“ބަލަ ކޮބާ ބާބީ”
“ހީނާ ނުލާއައީ ކީއްވެ؟”
ވަހީދާވެސް އަހާލިއެވެ.އުނައިސް ހީނާއާއި އޭނާގެ މައްސަލަ މަންމަ މެންކާރީ ކިޔާނުދެއެވެ.
“ހީނާ ލަދުން ނައީ” އުނައިސް ހިތި ގޮތަކަށް ހިނިތުންވެލިއެވެ
“ލަދުންނޭ އެކިހިނެއްވީ؟” ވަހީދާ އުނައިސް އާއި ކާރި ވެލަމުން އަހާލިއެވެ.
“އަޅެ މަންމާ، މަންމަ މާމަޔަކަށް ވަނީނު މިއައީ ބައްޕަ މެންގެޔަށް އޭނާ ލާފަ”
އުފާވެރި އަޑަކުން އުނައިސް ބުނެލިއެވެ.
“ނާހަމަ ރަނގަޅަށް ކިތަށް މަސް”
ވަހީދާގެ މޫނު އުފަލުން އުޖާލާވެގެން ދިޔައެވެ. ދުރުގަ ގޮޑީގަ އިން ޔޫނުސްވެސް ހިނިތުން ވެލިއެވެ.
“ކޮބާ އަޑުއިވިއްޖެތަ؟ އަހަރެން މާމަޔަކަށް ވަނީ އޭ އަދި ކަލާ ކާފަޔަށް ވާހް އުފާވެރި ކަމުގެ ކޮޅެއްވެސް ނެތް. އަމުދުން މިފަދަ ގަޑިޔެއްގަ ހީނާ އަހަރެމެންގެ ގެ އުފަލުން ފުރާލަ ދީފި. ތާނިޔާ ދަރިފުޅާ އަވަހަށް ގުޅާ ހީނާއަށް އަހަރެން ބޭނުން މިހާރު ހީނާއާއި ބައްދަލު ކުރަން”
ވަހީދާ އެއްތާކު ހިމޭނެއް ނުވެއެވެ. ޔޫނުސް ކާރިން ދުވަމުން އުނައިސް އާއި ދިމާލަށް އައެވެ އަދި ތާނިޔާއާއި ދެމީހުން އަތުގަ ހިފއިގެން މަޖާ ކުރިއެވެ.
” މަންމާ… މަޑުކޮށްބަލަ. އަދި ގުޅިދާނެނު ދެވިވެސް ދާނެނު އޭނާ ހޮސްޕިޓަލަށޭ ދިޔައީ ބައްޕައާއި އެކު”
” ދެން މިހާރު ކިތަށް މަސްތަ؟ ޑޮކްޓަރއަށް މިއަދު އަދި ކިރިޔާތަ ތި ދައްކަނީ ދަރިފުޅުވެސް ދާންޖެހޭނެނު؟” ވަހީދާ ހިތްހަމަނުޖެހިފަ ބުންޏެވެ.
“އަދިވީ ހަތަރު މަސް މަންމާ ރިޕޯޓް ނަގަންށޭ އެދަނީ ޑރ އަށް ދައްކާނަމަ އަޅުގަނޑު ދިޔައީމުސް”
“އަޅެ ތިހާއުފާވެރި ޙަބަރެއް ބުނުން މިހާލަސްކުރީ ކީއްވެ؟” ތާނިޔާ ޝަކުވާ ކުރިއެވެ.
“އަދި ހަމަޔަކަށް އެޅުނީމަނު އެހެން ވާހަކައެއްދެއްކޭނީ” އުނައިސް ފައިލްތަށް ހިފައިގެން އޮފީހަށް ވަނެވެ..
އުނައިސް އޮފީހަށް ވަންއިރު ލޯޔަރާއި ބައްޕަވެސް އޭނާގެ އިންތިޒާރުގަ ތިއްބެވެ.
“އަހަރެން އަދިވެސް އަހަރެންގެ ދަރިފުޅު އުނައިސް ގެ ފަރާތުން މިކަމުގެ އެއްވެސް އެހީއެއް ބޭނުމެއ ނޫން ޔޫނުސް ވަނީ ބަރުބަދު ވެފަ އަދިވެސް ޔޫނުސް އަށް ތެދުވެވޭނެ މިކަމުގަ އަހަރެން ދޫކޮށް ދިޔަ ދަރިއެއްގެ އެހީ ނަގާކަށް އަހަރެން ބެނުމެއް ނޫން. އަމިއްލައަށް މިކަންތައް ތަހައްމަލު ކުުމުގެ ބާރު އެބައޮތް އަހަރެންގެ. ”
އުނައިސް އަށް ބައްޕަގެ މިވާހަކަ އަޑުއިވުމުން ވަރަށް ދެރަވިއެވެ. އޭނާ ހީކުރީ ބައްޕަ އޮފިހުގަ އެއިންނެވީ އޭނާގެ އިންތިޒާރުގަ ހެންނެވެ. އޭނާ މަޑުމަޑުން އޮފީހުން ނިކުތްތަން ވަހީދާއަށް ފެނުނެވެ. ދެންމެ ޔޫނުސް އެބުނި ވާހަކަތަށް ތީރެއް ހެން ވަހީދާގެ މެއަށް ވެސް ހެރުނެވެ. ޔޫނުސް ކޮންމެ ގޮތަކަށް ކަންތަށް ކުރިޔަސް އުނައިސް އެހުންނަނީ އެމީހުނގެ ކަންތަށް ރަނގަޅު ކުރަން އައިހެވެ ވީއިރު އެގޮތަށް ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެއެވެ.
“ދަރިފުޅާ ބައްޕަގެ ވާހަަކަޔާ މެދު ހިތްބުރަ ނުކުރާތި އިނގޭ” ވަހީދާ އުނައިސްގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.
“މަންމާ ބައްޕަ ދެންމެ ދެއްކި ވާހަކަޔާ މެދު ކޮޑަކޮށްވެސް އަޅުގަނޑު ހިތް ބަރެއްނޫން. އަޅުގަނޑު ކުޑައިރުވެސް އެގޮތަށް ބައްްޕަ އަޅުގަނޑު ދެކެ ރުޅިއާދޭ އެކަމަކު ހަމައެ ބައްޕަ ކާރިޔަށް ގޮސް ލޯބިން މާފަށް އެދޭއިރަށް އުނގައްއަރުވާ ބައްޕަ އަޅުގަނޑަށް މާފު ކުރައްވާ މިހާރު މިވީގޮތަކީ އަޅުގަނޑުވެސް ރުޅިއައިސްގެން ބައްޕަ ދާށޭ ބުނީމާ ގެއިން ނުކުމެގެން ދިޔުން އަދި ގެޔަށް ނުވެސް އާދެވުން އެގޮތަށް ނުގޮސް އަޅުގަނޑު ބައްޕަ ކާރިން މާފަށް އެދުނު ނަމަހީ ޔަގީނުންވެސް ބައްޕަ އަޅުގަނޑަށް މާފު ކުރީސް. އެކަމަކު އަޅުގަނޑުވެސް ބޮޑާވެފަ ދިޔައީ.މިގެޔަށް މިދިމާވި ހުރިހާކަމެއްގެ ޒިއްމާ އަޅުގަނޑު އަޅަނީ އަޅުގަނޑުގެ އަމިއްލަ ބޮލުގަ. ގޭގަ ހުރި ފިރިހެން ކުއްޖާ ގެދޫކޮށް ދިޔުން މިއީ މައްސަލަ ދިމާވާ ސަބަބު”
މިހެން ބުނެލާފަ އުނައިސް މަންމަގެ ކޮނޑުގަ ބޯއަޅައިގެން އެތަށް އިރެއްވަންދެން ކަރުނަ އޮހޮރުވިއެވެ. ވަހީދާ އޭނާ ހުއްޓުވާކަށް ނޫޅެއެވެ. އެވަގުތުނަމާދުގެ ބަންގިގެ އަޑު އިވުމާއެކު އުނައިސް ނަމާދަށް ދަނީޔޭ ބުނެ ކަރުނަ ފޮހެލަމުން ގެއިން ނިކުމެގެން ދިޔައީ ނަމާދަށެވެ. އިރުކޮޅަކުން ލޯޔަރު ވެސް ޔޫނުސް ކާރީ ނަމާދު ކޮށްގެން އެބައަންނަމޭ ބުނެފަ ދިޔައިއެވެ.
“އަޅުގަނޑު ވަގުތު ކޮޅެއް ބޭނުން”
ވަހީދާ ވަރަށް ހަރުކަށި ރާގަކަށް ޔޫނުސް އާއި ދިމާލަށް ބަލާލަފަ ބުނެލިއެވެ. ޔޫނުސް ވެސް ސިހިފަ ވަހިދާއާއި ވީފަރާތަށް އެނބުރުނެވެ.
“ޔޫނުސް، ކިބުރު ވެރިކަމާ ބޮޑާކަން އެއީ މީހާ ހަލާކު ކޮށް ލާނެ އެއްޗެއް އުނައިސް ކިހާވަރަކުން އަޅުގަނޑުމެންނާ ހެދި އެއުޅެނީ. ބައެއްފަހަރަށް އަޅުގަނޑަށް ހީވަނީ އުނައިސް އާމެދުގަ ކަންތަށް ތިޔަ ކުރެއްވޭގޮތް ރަނގަޅު ނޫންހެން. ކަލާއަށް މިކަންރޭކާލާއިރު މާލަސް ވެދާނެތީ އަޅުގަނޑު ވަރަށް ބިރު ގަނޭ. އުނައިސް އާމެދު ނަފުރަތުގެ ބެލުމަކުން ނުބަލާ. ލޯތްބާ އޯގާތެރިކަމާއެކު މުއާމަލާތް ކުރުން އަޅުގަޑަށް ފެނޭ. އެއީވެސް އަޅުގަނޑުމެންގެ ދަރިއެއް އަދި ހުރި ހަމައެކަނި ފިރިހެންދަރިފުޅު. އޭނާ ރޯތަންދެކެން އަޅުގަނޑަށް ކުޅަދާނއެއްނުން ސަބަބަކީ އަޅުގަޑަކީ އޭނާ ބަނޑު އަޅައި ވިހޭ މައި މީހާއަށް ވީކަން އެއްވެސް ހާލަތެއްގަ އޭނާކަރުނަ އަޅާ ރޯތަން ދެކެން އަޅުގަނޑަށް ފަސޭހައެއްނޫން.” ވަހީދާ ރޯންފެށިއެވެ އަދި ކަރުނަ ފޮހެމުން ދިޔައީއެވެ. ޔޫނުސް ހުއްޓުން އަރާފަ ވަހީދާ ދާތަން ބަލަން ހުއްޓެވެ.
ހީނާ އޭނާގެ ބައްޕަގެ ގެޔަށް ގޮސްފަ އުނައިސްގެ ގެޔަށް ލޭންޑު ފޯނަށް ގުޅިއެވެ އެހެނަސް އުނައިސް ފޯނު ނަގާފަ ހަލޯ ބުނާއިރަށް ފޯނު ކަޑާލައެވެ. އެތަށް ފަހަރެއްގެ މަތިން ހީނާ އެހެން ހެދިއެވެ. އެފޯނަކީ ގުޅީ ކާކުކަން އެނގެން ހުންނަ ފޯނެއް ނޫނެވެ. އެހެންވެ ފޯނު ރިންގުވާ ކޮންމެ ފަހަރަކު ކާރީގަ ހުރި މީހަކު ނަގާނެއެވެ. އިއްތިފާގުން އެވަގުތު އެފޯނު ކާރީ ހުރެވުނީ އުނައިސް އަށެވެ.
ފޯނު ރިންގުވުމާއެކު އުނައިސް ނެގިއެވެ.
“ހަލޯ… ކިހާ ވަރެއްގެ ކަމެއް ވާހަކަ ނުދެއްކޭ މީހުން ގުޅަނީ ކީއްވެތަ؟” އުނައިސް ރުޅިއައިސްގެން ބުނެލިއެވެ.
“ހަލޯ..” އެކޮޅުން އަޑުއައެވެ. ފިރިހެން އަޑެކެވެ.
“ހަލޯ ކާކު ހޯދަން”
“ޔުނުސް ސާހަބް އާގުޅިދާނެތަ؟”
“ވާހަކަ ދައްކަނީ އުނައިސް ޔޫނުސް ގެ ފިރިހެންދަރިފުޅު އަޅުގަޑަށް އަހާލެވިދާނެތަ އެއީ ކޮންކަމަކުތޯ. ބައްޕަ ކުޑަކޮށް ބަލިވެއުޅުއްވާތީ އަރާމު ކުރައްވަނީ މިވަގުތު” އުނައިސް ބުނެލިއެވެ.
“އަހަރެން މިގުޅަނީ ވިލެޖް ޓުވާއިން. އަޅުގަނޑު މެންނާއެކު ކާރގޯ ޝިޕްމެންޓެއް ސަލީމް މަހެއް ހާދުވަސް ކުރިން ގެނައި އަދި އޭގެ އަގު އަދާނުކުރެވި އޮތީމަ ގުޅަންޖެހުނީ”
“އެއީ ކިހާވަރެއް؟”
“އެއްލައްކަ ބާވީސް ހާސް ރުފިޔާ”
“ތިޔަ ފައިސާ ދައްކަން ޖެހެނީ ކިހާ ދުވަހެއްގެ ކުރިން”
“މިހާރު އެއްބަސްވީ މުއްދަތު ފާއިތުވެ ގޮސްފި ދެން ހިގަމުން ދާ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ ޖުރު މާނާއެއް ދައްކަން ޖެހޭނެ”
“މިހާރުން މިހާރަށް ތިލާރި ދެއްކޭކަށް ނޯންނާނެ އަދި ޖެހޭނީ މުއްދަތެއްދޭން”
“މުއްދަތު ދެންދޭނީ ކޯޓުން. ކަލޭމެން އަހަރެން ގުޅީމަ ފޯނު ނުނެގި ހިސާބުން އަހަރެންނަށް އެގިއްޖެ ކަމެއް ގޯސްވިހެން ބަލަ ލަންކާއިން ބޮޑެތި މެހެލް ގަންނަ އިރު އަހަރެންގެ ކުޑަ ލާރި ކޮޅު ނުދެވެންވީ ކީއްވެ؟”
“އަހަރެމެންނުގަންނަން ތަނެއް ލަންކާއިން” އުނައިސް ހައިރާންވެފަ ބުނެލިއެވެ.
“ދެންއިތުރަށް ދޮގު ހަދަން ނޫޅޭ ކަލޭގެ ބައްޕަ ކާރީ ބުނޭ ލައްކަ ދުވަހަށް ބެލުނޭ އެކަމަކު ދެނެއް އަހަރެމެން ނުބަލަނާން މިއީ ފައިސާގެ މުޢާމަލާތެއް” މިހެން ބުނެފަ އެނާ ފޯނު ކަޑާލިއެވެ. އުނައިސް ފޯނު ހިފަހަށްޓައިގެން ހުރި ގޮތަށް ހުރިއެވެ.
އެދުވަސް ކޮޅު ސަލީމް މާލެއައިސް މާލެއިން ތަނެއް ކުއްޔަށް ހިފައިގެން އުޅޭކަން އުނައިސް އަށް އޮތީ އެނގިފައެވެ. އުނައިސް ވަގުތުން އެގެޔަށް ދިޔައެވެ.
ދޮރުމަތިން އުނައިސް ފެނުމާއެކު ސަލީމް މާވަރަކަށް ހެމުން ކާރިޔަށް އައެވެ.
“އައްދެ ޅިޔަން މަނިކުފާނު މިގެ އެގިލެއްވީ ކިހިނެއްތޯ؟”
“ކަލޭ ހީކުރީ ތާއަބަދު ފިލައިގެން އުޅެވެނެ ކަމަށްތަ؟ ”
“ދެންޅިޔަނާ އާދެ ސައި ނުވަތަ ކޮފީ ހަދަންތަ؟”
“އަހަރެން މިއައީ ކަލޭގެ މެހްމާނަަަކަށް ވެގެން ސަޔާ ކޮފީ ބޯކަށްނޫން”
“ޅިޔަން މަނުކުފާނު ރުޅިއައުމުން މާކަ ރަނގަޅެއް ނުވާނެ ކަމެއް ނޭނގޭތަ؟” ސިޓިންރޫމް ގޮނޑީގައި އިށީންނަމުން ސަލީމް ބުންޏެވެ
ކަލޭކާރީން އަހަރެން މިއައީ އަހަރެންގެ ހިތުގައިވާ ސުވާލު ތަކުގެ ޖަވާބު ބޭނުން ވެގެން. އަހަރެންގެ ބައްޕަ ކަލެއަށް ވީ އިހްސާންތެރި ކަމުގެ ބަދަލު ތަ ކަލޭ އަހަރެމެންގެ މުޅި އާއިލާއަށް ތިދިނީ؟ ކަލެއަށް އަބުރުވެރި ވަޒީފާއެއްދިނުން އެއީތަ ބައްޕަގެ ކުށަކީ؟ ކަލެއަށް ބައްޕަގެ ދަރިޔެއްގެ ގަދަރު ދެވުނުނޫންތަ؟ އެއީތަ ބައްޕަގެ ކުށަކީ؟ ނޫނީ އެއީ ހެދުނު ގޯހަކީތަ؟”
“ޅިޔަނާ އަހަރެންނެގި އެއްޗެއްނެގީ އަހަރެންގެ މަސައްކަތުގެ އަގު ބުއްދީގެ ބޭނުންކޮށްގެން”
” ކަލޭ އަހަރެންގެ މުޅި އާއިލާ ބަރުބާދު ކޮށްފި. އާއިލާ ހަމަޖެހުން ނަގާލައިފި. މިއީތަ އިންސާފަކީ؟”
“ޅިޔަނާ ކަލޭއިންސާފު ބޭނުމިއްޔާ މަދަނީ ކޯޓު މާދުރެއްނޫން އެތަނުގެ އެހީ ހޯދާ ހަގީގަތަކީ އަހަރެންއެއްވެސް ބަޔަކަށް ގެއްލުމެއް ނުދެން. މޮޔަ ބަޔަކާ ގުޅިގެން އަހަރެންގެ މޮޅު ސިކުޑި ބެނުން ކޮށްގެން މުއްސަދި މީހަކަށް ވުން މިއީ ގޯހެއްނޫން” ސަލީމް ހަށި ފުރާ ނޭވާލަމުން ބުނެލިއެވެ
“މިއަދު އަހަރެންގެ ލޭކެކިގެން އަޔަަސް އަހަރެންގެ އަތް ހިމެނުން މިއޮތީ ކަލޭތީ އަހަރެންގެ ކޮއްކޮގެ ފިރިމީހާއަށް ވިކަން އެގުޅުން ނެތްނަމަ މިއަދު ކަލޭގެ މަސްގަޑު ނަގަންޖެހުނީހީ މިދިމާ ގޮޑުން” އުނައިސް ރުޅިއައިސްގެން ތުރުތުރު އަޅަމުން ދިޔައެވެ. މޫނުވެސް ހީވަނީ ރުޅިން ފަޅައިގެން ހިނގާއިދާނެހެންނެވެ. މީގެ ކުރިއަކުން އުނައިސް މިފަދަ ހާލެއްގަ ހުއްޓާ ސަލީމް ނުދެކެއެވެ. އުނައިސް ކުރިޔަށް ފިޔަވަޅު އަޅަމުން ސަލީމް އާއި ދިމާލަށް ދާންފެށިއެވެ.
“ޅިޔަަނު ކަލޭ ހަމަ މިހާރު މިތަނުން ނިކުމޭ” ސަލީމް ކުޑަކޮށް ބިރު ގަންނަ ގޮތްވިއެވެ.
ސަލީމް ބިރުން ފަހަތަށް ޖެހެމުން ދިޔައެވެ. އެތަނުގަ ހުރިމޭޒެއްގަ ލައިގަނެފަ ހުއްޓެވުނެވެ.
“އަހަރެން ކަލޭދޫކުރާނެ އެންމެ ގޮތެއް އޮތީ. ކަލޭ ފޭރިގެންފައިވާ ތަކެތި އެތަކެތީގެ އަހްލު ވެރިންނަށް ރައްދުކޮށްދީ ހަމަ މިހާރު.” އުނައިސް ބާރަށް ބުންޏެވެ. އޭރު އުނައިސް ހުރީ ސަލީމް އާއި ފޫޓެއްހާ ކާރީގައެވެ.
“އެންމެ ރަނގަޅު ގޮތަކީ ކަލޭ އަހަރެން އަތުން ލޯނެއްނަގާފަ ކަލެގެ ބައްޕަގެ ގެއާއި ފެކްޓަރީ ސަލާމަތްކުރޭ” ސަލީމް ވަރަށް ބިރުން ހުރެ ބުނެލިއެވެ.
“ސަލީމް އަހަރެންގެ އަތް އިސްވިޔަނުދޭށޭ ނުބުނަންތަ؟”
އުނައިސް ސަލީމްގެ ގައިގާ ތަޅައިގަތެވެ.ސަލީމް އުނައިސް ގެ އަތްދޮށުން ސަލާމަތް ވެގެން ކޮޓަރިއަކަށް ވަނެވެ. އަދި ވަގުތުން ދޮރު ލައްޕާ ތަންޑު އެޅުވިއެވެ. އަދި ވަގުތުން ޕޮލިހަށް ގުޅިއެވެ. އޭރުވެސް އުނަައިސް ބާރަކަށް ދޮރުގައި ތަޅަމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ދޮރު ވައްޓާލަފާނެހެންނެވެ.
އެވަގުތަކީ ބޭރުން ނީލާވެސް އައިސް ގެޔަށް ވަންވަގުތެވެ.
“ދޮންބޭ…. ”
ނީލާގެ އަޑު އިވުމާއެކު ސަލީމް ދޮރު ހުޅުވިއެވެ. އެވަގުތު އަނެއްކާވެސް އުނައިސް ސަލީމްގެ ގައިގާހިފައިގަތެވެ.
“ދޮންބޭ ހުއްޓާލާ ނުތަޅާ އޭނަގައިގަ މާތް ﷲ އަށްޓަކާ ހުއްޓާލާ”
ނީލާ ރޮމުން ރޮމުން ދެމީހުން ދުރުކުރުވިއެވެ.
އެވަގުތު ފުލުހުން އައެވެ.
“އަވަހަށް ގެންދޭ ބަލާލަ މަށައް ކޮށްފަހުރި ވަރު ލޭނުކޮށާ ތަންކޮޅެއްނެތޭ”
ސަލީމް ފުލުސް މީހާއަށް އޭނާގެ ހަށިގަނޑު ދައްކާފަ ރޮމުން ދިޔައެވެ.
“އަދި މަދު ކަލޭގެ މަސްކޮށާފަ ކާޅަށް އެލިޔަސް ފާފަ އެއް ނުވާނެ މަލްއޫނު” ނީލާ ހިތަށް އެރިއެވެ. އެކަމަކު އޭނާ ނުބުނެއެވެ. ހިމޭނުން ހުރީއެވެ.
“އެކަމަކު އެއްވެސް މީހެއްގެ ގެޔަށް ގަދަކަމުން ވަދެ އަނިޔާއެއް އެކަކަށްވެސް ކުރުމުގެ ހުއްދައެއް ނޯންނާނެ އަވަހަށް ހިގާ ސިފައިންގެޔަށް. ރުހުމުގަ ނުގޮސްފީޔާ ގަދަކަމުން ވެސް ގެންދަން ޖެހިދާނެ.”
ޕޮލިސް ކުއްޖާ ބުލިއެވެ.
“ބައްލަވާ ތިޔައީ ޕާރޓޭއެއް. އަހަރެންނަށް ވަރަށް އަނިޔާކުރި” ސަލީމް ބުނެލިއެވެ
” އަހަރެންނަކީ ގުންޑާއެއް ޕާރޓޭއެއް ނޫން. އަހަރެންނަކީ އުނައިސް އަހްމަދުު ޔޫނުސް ”
“އޯހް ފިނިވާގޭ ޔޫނުސްގެ ދަރިތަ؟”
“ލައްބަ އަވަހަށް ގެންދޭ މީނަ. ގެޔާ ނަމުގެ މޮޅުކަމަށް ނުބައްލަވާތި” ސަލީމް ބުނެލިއެވެ.
“މިހާރު އަޅުގަޑަށް އެގިއްޖެ މިކޭސް އެހެންނަމަވެސް ގަޔަށް އަރާ ތަޅާފޮޅުމަކީ ގާނޫނީ ކުށެއް އުނައިސް.”
އުނައިސް ޕޮލިހުންނާއެކު ނިކުމެގެން ގޮސް ޖިޕަށް އެރިއެވެ. ނީލާ ސަލީމް އާދިމާލަށް އެނބުރުނެވެ.
“ކަލޭ ކަންތަށް ތިކުރަނީ ކިހިނެއް؟ އަހަރެންގެ އާއިލާ ބަރުބާދު ކޮށް މިހާރު ބައްޕަގެ ހުރި ހަމައެކަނި އުއްމީދު ކަމަށްވާ ދޮންބެ ސިފައިންނާ ތިހަވާލު ކުރީ ދެން ދޮންބެ ސަލާމަތް ކުރަން ހިގަންފަށަންވީ”
ނީލާ ކަރުނަ ފޮހެލާފަ ބުނެލިއެވެ.
ރަަހްމާން ލަގުޒަރީން ނިކުންނަނިކޮށް ސިފައިންގެ ޖިޕްގައި އުނައިސް އިންދާ ފެނިގެން އެމީހުން ފަހަތުން ދިޔައެވެ އަދި ވެގެން އުޅޭގޮތް އޮޅުން ފިލުވިއެވެ. އަދި ވަގުތުން ގެޔަަށް ގޮސް މިހަބަރު ޔޫނުސް އަށް ދިނެވެ.
ޔޫނުސް އަށް އުނައިސް ސިފައިންގެޔަށް ގެންދިޔަ ޙަބަރު ލިބުމާއެކު އެތަނަށް ދިޔައެވެ. އަދި އުނައިސް ސަލާމަތް ކުރިއެވެ. އަދި ގެޔަށް އައިސް ވަރަށް ހަރުކަށިކޮށް އުނައިސް އާއި ވާހަކަ ދެއްކިއެވެ.
“އަހަރެންގެ މުޅި ހަޔާތުގަވެސް މިއީ ދެކެން ބޭނުންވި ދުވަހެއް ނޫން. މިއަދު އެތަށް ގަޑިއިރަކު އެތަނުގަ އިންނަން ޖެހުނު، އަހަރެން ބަދުނާމު ވެނިމިއްޖެ.ސަލީމް އާ ތަޅާފޮޅުމުން ލިބުނީ ކޯއްޗެއް؟ ކޮންމެ ގޮތެއްވިޔަސް އެވެސް އަހަރެންގެ ދަރިޔެއްގެ ފިރިމީހާ އޭނަޔަށް އަނިޔާ ވިނަމަ ދެން ކިހިނެއްހަދާނީ. މިރަށުގަ އަހަރެން ބަދަލު ހިފަަން ބޭނުން ނަމަ ނެރޭނެ މީހުން މަދެއްނުވާނެ އެކަމަކު ސަލީމް އަށް ވާކޮންމެ ކަމަކީ ނީލާއަށް ލިބޭދެރަޔަކަށް ވެދާނެތީ މަމިހުންނަނީ އުއްމީދަކީ ސަލީމް އަށް ހެޔޮވިސްނުން ލިބިގެން މިކަަން ރަނގަަޅު ކުރުން”
ޔޫނުސް ހުރިހާ ވާހަކައެއްދެއްކި އިރު އުނައިސް އަނގައިން ނުބުނެއެވެ އަދި ބާރަށް ދޮރު ލެއްޕުމަށްފަހު ދިޔައީއެވެ.
ނީލާ ސަލީމް އާއެކު މެންދުރު ކާން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.
“ސަލީމް ތީ އަހަރެންގެ ފިރިމީހާ، އަންބެއްގެ ހައިސިއްޔަތުން ސަލީމްއަށް ވިސްނަަދޭން އަހަރެން ބޭނުން. އަދިވެސް ވަގުތު އެބައޮތް ބައްޕަގެ ކުންފުނިން ތިޔަ ފޭރިގެންފައިވާ ފައިސާ އެމީހުން ނަށް ރައްދު ކޮށްދީ. އަދި ބައްޕަ ކާރިން މާފަށް އެދޭ. ހަމަޔަގީނުންވެސް ބައްޕަ މާފު ކުރާނެ. އަދި އިއްޒަތާ ގަދަރުވެސް ދޭނެ”.
“ނީލާ މަގޭ ލޯބިވާ ކަމަނާ ފައިސާ ހުރީއްޔާ ހުރިހާ އެންމެން ވެސް ތިބޭނީ އަހަރެންގެ ފައިދަށުގަ އެއްވެސް މީހެއްގެ އެހީއަކަށް މިއަދު އަހަރެންބޭނުމެއް ނޫން.”
“އެކަމަކު ބައެއްގެ މުދާާފޭރިގެން ތިގޮތަށް މުއްސަދި ވާކަށް ނުވާނެ ތިޔައީ ހަމަ އަލިފާން.އަހަރެންގެ އާއިލާ ގެ އެކަކު ވެސް ސަލީމްއަށް ގެއްލުމެއްނުދޭ.ތިގޮތަށް ވައްކަން ނުކޮށް ބައްޕަ ކާރީ އެދުނުނަމަވެސް ބައްޕަ މިހުރިހާ މުދަލެއް ސަލީމްއަށް ދިނީސް ހިނިތުންވެފަ. އަޅެ ސަލާން ޖެހިނަމަވެސް ރަނގަޅުވީސް ތިގޮތަށް ލޫޓުވާލުމަށް ވުރެ” ނީލާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ
“ކަލޭގެ އަނގަ މާގަދަވެއްޖެ. ދެންއެންމެ އެއްޗެއް ބުންޏަސް މަގޭ އަތުގަ ހުރިވަރު ދައްކާލާނަން. މިއީ އަހަރެންގެ ބިޒްނަސް ކަލޭ މީގެ ތެރެޔަށް ނުވަދޭ. ހަރާން ތަކެތި ކެޔަސް ކާނީ އަހަރެން ހަލާލު ތަކެތި ކާނީ ކަލޭ.” ގޮޑިން ފުންމާފަ ތެދުވަމުން ސަލީމް ބުންޏެވެ.
” ކަލޭ ކިތަންމެ ބުންޏަސް ނުބައި ކަމެއް ވާނީ ނުބައި. ކަލޭ އަހަރެންގެ ބައްޕަގެ ކުންފުނި ފޭރިގަތީ އަދި ތިގޮތުން ހޯދި ލާރިން ކަލެއަށް އުފަލުގަ އުޅެވޭނީ ކުޑަ ދުވަސް ކޮޅަކު. ބާކީ އޮތްހާދުވަހު ކަލޭ އުޅޭނީ ހިތާމާގަ.” ނީލާ މޫނުގަ އަތް އަޅައިގެން ރޮމުންދިޔައެވެ.
ސަލީމް ނިކުމެގެން ދިޔައީ އެވެ. އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވެގެންނެވެ.
ޔޫނުސް އާއި އުނައިސް ދެބަފައިން އެކުގަ ކޯޓަށް ދިޔައެވެ. އަދި ވަރަށް މަސައްކަތުން ފެކްޓަރިއާއި ގެ ސަލާމަތް ކުރުމަށް މުއްދަތެއް ހޯދިއެވެ.ކޯޓުގައި އެތައް އިރެއް އެމީހުން ތިބެންޖެހުނެވެ. ކޯޓުން ނިމިގެން އެމީހުން ނިކުތްއިރު އެމީހުންގެ ކާރު ގެ ފުރޮޅު އޮތީ ވައިގޮއްސައެވެ.
“ބައްޕަ މިތާ މަޑުކޮށްލައްވާ އަޅުގަނޑު އެބައަންނަން ވައިޖަހާނެ މީހަކު ގޮވައިގެން.”
ޔޫނުސް އެތާހުރި ޕާކް ބެންޗެއްގައި އިށީނެވެ. އެވަގުތު މުސްކުޅި މީހަކު ސަލާމް ގޮވާލީމާ އޭނާ އިސްއުފުލާ ބަލާލިއެވެ. އަދި އެމީހާ ނުދައްނާތި އެއްވެސް އެއްޗެކޭ ނުބުނެ އިނެވެ.
“ސާހިބާ އަހަރެންނަކީ ކަލާގެ ފެކްޓަރީ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެތާމީހުންނަށް ސައިއުފުލި މީހާ އަޅުގަނޑުގެ ގާޑިޔާ ވެސް ބަައެއްފަހަރު އެތާ އެފެކްޓަރީ ކާރީ ޕާކް ކުރަން.”
“އެހެންދޯ ކަލޭތީ އާދަނު ދޯ މިހާރު އެގިއްޖެ” ޔޫނުސް އެމީހާއާއި ސަލާމް ކޮށްލަމުން ހިނިތުންވެލާފަ ވާހަކަ ދެއްކިއެވެ.
“ސާހިބާ މިދިމާވީ ވަރަށް ދެރަގޮތެއް. ޙާއްސަ ކޮށް އާއިލާމީހެއްގެ ފަރާތުން. އަސްލު އެފެކްޓަރީން ލިބޭ އަމްދަނި އަކުން އަޅުގަނޑުމެނވެސް އުޅެމުން އައީ. ކަލާއާއި އެކު އަބަދުވެސް ދެގޮތެއް ވުމެެއް ނެތި އަޅުގަނޑު މެން ތިބޭނަން.” އާދަނު ފެންކަޅިވެފަ ބުނެލިއެވެ.
“ކަލޭމެންގެ ތިލޯތްބާ އެކުވެރިކަމުގެ ގުޅުމަކީ އަބަދުވެސް އަހަރެން އެދޭގުޅުން. އަދި މިގުޅުން ދުވަހަކުވެސް ނުގެއްލޭނެ. އިރާދަ ކުރެއްވީޔާ އަލުން ފެކްޓަރީ ކާރި މުސްތަގުބަލެއްގަ ހުޅުވާނަން” ޔޫނުސް އާދަނު އާއި ސަލާމް ކޮށްލަމުން ބުނެލަމުން ބެންޗުގައި އިށީނެވެ.
” ސާހިބާ މިއަދު އަޅުގަނޑުގެ ރިކުއެއްސްޓެއް އެބައޮތް. އަޅުގަނޑުގެ މިގާޑިޔަލުން ހަދާފަ މިވާ އަނބު މަޖާ އިން އެތިކޮޅެއް ކޭންބައްލަވާ އެހެންނޫނީ އަޅުގަނޑު ވަރަށް ދެރަވާނެ.”
“ނޫނޭ މިހާރަކު ނޫން” ޔޫނުސް ބުނެލިއެވެ.
“ނޫނޭ އަޅުގަނޑު ކާނަން. “އުނައިސް ހިނިތުންވެލާފަ ބުނެލިއެވެ.

ނުނިމޭ

1

9 Comments

 1. Saandy

  September 25, 2016 at 1:37 am

  V reethi… Ehira ulhey Saleemeh dho… Reethi gothakah kanneynge nimigen dhaany

 2. Khajja

  September 25, 2016 at 2:10 am

  Story v v v habeys , saleem ge kanthah v hithivaane insha allah yoonus ge mudhaathah yoonus ah libi e family ulheynyves ekuga

 3. Rozy

  September 25, 2016 at 2:13 am

  Thank you huriha kudhin…with love

 4. Anonymous

  September 25, 2016 at 6:19 am

  Vv reethi next part konirakun

 5. Inee

  September 25, 2016 at 8:18 am

  V furihama

 6. Love

  September 25, 2016 at 9:26 am

  Nice…

  • Rozy

   September 25, 2016 at 10:09 am

   Thank you every body

 7. Aish

  September 25, 2016 at 10:39 am

  Mee hindhi filmehge vaahaka copy eh. Meega miulhey saleem ah ulheynee mohonish.

  • T. Dad

   September 26, 2016 at 3:03 am

   Copy vaahaka ei viyas aslu reethi dhw?mi vaahaka akee hama hageegatuga ves reethi furihama vaahaka ei,meega miuley saleem aa deytery visnaafa goteh kiyaabala saleem islaahu kollan,

Comments are closed.