
އެގުޅުން ވަކިނުވެވޭނެ 6
ހުރިހާ އެއްޗެއްގަ ސޮއި ކުރި މިއީ ކާމިޔާބުގެ ތަޅުދަނޑި އަހަރެންނަށް ލިބުނު ދުވަސް،އަހަރެން އެގޭގަވީ 5 ވަރަކަށް އަހަރުން މިއަދު އަހަރެންމިވަނީ ބޮޑު މުއްްސަންޖަކަށްވެފަ. ހައްހައްހާ”
ބޭރުގަ އަޑުއަހަން ހުރި ނީލާ ގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ،ސަލީމްގެ ކޮންމެ ބަހެއް އޭނާއަށްޓަކާ ވިހައެއްޗަކަށްވިއެވެ.
އޭނަގެ އާއިލާ ބަރުބާދުވީ ސަބަބަކަށް އޭނާވީތީ މިއަދު އޭނާހިތާމަކުރަމުން ދިޔަޔަސް މިއީ ފޮހެވިދާނެ ސަފްހާއެއްނޫނެވެ، ސަލީމްގެ މިއުޅުން އޭނައަށް ކުރިން ނުއެނގުނީ ކީއްވެބާއެވެ. ސަލީމް ހަމަ އެކަނި ލޯބިވީ އޭނާގެ މުދަލާއި ފައިސާއަށް ކަން ކުރިން އޭނާއަށް ނުވިސްނުނީ ކީއްވެބާވައެވެ. ނީލާ ބާރަށް ދުއްވައިގަތެވެ. ރޮމުން ރޮމުންނެވެ. މިވަގުތު އޭނާއަށް ހީވަނީ މުޅިދުނިޔެވެސް އޭނާއަށް ހެމުން ދާހެނެވެ. ދިގު ހޯލުން ދުވަމުންގޮސް އޭނާބޭރަށް ނިކުތެވެ. ބަގީޗާތެރެއިން ވެސް އެކަނި ދުވަމުން ގޮސް މޫގަޑެއްގަ ލައިގަނެފަ އޭނާވެއްޓުނެވެ. ބިންމަތިން އޭނާތެދުވާކަށް ނޫޅެއެވެ. އޭނައަށް ހީވީ އޭނާއަށް އޮވެވުނީ މަަންމަގެ އުނގުގައި ހެންނެވެ. ފެހިކުލައިގެ މަޑު ކާޕެޓް ވިނަގަނޑުވެސް މިއަދު އޭނާއަށް ރަހުމު ކުރިފަދައެވެ. ކަރުނައިގެ ކަނޑަކަށް އޭނާއަރަގު ވަމުން ދިޔައެވެ. ގައިގަ އޮތްހާބާރަކަށް އަޑުވިއްލާ އޭނާ ރޮމުން ޝަކުވާކުރިއެވެ.
“މަންމާ … މަންމަގެ ނީލާ އަށް މާފުކުރޭ ބައްޕާ ބައްޕަގެ ނީލާއަށް މާފުކުރޭ. މިއީ އަހަރެންގެ ކުށް ނީލާ ބަރުބާދު ވެއްޖެ. ނީލާ ބަރުބާދު ވެއްޖެ ނީލާއާއި ހެދި ގޭމީހުން ބަރުބާދު ވެއްޖެ ޢާއިލާގެ ހަމަ ޖެހުން ގެއްލި އާއިލާ ރޫޅިއްޖެ އަހަރެންނަށް މާފް ކުރޭ މަންމާ…. ” ނީލާ ރޮމުން ބިންމަތީގަ އަތުން ތަޅަމުން ދިޔައެވެ. ހިސްޓީރިޔާ ޖެހިފަވާ މީހެއްފަދައިން އޭނާ ރޮމުން ދިޔައެވެ. އަދި އުޑަފައިން އިށީނދެ އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.
” ސަލީމް އަހަރެން ކަލެއަށް ދުވަހަކުވެސް މާފެއް ނުކުރާނަން ދުވަހަކު ވެސް މާފެއް ނުކުރާނަން” މިހެން ކިޔާފަ ކަރުގައި އަޅާފައިވާ ފަށުގައި ހިފާ އޭނާ ބާރަށް ފިއްތާލިއެވެ. އެފަށުގެ އެއްވެސް އަގެއް މިހާރަކު ނެތޭ އޭނާ ބުނެލިއެވެ.
ޔޫނުސް ހޮސްޕިޓަލުން ގެޔަށް ފޮނުވާލިދުވަހު ކޯޓަށް ދާން އަމުރު އައެވެ. އޭނާގެ ބަދަލުގައި އުނައިސް އެބައްދަލު ވުމަށް ދިޔައެވެ. ފެކްޓަރީއާއި އެމިހުންގެ ގެ ބެންކުގައި ރަހީނު ކޮށްފައިވާކަމާއި ވަކި މުއްދަތެެއްގެ ތެރޭ ގައިފައިސާ ނުދައްކައިފިނަމަ މި ގެޔާ ފެކްޓަރީ ސަރުކާރަށް ނެގޭނެ ވާހަކަ އެންގިއެވެ.
ފެކްޓަރީގައި މަސައްކަތް ކުރަމުން ދިޔަ މީހުން ވަޒީފާ ގެއްލި އަނެއްބަޔަކު އެކިތަންތަނަށް ވަޒީފާއަށް ދިޔައީއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހުރިހާކަމެއް ބަދަލުވިއެވެ. ވަފާތެރި ދިހަ ވަރަކަށް މީހުން ފެކްޓަރީ ކާރީ ކޮންމެދުވަހަކު ރޮއިރޮއި ތިބެއެވެ އެއީ މުސްކުޅިވެގެން އެހެންތަންތަނަށް ބޭނުން ނުހިފުނު މީހުންްނެވެ. އުނައިސް ވެސް ގެޔަށް އައީ ރޮމުންނެވެ. ތާނިޔާ ކާރުތެރޭ އިނދެގެންވެސް ހުއްޓާނުލާ ރުއީއެވެ. ކާރުގެ ޑުރައިވަރަކީވެސް މިމައްސަލަ ކޮންމެވެސް ވަރަކަށް ދަންނަ މީހަކަށް ވާތީ ވާހަކަ ދައްކަންފެށިއެވެ.
“އަހަރެންނަށް ކުރީގަ ވެސް އެނގޭ އެސަލީމަކީ ވިޔާދާ މީހެއް ނޫންކަން ހަމަގައިމު އޭނަ ނޫން މީހެއްނަމަ ކާންދިންއަތުގަ ދަތެއް ނޭޅީސް ދޯ”
އުނައިސް ހިތި ގޮތަކަށް ހިނިތުންވެލުން ފިޔަވައި އެއްޗެކޭ ނުބުނެއެވެ. ތާނިޔާވެސް އައިގޮތަށް މަންމަގައިގަ ބައްދައިގެންވެސް ރުއީއެވެ.
“މަންމާ މިވީކީއްތަ ދޮންތަ ބޭޭބެ މިކަހަލަ ލަނޑު ދިނީ ކީއްވެ؟” ތާނިޔާ ގިސްލަމުން އަހާލިއެވެ
އުނައިސް ބައްޕަގެ ކޮޓަރިޔަށް ވަންއިރު ބައްޕަ އޮތްހާލުން ފެނިފަ އުނައިސް ވަރަށް ދެރަވިއެވެ. އަދި މޫނު ފޮރިވައިގެން ރޯންފެށިއެވެ. ވަހީދާ އައިސް އުނައިސް ގެ ބޮލުގައި ފިރުމާލިއެވެ. މަންމަގެ ލޯބި ފެނިފާ އުނައިސް ގެ ކެތްތެރިކަން ކޮޅުން ލިޔެއެވެ. މަންމަގެ ގައިގަ ބައްދާލުމަށްފަހު ހަރުއަޑުން ރޯންފެށިއެވެ..
“މަންމާ މިގެޔަކީބައްޕަގެ އިއްޒަތް އަހަރެންމިގެ ކޯޓުން ނެގިޔަ ނުދޭނަން. ބައްޕަގެ ފަރާތުން އަހަރެން ވަކާލާތު ކުރާނެ ރަނގަޅު ލޯޔަރަކު ހޯދާނަން”
“އާނ ދަރިފުޅާ މީކޮންފަދަ ބޮޑު އޮޅުވާލުމެެއް ކިހިނެއް ހެޔޮވާނީ މިކަހަލަ ކަމެއް. މިފަދަ ދުވަހެއް ދުޝްމަނަކަށްވެސް މިންވަރު ނުކުރައްވާށި” ވަހީދާ ކަރުނަ ފޮހެމުން ބުނެލިއެވެ.އެގޭ ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިކޭ ވަގުތެއް ނާދެއެވެ.މިއަދު އެއިން ކޮންމެ މީހަކަށް ޖެހުނީ އެކަކު އަނެކެއްގެ ކަރުނަ ފޮހެދޭށެވެ. އެއީ އެއްބަޔެކެވެ. އެގުޅުން ވަކިނުވެވޭނެއެވެ.
ޔޫނުސް ބަގީޗާއަށް ނަޒަރު ހުއްޓާލައިގެން ވިސްނުމެއްގެ ތެރޭ އޮތެވެ. ޔޫނުސްގެ ކޮޓަރި އަކީ އާދަޔާ ހިލާފު ރީތި ކޮޓަަރިއެކެވެ. އެނދުގަ އޮންނައިރު ސާފުކޮށް ބޭރުގެ މަންޒަރު ފެންނަން ހުރެއެވެ. ރީތި ގަސްތަކާ މާމެލާމެލިން ފުރިފައިވާ ބަގިޗާއެއް ހާމަކޮށް ފެންނަން ހުރެއެވެ. އެބަގީޗާއަކީ ވަހީދާގެ ބުރަމަސައްކަތުގެ ފުރިހަމަ ނަމޫނާއެކެވެ. އެކޮޓަރިޔަކީ އެމީހުން ކައިވެނީގެ ފަހުން މީގެ 30 އަހަރު ކުރިން އައިއިރު ވަރަށް އާދައިގެ ކޮށް ހުރި ތަނެކެވެ. އެންމެ އެނދަކާ ގޮނޑިޔެކެވެ. ދެންވަށައިގެން ހެދި ފޯދިފައިވާ ގަސްތަކެވެ. ޔޫނުސް އަކީ ގަސްތަށް ދެކެ އިންތިހާއަށް ލޯބިވާމީހެކެވެ. މިކަން ވަހީދާއަށް އެނގެއެވެ. އެހެންވެ އެމީހުން އެގެ ހެދިއިރުވެސް ވަހީދާ ގެ އިރުޝާދުގެ ދަށުން އެމީހުންގެ ކޮޓަރިއަށް ބަގީޗާ ފެންނަ ގޮތަަށް ފަރުމާ ކުރިއެވެ. އަދި މިއަދު އެމީހުންގެ ސުވަރުގެ މިއުޅެނީ އެމީހުންގެ އަތުން ބީވެދާށެވެ. ނޫނީ ބީވެއްޖެއެވެ.
މިހައިޖާނުގަ އުނައިސް އަށް ހީނާ ކާރިޔަށް އާދެވެނީ މަދު ފަހަރެއްގައެވެ. ގިނަ ވަގުތު އޭނާހުންނަނީ އޭނާގެ ގެގައެވެ. ހީނާ މިކަންތަށް ބޮޑު ކަންތައްގަދަކަށް ހެދިއެވެ.
“މިހާރު އަހަރެންގެ މަތިން ހަނދާން ހުންނަ ވަގުތެއްވެސް ނުވޭދޯ”
އުނައިސް ގެޔަށް އައިސް ވަނުމާއެކު ހީނާ ޝަކުވާ ކުރަންފަށައެވެ.
“ޔަޤީން ކުރޭ އަހަރެން އުޅެނީ ވަރަށް ބިޒީކޮށް ގޭގެ ކަންތަކާ ފެކްޓަރިގެ ކަންތަކުގަ ވަކި މަންމަމެނަށް އެހީވާނީ ކާކު. ނޭވާޔަކީ އަތުން ލާއެއްޗެއްނަމަ މިހާރު އަހަރެން މަރުވީސް. އެކަމަކު މިކަމުގަވެސް ހިތްވަރު މިލިބެނީ ހީނާ އަހަރެންނާއެކު ހުރި ކަމަށް” ހީނާގެ އަތުގައި ހިފައިގެން ހުރެ އުނައިސް ވާހަކަ ދެއްކިއެވެ
“އުނައިސް ބައެއްކަންތަށް ހަނދާންނެތުނަސް އަހަރެން އިއްޔެ މެންދުރު ވީކަންތައް ހެން އެހުރިހާ ކަންތަށް ހަނދާން އެބަހުރި. ވީމާ ތިގެޔަށް ދިމާވި ތިކަންތަކުގެ ތަފްސީލް އަހާކަށް އަހަރެންމާޝައުގުވެރި ކަމެއް ނެތް.”
ހީނާ އުނައިސްގެ އަތުން ވީއްލިގަންނަމުން އެއްފަރާތަކަށް ޖެހުނެވެ.ހީނާ ދެކޭގޮތުގައި އެމީހުން ވަނީ އުނައިސް އާއި ހިނާ ދުރުކޮށް ހީނާއާއި އުނައިސް ގޭ ކަންތަކުން ބަކީ ކޮށްލާފައެވެ. ވިއިރު މިއަދު ކޮންމެ ހެން އެމިހުންނަށް ކަމެއް ދިމާވީމާ އުނައިސް މަތިން ހަނދާންކުރާނެ ކަމެއް ނެތެވެ. އެކަންތަށް ދިމާނުވިނަމަ ފާއިތުވި ދެއަހަރެކޭ އެއްގޮތަށް ޔޫނުސް މެން އުނައިސް މަތިން ހަނދާންނުވީހެވެ. އެހެންވެ މިއަދު އުނައިސް އެމީހުންނަށް އެހީވާކަށް ނުޖެހޭނެއެވެ. އެއިން މީހަކު އެއްއަވަށެއްގަ ތިބޭއިރު ހީނާމެން ކޮބާތޯ މިއޮއްހުރިހާ ދުވަހު ބަލާނުލިއެވެ. ވީއިރުމިއަދު ބޭނުމަކީ ކޮބާހެއްޔެވެ؟ އެމީހުން ވަނީ މާކުރިން މިތިމާގެ ގުޅުން ކަނޑާލާފައެވެ.
އުނައިސް ހީނާ ހަމަޔަކަށް އަޅުވަން ތަފާތު މިންނަތް މަސައްކަތް ކުރިއެވެ. ވިސްނަދެވޭތޯ ތަފާތު ވާހަކަ ދެއްކިއެވެ. އެހެނަސް ހީނާގެ ހިތް އުނައިސްގެ އާއިލާގެއެއްވެސް މީހަކާމެދު ހަމައެއްނުޖެހެއެވެ.
ޖެހިގެން އައިދުވަހެވެ. އުނައިސް މަސައްކަތުގެ އުޅެފަ ގެޔަށް ވަނުމައެކު ހީނާ ފެށިއެވެ.
“ކޮންމެ ދުވަހަކު ތިހާލަހުން ގެޔަށް އަންނައިރު ނޭނގޭތަ މައެކަނި ކަމެއް މިގޭގަ މިއިންނަނީ އެހެންނޫނަސް މިހާރު އަހަރެން މިއިން ހާލުން ކޮންމެވެސް މިހެއްގެ އެހީ އަހަރެން ބޭނުން ވަނެކަމެއް ނޭނގޭތަ؟ ތިހާ ލަހުން ތިޔައައީ ކޮންތާކުންތަ؟ ގޭމީހުން އޯކޭ ވީމާ އަހަރެން މަތިންފޫހިވީދޯ”
“އަހަރެން އޮފީސް ނިންމާފަ ހަވީރު މަންމަ މެންގެޔަށް ދިޔައީ. ދެންލޯޔަރާ އެކު ބައްޕަޔާ އަހަރެން ބައްދަލުވުމަކަށް ގޮއްސަ މިއައީ ނަސަންދުރާގަ ތިބެފަ”
“ދެން މަށޯ. ކައިގެން އަންނަން ބޭނުމީޔާ މަކާރީގަވެސް ބުނިނަމަ މަވެސް ކޮންމެވެސް ތަނަކުން ކެއީމުސްއެއްނު”
” ދެންތިހާރުޅިގަދަނުވެބަލަ އެއީ އެވަރު ކަމެއްނޫނޭ. އެހެންނޫނަސް ބަލިވެ އިންނަ ދުވަސްވަރު މާރުޅިގަދަވީމާ ލިބޭ ކުއްޖާއަށްވެސް އަސަރު ކުރެޔޭ މަންމަ މެންބުނާތި މައަޑު އަހަން އޭރުން ކުއްޖާވެސް ވާނީ ރުޅިގަދަ ކުއްޖަކަށް” ހިނިތުންވެލާފަ އުނައިސް ބުނެލިއެވެ.
” އައްދެ މިހާރު ގޮސް މިވާހަކަ ވެސް ގޮވީދޯ އިރުކަޅަކުން ފެންނާނެ ތިޔަގޯތި އެންމެން މާމަ ދަރި ދެކެ މާލޯތްބެއްވެސް ވާތަން” ހީނާ މަލާމާތުގެ ރާގަކަށް ބުންޏެވެ.
“ދެން މީގެ ފަހުން އެގެޔަށް ދަންޏާ މަގޭ ހުއްދަ ހޯދަން ޖެހޭނެ” ހީނާ އަމުރުވެރި ރާގަކަށް ބުންޏެވެ
“މިހާރު ދެންތިދަނީ މާމަށްޗަށް މިއީ މިއަންހެންވެރިންގެ ގޮތޭ ފިރިމީހާ ލޯބިވާކަން އެގޭއިރަށް ވަރަށް ގޮތްދައްކާނެ. އަދި ބޮލަށް ސަވާރު ވާނެ އަހަރެންގެ އަމިއްލަ ގެޔަށް ދާން އެއްވެސް މީހެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ” އުނައިސް ހިތްހަމަ ނުޖެހިފަ ބުންޏެވެ.
“އާ އެހެންތަ މިހާރު މަތަގޮތް ދައްކަނީ….. ބަލަ ކުރީގަ ކޮބާހޭ ތިޔަ އަމިއްލަ ގެއާއި ތިޔަ އާއިލާ ގުޅުން ހުރި އެންމެންތައް މިހާރު ކޮންމެ މީހެއްގެ އަނގަ ފުރާ ކަލޭގެ ވާހަކަ ދައްކަނީ ކަލޭގެ ފަރާތުން ނާޖާއިޒް ކަންތަކަށް ޙާއްސަ ކޮށް މަށާ ދުރުކުރަން އެގެއިން އެއްވެސް ހައްގަކާނުލާ ނެރެ އެއްލާލިދުވަސް ކޮބާ.. ސަލީމް ބުނިއެއްނު މުދަލުންވެސް ބާކީ ކުރިއޭ ދެން ކޯޗެއް ސަލާމަތް ކުރަން އުނައިސް ދާންވީ ނުޖެހޭނެ ދާކަށް” ހީނާ ރުޅި ގަދަވެގެން ހަޅޭއްލަވަމުން ވާހަކަ ދެއްކިއެވެ.
“ހީނާ މަށާ ތިވައްތަރަށް ވާހަކަ ނުދައްކާ ކޮންމެ ހެން ކަލޭ ކަލޭ ކިޔާނެ ކަމެއް ނެތް އިހްތިރާމު ކުރަންވެސް ނޭނގުނީދޯ. އަންހެނެއްގެ އަސްލު އެނގޭނީ ގަދަޔަށްރުޅިއިސްވެފަ ހުންނަވަގުތު” އުނައިސް އެނދުގައި އޮށޯވެލަމުން އެއްފަރާތަކަށް އެނބުރި ބުނެލިއެވެ.
“އާނދޮގެ މިހާރު ކަލެއަށް މަގޭހުރިހާ އުނިސިފައެއް ފެންނާނެ.” ހީނާ ރުޅިއައިސްގެން ޑުރެސިންޓޭބަލްގެ އެއްޗިހި ވިސްވިހާލި ކޮށްލިއެވެ
“ހީނާ ޕުލީސް މިަވަގުތު އަހަރެންގެ ބޮލަށް އުނދަގޫ ވާކަހަލަ ވާހަކަ ދައްކާ އަޑުގަދަ ނުކޮށްބަލަ. މިއުޅެނީ ހަވީރުއްސުރެ ބޮލުގައި ރިއްސާތީ އެމީުންނަށްވެސް އަހަރެމެން ވިސްނަންޖެހޭނެޔޭ. އެއީ އަހަރެންގެ ބައްޕަޔޭ ކިހާ ބޮޑެތި ކަންތަށް ގެޔަށް އެދިމާވީ. އެމީހުންގެ ދޮށީ ދަރިޔަށް އަހަރެން ވާއިރު ކިހިނެއްދެއަތް އުރާލައިގެން ބަލަން ހުންނަން އަހަރެންނަށް ކެތްވާނީ. އެވެސް މަގޭ ފަރުޝެއް. އެގުޅުން ކިހިނެއް ކަޑާނީ” އުނައިސް އެކޮޓަރިންވެސް ނިކުމެގެން ދިޔައީއެވެ.
“އެހެންވެއްޖެޔާ މިގުޅުން ކަޑާލާ. ބަލަ އެމީހުންނެއް ވެސް ކަލެއާ މެދުގަ ވާގުޅުމެއް އެދުވަހުގަ ނުދުއްޓެއްނު އެހެންނޫނަަސްް އެމީހުން ކަލޭ އެއްލާލި ދުވަހު ހަމަ އެކަނި ކަލޭގެ އަތުގަ ހިފީ އަހަރެން. ގޭގެގެ އަސްކަނި ދޮށުން އެކަނި މާއެކަނި އުޅެ ކަލެއަށް ހުރިހާ މަގެއް ހުޅުވަ ދިނީ އަހަރެން އަހަރެންގެ ގަހަނާތަށް ބޭންކުގަ ބަހައްޓާފަ ލާރި ނެގީ އަދި ކަލެއަށް ހުރިހާ ކަމެއްކޮށް ދިނީ މަށޭ އެމީހުންނެއްނޫން” ހީނާ ފަހަތުން އައިސް އަނެއްކާވެސް އަޑުގަދަ ކުރަންފެށިއެވެ.
” މިހާރު ކަލަ ގޮވަނީތަ؟” އުނައިސް ސިޓިންރޫމް ގޮޑީގައި އޮށޯވެލަމުން ބުނެލިއެވެ.
“ބަލަ އެދުވަހު މަގޭ ބައްޕަ ވެސް ދެކޮޅު ހެދިޔޭ އެކަމަކު މައެގުޅުން ކަނޑާލަފައޭ އުނައިސްއާ މިގުޅުން ގުޅުނީ. މިގުޅުން ކަޑަން ބަޔަކު އުޅޭތީއޭ މަދެރަވަނީ މަގޭފަރުޝު މަވަނީ ލޯތްބަށްޓަކާ ގުރުބާން ކޮށްފަ އެކަމަކު މިއަދު މީނަ މިއުޅެނީ ފަރުޝާ ސުންނަތް ހަނދާންވެގެން. ރަނގަޅުތާ އެވަރު މައެކަނި ކޮށްފަ ދުރުކޮށް މިއަދު އެމީހުން މާގާތް ވެއްޖެ. ފަރުޝު ހަނދާންވެގެން” ހީނާ ހަމަ ޖަދަލު ކުރަމުން އައިސް އުނައިސްގެ ކުރިމައްޗަށް އަރާ ބުނެލިއެވެ.
“އަހަރެން ކޮންއިރަކުތަ ހީނާއެކަނި ކޮށްލަން އުޅުނީ އެހެންނޫނަސް ހީނާވެސް ތީ މިއަދު އެގޭގެ ދަރިއެއްނު. އެމީހުންވެސް ހީނާއާ ހާދަ ވަރެއް ހުރެޔޭ. އެމީހުން ހީނާގެ ވާހަކަ އަބަދު ދައްކާ” އުނައިސް އިސްއުފުލާލާފަ ބުނެލިއެވެ
“މަގޭވާހަކަ ދައްކާނެ ކަމެއްނެތް މައެމީހުންނަށް ނަފްރަތު ކުރަން މަށަކީ އެމީހުންގެ ދަރިއެއްނޫން”
ހީނާ ކުޑަދޮރާއި ދިމާލަށް ހިގައިގަންނަމުން ބުނެލިއެވެ.
“ބަލަ އެމީހުން ހީނާއަށް ނަފްރަތު ނުކުރާއިރު ހީނާ ކީއްވެ ތިގޮތަށް ތިވިސްނަނީ” އަޖާބުވެފައިވާ އަޑަކުން އުނައިސް ބުންޏެވެ
“އަހަރެންނަށް އުނައިސްގެ ލޯބި ބައިބަޔަށް ބަހާނުލެވެނެތީ. ތިޔަ ލޯބީގެ ހަމައެކަނި ހައްގުވެރިޔަކީ އަހަރެން” ހީނާ އެންމެ ފަހުން ތަންކޮޅެއް މައިތިރި އަޑަކުން ބުނެލިއެވެ. ހިނާ އޭނާގެ އެންމެފަހުގެ ނިޔާ އިއްވާލާފަ ކޮޓަރިއަށް ގޮސް އޮށޯތެވެ އުނައިސްވެސް ފަހަތުންގޮސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯތެވެ. ހީނާ އެންމެ ފަހުން ބުނި ވާހަކަޔަށް އެއްވެސް ޖަވާބެއް އޭނާ ނުދެއެވެ. އެރޭވެސް އެމިހުން ނިދީ އެނދުގެ ދެފަރާތަށް އެނބުރި ތިބެއެވެ.
ހެނދުނު އުނައިސް ތައްޔާރުވެގެން ކާގެޔަށް އައިރު ހީނާ ސައިތައްޔާރު ކުރަނީއެވެ.
“ކޮންތާކަށް؟”
“މަންމަ މެންގެޔަށް”
އުނައިސް ކުރު ޖަވާބު ދިނުމަށްފަހު ސައިބޯންއިށީނެވެ. ހީނާ ހިމޭންކަމާއެކު ތަށިތަށް އުނައިސް އާއި ކާރި ކޮށްލިއެވެ.
“މިއަދު އަހަރެން އެކަނި ކޮށްފަ ނުދޭ”
“ނޫނޭ ކޮންމެހެންވެސް މިއަދު ލޯޔަރ އާއެކު ބައްދަލުވުން އެބައޮތް އަހަރެން ދިޔުން މަޖްބޫރު” ހީނާއާއި ދިމާލަށް ބަލާލަމުން އުނައިސް ބުންޏެވެ.
“ތިޔަހެންވެއްޖެއްޔާ އުނައިސް ޖެހޭނީ މިއަދު ގޮތެއް ނިންމަން. އެމީހުން ވެއްޖެއްޔާ އެމީހުން އަހަރެންވެއްޖެއްޔާ އަހަރެން މިއަދު ގޮތެއް ނިންމާ” ހީނާ މޫނު ހަދާފަ އުނައިސް ކުރިމަށްޗަށް އަރާފަ ބުނެލިއެވެ.
“އަޅެ ހީނާ ރޭގަވެސް ތިޒުވާބު އަނެއްކާ އިރު ނާރާ ތިޒުވާބު ހީނާވެސް ހިނގާ އަހަރެންނާއެކު އެގެޔަށް މިއަދު އެއްވެސް ގުޅުމެއް އަހަރެންނަށް ކަޑާނުލެވޭނެ އެވެސް އަހަރެންގެ މީހުން ތިވެސް އަހަރެންގެ މީހެއް. އަހަރެން ކާރުގަ ބޭރުގަ އިންނާނަން ގޮތްނިންމާނީ ހީީނާ އަހަރެންނާއެކު އެގެޔަށް ހިނގާ ދާން” އުނައިސް ތެދުވެ ބުރީފްކޭސް ނަގަމުން ބުނެލިއެވެ.
އުނައިސް މިހެން ބުނެލާފަ ގޮސް ބޭރު ދޮރުކާރީ މަޑުކޮށްލިއެވެ. އެވަގުތު ސިޓިންރޫމް ގަ ހުރި ފޯނުން ހީނާއޭނާގެ ބައްޕަޔަށް ގުޅާލިއެވެ.
“ބައްޕާ …. ބައްޕަގެ ހީނާއަށް މާފު ކުރޭ… އަދި ހީނާމިގެއިން ގެންދަން އާދޭ އެއްގޮތަކަށް ވެސް މިތާކު އުޅޭކަށް ބޭނުމެއްނޫން” ރޮމުން ރޮމުން އޭނާ ބައްޕަ ކާރީ ބުނި އަޑު އުނައިސް އަށް އިވުނެވެ.
އުނައިސް އަވަހަށް ދިޔައީއެވެ. ހީނާއޭރުވެސް ރޮމުން ރޮމުން އޭނާގެ ބައްޕަ ކާރީ ފޯނުން ޝަކުވާކުރަމުން ދިޔައެވެ.
އުނައިސް ގެޔަށް ވަނުމާއެކު ތާނިޔާ ދުވެފަ ބޭރަށް ނިކުތެވެ.
“ބަލަ ކޮބާ ބާބީ”
“ހީނާ ނުލާއައީ ކީއްވެ؟”
ވަހީދާވެސް އަހާލިއެވެ.އުނައިސް ހީނާއާއި އޭނާގެ މައްސަލަ މަންމަ މެންކާރީ ކިޔާނުދެއެވެ.
“ހީނާ ލަދުން ނައީ” އުނައިސް ހިތި ގޮތަކަށް ހިނިތުންވެލިއެވެ.
ނުނިމޭ
6 Comments!
Comments are closed.
Varah reethi
vv reethi
v reethi ,thnks rozy
Mi part ves hama ehaa furihama
Thank you huriha kudhin with love
Masha huvafenuga Rozy fennany?vaahaka vvvvv reethi keep it Up,