ދޭނަން ހިތާ ޖާނާ (29)
“އެހެންވީމަ އަހަރެން ވިސްނާފައި އޮތީ ހަމައެކަނި އައިފާ ލޫތްގެ ދިރިއުޅުމުން ދުރުކޮށްލުމެއް ނޫން.. އަހަރެން ބޭނުމީ އޭނާގެ ވަސްވެސް ފިލުވާލަން.” ލީނާ މިހެން ބުނުމުން އާޒިމާގެ ދެބުމަ ގޮށްޖެހުނެވެ. “ނުވިސްނުނު.” އާޒިމާ އިތުރަށް އޮޅުން ފިލުވުމަށް އަހާލިއެވެ. “އެންމެން ހީކުރަނީ އައިފާއަށް އެދިމާވީ އެކްސިޑެންޓްއެއް ކަމަށް ދޯ.. ބުނަންތަ ސިއްރެއް.. އެއީ އަހަރެން ރާވައިގެން ކުރުވި ކަމެއް.” ލީނާ ބުނެލި ވާހަކައިން އާޒިމާ ސިހުނެވެ.
އެއްޗެއް ބުނަން ނޭނގިފައި އިންއިރު އޭނާ އިނީ އެވާހަކަ ޤަބޫލު ކުރަން ވެސް ދަތިވެފައެވެ. އައިފާއަށް ކަންތައް ދިމާވި ގޮތުން އެއީ މީހަކު ރާވައިގެން ކުރާނެ ކަމެކޭ ހީވެސް ނުވެއެވެ. އާޒިމާ މޫނަމަތިން ހަމަޖެހޭ ކަމަށް ހެދެމުން ވާހަކަ ދެއްކިއެވެ. “ރާވައިގެންނޭ؟ މީހަކަށް ޝައްކު ވެސް ނުވޭ.” އާޒިމާ އަހާލިއެވެ.
“އަސްލު އެކަން އެހައި ފަސޭހަވީ ޒޭންގެ ސަބަބުން. އަހަރެން ލޫތްއާއި ކޮންޓެކްޓް ކަނޑާލިފަހުން މިކަން ރާވަމުން އައީ. އައިފާ އޮފީހަށް ދާގަޑިއާއި ގެއަށް އަންނަ ގަޑިއާއި އެހުރިހާ އެއްޗެއް އަހަރެން ވަރަށް ރަނގަޅަށް ބެލިން. އެކަމަކު އަބަދު ލޫތް ކައިރިގައި ހުންނާތީ އެކަން ކާމިޔާބު ނުވަނީ..” ލީނާ ރެޑް ބުލް ތައްޓަށް އަޅާލަމުން ވާހަކަދެއްކިއެވެ.
އޭރު އާޒިމާ އިނީ އޭނާގެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ. “ލޫތް އިންނަން އުޅޭ ވާހަކަ އިވުމުން އަހަރެން އިތުރަށް މަޑުކުރަން ބޭނުން ނުވީ. ނަސީބަކުން ލޫތް ރަށުން ބޭރަށް ދިޔަ ދުވަސް އެއީ އަހަންނަށް ލިބުނު ރަނުގެ ފުރުސަތު.. އަސްލު އޭރު ވެސް ޔަޤީނެއް ނޫން އައިފާ ގެއަށް ދާނީ އެކަނި ކަމެއް. އެކަމުވެސް އަހަރެން މިކަން ކުރަން ހަވާލު ކުރި މީހާ ފޮނުވީ. އެދުވަހު އޭނާ ދިޔައީ އައިފާ ފަހަތުން ދެން އިއްތިފާޤުން ހަމަ ޒޭން އެދުވަހު މަގުމަތީގައި އެކުޅިގަނޑެއް ކުޅެލީ.. ޑްރައިވަރު ވަގުތު ބަލާފައި އައިފާ ގައިގައި ޖެއްސީ.. ހީވެސް ނުވޭ ދޯ ރޭވުން ގަނޑެކޭ.” ލީނާ ފަހުރުވެރި ކަމާއި އެކު ބުނެލިއެވެ.
އެވަގުތު އާޒިމާ އައި ރުޅީގައި އަތުން ފައިން ގޯހެއް ނުހެދުނީ ކިރިޔާއެވެ. “އާނ.. އަހަރެން ހަމަ ހައިރާން ވެއްޖޭން.” އާޒިމާ އެއްބައި ވެލަމުން ބުނެލިއެވެ. “ނަސީބު އޮތީ އަހަރެން ކޮޅުގައި.. އެކަމަކު އެހައި ފަސޭހައިން އެކަން ކުރެވުނު އިރުވެސް އެ އައިފާ އަދިވެސް އެހުރީ ދުނިޔޭގައި.. އެހައި ވަރު ވީއިރުވެސް. އެހެންވެ އަހަރެން އަމިއްލައަށް މިކަން ނިންމަން މިއައީ.” ލީނާ ވިހަ ގޮތަކަށް ހީލަމުން ބުނެލިއެވެ.
“އަހަރެން ހަމަ ހައިރާން ވެއްޖޭން.. ލީނާ އަހަންނަށް ވުރެ ކުޅަދާނަ.. އެކަމަކު މިފަހަރު ވާނެ މިކަން ނިންމަން.” އާޒިމާ ވިސްނާލުމަށްފަހު ބުނެލިއެވެ. “އަހަރެން މިހިރީ ލީނާ ކޮޅަށް. އެކަކަށް ވެސް ޝައްކެއް ނުވާނެ. ކީކޭ ބުނަނީ؟” އާޒިމާ އެއްބުމަ އަރުވާލަމުން އަހާލިއެވެ. “އަހަރެން ބުނާނީ އާނއެކޭ.. ޑީލް.” ލީނާ ރެޑް ބުލް ތަށި ހުސްކޮށްލަމުން ބުނެލިއެވެ.
ހިނިތުންވެފައި އިން އާޒިމާ އިނީ ލީނާގެ އުޅުން ހުރި ގޮތުން ކޮސްވެފައެވެ. އޭނާ އެހައި ދަށު ދަރަޖައަކަށް ވެއްޓިދާނެއޭ އާޒިމާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. މިއީ އޭނާ ރާވައިގެން އައި ގޮތް ނޫން ކަމުގައި ވިޔަސް ލީނާގެ ވާހަކަތައް އަޑުއިވި އޭނާގެ އެ ކުޅިގަނޑު އެންމެންނަށް ފަޅާ އަރުވާލެވޭނީ މިގޮތުން ކަމަށް އާޒިމާ ނިންމިއެވެ. ލީނާ ކިތަންމެ ހުށިޔާރަސް އާޒިމާއާއި އެއްބައިވާން އެ ނިންމީ ކިރިޔާ ވެސް ވިސްނާލާފައި ނޫންކަން އޭނާއަށް ޔަޤީނެވެ.
****
ނިދިފައި އޮތް އައިފާއަށް ހޭލެވުނީ އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށްށެވެ. އެނދުގައި އަތް ހާކަމުން ފޯނު ގައި އަތްޖެހުމުން އޭނާ ފޯނު ނެގިއެވެ. ކޮޓަރިތެރެއިން އިތުރު މީހެއްގެ ހިލަމެއް ނުވުމުން އޭނާ އެއޮތީ އެކަނިކަން އިނގުނެވެ. “ހަލޯ..” އައިފާ ފޯނަށް ޖަވާބުދިނެވެ.
“އައިފާ.. ބޭބް ސޮރީ އިނގޭ މިއަދު ހަވީރު ނުދެވުނީ.. މިރޭ ތަންކޮޅެއް ލަހުން ގޮސްލާނަން. މަންމަ އެބަ އުޅޭތަ؟” އެކޮޅުން ވާހަކަ ދެއްކީ ލޫތްއެވެ. “ހިއެއް ނުވޭ.. މަޑުކުރައްޗޭ..” އައިފާ މިހެން ބުނެ ދެފަހަރު މަންމައަށް ގޮވާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. “ލޫތް.. މަންމަ ނެތް ކަންނޭގެ. އެކަމަކު އިރުއޮއްސުނު އިރު އައީ..” އައިފާގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ވިއެވެ.
ހަވީރު އާލިމް އާއި އެކީ އަޒުރާ ވެސް އައިސް އުޅުނެވެ. އާލިމް ދިޔުމުން އަޒުރާ ހުރީ މިރޭ ހޮސްޕިޓަލްގައި މަޑުކުރާށެވެ. “ނެތޭ؟ ބޭރަށް ދިޔައީ ކަންނޭގެ އެއްނުން.. މަޑުކުރޭ. އަހަރެން އެބަ ގުޅާލަން.” ލޫތް މިހެން ބުނެފައި ފޯނު ބޭއްވުމުން އައިފާ އެނދުގައި ދެފައި ވަށްކޮށްލައި ގެން އިނެވެ.
ފޯނު ގެނެސް މޭގައި ޖައްސާލައިގެން އިންއިރު ހިތް ނުތަނަވަސް ވާން ފެށިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް ކަމެއް ގޯސް ހެން ހިވާ ކަހަލަ އިހުސާސްއެއްވެ ނޭވާ ކުރުވިއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ކޮޓަރި ތެރެއިން ފޯނު ރިންގުވާން ފެށި އަޑު އިވުމުންނެވެ. އެއީ އަޒުރާގެ ފޯނެވެ.
މަންމަ ފޯނު ބާއްވާފައި ދާނީ ކޮންތާކަށް ބާއޭ އޭނާ ހިތަށް އެރިއެވެ. އައިފާ ވަރަށް ފަރުވާތެރި ކަމާއި އެކު އެނދުން ފައިބައިގެން އަޑުއައި ދިމާއަށް ދިޔައެވެ. ބަންދު ކޮށްފައި ހުރި ކޮޓަރިއެއްގައި އެކަނި ހުރެގެން ނަރުހަކަށް ގޮވިޔަސް ބޭރަށް އެއަޑު އިވުން ނާދިރެވެ. ލަސް ފިޔަވަޅު ތަކެއްގައި ކުރިއަށް ދެތިން ފިޔަވަޅު އެޅިތަނާއި އެއްޗެއްގައި އަޅައިގެންފައި އައިފާ އަނގަވަތަށް ވެއްޓުނެވެ.
ޓައިލްސް ތަކުމަތީގައި ނޭފަތް ޖެހުމާއި އެކީ ހޯސްލާފައި ނޭފަތުން ލޭތަށް ފައިބައިގަތެވެ. ކުއްލިއަކަށް ވީތަދުން އައިފާގެ ހެއަށް ގޮތް ނުވީ ކިރިޔާއެވެ. ނޭފަތުގައި އަތް އެޅިއިރު އިނގިލި ތަކުގައި ދިޔާ އެއްޗެއް ހޭކުމުން އެއީ ލޭކަށް އޭނާއަށް ކަށަވަރުވިއެވެ. ލޭތަށް އަނގަމައްޗަށް ފައިބައި ލޭރަހަލުމުން އޭނާ އަވަސް އަވަހަށް ނޭފަތުގައި ބާރަށް ހިފައްޓާލިއެވެ.
އޭރު ޖެހުނުލެއް ބާރުކަމުން ވެފައި ހުރި އައްސިން ވަމުން ދިޔަ ތަދު އިހުސާސެއް ވެސް ނުވިއެވެ. އައިފާގެ ހަރަކާތް ތައް ހުއްޓުނީ ޓައިލްސްތަކު މަތީގައި އަތް ކާއްތަނިކޮން މީހެއްގެ ފައިގައި އަތް ޖެހުމުންނެވެ. އޭނާ ވަގުތުން ސިހިފައި އަތް ދުރަށް ލެވުނު އިރު އެކިކޮޅުކޮޅަށް އެކަޅި ދަތުރު ކުރަމުން ދިޔައެވެ.
ހަމަގައިމު ވެސް ދެންމެ އެއަތް ޖެހުނީ މީހެއްގެ ގައިގައެވެ. އައިފާ ހިންދިރުވާލުމަށްފަހު ކުރިއަށް ޖެހި އަނެއްކާ ވެސް ކުރިމަތީގައި އޮތް މީހާ ގައިގައި އަތްލިއެވެ. މަޑުމަޑުން އަތް ދަތުރު ކުރަމުން ގޮސް މޫނާއި ހިސާބަށް ދެވުމުން އައިފާގެ ނޭވާ ހުއްޓުނު ކަހަކަލައެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އޭނާ އެމީހެއްގެ ނޭފަތް ކައިރީ އިނގިލި ޖައްސަލީ ނޭވާ ހުރި ތޯ ޔަޤީން ކުރުމަށްށެވެ.
ނަމަވެސް ނޭވާގެ ހޫނުކަން އިހުސާސް ނުވުމުން މުޅި މިހާ ބިރުން ރޫރޫ އަޅާލިއެވެ. އޭރު ނޭފަތުން ފޭބި ލެއިން އޭނާ ލައިގެން ހުރި މަޑު ނޫކުލައިގެ ޓިޝާޓުގެ މޭމަތި ރަތް ކުލައިން ފޭދުނެވެ. “މަންމާ!!” އައިފާއަށް ރޮއެގަނެވުނީ ބޭ އިޚްތިޔާރު ގައެވެ. އޭރު ބިންމައްޗަށް ވެއްޓިފައި އޮތް އަޒުރާގެ މޫނުގައި ހިފައްޓައިގެން އިން އައިފާ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.
އަޒުރާގެ ދެލޯ މެރިފައިވީ އިރު އޭނާ އެވަނީ މިދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ. އަޒުރާގެ މޫނުގައި އައިފާ މޫނު ޖައްސަމުން ރޮމުން ދިޔައެވެ. އޭރު އަޒުރާގެ މޫނުމަތީގައި ވެސް ލޭހޭކިއްޖެއެވެ. މަންމަގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލައިގަނެގެން އިން އައިފާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު މަންޒަރު ފެންނަ މީހެއްގެ ހިތް ފަޅައިގެން ދާހާވަރު ވެއެވެ.
****
އޮފީހުގައި ދެކޮޅަށް ހިނގަ ހިނގަ ހުރި ލޫތް ފޯނު ކަނޑާލުމަށްފަހު ފުން ނޭވާއެއް ލިއެވެ. އައިފާ މަންމަ ފޯނު ނުނެގިތާނގައި މިހާރު އައިފާ ވެސް ފޯނަށް ޖަވާބެއް ނުދެއެވެ. އޭނާ ވަގުތުން މިސްރާބު ޖެހީ ހޮސްޕިޓަލަށް ދިއުމަށްށެވެ. އެދިޔަ މަގުމަތީގައި މިރޭ ދާން އޮތް ބައްދަލުވުވުން ވެސް ކެންސަލް ކޮށްލިއެވެ.
އަވަސް ފިޔަވަޅު ތަކެއްގައި ހޮސްޕިޓަލް ތެރެއަށް ވަދެގެން އައިފާގެ ކޮޓަރިއާއި ހަމައަށް ދެވުނުތަނާއި އެތަނުގައި މީހުން އެއްވެފައި އޮތުމުން އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ލޫތް ދުމެއް ޖަހާފައި އެދިޔަ ގޮތަށް ގޮސް މީހުންތައް ދުރަށް ލަމުން ކޮޓަރި ދޮރު ކުރިމައްޗަށް އެރުނު އިރު ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ.
އެނދުމަތީގައި ގިސްލަ ގިސްލާފައި ރޯން އިން އައިފާގެ މޭމަތީގަޔާއި އަނގަމަތީގައި ލޭ ހުރިއިރު ބިންމަތީގައި ސްޓްރެޗާ އަކަށް ލާފައި އޮތް އަޒުރާ ފެނި ލޫތްގެ ވިސްނުން ސުމަކަށް ދިޔައެވެ. ހިނދުކޮޅަކަށް ހުއްޓިފައި ހުރެފައި ލޫތް ހޭވެރިކަންވެ އެތެރެއަށް ދެމިގަތެވެ. “އައިފާ..” ލޫތްގެ އަޑު ޖެހުމާއި އެކު އައިފާ ތެޅިގެންފައި އަޑުއައި ދިމާއަށް އަތްދިއްކުރިއެވެ.
“ލޫތް.. ލޫތް.” އައިފާ ރޮމުން ލޫތްއަށް ގޮވަމުން ދިޔައެވެ. “ޝޫޝް.. އައި އެމް ހިއާ..” ލޫތް އެ އައިގޮތަށް އައިސް އައިފާ މޭގައި ބޮނޑިކޮށްލިއެވެ. “މަންމަ.. ލޫތް މަންމަ ކިހިނެތް އެވީ.. މަންމާ.” އައިފާއަށް ކިޔޭ ނުކިޔޭ ވެސް ނޭނގެއެވެ. ލޫތް ކައިރީގައި ހުރި ނަރުސް ކުއްޖާ ކައިރި ވީގޮތް އޮޅުން ފިލުވިއެވެ.
އައިފާ ރޮއެގެން އަޑަށް އެތަނަށް ނަރުސް ކުއްޖެއް އައިރު ފެނުނު މަންޒަރާއި އައިފާ އަނގަމަތީގައި ހުރި ލޭތަށް ސާފުކުރަން ނުދިން ވާހަކަ ވެސް ބުންޏެވެ. ލޫތް އަވަސް އަވަހަށް ފޯނުން އާލިމްއަށް ގުޅުމަށްފަހު ލުތުފީއަށް ވެސް ގުޅިއެވެ. އޭރުވެސް އައިފާ ލޫތްގެ ގަމީހުގައި ބާރަށް ހިފައި ގަނެގެން އިނދެ ރޮމުން ދިޔައެވެ.
އަޒުރާގެ ހަށިގަނޑު އެތަނުން ގެންދިއުމަށް މީހުން އައިސް ބޭރުގައި ތިބި މީހުން އެތަނުން ދުރުކުރެވޭތޯ އެމީހުން އުޅުނެވެ. ލޫތް އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެއްފަހަރު އައިފާއަށް ބަލާލެވޭ އިރު އަނެއްފަހަރު އަޒުރާއަށް ނަޒަރު ހުއްޓެއެވެ. އެ ދެލޯ ކަރުނުން ފުސްވިއެވެ. “އިންނާ ލިއްލާހި ވައިންނާ އިލަހި ރާޖިއޫން.” ލޫތް މަޑުމަޑުން މިހެން ކިޔާލުމުން އައިފާ ރުއިމުގެ އަޑު ގުގުމާލިއެވެ.
****
ސޯފާގައި އިން އާޒިމާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. ލީނާއާއި ދޭތެރެ ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނާށެވެ. ލޫތް ކައިރި ބުނަންވީ ބާއޭ ހިތަށް އެރި ނަމަވެސް އޭނާ އަތުގައި އެއިން އެއްވެސް ވާހަކައެއްގެ ހެއްކެތް ނެތެވެ. އޭނާ އައިފާއެއް އެއްވެސް ގޮތެއް ވިޔަކަ ނުދޭނެއެވެ.
ސޯފާއަށް ފައި އަރުވައިގެން އިނދެ މަޑު މަޑުން ދެފައި ހަލުވަމުން ދިޔައިރު ވިސްނި ވަރަކަށް އާޒިމާގެ ބޮލުގެ ރިހުން އިތުރުވިއެވެ. “މަންމާ!” އޭނާ ކުއްލިއަކަށް ސިހުނީ ލައިޝާ ނިކަން ބާރަށް ގޮވާލުމުންނެވެ. ލައިޝާއަށް ކަމެއް ވީކަމަށް ހީކޮށް އާޒިމާ ދުވެފައި ކަހަލަ ގޮތަކަށް އެކޮޓަރިއަށް ވަނެވެ.
އޭރު އާލާ ވެސް އޭނާގެ ކޮޓަރިން ނިކުމެއްޖެއެވެ. “ދަރިފުޅާ! ކިހިނެތްވީ؟” އާޒިމާ ހާސްވެފައި ހުރެ އަހާލިއެވެ. އޭރު އެނދުގައި އިން ސައިލަމް ވެސް އިނީ ވާނުވާ ނޭގިފައެވެ. “މަންމާ.. އައިފާ.” ލައިޝާގެ އަޑުގައިވީ ތުރުތުރު އެޅުން އިވިފައި އާޒިމާ ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އަނެއްކާ އައިފާއަށް ކަމެއްވީބާއޭ އޭނާ ހިތަށް އެރިއެވެ.
“އައިފާ އޭ؟ ކިހިނެތްވީ އޭނައަށް؟” އާޒިމާ އެތެރެއަށް ވަދެ އަވަސް އަވަހަށް އަހާލިއެވެ. “އައިފާ އެއްނޫން. އައިފާގެ މަންމަ. އަޒުރާއްތަ ނިޔާވެއްޖެ.” ލައިޝާ މިހެން ބުނުމާއި އެކީ އާޒިމާ ދެލޯ ބޮޑުވިއެވެ. އެކަން ޤަބޫލު ކުރަން ދަތިވެފައި ހުރިއިރު ލައިޝާ ވީގޮތް އޮޅުން ފިލުވާދިނެވެ.
“ކިހިނެތް ވެގެން މިއުޅެނީ..” ކޮޓަރި ދޮރު ކުރިމައްޗަށް އެރި ނާއިލް އަހާލިއެވެ. “އައިފާ މަންމަ ނިޔާވިއްޔޯ..” ކައިރީގައި ހުރި އާލާ މިހެން ބުނުމުން ނާއިލް ވެސް ސިހުނެވެ. “ބައްޕަ ވެއްޖެ ހޮސްޕިޓަލްގައި.. ދެންމެ ގުޅާފައި އެބުނީ.” ލައިޝާ މިހެން ބުނުމުން އާޒިމާ ހޮސްޕިޓަލަށް ދާން ބުނެ އެތަނުން ނިކުތެވެ. އެހައި ކުއްލި ގޮތަކަށް މި ލިބުނު ޚަބަރުން އެންމެން ވެސް ތިބީ ސިހިފައެވެ.
****
“ކަށު ނަމާދު އޮތީ ފަތިސް ނަމާދަށްފަހު ބޭއްވޭނީ..” ލުތުފީ އާލިމް އާއި ވާހަކަ ދައްކަމުން ބުނެލިއެވެ. އޭރު އެމަޖެންސީ ރޫމުގެ ބޭރުގައި އިން އާލިމް އިނީ ގަބުވެފައެވެ. ހޮސްޕިޓަލަށް އައިން ސުރެ މީހަކާއި އަނގައިން ނުބުނި އިރު ރޮއެ ވެސް ނުލައެވެ. އަޒުރާގެ ހަށިގަނޑު އެމަޖެންސީއަށް ގެންދިޔައީ ވީގޮތް ބެލުމަށްށެވެ.
އޭރު ލޫތްވީ އައިފާއާއި އެކީ އޭނާގެ ކޮޓަރީގައެވެ. އެވަގުތު ދުރުން އާޒިމާ މެން އަންނަ މަންޒަރު ފެނުމުން ލުތުފީ އެދިމާއަށް ދިޔައެވެ. “ކިހިނެތް އެހައި ކުއްލި ގޮތަކަށް؟” އާޒިމާ ކަންބޮޑުވެފައި ހުރެ އަހާލިއެވެ. “ޑޮކްޓަރުން ބުނަނީ ހަމަ ޤުދުރަތީ މަރެއް ކަމަށް.. އެމަޖެންސީ އިން ނެރުނީމަ އާސަހަރާއަށް ގެންދެވޭނީ.” ލުތުފީގެ އަޑުގައި ވީ ހިތާމައެވެ.
އެކަކަށް ނޭނގުނު ނަމަވެސް ލުތުފީއަށް ވަރަށް އަސަރު ކުރިއެވެ. ނުރޯން ހިންދިރު ވާލައިގެން ހުރި ނަމަވެސް އަޒުރާގެ މި ކުއްލި މަރުން ލުތުފީއަށް ބަޔާން ކޮށްދޭން ނޭނގޭ ވަރުގެ ހިތްދަތި ކަމެއް ލިބުނެވެ. “އައިފާ؟” ލައިޝާ އަހާލުމުން އޭނާވީ ލޫތްއާއި އެކު ކޮޓަރީގައި ކަމަށް ބުންޏެވެ.
ލައިޝާއާއި އާޒިމާ އެކޮޓަރިއަށް ދާން ހިނގައިގަތުމުން ނާއިލް އަވަސް ފިޔަވަޅު ތަކެއްގައި އާލިމް ކައިރިއަށް ދިޔައެވެ. މިފަދަ ވަގުތެއްގައި ނާއިލް ބޭނުންވީ އާލިމް ކައިރީގައި ހުންނާށެވެ. މަންމަ ނިޔާވުމުން ކުރާނެ އަސަރާއި މި ހާލަތުގައި އޭނާ ވާހަކަ ދައްކާނެ މީހަކު ބޭނުންވާނެކަން ނާއިލްއަށް ވިސްނުނީތީއެވެ.
****
އާޒިމާ ކޮޓަރިއަށް ވައިން އިރު ލޫތް އިނީ އައިފާގެ ބޮލުގައި ފިރުމާށެވެ. އޭނާ އެނދުގައި ކުރުގެޅިގެން އޮތް އިރު ލޮލުން އޮހެމުން ދިޔަ ކަރުނަތަށް ބާލީހަށް ފޭދުނެވެ. ނޭފަތް މަތީގައި ބޭސްގަނޑެއް އަޅާފައި ވީއިރު ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. “ދަރިފުޅާ އައިފާ.” އާޒިމާގެ އަޑު އިވުމުން އައިފާ އެދިމާއަށް ބަލާލަމުން ތެދުވަން އުޅުނެވެ.
އެމޫނުމަތީގައި ވީ ވޭން ފެނުމުން އާޒިމާ އަވަސް އަވަހަށް ކައިރިއަށް ޖެހިލަމުން އައިފާ ގައިގައި ބައްދާލިއެވެ. އޭރުވެސް އޭނާގެ ކަރުތަކެއް ނުހުއްޓެއެވެ. ލައިޝާ ވެސް ފެން ކަޅިވެފައި ހުރިއިރު ލޫތްއަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ ކޮނޑުގައި ހިފައްޓާލިއެވެ. “ހިތްވަރު ކުރޭ.. އަޒުރާ ނެތްކަމަކު މި މަންމަ މިހުރީއެއްނުން. މިއީ ވެސް ހަމަ އައިފާގެ މަންމަ.. ޝޫޝް.” އައިފާގެ ބުރަކަށީގައި ފިރުމަމުން އަޒުރާ ހިތްވަރު ދިނެވެ.
“މަންމަ.. އަޅުގަނޑު މަންމަ ގައިގައި އަޅައިގެންފައި ވެއްޓުނީ.. މަންމައަށް އެހެން ވީއިރު ނުވެސް އިނގުން. ލޮލަށް ފެންނަ ނަމަ އެ މަންޒަރު ފެނުނީސް.. އެކަމަކު.” އައިފާ ގިސްލަ ގިސްލާފައި ވީގޮތް ކިޔައިދެމުން ދިޔައެވެ. “މަންމަ މިއަދު ހަވީރު.. ހަވީރު ވެސް ވާހަކަ ދެއްކި.. ހަމަ.. ހަމަ އެ އަތުން ސައި ވެސް ދިން.. ކިހިނެތް؟ ކިހިނެތް މިވީ؟” އައިފާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.
އަޒުރާއަށް ވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މަންމަ ނިޔާވުމުން ހިތްވަރުގެ ބަހެއް ބުނެވޭނެ ހެއްޔެވެ. ބުނާނީ ވަކި ކީކޭ ހެއްޔެވެ. އައިފާ މި ހާލަތު ބަލަން ލޫތްއަކަށް ނީނދެވުނެވެ. އޭނާ ލޯ ފުސްވުމުން އިންތަނުން ތެދުވެ އެ ކޮޓަރިން ނިކުތެވެ. އޭނާ އެދިޔަ ގޮތަށް ގޮސް މުށްކަވާފައި ފާރުގައި ޖެހިއެވެ.
އައިފާއަށް މި ލިބެނީ ކޮންފަދަ ހިތާމައެއް ހެއްޔެވެ. އަޑު ނުނިކުތެއް ކަމަކު މަރާލި ލޮލުގެ އެސްފިޔަތަށް ފޫ އަޅުވާލަމުން ކަނުނަތަށް ފޭބިއެވެ. ހިންދިރުވާލަން އުނދަގޫ ވީއިރު އެއް އަތުން ބޮލުގައި ހިފައްޓާލިއެވެ. “ލޫތް..” ފަހަތުން އިވުނު އަޑާއި އެކު ލޫތް އަތުގައި މީހަކު ހިފާލިއެވެ. ލޫތް އިސް އުފުލާ ބަލާލި އިރު ކައިރީގައި ހުރީ ލީނާއެވެ.
އަޒުރާ ނިޔާވި ޚަބަރު ލީނާއަށް ދިނީ ލޫތް އަމިއްލައަށްށެވެ. ލީނާ ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އައިސް އައިފާއާއި އެކީ އުޅޭ އިރު އެކަން އޭނާއަށް އިނގެން ވާނެކަމަށް ލޫތް ޤަބޫލު ކުރިއެވެ. “އައި އެމް ސޯ ސޮރީ..” ލީނާ މިހެން ބުނެ ލޫތްގެ ބުރަކަށީގައި ފިރުމާލިއެވެ. އައިފާ ކޮޓަރިން ނިކުއިން ލައިޝާއަށް މި މަންޒަރު ފެނުމުނެ ދެއަތް މުށްކެވުނެވެ. “ލީނާ!!” ލައިޝާގެ އަޑަށް ބާރު ލާފައި ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.



v rulhi ais mihuri iyye up nukohdhinyma…
sorry dear.
Layaa dhn bunaa dhuvahu upkohdhehche plx…ehn noony vaahaka nukiyaanan
Knmeh faharaku kiyya ninmaafa thihen bunacheyyy….
Layaa ah ves uxureh dhimaavegen hama bunaa dhuvahah up nukurevidhaane dhw…
vv reethi..??
Alhe haadha dhera vehjje ey ekm Wow vvv salhi hama update vetho balabala indha thi up cohdhiny v molhu layaaa
ok. i know you guys are really mad iyye up nuvima. sorry varah bodah rulhi ai kudhina. I understand it’s annoying when it’s not updated on the day i said. I’m a reader too so i get it. No offense but hama kame dhimaa vedhaane update kuraa namey bunyas. And i split it into 3 parts because i wanted there to be 30 episodes. Not to gain any attention. I started writing to entertain you all so I decided there would be 30 episodes at the beginning. And that’s how it will be. You will get to read the whole story till the end. I’m not leaving unfinished. I’m a reader too so it’s disappointing when a story you love is left unfinished. I apologize for all the delays. Enjoy guys.
Love ❤️
ok layaa. igey kame vedhaane kan. aslu kurin v regular. but its ok. and your so sweet for letting us know. ehen noonas den ini last part eh nun. this is one of the best stories. ?
Dhen kon irakun
Thursday in sha allah ?
Adhi vaahaka nukiyaa comment vx mi kuri…??
Vaahaka vvv rythi….this is one of my fav story….thanks layaa
alheyyy. rovijje huvaa. aifa fakeeru. plx end happy endung akah hadhan cheyy layaa. ❤️
layaaa….alhe hama hoaaslaafa roveny a…?????????
leenaa ah hithi gothei hdhaathi…fiyafalhaigen maa gadha vegen ebaulheynu…?? btw end kuraa iruga zeynn ah veegoi angaathi ehen noonee story eikonn complete nuvaane…waiting for tmrw…hope u won’t show any more excuses..? ? ✌ ? ❤
Very nice ??
Dat means Thursday ga e’ee last part eytha? OMG Can’t wait… Please Thursday ga up kohdhehchey….
Leenaaaaa……?????
rovijje. layaa sifakurun hama vvvvvvvvvv salhi! dhen alhe mi story nimeneetha. v miss vaane looth and aifa mathin. one of the most favorite couple. looth and aifa ey bunima hama mi story mathin miss vaani. ?
vvvvvv salhi. emai alhe azuraa. haadha dhera gothe key mi v. heeves nukuran. hahthaa ves shockun shock mi jeheni. layaa vareh neh readers ah shock dheyn. hehe. can’t wait for the last part. finallyyyy ?
yeah…u r ryt…i agree witvu..?
Alhe poor aifa.. azima konmes myheh kairy bunebalaaa.. lai kulhi dhahkaalaathi lyna ah… v nice story.. inthizaaring for the last part…
Wow supper n leena dhw aifa mom avves gothen hedhy e haadha hyveyer doc ehenbunyas leenaage kamen hen looth aa aifaa vakinukoh gulhuvaafa leena bust kollaany hyves nukuraahaa hiydhathi suprise gothakah ingey layaa waitin last part
Alhe haadha reehchey… next part v foarigadha vaanethaa… Laishaa ais ran’galhah Leenaa size kollaathi… mi Azuraage kanthah v heevey Leenaage kamehhen… n next partga Zeyn ge bai gennahchey… eyrun story reethi vaany… next part ah eba v inthizaaru kurevey…
Rovihjje…. Haadha reehchey…. Thanks Layaaa….?
v reethi
Loved it layaa.. can’t wait for the last episode! ??
I started mi story anekaa fashaigen. and I noticed your very good at expressing the emotions and scenes. e manzaru sifa vey hama. especially lulu maru vi episode broke my heart. so so so good. masha allah. now waiting for the last episode tomorrow ??
Layaaa kobaatha last part…. Please avaskolladhee… Kiyaa hithun keh madhuvefa
Layaa haadhani ehen bunaa dhuvahakah nukohdheeni v foohi
Layaa mee Thursday…. Abadhu phone hifaigen mi innanee vaahaka update veytho bala balaaa