
ސިއްރު 6
ސާރާ ކޮޓަރިޔަށް ދިޔައެވެ. ލޯމަރާއިގެން ހިނގާފައެވެ. ހުރިހާ މީހުން އެމަންޒަރު ބަލަން ހެވިފަ ތިއްބެވެ. ކޮޓަރިއަށް ގޮސް ކަބަޑުގެ ތެރެއިން މަރިޔަން ފުޅުގެ ފޮޓޯ ނެގިއެވެ.އަދި ދެން ލޯހުޅުވިއެވެ. އަދިއެފޮޓޯ ޔާ މުހާތަބު ކޮށް ވާހަކަ ދައްކަން ފެށިއެވެ.
“ބޮޑުދައިތާ. މިއަދު ބޮޑު ދައިތަ ހުރިނަމަ ކިހާ ރަގަޅު ވީސް”
ސާރާ ފޮޓޯގައި ބޮސް ދީފާ މަރިޔަން ފުޅަށް ހެޔޮ ދުއާ ކުރިއެވެ. އެވަގުތު ސާރާ ޔަށް ހިވީ މަރިޔަން ފުޅު ކުރިމަތީ ހެވިފަ ހުރެ ސާރާގެ ބޮލުގައި ފިރުމާލިހެން ނެވެ. ސާރާ ލޯ ހުޅުވާލިއެވެ. ކުރިމަތީ ހުރި އޭނާގެ މަންމަ އޭނާގެ ބޮލުގައި ފިރުމަނީ އެވެ. ލޯތްބާ އޯގާތެރި ކަމާ އެކުގައެވެ. ސާރާ ވެސް ހުސްނާ ޔަށް ބަލާލާފަ ހީލަމުން ހުސްނާގެ މޭގައި ލައްވެލިއެވެ.
މިހާރު މުޅި ނަސީބު ގޭގައި އެއްވެސް ކަހަލަ އުނިކަމެއްނެތް ކަހަލައެވެ. ހުސްނާ ވެސް ހީވަނީ ޅަދުވަސް އައިސް ގެން އުޅޭހެނެވެ. ސާރާ ދެކިލަން ގެޔަށް އަންނަ ކޮންމެ މީހަކާ އެހާވެސް އުފާވެރި މޫނަކާ އެކު ބައްދަލުކޮއް ސަލާން ކުރެއެވެ. ސާރާޔަށް ގޭގެ އެކި ތަން ތަން ދައްކާ ސާރާ އެތަންތަނުގައި ހިނގާ އުޅުނު ގޮތް ދައްކާ މަޖާ ކުރެއެވެ އަދި ޢާއިލާގެ ތަފާތު މީހުނާ ބައްދަލުކުރުވައެވެ. ކަރީމު ވެސް ހަމަ އެފަދައެވެ.
ނާހިދާ ވެސް އަމިއްލަ ގެ ފަދައިން އެގެޔަށް އައިސް މުރާދު އާއެކު އުޅެއެވެ. ފިލާވަޅު ދަަސްކުރުމުގައެވެ. މިހާރު އެދެމީހުންގެ ގުޅުން ހުސްނާ މެނައް ވެސް އެގިއްޖެއެވެ. ނާހިދާ ވީ ހުސްނާމެން ވަރަށް ގަބޫލް ކުއްޖަކަށެވެ. ކިޔަވާ ނިމުނީމާ ދެކުދިން ކައިވެނި ކުރުވަން ދެޢާއިލާ އެއްބަހެވެ އަދި ޤަބޫލެވެ.
ސާރާގެ ލޯވެސް ރަނގަޅުވިތާ ހަތަރުވަރަކަށް އަހަރުވީއެވެ.
ސާރާ ޓިޔުޝަން ކުލާހައްކަށް ދާން ފަށައިފިއެވެ. ސާރާ ޔަކީ ތޫނު ފިލި ކުއެޖެއްކަމުން ވަރަށް އަވަހަށް ފިލާވަޅު ތަށް ދަސްކޮއްހަދާލައެވެ. ހައިރާން ވާހާ އަވަހަށް އެކި ގުރޭޑު ތަކުގެ ފޮތްތަކުގެ ފިލާވަޅު ސާރާ ހަދާ ނިންމާލައެވެ. ސާރާ މިހާރު ކިޔަވަމުން ދަނީ ގުރޭޑު 7 ގެ ފޮތްބައިން ނެވެ.
ނަސީބު ގެޔަށް މިއަދު ފަހީމު އައެވެ. ކަރީމު ކާރިޔަށެވެ. ކާސިން ބެ ގެ ދަރިފުޅު ފަޒުނާ ގެ ކައިވެންޏަށް އެދިގެން ނެވެ. ފަހީމު އަކީ ޑޮކްޓަރެކެވެ. މާތް ހާން ދާނެއްގެ ފިރިހެން ކުއްޖެކެވެ. ހޮސްޕިޓަލްގައި ފަޒުނާ އާއި އެކު މަސައްކަތް ކުރާތާ އަހަރެެއް ވަރުވީއެވެ. އަދިދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވެއެވެ.އޭނާޔަކީ މާލޭގެ ރައްވެއްސެއް ނޫނެވެ. ވީމާ ކައިވެނީގެ ފަހުން އެމީހުން ބަދަލުވީ ފަޒުނާ މެންގެ ގެޔަށެވެ. ފަޒުނާ ޔާއެކު އެގޭ އެހެން ކުދިންވެސް އެގެޔަށް ބަދަލު ވިއެވެ.
ފަޒުނާ ގެ ކައިވެނި ޕާޓި ވެސް ހުސްނާ މެން ވަރަށް ފުރިހަމަ ޔަށް ނަސީބު ގޭގައި ބާއްވާލަ ދިނެވެ. މިކަމައްޓަކާ ފަޒުނާ މެން ހުސްނާ ޔަށް ޝުކުރު އަދާކުރިޔެވެ
“ދަރިފުޅާ. ދަރިފުޅުމެން މިގެއިން ދިޔުމަކީ ދައްތަ މެން އެދޭ ކަމެއް ނޫން. އެހެނަސް ދަރިފުޅުމެންގެ ނިންމުމަކާ ދައްތަ ދެކޮޅެއް ނަހަދާނަން.”
ހުސްނާ ފަޒުނާ ގެ އަތުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ.
“މިގެއިން ދާހިތެއް އަޅުގަޑު މެންވެސް ނެތް. ދައްތާ. އެކޮޅު ގެ މިހާރު އެހެރީ ބަޔަކު ނެތި ފަޅުވެފައި ކަހަލަ ގޮތަކަށް. މަންމަޔާ ބައްޕަ ނިޔާވިފަހުން އެގެޔަށް އަޅުގަނޑުމެން ދަނީ ހަމަ ނަމަކަށް އެގެއާބާދުކުރަން އަޅުގަޑު ބޭނުމެވެ. އުލްފާޔާ މާޝާގެ ކައިވެނިވެސް ތައްޔާރު ވާން ޖެހޭނެ. އެހެންވެ މިހާރު ވަޒީފާއިން ވަކިވެ ކޮއްކޮ މެންނާ އެކު ގޭތެރެ ބަލަހައްޓައިގެން ގޭގައި އުޅެން އަޅުގަޑު ނިންމީ. ބޮޑަށް މަންމަޔާ ބައްޕަ ގެ ހަނދާންތަށް ވެސް އެގޭގައި ވާކަމަށްޓަކާ އެގެޔަށް ބަދަލު ވާންބޭނުންވީ”
ފަޒުނާ ވަރަށް ތަފުސީލު ކޮއް އޭމީހުން ގެޔަށް ބަދަލުވާން އުޅޭސަބަބު ހުސްނާ ޔަށް ކިޔާލަދިނެވެ.
” އެކަމަކު މިގެޔަށް ވެސް ވަދެލަން ޖެހޭނެ އިގޭ މިއީ ތިކުދިންނަށް ދުރު ގެއެއްނޫން”
ސާރާ ވެސް އެތާ ހުރެފަ ފަޒުނާ ޔާ ކައިރިވެލަމުން ބުނެލިއެވެ.
“ގައިމުތާ. މިގެޔަށް ނުވަންނާށޭ ބުންޏަސް އަންނާނަން. އަދި މިގެއިން ކައިބޮއިވެސް ހަދާނަން”
ފަޒުނާ ކަރުނަ އިން ފުރިފައިވާ ލޮލަކާ އެކު ވާހަކަ ދެއްކިއެވެ. އަދި އެންމެނާ ވަދާއުގެ ސަލާން ކޮއްލިއެވެ. ސާރާޔާ ކަރާކަރުޖައްސާ ސަލާމް ކޮށްލިއެވެ.
ދުވަސް ތައް މަސްތަކައް މަސްތައް އަހަރުތަކަށް ބަދަލުވެގެން ދިޔައެވެ. ހިމޭން ކަމާ އޮމާން ކަމާ އެކުގައެވެ. އެއްދުވަހެއްގެ މެންދުރެވެ. ސާރާ އިނީ މެދުގޭތެރޭ ފޮތެއް ހިފައިގެން ފޮތުގެ ތެރެޔަށް ގެއްލިފައެވެ. ކުއްލިޔަކަށް އޭނާ ސިހިގެން ދިޔައީ މީހަކުރޮމުން ރޮމުން އޭނާ ޔަށް އޭނާ ގެ ޓިޔުޝަން ކުލާހުގައި ބޭނުން ކުރާ ނަމުން ގޮވާލިއަޑަށެވެ.
ސާރާ ގެ އަސްލު ނަމަކީ ފާތުމަތު މަލްހާ އަބްދުލް ކަރިމު އެވެ.ވީމާ މަލްހާ މިނަން ކުލާސް ކުދިން ފިޔަވާ އިތުރު ބަޔަކަށް ވަރަށް އާނަމަކަށް ވާނެއެވެ. މަލްހާ މިނަން ސާރާޔަށް ދިނީ ސާރާލޯރަނގަޅު ވުމާ ގުޅިގެންނެވެ. ސާރާ މިނަމަކީ ގޭގައި އާއި އާއިލާގެ ތެރޭ ބޭނުން ކުރާ ނަމެކެވެ. އެކަމަކު މަލްހާ މިނަމަކީ ގިނަމީހުންނަށް އާނަމެކެވެ. ހަމައެކަނި ކުލާސް ކުދިންނަށް އެނގެނީއެވެ.
“އޭއި ވިއާމާ ކިހިނެއްވެ ތިރޮނީ”
ސާރާ އެކުއްޖާ އޭނާގެ ކައިރީ ސޯފާގައި ބޭން ދިއެވެ. އެކުއްޖާއަކީ ސާރާޔާ އެއްގުރޭޑެއްގައި ކިޔަވަމުން ދާއަންހެންކުއްޖެކެވެ.
“މަލް އަހަރެން އުޅޭގޭގެ މީހުން އަހަރެން އެގެއިން ނެރެލައިފި. އަހަރެން ވަންނާނެ ތަނެއް މިއަދުކު ނެތއް. އެންމެ ދެރަވަނީ ކުލާސް ދޫކޮއް ރަށަށް ދާން ޖެހޭތީ”
ވިއާމާ ރޮމުން އޭނާގެ ހާލަތު މަލްހާޔަށް އުފް ސާރާޔަށް ކިޔާދިނެވެ.
“ހުއްޓާލާ. ކޮންމެވެސް ފިނިއެއްޗެއް ބޯން އެފަރާތައް ހިގާ މަންމަ ވެސް އެބައުޅުއްވާ.”
ސާރާ ވިއާމާ ގޮވައިގެން މަންމަ ކައިރިޔަށް ކާގެޔަށް ދިޔައެވެ.
“އަނހަ ދަރިފުޅާ ޖޫސް ބޯންވީނު؟ މިއީ ކޮން ކުއްޖެއް؟”
ކައިރީގަ ހުރި ކުއްޖާޔާ ދިމާލަށް ބަލާލަމުން ހުސްނާ ސާރާޔާ ސުވާލު ކުރިއެވެ.
” މަންމާ މިއީ އަޅުގަޑާ އެއްކުލާހުގައި ކިޔަވާ ކުއްޖެއް. މީނާގެ ނަމަކީ ވިއާމާ މީނާ ހުރިގެއިން މީނާ ނެރެލައިފި. އެކަމާ ދެރަވެގެން އޭނާ އަޅުގަޑާ ވާހަކަ ދައްކަން މިގެޔަށް އައީ ދެން އޭނާޔަށް ޖެހެނީ ރަށަށް ދާންށޯ.. ކިޔެވުންވެސް ދޫކޮށްލާފަ”
“އެހެންތަ؟ ހާދަ ދެރައޭ ތިޔައީ އޭ މިމާލޭ މީހުންގެ އަގު މީހުންގެ ކުރިމަތީ ވެއްޓޭ ކަމަކީ.އޭނާޔަށްވެސް ޖޫސް ދީ. މާލޭ މީހުން ހީކުރަނީ ހަމައެކަނި ލާރި ފައިސާ ލިބެނީ އައްޑޫ މީހުންނަށް ހެން އެހެންވެ މުޅިމާލޭގައި ހުސް އެމީހުންގެ ފިހާރަތަށް މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށްވެސް ވަރަށް ފޫހިވޭ.. އެރަށު މީހުން ރަށް ފަޅުކޮށްފަ އައިސް މި މާލެއަކަށް ވެރިވެނިމިއްޖެ ވަރަށް ފޫހިވޭ. ވިއާމާ ތިޔަ ގޭގަވެސް ތިބީ ކުއްޔަށް އައްޑޫމީހުންދޯ؟”
ހުސްނާ އިތުރަށް ވިއާމާ ކައިރިން ވީގޮތް އޮޅުން ފިލުވިއެވެ. އަދިވެސް އައްޑޫމީހުންނާ ދިމާލަށް ކުދި ކިޔާހެދިއެވެ. ހުސްނާމެންގެ ގޭގައި ވިއާމާ އުޅުމުގެ ހުއްދަ ދިނެވެ.
“ކިޔަވާ ނިމެންދެން ދަރިފުޅަށް މިގޭގައި މަލްއާއި އެކު ހުރެވޭނެ” ހުސްނާ ހުއްދަ ދިނެވެ.
“މަލް މަންމަ ހާދަރަނގަޅެވެ. އަހަރެން ވަރަށް އުފާވެއްޖެއެވެ. އަހަރެން ހަމަ މިއަދު ބަދަލުވާނަން އަސްލުވެސް އެގޭގަ އެމީހުންނާ އެކު ނޫޅެވުނު”
ވިއާމާ ސާރާގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ.
ވިއާމާ ނަސީބު ގެޔަށް ބަދަލުވިއެވެ. މިހާރު ސާރާ އެކަނި ކުލާހަށް ދާކަށް ނުޖެހެއެވެ. އޭނާޔާ އެކުގައި އަބަދުވެސް ވިއާމާ ހުރެއެވެ.
“މަލް. ބުނެބަލާ އަބަދު ތިޔަ ގެއްލިފައި ހުންނަނީ ކޮން ހިޔާލަކަށްތަ؟ އަހަރެން ވާހަކަ ދައްކާ ހަލާކުވާއިރުވެސް މަލް ހުންނަނީ އެހެން ދުނިޔެއަކަށް ގެއްލިފަ ތިގޮތަށް އަހަރެމެން ގޭގައި އުޅޭ ސާހިލް ބޭބެ ވެސް ވަރަށް ގެއްލިފައި އިނދޭ ހީވަނީ ތިޔަ ދެމީހުން އެއްފަތަކުން ކިޔަވައިގެން ތިބިހެން”
ވިއާމާ ވާހަކަ ދައްކަމުން ދިޔައެވެ. ވިއާމާ އަކީ ކ. ގުރާދޫ ކުއްޖެކެވެ. އަބަދުވެސް ސާރާ ކައިރީ އެރަށުގެ ވާހަކަ ދައްކައެވެ. އެތައްފަހަރަކު އެރަށައް ގެންދަންވެސް އުޅެފިއެވެ. އެހެނަސް ހުސްނާ ސާރާ ނުފޮނުވީއެވެ. ސާރާވެސް މުރާދުވެސް އޭނާއަށް ނުފެންނަތަނަކަށް ފޮނުވަން ހުއްދަ ނުދެއެވެ.
“ސާހިލް އަކީ ކާކު؟” އެސާހިލްއެއްގެ ވާހަކަ ތާއަބަދު ވިއާމާ ދައްކާތީ ސާރާ އަހާލީ އެވެ. ވަކި މަގުސަދެއް ހިތުގައި އޮވެގެނެއް ނޫނެވެ.
“ސާހިލް ދޯ އަސްތާ. އެއީ ލަވަ ކިޔުން ތެރިއެއް. އެހެނަސް ލޯއަނދިރި މީހެއް. މަގޭބައްފަ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އިންޑިޔާއަށް ދިޔަ ދަތުރު ދިމާވި ޔަތީމު ދިވެއްސެއް. އަޅާލާނެ އެއްވެސް އެހީތެރިޔަކު ނެތި އިންޑިޔާގަ އެކަނި އުޅެނިކޮއް ބައްޕަ އޭނާ ރަށައް ގެނައީ ވަރަށް މަޑުމައިތިރި ބަސްމަދު މީހެއް. އަހަރެން ލައްވާ އޭނާގެ ލަވަތައް ލިޔުއްވާ ހަދާ އަދި އަމިއްލަޔަށް އެލަވަތައް ކިޔާ ހަދާ. އަހަރެމެން އަތުގަ ވެސް އޭނާގެ އަތުގަވެސް ލާރި ނުހުންނާތީ އޭނާގެ އެއްވެސް ލަވައެއް ރެކޯޑް ކޮއްފަ ބޭރުތެރެޔަށް ނެރެވޭވަރެއް އަދި ނުވޭ ކިޔަވާ ނިމިގެން މަވެސް ކޮންމެވެސް ދުވަހަކުން އޭނާއަށް އެހީވާނަން.”
ވިއާމާ ވަރަށް ތަފްސީލުކޮށް ސާހިލްގެ ވާހަކަ ކިޔާދިނެވެ.
ސާރާ ފުން ނޭވާޔެއްލިއެވެ.
“ތިމީހާގެ ވާހަކަ އަޑުއަހާފަ އަހަރެން ވަރަށް ދެރަވެއްޖެ. މީގެ އަހަރު ތަކެއް ކުރިން އަހަރެންނަކީ ވެސް ލޯ ފަން ކުއްޖެއް. އެހެނަސް ކޮންމެވެސް މީހެއްގެ އޯގާތެރިކަމުންނާ ﷲ ގެ ރަހްމަތް ފުޅުން ލޮލުގެ ފެނުން ލިބުނީ. ވިއާމާ . އަހަރެން ސޫރަޖް މަތިން ވަރަށް ހަނދާންވޭ. މިހާރު އޭނާ ދުނިޔޭގައި ހުރިނަމަ ވަރަށް އުފާކުރީސް. އެއީއަހަރެންގެ ފޮނިމާޒީ”
ސާރާ ކަރުނަ ފޮހެލަމުން ބުނެލިއެވެ. ވިއާމާ ހިގުން މަޑުކޮއް ހުއްޓިލިއެވެ. އަދި ސާރާގެ ލޮލުން އައިސްފައި ހުރި ކަރުނަ ފޮހެލަދިނެވެ.
” މަލް ތީ ތިހާ ޖަޒުބާތީ މީހެއް ކަމެއް އަހަރެން ކުރިޔަކުން ނުދަންނަން. މަލް . އަނދިރިކަމުގައި އުޅުމަކީ ކިހާވޭން ހުރިކަމެއްކަން ލޯރަނގަޅު މީހުންނަށް އިހުސާސް ވުން މަދުވާނެ. ސާހިލްގެ ވާހަކަ އަޑުއަހާފަ މަލްގެ ލޯ ތިޔަ ތެމުނީ މަލްވެސް އެހާލުގަ އުޅެފަ އެކަންތައް އިހްސާސް ކުރެވިފަ ހުރީމަ. އަނެއްކާ ސޫރަޖް ދެކެ މަލް ލޯބިވަނީކީ ނޫންބާ.” ވިއާމާ ހިނިތުން ވެލަމުން ސާރާޔާ ދިމާކޮށްލިއެވެ.
ސާރާ ވިއާމާގެ ގައިގާ އޮޅުލައުގަތެވެ. އެދެއެކުވެރިންގެ ލޯބި އެދެމީހުންގެ ކައިރިން ހިނގާފަ ދިޔަ މީހުންނަށް ވެސް އިހްސާސް ކުރެވުނެވެ. އެކި މީހުން ބަލާލިގޮތުން ސާރާޔާ ވިއާމާ ހިނިތުންވެލަމުން ދުރަށް ޖެހިލާފަ ހީލިއެވެ.
އެވަގުތު ކޮންމެވެސް ގޮތަކުން ސޫރަޖް މަލްކާރިޔަށް ގެނެސް ދޭން ވިއާމާ ހިތާ ހިތާ ވަޢުދުވިއެވެ. އެކަމަކު އެމީހަކު ވާނީ އިންޑިޔާގައެވެ. ގެއްލުނީ އެވެ. ވީއިރު ހޯދާނީ ކިހިނެއްބާވައެވެ. ނޫނެކެވެ.ހިތްވަރު އެލުވާނުލާނަމެވެ ވިއާމާ އިތުރަށް ސޫރަޖް އާއި ބެހޭ މައުލޫމާތު ހޯދާނެއެވެ. އެގޮތުން އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭނެއެވެ. އިރާދަ ކުރެއްވީޔާ ހުރިހާ ކަމެއް ރަނގަޅުވާނެއެވެ.
ކުލާހުން ގެޔަށް އައިގޮތަށް މިއާމާ ވަނީ ބަދިގެޔަށް ހުސްނާ ކައިރިޔަށެވެ. ވިއާމާ ގަބޫލު ކުރާގޮތުގައި ހުސްނާ ޔަކީ މާމޮޅު ކެއްކުން ތެރިއެކެވެ. ނާހިދާ ވެސް މިކައްކާކުލާހުގައި ބައިވެރި ވެއެވެ. މުރާދު ދޭތެރެ ދޭތެރެއިން އައިސް އުނދަގޫ ކޮއްލާފަދުރައް ދެއެވެ. މިކަމާ ހުސްނާޔާ ވިއާމާ ނާހިދާޔާ އެހާދިމާކުރެއެވެ.
ސާރާ ގެޔަށް އައިގޮތަށް ފޮތެއް ހިފައިގެން ދިޔައީ ބަގީޗާގައި ހުންނަ އުދޯންޔަށެވެ. މިއަދު ވިއާމާ އޭނާޔަށް ސާހިލްގެ ލަވަފޮތް ގެނެސް ދިނެވެ. ސާރާ ފަހަރަކު ގަޑެއް ހުޅުވަމުން ލަވަތަށް ބަލަމުން ދިޔައެވެ.
” އުދާސް’ ނަޔާ ވަގުތު، ހިތުގެ ހާލު……”
ސާރާ މަޑުމަޑުން އެލަވަތަކުގެ ނަން ކިޔަމުން ދިޔައެވެ.
“އަހަރެން ކިޔާނީ މިލަވަ.”
ހިތާހިތުން ސާރާ ލަވައިގެ ވާހަކަ ދައްކަމުން ދިޔައެވެ. އަދި ކުއްލިޔަކަށް ލަވަ ކިޔަން ފެށިއެވެ.
“އޭކަނޑުގެ ބިޔަރާޅު ތަކާއެވެ. ނަސީބު ކަލޭ ގެންދަނީ ކޮންތާކަށް ހެއްޔެވެ.
ކަލޭ ބީހިލަންދާ ގޮޑުދޮށް ކަލެޔާ ކިހާ ރައްޓެހި ކަންކަލެޔަށް އެގޭހެއްޔެވެ.
އެނބުރިދާ އިރު ހިތާމަޔާ ވޭން އެކުލެވިގެން ނުވޭހެއްޔެވެ.
ލޯބީގެ ހޫނުން ވިރިގެން ނެތިގެން ބާކީ ވަނީ ކިތަށްް ހިތްހެއްޔެވެ؟
ކަލޭގެ މަޑުމަޑު ރާގުން ކިތަށް ލޯބިވެރިންފުރިގެން އަރާކަން ފަހެ ކަލެއަށް އެނގޭހެއްޔެވެ. އޭލޯބިވާ ޔާރާއެވެ.
ހިތް ގިނަފަހަރު ކިހާ މޮޔަހެއްޔެވެ. ނުވެސް ދަންނަ ދިމާލެއްގަ ފައި ހަރު ކޮއްފާނެއެވެ.ނުވެސް ދަންނަ މީހެއްދެކެ ލޯބިވެދާނެއެވެ.ހިތް ހަދިޔާ ކޮށްފާނެއެެވެ
މިއީ ކޮންކަހަލަ މަންޒިލެއްނެތް ދަތުރެއް ހެއްޔެވެ.
އޭކަނޑުގެ ބިޔަރާޅު ތަކާއެވެ. ނަސީބު ކަލޭ ގެންދަނީ ކޮންތާކަށް ހެއްޔެވެ.
ކަލޭ ބީހިލަންދާ ގޮޑުދޮށް ކަލެޔާ ކިހާ ރައްޓެހި ކަންކަލެޔަށް އެގޭހެއްޔެވެ.
ކަލޭގެ ހިތާމަޔާ އެއްވަރަށް މަގޭ ހިތާމަ ވެސް މިއަދު ބޮޑެވެ.
ހީލުމަކީ ފަސޭހަކަމެއް ހެއްޔެވެ. ހީލަނީ ތެދުވެރިކޮއް ކަން ޔަގީންނުވާނެއެވެ”
ސާރާގެ ލަވައިގެ ޖާދޫގައި ނާހިދާޔާ ހުސްނާ ޔާ ވިއާމާ ޖެހިފައި ތިއްބެވެ.
“މާތް ކަލާކޯ މަލް. ކަލޭގެ އަޑުގައި ޖާދޫއެއްވޭ. އަސަރެއްވޭ. ކަލޭ ތިހާ ރީތިކޮށް ލަވަ ކިޔާކަމެއް މަނުދެނަހުރީމު.”
ވިއާމާ އަތްތިލަ ބަޑިޖަހަމުން ސާރާ ކައިރިޔަށް އައިސް ބުނެލިއެވެ. ސާރާ ލަދުން ދުވެފަ ގޭތެރެޔަށް ވަނެވެ. ޖެހިގެން އައީ ބުރާސްފަތި، ދުވަސް ކަމުން ވިއާމާ އެނާގެ ރަށައް ދިޔައެވެ.
ނުނިމޭ
8 Comments!
Comments are closed.
Wow masha allah v rythi v interestin stry eh thanks n keep it up
Sooraj eulheny miharu saahil ah vegen dho ehenveema
dhen kon irakun tha next part.. its lovely.. ummuvah
VV reethi rozy ge mi vaahaka
Aish bala sooraj aki lofan mihe noonenu..adhi vani gelifanu…thi vahaka kuri maruvi.hehehe but thank you huriha kudhin…thi gotha hivaru dethi vara liya hive…umma
rozy kurin mi vaahaka addu online ah genes dhinin dho keemey mi vaahaka reethi hama
Yes Maree.. miharu some kudhin aneka mi story genashe bunima mi founuvani kudako update ves kofa 🙂
thank you
V reethi story e. Love u rozy umaa