ސްކޭނުން ބޭބީއަށް އެއްވެސް ގެއްލުމެއް ނުވާކަން ކަށަވަރު.. އަޅުގަނޑު ބޭސްތަކެއް ދީފަ ހުންނާނެ… އެބޭސް ބޭނުން ކުރުމުން ބްލީޑިންގް އެއްކޮށް ހުއްޓޭނެ.. އެކަމަކު ޕޭޝަންޓް އެއްވެސް ގޮތަކަށް ތެދުވެ އުޅެގެން ނުވާނެ.. ހަމަ ފުލް ބެޑް ރެސްޓް..  ހެދި ލޭގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ހިމަގްލޮބިން ވަރަށް ދަށް… ސޯ ވީ އެންމެ އަވަހަކަށް ލޭއަޅަން އެބަޖެހޭ… މީރާގެ ބްލަޑް ގްރޫޕަކީ އޭބީ ޕޮޒިޓިވް.. އެހެންވީމަ ދެ ޑޯނާރ ހޯދާލައިގެން ދުރުވޭ… ކްރޮސްމެޗް ދިމާވާ ކަމަށްވަންޏާ ވަގުތުން ލޭ އެޅުމުގެ ކަންތައް ހަމަޖެހޭނެ… މިހާރު މީރާ އެޑްމިޝަންގެ ލިޔެކިއުންތައްވެސް ހަމަޖާއްސާލަން ޖެހޭ… ލޭ އަޅާފަ ވާނުވާ މޮނިޓަރ ކޮށްފަ ދެން ޕޭޝަންޓް ޑިސްޗާޖް ކޮށްލެވޭނީ…”

އެނދުމަތިކުރުމުގެ ކަންތައް ހަމަޖައްސަން ދިން ފޯމް ހިފައިގެން މީރާ އޮތް އެނދު ކައިރިއަށް ރިޔާޒް ޖެހިލިއެވެ. ރިޔާޒް އެނދުކައިރިއަށް އައުމުން ވީކިހިނެއްތޯ ބަލަން އާމިނައާ ޞަފޫރާ ސުވާލުކުރިއެވެ. “މީރާ ގަޔަށް ލޭ އަޅަން ޖެހޭތީ ލޭ ހޯދަންވީ.. އޭބީ ޕޮޒިޓިވް… އަހަރެން މިދަނީ އެޑްމިޝަންގެ ކަންތައް ހަމަޖައްސަން…” ރިޔާޒް މިހެން ބުނެ އަވަސްފަރުވާދޭ ކޮަޓަރިން ބޭރަށް ނުކުންނަމުން އޭނާގެ ފޯނު ނަގާ ވައިބާރގެ ބައެއް ގްރޫޕުތަކުގައި ވަރަށް އަވަހަށް އޭބީ ޕޮޒިޓިވް ލޭ ބޭނުންވާ ކަމަށް ލިޔެ މެސެޖެއް ފޮނުވާލިއެވެ.

އެޑްމިޝަން ފޯމް ހަވާލުކުރަން ޖެހެނީ މައުލޫމާތު ދޭ ކައުންޓަރަށް ކަމަށްވާތީ ރިޔާޒް އެ ކައުންޓަރާ ގާތްވެލިއެވެ. ފޯރމް ފުރާ ހުރިހާ ކަމެއް ނިންމާލުމަށްފަހު ރިޔާޒް ބޭނުުންވީ އޭނާގެ ބައެއް ރައްޓެހިންނަށް ގުޅައިގެން ލޭގެ ކަންތައް އަވަހަށް ހަމަޖައްސާށެވެ. މީރާއަށް އެވާ ގޮތްތަކުން ރިޔާޒްގެ ސިކުނޑީގައި ރިހުމެއް އުފެދިފައި ހުއްޓެވެ. މީރާއާ އެމީހުންނަށް ލިބެން އުޅޭ ދަރިފުޅަށް ގެއްލުމެއް ވާކަށް ރިޔާޒެއް ނޭދެއެވެ.

ފޯނުގެ ސްކްރީނަށް ބަލަމުން ރިޔާޒް ހޮސްޕިޓަލުން ނުކުތުމަށް ހިނގައިގަތެވެ. ދޮރާހަމައަށް ދެވުމާއެކީ ރިޔާޒްގެ ސަމާލުކަން ދިޔައީ އިވެމުން އައި ސައިރިންގެ ބާރު އަޑަށެވެ. އެމްބިއުލެންސް އައިސް މަޑުކޮށްލީ އޭޑީކޭ ހޮސްޕިޓަލްގެ މައި ދޮރާށި ކުރިމައްޗަށެވެ. އެވަގުތު އެމްބިއުލަންސްގެ އިންތިޒާރުގައި ހޮސްޕިޓަލް ދޮރުކައިރީ ތިބި ނަރުހުންނާ މަސައްކަތު މީހުން އަވަސް ވެގަތީ އެބިއުލަންސްގެ ތެރެއިން ބަލިމީހާ ނެރެ އެތެރެއަށް ވެއްދުމަށެވެ.

ރިޔާޒް ފޯނު ހިފައިގެން އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރީ އެ މީހުންނަށް ތަން ދައްކާށެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލަން ހުރި ރިޔާޒަށް އެމީހުންގެ ފަހަތުން އައި އަޒީމް ފެނުނެވެ. އަޒީމް ހުރީ އޭނާ ވަޒީފާއަށް ދާ ޔުނީފޯމްގައެވެ. އެހިސާބުން އެނދުގައި އެތެރެއަށް ވައްދާ ބަލިމީހާއާ ދިމާއަށް ރިޔާޒްގެ ސަމާލުކަން ހުއްޓުނެވެ. މަންޝާ ކަން އެނގުމުން ރިޔާޒް ގަސްތު ކުރީ އެތެރެއަށް ވަންނާށެވެ.

މަންޝާ ގޮވައިގެން ހޮސްޕިޓަލް ތެރެއަށް ވަތް އިރު އަޒީމަށް ހޮސްޕިޓަލުތެރޭން މީހަކު ފެންނަ ވަރެއް ނޫނެވެ. އޭނާގެ ކަޅި ހުއްޓިފައިވަނީ މަންޝާގެ ހަށިގަނޑާ ދިމާއަށެވެ. އަވަސްފަރުވާދޭ ކޮޓަރިއަށް މަންޝާ ވެއްދުމުން ރިޔާޒްވެސް އެތެރެއަށް ވަނެވެ. މަންޝާ އެނދުމަތި ކުރީ މީރާއާ ޖެހިގެން އޮތް ހުސް އެނދުގައެވެ. އެ އެނދުވަށާ ފޮތިގަނޑު ކަހާލުމަށްފަހު ޑޮކްޓަރުންގެ ޓީމް މަންޝާއަށް ފަރުވާދޭން ފެށިއެވެ. އަވަސްފަރުވާދޭ ކޮޓަރީގައި އުޅުނު އަންހެން ޑޮކްޓަރެއް އައިސް އަޒީމާ މަދީހާމެން ކައިރީ އެތައް ސުވާލެއް ކުރިއެވެ. މަންޝާއަށް ވީ ގޮތް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

ޖަވާބުގައި މަންޝާ ބަނޑުބޮޑުކަމާއި ރަށުން ހެދި ޓެސްޓުތަކުގެ ރިޕޯޓްތައް މަދީހާ ދައްކާލިއެވެ. އަދި ދެދުވަހެއް ވަންދެން މަންޝާ ބޮލުގަ ރިއްސާފަ ހުރިކަމާ އެމީހުން ގެއަށް ދިޔަ ވަގުތު މަންޝާގެ ހެއެއް ނެތްކަމަށް އަޒީމް ބުންޏެވެ. މަންޝާ ބަނޑުބޮޑުވީ ފަހުން އިތުރު ޓެސްޓް ތަކެއް ހަދާފަ ނެތުމުންނާ އެކީ އެމީހުން ބޭނުންވީ ލޭގެ ޓެސްޓުތަކަކާ އަދިވެސް އެހެނިހެން ޓެސްޓްތައް ހަދާށެވެ. އެއަށްފަހު ވަކި ޖަވާބެއް ދެވޭނެ ކަމަށް ބުންޏެވެ. އަޒީމް އަތަށް އެމީހުން ހަވާލުކުރި ގަނޑުކޮޅު ހިފައިގެން އަޒީމް ބޭރަށް ނުކުތީ މެމޯ ކޮޅެއް ހައްދާށެވެ.

އަވަސްފަރުވާދޭ ކޮޓަރިން ބޭރަށް ނުކުތުމާ އެކީ ފަހަތުން މީހަކު ގޮވާލުމުން އަޒީމް ބަލާލިއެވެ. ފަހަތުގައި ހުރި ރިޔާޒެވެ. އޭނާއަށް ލިބުނު ހައިރާންކަމުން ހޮސްޕިޓަލުގަ ކީއްކުރާނީތޯ އަހާލެވުނެވެ.

“މި ހިނގަނީ މީރާ ހުންއާސް ހެއިނެތޭހެދި… މީރާ އެއޮތީ އެމަންޖެންސީ ރޫމެ… ލެއި ހޯދާ ބެނެގެން މި ހިނގަނީ… ލެއި މަދުވެނިއްޔައު… މަންޝާއަށް ކެހެނަކަށްވީ؟…” (މިއުޅެނީ މިރާ ހުންއައިސް ހޭނެތޭތީ… މީރާ އެއޮތީ އެމަޖެންސީ ރޫމުގަ.. ލޭ ހޯދަން ބުނެގެން މިއުޅެނީ… ލޭމަދުވަނިއްޔޯ… މަންޝާއަށް ކިހިނެއްވީ؟…) ރިޔާޒް ބޭނުންވީ މަންޝާއަށް ވީ ގޮތެއް އޮޅުން ފިލުވާށެވެ.

“ނިއެނގެއި… މަ ޑިއުޓިއަށް އޭއް ގޮސް ފެރީއަށް އަރައަރައި ހިށިވޭލެއި މަންޝާ މަންމާ ގުޅަފައި ބެނީ މަންޝާއަށް ގޮތަށްވޭހެދި ގުޅިވާހަކަ… އެހެންވެ މައަވަހަަށް ގެއް އައީ… އެކޯ އެޔަގެ ހެޔަށް ނެއް… ބޯ ރިހޭހެދި މި ދޭތެރެއިން ވޭނޑެނެއިއަސް.. ދެން ނިއެނގެއި… މީރާ ކެހެނަކަށް؟… ކޮން ގުރޫޕަކި ލެޔަށް ތެ ހޯދަނީ…” (ނޭނގެ މަ ޑިއުޓީއަށް ދާން ގޮސް ފެރީއަށް އަރައަރަ ހުއްޓާ މަންޝާ މަންމަ ގުޅާފަ ބުނީ މަންޝާއަށް ގޮތެއްވާތީ ގުޅިވާހަކަ.. އެހެންވެ އަވަހަށް މަ ގެއަށް އައީ.. އޭރު އޭނަގެ ހެޔެއް ނެތް… ބޮލުގަ ރިއްސާތީ މި ދޭތެރެއިން އުޅުނީވެސް.. ދެން ނޭނގެ… މީރާ ކިހިނެއް؟… ކޮން ގްރޫޕެއްގެ ލެއެއްތަ ތި ހޯދަނީ؟…) ކައުންޓަަރުގައި އިން އަންހެންކުއްޖާ އަތަށް މެމޯ ހައްދަން ހަވާލުކުރި ގަނޑުކޮޅާ މަންޝާގެ އައިޑީކާރޑް ހަވާލުކުރަމުން އަޒީމް ވާހަކަ ދެއްކީ ރިޔާޒާއެވެ.

“އޭބީ ޕޮޒިޓިވް… ރައްޓެހިންނަނށް މެސެޖް ކޮށްގެން މި ވޭނޑެނެއި… ދެނަކަށް މީރާގެ މަންމާ ބެނި މީހަކާ ވެގެއައު… އެމީހާ މިކޯ ތެބެއެއި  ކްރޮސްމެޗްހަދާ… އަދި އެހެކާ ބޭނުންވެއި…” (އޭބީ ޕޮޒިޓިވް… ރައްޓެހިންނަށް މެސެޖް ކޮށްގެން މިއުޅެނީ… ދެންމެ މީރާގެ މަންމަ ބުނި މީހަކު ވެއްޖެޔޯ… އޭނާ މިހާރު އެބަ އާދޭ ކްރޮސްމެޗް ހަދަން… އަދި އެކަކު ބޭނުންވޭ…) ރިޔާޒް ވާހަކަ ދައްކަމުން އަނެއްކާވެސް ބަލާލީ ވައިބާރ ގްރޫޕުން މީހަކު މެސެޖް ކޮށްފައި އޮތްތޯއެވެ.

މަ މިހިށީނު… މަމީ އޭބީ ޕޮޒިޓިވް… މިކަންތައް ނިންމަލެއި ހިނގައު ޓެސްޓުހަދާ އޭއް… މަ ލެއި ނިދޭތާ މިކޯ އަހަަރަށް ވެގެ…” (އަަހަރެން މިހުރީނު… މަމީ އޭބީ ޕޮސިޓިވް… މިކަންތައް ނިންމާލަފަ ހިންގާ ޓެސްޓު ހަދަން ދާން… އަހަރެން ލޭ ނުދޭތާ މީހާރު އަހަރެއް ވެއްޖެ…) ކައުންޓަރުގަ އިން ކުއްޖާ ބުނި އަދަދަށް ފައިސާ ދައްކާލަމުން އަޒީމް ވާހަކަ ދެއްކިއެވެ. މެމޯކޮޅު ލިބުމުން ރިޔާޒާއި އަޒީމް މިސްރާބުޖެހީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. އޭރު މަދީހާ ހުރީ ބޭރުގައެވެ.

މަންޝާގެ މަންމަ ފެނުމުން ރިޔާޒް ހިނިތުންވުމެއް ރައްދުކޮށްލަމުން ވާހަކަ ދެއްކިއެވެ. “މަންޝާގެ މަންމަ ދޯ… އަޅުގަނޑަކީ ރިޔާޒް… އަޅުގަނޑަކީ މީރާގެ ފިރިމީހާ.. މަންޝާގެ ވަރަށް ގާތް ރައްޓެއްސެއް މީރާއަކީ…. މީރާވެސް އެބައޮތް މިތާ ޖެހިގެން އޮތް އެނދުގަ އެޑްމިޓް ކޮށްފަ….”

މަދީހާ ހިނިތުންވުމެއް ރައްދުކޮށްލި ނަމަވެސް މަދީހާ ހުރީ ވާހަކަ ދެއްކޭ ވަރަށްވުރެ ބޮޑަށް ހާސްވެފައެވެ. މަދީހާ ގާތު ބޭރުގައި މަޑުކޮށްގެން ތިހުރީ ކިހިނެއްވެގެންތޯ އަޒީމް އެހުމުން މަދީހާ ޖަވާބުދިނެވެ. “ޑޮކްޓަރުން ވެއްޖެ އެތެރޭގަ…. އެހެންވެ މީނީ….” ޑޮކްޓަރުންގެ ޓީމެއް މަންޝާއަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން ދިޔައެވެ. އަޒީމްމެން ތިބީ ކެތްމަދުވެފައެވެ.

އިރުކޮޅެއްފަހުން އަންހެނުންގެ ހާއްސަ ޑޮކްޓަރެއް އަޒީމާ ވާހަކަ ދެއްކުމަށް ގާތްވެލިއެވެ. “ޕޭޝަންޓްގެ ހާލު އެހާ ރަނގަޅެއް ނޫން… ލޭގެ ޕްރެޝަރ ވަރަށް ދަށްވެފަ ހުރީ… މާބަނޑު ދުވަސްވަރު ކުރީކޮޅު ވަރަށް ގިނަ ޕޭޝަންޓުންނަށް ވާކަމެއްމީ… ހޯމޯން ލެވެލް މަތިވެގެން ދާފަދަ ދުވަސްވަރެއްގައި ޕޭޝަންޓް ޑީހައިޑްރޭޓް ވުމުގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްވެ ބޯއެނބުރުމަކީ އެކަށީގެންވާ ކަމެއް… އެހެންވެ ޕޭޝަންޓް އެޑްމިޓްކޮށްގެން މޮނިޓަރކުރަން ޖެހޭނީ… މި ވަގުތު އޭނައަށް ބޭނުންވަނީ އަރާމް… އަދި ބަނޑުބޮޑުވުމަށްފަހު ހަދަންޖެހޭ ލޭގެ ޓެސްތުތައްވެސް ނުހަދާ ހުރުމުން އެ ޓެސްޓުތައް ހަދަން ޖެހޭނީ…” ޑޮކްޓަރ ވާހަކަ ނިންމާލުމަށްފަހު އަވަސްފަރުވާދޭ ކޮޓަރީގައި ހުރި ކައުންޓަރަށް ގާތްވެލިއެވެ. އެވަގުތު އަޒީމް އަަތަށް ނަރުސްކުއްޖެއް ގެނެސްދިނީ އެޑްމިޝަންގެ ކަންތައް ހަމަޖައްސާ ފޯމެވެ. އެ ފޯރމް ހިފައިގެން އަޒީމް ބޭރަށް ނުކުންނަމުން ރިޔާޒް ގާތު ލޭގެ ޓެސްޓު ހަދަން ދާން ހިނގާށޭ ބުނެލިއެވެ.

ދެމީހުން އަވަސްވެގަތީ ކައުންޓަރާ ދިމާއަށެވެ. މެމޯކޮޅެއް ހައްދާލުމަށްފަހު އެމީހުން އަވަސްވެގަތީ ލެބޯޓްރީއަށެވެ. މީރާއަށް ލޭދިނުމަށް ކްރޮސްމެޗް ދިމާވޭތޯ ހަދާ ލޭގެ ޓެސްޓުތައް ހެދުމަށެވެ. އެއަށްފަހު އެދެމީހުން ނުކުތީ އެޑްމިޝަން ކަންތަކުގައެވެ. “އެމަރޖެންސީގަ އޮތް ޕޭޝަންޓް މީރާގެ ރޫމް ހަމަޖެހޭނީ ކޮންއިރަކު…” އަޒީމާ އެކީ ކައުންޓަރާ ގާތްވެލަމުން ރިޔާޒް އަހާލިއެވެ.

“ކުޑަ އިރުކޮޅަކުން ހަމަޖެހޭނެ.. ހަމަޖެހޭއިރަށް ތިފަރާތުން ދެއްވާފައިން ނަންބަރަށް ގުޅާލާނަން…” އަދަބުވެރިކަމާއެކު ކައުންޓަރުގަ އިން ކުއްޖާ ވާހަކަ ދެއްކިއެވެ. އެވަގުތު ރިޔާޒްގެ ފޯނަށް މެސެޖެއް އައިސްގެން ރިޔާޒް ފޯނަށް ބަލާލިއެވެ.

“އަޒީމް… މަ އެބޭނީ އެތެރަށް… ތެކަންތައް ނިންމަލެއި ބައިވާ… މަންމާ އެ މެސެޖް ކެރީ ލެއިދޭއް ބެނި އަނެއް ކޮއްޔާ އާސްގެން… ރިޕޯތްތައް ލިބެނެމެއި ގުޅާށުން.. އެބޭނީވާ…” (އަޒީމް އަހަރެން ދަނީ އެތެރެއަށް… ތިކަންތައް ނިންމާލަފަ އާދޭ އިނގޭ… މަންމަ އެ މެސެޖް ކުރީ ލޭ ދޭން ބުނި އަނެއްސޮރު އައިސްގެން…. ރިޕޯޓްތައް ލިބުނީމަ ގުޅާނަން… ދަނީ އިނގޭ…) ރިޔާޒް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީ އަވަސްފަރުވާދޭ ކޮޓަރިއާ ދިމާއަށެވެ.

އަވަސްފަރުވާދޭ ކޮޓަރިއަށް ރިޔާޒް ވަތްއިރު އެތަނަށް ޞަފޫރާ ގުޅައިގެން ގެނައި މީހާ އައިސް ހުއްޓެވެ. އެހެންކަމުން ރިޔާޒް އަވަސްވެގަތީ އެމީހާ ގޮވައިން ލޭގެ ޓެސްޓުތައް ހަދަން ދިއުމަށެވެ. ރިޔާޒް ނުކުތް އިރު އެތަނަށް މުނީރާ އައިސް ވަންނަނީއެވެ. މުނީރާ އައިސް ވަނީ މަންޝާ އެނދުމަތި ކޮށްފައިވާ ދިމާއަށެވެ. މަދީހާ އޭރު ހުރީ އެތާ އެކަންޏެވެ. މުނީރާ އައިސް މަދީހާ ގާތަށް ހުއްޓެމުން ވާހަކަ ދައްކަން ފެށިއެވެ. “މިހާރު މަންޝާ ކިހިނެއްތަ؟… ކިހިނެއްވެގެން ވީކަމެއްތަ މީ؟…”

ކުއްލިއަަކަށް މަންޝާއަށް މިދިމާވި ކަންތަކުން މުނީރާވެސް ހުރީ އަޖައިބުވެފައެވެ. “ޑޮކްޓަރުން ބުނީ ލޭމަދުވަނީއްޔޯ… އަދި ޓެސްޓުތައް ހެދީމަ ވާނުވާ އިނގޭނީ…” މަދީހާގެ ވާހަކަ މެދުކެނޑުނީ އެވަގުތު މަންޝާގެ މެރިފައިވާ ދެލޯ ހުޅުވާލުމުންނެވެ.

އެހެންކަމުން މަދީހާ އަވަހަށް ނަރުސްކުއްޖަކަށް ގޮވާލަމުން މަންޝާ ގާތަށް ކައިރިވެލިއެވެ. މަންޝާގެ އަތުގައި މަދީހާ ފިރުމާލިއެވެ. ދެލޯ ބޮޑުކޮށްލަމުން މަންޝާއަށް ބަލާލެވުނީ އޭނާ އޮތްތަން ގަބޫލު ނުކުރެވުމުންނެވެ. ވަށައިގެން މުޅިތަނަށް ބަލާލަމުން ކައިރީގައި ހުރި މަދީހާއާ ދިމާއަށް މަންޝާ ބަލާލިއެވެ.

“ކީއްވެ އަހަރެން ހޮސްޕިޓަަލަށް ގެނައީ…” މަންޝާއަށް އޭނާގެ ބަނޑުގައި އަތް ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ.

“އަނެއްކާ ބޭބީއަށް ކަމެއްވީތަ؟…” ހާސްވެފައި އޮވެ މަންޝާއަށް އެހެން އަހާލެވުނީ ވީ އެއްވެސް ކަމެއް އޭނާގެ ހަނދާނަށް ނާންނާތީއެވެ.

“މަންޝާއެއް ނޫންތަ މަންމައަށް ގުޅާފަ ބުނީ ބޮލުގަ ރިއްސާ ވާހަކައާ ހޮސްޕިޓަލަށް ދާން އަވަހަށް އަންނާށޭ…” އޭރު ވީ ކަންތައް މަންޝާއަށް ހަނދާންކޮށްދޭން މަދީހާ ވީގޮތް ކިޔައިދިނެވެ. ގަދައަށް ބޮލުގަ ރިއްސުމުުގެ ސަބަބުން މަންޝާއަށް އެވަގުތު ވާނުވާ ނޭނގުނީ ކަމަށް މަދީހާއަށް ގަބޫލުކުރެވުނެވެ.

“ކޮންދުވަހެއްގެ ވާހަކައެއް ތި ބުނަނީ… އަހަރެެން މިއަދު ރަށުން އައީ… ރަށުން އައިސް ގޭގަ ހުއްޓާ ޒުހާ އައި… ދެން… ދެން…” މަންޝާ ދެލޯ ބާރުކޮށްގެން އޮވެ އޭރު ވީކަންތައް ހަނދާން ކުރަން މަސައްކަތް ކުރިއެވެ. މަންޝާގެ ބޮލުގެ އެއްފަރާތަށް ތޫނު ތަދެއް އަރަމުން ދިޔައެވެ. އެތަދަށް ކެތް ނުކުރެވޭތީ ބޮލުގައި މަންޝާ އަތް ޖައްސާލިއެވެ.

“އެކަމަކު ދަރިފުޅާ ރަށުން އައިތާ މިހާރު ހަތަރު ދުވަސް މިވީ….” މަދީހާއަށް އެހެން ބުނެވުނު އިރު އެ އެނދު ކައިރިއަށް ޑޮކްޓަރަކާއި އެކީ ނަރުސް ކުއްޖެއް އައެވެ.

“ހެއި މަންޝާ… ކިހިނެއްތަ؟…” ޑޮކްޓަރ މަންޝާއާ ސުވާލުކޮށްލަމުން މަންޝާގެ މޫނަށް ބަލާލިއެވެ. އެއަށްފަހު މަންޝާގެ އަތުގެ ކުޑަހުޅުގައި ހިފަހައްޓާލަމުން ވިންދު ބަލާލިއެވެ.

“ރަނގަޅު… އާހް… އެކަމަކު ވަރަށް ބޮޑަށް ބޮލުގަ ރިއްސާ…” މަންޝާ ވާހަކަ ދައްކަމުން އެނާގެ އަތުގެ ހުދުހަން ކަހަން ފެށިއެވެ.

“މަންޝާ… އާ ޔޫ ހެވިން އެނީ ސްޓްރެސް އެޓް ހޯމް… ބަނޑުބޮޑު ދުވަސްވަރު ކަންކަމާ މާ ބޮޑަށް ފިކުރުކޮށް ވިސްނުމަކީ މާ ބަނޑުމީހާއަށާ ބަނޑުގައިވާ ކުއްޖާއަށް ރަނގަޅު ކަންތައްތަކެއް ނޫން.. މަންޝާގެ ހަށިގަނޑުން ވަރަށް ފެންމަދުވެފަ ހުރިކަން ފާހަގަ ވޭ… ވަރަށް ބޮޑަށް ޑީ ހައިޑްރޭޓް ވެފަ ތިހުރީ… ގިނައިން ދިޔާ އެއްޗިހި ބޭނުން ކުރަން ވާނެ.. އަދި ރަނގަޅު ކާނާވެސް ބޭނުން ކުރާންވާނެ… މަންޝާގެ އަތް ތިހެން ވަރަށް ގަދައަށް ކަހާތަ؟…” މަންޝާ ނުހުއްޓާ އޭނާގެ އަތް ކަހަމުން ދާތީ ޑޮކްޓަރ އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.

“ނޭނގެ… މިހާރު ވަރަށް ކަހާ…” މަންޝާ ނުކަހަން މަސައްކަތް ކޮށްގެން އޮތް ނަމަވެސް އޭނާއަށް އަތް ނުކަހާ އޮވެވޭ ގޮތެއް ނުވިއެވެ.

“ނާރސް ޕްލީސް ޑޫ ހާ ލިވަރ ފަންކްޝަން ޓެސްޓް ވިތުދި އަދަރ ޓެސްޓްސް… އެންޑް ސްޓަރޓް އެން އައިވީ…. އަޅުގަނޑު މަންޝާ އޮބްޒަވޭޝަންގަ ބާއްވާލާނަން… ޓެސްޓްތަކުގެ ނަތީޖާ ލިބުނީމަ އަދި ވަކި އެއްޗެއް ބުނަން އިނގޭނީ… ދިޔާ އެއްޗިހި ގިނައިން ބޭނުން ކުރަން ފަށާ…” ޑަކްޓަރ މިހެން ބުނަމުން އެ ތަނުން ނުކުތެވެ.

*** *** *** *** *** ***

މަންޝާގެ އެޑްމިޝަން ފޯރމް ކައުންޓަރާއި ހަވާލުކުރުމަށްފަހު އަޒީމް އަވަސްވެގަތީ އޭ.ޑީ.ކޭއިން ބޭރަށް ނުކުންނާށެވެ. އަޒީމްގެ ފޯނު ނަގާ އޭނާގެ އޮފީހުގެ ނަންބަރަށް ގުޅާލަމުން މިއަދު އޮފީހަށް ނުދެވޭނެ ކަމަށާ އަޒީމް މިވަގުތު މިއުޅެނީ އަންހެނުން ބަލިވެގެން ހޮސްޕިޓަލުގައި ކަމަަށް ބުނަމުން ހަފްތާއެއްގެ ޗުއްޓީ ހަމަޖެއްސޭތޯ އަޒީމް މަސައްކަތް ކުރިއެވެ. އެ ފޯނަށް ވާހަކަ ދައްކަދައްކާ ހުއްޓާ އަޒީމްގެ ޖީބުގައިވާ މަންޝާގެ ފޯނު ރިންގް ވާތީ އެފޯނުނަގާ ބަލާލިއެވެ. މަންޝާގެ ފޯނަށް އެ ގުޅަނީ ނަވާފް ކަމުން އަޒީމް މަޑުޖެހިލިއެވެ. އޮފީހަށް ގުޅައިގެން އިނކޯލު ނިންމާލުމަށްފަހު ނަވާފްގެ ކޯލު ނަގާ ކަންފަތުގައި ފޯނު ޖައްސާލިއެވެ.

“ހެއި މަން.. އަހަރެމެން މިތިބީ އެއަރޕޯޓުގަ..ބިޒީކަމުން ނުގުޅުނީ… އެކޮޅަށްގޮއްސަ ގުޅާނަން އިނގޭ…” އެކޮޅުން ވާހަކަ ދެއްކީ ޒުހާއެވެ. އަޒީމް އެ ކޯލަށް ޖަވާބު ދިނެވެ. ކުއްލިގޮތަަކަށް މަންޝާ ހޮސްޕިޓަލަށް ގެނައި ވާހަކައާ ޑޮކްޓަރުން އަދި ވަކި ޖަވާބެއް ނުދޭ ކަމަށްވެސް ބުންޏެވެ. އަޒީމް ޒުހާގެ ފޯނަށް ވާހަކަ ދައްކަމުން މަޑު ފިޔަވަޅުތަކެއްގައި އޭ.ޑީ.ކޭގެ ގޯތިތެރެއިން ބޭރަށް ނުކުމެ ސޯސަންމަގުގެ ދެފަރާތަށް ބަލާލިއެވެ. އެވަގުތު އަޒީމްގެ ލޮލުގައި އަޅައިގަތީ ދުރުދުރުން ހޮސްޕިޓަލާ ދިމާއަށް ހިނގާފައި އައި ޟިރާރެވެ.

“އަޅެ… މަށަށް ވާނުވާ ވައިބަރ ކުރާތި… އަހަރެން އެކޮޅަށް ގޮޮއްސަ އަޒީމަށް ގުޅާނަން.. އޭނައަށް ރަނގަޅަށް ބަލާތި… މަންޝާއަށް ކަމެއްވާކަން އަހަންނަށް ފާހަގަވާތާ ދުވަސްކޮޅެއްވެއްޖެ.. އޭނަ އަހަންނާ ވަރަށް ދުރުވެއްޖެ… އެއީ އެހެންޏާ މަންޝާ އުޅޭ ގޮތެއް ނޫން… ދެން ބޭއްވީއޭ… ފުރަންދާން މިދަނީ.. ބާއި…” ޒުހާގެ ފޯނު ކަނޑާލަމުން އަޒީމް މަޑުކޮށްލީ ޟިރާރާ އެކީ އެތެރެއަށް ވަންނާށެވެ. ޟިރާރު އެ އަންނަނީ މީރާ ގާތަށް ކަން އަޒީމަށް އެނގުނެވެ.

“އަޒީމް… ކެންކެރަނީ؟… މިތެއި މީރާ ތެބޮށް އެޑްމިޓްކޮށްފެއި…” (އަޒީމް… ކީއްކުރާނީ؟.. މިތާ މީރާ އެބައޮތް އެޑްމިޓްކޮށްފަ….) އަޒީމާ އަރާ ހަމަވުމުން ޟިރާރު ވާހަކަ ދައްކަން ފެއްޓިއެވެ.

“ހާން.. ތެކަން އެނގެއި… މަމިއައީ މަންޝާ ބެނޑުވަގެން… އެޔަ ހެއިނެތިގެން… އަދި ވޭ ގޮތަށް އެނގޭނެއި ޓެސްޓުތަކަށް ފަހި… މިތަނަށް އައިތަނުން ރިޔާޒާއި ދިމާވެގެ… މިކޯ މީރާ ގާށް ލެއި އެޑާ ޖެހިގެން އެހިނގަނީ… ލެއި މަދޮވެނީޔައު…” (އާން ތިކަން އިނގޭ… އަހަރެން މިއައީ މަންޝާ ގޮވައިގެން.. އޭނާ ހޭނެތިގެން.. އަދި ވާގޮތެއް އެނގޭނީ ޓެސްޓުތަކަށް ފަހުން… މިތަނަށް އައިތަނުން ރިޔާޒާ ދިމާވެއްޖެ… މީހާރު މީރާ ގަޔަށް ލޭ އަޅަން ޖެހިގެން އުޅެނީ… ލޭ މަދު ވަނިއްޔޯ…) ޟިރާރާ ސަލާމްކޮށްލަމުން މީރާގެ ހާލަތު އަޒީމް ބަޔާންކުރިއެވެ.

“އެހެނާ… މިކޯ ލެއި ދޭނެ މީހަކާ ވެގެއި؟…” (އެހެންތަ… މިހާރު ލޭ ދޭނެ މީހަކު ވެއްޖެތަ؟…) ޟިރާރުގެ ސުވާލު ވަރަށް ކުރެވެ.

“ހާން… މާއި… އަދިއަސް އެހެންމީހަކާއި…” (އާން… އަހަރެންނާ… އަދިއެހެންމީހަކުވެސް ވެއްޖެ…) އަޒީމް އަތުގައި އޮތް މަންޝާގެ ފޯނު އޭނާގެ ޖީބަށް ލަމުން ހޮސްޕިޓަލު ތެރެއަށް ވަންނަން އެނބުރިލިއެވެ.

“ކޮންތާކި މަންޝާ އޮތީ؟… ހިނގަފެލަ އެކޮއްޔާ އެކަހާއު އޭ… މަންޝާސް ބަނޑޮބޮޑޮދީ… މީރާއި މަންޝާއި މި ބަނޑޮބޮޑޮވީ އެކީ އެއްކޮށްދީ…” (ކޮންތާކު މަންޝާ އޮތީ؟… ހިނގާބަލަ އެމަންޖެ ކައިރިއަށް ދާން… މަންޝާވެސް ބަނޑުބޮޑު ދޯ… މީރާއާ މަންޝާއާ މި ބަނޑުބޮޑުވީ ދާދި އެކުއެކީގަ ދޯ…) ޟިރާރުގެ ވާހަކަ އެހިސާބުން މެދުކެނޑުނީ އޭނާގެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ފޯނު ނަގާ އޭގެ ޑިސްޕްލޭއަށް ޟިރާރު ބަލާލިއެވެ. އެހިސާބުން ޟިރާރުގެ ފިޔަވަޅު މަޑުޖެހުނެވެ.

” އެމަންޖެންސީ ރޫމެ…. މީރާ ޖެހިގެން އެނައު އެނދެ މަންޝާ އޮތީ…” (އެމަރޖެންސީ ރޫމްގަ… މީރާ އާ ޖެހިގެން އަނެއް އެނދުގަ މަންޝާ އޮތީ…) ވާހަކަ ދައްކަމުން އޭރު އަޒީމް އެތެރެއަށް ވަންނަން ހިނގައިގަތީއެވެ. އަޒީމަށް ގޮވާލަމުން ޟިރާރު މިދަނީ ކަމަށް ބުނެލިއެވެ.

އަޒީމް އެތެރެއަށް ވަދެގެން ދިޔައީ އޮފީހުން އެދުނު ފަދައިން އެމީހުންގެ މެނޭޖަރުގެ ނަންބަރަށާ އެޗް.އާރުގެ ނަންބަރަށް މެސެޖެއް ކުރަމުންނެވެ. އަވަސްފަރުވާދޭ ކޮޓަރިއަށް ވަދެ އޭނާ ގާތްވެލީ މަންޝާއޮތް އެނދާ ކައިރިއަށެވެ. އަޒީމަށް އެހިސާބަށް ދެވުނު އިރު މަންޝާމެން ދައްކަމުން ދިޔަ ވާހަކަ ސާފުކޮށް އަޑުއިވުނެވެ.

“މުނީރައްތަ ކޮބާ އަފްނާނު؟… ހަސަންބެގެ ޚަބަރެއް ނުވޭތަ؟…” މަންޝާ ވާހަކަ ދެއްކީ މަދީހާމެންނާއެވެ. ރަށުން އައި ފަހުން އަފްނާންމެންނަށް ދިމާވި ކަންތައް މަދީހާ ގުޅާފަ ކިޔައިދިން ނަމަވެސް އެއިން އެއްވެސް ވާހަކައެއް މަންޝާއަކަށް ނޭނގެއެވެ. އޭނާގެ ހަނދާނުގައި ހުރީ އީދު ދަތުރު ނިންމާފަ މާލެއަށް އައި ދުވަހާ ހަމައަށެވެ.

“އަޅެ މަންޝާއަށް މަންމަ ގުޅާފަ ކުރިން ދުވަހުވެސް ވާހަކަ ދެއްކިން… އެއިން އެއްވެސް ކަމެއް ހަނދާން ނުވަނީތަ؟…” މަދީހާ ހުރީ އަންތަރީސް  ވެފައެވެ

“ކޮންއިރަކުތަ މަންމަ ގުޅީ؟…” މަންޝާ ދެބުމަގޮށް ޖަހާލަމުން ވާހަކަ ދެއްކިއެވެ.

“ހަސަންބެގެ މަރަށްފަހު އަފްނާން ގެއިން ފިލައިގެން ހިނގައްޖެ… މަންޝާއަށް ކިހިނެއްތަ ވީ؟… ކޮން ކަމެއްތަ އެންމެފަހު ހަނދާނަކަށް ހުރީ….” މަދީހާ ހުރީ ހާސްވެފައެވެ. މި ފަހުން ހިނގި އެއްވެސްކަމެއް މަންޝާގެ ހަނދާނުގަ ނެތްކަން އެހިސާބުން މަދީހާއަށް ޔަގީން ވިއެވެ.

“ރަށުން އައި ދުވަހު ޒުހާ އައި.. ޒުހާ ދިޔަ ފަހުން ދެން ގެއަށް އައީ…. ޒޭބާ… އާން ޒޭބާ… ކޮބާތަ އަޒީމް؟..” އެނދުމަތިން ބޯ ހިއްލާލަމުން އަޒީމް އެތާ ނެތްކަން އެނގިގެން އަޑަށް ބާރުލަމުން މަންޝާ އަހާލިއެވެ.

“ކީކޭ؟… ކޮން ދުވަހަކު މަންޝާއާ ޒޭބާއާ ދިމާވީ؟…” ދުރުގައި ހުރިހާ ވާހަކައެއް އަޑުއަހަން ހުރި އަޒީމަށް އެކަމުން ލިބުނީ ހައިރާންކަމެކެވެ. އެހެންކަމުން އަޒީމް މަންޝާ ގާތަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.

“މިއަދު ދިމާވީ… އޭނަ އައިސް އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިން… އަހަރެން ރަށުން އައީ މިއަދެއް ނޫންތަ… އޭނައާ އަޒީމާ އޮތް ގުޅުން ދިޔަ ހިސާބު އޭނަ ވަރަށް ރަނގަޅަށް ކިޔައިދިން….” އެހިސާބަށް ވާހަކަ ދިޔައިރު މަންޝާގެ ލޮލުން ކަރުނަ ފޭދުނެވެ.

“ހަމަޖެހިބަލަ… މަންޝާ…. މިއަދަކު ނޫނޭ ރަށުން އައީކީ.. މަންޝާ ރަށުން އައިތާ ހަތަރުދުވަސް ވީ… ޒުހާ މިއަދު ގެއަށް އައި.. އެކަމަކު މަންޝާ އެންމެ ފަހަރަކުވެސް ޒުހާއާ ވާހަކަ ދައްކަން ބޭރަށްވެސް ނުނިކުމޭ… މަންޝާއަށް ތިކިއޭ ނުކިއޭ އިނގޭތަ…” މަންޝާއަށް ވިސްނައިދޭން އަޒީމް މަސައްކަތް ކުރިއެވެ. މިއަދު ވީ ކަންތައްތައް ހަނދާންކޮށްދޭން މަސައްކަތް ކުރިއެވެ. މަދީހާއާ މުނީރާގެ ކުރިމަތީގައި ޒޭބާގެ ވާހަކަ ދެއްކުމުން އަޒީމް ހުރީ ހިސާބަކަށް ލަދުގަނެފައެވެ.

“ކޮންމެހެން އެއީ ނުވާކަމަށް ހެދޭނެ ކަމެއް ނެތް.. އަހަަރެން ރަށަށް ދިޔަ އިރުވެސް ތިމީހުން ރައްޓެހިވެގެން ހުޅުމާލެއަށް ބައްދަލުކުރަން ދާކަން މަށަށް އިނގޭ.. ރަށުގަ ހުރި އިރުވެސް އަޒީމް އަހަންނަށް ގުޅާވެސްނުލާ.. ކޮބާތޯވެސް ބަލާ ނުލާ… އަހަރެންނަށް އިނގޭ އަޒީމް ހުރީ ކިހާ ހިސާބެއްގަކަން.. ރަށުުގަ ހުއްޓާ ގުޅި ދުވަހުވެސް އަޒީމް ހުރީ އެ ޒޭބާ ގޮވައިގެން… މިއަދު އޭނައައިސް އަހަރެން ގާތުގަ ދެއްކި ހުރިހާ ވާހަކައެއް އަހަރެން ހަނދާން އެބަހުރި… އޭނަ ބުނީ…އޭނަ ބުނީ…” އެހިސާބަށް ވާހަކަ ދިޔައިރު މަންޝާއާ ޒޭބާ ދެއްކި ހުރިހާ ވާހަކައެއް އޭނާގެ ހަނދާނަށް އައެވެ. ޒޭބާއަކީ އިންސާނެއް ނޫންކަމާއި، މަންޝާގެ ބަނޑުގައިވާ ދަރިފުޅުގެ ހަގީގަތް ޒޭބާއަށް އެނގޭކަމާއި، ޒޭބާގެ ބަނޑުގައި ވަނީ އަޒީމްގެ ދަރިއެއްކަމުގެ ވާހަކައެވެ. އަދި އެއަށްފަހު މަންޝާގެ އަތުގައި އޭނާ އަތް އެޅިކަމާއި އެހިސާބުން މަންޝާއަށް ނޫކުލައިގެ އަލިކަމެއް ފެނި އޭގެތެރެއަށް ގެނބިގެން ދެވުނުކަމެވެ.

އެހުރިހާ ވާހަކައެއް ދައްކައިފިއްޔާ ކަންތައް ވެދާނެގޮތަކާ ދޭތެރޭ މަންޝާ ވިސްނާލިއެވެ. އަދި މަޑުމަޑުން މަންޝާގެ އަތުގައި ފިރުމާލެވުނެވެ. ޒޭބާ އޭނާގެ އަތުގައި ހިފި ދިމާ ހުރީ ފާޑަކަށް ކަޅުވެފައެވެ. ހީވަނީ ހަންގަނޑު ފިހިފައި ހުރިހެނެވެ.

އެނދުކައިރިއަށް ޑޮކްޓަރުންނާ ނަރުހުން އެވަގުތު އެއްވީ އެތަނުގައި އަޑުގަދަ ވުމުގެ ސަބަބުންނެވެ. އެހެންކަމުން މަދީހާއާ މުނީރާ އަވަސް ފަރުވާދޭ ކޮޓަރިން ނުކުތެވެ. ޑޮކްޓަރުންތައް އައިސް މަންޝާއާ އަޒީމާ ވާހަކަ ދެއްކިއެވެ. މަންޝާގެ ހަނދާނުން ހަތަރު ދުވަސް ތެރޭ ހިނގާފައިވާ ކަންތައްތައް ނެތްކަމަށް އަޒީމް ބުންޏެވެ. އެހެންކަމުން ޑޮކްޓަރުންގެ ޓީމް މަންޝާއަށް ވީ ގޮތެއް ބެލުމުގައި އަވަސްވެގަތެވެ.

*** *** *** *** *** ***

ވައިބްރޭޓް ވަމުން ދިޔަ ފޯނު ކޯލަށް ޖަވާބުދޭން ކަންފަތުގައި ޟިރާރު އެފޯނު ޖައްސާލިއެވެ.

“ކީކޭ އަލިބޭ؟.. އަހަރެން ބުނި އެއްކަލަ ފޮތްތައް އަހަރެންނަށް މިއަދު ލިބިއްޖެ…. އެ ފޮތްތައް ހިފައިގެން ދާންކަމަށް އުޅުނީ އެކަމަކު ނުދެވިގެން އުޅެނިކޮށް މީރާ ހޮސްޕިޓަލަށް ގެނެސްގެން މިއުޅެނީ… މިތަނުުން ހަމައަކަށް އެޅޭއިރަށް އެފޮތްތައް އަހަރެން ގެންގޮސް ދޭނަން… އަންނަ ހުކުރުވިލޭރޭ ކިޔެވެލި ކިޔެވޭ ވަރަށް ހުރިހާ ކަމެއް ހަމަޖެއްސެން ވާނެ…” ޟިރާރު ބޭނުންވާ ގޮތް ހާމަ ކުރިއެވެ.

“ތިކަން އޮތީ ތިހެން… މިކަން އަވަސްކުރިވަރަކުން ކުދިންނަށް ލިބޭ އަނިޔާތަކުން އަވަހަށް ސަލާމަތްވެވޭނީ… އަހަރެން މިކަހަލަ މަސައްކަތް ކޮށްއުޅެނީ ވަރަށް ބަލައިގެން… މިވަރުގެ ބޮޑުު ކަންތައްގަނޑެއް ކުރަން ވިސްނާއިރު މީ ކިހާ ވަރެއްގެ ކަމެއްތޯވެސް އަހަރެން ބަލަން ޖެހޭ…” އަލިބެގެ ވާހަކަ އެހިސާބުން މެދުކެނޑުނީ ޟިރާރު ވާހަކަ ދައްކަން ފެއްޓުމުންނެވެ. “އަލިބޭ ހާސްނުވޭ.. އަލިބެ ބުނި އަދަދަކަށް އަހަރެން ފައިސާ ދީފާނަން….”

“މިވަރުގެ ކަމަކީ ހެޔޮ އަގެއްގަ ކޮށްދެވޭނެ ކަންކަމެއް ނޫން… ދެން އަގު ކިޔާނީ މަސައްކަތް ނިންމާފަ ދޯ… އަލިބެ ކަންބޮޑުވަނީ މިކަމުގެ ބޮޑުކަމުން…. މިކަމުން އައިސްދާނެ ހުރިހާ ކަންތައްތަކަކަށް ފުރިހަމައަށް ތައްޔާރުވާން އަހަރެން ބޭނުން… އަހަރެންނަށް އެއްވެސް ކަމެއް ސިއްރުު ނުކުރައްޗޭ!…” އަލިބެގެ އަޑުގައި އެކުލެވިފައިވާ ހާސްކަން ޟިރާރަށް ފާހަގަވިއެވެ.

އިތުރު ވިސްނުމަކާ ނުލާ ޟިރާރުގެ ޖަވާބު އައީ ވަރަށް އަވަހަށެވެ. “އަލިބެއަށް އަހަރެން ސިއްރުކުރަން ޖެހޭވަރުގެ ކަމެއް ނޯންނާނެ…. އަލިބެއަށް ހުރިހާ ކަމެއްވެސް އަހަރެން ކިޔައިދީފަ އޮންނާނީ… ރޫހީއަށް ދިމާވި ހުރިހާކަމެއްވެސް އަލިފުން ޔާއަށް ކިޔައިދިނިން…”

ޟިރާރުގެ ޖަވާބު އަޑުއެހުމަށްފަހު އަލިބެ ފުންނޭވާއެއް ބޭރުކޮށްލިއެވެ. “އަހަރެން ބެލި ބެލުމުގަ ޟިރާރުގެ އެހެން ދަރިއެއް ހުރިކަމަށް އެބަ ދައްކާ… ޟިރާރުގެ އާއިލާއާ މިދިމާވާ ކަންތައްތަކާ އެކުއްޖާއާ ވެސް ގުޅުމެއް އެބަވޭ…” އަލިބެގެ ވާހަކަ މިހިސާބަށް ދިޔަ އިރު ޟިރާރަށް ހުރެވުނީ ގަބުވެފައެވެ. އަލިބެ އެބުނި އެއްޗެއް ޟިރާރުގެ ކަންފަތުގައި ދެ ބުރަކަށް ގުގުމާލިއެވެ. “ޟިރާރުގެ އެހެން ދަރިއެއް ހުރިކަމަށް އެބަ ދައްކާ…”

އެހުރި ފިޔަވަޅު މައްޗަށް ޟިރާރު ހުއްޓުން އެރިއެވެ. މާޒީގެ އެތައް އަހަރުތަކެއް އޭނާގެ ސިކުނޑިިތެރޭ އެނބުރިގެން ދިޔައެވެ. އަލިބެ އެބުނާ އޭނާގެ ދަރިއަކީ ކާކުކަން އޭނާ ހޯދާނީ ކިހިނެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެންމެ ފަހުގެ ނިންމުމަކަށް އޭނާއަށް ވިސްނުނު އެންމެ މޮޅު ގޮތަކީ ފާލުބެލުމެވެ. އަލިބެ ގާތު ފަހުން ގުޅާނަމޭ ބުނެ ޟިރާރު އެފޯނު ކަނޑާލިއިރު އޭނާ ހުރީ ބޮލަށް ބަރުވެފައެވެ.

ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައިރުވެސް ޟިރާރަށް ވިސްނެމުން ދިޔައީ އެކަންތަކާ މެދުގައެވެ. އަވަސްފަރުވާ ދޭ ކޮޓަރިއަށް ވަންނަން ޟިރާރު ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ގޮނޑިބަރީގައި ތިބި އަންހެނުންތަކެއް ދައްކަމުން ދިޔަ ވާހަކަ ޟިރާރުގެ ކަންފަތުގައި ޖެހުމުންނެވެ.

“މުނީރާ އަހަރެންގެ މަންޝާ… އެމަންޖެ އެއްވެސް ކަމެއް ހަނދާނެއް ނެތް… އަޅެ… މަ ބުނި ހެނެއްނު އެވީ.. އައްޑޫ މީހުންނާ ޖެހުނީމަ ވަކި މޮޅުތަކެއް ވެއްޖެތަ.. އެއީ ވަރަށް ނުބައި ބައެއް… އެއީ ބޭވަފާތެރިން… އަޒީމެކޭ ޟިރާރެކޭ ކޮބާ ތަފާތަކީ… މިއަދު މަންޝާއަށް އެހެން އެވީ އަހަރެން ބުނި ބަސް ގަބޫލު ނުކޮށް ގޮސް އައްޑޫ މީހަކާ ކައިވެނި ކުރީމަ… އަހަރެންނަށް ހެދީ ކިހިނެއް..އެ ޟިރާރު އޮޅުވާލީ މަކަރު ހެދީ…” ރޮމުން ރޮމުން ވާހަކަ ދައްކަމުން ދިޔަ މަދީހާގެ ބަސްތައް ހުއްޓުނީ އޭނާގެ ކުރިމައްޗަށް މީހަކު އެރުމުންނެވެ.

ގޮނޑީގައި އިށީނދެގެން ތިބި މުނީރާއާ މަދީހާއަށް ބަލާލެވުނީ ކުރިމައްޗަށް ހުއްޓުނު މީހާއާ ދިމާއަށެވެ. ފައި ކޮޅުން ފެށިގެން މައްޗަށް މަދީހާ ބަލާލިއެވެ. އެސޫރަ ފެނުމުން މަދީހާއަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. “ޟިރާރު…”

އަށާވީސް އަހަރުފަހުން މަދީހާ ފެނުމުންވެސް ޟިރާރަށް އެއީ ކާކުކަން ދެނެގަންނަން އެނގުނެވެ. “މަދީހާ…. މާލޭގަ ކީއްކުރަނީ…” މަދީހާމެން ދެއްކި ވާހަކަ ސާފުކޮށް ޟިރާރަށް އަޑު އިވުނެވެ. މަދީހާ ދެއްކި ވާހަކަތަކުން ޟިރާރަށް ކަމެއް ޝައްކުވާ ގޮތްވިއެވެ. ނަމަވެސް ޟިރާރުގެ ހިތުގައި އުފެދެމުން ދިޔަ ވަހުމް ޔަގީން ކުރަން ބޭނުންވާތީ އޭނާ ބޭނުންވީ މަދީހާއާ ރީއްޗަށް ވާހަކަ ދައްކާށެވެ.

ތުންގަނޑު ވިކާލަމުން މަދީހާ އަނެއް ފަރާތަށް އެނބުރިލިއެވެ. މުނީރާ ގޮނޑީގައި ހިމޭނުން އިނީ ބުނާނެ ވަކި އެއްޗެއް އޭނާގެ ދުލަށް ނައިމައެވެ. އެއްފަހަރު ޟިރާރުގެ މޫނަށް އަނެއްފަހަރު މަދީހާގެ މޫނަށް ބަލަން މުނީރާ އިނީ ގަބުވެފައެވެ.

“މަދީހާ… ރުޅިއައިސްފަތަ… ވާހަކަ ދައްކަބަލަ؟… ކޮބާތަ ފިރިމީހާ؟… މަންޝާ އެއީ މަދީހާގެ ދަރިއެއްކަން މަށަށް ކުރިންވެސް ޝައްކުވި… މަދީހާއާ އޭނާ ވައްތަރީ… ކަޅަކަސް މަދީހާއެކޭ ހަމައެއްވެސް ތަފާތެއް ނެތް…”  ޟިރާރު ވާހަކަ ދަައްކަމުން ދިޔައީ ވަރަށް މަޖާވެފައެވެ. އެއަޑު އަހަން ހުރި މަދީހާއަށް އަނގައިން ނުބުނެ މަޑަކުން ނުހުރެވުމެވެ.

“ރުޅިއައިސްފަހޭ… ރުޅި ނާންނަވަރެއްތަ؟… ލަދެއް ނުގަނޭތަ ފިރިމީހާ ކޮބާހޭ އަހާކަށް… މަންޝާއާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ލަދެއް ނުގަނޭ ދޯ… ބަލަ މިހާރުތަ މަންޝާ ފެނިގެން ތިއުޅެނީ… މަންޝާއަކީ ކާކުކަން އެނގޭތަ؟…” މަދީހާއަށް ވާހަކަ ދައްކަމުން ދިޔަ އިރުއޭނާއަށް ރޮވެން ފެށިއެވެ. މަންޝާ ބަލިވެގެން އެޑްމިޓް ކުރިފަހުން މަދީހާ ހުރީ އެކަމާ ވިސްނާވިސްނާ ބޯ ގޮވާފައެވެ. އަޒީމް ވީ ބޭވަފާތެރިކަން އެނގުމުން އޭނާ ހުރީ އައްޑޫ މީހުންދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. މި ފަދަ ވަގުތެއްގައި ޟިރާރުު އައިސް އޭނާގެ ކުރިމައްޗަށް ހުއްޓިހުރެ މަންޝާއާ ބެހޭގޮތުން ވާހަކަ ދެއްކުމުން މަދީހާގެ ރުޅި ދެގުނައަށް ގަދަވެގެން ދިޔައެވެ.

ސުވާލުން ފުރިފައިވާ ނަޒަރަކުން މަދީހާއާ ދިމާއަށް ޟިރާރު ބަލަން ހުރީ އޭނާއަށް މިވާނުވާ ނޭނގޭތީއެވެ. އަނެއްކާވެސް އެހަމަހިމޭންކަން ނަގާލީ މަދީހާއެވެ. “މަންޝާ ހޯދަން ތިއައީ ކީއްކުރާކަށް… އަހަރެން އެކަނިމާ އެކަނި އޭނަ ބޮޑު ކުރީމަތަ މިއަދު ތިއައީ…” އެތައް އަހަރެއް ވަންދެން ސިއްރު ކުރި ވާހަކަ އޭނާގެ ދުލުން ބޭރުވާން ފެށުމުން މަދީހާ ހުއްޓުނެވެ.

“ކީކޭތަ ތި ކިޔަނީ؟… ތި ކިޔާއެއްޗެއް ސާފުކޮށް ބުނެބަލަ…” އެތަނުންދާން ހިނގައިގަތް މަދީހާގެ އަތުގައި ހިފަމުުން ޟިރާރު އަހާލީ މަދީހާ ކިޔާ އެއްޗެއް ސާފުކުރަން ބޭނުންވީމައެވެ.

“ދޫކޮށްލާ…” މަދީހާ މަސައްކަތް ކުރީ އޭނާގެ އަތް ފޮޅުވާލާށެވެ. ނަމަވެސް ޟިރާރު އެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ފެންކަޅިވެފައި ހުރެ ޟިރާރާ ދިމާއަށް ބަލާލަމުން މަދީހާ އެންމެ ފަހުން ބުނެލިއެވެ.

“މަންޝާއަކީ ޟިރާރުގެ ކުއްޖެއް… އަހަރެން ކައިވެންޏެއް ނުކުރަން…” އެހިސާބުން މަދީހާ ބަޑި ފަޅައިގެން ދިޔައެވެ. ޟިރާރަށް އެ އިވުނު ޖުމްލައިން މަދީހާގެ އަތުގައި ހިފާފައިވާ އަތް ދޫކޮށްލެވުނެވެ. މަދީހާ އަވަސް ފިޔަވަޅުތަކެއްގައި އަވަސްފަރުވާދޭ ކޮޓަރިއަށް ވަންނަން ފިޔަވަޅު އަޅާލިއެވެ. މަދީހާ ހުއްޓުންއެރީ އަވަސްފަރުވާދޭ ކޮޓަރި ކުރިމަތީ ހުރި އާމިނަ ފެނުމުންނެވެ.

ޟިރާރާ މަދީހާގެ ދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އާމިނައަށް އަޑުއިވުނެވެ. ޟިރާރު އެނބުރެމުން މަދީހާއަށް ގޮވާލިއެވެ. ނަމަވެސް އިތުރު ބަހެއް ނުބުނެވި ހުއްޓުން އެރީ މަދީހާގެ ފަހަތުގައި ހުއްޓިގެން ހުރި އާމިނަ ފެނުމުންނެވެ.

(ނުނިމޭ)   

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shax Lyn

Other Articles

Previous

އިންތިހާއަށް އާދޭސް 5…

Next

ނޭނގޭހެ ހާދަ ލޯބިވޭ 20

Next
September 27, 2016

ނޭނގޭހެ ހާދަ ލޯބިވޭ 20

Previews
September 26, 2016

އިންތިހާއަށް އާދޭސް 5…

37 Comments

  1. maasha says:
    September 26, 2016 at 10:24 pm

    I am the first..thankx shaax.. V reethi…. Kurin foohi.. Bt mihaaru..?

  2. Same says:
    September 26, 2016 at 10:53 pm

    V nice…

  3. Shaa xee says:
    September 26, 2016 at 11:06 pm

    V reethi story dhaa goi. Hama habeys…. dhen vaanee kihineh baa???????

  4. Haasaru says:
    September 26, 2016 at 11:36 pm

    I love your writing skills.
    How each piece is connected to each other

  5. Afee says:
    September 26, 2016 at 11:37 pm

    Woooow v reeethi

  6. Thazkiya says:
    September 27, 2016 at 12:25 am

    V.interesting! Jus curious to knw zeeban’s next move…

  7. Madhy says:
    September 27, 2016 at 1:08 am

    Woww v v salhi ❤❤❤

  8. xeyy says:
    September 27, 2016 at 1:44 am

    wow vvv salhi mibaives shazz.. you are the best???❤️❤️

  9. maaishahil says:
    September 27, 2016 at 2:05 am

    amazing. haadhahaaa ey reethee…

  10. nauma says:
    September 27, 2016 at 2:07 am

    ooooooooooooooh………. soooooooo interesting. next episode kiyaa hithun keh madhu vefa

  11. shammoon says:
    September 27, 2016 at 2:10 am

    adhi mihaa reethi vaahakaeh esfiya akun nukiye. its really beautiful. can i get ur number pls

  12. maaishahil says:
    September 27, 2016 at 2:13 am

    mi vaahaka aai ehvarah liyunu kujjaa ves reethi vaane dho. keep it up

  13. thoo says:
    September 27, 2016 at 2:18 am

    shaaxooo u are the best writer in esfiya. alhe mansha nimeny dho. are u planning on writing new stories?

  14. afnan says:
    September 27, 2016 at 2:23 am

    oh no mansha ah ehen hadhaakah nuvaane ehnun. afu dhen annaany dharin goanyeh govaigen. he he heeee………. pls avahah up kurahchey wonder how it will end.

  15. ken? says:
    September 27, 2016 at 8:28 am

    i guess dn innaanee last part hen…btw story is awesome ☺☺☺☺

  16. Shaa says:
    September 27, 2016 at 8:43 am

    wow past ge kankan bust vany dhw.. salhi varah ?

  17. Anonymous says:
    September 27, 2016 at 10:55 am

    varah furihama vaahaka… cant wait for the next….

  18. huhh says:
    September 27, 2016 at 11:08 am

    Alhe zibange part eh nethyma foohi?…..

  19. Sabeeha says:
    September 27, 2016 at 11:24 am

    v salhi…?

  20. vaahaka kiyaa meeha says:
    September 27, 2016 at 11:45 am

    Varah reethi mi vaahaka
    Thanks shax waiting fo next episode

  21. Metal 0-1 says:
    September 27, 2016 at 2:02 pm

    Beykaaru vaahaka kurykolhuga othy
    But fahukolhu salhi
    Dhigu kuranves interest nehgothah beykaaru bai himananyaa kiyuntherin foohivaan magufahivaane

  22. athi says:
    September 27, 2016 at 4:44 pm

    Meera skinny ga dhn ehury kn leyeh baa..?. story vrh reethi dhaagoeh.m

    1. getuveba says:
      September 27, 2016 at 6:37 pm

      neyngigen thai ahany… its there in the episode… mansha ge bleeding stop kuran beysdhin vaahaka n her baby is fine..

    2. Pakaas says:
      September 27, 2016 at 8:39 pm

      “Getuveba”, furathama thigolaa ah getuvebala. Bleeding stop kuran beys dhiny meera ashey. Not Mansha

    3. ރަނގަޅުކޮށްލާ says:
      September 27, 2016 at 9:11 pm

      lol…..

  23. Lovely girl says:
    September 27, 2016 at 5:29 pm

    Love it very nice mi part ves keep it up.
    Fahu bai reeti vaanee happy ending akah vehgihya

  24. imagination says:
    September 27, 2016 at 5:50 pm

    woooaahh..i luv mi vaahaka <3

  25. §∅m€∅ñ€ §¶€©iāL says:
    September 27, 2016 at 6:44 pm

    i think i saw u today. i met u today. wow.
    i wanted to talk. but u were with a friend. so nukerunu talk kuraakah. ferry terminal ga. wearing a green dress n a brown shawl. ur my favourite author. ehaa kairin fenifaves talk nukurevuneema varah dheravi. hope we will meet some day. goodluck dear.

  26. gurey says:
    September 27, 2016 at 9:56 pm

    wow…. emmefhun ekanthah ves bust vee….. adhi eves aamina ah… poor her…

  27. Sama says:
    September 28, 2016 at 11:04 pm

    Mi part ga bodah hospital ge bai otheema Varah rangalhu. Ekam ADK ah vureh bodah IGMH mama Varah furihama vaane.
    This is the best part so far.

    -Nurse Sama-

    1. Pakaas says:
      September 29, 2016 at 3:14 pm

      Dhonkalo sama aa hithaavee dho?

  28. Ainy says:
    September 29, 2016 at 11:25 am

    As if i was watching a series OMG!! waiting for the next part..

    1. Lovely girl says:
      September 29, 2016 at 4:10 pm

      Same here

  29. ?Jaz? says:
    September 29, 2016 at 7:12 pm

    Shaz. Waiting for the next part. Still. ?
    Hope you’ll upload it soon.
    Thanks. ❤️

  30. Shax Lyn says:
    September 29, 2016 at 9:07 pm

    uploading… 🙂 thanks for the love and support,… varah busykoh ulheythee komme commentakah vakivakin reply nukurevunee…. love u all…. 🙂

  31. nanna says:
    September 29, 2016 at 9:09 pm

    Alhe where’s the next part! Avahah up kohdheeba. And why don’t you consider uploading the story like 3 days a week instead of 2 days? Pleaaasse. And love the story ❤❤

  32. ޒީނާ says:
    November 23, 2016 at 12:21 pm

    ހުރިހާ ޕާޓް ތަކެއްވެސް ވަރަށް ފުރިހަމަ. އަސްލު ކޮންމެކަމެއް އެހާ ތަފްސީލްކޮށް ނުދިނަސް އޯކޭ ވާނެ ކަންނޭންގެދޯ؟. މިސާލަކަށް ފާހަނާމަތީ އިށީން ވާހަކައާއި ފާހަނަ ކުރިވާހަކަ އަދި ފާހަނަކޮށް ނިމިގެން ފްލެސްކުރި ވާހަކަ. ދެން އެންމެނަށްވެސް އިގޭނެދޯ ފާހަނަކޮށްގެން ފުލެސް ކުރާނެކަން. ލޮލް…ލޮލް

Comments are closed.

All Right Reserved!