Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްޤު ލޯބި (18 ވަނަ ބައި)

Liaa
September 28, 2016
7 Mins Read
60 Views
28 Comments

“ދޮގު ނުހަދާ ބުނޭ… މަށަށް އިނގެއޭ އެ ރާހުލް އާ އަންޖޫދާއާ ދެމެދު ކޮންމެވެސް ގުޅުމެއް އޮންނަކަން..” ހަރަން ބަނދެލަމުން ޒުލޭހާ އެހެން ބުނެލުމުން އާޔާގެ އަނގަ ބެދުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނާ ޒުލޭހާއަށް ބަލަން ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެފައި އާޔާ ފެށީ ބާރުބާރަށް ހޭށެވެ. އޭނާ ހޭން ފެށުމުން ޒުލޭހާ އުނަގަނޑުގައި ދެއަތް ވިއްދާލީ ދެލޯ ހަނިކޮށްލަމުންނެވެ.

“އަހަންނަށް ފޮރުވާކަށްނު ތިއުޅެނީ…. ބުނަން… އަހަންނަށް މިހާރުވެސް އެ ވާހަކަ މުޅި ރަށުގައި ފަތުރާލެވިދާނެ…” އެއްމިޔަކުން ހީލަމުން ޒުލޭހާ އެހެން ބުނުމުން އާޔާ ގެ ހިތުގައި ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. ހުނުން ހުއްޓާލުމަށްފަހު އޭނާ ހިންދިރުވާލިއެވެ. ރަށުތެރޭގައި އަންޖޫދާ އެގޮތަށް ފަޟީހަތްވާކަށް އޭނާ ނޭދެއެވެ.

“ނޫން…” އާޔާއަށް ބޭއިޚުތިޔާރުގައި ބުނެލެވުނެވެ. ރާހުލްއާ އަންޖޫދާއާ ދެމެދުގައި ހަޤީޤަތުގައިވެސް އެފަދަ ގުޅުމެއް އޮތްކަން ޒުލޭހާއަށް ކަށަވަރުވީ އެވަގުތެވެ.

“ދެން؟ ދެން މަ ކިހިނެއް ހަދަންވީ؟” ޒުލޭހާ އެއްއަތުން އަނގަ ކައިރި ކަހާލަމުން ނުލަފާ ގޮތަކަށް އަހާލިއެވެ. ހަދާނެގޮތަކާ މެދު އާޔާ ވިސްނަމުން ގެންދިއައެވެ.

“އަހަރެން އެދެމީހުން ދުރުކުރުވާނަން…” އާޔާ ވަރަށް ޔަޤީންކަމާއެކީ ޒުލޭހާ ގާތު ބުނެލިއެވެ.

“ހޫމްމް… ބަލާނަމޭ ތިޔަކަން ވޭތޯ… ކަލެއަށް ކާމިޔާބު ނުވެއްޖިއްޔާ ހަމަ މުޅި ރަށުގަ ފަތުރާލާނަން…” އާޔާ އާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޒުލޭހާ އެދިނީ އިންޒާރެއްހެން އާޔާއަށް ހީވިއެވެ.

“މައްސަލައެއް ނެތް… ” އިރުކޮޅެއް ވަންދެން ވިސްނާލުމަށްފަހު އާޔާ ބުނެލިއެވެ. އޭނާއަށް އަންޖޫދާއާ ރާހުލް ދުރުކުރުމުގައި ކާމިޔާބުވާނެކަމުގެ ޔަޤީންކަން އެހިތުގައި އޮތެވެ. އާޔާ އެހެން ބުނުމުން ޒުލޭހާ ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާގެ ގެއާ ދިމާއަށް ހިނގައިގަތެވެ. އާޔާ ވެސް ވިސްނުމެއްގައި ހުރެ އަންޖޫދާމެންގޭ ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޭނާގެ ގޭ ދޮރުމަތީގައި މަންޒަރު ބަލަން ހުރި ޒުލޭހާގެ މޫނުގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

“ރާހުލް… މަގޭ އެދުމަށް ފުރަގަސް ދިނީމަ ވާގޮތް ބަލަން ހުރޭ…” ދެދަތްޕިލަ ޖައްސައިގެން ހުރެ ޒުލޭހާ އެހެން ބުނެލިއިރު އެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ.

ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިން އާމިނާ ސިހުނީ ދޮރުމަތީގައި ހުރި އާޔާ އޭނާއަށް ގޮވާލުމުންނެވެ. އާޔާ ފެނުމުން އޭނާ ހިނިތުންވާން މަސައްކަތްކުރި ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބެއް ނުވިއެވެ. އަންޖޫދާ ހަމައަސްލުވެސް ރާހުލްއާ ގުޅުމެއް ބާއްވަނީބާއޭ އެހިތަށް އަރަމުން ދިއައެވެ.

“ކޮބާ އަންޖޫ.؟” ހިނިތުންވެލަމުން އާޔާ އެހެން އަހާލުމުން އާމިނާ ގޮސް އަންޖޫދާގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން އާމިނާ ދެތިން ފަހަރަކު ދޮރުގައި ޖަހާލިއެވެ.

“އޯތް މަންމާ! ފެންވަރަނީ! ނިމުނީމަ ހުޅުވާނަން!” އަންޖޫދާ އެކޮޅުން އެހެން ގޮވާލި އަޑު އިވުމުން އާމިނާ އެންމެ ރަނގަޅޭ ބުނެލިއެވެ.

“އާޔާ.. އެތެރެއަށް ވަންނަންވީނު؟” އާމިނާ އެހެން ބުނެލުމުން އާޔާ ދެފަރާތައް ބޯ ހޫރާލިއެވެ.

“އަހަރެން މަޑުކުރާނީ ޖޭމު ގަސްދޮށުގަ.. އަންޖޫ ނިކުތީމަ ބުނައްޗޭ ދާށޭ..” އާޔާ އެހެން ބުނެލުމުން އާމިނާ ބޯޖަހާލިއެވެ.
ޖޭމުގަސް ދޮށުގައި ހުރި ޖޯލިފަތީގައި އިށީން އިރު އާޔާގެ ކަޅި އެކި ކޮޅުކޮޅަށް ދުވަމުން ގެންދިއައެވެ. ރާހުލްގެ ހިލަމެއްވޭތޯ އޭނާ ބަލަމުން ދިއައީ ކެތްމަދުވެ ހުރެއެވެ. އަންޖޫދާ އައުމުގެ ކުރިން މިކަން ނިންމަންޖެހޭނެކަމަށް އޭނާގެ ސިކުނޑި ގޮވަމުން ދިއައެވެ. ނަމަވެސް އޭނާއަށް އަދި ވަގުތު އެބައޮތްކަން އެނގެއެވެ. އަންޖޫދާ ފެންވަރަން ވަދެފިއްޔާ އެހާ އިރުވާނެއެވެ.

ބާ ގުދަނެއްފަދަ އޭނާގެ ކޮޓަރިން ނިކުމެގެން އައި ރާހުލްގެ ލޮލުގައި ޖޯލިފަތީގައި އިން އާޔާ އަޅައިގަތެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ މިޔަދު އޭނާއާ އަންޖޫދާ ނަޝްފާމެންގޭ ފިހާރައަށް ދިޔައިރު އާޔާ ރުޅިމޫނު ހަދާފައި ދިޔަ ގޮތެވެ. އަންޖޫދާ އާ އާޔާ އާ ދެމެދުގައި ކޮންމެވެސް ކަމެއް ވެއްޖެކަން ރާހުލް އަށް އެނގުނެވެ.

ރާހުލް ފެނުމާއެކު އާޔާ ކެތްމަދުވެފައި ހުރެ ރާހުލްއަށް ގޮވާލިއެވެ. ރާހުލް އެދިމާއަށް މިސްރާބު ޖެހުމުން އާޔާ ގޯތިތެރެ ހޯދާ ބަލާލީ އެތަނުގައި އިތުރު މީހެއް ނެތްކަން ޔަޤީން ކުރުމަށެވެ.

“ކިހިނެއްވީ؟” އާޔާ ގާތައް އައިސް ހުއްޓެމުން ރާހުލް ސުވާލުކޮށްލިއެވެ.

“އާދެބަލަ މިތާ އިށީންނަން.. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތޭ..” ޖެހިގެން ހުރި ޖޯލި ދައްކާލަމުން އާޔާ ބުނެލިއެވެ. ނަމަވެސް ރާހުލް އިށީންނާކަށް ނޫޅުނެވެ.

“އިށީންދެބަލަ.. އެންމެ 5 މިނެޓޭ ވާނީ..” އާދޭހުގެ ރާގަކަށް އާޔާ އެހެން ބުނުމުން ރާހުލް އިށީނީ އާޔާއާ ޖެހިގެން އެއްޖޯލި ދޫކޮށްފައެވެ.

“ރާހުލް… ރާހުލް އަށް އިނގޭތަ އަންޖޫދާ ރާހުލްއާ ރައްޓެހިވެގެން އެއުޅެނީ ކޮންމެހެން ލޯތްބަކުން ނޫންކަން؟” ފުރަތަމަވެސް އާޔާ ކޮށްލި ސުވާލުން ރާހުލްގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިއައެވެ. އާޔާ އޭނާއާ އެވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިބާވައޭ އެހިތަށް އެރިއެވެ.

“ނޫނޭ އާޔާ… އަންޖޫ އަހަރެން ދެކެ ވަރަށް ލޯބިވޭ..” ރާހުލް އާޔާ އާ ދިމާއަށް ބަލާލަމުން އެހެން ބުނެލީ ޔަޤީންކަމާއެކުގައެވެ.

“އައްދޭ.. މިހާރު ހާދަ މޮޅޭ ދިވެހިން ވާހަކަ ދައްކަންވެސް ދޯ؟” ރާހުލް އެހެން ބުނެލި ގޮތުން އާޔާ އަހާލިއެވެ.

“ހެހެ.. އަންޖޫ އަހަންނަށް ދަސްކޮށްދިނީ..” ރާހުލްގެ ދުލުން އަންޖޫދާ ގެ ނަން ބޭރުވުމާއެކު އާޔާ އަނގައަށް ގޮތެއް ހަދާލިއެވެ.

“ރާހުލް… އަންޖޫދާ ރާހުލް ދެކެ މާ ލޯބިވާކަމަށް ހެދިގެން އުޅެނީ ކީއްވެކަން އިނގޭތަ؟ އެއީ އެ ނަޝްފާއަށް ލަނޑެއް ދޭން ވެގެން… ނަޝްފާއާ އަނެއްހެން ވާހަކަ ދައްކައި އުޅެނީ ރާހުލް އެކަންޏެއްނު؟ އެހެންވެ އަންޖޫދާ ބޭނުންވަނީ ރާހުލް ވެސް ނަޝްފާއާ ވާހަކަ ނުދައްކަން..” އާޔާ ބުނެލިއެވެ. ރާހުލް އާޔާއަށް ބަލަން ހުރީ އެދައްކާ ވާހަކަ ޤަބޫލުކުރަން ބޭނުންނުވެފައެވެ. އަންޖޫދާ މިޔަދު ނަޝްފާގެ ގާތުން މާފަށްވެސް އެދުނެވެ. ވީއިރު އަންޖޫދާ އެއުޅެނީ ނަޝްފާއަށް ލަނޑެއް ދޭން ކަމަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެވަގުތު ރާހުލްއަށް ޤަބޫލުކުރެވުނީ އާޔާ އެއުޅެނީ އޭނާއާ އަންޖޫދާއާ ދޭތެރެ ޖައްސަން ކަމުގައެވެ. ވަގުތުން އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިއައެެވެ. އެއްވެސް މީހަކު އޭނާއާ އަންޖޫދާއާ ދެެމެދަށް ވަންނާކަށް އޭނާ ނޭދެއެވެ.

“ނޫން.. އަންޖޫ އެހެން ނަހަދާނެ.. އަހަރެން ގަބޫލުނުކުރާނަން..” ރާހުލް ހިސާބަކަށް ނުރުހިފައި ބުނެލިއެވެ.

“އަހަންނަށް އޭރުވެސް އެނގޭ ރާހުލް ގަބޫލު ނުކުރާނެކަން… ހެކި ދައްކައިފިއްޔާ ގަބޫލުކުރާނަންތަ؟” ހިނިގަނޑެއް ޖަހާލަމުން އާޔާ އެހެން ބުނެލުމުން ރާހުލްގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ. އަންޖޫދާ ހަމައަސްލުވެސް އޭނާ އާ ގުޅުނީ ލޯބިވެގެން ނޫން ބާއޭ އެ ހިތަށް އަރިއެވެ. އާޔާ ޖީބުން އޭނާގެ ފޯނު ނެގިތަން ފެނުމުން ރާހުލް އަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އާޔާ އެ ދައްކާ ވާހަކައަކީ ތެދުކަން ޔަޤީންކޮށްދީފި ނަމަ އޭނާވެސް ޖެހޭނީ އެކަން ޤަބޫލުކުރާށެވެ.

ފޯނު ނަގަައި އެއާ ކުޅެލަމުން އާޔާ ޕްލޭ ކޮށްލީ ރެކޯޑިންގް އެކެވެ. ރާހުލް އޭތި ކަނުލާ އަޑު އަހަން ހުރިއިރު އެ މޫނުމަތިން ފެންނަމުން ދިއައީ ހާސްކަމެވެ.

” އޭ… ވިޝާން ކަންތަކާތަ  ތި ވިސްނަނީ… އައިމް އޯލްސޯ ސޮރީ އޭނަ އެހެން ހެދީމަ… ބަޓް ޔޫ ޝުޑް ބީ ހެޕީ.. އެކަހަލަ މީހަކު ކިބައިން ސަލާމަތް ވީމަ އުފާވާންވީ..” ފުރަތަމަ އިވިގެން ދިއައީ އާޔާގެ އަޑެވެ. އޭނާ ވާހަކަ ދެއްކި ގޮތުން ކައިރީގައި ހުންނާނީ އަންޖޫދާކަން ރާހުލްއަށް ޔަޤީންވިއެވެ.

“އޭ… އެއްކަލަ ކަންތައް މިހާރު ކިހާ ހިސާބެއްގަ އޮތީ؟” އިރުކޮޅެން ފަހުން އަނެއްކާވެސް އާޔާ ވާހަކަދެއްކި އަޑު އިވިގެން ދިއައެވެ.

“ކޮންކަމެއް؟” އަންޖޫދާ އަހާލި އަޑު އިވިގެން ދިއުމުން ރާހުލް އަށް ހިން ދިރުވާލެވުނެވެ. އަންޖޫދާ އާ އޭނާއާ ދުރުނުކުރެއްވުމަށް އެދި އޭނާއަށް އެވަގުތު ހިތާހިތުން ދުޢާކޮށްލެވުނެވެ.

“ނޭނގޭ ކަމަށް އެބަ ހަދައެއްނު؟ އެއްކަލަ ނަޝްފާގެ ކަންތައް…” އާޔާ އެހެން ބުނެލި އަޑު އިވުމުން ރާހުލްއަށް ދެއަތް މުއްކަވާލެވުނެވެ. “މިހާރު ރާހުލް ހައްލާލެވިއްޖެތަ؟” އާޔާ އެހެން އަހާލި އަޑު އިވުމުން ރާހުލްގެ މެއަށް ގޮތެއް ވެގެން ދިއައެވެ.

“ތިކަމުގަ މި އުޅެނީ..” އަންޖޫދާ އެހެން ބުނެލި އަޑު އިވުުމުން ރާހުލްއަށް މުޅިތަން އެނބުރޭކަމުގެ އިހުސާސެއް އޭނާއަށް ކުރެވެމުން ދިއައެވެ. އަންޖޫދާ ހަޤީޤަތުގައިވެސް އޭނާ ދެކެ ލޯބިނުވާކަން އޭނާއަށް ޔަޤީންވިއެވެ.

“އެކަމް ތިހެން އުޅެމުން އަންޖޫ އޭނާ އަށް ފޯލް ނުވާތި އިނގޭ….” ހިނިގަނޑެއް ޖަހާލަމުން އާޔާ ބުނެލިއަޑު އިވުނެވެ.

“ހެހެ… މި އަންޖޫދާ ދެން އެކަހަލަ މީހަކާ ފޯލް ވާނެތަ؟” ހިނިގަނޑެއް ޖަހާލަމުން އަންޖޫދާ އެންމެ ފަހުން ބުނެލިއެތި އަޑުއިވުމުން ރާހުލްއަށް ހުރި ތަނުން ތެދުވެވުނެވެ. އަދި ބާރުބާރަށް ހިނގާފައި ގޮސް އޭނާ އުޅޭ ކޮޓަރިގަނޑަށް ވަނީ އާޔާއާ ދިމާއަށް ބަލާވެސް ނުލައެވެ. އެ މޫނުމަތީގައިވާ އަސަރުން އޭނާ ދެރަވެފައިވާ މިންވަރު ހާމަވެއެވެ.

އަތުގައި އޮތް ފޯނު ޖީބަށް ލައި ހަމަޖެހިލިއިރު އާޔާގެ މޫނުމަތީގައި  ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.  ރާހުލްގެ ހިތުގައި މިހާރު އަންޖޫދާއާ މެދު ނަފްރަތު އުފެދިދާނެ ކަމުގައި އޭނާ ޤަބޫލުކުރިއެވެ. އެދުވަހު އޭނާ އަސްލު ފޯނު ރިކޯޑަށް ޖެއްސީ ވިޝާންއާ ބެހޭ ގޮތުން ސުވާލުކުރުމުން އެއާމެދު އަންޖޫދާ ދޭ ޖަވާބެއް ރިކޯޑު ކުރުމަށެވެ. ނަމަވެސް އަންޖޫދާ އެދުވަހު މާ ދެރަވެފައި ހުރުމުން އާޔާއަށް އިތުރަށް ވިޝާންއާ ބެހޭ ގޮތުން ސުވާލު ކުރަން ނުކެރުނީއެވެ. ފަހުން ވާހަކަ ދެއްކި އިރުވެސް ހަނދާންނެތިގެން ރިކޯޑަށް ޖައްސާފާއި ބެހެއްޓުނުކަމީ އޭނާގެ ނަސީބޭ އެވަގުތު އާޔާގެ ހިތަށް އެރިއެވެ. އޭނާ އަވަސް އަވަހަށް ޖޯލިން ތެދުވެގެން ގޮސް އާމިނާއަށް ނޭނގޭ ގޮތަށް އެގެއިން ނިކުތީ އޭނާ އެގެއަށް އައި މަޤުސަދު ފުރިހަމަވުމުންނެވެ.

***

ކޮޓަރިގަނޑުގައި ހުރި ފަތްޖެހި އެނދުގައި އިން ރާހުލްގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ގެންދިއައެވެ. އަންޖޫދާ އޭނާއަށް އެފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލިއިރުވެސް އޭނާއަށް އަންޖޫދާގެ ބަސްތަކަށް ހެއްލެވުމަކީ އޭނާގެ މޮޔަކަމޭ އެވަގުތު ހިތަށް އެރިއެވެ. އަންޖޫދާ ކަހަލަ ކުއްޖަކު އޭނާ ފަދަ މީހަކު ދެކެ އޮޅިގެން ވެސް ލޯބި ނުވާނެކަން އޭނާ ހަނދާން ނައްތާލީ ކީއްވެގެން ހެއްޔެވެ؟  އަމިއްލަ ސާހިބުމީހާގެ ދަރި ތިމާއާ މެދު އެފަދަ ނަޒަރަކުން ނުދެކޭނެކަން މޮޔައަކަށް ވެސް ވިސްނޭނެއެވެ. ނަމަވެސް އޭނާއަށް އެވަރުވެސް ނުވިސްނުނެވެ. އަންޖޫދާ ދެކެ އޭނާއަށް ލޯބިވެވުމަކީ ބޮޑު ކުށެކެވެ. އަންޖޫދާގެ ލޯތްބަކީ އޭނާއަށް ދުވަހަކުވެސް ލިބޭނެ އެއްޗެއް ނޫނޭ ހިތަށް އެރުމާއެކު އޭނާގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ.

އަންޖޫދާގެ ރީތި ރީތި ހިނިތުންވުން ރާހުލްގެ ކުރިމަތީގައި ސިފަވާން ފެށިއެވެ. އަންޖޫދާ އޭނާއާ ވާހަކަ ދައްކާ ލޯބި ގޮތް ހިތަށް އަރަން ފެށިއެވެ. އެ މައުސޫމު ދޮން މޫނާއި ދެލޮލުން އޭނާއަށް ފެނުނީ ލޯތްބެއް ނޫނެވެ. އެއީ ކުށް ހީއެކެވެ. އޭނާ އަންޖޫދާގެ ލޯބި މާބޮޑަށް ބޭނުންވުމުން އޭނާއަށް އެހެން ހީވީ ކަމަށް ވެސް ވެދާނެއެވެ. އެ ރީތިކަމާ މައުސޫމުކަމުގެ ފަހަތުގައި ވަނީ މަކަރެވެ. އަންޖޫދާ އުޅުނީ އޭނާ ހައްލާލައިގެން ނަޝްފާއަށް ލަނޑުދޭށެވެ. ނަމަވެސް ދެން އެކަން އެހެނެއް ނުވާނެއޭ ރާހުލް ގެ ހިތަށް އެރިއެވެ. އޭނާ ދެން އަންޖޫދާ ކުޅޭހާ ޑްރާމާއަކަށް ނުހެއްލޭނެއެވެ. އެހިތަށް ކިތަންމެ ތަދުވި ނަމަވެސް އޭނާ ދެން އަންޖޫދާއާ ދިމާއަށް ބަލާވެސްނުލާނެއެވެ. ރާހުލް ދެބުމަ ގޮށް ޖަހާލަމުން ދެލޮލުން ފޭބި ކަރުނަތައް ފުހެލިއެވެ.

ފަތްޖެހި އެނދުން ތެދުވެގެން އޭނާ ބޭރަށް ދާން ހިނގައިގަތީ އަދިވެސް ނިންމަންޖެހޭ ބައެއް މަސައްކަތް ހުރުމުންނެވެ. ނަމަވެސް އޭނާ އެޅި ފިޔަވަޅު ހުއްޓުމަކަށް އައީ ލައިގެން ހުރި ފަޓުލޫނު ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނަގައި ބަލާލިއިރު އަންޖޫދާގެ ނަން ޑިސްޕްލޭއަށް އަރާފައި އޮތުމުން އޭނާގެ މޫނުމަތިން ފާޅުވީ ރުޅިވެރިކަމެވެ. ބިޒީކޮށްލުމަށްފަހު އޭނާ ފޯނުވެސް އެއްކޮށް ނިވާލަމުން ޖީބައްލައި ދެލޯ މަރާލިއެވެ. އެ މަކަރުވެރި އަންހެނާގެ ނަން ވެސް އެހިތުން ފިލުވާލުމަށް އޭނާ އަޒުމްކަނޑައެޅިއެވެ.

***

ޑްރެސިންގް ޓޭބަލް ކުރިމަތީގައި އިން އަންޖޫދާއަށް ދެލޯ ހަނިކޮށްލެވުނީ ރާހުލްގެ ފޯނު ނިވާލާފައި އޮތުމުންނެވެ. އަނެއްކާ ރާހުލްއަށް ކަމެއްވީބާއޭ ހިތަަށް އެރުމުން އެ ހިތުގައި ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. ކަންފަތުގައި ޖަހައިގެން ހުރި ފޯނު މޭޒުމަތީގައި ބާއްވާލަމުން އޭނާ އަވަސް އަވަހަށް ބޮލުގައި ފުނާއަޅާލިއެވެ. އަދި އެއަށްފަހު ކޮޓަރިން ނިކުތީ ހާސްވެ ހުރެއެވެ.

“އާޔާ އެބަހުރި ހޯދަން އައިސް.. ބުނި ޖޭމު ގަސްދޮށުގަ ހުންނާނަމޯ..” އަންޖޫދާ ނިކުތުމާއެކު ސޯފާގައި އިން އާމިނާ ބުނެލިއެވެ. އާޔާ އޭ ބުނުމުން އަންޖޫދާ ކުޑަކޮށް ހައިރާންވިއެވެ. އޭނާ ރާހުލް އާ ގުޅުނު ފަހުން އާޔާ އޭނާއާ އަނގައިން ވެސް ނުބުނެއެވެ.

“އާޔާއޭ؟” އަންޖޫދާ އެހެން ބުނެލަމުން އަވަސް އަވަހަށް ގޯތިތެރެއަށް ނިކުމެ ބަލާލިއެވެ. ޖޭމު ގަސް ދޮށުގައި އާޔާ ނެތުމުން އަންޖޫދާ މާޔޫސްވިއެވެ. ދެން އާޔާ ދުވަހަކުވެސް އޭނާއާ ވާހަކަ ނުދައްކާނެބާއޭ އެހިތަށް އެރިއެވެ.

“މަންމާ.. އާޔާއެއް ނެތް..” އެނބުރި ގޭތެރެއަށް ވަންނަމުން އަންޖޫދާ އެހެން ބުނެލީ މަޑުމަޑުންނެވެ. އެންމެ ގާތް އެކުވެރިޔާ ގެއްލުމުން ދެރަނުވާނީ ކާކު ހެއްޔެވެ؟

“އެކަމު އޭރު އައޭ… ބުނި އަންޖޫ އަންނަން ދެން މަޑުކުރާނަމޯ ވެސް….” އާމިނާ ބުނެލިއެވެ. އިތުރު އެއްޗެކޭ ނުބުނެ އަންޖޫދާ އަނެއްކާ ވެސް ނިކުމެލީ ގޯތިތެރެއަށެވެ. ރާހުލް ފެންނަން ހުރިތޯ ބަލާލުމަށްފަހު ފެންނަން ނެތުމުން އޭނާ އަނެއްކާވެސް އައިސް އާމިނާ ގާތުގައި އިށީނެވެ. އާމިނާ އަންޖޫދާއާ ދިމާއަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. އަނެއްކާ ޒުލޭހާ އެދައްކަނީ ހަމަ ތެދު ވާހަކައެއްބާއޭ އެހިތަށް އެރިއެވެ. އަންޖޫދާ އިރުއިރުކޮޅާ ބޭރަށް ނަޒަރު ހިންގާލާކަން އާމިނާއަށް ފާހަގަކުރެވުނެވެ.

“ކާކު އާދޭތޯ ތި މާވަރަކަށް ބޭރު ބަލަނީ؟” އާމިނާ ރުންކުރު ގޮތަކަށް އެހެން އަހާލުމުން އަންޖޫދާ ދިއައީ ސިހިގެންނެވެ. އެއްޗެކޭ ނުބުނެ އޭނާ ދެއަތް ދެއަތާ މޮޑެމުން އިސްޖަހާލިއެވެ. “އާޔާ އާދޭތޯ..” އަންޖޫދާ ދޮގެއް ހަދާލިއެވެ. ހަޤީޤަތުގައި އޭނާ ބޭރު ބަލަމުން އެދިއައީ ރާހުލް ފެނޭތޯއެވެ.

***

ރޭގަނޑު 11 ޖެހިތަނާ ރާހުލް އައިސް އޭނާގެ ފަތްޖެހިއެނދުގައި ޖައްސާލީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ޖީބުގައި އޮތް ފޯނު ނަގައި ދެޚިޔާލެއްގައި ހުރެ އޭނާ އެ ހުޅުވާލީ މިރޭ އޭނާގެ މަންމަމެންނަށް ގުޅާލަން ޖެހޭތީއެވެ. ފޯނު ހުޅުވުމާއެކު އަންޖޫދާގެ ކޯލެއް އަންނަން ފެށުމުން ރާހުލްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެއްފަހަރު ބިޒީކޮށްލުމުންވެސް އަންޖޫދާ ދެވަނަ ފަހަރަށް ގުޅަން ފެށިއެވެ. އެވަގުތު ރާހުލް އައި ރުޅީގައި އެ ފޯނު ނެގިއެވެ.

“ހެލޯ؟ ރާހުލް؟ ކީއްވެތަ ފޯނު ނުނަގަނީ؟ ފޯނު ނިވާލައިގެން ކީއްކުރަނީ؟ އަހަރެން ހާސްވާނެކަމެއް ނޭނގޭތަ؟ އަހަރެން ހީކުރީ ރާހުލްއަށް ކަމެއްވީ ކަމަށް..” އަންޖޫދާ ހާސްވެފައި ހުރެ އެއްފަހަރާ ހުރިހާ އެއްޗެއް ކިޔާލިއެވެ.

“އަހަރެންނަށް ކަމެއް ވިޔަސް އަންޖޫދާ ދެރަވަނީ ކީއްވެ؟” ރާހުލް އަހާލިއެވެ. އެއަޑުގައިވާ ނުރުހުން އަންޖޫދާއަށް ވަގުތުން ފާހަގަވިއެވެ.

“ރާހުލް.. ކިހިނެއްތަ ވީ؟ އެއީ އަހަރެން ރާހުލް ދެކެ ލޯބިވާތީއެއްނު؟ ރާހުލްއަކަށް ނޭނގޭތަ އަހަރެން ރާހުލް ދެކެ ލޯބިވާ ވަރެއް؟” އަންޖޫދާ ދެރަވެފައި ވާހަކަ ދެއްކިއެވެ. މިކަމުން ރާހުލްގެ ހިތަށް އަސަރުކުރި ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހަނދާނަށް އައީ އެ ރެކޯޑިންގް ގައި އަންޖޫދާ ކީ އެއްޗިއްސެވެ.

“ލޯބިވޭތަ؟ އަންޖޫތާ ތިކުޅެނީ ކުޅިވަރެއް… އަަހަންނަށް ވެސް މިހާރު އެނގެނީ… އާޔާ ހުރިހާ އެއްޗެއް އަހަންނަށް ކިޔާދިން.. ހީކުރީދޯ އަަހަރެން ނިކަމެތިވީމަ އެކަމުގެ ފައިދާ ނެގޭނޭ! ނަޝްފާއަށް ލަނޑުދޭން ވެސް ތީ ބޮޑު ވަރު… ތި ކުޅެލީ އަހަރެންގެ ހިތާއޭ…” އެންމެ ފަހު ޖުމްލަ ރާހުލްއަށް ބުނެލެވުނީ ކުރެހިފައިވާ އަޑަކުންނެވެ. އޭރު އެދެލޮލަށް ތާޒާ ކަރުނަ ޖަމާވާން ފަށައިފިއެވެ. ރާހުލް އެދެއްކި ވާހަކައިން އަންޖޫދާގެ ދެލޯ ބޮޑުވެގެން ދިއައެވެ.

“ނޫން ރާހުލް..” އަންޖޫދާ އަށް އެހިސާބަށް ބުނެވުނު ތަނާ އަނެއްކާ ވެސް ރާހުލް އޭނާގެ ވާހަކަ މެދު ކަނޑާލުމަށްފަހު ވާހަކަ ދެއްކިއެވެ.

“ދެން އަހަރެން ފެންނަ ހިސާބަށް ވެސް ނާންނާތި… މިހާރު އަންޖޫދާ ތީ އަހަރެން އެންމެ ނަފުރަތު ކުރާ މީހާ..” ރޮވިފައިވާ އަޑަކުން އެހެން ބުނުމަށްފަހު ރާހުލް ފޯނު ކަނޑާލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކޯތާފަތް މަތިން ރޮނގަކަށް ކަރުނަތައް ފައިބަމުން ދިޔައިރު އެތަނުގައި ރާހުލްގެ މަޑު ގިސްލުމުގެ އަޑު ހިފާލާފައި ހުއްޓެވެ.

***

ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަންޖޫދާގެ މޫނުމަތިން ފެންނަނީ ހާސްކަމާ ކަންބޮޑުވުމެވެ. ރާހުލްއަށް އެތައް ފަހަރަކު ގުޅިއިރުވެސް ފޯނު ނުނެގުމުން އޭނާ އިތުރަށް މާޔޫސްވާގޮތް ވިއެވެ. އޭނާއަށް ރާހުލް އަބަދުގެ އަބަދަށް ގެއްލިދާނެކަމަށް ހީވާން ފެށުމުން އެދެލޯ ފެންކަޅިވެގެން ދިއައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިއައީ ރާހުލް ގާތު އެވާހަކަ ދެއްކީ އާޔާ ކަން ހަނދާންވުމުންނެވެ. ބާރުބާރަށް ގޮސް އެނދުގައި އިށީންނަމުން ފޯނު އަތަށް ހެޔޮވަރުކޮށްލިއެވެ. އާޔާގެ ނަންބަރު ހޯދައި ގުޅާލުމާއެކު އެކޮޅުން އޮންނަނީ ފޯނު ނިވާލާފައި ކަމުގައި ބުނުމުން އަންޖޫދާގެ ރުޅި އިތުރަށް ގަދަވިއެވެ.

“އާޔާ!!!” އެނދުމައްޗަށް ވެއްޓިގަންނަމުން އަންޖޫދާ ބާރަކަށް ގޮވާލިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އޭނާއަށް ރޮވެން ފެށިއެވެ. އެންމެ ގާތް އެކުވެރިޔާ އޭނާއަށް އެފަދަ ގޮތެއް ހަދައިފާނެކަމަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ރާހުލް އާ އޭނާގެ ގުޅުމަށް ނުރުހުނު ނަމަވެސް އާޔާ އެދެމީހުން ދުރުކުރާނެ ކަމަކަށް އަންޖޫދާ ހިޔެއް ނުކުރެއެވެ.

ގަޑިން ބާރަ ޖެހި އިރުވެސް އަންޖޫދާއަކަށް ނުނިދުނެވެ. ރާހުލް އޭނާއަށް ނަފުރަތުކުރާކަން އެނގި ހުރެ ވެސް އަންޖޫދާ އިރުއިރުކޮޅާ ރާހުލްގެ ފޯނަށް ގުޅާލައެވެ. އިތުރަށް ކެތް ނުވުމުން އޭނާ ކޮޓަރިން ނިކުތީ ރާހުލްގެ ގާތަށް ދިއުމަށެވެ. ސިއްރު ފިޔަވަޅުތަކެއްގައި އޭނާ ކޮޓަރިން ނިކުތުމާއެކު އެރުނީ އާމިނާގެ ކުރިމައްޗަށެވެ. އާމިނާގެ ދެބުމަ ގޮށް ޖެހިފައިވާއިރު އޭނާ އާ ދިމާއަށް ބަލަން ހުރި ގޮތުން އެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.

#ނުނިމޭ#

 

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

varah avahah annany

Next

އިންތިހާއަށް އާދޭސް 6…

Next
September 28, 2016

އިންތިހާއަށް އާދޭސް 6…

Previews
September 28, 2016

varah avahah annany

28 Comments

  1. Liaa says:
    September 28, 2016 at 9:43 pm

    Hi.. Sat ge kurin up kurevijje 🙂 Next part ves up kuraanan veehaaves avahah… Next Satadayge kurin up kureveythw balaanan

  2. Liaa says:
    September 28, 2016 at 9:48 pm

    Becoz mi dhuvas kolhu Liaa v busy and m sick also.. And tonite Doc ah dhakkan Male’ ves dhan… Thats why.. I hope u guys understand

  3. Nimsh says:
    September 28, 2016 at 9:49 pm

    Yay…. I am first dhw…☺☺☺☺

    1. Liaa says:
      September 28, 2016 at 9:56 pm

      hehe.. yess Nimsh 🙂 U r first

  4. jee says:
    September 28, 2016 at 9:50 pm

    Its ok..:-) jee 1st dhw…adhi nukiyan…kiyaafa commenteh kollaanan

    1. Liaa says:
      September 28, 2016 at 9:57 pm

      Nimsh mifaharu 1st ee 🙂 hehe… Yess .. kiyaalaafa comment eh kollahchey

  5. Ushaa says:
    September 28, 2016 at 9:52 pm

    Vvvvvvvvvvvvvvvvvvvvvvvv salhiii.. Aayavx dhn dw… E ulhey Zuleyha gandakaa hadhaigen vaahaa kanthah.. Alhey Liaa.. Zuleyhaayah hithun nufilaavaruge bondi eh dhiifa maithiri kollabala..

    1. Liaa says:
      September 28, 2016 at 9:59 pm

      hehe.. Zuleyhaa ah bondi eh adhi libeyne kanneynge dhw 🙂
      Thankyw Ushaa …

  6. jee says:
    September 28, 2016 at 10:01 pm

    Sorry,jee 2nd dhw:-D…V rythi…ekam thankolheh kury… get well soon liaa….

    1. Liaa says:
      September 28, 2016 at 10:06 pm

      Thankss jee 🙂 Ekam kuree part ah vure mi part dhigu vaane….

  7. Nern.. says:
    September 28, 2016 at 10:02 pm

    Haadha lahuhney mi vaahaka uo kohdhenee.. anyways.. ummm.. this Nern ge favorite story.. i love midhaagoiyh..

  8. Nern.. says:
    September 28, 2016 at 10:04 pm

    Up* and mi kudhin haadha first beynun veyey dhw.. stry varah reethi. Keep it up dear..

    1. Liaa says:
      September 28, 2016 at 10:08 pm

      Sorry Nern 🙁 Hama busy veema las vee… Baeh kudhinnah heeve dhaane bahanaa ey mi dhakkanii.. ekam Liaa dhogeh nuhadhan… Allah dhenevodigen vaane

  9. Nern.. says:
    September 28, 2016 at 10:17 pm

    Its ok dear.. thi kahala ehves ehcheh Nern ge hithakah naaraa.. kehmadhuvaa varun ehen bunevenee…

    1. Liaa says:
      September 28, 2016 at 11:14 pm

      Thanks Nern… 🙂 for understanding <3

  10. Aisha says:
    September 28, 2016 at 10:35 pm

    Wow……v v v nice ingey…..thankolheh lahee dw but ok

    1. Liaa says:
      September 28, 2016 at 11:15 pm

      Thankss Aisha ..

  11. ASARU says:
    September 28, 2016 at 11:03 pm

    KADA EH NUNE

  12. xprincess says:
    September 28, 2016 at 11:18 pm

    Thannkss liaa .. buni dhuvaha vure kurin up kolleema… v v salhi… alhe aaminaa ah bust veetha? Alhe liaa…. ajoo aa raahul aa dhuru kuree keevve?

    1. Liaa says:
      September 28, 2016 at 11:19 pm

      Thankyw Xprincess 🙂 Lets see dhw wat heppans…

  13. flower says:
    September 28, 2016 at 11:42 pm

    V v v v reethi stry kuriyah dhaa goi.. keep it up Liaa ?????????????????

  14. Khajja says:
    September 29, 2016 at 12:56 am

    V v habeys n aayaa kykkurantha zuleyhaa ehyma ebumy dhw n kykkuran dhe loabiveringe dheythere ah aayaavannany.. emme fahun aaminaa avves bust v dhw kihaa varakun dhaanebaa waitin n thanks liaa

  15. Thaam says:
    September 29, 2016 at 3:06 am

    Nice

  16. Sabeeha says:
    September 29, 2016 at 10:55 am

    v salhi…?

  17. Shaa says:
    September 29, 2016 at 11:39 am

    wow ?

  18. harry says:
    September 29, 2016 at 4:31 pm

    Keep going liaa…. v v v reethi mi part ❤❤❤❤

  19. tellii says:
    September 30, 2016 at 12:39 pm

    ❤❤❤❤❤❤

  20. Liaa says:
    October 4, 2016 at 10:56 am

    Thankyw all <3

Comments are closed.

All Right Reserved!