Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު 5

Rozy
October 2, 2016
8 Mins Read
37 Views
7 Comments

“ބޮޑުދައިތަ ނެތުމުގެ ހިތާމަ މިއަދު ސާރާ ކުރަމެވެ.

އަހަރެން ގެ ކޮންމެ ބޮޑު ދުވަހެއްގައި ބޮޑުދައިތަ އަހަރެންނާއެކު ވިއެވެ.

އެކަމަކު މިއަދު ތިހިރީ ހާދަ ދުރުގައެވެ.

ބޮޑުދައިތަގެ އިގިލީގައި ހިފައިގެން އަހަރެން ހިގަން ދަސްކުރީމެވެ.

އެކަމަކު ބޮޑުދައިތަ ތިދިޔައީ އަހަރެން އެކަނި ކޮއްލާފައެވެ.

މިއަދުވެސް އަހަރެން ބޮޑުދައިތަޔަށް ބޭނުމެވެ.

ބޮޑުދައިތަ ކައިރީވާހިނދު އަހަރެންނަށް އެއްވެސް ކަމެއް އުންޏެއްނޫނެވެ.

މިއަދު ހުރިހާ އެއްޗެއް ލިބެން އުޅުނީމާ ވެސް އަހަރެން ނަށް އުނިކަން އިހްސާސް ކުރެވެއެވެ.

މިއަދަކީ އަހަރެންގެ ހަޔާތުގެ އުފާވެރި އެއްދުވަހެކެވެ.

އެކަމަކު ހަގީގީ އުފާ އަހަރެންނާ ވަނީ ހާދަ ދުރުގައެވެ.

މިއަދުވެސް އަހަރެންގެ ހިތް އެދެނީ ބޮޑުދައިތަގެ ކޮނޑުގައި ބޯއަޅާލާ ހިތްހަމަ ޖެހޭވަރާށް ރޯލާށެވެ. އެހެނަސް އެހެންވެސް ހެދޭކަށް ނެތެވެ..{ ސާރާ އަނެއްކާވެސް ކަރުނަ ފޮހެލިއެވެ. ސާރާގެ ލަވައިގެ އަޑުއެހުމަށް އެކޮޓަރީ ބޭރުގައި ހުސްނާމެން ތިއްބެވެ. އެތައްފަހަރަކު ހުސްނާ ދޮރުހުޅުވަން އުޅުނެވެ، ކޮންމެ ފަހަރަކުވެސް ކަރީމު ހުސްނާ ހުއްޓުވާލައެވެ. އަނެއްކާވެސް ސާރާ ލަވަ ފެށިއެވެ}

މިއަދު އަހަރެންނަށް އުފާވެރިކަން ލިބިއްޖެއެވެ.

މާދަމާގެ އުއްމީދު އާވެއްޖެއެވެ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯއެވެ.

މިއަޅާގެ މައިންބަފައިންގެ އުފާވެރިކަން ދިގުކުރައްވާށިއެވެ.”

އޭނާ އާހަކާ އެކު ސޫރަޖް މަތިންވެސް ހަނދާން ކުރިއެވެ. މިއަދު ސޫރަޖް ހުރިނަމަ އޭނާ ހާދަ އުފާވާނެއެވެ.

ސޫރަޖް ހުންނަ ގޮތާމެދު ވިސްނަން ފެށިއެވެ. އޭނާ ނެތި އަހަރެންގެ އުފާވެރިކަމުގައި އެއްވެސް ކަހަލަ މީރު ކަމެއް ނެތެވެ.

“ސާރާ އެވެ. އަހަރެން އެބަހުރީމެވެ”  ސާރާ ޔަށް ހީވީ ސިއްރު ސިއްރުން ސޫރަޖް އޭނާ ގެ ކަންފަތްދޮށުގައި އެއްޗެއްބުނެލި ހެންނެވެ. ސާރާ ހިނިތުންވެލިއެވެ. އަދި މަޑުމަޑުން އޮށޯތެވެ.މާދަމާގެ ފޮނި އިންތިޒާރުގައެވެ. ހުސްނާ ވެސް އެހެންމީހުންވެސް އެމީހެއްގެ މަސަތްކަތާއިގެން އެނބުރި ދިޔައީއެވެ.

އާދުވަހަކަށް އިރުއެރިއެވެ. އާއެނކެވެ. މިދުވަހަކީ ނަސީބުގޭ އާއިލާގެ ކޮންމެ މެންބަރަކަށް ތަފާތު ދުވަހަކަށް ވާނެކަން ކަށްވަރެވެ.

ގޭގެ ކޮންމެ މީހަކު ވެސް ވަރަށް ފުރިހަމަ ކަމާއެކު ތައްޔާރުވިއެވެ. ސާރާޔާ އެކު ހޮސްޕިޓަލަށް ދާށެވެ. ހުރިހާ އެންމެންނަށް ވުރެ ސާރާގެ ހާލުބޮޑެވެ. އޭނާ ގެންގުޅޭ އެއްޗެތި އަލަމާރިޔަށްލާ ރައްކާކުރިއެވެ. އަދި ވަރަށް ފުރިހަމަ ޔަށް ތައްޔާރުވިއެވެ.ސާރާޔަށް ތައްޔާރުވުމުގައި ފަޒުނާ ވަރަށް އެހީވިއެވެ. މަޑު ފެހިކުލައިގެ ޖަރީކޮށްފައިވާ ކުރުތާއަކާ ހުދުކުލައިގެ ބެލްސެއް ލައިގެން މަޑުފެހިކުލައިގެ ބުރުގާއެއް އަޅާލައިގެން ހުރި ސާރާ ހީވަނީ ފުރިހަމަ ހަނދެއް ހެންނެވެ.ނޫނީ ބަގީޗާއެއްގެ ތެރޭ ފޮޅިފައިވާ ފެހިކުލައިގެ މަލެއް ހެނެވެ.

ސާރާ އާންމުގޮތެއްގައި ހެދުން އެޅުމުގައި ވަރަށް ފާޑުވެރިއެވެ. ކޮންމެ ހެދުމަކާއެކު ވަރަށް ފާޑުވެރިކޮށް ބުރުގާއަޅާފަހުރެއެވެ.

ހުސްނާ ވެސް ހަމަ އެހާފާޑުވެރިކޮށް ތައްޔާރުވެލިއެވެ. ރަތްކުލާއިގެ މާތަކެއްޖަހާފައިވާ ޕާކިސްތާނު ހެދުމެއްލާފަ ކަޅުކުލައިގެ ބުރުގާއެއްއަޅާލާފަހުރިއިރު ނަލަވެފައި އެހާމެ ރީއްޗެވެ. ސާރާ ކާރީ ހުންނަ އިރު ހުސްނާ ހީވަނީ ސާރާގެ އެއްބަޑު އެއްބަފާ ދައްތަ އެއްހެނެވެ.

“މަންމާ އަޅުގަޑު އެބަ ހާސްވޭ. ހީވަނީ އެހެންގޮތެއް ވާން އުޅޭހެން.”

ހޮސްޕިޓަލަށް ދާން ނިކުންނަމުން ހުއްޓިލާފަ ސާރާ ބުނެލިއެވެ. ހުސްނާ ސާރާގެ ބޮލުގައި ފިރުމާލިއެވެ.

“ދަރިފުޅާ. މިހާރު އުފާކުރަންޖެހޭނެ. އިރާދަ ކުރެއްވީޔާ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް”

ހުސްނާ އޭނާގެ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ދަރިފުޅަށް ނަސީހަތް ލައިދިނެވެ.

“ދަރިފުޅާ. ﷲ ދަރިފުޅާ އެކު ހުރިހާ ވަގުތެއްގައިވެސް ވާނެ. ހިތްވަރު ކޮށްލާ މިއަދު ޑރ ބުނާއެއްޗަކުން އިންޑިޔާއަށް ފުރަންވެސް އެނގޭނީ. އިރާދަ ކުރެއްވީޔާ ބައްޕަގެ ސާރާ ކޮންމެވެސް ދުވަހަކުގެޔައްއަންނާނީ ލޮލުގެ ފެނުން ލިބިގެން އެކަނި ހިގާފަ”

ކަރީމުވެސް ސާރާޔަށް ހިތްވަރުދެމެން ބޮލުގައި ފިރުމާލިއެވެ.

“ސާރާކޮއްކޯ .ދެން ލޯރަނގަޅުވެގެން ގެޔަށް އައިސް މަގޭ އެއްވެސް އެއްޗަކާ ބެހިގެން ނުވާނެެ”

މުރާދު ހިނިތުން ވެލަމުން ސާރާޔަށް ޖެއްސުން ކޮށްލިއެވެ.

“މަންމާ ދެކެބަލާ. ބޭބެ އަޅުގަނޑުގެ ލޯރަނގަޅުވެދާނެތީ ބިރުވެސް އެބަ ގަނޭ”

ސާރާ މަންމަގެ މޭގައި ލައްވެލަމުން ބުނެލިއެވެ.

“މުރާދު ….”

ހުސްނާ ހިމޭނުން ހުރުމަށް މުރާދަށް އިޝާރާތް ކުރިއެވެ.

“އޯކޭ މިފަހާލީ”

މުރާދު އަނގަމަތީ ޒިބެއްދަމާލިހެން އަޑުގޮތްވާލާފަ އަތްދަމާލިއެވެ. މިކަމާ އެންމެން ހޭން ފެށިއެވެ.

ހުސްނާ މެންނައް ހޮސްޕިޓަލަށް ދެވުނު އިރު ފަޒުނާ ހުރިހާ ކަމެއް ހަމަޖައްސައިގެން ސާރާ މެންގެ އިންތިޒާރުގައި ހުއްޓެވެ.

ސާރާ ޑޮކްޓަރ ބައްލަވާ ކޮޓަރިއަށް ވެއްދިއެވެ.

ޑޮކްޓަރ އަނޫޕަމް ތަރުޖަމާ ކުރާ ކުއްޖާގެ އެހީގައި ވާހަކަ ދައްކަން ފެށިއެވެ.

“މިއަދު ސާރާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު އޮޕަރޭޝަން ކުރާނީ މާދަމާ ހެނދުނު އެވެ. މިރޭ ދިހެއްގެ ފަހުން އެއްވެސް ހަރު ކާއެއޗެއް ސާރާޔަށް ދީގެން ނުވާނެއެވެ. ސާރާ އިންޑީޔާއަށް ދާކަށް ނުޖެހޭ އަދި ސާރާގެ އޮޕަރޭޝަން ހަމަ މާލެއިންވެސް ކުރެވެން އެބައޮތް”

ތަރުޖަމާ ކުރާ އަންހެން ކުއްޖާ ޑޮކްޓަރ ބުނިގޮތަށް ކަރީމު މެން ކާރި ކިޔާ ދިނެވެ.

“ޑރ . އަޅުގަޑުމެންނަށް މިފަދަ އެހީއެއްވެދެއްވި ބޭފުޅަކީ ކާކުތޯ؟ ބުނުއްވަބައްލަވާ؟”

ކަރީމު ޑރ ކާރިން ސުވާލު ކުރިއެވެ.އެވަގުތު ތަރުޖަމާ ކުރާކުއްޖާ ޑރ ކާރީ ކަރީމު ބުނިވާހަކަ ބުނެދިނެވެ.ޑރ. ހިނިތުން ވެލިއެވެ.

“ބައެއްފަހަރު މީހުން އަނެކާ އަށް އެހީތެރިވަނީ މަޝްހޫރު ވުމަށް. އެހެނަސް މިއީ އެހެން ކަހަލަ ކޭސް އެއް. މިލޮލުގެ ވެރިޔާ އެދުނީ އޭނާގެ ނަން ހާމަ ނުކުރުމަށް.ހަމަ އެކަނި އެމީހާޔަށް ހެޔޮދުއާ ކޮއްދެއްވާ. އަދި އިތުރަށް މިކަމާ ސުވާލު ނުކުރެއްވުން އެދެން…އިންޑިޔާއަށް ނުގޮސް ރާއްޖޭގައި މިކަން ކުރުމަށް އެދުނީވެސް މިލޯ ހަދިޔާކުރެއްވި ފަރާތުން”

ތަރުޖަމާ ކުއްޖާ ޑރ ބުނުއްވި ވާހަކަ ކަރިމު ކާރީ ބުނެދިނެވެ. ނަން ނޭގުނީއްޔާ ވާނީ ކީއްހެއްޔެވެ. އަބަދުވެސް ކަރިމު މެން އެމީހާޔަށް ހެޔޮދުއާ ކުރާނެއެވެ.

ސާރާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިއްޖެއެވެ. ކަރީމު އާއި ހުސްނާ ފިޔަވައި އެހެން މީހުން ސާރާ ޔާ ސަލާން ކޮއްލުމަށް ފަހު ގެޔަށްދިޔައީ އެވެ. ސާރާ އިންނަނީ ހިސާބައްވުރެ ބޮޑަށް ހިމޭން ވެފައެވެ.

“ދަރިފުޅާ. ތިއިންނަނީ ބިރުންދޯ… މިއީ މިހާރު މާ ބޮޑު ކަމެއްނޫނޭ. ޑރ ވެސް ބުނުއްވިއެއްނު އަދި ޑރ ބުނުއްވި ގޮތުން ވެއްޖިއްޔާ ހަފްތާ އެއްގެތެރޭ ދަރިފުޅަށް ގެޔަށްދެވޭވަރުވެސް ވާނެ. އަދިއެވެސް މުޅިން ރަނގަޅު ވެގެން  އިރާދަ ކުރެއްވީޔާ ފެންނަ މީހެއްގެ ގޮތުން”

ހުސްނާ ސާރާ ގެ ކާރީ އިށީދެލަމުން ސާރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ބައްޕަ އަންނާނަން ދަރިފުޅަށް ކުރުނބާ ގަނެގެން. ހުސްނާ ކާނެ އެއްޗެއް ގެންނާނެތަ؟”

ކަރީމު ބޭރަށް ދާން ހިގައިގަންނަމުން ބުނެލިއެވެ.

“ކަރިމު. އެމަންޖެ ވެސް ދިހަ އެއްގެ ފަހަކުން އެއްޗެއްކާން ހުއްދައެއް ނެތެވެ. އެހެންވެ ރަނގަޅު އެއްޗެއްގެންނާތި.”

ހުސްނާ ތެދުވެ ކަރީމު ކާރިޔަށް ޖެހިލަމުން ބުނެލިއެވެ.

” ނޫނެ.އަޅުގަނޑު ނުކާނަން. އެއްޗެއްބޯލީމާ ރަނގަޅު ވާނެ ނޫން ތޯ”

ސާރާ ފިސް އަޑަކުން ބުނެލިއެވެ. ކޮންމެ ގޮތެއްވިޔަސް ސާރާ އިންނަނީ ހާސް ވެފައެވެ. ވީމާ އެއްޗެއް ވަކިކާނީ ވެސް ކިހިނަކުން ތޯއެވެ. އަމުދުން ޑރ. އޭނާޔަށް އެހީތެރިވިމީހާގެ ނަންނުބުނުމުން އޭނާ އެއިނީ ދެރަވެފައެވެ.

ކަރީމު ދިޔުމުން ހުސްނާ އަނެއްކާވެސް ސާރާ ކާރިޔަށް ދިޔައެވެ.

“ދަރިފުޅާ ދެން އޮށޯވެލާ” ހުސްނާ ސާރާ އެނދުގައި ބާއްވާލަ ދިނެވެ.

“މަންމާ އެ. އަޅުގަޑަށް ލޯހަދިޔާ ކުރެއްވީ ކާކުބާ؟.އިންޑިޔާ މީހުން ހާދަ ހިތްހެވޭ. ދޯ މަންމާ. މަންމަ ގެ ހިތް ބުނަނީ ކީކޭތޯ އެއީ ކާކުބާ އެހާބޮޑަށް ސިއްރު ކުރަން އޭނާ ބޭނުންވީ ކީއްވެބާ؟”

ސާރާ ވިސްނުމެއްގެ ތެރޭ އިނދެ ބުނެލިއެވެ.

“މަންމަ ޔަށް ވެސް ހަމަ ވިސްނާކަށްވެސް ނޭގެ. ކޮންމެޔަކަސް އެއީ ވަރަށް މާތް މީހެއް އެނގެނީ އެއީ އިންޑިޔާގެ ރައްޔިތެއްކަން އަދި ވަރަށް ފަގީރުވެސް މީހެކޯ”

ހުސްނާވެސް ސާރާޔާ ބައިވެރިވެލިއެވެ.

“މަންމާ. އަޅުގަނޑުގެ ޝަމީރު މިލޯބޭނުން ކުރާކަށްވެސް އަޅުގަނޑާއި އެއްބަހެއްނުވޭ ކޮންމެވެސް މީހެއްގެ ދުނިޔެ އަނދިރި ކޮއްފަ އަޅުގަނޑުގެ ދުނިޔެ  އުޖާލާ ކުރަން އަޅުގަނޑު ލަދުގަނޭ. މަންމާ އެވެ އަޅުގަނޑު ލަދުގަނެ” މިހެންބުނެފަ ސާރާ ރޯން ފެށިއެވެ. ހުސްނާ ހާސްވިއެވެ

“ދަރިފުޅާ. ކަލާންގެ ރަސްކަންފުޅަށްޓަކައި ހުއްޓާލާ.މީހަކު މާތް ﷲ އަށްޓަކާ ދަރިފުޅަށް އޯގާތެރިވީނޫންތަ މިއީ މަންމަމެން ކެނޑި ނޭޅި ކުރި ދުޢާގެ އިޖާބަ. އާންމު ގޮތެއްގާ އެތަނުގައި އެހެން ހަދިޔާ ކުރަނީ މަރުވަމުންދާ މީހުންގެ ލޯތަކޯ ނަރުސް ކުއްޖާ ބުނި.މަންމަ ކާރީ އާފިޔާއްތަ ވަރަށް ތަފްސީލުކޮށް މިކަންތަކުގެ ވާހަކަ ރޭގައި ކިޔާދިން. މީހާ މަރުވާ ފަހުންވެސް އެމީހާގެ ލޯބޭނުން ކޮށްގެން އެހެން މީހަކަށް ލޮލުގެ ފެނުން ލިބިދާނެއޯ. އެގޮތުން އެމީހާގެ ލޯ އަބަދުވެސް ދުނިޔޭގައި ހުރެއޯ. މީހާ މަރުވަމުންދާއިރު ދަނީ ލޮލާއި އަދިވެސް އެހެނިހެން ގުނަވަންތަށް ހަދިޔާކޮށްފަޔޯ.”

ހުސްނާ ސާރާ އެނދުގައި ބާއްވާލާދެމުން ރަޖާގަނޑު އަޅާލަ ދިނެވެ. .ސާރާ ވެސް ދެން އިތުރަށް ވާހަކަ އެވާހަކަ ނުދައްކާ ހިމޭނުން އޮތެވެ. އޭނާގެ ހިތަށް އަރައެވެ. ސޫރަޖް ހުރިނަމަ ކިހާރަނގަޅު ހެއްޔެވެ.ސޫރަޖް އާއި މަރިޔަންފުޅު ވަނީ އޭނާގެ ހަޔާތުގެ އެތައްމަރުހަލާއެއް އޭނާ އަށްކަޑައްތު ކޮއްދީފައެވެ. ނަމަވެސް މިއަދު އެދެމީހުން ވެސް ވަނީ އޭނާޔާ އިންތިހާޔަށް ދުރުގައެވެ. ސޫރަޖް ވީނުވީ ތަނެއްނޭނގިގެއްލުނީއެވެ. މަރިޔަން ފުޅު ނިޔާވީއެވެ. އެދެމީހުން ފެނުމުގެ ނަސީބެއްވެސް އޭނާއަކަށް ނުލިބުނެވެ.ސާރާ ފުން ނޭވާއެއްލިއެވެ.

ޖެހިގެން އައިދުވަހު ސާރާ އޮޕަރޭޝަން ތިޔޭޓަރަށް ވެއްދިއެވެ. އެންމެ ފަހުވަގުތުވެސް ސާރާ އޭނާގެ މަންމަ އަތުގައި ބާރަށް ހިފެހެއްޓިއެވެ. ހަގީގަތުގަވެސް އޭނާ އީނި ވަރަށް ބިރުންނެވެ. އެހާމެ ހާސްވެފައެވެ.

ގާތްގަޑަކަށް ތިންގަޑިރުފަހުން ސާރާ އޮޕަރޭޝަން ތިޔޭޓަރުން ނެރުނެވެ. ސާރާ ޔަށް އޮވެވުނީ ނިދާފައެވެ. ނޫނީ ސާރާ އޮތީ ނިންދަވާފައެވެ. ހުސްނާ ސާރާގެ މޫނުގައި ފިރުމާލިއެވެ. ސާރާގެ ލޯމަތީ ބެންޑޭޖް ކޮށްފަ ހުއްޓެވެ.

“ސާރާ އިރުކޮޅަކުން ހޭއަރާފާނެ ހާސްނުވޭ. މީނާ މާބޮޑަށް ލޮލުގައި ހިރުވާތީ އުޅެފީއްޔާ ނަރުހުން ތިބޭތަނުގައި ބުނެލާ. އައިވީވެސް އެހެރީ ގުޅާފަ. އަދި ހޭއެރިޔަސް މާހަރުއެއްޗެތި ކާންދޭން ނޫޅޭށޭ ޑރ ބުނުއްވި ދިޔާއެއްޗެތި ދިނަސް އެންމެ ރަނގަޅޯ.”

ތިޔޭޓަރ ރޫމް ޔުނިފޯރމްގައި ހުރި ނަރުސް ކުއްޖާ ފޮތިގަނޑަކުން އަތް ފޮހެލަމުން ހިނިތުންވެލާފާ ހުސްނާ މެން ކާރީ ބުނެލިއެވެ. އެވަގުތު ޑޮކްޓަރ ވެސް ތިޔޭޓަރުން ނިކުތްނެވިއެވެ.

“ހަތަރު ދުވަސް ތެރޭބެންޑޭޖް ނައްޓާލާނަން.”

ޑޮކްޓަރ ހިނިތުން ވެލަމުން މިހެން ބުނެލާފަ ހިގައްޖެއެވެ.

ސާރާ ހޭލެވުނީ ވަރަށް ބޮޑަށް ހަވީރުވެފާ ހުއްޓާއެވެ.

“މަންމާ. މަންމަ ކޮބާ؟”

ސާރާ ކުޑަކޮއް ތެދުވަން މަސައްކަތް ކުރަމުން އަހާލިއެވެ.

“ދަރިފުޅާ. މަންމަ މިހިރީ ހަމަ ކާރީގަ. ނުތެދުވޭ.”

ހުސްނާ ސާރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އޭއި މަންމަ އެކަންޏެއް ނޫނޭ. ކަމަނާ ދެކޭ ހިތުން ބޮޑު ގާފިލާއެއްގެ މީހުން މިތާ އައިސް މިތާއެބަތިބި”

މުރާދު ގެ މިޖުލްލައިން ހުރިހާ މީހުން ހޭން ފެށިއެވެ.

“މަންމާ. ބޭބެ އަބަދު ދިމާކުރަނީ.”

ސާރާ މަންމަ ކާރީ ޝަކުވާ ކުރިއެވެ.

“ހޫނ މުރާދު ހުއްޓާލާ..އަސްލުވެސް ހީވަނީ މިމަންޖެއާ އަވަލާފަ ހުންނަ ހެން އެކަމަކު ލޯރަނގަޅުވީދުވަހަކުން ބަލާތި ވާގޮތް ދޯ ދަރިފުޅާ ”

“އަސްލު މިހާރު ކޮއްކޮޔަށް ފެންނާނެ. މަންމާ ޔަގީން ދައްކަބަލަ ކޮއްކޯ ދައްކާލަ ބޭބެ ކުޑަކޮއް އަތްލަން ތިމޫނުގަ؟”

މުރާދު އަނެއްކާވެސް ސާރާޔާ މަޖާކޮއްލިއެވެ.

“ދަރިފުޅާ. ކޮއްކޮ ލޯރަނގަޅުވީމާ ކޮއްކޮ ވެސް ދަރިފުޅާ ދިމާކުރާނެއަދި މަ ހުންނާނީ ކޮއްކޮޓީމްގަ ހުރެބަލަން ވާގޮތް.” ހުސްނާ މުރާދުގެ ކަންފަތުގައި ލޯބިން ހިފާލަމުން ބުނެލިއެވެ.

“ބަލަ މަ ހުންނާނީ މުރާދު ޓީމްގަޔޭ ދޯ ދަރިފުޅާ”

ކަރީމު މުރާދުގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.

” އާނ! ތިހެންވެ ތާ. މިހާރު އަޅުގަޑަށް ވީވަރެއް މިކޮއްލަނީ އަންހެންޓީމް ފިރިހެން ޓީމްގަ އުޅޭނި މަގޭ ބެސްޓީވެސް އިމްދާދު”

މުރާދު ވެސް ހިނިތުން ވެލަމުން ބުނެލިއެވެ. އެވަގުތު ކޮންމެވެސް އަންހެން ކުއެޖަކު ސަލާން ގޮވާލަމުން ސާރާ ބާއްވާފަ އޮތް ކޮޓަރިޔަށް ވަނެވެ. ހުރިހާ މީހުން ހައިރާން ވެފަ އެތަނަށްއެވަން އަންހެން ކުއްޖާ ޔާދިމާލަށް ބަލަން ތިއްބެވެ.

” ކާކު ހޯދާ ކުއްޖެއްތޯ؟”

ހުސްނާ އެކުއްޖާޔާ ސުވާލު ކުރިއެވެ.

“އަޅުގަނޑު… ސާރާ … އަޅުގަނޑު… މުރާދު”

އެއަންހެން ކުއްޖާ ލަދުން ވާހަކަ ދައްކަން އުދަގޫ ވެގެން އުޅުމާ ކަންތައް ވެގެން ދިޔަ ގޮތުން މިއީ މުރާދުގެ ރަހްމަތްތެރި އަންހެން ކުއްޖެއްކަން ދެނެގަންނާކައް ހުސްނާޔަކަށް މާއުދަގުލެއް ނުވިއެވެ.

މުރާދު ގޮސް ފަރުދާގެ ނިވަލަށް ވަނެވެ. މިކަމާ ހުސްނާ ހިނިތުންވެލިއެވެ

“އާދޭ ދަރިފުޅާ މިކޮޅަށް އާދޭ. ބައެއްފަހަރު ބައެއްމިހުން ރައްޓިހި ކުދިންނަށް ދައުވަތު ދީފަ ނޫންކަމަށް ހެދިގެން ތިބޭނެ ފިލާފަ. އެއީ ދުނިޔޭގެ އާދަ.”

މުރާދު އާއި ދިމާލަށް ބަލާލަމުން ހުސްނާ ބުނެލިއެވެ.

“ދަރިފުޅަށް ކިޔަނީ ކޮންނަމެއްތަ؟”

ހުސްނާ އަދިވެސް ބޮޑަށް އެކުއްޖާ އޭނާޔާ ކައިރި ކޮށްލަމުން އަހާލިއެވެ..

“ނާ..ނާހިދާ.”

އެއަންހެން ކުއްޖާ ތުރުތުރު އަޅާ އަޑަކުން ޖަވާބު ދިނެވެ. އެވަގުތު ކަރީމުވެސް އެކުއްޖާޔާ ސުވާލު ކުރަން ފެށިއެވެ

“ތިޔައީ ކޮންގެއެއްގެ ކުއެޖެއްތަ؟

” އަޅުގަނޑަކީ ގުމްރީގޭ ކުއްޖެއް.”

ނާހިދާ މިހެން ބުނުމުން ހުސްނާ މާކުރީގެ ހިޔާލަކަށް ގެއްލުނެވެ. އެއީ ތަންކޮޅެއް ކުރީގެ ހަނދާނެކެވެ. ނަސީބުގޭގައި ކޮންމެވެސް ޕާޓީއެއްބޭއްވި ރެއެކެވެ. ނާހިދާ އެގެޔަށް އައިވާހަކަ ޔާ މުރާދު އާއި ދެމީހުން ތަންކޮޅެއް އެކަހެރިކޮށް ވާހަކަ ދައްކަން ތިބިތަން މަރިޔަން ފުޅަށް ފެނިގެން އެވާހަކަ އޮތީ ހުސްނާ ގާތު ދައްކާވެސް ފައެވެ.

” މަންމާ އެވެ އެއީ އަޅުގަނޑުގެ ރަހްމަތްތެރި ކުއްޖެއް”

ސާރާގެ އަޑުން ހުސްނާ ސިހިފަ ހިޔާލުން އެނބުރި އައެވެ.

“އެހެންތަ. ދަރިފުޅާ ނާހިދާ. ސާރާ ކާރީ އިށީންނަންއާދޭ. ”

ހުސްނާ މަޑުމަޑުން ސާރަގެ އަތްނަގާ ނާހިދާގެ އަތަށް ދިނެވެ.

” މިއީ އަޅުގަނޑު ސާރާޔަށް ދޭން ގެނާ މާބޮނޑިޔެއް”

ނާހިދާ އޭނާގެ އަތުގައިވާ މާބޮނޑި ސާރާގެ އަތަށް ދެމުން ބުނެލިއެވެ.

” މަންމާ. ކޮއްކޮ ލޯރަނގަޅުވެގެން ބަލަން ވާއިރަށް މުޅި މިކޮޓަރި މާމަލުން ފުރާލަމާ ދެއްވަމާ ދޮގެއްތޯ މިލިބެނީ ހަދިޔާއަށް ހުސް މާވިއްޔަ ކާނެ އެއްޗެއް ގެންނަ މީހަކު ނުވޭ ހީވަނީ މީހުން ބަލިވަނީ މާހޯދަންހެން.”

މުރާދު މަންމަ ގެ ފުރަގަހުގައި ހުރެ މަންމަގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ. ހުރިހާ މީހުން މިކަމާ ހުނެވެ.

“ދެން ހަމަ މީހަކު މަލެއް ގެންނަ އިރަށް އެވީ މުޅި މިތަނުގައި މާލާން ދޯ މަންމާ ބޭބެ ވަރަށް ކޮޕީ ކުރާނެ”

ސާރާ ވަގުތު ލިބޭއިރަށް މުރާދު އާއި ދިމާކޮއްލިއެވެ.

“ނޫނެ. ބޭބެ މުޅިގެވެސް ދަރިފުޅު އަންނަންވާއިރަށް ބަދަލު ކޮއްފަ އެބަހުރި އެވާގޮތަކީ ބޭބެއަށް ޗޮކްލެޓެއް ނުލިބޭތާ ގިނަ އިރުވީ.”

ހުސްނާ މުރާދު ދިފާއު ކޮއްލަދިނެވެ.

“އައްދެ ބޭބެ އެކަންޏެއް ނޫން މަންމަ ވެސް ދަރިފުޅު ގެޔަށް އަންނާން ވާއިރަށް ގޭގެ ކަންތަށް ބަދަލުކުރުމުގައި ނޭވާވެސް ނުލާ ބައެއްފަހަރަށް ކާންޖެހެނީ ބަގީޗާގަ ތިބެދޯ މުރާދު”

ކަރީމު ހުސްނާގެ ވާހަކަ ގޮވާލިއެވެ. މިކަމާ ހުރިހާ މީހުން ހޭން ފެށިއެވެ.

“ކަރީމު ބޭބެ ގެ ކަންތަކެއްވެސް ދެރައެއްނޫން. މިހާރު ސާރާ ސުކޫލަށް ވެއްދުމުގެ ހުރިހާ ކަމެއްވެސް އޮތި ނިމިފައެއްނު. އަޅުގަނޑު ހުރީމޭ ސުކޫލުގެ ޕުރިންސިޕަލްއާ ވާހަކަ ދެއްކި އަޑުއަހައިގެން.”

ފަޒުނާ ކަރީމުގެ ސިއްރުވެސް އެންމެންނަށް ހާމަ ކޮއްލިއެވެ.އަނެއްކާވެސް ހުރިހާ މީހުން ހޭންފެށިއެވެ. ކޮންމެ މީހަކުވެސް އޭގެ ޒާތުގަ ކޮންމެވެސް މޮޅު ކަމެއް ކޮށްފަ އެބައޮތެވެ. ނާހިދާ ވެސް މިހާރު ހަމަޖެހިލިއެވެ. ޢާއިލާ ކުއްޖެއް ހެން ހީހީފަ އެމީހުންނާ ވާހަކަ ދައްކަމުންދިޔައެވެ. ނާހިދާވެސް މުރާދުއާއި އެެއްކުލާހެކެވެ. ގުރޭޑް 8 ކެވެ.

ހަތަރު ދުވަސް ވެއްޖެއެވެ. މިއަދަކީ ސާރާގެ ލޮލުގެ ބެންޑޭޖް ނަގާލާ ދުވަހެވެ. ހުރިހާ މީހުން ހޮސްޕިޓަލުގައި ސާރާ ބާއްވާފަ އޮތް ކޮޓަރީގައި ތިއްބެވެ. ކޮންމެ މީހަކު ކެއްތެރި ކަމެއް ނެތްގޮތުގައި އިންތިޒާރު ގައި ތިއްބެވެ. ޑޮކްޓަރ އަނޫޕަމް އެވަގުތު ކޮޓަރިޔަށް ވެންނެވިއެވެ.

އަދި ނަރުސް ކުއްޖާގެ އެދުމުގެ މަތިން އެހެންމީހުން އެކޮޓަރިން ބޭރަށް ނިކުތެވެ. ބައިގަޑި އެއްހާއިރު ފަހުން ޑޮކްޓަރގެ އެދުމުގެ މަތިން ނަރުސް ކުއްޖާ އެކޮޓަރީ ދޮރު ހުޅުވިއެވެ.

“ވަންނަވާ.”

ހިނިތުން ވެލަމުން ނަރުސް އެންމެންނަށް އެތެރެޔަށް ވަންނަން ހުއްދަދިނެވެ. ހުސްނާޔާ ކަރީމު އާއި އެހެން އެންމެން ތެޅިތެޅި ތިބި ހިތްތަކަކާއެކު އެތެރެޔަށް ވަނެވެ. ސާރާ ގޮޑިޔެއްގައި އިށީނދެ އިނެވެ. މުޅި ކޮޓަރިގައި ވަނީ ފަނޑުއަލި ކަމެކެވެ.

ހުސްނާ ގެ ލޮލުން ހޯސްލާފަ ކަރުނަ އާދެއެވެ. އެއީ އުފާވެރި ކަމުގެ ކަރުނަ އެވެ. ކަރީމު އާއި މުރާދު ގެ ލޮލުން ވެސް ވިދަމުން ދަނީ އުފާވެރިކަމުގެ ކަރުނައެވެ.

“ސާރާ. ބެންޑޭޖް ނައްޓާލީމާ މަޑުމަޑުން ލޯ ހުޅުވާ”

ޑރ އަނޫޕަމް ސާރާ ކާރީ ބުނެލިއެވެ. ސާރާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ބެންޑޭޖް ނައްޓާލެވިއްޖެއެވެ.

“ސާރާ. ލޯ ހުޅުވާ. މަޑުމަޑުން ހުޅުވާ.”

ޑރ އަނޫޕަމް ސާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ސާރާ ލޮލެއްނުހުޅުވިއެވެ. ޑރ ކާރި ހުރި ނަރުސް ކުއްޖާޔަށް އިޝާރާތުން ވާހަކަ ދައްކަން ބުނެލިއެވެ.

” ސާރާ. ލޯ ހުޅުވާ މަޑުމަޑުން ލޯހުޅުވާ.”

ނަރުސްކުއްޖާ ސާރާ ކައިރިޔަށް ޖެހިލަމުން ބުނެލިއެވެ. އަދިވެސް ބިރުގެންފައި އިން ކުޑަކުއެޖެއްހެން ސާރާ އިނެވެ.ޑރ ހުސްނާޔަށް އިޝާރާތް ކޮއްލިއެވެ.

“ދަރިފުޅާ. ލޯ ހުޅުވާ”

ހުސްނާ ގިސްލުމަކާ އެކު ބުނެލިއެވެ. ސާރާ މަޑުމަޑުން ލޯހުޅުވިއެވެ. އަނދިރީގެ ތެރެއިން ހިޔަނި ތަކެއްހެން އެނާޔަށް މީހުން ސިފަވާން ފެށިއެވެ. ނަރުސް ކުއްޖާ މަޑުމަޑުންކޮޓަރި ތެރެ އަލިގަދަ ކުރަމުންދިޔައެވެ.

.ސާރާ އަނެއްކާ ލޯހުޅުވިއެވެ. މަޑުމަޑުންނެވެ. އޭނާ ހައިރާން ކަމާއެކު ވަކިވަކިން މީހުންނަށް ބަލަން ފެށިއެވެ.މަޑުފިޔާތޮށިކުލައިގެ ހައުސްކޯޓެއްލައިގެން ބުރުގާ އަޅައިގެން ރޮވިފައި ހުރީ އޭނާގެ މަންމަ ކަން ދެނެގަންނަން ސާރާޔަށް ވަގުތު ކޮޅެއް ނެގިއެވެ.

“މިއީ މަންމަ. ދަރިފުޅާ. ދަރިފުޅަށް އެބަފެނޭތަ؟”

ހުސްނާ ތުރުތުރު އަޅާ އަޑަކުން ސާރާޔާ ސުވާލު ކުރިއެވެ. އެވަގުތު ސާރާ ހަޅޭއްލަވައިގަނެވުނެވެ

“މަންމާ.މަންމާ ސާރާޔަށްހުރިހާ ތަނެއް އެބަފެނޭ. ހުރިހާތަނެއް އެބަފެނޭ.”

ސާރާ ރޮމުން އޭނާގެ މަންމަގެ ގައިގާ އޮޅުލަމުން ބުނަމުން ދިޔައެވެ

އަދި ކޮކާލެއް ހެން ކޮޓަރި ތެރޭ ގޮތްގޮތަށް އެނބުރެން ފެށިއެވެ. ހުރިހާ އެންމެނާ ވަކިވަކިން ކާރިޔަށް ގޮސް ސަލާން ކުރަމުން ދިޔައެވެ.

“އެހެރީ ބައްޕަ ޔާ މުރާދު ބޭބެ” އެދެމީހުންވެސް ތިބީ ކަރުނައިން ފޯވެފައެވެ.

ހުސްނާ ﷲއަށް ޝުކުރުގެ ސަޖިދައެއް ކުރިއެވެ. ރޮމުން ރޮމުން ﷲއަށް ޝުކުރު އަދާކުރިއެވެ، އަދި ސާރާޔަށް މީހުން ތައާރަފް ކޮއްދޭން ފެށިއެވެ. ސާރާ ކޮންމެ މީހަކާ ކަރާ ކަރުޖައްސާ ސަލާމް ކުރިއެވެ.

“ބައްޕާ މިއަދު ސާރާވަރަށް އުފާވެއްޖެ. ބައްޕަ މެންދެކޭ ހިތުން ސާރާ މާތްﷲއަށް ކުރި ދުޢާ އިޖާބަ ކުރައްވައިފި އަލްހަމްދު ލިއްލާހި”

ސާރާ ކަރީމްގެ ގައިގާ އޮޅުލައިގަނެފަ ބުނެލިއެވެ. ކަރީމު އޭނާގެ ލޮލުން އައިސް އައިސް ހުރި އުފާވެރިކަމުގެ ކަރުނަ ފޮހެލިއެވެ. އެއްވެސް އެއްޗެކޭ އެނާޔަށް ނުބުނެވުނެވެ.

މުރާދުވެސް ދުރުގައި ކޮއްކޮޔަށް ބަލަން ހުރީ އެވެ. ހަރަކާތް ކޮއްލަން ނޭގިފައެވެ.

“ބޭބޭ. ކޮއްކޮޔަށް ބޭބެ ފެނިއްޖެ.ބޭބޭ” ދެމީހުން އެކަކު އަނެކަކަށް ކަރާ ކަރު ޖައްސާ ސަލާމް ކުރިއެވެ.

ދެބެއެއިންނަށް ވެސް އިތުރު އެއްޗެކޭ ނުބުނެވުނެވެ. ޑރ އާއި ނަރުސް ކުއްޖާ ދުރުގައި މިމަންޒަރު ބަލަން ހެވިފަތިއްބެވެ. ހުސްނާ  ދިޔަ ގޮތަށް ގޮސް ޑރ ގެ އަތުގައިހިފާ އަތަށް ބޮސްދިނެވެ. ކަރީމް ޑޮކްޓަރ އަނޫޕަމް އަށް ޝުކުރު އަދާކުރަމުން ކަރާކަރު ޖައްސާ ޑރ އާއި ސަލާމް ކުރިއެވެ.ޑރ ސާރާޔަށް ކަޅުކުލައިގެ އަވިއައިނެއް ހަދިޔާ ކުރެއްވިއެވެ.

“ސާރާ. މިއައިނު އެންމެ މަދުވެގެން ދެމަސް ދުވަހު ބޭނުން ކުރަން ޖެހޭނެ. އަދި ކޮންމެ ރެޔަކު ނިދާގަޑީގައި ލޮލަށް އަޅަން ބުނެފައިން ބޭސްވެސް ފަރުވާ ކުޑަނުކޮއް އަޅަން ޖެހޭނެ.”

ނަރުސް ކުއްޖާ ޑރ ބުނި ވާހަކަ ސާރާ ކާރީ ބުނެދިނެވެ. ސާރާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

ސާރާ ގެޔަށް ބަދަލު ވެއްޖެއެވެ.ކާރުން ފައިބައިގެން ސާރާ ގޭގެ ދޮރު ކާރީ މަޑުކޮށްލިއެވެ އަދި  ސާރާ ލޯމަރާލިއެވެ. ހުރިހާ އެންމެން މިކަމާ ހައިރާން ވިއެވެ.

“ދަރިފުޅާ. ވީ ކީއްތަ؟ ލޯމަރާލީ ކީއްވެ؟” ހުސްނާ ހާސްވެފަ އަހާލިއެވެ.

“މަންމާ. މިތަން ތަން އަޅުގަޑަށް ލޯހުޅުވައިގެން ވަރަށް ނުފަރިތަވާނެ. ލޯމެރީމާ ހުރިހާ ތަނެއްވެސް ހިތުގެ ލޮލަށް އެބަފެނޭ.. އަޅުގަނޑަށް ފަސޭހައީ ލޯމަރާއިގެންދާން ލޯހުޅުވައިގެން  މާއަލިގަދަ އަދި މާނުފަރިތަ”

ސާރާގެ މިވާހަކައިން އެންމެން ހޭން ފެށިއެވެ. ސާރާ ކޮޓަރިޔަށް ދިޔައެވެ. ލޯމަރާއިގެން ހިނގާފައެވެ. ހުރިހާ މީހުން އެމަންޒަރު ބަލަން ހެވިފަ ތިއްބެވެ. ކޮޓަރިއަށް ގޮސް ކަބަޑުގެ ތެރެއިން މަރިޔަން ފުޅުގެ ފޮޓޯ ނެގިއެވެ.އަދި  ދެން ލޯހުޅުވިއެވެ. އަދިއެފޮޓޯ ޔާ މުހާތަބު ކޮށް ވާހަކަ ދައްކަން ފެށިއެވެ.

ނުނިމޭ

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ސިއްރު 4

Next

އިންތިހާއަށް އާދޭސް 7…

Next
October 2, 2016

އިންތިހާއަށް އާދޭސް 7…

Previews
October 2, 2016

ސިއްރު 4

7 Comments

  1. aik says:
    October 2, 2016 at 6:04 am

    vv reethi..?

  2. Aish says:
    October 2, 2016 at 6:55 am

    just wow!

  3. Aish says:
    October 2, 2016 at 6:56 am

    I think sooraj e lo hadhiya kuree

  4. Sheeby says:
    October 2, 2016 at 9:18 am

    Varah salhi mi vaahaka

  5. yaana says:
    October 2, 2016 at 2:37 pm

    VVV reethi mi vaahaka

  6. Rozy says:
    October 2, 2016 at 10:45 pm

    Thank you every body… looking FW your love and support to the next part too 🙂

  7. Twity says:
    October 3, 2016 at 1:17 pm

    Wow

Comments are closed.

All Right Reserved!