ހިނިތުންވުމުން 2
އަންހެން ކުދިންދެކެ އިންތިހާއަށް ނަފްރަތުކުރާއިރު ތަޤުދީރު ކުރާ ސަމާސާ ނިކަން ދެކިބަލާށެވެ…………………………………………………………………………………..
ރީތި ދިގު އިސްކޮޅެއް ލިބިފައިވާއިރު، ކޮނޑައްވުރެ ތިރިއަށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި ވަނީ މަޑު މުށިކުލައެކެވެ.
” އޯހް….ކަމް އޯން ނީޝް…..ގެޓް ވެބަ…މިކިޔާއެއްޗެއް…! ޒޯގެ ހިތް އަތުލެވޭވަރުގެ ބޯއީ އެއް މިރާއްޖޭގަ ކީއްކުރަން މިދުނިޔޭގަވެސް ނޫޅޭނެ! މިނޫނަސް ކިތައް ޑޮކްޓަރުންނަށްތަ ކައްކާފަ ކާންދޭނީ.. ހިތް ރޫޖެހިޖެހިފަ މަޑު ކަފަކޮޅަކަށް ނުވެޔޭ! ނީޝްއަށް އެނގޭނެ ބޯއީސް ދެކެ ޒޯ އަންނަ ރުޅި! ދޮންމަންމައަށް ފަސޭހަކޮށްދޭން ބައެއްފަހަރު މިހެން އުޅުނަސް ……އަމުދުން ރަޝިޔާ ދޮންބުޅަލަކަށް މިޔައޯ….މިޔައޯ…ކިޔަމުން ފަހަތުން ހިނގާނެތަ؟ ގެޓް ލޮސްޓް….ހައްހައްހާ…
މިޔައޯ” ކުއްލިއަކަށް ޒޯރާ ސިހުނީ ފަހަތުގަ މީހަކު ހުރިކަމުގެ އިޙްސާސް ކުރެވިގެންނެވެ. ފަހަތައް އެނބުރި ބަލާލުމާއެކު އަތުގައިވާ ކޮފީ މަގު ނުވެއްޓި ސަލާމަތް ވީ ހަމަކިރިޔާއެވެ. ހާދަ ޒުވާން ޑޮކްޓަރ އެކެވެ. ޑޮކްޓަރ އަކަށްވުރެ ވައްތަރީ މޮޑެލް ކުރާ ޒުވާނަކާއެވެ. އެދެލޮލުގެ ޖާދުލުން އަންހެންކުދިން ލަދުގަންނަވާލާނެކަން ކަށަވަރެވެ. ހިތައް އެރި އެއްޗިހިން ރުޅިގަދަވުމާއެކު، ދެލޯ ބޮޑުކޮށްލަމުން ހިތްހަމަޖައްސާލީ ދިވެހި ނޭގޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ.
“ވަޓް….މަށަކީ ރަޝިޔާ ދޮންބުޅަލެކޭ…! ހުއް….އައެމް މުޙައްމަދު ޒެފަން ފްރޮމް މޯލްޑިވްސް އެންޑް ރަޝިޔަން…..އަދި އެއްވާހަކަ، މިއީ ފުރިހަމަ މުސްލިމެއް…ތިކުއްޖާ ކޮށިގަނޑަކަށް ލާގެން ގެންގުޅޭ ބުޅާގަނޑެއް ނޫން..! އެކަމް ވަރަށް ބަނޑުހައި ވެއްޖެ…ހެނދުނުގެ ނާސްތާ ލިބިދާނެތޯ؟ މޯލްޑިވިއަން ކެޓް…!” އާ ނަމަކުން ޒޯރާއަށް ގޮވާލަމުން ހެނދުނުގެ ނާސްތާއަށް ޒެފަން އެދުނީ ކުޑަ ހިނިތުންވުމަކާއެކުއެވެ. ޒޯރާ ފަހަތައް ޖެހެމުން ދިޔައީ، ބިރުވެރިކަމާ، ސިހުމާ، ލަދުވެތިކަން، ހިތައް ވެރިވެގެންނެވެ. ޒެފަން އަކީ ދިވެއްސެއްތޯ ސުވާލު ކޮށްލެވުނުއިރު މެދުމިނުގެ ދޮންމޫނު ލަދުން މޯޅިވެއްޖެއެވެ. ބިން ފަޅާފަ އަޑިޔަށް ދޭތޯ ހިތައް އެރި އަދަދެއްވެސް ނޭނގެއެވެ. މިނޫނީ ދުވަހަކުވެސް ފިރެހެނަކުދެކެ ލަދުން އިސްޖެހުނު ދުވަހެއް ނާދެއެވެ. ޒެފަން ހިނިތުން ވެލާއިރު ހާދަ ހިތްގައިމެވެ.
ހިތް ހަމައަކަށް އަޅުވާލަމުން، ލަދުވެތިކަން ފޮރުވާލާފައި،ޒެފަންއަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރި އިރު، ލޮލުގެ ހިމަކޮޅުން ދިވެއްސަކާ ވައްތަރުތޯ ބެލުނު އަދަދެއްވެސް ނޭނގެއެވެ. އެހެރަ ރީތި ކަމެކެވެ. ދުނިޔެމަތީ ކަމެއްބާއެވެ. ފިރެހެނުންނަށް ނަފްރަތް ކުރަން ބޭނުންވާއިރު، މިކަހަލަ ރީތި ޒުވާނަކާއެކު އެކަހެރި ގެއެއްގައި އުޅޭކަށް ލާހިކެއް ނޫނެވެ. ގިނަވަގުތު ދޮންމަންމަ ފޮނުވޭތޯ ބަލަންވީއެވެ. ދިވެހި ކެއުން ތައްޔާރު ކުރަން ބުނުމުގެ ސިއްރަކީ މިއީތާއެވެ. އެކަމަކު ދޯ!…އެއޮށް ކިޔުނު އެއްޗިހިތަކެއް…އެ ނީޝްއަކާ ހެދި ވާގޮތްގޮތޭ…ޒޯރާ ރުޅިއައިވަރުން އިޙްތިޔާރަކާނުލާ ރަޝިޔާ ދޮންބުޅަލޭ ބުނެވުމާއެކު..ލަދުން ތުންފަތުގައި ދަތްއަޅާލެވިއްޖެއެވެ.
“އޯ ގޯޑް…ތިހެން ބޭނުން އެއްޗެއް ކިޔުމުގެ ފުރުސަތެއް ނުދެންއިނގޭ” ޒެފަން ޒޯރާ ރުޅިއަރުވާލަން ރިހަލޮނު ގަދަކަމަށް ބުނެލިޔަސް، ހަގީގަތުގާ ރިހަ ވަރަށް މީރެވެ. މީން ދުވަހަކު ހިތްހަމަ ޖެހިލައިގެން ހެނދުނުގެ ނާސްތާ ނުކުރާވަރަށް ނާސްތާ ކުރެވިއްޖެއެވެ. ނާސްތާ ކޮށް ނިމިގެން، ފެން ތަށީގައި ތުން ޖެހިތަނާ ފޯނު ރިންގުވާތީ ނެގީ ބައްޕަގެ ކޯލެއްކަން އެނގޭތީއެވެ. ފޯނުން ވާހަކަ ދައްކަމުން ބުނެލީ، ވަރަށް ހިތްގައިމު ރަށެއްކަމާ، ގެއާމެދު ވަރަށް ހިތްހަމަ ޖެހޭކަމެވެ. ހެނދުނުގެ ސައި މީރުކަމަށް ބުނެލީ ރޫހީއާ ދިމާލަށް ވައްތަރެއް ޖައްސާލަމުންނެވެ. އަދި މަންމަ އާއި މާމަ އާ ވާހަކަ ދައްކާނިމުމުން ކޮއްކޮ އަށް ގުޅާލިއެވެ.
” ހޭ…އާކް….ސަޅި ރަށެއް މީ…އެކަމް އަދި ރަށުތެރެ ބަލާލަން ނުދެވިގެން މިއުޅެނީ…މީހުން ވަރަށް ކައިންޑް ހެން ހީވަނީ…… ބައެއްފަހަރު މާހައުލުވެސް ބަދަލުކޮށްލަންޖެހޭނެ އާކް……ރާއްޖެއައިސް ޖައްސާލަންވާނެ މިރަށައް އަދި….ހޫމް ހޫމް…އެއްކަލަ……. އާކްއަށް ކަމުދާ ގާލް އެއް ނޫޅޭނެ މިރަށަކު…އުޅުނަސް އާކްގެ ޓައިޕެއްނޫން…..” އަދި ގޭގަ ދޮން ބުޅަލެއް އޮންނަކަމަށް އާކިންކައިރީ ބުނެލަމުން ހީލީ ޒޯރާ މޫނަށް ޖައްސާލި ވައްތަރު ފެނިފައެވެ. ހަތަރު މީހުންނަށް ނާސްތާ ކުރެވޭވަރުގެ ބިއްލޫރި މޭޒުމަތީ ފޯނުބާއްވާލަމުން ޒޯރާއަށް ނަޒަރެއް ދިނީ ހައިރާން ކަމާއެކުއެވެ. އަންހެން ކުދިންދެކެ މިވަރަށް ރުޅިއަންނަ އިރު މިކުއްޖާ ދެކެ ރުޅިނާދެވެނީ ކީއްވެބާއެވެ. މިކުއްޖާ ރުޅިއަރުވާލެވުމުން ހިތައް ހަމަޖެހުން ލިބޭތީބާއެވެ! ކެއްކުމަށާ، ގެސާފުކުރުމަށް ހަމަޖެހިފަވާ ކުއްޖަކީ ޒޯރާ ކަމުގައި ވުމުން ތުންފަތައް ލުއި ހިނިތުން ވުމެއް ވެރިވިއެވެ.
ވަރުބަލި ވެފައި ހުރުމުން، ކޮޓަރިއަށް ޖައްސާލަން ދަމުން ބުނެލީ، މެންދުރަށް މަސްފިހެފަ، ގަރުދިޔަ ހަދާލުމުން ރަނގަޅުވާނެކަމަށެވެ. އަދި އެއްގަޑި ބައިގަ ނުހޭލެވިއްޖެނަމަ ދޮރުގައި ޓަކިޖަހާލުމަށް ބުނެލީ، ގަޑިއަށް ކެއުމަކީ މުހިންމު ކަމެއްކަމުގައި ދެކޭތީއެވެ. ކޮޓަރިއަށް ވަދެ، ފެންވަރާލައިގެން ޖައްސާލެވުނީ ވެފައިހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. އެއާއިއެކު ދެލޯ މެރި ނިދީގެ ތެރެއަށް ވާސިލް ވެއްޖެއެވެ.
ސާއިރާ އަހަރެން ހާދަދެރަވެއޭ އެސޮރު އެހެން އުޅޭތީ….ދުވަހަކު އަމިއްލަޔަށް އުޅުނުސޮރެއްނޫން …ކިހިނެއް ރާއްޖެތެރޭ ރަށަކަށް އެކަނި ގޮސްއުޅޭނީ…. އެކަމް ޒެފަންގެ ހިޔާލަށް އަހަރެމެން ވާނެ ތާއީދު ކުރަން…ނޫނީ އަހަރެމެންނާ ދުރަށް ގޮސްދާނެތީ ވަރަށް ބިރުގަނޭ….މިހާރު ހިތައް އަރާ ސާއިރާގެ ކޮއްކޮއާ ކާވެނި ކުރަން ބާރުނޭޅުނުނަމައޭ….އެކަމަކުވެސް ދުވަހަކު އަންހެންކުއްޖަކާ ނުގުޅޭނެކަން އެނގޭތީ ނޫމާއާ ކާވެނި ކުރަން ބުނީވެސް…..ނޫމާވެސް ކަންތައްކުރީ ރަނގަޅަކަށް ނޫން….އެހެންވެ ޒެފަން އެކަހެރި ވެލަން ރާއްޖެތެރޭ ރަށަކަށް އެދިޔައީ…..ނައީމްގެ އަންހެނުން ސާއިރާއާ ވާހަކަ ދެއްކިއިރު ހުރީ ނިކަން ދެރަވެފައެވެ.
އަހަންނަށް ވެސް އެނގޭ ނުމާކޮއްކޮ ކަންތައްކުރިގޮތުން ޒެފަން އިތުރަށް ދިރިއުޅުންމަތިން ފޫހިވާނެކަން….އެކަމަކު އަހަރެމެންނާ ދުރަށް ދިޔައީމަ ކިހާދެރަވާނެ….އަހަރެންގެ ބަނޑުން އުފަންނުވިޔަސް އަމިއްލަ ދަރިންނަށްވުރެ ލޯބިވޭ ޒެފަންދެކެ….އާކިންއާ، މަލަކާ ވެސް ނުލާހިކު ލޯބިވާނެ ޒެފަންދެކެ….އެދުވަހަށްފަހު ނޫމާކޮއްކޮއާ ވާހަކަވެސް ނުދައްކަން އަހަރެން….އެދުވަހު އަރެން ހާދަދެރަވިއޭ…ހާދަ ރުއީމޭ…..ނޫމާގައިގާ ޖަހަން އަތްނަގާފަވެސް…އަމިއްލަނަފްސު ހަމަޔަކަށް އަޅުވާލީ……..ކޮފީގިރަން ހުރިއިރު ސާއިރާ ދެރަވެފައިވާވަރު މޫނުމަތިން ހާމަވެގެން ދެއެވެ.
ސިޓިންރޫމްގެ މާވަށިގަނޑު ކައިރީ މިވާހަކަތައް އަޑުއަހަން އިތުރު ކަންފަތެއް ހުރިކަމެއް ސާއިރާމެންގެ ދެމަފިރިންނަށް ރޭކާނުލީ ވެފާހުރި ދެރައެއްގެ ސަބަބުންނެވެ….
މާވަށިގަނޑު ވެއްޓި ތެޅުނު އަޑުން މުޅި މާހައުލު ގުގުމާގެން ދިޔައެވެ……..
ނުނިމޭ
115 Comments
Comments are closed.
vv reethi..??
Inaaa hadha molhey..ekm thankolheh dhigu koh up kohdhyaaa..kiyaaa hivaanii ..
Mashaa Allah..whn next??
Waiting waiting
Miee hama second part thr ???