“އެހެންނެއްނޫން… އަހަންނަށް އޯކޭ… އަހަރެން ހީކުރީ ޝީރީން ލޯބިވަނީ އެހެން މީހެއް ދެކެކަމަށް… ކޮންމެ މީހަކަށްވެސް ގޯހެއް ހެދިދާނެ….. ” ޝީރީން ރޯތަން ފެނުމުން މަނިކު ޝީރީން ގައިގަ ބައްދާލީ ނުރޯށޭ ބުނަމުންނެވެ.
…………
ކޮންމެ ދުވަހެއް ނިމިގެން ދިޔައީ މަނިކުގެ ހިތަށް އުފަލާ ހިތްހަމަޖެހުން ގެނެސް ދެމުންނެވެ. ޝީރީންގެ އަޅާލުމާ ލޯބި ވެގެން ދިޔައީ ޝިޔާމާގެ ހިތްވެސް ދަމައިގަތްކަމަކަށެވެ. މާލޭގައި ޝީރީންގެ ހަޔާތުގެ ބޮޑުބައެއް ވޭތުކޮއްފައިވުމުން އެއްވެސް ކަހަލަ ގޭތެރެ މަސައްކަތެއް ނޭނގުނަސް ޝީރީންގެ ފަރާތުން ޝީޔާމާއަށް ކޮންމެ ދުވަހަކު އެހީ ލިބެމުންދިޔައީ އޭގެ އެންމެ ފުރިހަމައަށެވެ.
“މަންމާ ކޮބާ ޝީރީން….” އިރުއޮއްސެނިކޮށް ގެއަށް ވަދެގެން އައި މަނިކު ޝީޔާމާ ކުރެން އަހާލީ ގޭތެރެއިން ޝީރީން ނުފެނުމުންނެވެ. ” ކޮޓަރީގަހެން މަންމައަށް ހީވަނީ…. ދަރިފުޅު ދެން ހަވީރު ގަޑީގައި ކޮންމެވެސް ވަރަށް ޝީރީން ގޮވައިގެންވެސް އުޅެބަލަ.. އެކުއްޖާވެސް ކިހާ ފޫހިވާނެ… ދެން މަންމައަށް ޔަގީން ދަރިފުޅު ރޭގަނޑު ހަތަރުދަމު ހޭދަކުރާނީ ތި ކުރަހާ އެއްޗެއް ކުރެހުމުގަކަން… އެމަންޖެއަށްވެސް ވަގުތު ބޭނުންވާނު” ޝިޔާމާ ހިތްހަމަނުޖެހި މަނިކުއާ ދިމާލަށް ބުންޏެވެ. “ދެން ނުވާނޭ އެހެނެއް…” މަނިކު ބޯކަހާލަމުން ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީ ޝިޔާމާ އެދެއްކީ ތެދުވާހަކަތަކެކޭ ހިތަށް އަރަމުންނެވެ. ކައިވެންޏަށް މަހެއްވާން އުޅޭއިރު އަދި ޝީރީން ގޮވައިގެން ރަށުން ބޭރަކަށް ދެވިފައެއް ނެތެވެ. ރޭގަނޑުގެ ގިނަބައި ޑިޒައިނިންގ މަސައްކަތުގައި އުޅެން ޖެހުމުން މިހާރު އޮންނަނީ ޝީރީންއަށް އެހާ ވަގުތު ނުދެވިފައެވެ. އެ ހުރިހާ ކަމެއް ވާއިރުވެސް ޝީރީންގެ ޝަކުވާއެއް ނައުމުން މަނިކު އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އެންމެ ލޯބިވާ އަނބިމީހާގެ ހައްގުތަށް އަދާކުރެވެމުން މިދަނީ އެންމެ ފުރިހަމައަށް ނޫނޭ މަނިކުގެ ހިތް ބުނެލިއެވެ.
ކޮޓަރިއަށް ވަތް މަނިކުގެ ނަޒަރުގޮސް ހުއްޓުނީ ބަންޑުން ފޯނާކުޅެން އޮތް ޝީރީންފެނިއެވެ. ޝީރީން ފޯނަށް ދީގެންއޮތް ޝައުގެއްގެ ބޮޑުކަމުން މަނިކު ކޮޓަރިއަށް ވަތްކަންވެސް ރޭކާނުލިއެވެ. މަނިކު އަވަސް އަވަސް ކޮއްލަމުން ފެންވަރާލީ ޝީރީންއާއި އެކު ލޯބީގެ ވަގުތު ކޮޅެއް ހޭދަކޮއްލަން ދިޔުމަށެވެ.
އުނަގަނޑުގައި ތުވާލި އޮޅައިގެން ނިކުތް މަނިކު ގޮސް ޝީރީންއާ ދާދި ގާތުގައި އިށީދެލީ ޝީރީންގެ ހާމައަށް އޮތް އުނަގަނޑުގައި ފިރުމާލަމުންނެވެ. މަނިކުގެ ފިނި ފިނި އަތް ޝީރީންގެ ގައިގަ ބީހުމާއެކު ޝީރީންއަށް ތެޅިފޮޅެ ގަނެވުނީ ބިރެއް ފެނިގެން އުޅޭހެންނެވެ. މީހާގެ ދެލޯ ބޮޑުވެ އަތުގައި އޮތް ފޯނު ފުރަގަހަށްލާ ފޮރުވާލީ ހަމަޖެހެމުންނެވެ.
“ޝީރީން… ރުޅި އައިސްފަދޯ ތިހުންނަނީ… މަންމަ ދެންމެ ރުޅިއައިސްފަ ބުނެފި އަހަރެން ޝީރީންއަށް އަޅާނުލާ ވާހަކަ… އައި އެމް ސޮރީ ބޭބީ..” މަނިކު ޝީރީންގެ ގައިގަ ބައްދާލީ ވަރަށްވެސް ބާރަށެވެ. ދެންމެ ހާސްވެގެން އުޅުނު މީހާގެ ހާސްކަން ފިލާދިޔައީ މަނިކުގެ އެ ހާމަ ހަށިގަނޑުން ލިބުނު ހޫނުކަމުންނެވެ. ޝީރީން މަނިކުގެ އެ ފަން އިސްތަށިގަނޑަށް އަތް މަހާލީ އެ އިސްތަށިގަނޑުން ދުވި ލުއި މީރުވަހުން ހިތްފުރަމުންނެވެ. “އައި ލަވް ޔޫ…. ދެން ނުވާނެ އެނގޭ އެހެނެއް.. ބޭބީ ބުނި ކޮންމެ ކަމެއްވެސް ކުރާން…” އިތުރަށް ޝީރީންގެ ހަށިގަނޑަށް ބާރުކޮއްލަމުން މަނިކު ބުންޏެވެ. “އަސްލުތަ..” ޝީރީން ކުއްލިއަކަށް މަނިކު ދުރައްޖައްސާލަމުން އަހާލީ އުފަލުން ފޮޅެމުންނެވެ. “ހޫމް….” ޝީރީންގެ ބުޅި އިސްތަށިގަނޑާ ކުޅެލަމުން މަނިކު ހީލީ ޝީރީން އުފާވެފަ އިންވަރު ފެނުމުންނެވެ. “މާލެ ޗޭންޖްވާން ހިނގާބަލަ… ޕްލީޒް…. ” ޝީރީން އެހެން ބުނުމުން މަނިކުގެ ދެބުމަ ގޮއްޖެހުނެވެ. ހިނިތުންވެފައި އިން މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. “ބޭބީ… ނޯ.. މާލެ އެއްނޫން… މަންމަ ނުދާނެ… އަހަރެން ނުދާނަން މަންމަ ނުފެންނަ އެއްވެސް ތާކަށް…. އަހަރެންގެ މަސައްކަތްވެސް މިރަށުގައި ހުރެގެން މިކުރަނީ މަންމަ މާލެދާން ބޭނުންނުވާތީ…. އަހަރެން ނޫން އެހެން މީހަކު މަންމަގެ ނުވެސް ނެތެއްނު… ބައްޕައަކީ ހާލަކުން ފަހަރަކު ރަށައް އަރާމީހެއް… ބޭބީ.. މަންމަ އެކަނިކޮށެއް ނުލެވޭނެ…. ޕްލީޒް… ” މަނިކު ބެލީ ޝީރީންއަށް ވިސްނައިދެވޭތޯއެވެ. އެހެން ނަމަވެސް މަނިކަށް ފެނިގެން ދިޔައީ މިއިން ދުވަހަކުވެސް ޝީރީންގެ ފަރާތުން ފެނިފައި ނުވާކަހަލަ ސިފައެކެވެ. “މަންމައޭ… އަހަންނަށް ވުރެއް މަންމަ މުހިންމުވީތަ.. އެކަމް ދެންމެ ބުނި އަހަރެން ބޭނުން ކަމެއް ކޮއްދޭނަމޭ… ހައް…. ދެން ކީއްކުރަންތަ އަހަނީ…..” ޝީރީންގެ މޫނުމަތިން ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. މަނިކުއާ ދިމާލަށް ލޯ އަޅާލައިގެން އިން އިރު ހީވަނީ ދެންމެ ދެންމެ އެ ދެލޮލުން ފިއްސާލަފާނެހެންނެވެ. “ބޭބީ..” މަނިކު ޝީރީންގެ އަތުގައި ހިފާލަމުން ގޮވާލީ އާދޭހުގެ ރާގަށެވެ. “ކޮން ބޭބީއެއް…. އަހަންނާ ދިމާލަށް ބޭބީއޭ ކިޔާ ގޮވާނެކަމެއް ނެތް… ވަރަށް ފޫހިވޭ….އަދި ބުނެފިޔޭ ކޮންމެ ކަމެއްވެސް ކުރާނެމޭ…. ” މަނިކަށް ފުރަގަސް ދެމުން ޝީރީން ހަށަންބަދެލިއެވެ. “ޝީރީން….. ޝީރީން ކޮންމެ އެއްޗެކޭ ކިޔަސް މަންމަ އެކަނި ކޮށެއް ނުލެވޭނެ… ބަޓް ބޭބީ ހަނީމޫނަށް ދެވިދާނެ… އޯކޭ…..” ޝީރީންގެ ކުރިމައްޗަށް އަރަމުން މަނިކު ޝީރީންގެ ދަތް ދޮޅީގައި ހިފާ އިސްއުފުލާލިއެވެ. “މާލެ…. ” ޝީރީން އުފަލުން މަނިކުގެ ގައިގަ ބައްދާލީ މަނިކު ބޯޖަހާލުމުންނެވެ.
*******
ދޮންކެޔޮ ފީނީގައި ކުރިއެއް ކަނޑަން އިން ލައިލާ ސިހުނީ ފަހަތުން އަޑެއް އިވެން ފެށުމުންނެވެ. އެންމެ ކުޑައިރުންސުރެންވެސް ދޮންކެޔޮ ފީޏަކީ ނާމާން ތަނެކޭ މީހުން ބުނާތީ ލައިލާ އަޑުއަހައެވެ. އިސާހިތަކު ލައިލާގެ ނިއްކުރިން ދާތިކިތަކުގެ މުތީތަކެއް ވިދަންފެށިއެވެ. ތުރުތުރު ލަމުން ދިޔަ ދެފައި ނަގަމުން ދިޔައީ ހިންޏަކަށްވުރެއް މަޑުންނެވެ. “ޕޮއް” ކުއްލިއަކަށް ލައިލާ ސިހި ފަހަތަށް އެޅި ފިޔަވަޅާއެކު ވެއްޓުނީ ޗަކަތަކުގެ ތެރެއަށެވެ. “ހަހަހަހަހހަހަހ” ސާބަހޭ ލައީ…. ތިހާ ބިރު ގަންނަ މީހަކުވެސް މަ ހިތަށް އަރާ މިތަނަށް ތިވަންނަނީ ކީއްކުރަންބާއޭ…” މޭގައި އަތްއަޅައިގެން އަވަސް ނޭވާތަކެއް ލަމުން ދިޔަ ލައިލާއާ ދިމާކުރަމުން ނަދީމް ދިޔައީ ހެމުންނެވެ. އިރުކޮޅަކު ލައިލާ އެހެން އިނދެ ދެން ފެނުނީ އަތުގައި އޮތް ކުރި ނަދީމް އާ ދިމާލަށް ހޫރާލި ތަނެވެ. “އަތްދޯއި… ލައީ….” ބޯމަތީގައި އަތް އަޅަމުން ނަދީމް ދިޔައީ ފިރުމަމުންނެވެ. “އަހަރެންވެސް ބިރުގަތޭ.. މަގޭ ހިތް ބޭރަށް އައިނަމަ ކިހިނެއް ހަދާނީ..” ޗަކަ ތަކުގެ ތެރެއިން ތެދުވަމުން ލައިލާ ބުންޏެވެ. “އަހަރެން އެ ހިތް ހިފައިގެން ފިލާނީ….” ނަދީމްގެ ބެލުމުގައި މިއަދު ތަފާތެއްވިއެވެ. އެހެންނަމަވެސް ލައިލާ މާބޮޑުކަމަށް ނުހަދާ ހިނގައިގަތީ ކުރިއަށެވެ. “ހެހެހެހ les en anmeldelse.. ލައީ ސޮރީ އޭ… އެކަމް ލައި އަށް ދޮންކެޔޮ ކުރި ކެވިއްޖެއެއްނު..” ނަދީމް ހެމުން ހެމުން ލައިލާއަށް މަލާމަތް ކޮއްލިއެވެ. “އެ ކުރިގަނޑު ބޭކާރެއް ނުވިއެއްނު… ތިބޮލުގަ ތިހުރި ތަތްކިރުތަށް ފިލުވަން ކިތައްފުޅި ޝޭމްޕޫ ބޭނުންވާނެބާ…. ހަހަހހަހަ” ނަދީމްގެ ބޮލަށް އިޝާރާތް ކުރަމުން ލައިލާ ހެމުން ހެމުން ދުއްވައިގަތެވެ. ނަދީމްއަށް އެވަގުތު ރޭކާލީ ބޮލުގައި ހުރި ތަތްކިރުތަކެވެ. ލައިލާއޭ ކިޔާ ނަދީމްވެސް ލައިލާ ފަހަތުން ދުއްވައިގަތީ ހެމުންނެވެ.
………………………………
“މަންމާ…. މަންމާ…. މާލެދާން މިއުޅެނީ….” ޝީރީން ސަމްސިއްޔަގެ ގައިގާ ބައްދައި ގަންނަމުން ބުންޏެވެ. “ކޮބާ… މަންމަ ބުނީމެއްނު މަނިކު އެއީ ރަނގަޅު ކުއްޖެކޭ…. ދަރިފުޅު އުފަލުގައި ބަހައްޓަން އޭނަ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ….. “ސަމްސިއްޔަވެސް އުފަލުން ޝިރީންގެ ގައިގަ ބައްދާލީ ދަރިފުޅުގެ އުފަލުގައި ބައިވެރިވަމުންނެވެ.
…..
ދަންވަރުގެ އެ ހަމަހިމޭން ވަގުތުގައި ކޮޓަރި ތެރެ ދިއްލިފައިވަނީ ޝީރީންގެ އަތުގައި އޮތް ފޯނުގެ އަލިންނެވެ. ބަންޑުން އޮތް ޝީރީން ދިޔައީ ފޫހިކަމެއްނެތި ޗެޓްކުރަމުންނެވެ. ކައިރީގައި އޮތް މަނިކު އިރުއިރު ކޮޅާ ދެފަރާތަށް ޖެހިލަނީ ޝީރީންގެ ގައިގަ ބައްދަމުންނެވެ. އެކަމުގެ ސަބަބުން ޝީރިންއަށް ކިތައްމެ އުދަގުލެއް ވިޔަސް ޝީރީންބެލީ އޮތްގޮތަށް އޮވެވޭތޯއެވެ. މަނިކު ހޭލައިފިއްޔާ އެ އުފާރިވަގުތުކޮޅަށް ނިމުމެއް އައިސްފާނެތީއެވެ. ޝީރީން އެތަށް އިރެއް އެހެން އޮތުމައްފަހު ބާލީސް ކައިރީގައި ފޯނު ބޭއްވީ ފާހަނައަށް ދިޔުމަށެވެ. އޭރުވެސް މަނިކު ދެފަރާތަށް އެނބުރި އެނބުރި އޮތެވެ. މަނިކު އެއްލިއަތް ޝީރީންގެ ގައިގަ ނުޖެހުމުން މަނިކު މަޑުމަޑުން ދެލޯ ހުޅުވާލަމުން ދެފަރާތް ހޯދާލިއެވެ. ފާހަނައިން ފެން ދޫކުރާ އަޑުއިވުމުން ޝީރީންވީ ފާޙަނައިގަކަން މަނިކަށް އެނގުނެވެ. އެއްލިއަތުގައި ޝީރީންގެ ފޯނު ޖެހުނީ އެވަގުތެވެ. ފޯނުގެ ޗްކްރީންވެސް ދިއްލިގެން ދިޔައީ އެވަގުތެވެ. އެހާ ލަސްގަޑިއެއްގައި ޝީރީންއަށް އައީ ކޮން މެސެޖެއްތޯ ބަލާލަން މަނިކު ފޯނު ކައިރިކޮއްލިއެވެ. “ބޭބީ ސަންޑޭއަށް ވެއިޓްވެސް ނުކުރެވޭ… އައި މިސްޔޫ…. އައި ލަވްޔޫ….. މިކަހަލަ ފިނި ރޭތަކުގައި ބޭބްސް ކައިރީގައި އޮންނަނަމަދޯ..” މަނިކު ފޯނު އަތުގެ މުށުތެރޭ ބާރުކޮއްލީ އެއީ އެމީހާގެ ކަރުނަމަ ފިތިގެން މަރުވާހާ ބާރަށެވެ. އެވަގުތު ފާޙަނައިން ނިކުތް ޝީރީންއަށް އެނދުމަތީގައި އިށީގެދެގެން އިން މަނިކު ފެނި ދެފައި މުށިތަކުމަތީގައި ތަތްވިކަހަލައެވެ.
“ޝީރީން މާލެ ދާން ތިއުޅެނީ މިހެންވެތަ..” އަތުގައި އޮތް ފޯނަށް އިޝާރާތް ކޮއްލަމުން މަނިކު އަހާލީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. “އަހަރެން… އަހަރެން…” ޝީރީންއަށް ފަސްޖެހެވުނީ މަނިކުހުރި ގޮތުންނެވެ. “ޝީރީން… މާލެ ދެން ނުދެވޭނެ… ލަދެއް ނުގަނޭތަ އަހަރެންގެ އަންބަކަށް ވެހުރެ ތިކަހަލަ ކަމެއް ކުރާކަށް…..” މަނިކު އައި ރުޅީގައި ބޭރަށް ނިކުތީ ދޮރު ބަން ލާފައި ޖަހަމުންނެވެ. އޭރުވެސް ޝީރީން އިން ގޮތަށް އިނީ ގުނޑިލަންވެސް ނޭނގިއެވެ.
*********
އަރައިގެން އައި އިރާއެކު މަނިކު މިސްރާބު ޖެހީ ނަދީމް ކައިރިއަށް ދިޔުމަށެވެ. އެހެން ނަމަވެސް ފަސްޖެހެވުނީ އިތުރުމީހަކަށް އެކަން އަންގަން ހިތް ނޭދޭތީއެވެ. “މަނިކު… ކައޭ މީހަކާ އިންފަހުން އަހަރުން މީ ނެތްބައެއްދޯ….” ނަދީމްއައިސް މަނިކުގެ ކޮނޑުމަތީގައި ޖަހާލަމުން ބުންޏެވެ. “ސާބަހޭ ކަލޭއަށް… މަ އަދި އައިމަ… އޯކޭ އޯކޭ… މަމިދަނީ..” މަނިކު އައިކޮޅަށް އެނބުރުމުން ނަދީމް މަނިކުގެ ގައިގަ ހިފެއްޓިއެވެ. “އޭ މަޑުކޮއްބަލަ…. އަދި ހާދަ އިމޯޝަނަލް އޭ ދޯ…. އެބައޮތޭ ވާހަކައެއް ބުނަން ބޭނުންވެފަ… ހިނގާބަލަ ގެއަށް….” މަނިކުގެ ކޮނޑަށް އަތްވައްޓާލަމުން ނަދީމް މިސްރާބު ޖެހީ ގެއަށް ވަނުމަށެވެ.
“ދެން ކިޔާބަލަ…” ސިޓިން ރޫމް ސޯފާގައި އިށިންނަމުން މަނިކު އަހާލީ ނަދީމްއާ ދިމާލަށް ބުމަ އަރުވާލަމުންނެވެ. “މީ މީ… މަ ލައިލާ… ލައިލާ ސެޓްވޭތޯ…” އެންމެ ފަހުން ނަދީމް ހިތުގެ ސިއްރު ފާޅުކުރިއެވެ. “އޭ އަސްލުތަ… ލައީ އެއީ ވަރަށް ރަނގަޅު ކުއްޖެއް… ލައީ އަށް ދެރައެއް ނުދޭތި…. މަވެސް ހެލްޕެއް ވާނަން…” ހިތުގައި ހުރި ތަދަށް ފަރުވާލެއް ނުބަހައްޓައި މަނިކު ބެލީ ރަހުމަތްތެރިއާއަށް އެހީގެ އަތެއް ފޯރުކޮއްދެވޭތޯއެވެ. ނަދީމްގެ މޫނުމަތިން އެވަގުތު ފެނިގެން ދިޔައީ މިއިން ޒަމާނަކުވެސް ނުފެންނަ ހިނިތުންވުމެކެވެ.
…………..
“ދަރިފުޅާ ޝީރީން…. އާދެބަލަ މަންމައަށް އެހީއެއް ވާން..” މެންދުރު ކެއުން ތައްޔާރު ކުރުމަށް އިން ޝިޔާމާ ޝީރީންއަށް ގޮވާލިއެވެ. އެހެން ނަމަވެސް ގޮވާ ގޮވާވެސް ޝީރީންގެ ހަބަރެއް ނުވުމުން ޝިޔާމާ ހާސްވިއެވެ. ހަނޑޫ ދޮންނަން އިން ތެލި ސިންކްއަށް ލަމުން ޝިޔާމާ މިސްރާބު ޖެހީ ޝީރީން ކޮޓަރީގައި އިންތޯ ބެލުމަށެވެ.
“ދަރިފުޅާ ޝީރީން… ޝީރީން..” ތަކުރާރުކޮށް ޝީޔާމާ ދިޔައީ ޝީރީންއަށް ގޮވަމުންނެވެ. “ކިހާ ދެރަކަމެއް… ބޮލުގަ ރިއްސާތީއޭ މިއޮތީ… އަޅެ އަހަރެން މިގޭގަ އެހެންޏާސް މަސައްކަތް ކުރަންތަ… ނުކުރަމެއްނު… ދެން ކޮންމެހެން އަހަރެން ގެންދަން ޖެހޭތަ ތިކުރާކަމެއް ކުރަން…” ޝީރީންގެ ބަސްކޮށާރު ހުރި ގޮތުން ޝިޔާމާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް ޝީރީންއަށް އައި މިބަދަލުން ޝިޔާމާގެ ހިތް ކުދިކުދިވިއެވެ.
ނުނިމޭ
815 Comments
Comments are closed.
kamana
September 28, 2016 at 11:09 pmHiii guyxxxx. Maadham varah bxy vaane ehnve mirey hama up mi kohly. N yes alhugandaky sarukaaru vazyfaa ehga ulhey kuhjeh. Office 3 jahaa iru nimey gothah baeh dhuvas dhuvahu havyruvx cls oveyy. N reyganduvx. Thedhah bunaanama i only get friday hama ehkoh free vaa. I just hope yu guyx understnd. Vaahaka liyany varah liyaa hithunn. N alhugandah hama yagyn mithaa gina writers aky job adhaa kuraa myhunnkann. Plus kiyavaa kudhinn. So please baeh faharu up kurun laa vedhaane. Tht doesnt mean vaahaka up nukuraane eyy. Mi site ga alhuganduge vaahaka thah ky hurihaa kudhinnah ingeyne vaahaka ehkoh genes nudhy huhtaa nulaakannn. Ehnve sorryy eyy vx buneveny. I am really sorryy once again mihaa bodu explanation eh dhinyma. N yes thnk yu guyx for supporting. I lov yu guyxx???????????
Aishoo
September 29, 2016 at 12:00 amV salhi
kamana
September 29, 2016 at 7:50 amThnk yu so much aishoo??
Saandy
September 29, 2016 at 12:03 amV salhi mi vaahaka… next part ah eba v inthizaaru kurevey… next part avas kollahchey…
kamana
September 29, 2016 at 7:51 amThnk yu so much. Iraadha kurehvihyaa sundayga up kohla dheynan. Thnk yu so much??
Khajja
September 29, 2016 at 1:09 amMe2 vvv salhi mipartves n understand veyjob ga ulhemun study kuramun v busyvaane kamah adhi thikuraa hiyyvarah hama saabas writers ah n thank u so much
kamana
September 29, 2016 at 7:54 amThnk yu so much khajja.?? aslu alhugandu ehgothakah ekahala vaahaka eh bunaakahnun hury. Bt readers ge cmmnt thah baeh strys inn fenifa hithah ery ehn bunann. Aslu gina readers ah understand vaakanvx ingeyy. Readrrss vx egothah react kurany kyvegnkann ingey. Yes baeh writer eba kuruvaa year ehvaruge inthixaaru n ehnve kann ingeyy readers ah faith noannany. Insha allah i will try to up stry hama ehkoh. Readers please have faith in us. ???? readers aky alhugandu mennge kuri erunnn. N i lov yu guyxxx. ??
Mari
September 29, 2016 at 6:58 amWoww…varah habeyss…Aslu vs varah busy job ulheymuh kiyavaathi vyma..thanks all the writers eyhaa schedule buxy koh ohnaa iru vs up koh dhey thi..thanks a lot..love>3
kamana
September 29, 2016 at 7:55 amThnk yu so much mary. Insha allah will try to do my best. And thnk yu for trusting ??
naaf
September 29, 2016 at 8:31 amv nice❤❤
kamana
September 29, 2016 at 10:56 amThnk yu so much ??
ken?
September 29, 2016 at 9:54 amohhh kamana u dnt hav to giv an explanation….ekaku understand nuviyas i truly understand hw hard u all writer will b…mibuny type kurumakee ves baei kudinnah ehaa fasheyha kamei noon dhw…i salute to those writers who upload their stories frm beginning to de end…
n kamana ge stroies thakakee abadhuves v reethi furihama stories thakei…so m v thankful to u…??❤?✌?
kamana
September 29, 2016 at 12:48 pmThnk uu so much ken. It means alot to me. N thnk yu for supprtn ?? i will try my best ingey
thaathi
September 29, 2016 at 10:42 amI am really v sorry kamana vv foohivegen erey balaaly esfiya dhen story thah up nuvaathy egothah comment kurevuny vvv sorry kamana hurihaa fan un ge kibain vex maafah edhen sorrrrrrrrrrrrrrrrrrrrrry??? and me aky kamana dheke v loabivaa reader eh luv u ummaaaaaah.
kamana
September 29, 2016 at 10:57 amOoh itx okey thaathi. I knw ehn buny dhera akah nunkann. Thtx y i lov yu guyxx. Knme writer akahvx knmevx varehge trust eh kurahchey. N i lov yu tooo. Ummmwah??