ލޯބިވަން ޔާރާ އޭ 10 މިޝެލް ކިތަންމެ ގަދައެއް ހެދިޔަސް އީތަން އަށް މިފަހަރުވެސް ކާމިޔާބުވިއެވެ. ކާމިޔާބީގެ ހިނިތުން ވުމަކާއިއެކު އީތަން ގޮސް ކާރަށް އެރީ ޑިކީ ތަޅުލާވެސްލާފައެވެ. މިޝެލް ބިރުން ގޮސް ހަލާކުވީ ތަނެއްދޮރެއްވެސް ފެންނަން ނެތުމުން ނެވެ. އީތަން އަށް ޑިކީ ހުޅުވުމަށް އެދި އާދޭސް ކުރަމުން ދިޔައިރު ނޭވާ ވެސް ހާސް ވަމުން ދިޔައެވެ. ޔޫލީ އާއި ދާއިން ތިބީ އާޓިފިޝަލް ބީޗްގަ އެވެ. ދެމީހުން އަލުން ގުޅުން ފަހުން އަދިކިރިޔާ ބައްދަލުވީ […]
މީރާގެ މޫނުގައި ދެއަތުން ހިފާލާފައި ނަދީމާ މީރާގެ ނިތްކުރިއަށް ބޮސްދީފައި ތެދުވެގެން ގޮސް ކޮޓަރިން ނިކުތް އިރުވެސް މީރާއަށް އިން ގޮތަށް އިނދެވުނީއެވެ. އެހާ ދުވަސް ވީއިރު އެވަރުގެ ކަމެއް މީރާއަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ދުވަހު ޔަމާންގެ އިޝާރާތަކަށް ބަލަބަލާ ސިއްރުސިއްރުން ޔަމާންއަށް ބަލަބަލާ ޔަމާންގެ ފަރާތުން ކޮންމެވެސް އިޝާރާތެއްގެ އިންތިޒާރުގައި ހުރިއިރު އެއްވެސް ކަމެއް މީރާއަށް ނުފެނުނީ ކީއްވެ ހެއްޔެވެ؟ އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ އެންމެން ވެގެން މީރާއަށް ސިއްރު ކުރީއެވެ. […]
“މަންމާ…” ދެކަންފަތުގައި އަތްއަލާއި ތޫލި އަޑަކުން ހަޅޭއް ލަވައިގަތް ރަޔާލް ފެނުމުން ޔާސީން މަޑުޖެހިލައިފިއެވެ. ރަޔާލް މޫނު ކައިރިއަށް އޭނާގެ އަތް ދެކޮޅަށް ގެންދިއުމުންވެސް އެއަތަށް ރަޔާލް ހަރަކާތެއް ނުކުރިއެވެ. ޔާސީނަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގިއްޖެއެވެ. “ރޫބީ.. ކޮންތާކުހޭ ފިލާ ތިއިނީ؟… ” ފަހަތުން އެއަޑު އުވުގެން ދިއުމުން ރަޔާލް ދުއްވައި ގަނެއްޖެއެވެ. ނަމަވެސް މިތަނުން ނުކުންނާނީވެސް ކިހިނެއް ހެއްޔެވެ. މިކޮޓަރީގައި ދޮރެއްވެސް ހުރީކީ ނޫނެވެ. ރަޔާލަށް ފެންނަމުން ދިޔައީ ހަތަރު ފާރު އެކަންޏެވެ. ރޫބީއަކީ […]
އެކަމަަކު މަލްހާ ޔާ ސާހިލް އެއީ ހަމަ ރަހްމަތްތެރިކަން ކަމަށްވެސް ވެދާނެއެވެ. ހުރިހާވެސް ގޯހަކީ މަގޭހިތެވެ. ވިއާމާ ހިނިތުން ވެލިއެވެ. ވިއާމާގެ މޫނަށް އަރާފައިބާ ހުރިހާ ކުލަވަރެއް މަދީހާ ދާދި ގާތުން ބަލަމުން ދިޔައެވެ. އަދި ހިނިތުން ވެލިއެވެ. ވިއާމާ ވެސް މަދީހާގެ މޫނަށް ބަލާލާފަ ހީލިއެވެ. އަދި އޭނާގެ މަސައްކަތަށް އެނބުރިލިއެވެ. ވިއާމާ ގެއަށް ވަން އިރު ސާރާ ފެންނަން ނެތުމުން ހާސްވިއެވެ. “އަނެއްކާ ކޮންތާކަށްބާ އެދިޔައީ” ވިއާމާ ހިތާ ހިތާ ކިޔާލިއެވެ. އަދި އެވަގުތު […]
ލޯބިވަން ޔާރާ އޭ 9 އީތަން ހުރިހައި ފޮއްޓެއް އޭނާގެ ކޮޓަރިއަށް ވެއްދުމުން މިޝެލް އީތަން އަށް ފާޑަކަށް ބަލަން ހުއްޓެވެ. “ފާޑަކަށް ބަލަން ހުންނާނެ ކަމެއް ނެތް. މަށެއް ތި މޮޔަ ކުއްޖާ ގަނޑު މި ކޮޓަރި އަކަށް ނުވައްދާނަން. އަނެއްކާ އަހަރެން ރޮލާ ކާލައިފިއްޔާ މުޅިން ސަކަރާތެއްނު. އޭރުން މެރީ ކުރުމަށް ފަހު ކުރަން ހުރިު ހުރިހާ ކަމެއް ފްލޮޕް ވީނު. ސޯ ވައިލްޑް ލޭޑީ ގެ ފޮށި ހިފައިގެން ކޮންމެވެސް އެހެން ރޫމަ […]
” މީހުންތައް ކުއްޖަކު ވެއްޓެއްޖޯއޭ ކިޔައި ހަޅޭއްލަވަން ފެށިއެވެ. މީހުންތައް ހަޅޭއްލަވަން ފެށުމުން ޖަލީލުއަށް ވީތެއް ނޭނގި މޫދާއި ދިމާލަށް ނަގިލި އެއްލައިލެވުނު ވަގުތަކީ މުއާވިޔަތަށް ފަތައިގަނެފައި ނަގިލި ހޫރައިލި ދިމާލަށް ދެވުނު ވަގުތެވެ. ކުއްލިއަކަށް ބަންލާފައި އެނަގިލި ވެއްޓުނީ މުއާވިޔަތުގެ ބޮލަށްށެވެ. މަންޒަރު ބަލަން ތިބި އެންމެންނަށް ލޯ މަރައިލެވުނީއެވެ. ޖަލީލުއަށް މާޒީގެ ދޮރުން ނިކުމެވުނީ ހަމަ ކުއްލިއަކަށްށެވެ. އޭރު ދެލޯ މަރައި ބާރުކޮށްގެން ހުރިއިރު ގަނެފައި ހުރި ބިރު އޭނާގެ މޫނުމަތިން ކިތަންމެ ރީއްޗެއް […]
“އިދީ… ވިލް ޔޫ… ވިލް ޔޫ މެރީ މީ….” އުނދަގުލަކުން ނަމަވެސް ޒީޝަންއޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެލިއެވެ. އައިދަންއަށް ޝޮކެއް ޖެހުނުފަދައެވެ. ޒީޝަންގެ އަތުން އޭނާގެ އަތް ދަމައިގަނެވުނީ ކުއްލިއަކަށެވެ. އަދި ޒީޝަންގެ މޫނުން އޭނާގެ ނަޒަރު ވަކިކޮށްލިއެވެ. ޒީޝަން އަވަސް ނޭވައިތަކެއް ލާންފެށިއެވެ. އޭނާއަށް ނުބައި އެއްޗެއް ބުނެވުނީ ބާއޭ ހިތަށް އަރަންފެށިއެވެ. ނަމަވެސް އައިދަންވެސް ޒާރާ ނެތްނަމަ ޒީޝަންއާއި އިންނާނެ ވާހަކަ ބުނިއެވެ. ދެން ކިހިނެއްވީހެއްޔެވެ؟ ޒީޝަންއަށް ރަނގަޅު އެއްގޮތެއްވެސް ނޯންނަނީބާއެވެ؟ “އިދީ […]
އިތުރަށް މަޑުކުރަން ނަހަދާ ޒޯރާ ގައިގާ ބައްދާލިއިރު ނުރައްކާތެރި ދަރަޖައަށް ދެމީހުންގެ މޫނު ވަނީ ކައިރިވެފައެވެ………….. “ޒޯރާ…ޕްލީޒް ވިލް ޔޫ މެރީ މީ؟…..ޒޯރާ އައި ލަވް ޔޫ….ހިތްނަގާފަ ދެއްކޭނެނަމަ ދެއްކީމުސް” ޒެފަން ކުޑަކޮށް ކަކޫމައްޗަށް ތިރިވެލަމުން ޒޯރާގެ ކަނައަތުގައި ބޮސް ދިނެވެ. އޭރު ޒޯރާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ޒެފަން އަދި އާކިން ހުރި ނޭވާހިފަހައްޓާލައިގެނެވެ. ޒޯރާ ގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. ހަޔާތުގެ މިހާހިސާބަށް އާދެވުނުއިރު މިހާރީތި މަންޒަރެއް ލޯ މަތީ ސިފަވުމުން ހިތްފިދާވިއެވެ. […]
ހިތްްގައިމު ރީތި ރެއެކެވެ. މުޅި ފަޒާތެރެ ވަނީ ކޮކާ ހަނދުވަރުގެ އަލިން ދިއްލިފަައެވެ. ރީތި ހަނދުވަރުދޭ ރޭރެ އަށް އެތައް ބައެއް އިންތިޒާރު ކުރާނެކަން ޔަގީނެވެ. މިފަދަ ރީތިރޭރޭ ހިތްގައިމު ރީތި ގޮނޑު ދޮށުގަ ވަގުތު ހޭދަ ކޮށްލުމަކީ ކިއާ އަށް ލިބޭ ހިތްހަމަ ޖެހުމެކެވެ. ކިއާ އަކީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. ކިޔާގެ އިތުރުން ކިއާގެ އެއްބަނޑު އެއްްބަފާ 2 ކުދިން ތިބެއެވެ. އެއީ ކައިހާން އާއި ކައިރާާ އެވެ. ކައިހާންގެ އުމުރުން 21 އަހަރުވީ އިރު ކައިރާގެ އުމުރަކީ 19 އަހަރެވެ. ކިއާ އަކީ އެންމެ ހަގު ކުއްޖާއެވެ. އެހެންކަމުން އާއިލާގެ އެންމެންވެސް ކިއާދެކެ ވަރަށް ލޯބިވެއެވެ. ………………………………………………. މިއީ އަޅުގނޑުގެ ފުރަތަމަ ވަަހަކައެވެ. އިންތިޒާރު ކޮށްލަވާ!!