އެއްދުވަހަކު ލިޔާގަތުއާއި  މުފީދާ ކުރުނބާ އަޅަން ދިއުމާއިއެކު ޖަލީލު ބޭރު ޖޯލިފަތީގައި އޮއްވައި މީހަކު އައިސް ސަލާމް ގޮވާލަމުން އިއްވަމުން ދިޔައެވެ. ” ޖަލީލުއަށް އައިސްފަ އޮތް ސިޓީއެއް.” ޖަލީލު ތެޅި ތެޅި އޮތް ހިތަކާއިއެކު އެމިހާ ދިން ސިޓީ ގަިއ ހިފައިލިއެވެ. ހަމަ ސިޓީގަިއ ހިފައިލުމާއިއެކު އެމީހާ ގެއިން ނިކުމެގެން ދިޔައެވެ.

ތުރުތުރު އަޅަމުން ދިޔަ އަތުން ޖަލީލު މަޑުމަޑުން ސިޓީ އުރަ ކަނޑައިލިއެވެ. ތެދެކެވެ. ސިޓީ އެޑްރެސް ކުރެވިފަިއ ވަނީ އޭނާއަށްށެވެ. ދެން ޖަލީލު އެސިޓީ ކިޔައިލުމެއް ނެތި ނަޒަރު ހިންގައިލީ ސިޓީގެ އެންމެ ތިރީގައި ލިޔެވިފައިވާ ނަމަށްށެވެ. އެއީ އެމީހެއްގެ ސިޓީއެއް ދެކެ ބިރުން އޭނާ ފިލާނެ އިންސާނާ ފޮނުވާފައިވާ ސިޓީއެކެވެ. އާނއެކެވެ. އެއީ ނިއުމާގެ ނަމުގައި ފޮނުވާފައިވާ ސިޓީއެކެވެ. ވޭތުވެދިޔަ 3 މަސްދުވަހު އެކަމަކަށްޓަކައި އޭނާގެ ހިތުގައި ބިރުވެރިކަން އުފެދިފަިއވާ ކަންތައް މިވީއެވެ. މިފަހަރުވެސް އިންޒާރެއް ބާއެވެ؟ ލަހެއް ފަހެއް ނުވެ ޖަލީލު ސިޓީ ކިޔަން ފެށިއެވެ.

” ޖަލީލުއަށް… ބަދުދުޢާ އާއި ނަފްރަތާއިއެކު ލިޔަން. ކިހިނެއްތަ ވަނީ ސަޕްރައިޒް؟ ހީއްކުރީ ދޯ އަހަރެން ދެން ދިޔައްޔޭ ކަލޭގެ ދިރިއުޅުމުން. އެކަމް ހުވަފެނަކުންވެސް އެހެން ނުވިސްނާތި. މިމޭގަ ޖަހާ ކޮންމެ ވިންދަކާ ގުޅިފައިވަނީ ހަމައެކަނި ކަލޭއާ ކަލޭގެ އާއިލާއަށް ހިފަން ޖެހޭ ބަދަލް. ވަރަށް އުފަލުގަ ދޯ ތިއުޅެނީ. ހީކުރަނީ ދޯ ކާފަ ދަރިއެއް މިދުނިޔޭއަށް އުފަން ވާނެޔޭ. ހީވެތަ އެކަން އަހަރެން ވިޔަ ދޭނެހެން. ކަލޭ ހީކުރީ ދޯ މުފީދާ ބަނޑުބޮޑުވީމަ އެކުއްޖާ މިދުނިޔެއަށް އުފަން ވާނެޔޭ.. ހެހެހެ..” ތުރުތުރު ލަމުން ދިޔަ އަޑުން މިހަިއ ހިސާބަށް ކިޔުމާއިއެކު ޖަލީލުގެ އަރުތެރެ ބެދިގެން ދިޔައެވެ. ހަޔާތުން ވަކިވެގެން ދިޔައީ ކަމަށް މިއޮއް ހުރިހާ ދުވަހު އޭނާ ހީކޮށްގެން ހުރި ވިލާގަނޑު އަނެއްކާވެސް އޭނާގެ ދިރިއުޅުމަށް ވެރިވީއެވެ. ނިއުމާއަށް ނޭނގޭ ކަމެއްވެސް ނޯވެއެވެ. މިހާރު މުފީދާ ބަނޑުބޮޑުވިކަންވެސް އެފަޅާ އެރީއެވެ.

” ހަނދާން ވޭތަ؟ މީގެ 16 އަހަރު ކުރިން ކަލޭ މަގޭ ދިރިއުޅުން ބަރުބާދު ކޮށްލި ގޮތް. އަހަރެންގެ އަތުން ލޯބި ޖަހައިގަތް ގޮތް. އުހުން. ކަލޭގެ ހަނދާން ވާނެތަ؟ އެކަމް ކަލޭގެ ހަނދާނުން އެދުވަސްތައް ފިލައިގެން ދިޔަޔަސް އަހަރެންގެ ހިތަކުން ދުވަހަކުވެސް ނުފިލާނެ.. ނުފިލާނެ.. ދުވަހަކުވެސް…. އަހަރެން ކުރީ ކޮން ކުށެއް؟ ކޯއްޗެއް ކަލޭ އަތުން އަތުލީ؟ ކޮން ހައްގެއް ކަލޭ އަތުން ނިގުޅައިގަތީ؟ އެދުވަހު އަހަރެން ދުވިންތަ މިގޮތަށް ކަލޭ ފަހަތުން ބަދަލް ހިފަން ށޭ ކިޔާފަ. އަހަރެން އުޅުނިންތަ ކަލޭގެ ހަޔާތަށް ޒަހަރު ލާން؟ ކީއްވެ؟ ކީއްވެ؟ ކީއްވެ އަަހަރެންގެ މުއާ މަރައިލީ. ކީއްވެ؟ އޭނަ ކަލޭއަށް ގެއްލުމެއް ދިންތަ؟ ނޫނީ އޭނާޔާ ބެހޭ މީހަކު ކަލޭއަށް ގެއްލުމެއް ދިންތަ؟ ކަލޭ ތީ މުއާގެ ގާތިލް. ކަލޭ ތީ ގާތިލް.. އާނ ތީ ގާތިލް. ކަލޭތީ މުއާގެ ގާތިލް. އަހަރެންގެ ލޯބީގެ ގާތިލް. ތީ.. ހަމަ ތީ…” ކުއްލިއަކަށް އެއްވެސް އިހުތިޔާރަކާއި ނުލާ ޖަލީލުގެ ދެލޯ ކަރުނުން ތެންމައިލިއެވެ. ސިކުނޑީގައި މާޒީގެ ސަފްހާތައް ފިލްމެއްގެ ސިފައިގައި ޞިފަވަމުން ދިޔައިރު ހިތުގައި ރިއްސާލައިފިއެވެ.

އެކެހިވެރި ދުވަސް އޭނާގެ ހަނދާނުން ފޮހެލެވޭނެ ހެއްޔެވެ؟ ކުށެއް ނެތް އިންސާނަކު ޖަލީލުގެ އަމިއްލަ އިހުމާލުން މިދުނިޔެއާއި އެމީހާގެ އާއިލާއަށް އަލްވަދާއު ކިޔަން ޖެހުނު ދުވަސް އޭނާގެ ހިތުން ފިލަިއގެން ދާނެ ހެއްޔެވެ؟ ނޫނެކެވެ. އަދިވެސް އޭނާގެ ހިތަކުން އެދުވަހެއް ނުފިލައެވެ. އަދި ކުރިއަށް އޮތް ތާގައި އެހިތުން ފިލައިގެން ދާނެއްވެސް ހިޔެއް ނުވެއެވެ. ސިކުނޑިއަށް ސިފަވަމުން ދިޔަ މަންޒަރުތަކާއިއެކު ނިއުމާގެ ބަސްތައް ޖަލީލުގެ ކަންފަތުގަިއ ހަރުލަން ފެށިއެވެ. އިތުރު އަޑެއް އިވޭނެ ވަރަށްވުރެ އޭނާގެ ސިކުނޑިއާއި ކަންފަތް ހިބަކުރަމުން ދިޔައީ އެހިޔާލުތަކެވެ.

” ހަނދާން ވޭތަ؟ މީގެ 16 އަހަރު ކުރިން ކަލޭ މަގޭ ދިރިއުޅުން ބަރުބާދު ކޮށްލި ގޮތް. އަހަރެންގެ އަތުން ލޯބި ޖަހައިގަތް ގޮތް. ކަލޭގެ ހަނދާން ވާނެތަ؟ އެކަމް ކަލޭގެ ހަނދާނުން އެދުވަސްތައް ފިލައިގެން ދިޔަޔަސް އަހަރެންގެ ހިތަކުން ދުވަހަކުވެސް ނުފިލާނެ.. ނުފިލާނެ.. ދުވަހަކުވެސް…. އަހަރެން ކުރީ ކޮން ކުށެއް؟ ކޯއްޗެއް ކަލޭ އަތުން އަތުލީ؟ ކޮން ހައްގެއް ކަލޭ އަތުން ނިގުޅައިގަތީ؟ އެދުވަހު އަހަރެން ދުވިންތަ މިގޮތަށް ކަލޭ ފަހަތުން ބަދަލް ހިފަން ށޭ ކިޔާފަ. އަހަރެން އުޅުނިންތަ ކަލޭގެ ހަޔާތަށް ޒަހަރު ލާން؟ ކީއްވެ؟ ކީއްވެ؟ ކީއްވެ އަަހަރެންގެ މުއާ މަރައިލީ. ކީއްވެ؟ އޭނަ ކަލޭއަށް ގެއްލުމެއް ދިންތަ؟ ނޫނީ އޭނާޔާ ބެހޭ މީހަކު ކަލޭއަށް ގެއްލުމެއް ދިންތަ؟ ކަލޭ ތީ މުއާގެ ގާތިލް. ކަލޭ ތީ ގާތިލް.. އާނ ތީ ގާތިލް. ކަލޭތީ މުއާގެ ގާތިލް. އަހަރެންގެ ލޯބީގެ ގާތިލް. ތީ.. ހަމަ ތީ…”

ޖަލީލުއަށް ކެތްނުވުމުން ކަންފަތުގައި ބާރަކަށް އަތް އަޅައި ބާރު ކޮށްލެވުނީއެވެ. ނަމަވެސް ހަމަ ކުރިއެކޭ އެއްވަރަށް އެއަޑު ދިޔައީ އޭނާގެ މުޅި ސިކުނޑި ހިޞާރުކުރަމުންނެވެ.

ކަލޭ ތީ މުއާގެ ގާތިލް. ކަލޭ ތީ ގާތިލް.. އާނ ތީ ގާތިލް. ކަލޭތީ މުއާގެ ގާތިލް. އަހަރެންގެ ލޯބީގެ ގާތިލް. ތީ.. ހަމަ ތީ…”

ޖަލީލުގެ ސިކުނޑި އޭނާއަށް މަޖްބޫރު ކުރުވީ އެހަނދާންތައް އަލުން އާ ކޮށްލުމަށްށެވެ. އޭނާއަށް ކައިރީގަިއ އިން ޖޯލީގަިއ އިށީނދެވުނީ އެހެންވެއެވެ. އަދި ސާފު ނޫ އުޑާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެތަނުން ޞިފަވަމުން ދިޔަ އޭނާގެ މާޒީގެ ސަބަބުންނެވެ.

އެއީ ޖަލީލު އޭނާގެ ހަޔާތުގެ މެދުއުމުރު ކަނޑަތު ކުރަމުން ދިޔަ ދުވަސްވަރެވެ. އެހެން ގޮތަކަށް ބުނާނަމަ އޭނާގެ އުމުރުން އޭރު 35 އަހަރެވެ. ޖަލީލުގެ އާއިލާއަކީ ރަށުގެ އާބާދީއާއި ބަލާފައި ބޮޑު އާއިލާއެކެވެ. ރަށު މީހުން އެއާއިލާއަށް ކިޔައި އުޅޭނީ “ބޮޑުގޭ އާއިލާ” އެވެ. ކާޑުގެ ބާވަތްތައް މަދުން ލިބޭ އެޒަމާނާއި ބަލާފަިއ އެއާއިލާއަކީ ފޯރާ އާއިލާއެކެވެ. މިކަމުގެ ސަބަބަކަށްވެފައި ދަރިން ގިނަވެފައި ޖަލީލުގެ ބައްޕަގެ ޒުވާން އުމުރުގައި އޭނާ ގެންގުޅުނު ހީވަގިކަމެވެ. އެ ހީވާގިކަން ވަނީ އޭނާގެ ކޮންމެ ދަރިއަކަށްވެސް ވާރުތަވެފައެވެ.

ޖަލީލުގެ އެއްބަނޑު 10 ކުދިންގެ ތެރެއިން ކޮންމެ މީހަކީވެސް އާމްދަނި ހޯދަން ކޮންމެސް ކަމެއް ކޮށްއުޅޭ މީހެކެވެ. އަންހެނެއް ވެއްޖިއްޔާ ފަނގިވިނުމާއި ރޯނު ވެށުން ނުވަތަ އިލޮށި މެށުން ކަހަލަ ކޮންމެސް ކަމެއް ކުރާނެއެވެ. އަދި ހަމަ މިބީދައިން ފިރިހެން ކުއްޖެއް ވެއްޖިއްޔާ ރާވެރިކަން މަސްވެރިކަން ނުވަތަ ވަޑާންކަން ކޮށްއުޅެއެވެ. ޖަލީލު ކޮށްއުޅޭ ކަމަކީ ދޯނި އެހެލުމާއި މަސްވެރިކަމެވެ.

އައީ އެންމެ ފުރަތަމަ އެރަށަށް އިންޖީނު ލީ އުޅަނދެއް ބަންނަން އުޅުނު ދުވަހެވެ. “މިޔަންމާ” އިންޖީނެއް އެންމެ ފުރަތަމަ އެރަށަށް ގެނެވުނީ ރައްޔިތުންގެ ލާރިއަށްށެވެ. އެއިންވެސް އެންމެ ބޮޑު ހިއްސާއެއް ވީ ޖަލީލުއެވެ. އެދުވަހު އިންޖީނުލީ ދޯންޏެއް އެހެލަން އުޅޭތީ ކައިރީ ރައްރަށުންވެސް މީހުން އައިސް އުޅުނެވެ. ބައެއް މީހުން އައިސް އުޅުނީ ހަމައެކަނި އެދޯނި ބަލައިލާންށެވެ. އަނެއްބައިމީހުން އެހިލުމުގައި އެހީތެރިވެދިނުމައްޓަކައެވެ. ޒުވާނުންނާއި ހަރު މީހުންނާއި ފުރާވަރުގެ ކުދިން ހަރަކާތްތެރި ވަމުން ދިޔައިރު ފަރިއޮޅު ހިފަިއގެން އަންހެން ވެރި އައިސް ތިބީ ހުރިހާ ދަތްޕިލައެއް އެއްފަހަރާ ފެންނަ ވަރަށް ހިނިތުންވެގެންނެވެ. ރަށު ވެހިން ތިބީ ވަރަށްވެސް ފަހުރުވެރި ވެފައެވެ. އެމީހުންނަށް އެއީވެސް ހާދަ ބޮޑު ދޯންޏެކެވެ.

” އަހާ ހުތް. އަހާ ހުތް…” މިހެން ގޮވަމުން  ހުރިހާ އެންމެންވެސް ދޯނި ކޮށްޕަމުން ދިޔައީ މޫދާއި ދިމާލަށްށެވެ. އެއެންމެންގެ ތެރެއިން އެންމެ އިސް ސަފުގައި ޖަލީލު ހުރިއިރު ދުރުގަިއ ބަލަހައްޓައިގެން ހުރި އޭނާގެ އަންހެނުންނާއި ދިމާލުން އޭނާގެ ނަޒަރު ވަކިވެސް ނުވެއެވެ. ރަތް ލިބާހަކަށް ކަޅު ކުލައިގެ ކަޑިކަ އެއް އަނދެގެން ކަތްދާފުޅު ހުރީ އޭނާގެ މާމަ ދަރި ލިޔާގަތު ކިހިލީ ޖަހައިގެންނެވެ. މާމަ ކިޔަކަސް އޭނާއަކީ މުސްކުޅިއެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ކުރު އިސްކޮޅެއް ލިބިފައިވާ ކަތްދަޔަކީ އާދަޔާ ހިލާފު ދޮނެއް ލިބިފައިވާ އަންހެނެކެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ކަތްދަގެ ގަދަ މުށިކުލަިއގެ ރާޅުބާނީ އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ރީތި ކަން ފުރިހަމަ އެވެ. ލިބިފައިވާ ކަޅު ކުލައިގެ ކަޅީގެ މަސްތުގައި ޖެހި އެތައް ފިރިހެނަކު މިހާރުވެސް ފިދާވާހައި ވެއެވެ.

ބައްދަލު ވަމުންދިޔަ ލިޔާގަތުއާއި ކަތްދަގެ ނަޒަރުތަކަށް ހަސަދަވެރިވާ މީހުންވެސް މަދެއް ނޫނެވެ. އެއީ ދުނިޔޭގެ އާދައެއް ނޫން ހެއްޔެވެ؟ ބަޔަކު އުފަލުގައި އުޅެންޏާ އެއުފާތައް ފޭރިގަންނާނެ މީހަކު އަބަދުވެސް ހުރެއެވެ. ދުނިޔެއަށް ޝައިތޯނާ ފޮނުވީވެސް ވަކި ބޭނުމެއްގަިއ ނޫން ހެއްޔެވެ؟

ލިޔާގަތުއާއި ދާދި ގާތުގަިއ ދޯނި ބާލަން ހުރި އަރީޝްގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވަމުން ދިޔައެވެ. އެންމެ ޅަ އިރުއްސުރެ އޭނަ ކަތްދަދެކެ ލޯބިވެއެވެ. އެތައް ފަހަރަކު އެލޯބި ހުށަހަޅަންވެސް އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ކަތްދަ އޭނާއާއި މެދު ގެންގުޅޭ ބީރައްޓެހި ކަމެއްގެ ސަބަބުން އޭނާއަށް އެފުރުސަތު ނުލިބުނީއެވެ. ތެޔޮ ނާށި ކާލު ޖަހައިގަނެއޭ މީހުން ބުނާ އަޑު އަހަމެއް ނޫން ހެއްޔެވެ؟ އޭނާއަށްވެސް ވީ އެފަދަ ގޮތެކެވެ. ދަހިވެތިކަމާއިއެކު އޭނާ ބަލަން ހުރި ތެޔޮ ނާށި އެހެން ކާޅެއް ޖަހައިގަތީއެވެ. ވަގުތު ފާއިތުވީއެވެ. އެދުވަހުއްސުރެ މިއަދާއި ހަމައަށްވެސް އަރީޝް ކައިވެންޏެއް ނުކުރެ އެހުންނަނީ ކަތްދަގެ އިންތިޒާރުގައެވެ. ކަތްދަ އަންނާނެ ކަމަށްށެވެ.

ޖަލީލުއާއި ކައިވެނި ކުރި ފަހުންވެސް އަރީޝް ކަތްދަ ކައިރީ އެތައް އާދެހެއް ކޮށްފިއެވެ. ނަމަވެސް ކަތްދަގެ ވަފާތެރިކަމުގެ ސަބަބުން އޭނާގެ ހުރިހާ އާދެހަކަށް ކަތްދަ ދެނީ ބީރު ކަންފަތެކެވެ.

“ބުނަން؟ އަހަރެން މީ ތިހީއްކުރާ ހައި ދަށްފެންވަރުގެ މީހެއް ނޫން. އަހަރެންނަށް އެނގޭ ވަފާތެރިވާން. ޖަލީލު ދުނިޔޭގަ ހުރިހާ ހިނދަކު އެހެން މީހަކާއި ކައިރިއެއް ނޫވާނަން. އެހެންމަ އަރީޝްވެސް ރަނގަޅު ވާނީ އެހެން މީހަކު ހޯދަިއގެން ހަޔާތެއް ފެށިއްޔާ.” އެއީ ކަތްދަ ތަކުރާރުކޮށް ދޭ ޖަވާބެވެ.

އޭރުއްސުރެ މިއަދާއި ހަމައަށްވެސް ކަތްދަ އޭނާއަށް އިސްއުފުލާ ބަލައިލާތޯވެސް އަރީޝް ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް އެކަންވެސް ވީ ނުކުޅަދާނަ ކަމަކަށްށެވެ. މިހާރު ކަތްދައަކީ 3 ކުދިންގެ މާމައެކެވެ. އެހެނަސް އަދިވެސް އޭނާއަކަށް ކަތްދަ މުސްކުޅިއެއް ނޫނެވެ. މިއަދު ކަތްދަ އަޔަސް އޭނާ އެހުރީ ތައްޔާރަށްށެވެ.

” އޭނަ ދުނިޔޭގަ ހުރިހާ ދުވަހަކުއެއްނު ކަތްދަ ޔަށް އޭނާޔާއި ހެދި އުޅެވޭނީ. ބުނަން ކަތްދަ. ވަރަށް އަވަހަށް މަންޖެ މަގޭ މީހަކަށް ވާން ޖެހޭނީ. ހަމައެކަނި މަގޭ މީހަކަށް..” އަރީޝްގެ ތުންފަތް މަތީގަިއ ދުވެލީ ނުލަފާ ހިނިތުން ވުމެކެވެ. އޭނާ ދަހިވެތި ކަމާއިއެކު އެންމެ ފުރަތަމަ ބަލައިލީ ކަތްދަގެ އޮމާން މޫނަށްށެވެ. އޭނާ ދެން ބަލައިލީ އޭނާގެ ކުރިމަތީގައި ދޯނި ކޮއްޕަމުން ދިޔަ ޖަލީލުއާއި ދިމާލަށްށެވެ. އޭރު ސިކުނޑީގައި ރާވަމުން ދިޔަ ރޭވުންގަނޑު ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތެވެ.

ޖެހިގެން އައި ދުވަހު އެދޯނި ބޭލުގެ އުފަލުގައި އަތޮޅު ބުރެއް ޖަހައިލަން ރޭވިގެން ދިޔައެވެ. މުޅި ރަށުގެ ހުރިހައި ފިރިހެނުން ޝާމިލު ވާނެހެން ބޭއްވުނު މި އަތޮޅު ބުރުގައި އެދޯނި ބޭލުމުގައި އެހީވެދިން ބީރައްޓެހިންނަށްވެސް ދައުވަތު އެރުވިގެން ދިޔައެވެ. އަންހެން ވެރިން ނުގެންދިޔައީ ކުޑަ ޅަދަރިން ގޮވައިގެން ދެނަމާދު ދޭތެރޭގަިއ ކަންޑު ދަތުރު ނުކުރެވޭނެތީއެވެ. އިރުއޮއްސޭއިރަށް އާދެވޭނެ ކަމުގެ

ޔަގީިންކަމެއް ނެތީމައެވެ.

ދޯނި އެރަށުން ނައްޓައިލުމާއިއެކު ބަނދަރުމަތީގަިއ ތިބި ކުޑަ ވެރިންތައް އެމީހުންގެ ބައްޕައިންނަށް ހަނާ އަޅަން ފެށިއެވެ. ކަތްދާގެ އުރުއިން އިން ލިޔާގަތުވެސް އޭނާގެ ކާފައަށް ހަނާ އަޅަން ފެށިއެވެ. އެވަގުތު ޖަލީލުގެ ތުންފަތްމަތީގަިއ ކުރެހުނު ހިނިތުންވުން ފެނިފައި އަރީޝްގެ ރުޅިވެރިކަން އިތުރުވިއެވެ. ކުރަން ވީކަމެއް އަވަހަށް ކުރަންވީ ކަން އޭނާއަށް ވިސްނުނެވެ.

ދޯނި މަތީގައި ސަކަރާތާއި މަޖާ ނެގުން ނޫން ކަމެއް ނުކުރެއެވެ. އަނބިންނާއި ދަރިން ނުލައި ތަނަކަށް ދެވެއްޖިއްޔާ ފިރިހެންވެރިންގެ ގޮތަކީ އެއިއެއް ނޫން ހެއްޔެވެ؟

” މުއާވިޔަތު.. އާދެބަލަ ބޭބެއާއި އެކު ދިރުނބާކޮޅަށް… ދާންވީ މިސްރާބު އިނގޭނީ އޭރުން… އަނެއްކާ މިތާ ފިނޮޅު ކައިރީގަ މަޑުކޮށްލާންށޯ މިމީހުން ބޭނުން ވެޔޯ… ނަގީލި އެއްލަންވެސް އެބަޖެހޭ…” ކައިރީގަިއ ހުރި ޒުވާން އުމުރެއްގެ މުއާވިޔަތަށް ޖަލީލު ގޮވާލިއެވެ. ދެކޮޅު ހެދުމެއް ނެތި މުއާވިޔަތު އައިއްސިއެވެ. އަރީޝަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. މީހުންތައް ވާހަކައިގައި ތިބި ވަގުތު ބަލާފައި އޭނާއަށް އޭނާގެ މަގްސަދު ހާސިލު ކުރެވިދާނެއެވެ.

” ކޮއްކޯ އިށީނދެލާ އިނގޭ މިތާ ބޭބެ އެބަ އަންނަން ނަގިލި އެއްލާލައިފަ…” މިހެން ބުނަމުން ޖަލީލު ދުރަށް ޖެހެލިއެވެ. ދޯނީ މީހުން ޖަހަމުން ދިޔަ ސަކަރާތް ބަލަން އިރުކޮޅަކު ނަގިލި އެއްލަންވެސް ހަނދާން ނެތިފައި އޭނާއަށް ހުރެވުނީއެވެ. އޭރުވެސް ފުރަގަހަށް ވާގޮތަށް މުއާވިޔަތު ކޮއްޅަން ހުރީ ނޫ ކަނޑަށް ނަޒަރު ހުއްޓިފައެވެ. އަރީޝަށް މުއާވިޔަތާއި ދިމާލަށް ބަލަން އިރުކޮޅަކު ހުރެވުނީއެވެ. އެއީ އަނެއްކާ ޖަލީލު ތޯ ސުވާލު އުފެދިފައެވެ. ޖަލީލުގެ އިސްކޮޅެވެ. ފަލަމިންވެސް ޖަލީލުއާއި އެއްވަރެވެ. ގަޔަށް އެއްޗެއް ނުލައި ހުރި އިރު ޖަލީލުގެ ހަމުގެ ކުލަޔާއި ތަފާތުހެން ހީވިއެވެ. އެއީ ޖަލީލެއް ނޫނޭ ހިތަށް އެރިއެއް ކަމަކު އެއީ ކުށްހީއެއް ކަމަށް ހީކޮށްލަމުން އަރީޝް ދިރުނބާ ކޮޅަށް ދާން ހިނގައިގަތެވެ. އަދި މުއާވިޔަތަށް ނޭނގޭނެހެން ސިއްސިއްރުން ގޮސް މުއާވިޔަތު ކުޑަކޮށް ކޮއްޕައިލިއެވެ. މިފަދަ އެއްވެސް ހަމަލާޔަކަށް ނުވިސްނައި ހުރި މުއާވިޔަތު މޫދުގެ ފެންގަނޑުގައި ބީހިލި އަޑު އެތާ ތިބި ހުރިހާ އެންމެންނަށް އިވުނެވެ.

” މީހުންތައް ކުއްޖަކު ވެއްޓެއްޖޯއޭ ކިޔައި ހަޅޭއްލަވަން ފެށިއެވެ. މީހުންތައް ހަޅޭއްލަވަން ފެށުމުން ޖަލީލުއަށް ވީތެއް ނޭނގި މޫދާއި ދިމާލަށް ނަގިލި އެއްލައިލެވުނު ވަގުތަކީ މުއާވިޔަތަށް ފަތައިގަނެފައި ނަގިލި ހޫރައިލި ދިމާލަށް ދެވުނު ވަގުތެވެ. ކުއްލިއަކަށް ބަންލާފައި އެނަގިލި ވެއްޓުނީ މުއާވިޔަތުގެ ބޮލަށްށެވެ. މަންޒަރު ބަލަން ތިބި އެންމެންނަށް ލޯ މަރައިލެވުނީއެވެ.

 

 

ނުނިމޭ….

 

 

2

12 Comments

 1. Ushaa

  October 2, 2016 at 4:13 pm

  Assalam…. Plxxx tell me hw yuhhh feel… Fyl free to lyv a cmmmnt.. Nd if mistakes… Plx let me knw…. Hwp u ill lyk thixx..

 2. aik

  October 2, 2016 at 5:24 pm

  vv reethi..

 3. aik

  October 2, 2016 at 5:24 pm

  vv reethi..

  • Ushaa

   October 2, 2016 at 5:27 pm

   Thnkyw..

 4. shooty

  October 2, 2016 at 5:31 pm

  varah nice mi part ves. when next part?

  • Ushaa

   October 2, 2016 at 5:36 pm

   Nxt prtvx v haa avahakah… Gaimuvx 1 wyk thereyga up kohdheynan… Studies ge gothun neigeyne free vaane vagutheh…. So ill try my bxt ingey… Thnkxxxxxxxxx..

 5. xivaa

  October 2, 2016 at 8:51 pm

  Girubaa kolheh noon. Ushaa dhirunbaa kolhu

  • Ushaa

   October 2, 2016 at 9:10 pm

   Oooopss.. SORRY… Olhegen liyevifa.. Thnkxxxxxxxxxx so much bunedhiniima.. thnkyw..

 6. Azu

  October 2, 2016 at 9:37 pm

  Ma sha allah….v reethi vaahaka….kyp it up…???

  • Ushaa

   October 3, 2016 at 2:07 pm

   Thnkxxxxxxxxx a lot.

 7. Sheeby

  October 3, 2016 at 1:12 pm

  Varah reethi mi story????

  • Ushaa

   October 3, 2016 at 2:08 pm

   Thnkyw..

Comments are closed.