“ދަރިފުޅާ ޝީރީން… ޝީރީން..” ތަކުރާރުކޮށް ޝީޔާމާ ދިޔައީ ޝީރީންއަށް ގޮވަމުންނެވެ. “ކިހާ ދެރަކަމެއް… ބޮލުގަ ރިއްސާތީއޭ މިއޮތީ… އަޅެ އަހަރެން މިގޭގަ އެހެންޏާސް މަސައްކަތް ކުރަންތަ… ނުކުރަމެއްނު… ދެން ކޮންމެހެން އަހަރެން ގެންދަން ޖެހޭތަ ތިކުރާކަމެއް ކުރަން…” ޝީރީންގެ ބަސްމަގު ހުރި ގޮތުން ޝިޔާމާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް ޝީރީންއަށް އައި މިބަދަލުން ޝިޔާމާގެ ހިތް ކުދިކުދިވިއެވެ.

“ދަރިފުޅާ ކިހިނެއްވީ… ކަމަކާ ހިތްހަމަ ނުޖެހިފަތަ” ޝީރީންގެ ފަރާތުން ދުވަހަކުވެސް ފެނިފައި ނުވާ ސިފައަކަށް ވުމުން ޝިޔާމާ ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން ބޭނުންވިއެވެ. “އަހަންނަކަށް ނޭނގެ… ” ޝީރިން ރުޅިއައިސް އެހެންބުނެ ބަންލާފައި ދޮރުޖެހީ ފޫހިކަންމަތީގައެވެ. އެވަގުތު ޝިޔާމާގެ ހިތުގައި ޖެހުނީ މިއިން ޒަމާނަކުވެސް ޖެހިފައިވާ ނުވާވަރަށެވެ. ޝިޔާމާގެ ލޮލުން ކަރުނައިގެ އަސަރުފާޅުވާން ފެށުމުން އަވަސް އަވަސްކޮށް ޝިޔާމާ މިސްރާބު ޖެހީ ބަދިގެ ފަރާތަށް ދިޔުމަށެވެ.

…….

“ލައީ…. ވާހަކައެއް ބުނަންވެފަ އެބައޮށް” އަތިރިއާ ވީ ފަރާތުގައި ޖޯލީގައި ފޯނާކުޅެން އޮތް ލައިލާ ފެނި ނަދީމް ލައިލާއާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. “ކިޔާބަލަ..” ފޯނު ބާއްވަމުން ލައިލާ ނަދީމްއަށް ސަމާލުކަން ދިނީ ނަދީމްގެ މޫނުމަތިން ސީރިއަސްކަން ފާޅުވުމުންނެވެ. “ލައީ… އަހަންނަށް އެނގޭ އަދި އަވަސްކަން…. އެކަމް.. ލައީ އައި ލައިކް ޔޫ” ލައިލާގެ ލޮލަށް ސީދާ ބަލަން ހުރެ ނަދީމް ހިތުގެ ސިއްރު ފާޅުކުރީ ވަރަށް ވެސް ބިރުންހުރެއެވެ. އެހެން ނަމަވެސް ލައިލާގެ މޫނުން ނަދީމް ހީކުރި ކަހަލަ އެއްވެސް އެއްޗެއް ނުފެނެއެވެ. ލައިލާ އެއިން ގޮތަށް އިނދެ އިސްދަށަށް ޖަހާލަމުން ނިޔަފަތީގައި ދަތް އަޅާލީ ދެންމެ އެއިވުނު އެއްޗެއް ޔަގީން ނުވާ ހާލުގައެވެ. “ލައީ…” ލައިލާ އަނގަޔަށް ލައިގެން އިން އިނގިލި ނައްޓަމުން އެއަތުގައި ނަދީމް ހިފިއެވެ. “ނަދީމް…” ލައިލާ ފުން ނޭވާއެއް ފަޒާތެރެއަށް ދޫކޮއްލަމުން ނަދީމްގެ އަތުތެރެއިން އަތް ދަމައިގަތެވެ.

“އިތުރު އެކަކަށް ނޭނގުނަސް ނަދީމްއަށް އެނގޭނެ އަހަރެންގެ ހިތުގެ ހާލަތު.. ނޫނީ އެއީ އަހަރެން ހީކުރި ގޮތް… އެންމެ ކުޑައިރުއްސުރެން މިހިތުގަ މަނިކު ނޫން އިތުރު މީހެއްގެ ސިފަވެސް ކުރެހިފައެއްނެތް… މަނިކު ޝިރީންއާއި އިނީއްސުރެން އަހަރެން ވޭތުވެދިޔަ ދެމަސް ދުވަހު މި މަސައްކަތް ކުރަނީ މަނިކު މަތިން ހަނދާން ނައްތާލެވޭތޯ… އެކަމް ނަދީމް.. އެއީ.. އެއީ އެހާ ފަސޭހަ ކަމެއް ނުނޭ… ނަދީމްއަށް އެނގޭތަ މަނިކު ފެންނަ ހިސާބަށްވެސް އަހަރެން ނުދާން ހަދާ މަސައްކަތް އެބަކުރަމޭ… ނަދީމް…… އަހަރެން.. އަހަރެން..” ލައިލާއަށް އިތުރަށް ކުރިއަށް ނުގެންދެވުނީ ހިތަށް ކަށިތަކެއް ހެރޭ ކަހަލަ ތޫނު ތަދެއް ވުމުންނެވެ. ދެއަތުން މޭގައި އަތްއަޅައި ފިއްތާލީ އެތަދަށް ލުޔެއް ލިބޭތޯއެވެ. “ލައީ… އިޓްސް އޯކޭ… ސޮރީ… އަހަރެން ހީކުރީ މީ އެންމެ ރަނގަޅު ވަގުތުކަމަށް..އެކަމް އެންމެ ގޯސް ވަގުތު ދޯ މީ… ލައީ… ލައީ އަހަރެން ދުރުނުކުރައްޗޭ ޕްލީޒް… މީ ނުދައްކާ ވާހަކައެއް ކަމަށް ބަލާ… ޕްލީޒް..” ނަދީމް ލައިލާގެ އަތުގައި ހިފާ އާދޭހުގެ ރާގަށް އެހެން ބުނެވުނީ ލައިލާ ބީވެދާނެ ކަމުގެ ބިރު ހީވުމުންނެވެ. އެވަގުތު ލައިލާ ދެލޯ ފޮހުލުމައްފަހު ނަދީމްއަށް ހިނިތުންވެލިއެވެ. އެހެން ނަމަވެސް ލައިލާގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް އުފަންވަމުން އައީ ހީވެސް ނުކުރާހާ އަވަހަށެވެ. ނަދީމް އެއީ ރައްޓެއްސެގެ ގޮތުގައި ދެން ބެލޭނެ ހެއްޔެވެ؟ ކުރީގެ އޮތް ގާތް ގުޅުން ދެން އޮންނާނެ ހެއްޔެވެ؟ ލައިލާ ދިޔައީ އަމިއްލަ ހިތާ ސުވާލު ކުރަމުންނެވެ.

……………………..

ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުގައި މުޅި ގޭތެރެއިންވެސް އިވެމުންދިޔައީ ތަށިތަށް ތެޅޭ އަޑެވެ. ރޭގަނޑުގެ ކެއުމަށް ޝިޔާމާއާއި މަނިކުގެ ދެމަފިރިން ތިބި އިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. “ދަރިފުޅާ މާލެ ދިޔުމުގެ ކަންތަށް ކިހިނެއްވަނީ…” އެ ހަމަހިމޭންކަން ފޫބައްދާލީ ޝިޔާމާއެވެ. “ކާކުތަ މާލެދާން އުޅެނީ.. މީހަކު އެބައުޅޭތަ މާލެދާން… ވަރަށް ފޫހިވޭ… ހަމަ އަނގަ ލައްޕައިގެން މިގޭގަ ކެވޭކަށްވެސް ނޯންނާނެ.. އަދި މީރު އެއްޗެއްވެސް ހަދާނަމަ އެންމެ ރަނގަޅޭ… މީގެން ލަނީ ފެންރަހަ… ދެން ނުކެއްކެއްޏާ މިގެއަށް ނޯކަރެއް ލީމަ ވީނު….. ބޮޑު ކަމެއް….” ޝީރީންގެ އަނގަ ލެއްޕިގެން ދިޔައީ މަނިކުގެ ހޫނު ހަމަލާ ކޮލަށް އެރުމުންނެވެ. “ދަރިފުޅާ..” ރޮވެން ކައިރިވެފައި އިން ޝިޔާމާ މަނިކަށް ގޮވާލީ އެހެން ކަންތަށް ނުކުރުމަށެވެ. “ޖަހާކަށް ނުވާނު ދަރިފުޅާ…” ކާކޮޓަރިން ނިކުތް ޝީރީންއާ ދިމާލަށް ބަލަމުން ޝިޔާމާ ބުންޏެވެ. “ޝީރީން އަޅުގަނޑު ދެކެ ރުޅިއައިސްގެން އެއުޅެނީ… މާފުކުރޭ މަންމާ…” ޝީޔާމާގެ ކޮނޑުގައި ކުޑަކޮށް ފިރުމާލުމަށްފަހު މަނިކު މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ.

އެނދުމަތީގައި ބަންޑުން އޮތް ޝީރީން ދިޔައީ ރޮމުންނެވެ. އެވަގުތު މަނިކުގެ ހިތް މަޑު ކަފަ ކޮޅަކަށް ވިކަހަލައެވެ. “ޝީރީން… ސޮރީ…” ޝީރީންގެ ކޮނޑުގައި އަތްލަމުން މަނިކު މާފަށް އެދުނެވެ. “ކޮން ސޮރީއެއް.. ކަލޭއާ ހެދި އަހަރެންގެ ހުރިހާ އުފާތަކެއް… ކަލޭއާއި ކަލޭގެ މަންމަ” އަނެއްކާވެސް ޝީރީންގެ ކޯތާފަތަށް ހޫނު ހަމަލާއެއް އެރިއެވެ. “ބުނަން ޝީރީން އަހަރެންގެ މަންމައޭ ކިޔައިގެން ފާޑު ފާޑުގެ ވާހަކަ ނުދައްކާތި.. ތިކިޔާ އެއްޗެއް ކިޔާ އަހަރެންނާ ދިމާލަށް..” މަނިކު ހުރީ ރުޅިއައިސް ރަތްވެފައެވެ. “އަހަރެން ބޭނުމީ ވަރިވާން.. އަހަރެން އިނީވެސް ލޯބިވާތީއެއްނޫން… އަހަރެން ބޭނުމީ ވަރިވާން..” ޝީރީން ދިޔައީ ތަކުރާރުކޮށް އެހެން ކިޔަމުންނެވެ. “ޝީރީން ޕްލީޒް.. މި މެރިޖް ވޯކްއައުޓް ކުރާނޭ.. އައިވިލް ޓްރައި އޭ.. އައި ލަވްޔޫ.. ޝީރީންއާ ނުލާ ކިހިނެއް އަހަރެން އުޅޭނީ..” މަނިކު ޝީރީންގެ ކޯތާފަތުގައި ފިރުމާލަމުން ދެކަކޫ މައްޗަށް ތިރިވިއެވެ.

“އަހަރެން ނުވެއޭ ލޯތްބެއް.. އަހަރެން ލޯބިވަނީ މޯންޑޭ ދެކެ އެކަނި… އަހަރެން ބޭނުމީ މާލެދާން… މާލެދާން ބޭނުންވެގެން މަނިކާ އިނީވެސް… އަހަރެން ދުވަހަކުވެސް… ދުވަހަކުވެސް މަނިކުދެކެ ލޯތްބެއް ނުވަމޭ…. ” ޝީރީންވެސް ގޮތުގައި ހިފޭއްޓިއެވެ. އެވަގުތު މަނިކު މިއިން ދުވަހަކުވެސް ދެރަނުވާވަރަށް ދެރަވިއެވެ. ޝީރީން އެހަޔާތަށް ނައިނަމަވެސް މިއަށްވުރެއް ރަނގަޅުވީހެވެ. “ޝީރީން..” މަނިކު ޝީރީންގެ އަތުގައި ހިފީ އާދޭސް ކުރަމުންނެވެ. މަނިކުގެ ދެލޮލުން ކަރުއޭގެ މަގާމު ދޫކޮއް ފައިބައިގަތީ ކެއްނުގެންނެވެ. “ކިހާ ދެރަކަމެއް… މިބުނީނު ވަރިކުރާށޭ… ބޮޑު ކަމެކޭ… ފަހަތުން ނުނެއްޓޭ މީހެއް… ހަމަ ކަލޭ މަންމަ ކަހަލަ” ޝީރީން އެހެން ބުނުމުން މަނިކުގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ޝީރީންގެ ގައިގަ ޖެހަން ނެގިއަތް ކޮންޓްރޯލް ކުރީ ވަރަށް ހިތްވަރާ އެކުއެވެ. “ޝީރީން…. ތިއެދުންވެސް ފުއްދަދޭނަން.. އެކަމް ބުނަން ދި ދުލުން އަހަރެންގެ މަންމައޭ ކިޔާ އެންމެ ލަފްޒެއް ދެން ބޭރުވިޔަސް ދި ކުޑަދޫ ބުރިކޮއްލާނަން…. މާލެދާން ތައްޔާރުވޭ… މިފަހަރު އަހަރެން ހުއްޓާލާނީ ޝީރީން މާލެ ފޮނުވާފައި” މަނިކު އެހެން ބުނެ ކޮޓަރިން ނިކުތީ އެންމެ ސިކުންތަކުވެސް ޝީރީންގެ ކުރިމަތީގައި ހުންނަން ބޭނުންނުވާތީއެވެ. އެކަހަލަ އަންހެނެއް ދެކެ ލޯބިވެވުން އެއީ އަމިއްލަ މީހާގެ ބަދުނަސީބޭ ހިތަށް އެރިއެވެ.

މޫދުގެ ލޮނުގަނޑު ދިއްލިފައިވަނީ ހަނދުގެ އެ ފުރިހަމަ އަލިންނެވެ. ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުގައި މަނިކު ރާޅު ޖަހާ ހިސާބުގައި އެކަނިމާއެކަނި އިށީދެލައިގެން އިނީ ދޮންވެލި ފަސްގަނޑު މަތީގައެވެ. އެގޮތަށް އެހެން އިން އިރުވެސް އިރު އިރު ކޮޅާ އެ ދެލޮލުން ކަރުނައިގެ ރޮނގެއް ފާއްދާލައެވެ. “ކީއްވެ ޝީރީން ކީއްވެ… އަހަރެންގެ ހަޔާތަށް ނައިސް ހުވަފެނެއްގެ ގޮތުގައި ހުރިނަމަ…. ކީއްވެ” މަނިކު މޭގައި ޖަހަމުން ކިޔަމުން ދިޔައީ މޮޔައެއް ފަދައިންނެވެ. އެތަށް އިރެއް ވަންދެން މަނިކު ދިޔައީ ޝަކުވާ ކުރަމުންނެވެ. ފިރިހެނަކަށް ވެ ހުރެ މަނިކު ދިޔައީ ގިސްލާ ރޮމުންނެވެ. ދަންވަރުގެ ބޮޑުބައި މަނިކު ހޭދަކުރަނީ އެ ދޮންވެލި ތުޑީގައި އެކަނި މާއެކަންޏެވެ. ހިތަށް ކުޑަވެސް ލުއެއް ލިބިގެން ދިޔައީ ހިތު ތެރޭގައި ހުރި ހުރިހާ ޝަކުވާއެއް ބޭރުކޮއްލެވުމުންނެވެ.

……………………

“އޭ ޝިޔާމާ ކޮބާތަ ތިގޭ ޝީރީން… ރަނގުތަ އެމަންޖެ..” ފިހާރަތެރެއިން ޝީޔާމާ ފެނި ހަދީޖާ ޝީޔާމާ ކުރެން އަހާލިއެވެ. ޝީޔާމާ އެއްޗެކޭ ނުބުނެ ހީލުމުން ހަދީޖާއަށް ކަމަކު ނުދިޔައެވެ. “އެ މަންޖެއަށް ނޭނގޭނެ އެއްކަމެއްވެސް ކުރާކަށް މަށަށް ޔާގީން.. ބުންނަ ޝިޔާމާ އޭނަ ލައްވާ ހުރިހާ މަސައްކަތެއް ކުރުވަން އުޅޭ… އެ އުމުރަށް ދާއިރު ދަސްވެފަ ދޯ ހުންނަން ޖެހޭނީ… އަދި މަ އަޑު އަހައިފިން އޭނަ މާލެ ދާން އުޅޭވާހަކަ….. އެ ޝިރީންއަކަށް ނޫޅެވޭން މިރަށުގައެއް.. އޭރުވެސް މަށައް ހީވިއޭ.. އެއީ މިހާރު މާލެ މީހުން…” ޝިޔާމާ ފަހަތުން ހަދީޖާ ފިހާރައަށް ނިކުތެވެ. “ނޫނޭ ހަދީޖާ… އެ މަންޖެ ވަރަށް ރަނގަޅު… މަގޭ މަނިކުއާ އެކީ ދުވަސްކޮޅަކަށޭ އެ މަންޖެ އެދަނީ…. ހަދީޖާއަށް ތި ހީކުރެވެނީ މުޅިން ގޯސްކޮށް..” ޝިޔާމާ އެހެން ބުނެ އަވަސް އަވަހަށް މިސްރާބު ޖެހީ ގެއާ ދމާލަށެވެ. އޭރު ޝިޔާމާގެ ހިތް ތެޅެން ފެށީ ނުބައި ގޮތަކަށެވެ. އަނެއްކާ މަނިކު ޝިޔާމާ ދޫކޮއްލާފައި ދަނީބާއެވެ. ނޫނެކެވެ. އެއީ ދެލޮލުގެ ކޮއިއެވެ. މަނިކުއަކީ ކިޔަމަން ތެރި ކުއްޖެކެވެ. ޝިޔާމާ ދިޔައީ އަމިއްލަ ހިތާ ސިކުނޑިއާ ހަނގުރާމައެއް ކުރަމުންނެވެ.

“ދަރިފުޅާ ތިއުޅެނީ އެއްކޮށް މާލެ ދާންތަ…. ” ގޭ ޖޯލީގައި އޮތް މަނިކު ކައިރީގައި ހުއްޓެމުން ޝޔާމާ އަހާލީ ތެޅި ތެޅި އޮތް ހިތަކާ އެކީގައެވެ. “ހެހެހ ނޫނޭ މަންމާ… މަންމަ ދޫކޮއްފައެއް ނުދާނެމެއްނު… ދުވަސްކޮޅަކަށް…” ޝިޔާމާގެ ގައިގަ ބައްދައިގަންނަމުން މަނިކު ބުނެލީ ލޯބިންނެވެ. ޝީޔާމާގެ ހިތަށްވެސް ފިނިކަމެއް ލިބިގެން ދިޔައީ މަނިކު އެހެން ބުނުމުންނެވެ. “ލައީ… ނުވެސް ފެނޭ މި އަންހެނާއެއް… ފިލައިގެން ދޯ ތިއުޅެނީ..” އެވަގުތު ގެއަށްވަތް ލައިލާފެނި މަނިކު ލައިލާގެ ބުރުގަލުގައި ޖަހާފައި އިން ގޮށަށް ދަމަމުން އަހާލިއެވެ. “ދޫކޮއްބަލަ.. ތަދުވޭ މަނިކޫ…. ދޫކުރޭ… އަން ޝިޔާމައްތާ..މަންމަ ދިން އެއްޗެއް… ބައްޕަ މިއަދު ރަށައް އައީ އޮރެންޖް ހިފައިގެން… ” ޝިޔާމާއަތަށް އޮރެންޖް ކޮތަޅު ދިއްކޮއްލަމުން ލައިލާ މަނިކަށް ލޯ އަޅާލިއެވެ. “މަންމަ ކައިރީގައި ބުނައްޗޭ ޝުކުރިއްޔާ އޭ…މިއަދު ތިގެއަށް ވަދެލާންވެގެން އަދި މީނީ… ” ޝިޔާމާ އެހެން ބުނެ މިސްރާބު ޖެހީ ބަދިގެއަށެވެ.

“ލައީ… ހާދަ އުފާވެފައޭ… ދޯ ދޯ…” ޝިޔާމާ ދިޔުމުން މަނިކު ލައިލާއާއި ދިމާކުރަން ފެށިއެވެ. “އެހެންތަ… މަނިކު އެހެންވިއްޔާ ކޮން ހިތާމައެއް ތިކުރަނީ…” ލައިލާ އެހެން ބުނުމުން މަނިކުގެ ތުންފަތުގައި ފީ ހިނިތުންވުން ފިލާ ދިޔައެވެ. އެވަގުތު މަނިކުގެ މޫނަށް އައި ބަދަލުން ލައިލާއަށް ކޮންމެވެސް ގޯހެއް އުޅޭހެން ހީވިއެވެ.

“ކިޔާބަލަ ދެން…” މަނިކުއާ ޖެހިގެން އިން ޖޯލީގައި އިށިންނަމުން ލައިލާ މަނިކު ކުރެން އަހާލިއެވެ. “ހެހެހެހެ ނުވޭ ކަމެއް…. މާލޭ ދާން އުޅޭތީ… މަންމަ އެކަނި ވާނެ އެހެން ވެގެން… ލައީ މަގޭ މަންމައަށް ބަލާދެއްޗޭ…” މަނިކު ލައިލާއަށް ހިނިތުންވެލަމުން އެހެން ބުނެލީ ހިތުގެ އަޑިން ރޮމުންނެވެ. “އެހެންތަ… ސާބަސް… ޝިޔާމައްތަ ބަލާނެމޭ.. އެކަމާ ނުވިސްނައްޗޭ” މަނިކު އެހެން ބުންޏަސް އިތުރު އެހެން ކަމެއް އުޅެއޭ ލައިލާގެ ހިތްބުނެލިއެވެ. އެހެން ނަމަވެސް އަހަން ނުކެރުނީ ކީއްވެކަމެއް ލައިލާއަކަށް ނޭނގުނެވެ.

……………………….

ޝީރީންގެ މޫނުމަތިން ފެނިގެން ދަނީ މިއިން ޒަމާނަކުވެސް ފެނިފައި ނުވާ ހިނިތުންވުމެކެވެ. އަވަދި ނެތި ޝިރީން ދިޔައީ ހެދުންތަށް ފޮއްޓަށް އެޅުމަށެވެ. “ހަލޯ” ފޯނު ރިންގުވުމާއެކު ޝީރީން ފޯނުކަންފަތުގައި ޖެހީ އުފަލުން ފޮޅެމުންނެވެ. “މޯންޑޭ ސޯ ހެޕީ… މިއަދު ހަވީރު އަހަރެން އިންނާނީ ބޭބީގެ އަތުތެރޭގައި… ” އެހެން ބުނެ ޝީރީން އެނބުރިލީ ކުޑަކުއްޖެއް ފަދައިންނެވެ. އެހެންނަމަވެސް އެވަގުތު މުޅި ދުނިޔެ އެނބުރެމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މުޅި ދުނިޔެމައްޗަށް އަނދިރިކަން ފެތުރިގެން ދިޔައީ ބަލަބަލަ ހުއްޓައެވެ. އެވަގުތު ޝީރީންއަށް ދެލޯ މަރާލަމުން މަންމާއޭ ކިޔާ ގޮވާލެވުނީ އުދަގުލުންނެވެ.

ބޮލުގައި ފިރުމާލަމުން މަޑު މަޑުން ޝީރީން ދެލޯ ހުޅުވާލީ އުނދަގޫ ގޮތަކަށެވެ. އެންމެ ފުރަތަމަވެސް ފެނުނީ ކުރިމަތީގައި ހުރި މަނިކެވެ. ވަށައިގެންވާ މާހައުލަށް ބަލާލުމުން މިއޮވެވުނީ ހެލްތް ސެންޓާރގައި ކަން ޝީރީންއަށް އެނގުނެވެ. “ގަޑިން ކިހާ އިރެއް” ޝީރީންއަށް ހޭވެރިކަންވީ ކުއްލިއަކަށެވެ. “ކިހާ އިރެއްހޭވީ… ލޯންޗް ނައްޓާލީތަ….” ޝީރީންގެ މޫނުމަތިން ފެނިގެން ދިޔައީ ހާސްކަމެވެ. އަތުގައި ގުޅާފައި އިން އައިވީ ނައްޓާލުމާއެކު “އައްދޯއީ” އޭ ޝީރީން ބުނެލީ ވީތަދުންނެވެ.

“ޝީރީން… ޝީރީން… މާލެ ދެން ނުދެވޭނެ…” ޝީރީންގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން މަނިކު ތަންކޮޅެއް ބާރަށް ބުނީ ޝީރީން ސަމާލުކަން ނުދިނުމުންނެވެ. “އެއީ ކީއްވެ.. ހަމަ މަނިކު ބޭނުންވާއިރަށް މާލެ ދެވޭނެ.. ބޭނުން ނުވީމަ މާލެ ނުދެވޭނެ… ހަހަހހަަ.. އަހަރެން ދާނަން..” މަނިކުގެ އަތް ނައްޓުވާލަން މަސައްކަތް ކުރަމުން ޝީރީން ހަޅޭއްލަވައިގަތެވެ. “އަހަރެންގެ ދަރިއަކު ތި ބަނޑުގައި އޮތްހާ ދުވަހަކު ޝީރީންއަކަށް މާލެ ކީއްކުރަން އެއްވެސް ތާކަށް ނުދެވޭމެ..” މަނިކުގެ ޖުމްލައާއި އެކު ޝީރީންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “އަހަރެން.. އަހަރެން.. ބަނޑުބޮޑު” ޝީރީން ބަނޑުގައި އަތްޖައްސާލަމުން މަނިކު ކުރެން އަހާލީ ޔަގީން ނުވާތީއެވެ. “އާން… ޝީރީން ބަނޑުބޮޑު.. ހަތަރު ހަފަތާ…” މަނިކު އެހެން ބުނުމުން ޝީރީން ބަނޑުގައި އަތް ބާއްވާލީ ޔަގީންނުވާތީއެވެ. މިއީ ހުވަފެނެކެވެ. ނޫނެކެވެ. މިއީ ހުވަފެނެކެވެ. ޝީރީން ދިޔައީ ހިތާ ހިތާ އެހެން ކިޔަމުންނެވެ. ޝީރީން ބަނޑުގައި ފިރުމާލުމައްފަހު ފިތާލީ އަތުގެ މުށުތެރެއަށް ލުމައްފަހުގައެވެ. ޝީރީންއާއި ޝީރީންގެ ލޯބީގެ ހުރަހަކަށް މި ކުއްޖާ ވިޔަ ނުދޭނަމޭ ޝީރީން ހިތާހިތުން ކިޔާލިއެވެ.

“ނުނިމޭ”

14

7 Comments

  1. kamana

    October 2, 2016 at 12:48 pm

    Heyyy guyxx here is the nxt part. Hope yu all will enjoy this part too. Lov yu guyxx ??? shahaa gud luk for your exams ????

  2. lai

    October 2, 2016 at 1:31 pm

    Vv reethi

  3. aik

    October 2, 2016 at 2:19 pm

    vv reethi…

  4. Micky

    October 2, 2016 at 2:30 pm

    Wooohoo. Mivaahaka dhaagou varah salhi. Keep it up ?

  5. ken?

    October 2, 2016 at 3:41 pm

    v heenukuraa gothei thi vee…i mean i was expecting sheereen eynage.bf vaahaka nubune male’ dhaane kamah..dn miveegothun yageeney ekujjaa abort kohlan lakka masaikai kuraanekan…poor lil soul ah gothei nuhdahaathi ingey..???

  6. Ushaa

    October 2, 2016 at 5:07 pm

    V reethii………..

  7. Madhy

    October 3, 2016 at 3:22 pm

    Wow vvv salhi ?

Comments are closed.