Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 22

Marsha
October 2, 2016
11 Mins Read
89 Views
27 Comments

އެއަޑަށް އެންމެންނަށް ސިޑިއާ ދިމާއަށް ބަލާލެވުނެވެ. ކޮންމެ މީހެއްގެ އަނގައިން މީރާގެ ނަން ބޭރުވެފައި އެންމެން އެ ދިމާއަށް ދުއްވައިގަތް އިރު ޔަމާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ފުރޮޅެމުން މީރާ ތިރިއަށް ވެއްޓުނު މަންޒަރު ޔަމާންއަށް ފެނުނީ ލަސްލަހުންނެވެ. ހުރި ފިޔަވަޅު މަތީ ގަނޑުވެފައި ޔަމާން ހުއްޓާ އެހެން މީހުން މީރާ ކައިރިއަށް ދިޔައެވެ.

ކޯތާފަތް މަތިން ތެތްކަމެއް އިހުސާސް ކުރެވުމުން ޔަމާންއަށް ސިހިފައި މޫނުގައި އަތް ޖައްސާލެވުނެވެ. ލޮލުން އައި ކަރުނަ ފޮހެލާފައި ޔަމާން ގޮސް މީރާ ކައިރިއަށް ތިރިވެ އަނބުރައިގަނެފައި އޮތް މީރާ އަތްމައްޗަށް ނަގައިގެން ބޭރަށް ނިކުތެވެ. އޭރު މީރާގެ ނިތްކުރި ސިޑީގެ ދާރައިގައި ޖެހުނު ތަނުން ފަޅައިގެން ގޮސް ލޭއާދެއެވެ.

ތާނިޔާ އޮޓޯއެއް ހުއްޓުވުމުން ޔަމާން މީރާ ގޮވައިގެން އޮޓޯއަށް އެރުމުން ނަދީމާވެސް އެރިއެވެ. އެހެން މީހުންނަށް ހޮސްޕިޓަލަށް އާދެވުނު އިރު މީރާ ވީ އިމަޖެންސީ ރޫމްގައެވެ.

މީރާއަށް ލޯ ހުޅުވާލެވުނު އިރު ކައިރީގައި އިނީ ނަދީމާއެވެ. ވީ ގޮތް ހަނދާން ވުމުން މީރާއަށް ފުރަތަމަވެސް އަތް ޖައްސާލެވުނީ ބަނޑުގައެވެ.

“ދަރިފުޅާ، އެއްވެސް ކަމެއް ނުވޭ… ހަމަ އެކަނި ނިތްކުރި މަތިން ކުޑަ ތަންކޮޅެއް ފަޅައިގެން ދިޔައީ… އެހެން ކަމެއް ނުވޭ… ބިރު ނުގަނޭ” ނަދީމާ ތެދުވެ މީރާގެ ބޮލުގައި ފިރުމާލިއެވެ.

ހިތުގައި ވި ބިރު ފިލުމުން މީރާއަށް ލޯމަރާލެވުނެވެ. ނަމަވެސް ލޮލުގެ ދެފަރާތުން ފޭބި ކަރުނައެއް ނުހުއްޓުވުނެވެ.

“މީރާ، ދަރިފުޅު ނުރޮއެ… މަންމަ މި ބުނީނު އެއްވެސް ކަމެއް ނުވެޔޭ… ނުރޯތި އިނގޭ” މީރާގެ މޫނު ފޮހެދެމުން ނަދީމާ ބުންޏެވެ.

ޔަމާން ކޮބާތޯ އަހާލަން ބޭނުން ވި ނަމަވެސް މީރާ ސުވާލެއް ނުކުރެއެވެ. ނަމަވެސް އޭރުވެސް ޔަމާންގެ ބަސްތައް މީރާގެ ހިތުގައި އެނބުރެމުން ދިޔައެވެ.

ބޭރުގައި ތާނިޔާއާ ޝަފީގު ކައިރީ ހުރި ޔަމާން ހުރީ މީރާއަށް ހޭލެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ބުނެވުނު ބަސްތަކަށް މީރާ ކައިރިން މާފަށް އެދެން ބޭނުން ވެފައެވެ. އޭރު ކުއްލިއަކަށް އެ ގޮތަށް މީރާ ފެނުމުން ހިތަށް ކުރި އަސަރުން އެހެން ބުނެވުނު ނަމަވެސް އެހެން ބުނެވުމާއެކީ ޔަމާންއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ހަމަ ވަގުތުން މާފަށް އެދެން ބޭނުންވިއެވެ.

ނަމަވެސް އޭރު މީރާ ވެއްޓުމުން ޔަމާންއަށް އެ ފުރުސަތު ނުލިބުނީއެވެ. އެއާއެކު އެވަގުތު ޔަމާން ބިރުގަތީ ދުވަހަކުވެސް ބިރު ނުގަންނަ ވަރަށެވެ. މީރާއަށާ މީރާއަށް ލިބެން އުޅޭ ދަރިފުޅަށް އެއްވެސް ކަމެއް ވީނަމަ ޔަމާންއަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފު ނުކުރެވުނީހެވެ.

ނަދީމާ ނިކުމެ ތާނިޔާއަށް ގޮވާލާފައި މީރާ ކައިރީ މަޑުކޮށްލަން އެދިފައި ޝަފީގުއާ އެކު ޑޮކްޓަރ ކައިރިއަށް ދިޔައިރު ޔަމާންއާ ވާހަކައެއް ނުދައްކައެވެ. ޔަމާން ދެރަވެފައި ހުރިކަން ފާހަގަ ކުރެވުމުން ޝަފީގު ޔަމާންގެ ކޮނޑުގައި ހިފާލަމުން ހިނިތުންވެލިއެވެ.

މީރާމެންނަށް ގެޔަށް ދެވުނު އިރު އިރުއޮއްސިއްޖެއެވެ. އެހާއިރު ވަންދެން ޔަމާން އުޅުނީ އެމީހުންނާ ތަންކޮޅެއް ދުރުގައެވެ. ވީހާވެސް ގިނަވަގުތު އޮށޯވެގެން އޮތުމަށް ޑޮކްޓަރ ލަފާދެއްވާފައި ވާތީ މީރާ ކޮޓަރިއަށް ގެންގޮސްފައި އެއްގޮތަކަށްވެސް ތިރިއަށް ނުފޭބުމަށް ބުނެފައި ތާނިޔާ މީރާ ކައިރީ މަޑުކުރުމަށް އެދުނެވެ.

ޔަމާން މީރާގެ ކޮޓަރިއަށް ދިޔައިރު މީރާ އޮށޯވެލައިގެން އޮތެވެ. ޔަމާން ފެނުމުން މީރާ އަނެއް ފަރާތަށް އެނބުރުނެވެ.

“ތާނީ… އަހަރެން ކޮޓަރިން ނުނިކުމެ އޮތިއްޔާ އަހަރެން ދެކެން ބޭނުން ނުވާ މީހަކަށް އަހަރެންގެ މޫނެއް ނުފެންނާނެއެއްނު؟ އަހަހްނާ ހެދި އެއްވެސް މީހަކު ނުޖެހޭނެއެއްނު ފިލައިގެން އުޅޭކަށް؟” މީރާ ނުސީދާކޮށް ޔަމާންއާ ވާހަކަ ދެއްކި އިރު ނުރޯން މަސައްކަތް ކުރަމުން ދިޔަކަން މީރާގެ އަޑުން އެނގެއެވެ.

“އައިމް ސޮރީ މީރާ… ޕްލީޒް… އަހަރެން އެހެން ބުނެގެން ނުވާނެ… އެގޮތަށް ހިތުގަ އޮވެގެން ބުނެވުނު އެއްޗެއް ނޫން އެއީކީ… އައިމް ސޮރީ” އެތެރެއަށް ވަދެ އެނދުގެ މަގަތުން އިށީނދެފައި ޔަމާން މާފަށް އެދުނެވެ.

މީރާ އެއްޗެއް ނުބުނެ އޮތް ގޮތަށް އޮތެވެ.

“މީރާ…” ޔަމާން ގޮވާލިއެވެ.

ތާނިޔާ އެވަގުތު ތެދުވެގެން ބޭރަށް ނިކުތެވެ. އޭރު ޝަފީގުއާ ނަދީމާވެސް އައީ މީރާ ކައިރިއަށެވެ. ނަމަވެސް ތާނިޔާ އެދެމީހުން ހުއްޓުވާފައި އިހަށް ބޭރުގައި މަޑުކޮށްލުމަށް ބުނީ ޔަމާން އެތެރޭގައި ހުރުމުންނެވެ.

ޔަމާން މީރާގެ އަތުގައި ހިފާލިއެވެ.

“މީރާ… ނުކުރާނަންތަ މާފެއް؟” ޔަމާން އަހާލިއެވެ.

“ޔަމާންއަށް އެނގޭނެ އަހަރެން މާފު ކުރާނެ ކަން…” މީރާ ބުންޏެވެ.

“މީރާ، މިކޮޅަށް އެނބުރިބަލަ…” މީރާ އަދިވެސް ޔަމާންއާ ދިމާއަށް ނުބަލާ އޮތުމުން ޔަމާން ބުންޏެވެ.

“ހަމަ ތެދެއް ޔަމާން، ކޮންމެ ފަހަރަކުވެސް ގުޅާފަ ހިތަށް އަރާ ބުނަން، އެކަމަކު ކޮންމެ ފަހަރަކުވެސް ޔަމާން މިކޮޅަށް އައީމަ ބުނަން ވެގެން މަޑުކޮށްލަނީ… ހިއެއް ނުކުރަން މިފަހަރު ޔަމާންއަށް ނާދެވި މިހާ ލަސް ވެދާނެ ކަމަކަށް… އެނގޭ ކުރިން ބުނަން ޖެހޭނެކަން… އެކަމަކު… އަހަރެން އެއްވެސް ގޮތަކަށް ޔަމާންއަށް ސިއްރު ކުރާކަށް ނޫން… ޔަމާން ގަބޫލު ކުރޭ، އަހަރެން ކީއްކުރަން ދޮގު ހަދަންވީ؟” އެނބުރި ޔަމާންގެ މޫނަށް ބަލަން އޮވެ ވާހަކަ ދައްކަމުން ދިޔައިރު މީރާއަށް ރޮވެމުން ދިޔައެވެ.

“ޝްޝްޝް… ނުރޮއެ. އަހަރެން ގަބޫލު ކުރަމޭ، އެނގެޔޭ” މީރާގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފޮހެދެމުން ޔަމާން ބުންޏެވެ.

“އަހަރެން ހީވެސް ނުކުރަން އަހަރެން ޕްރެގް ވެދާނެ ކަމަކަށް… އެކަމަކު މިކަންވެސް މިވީ… އަހަރެން ދެންވެސް ނުދާނަން ރާހިލް ކައިރިއަކަށް… އަހަރެންގެ ލައިފްއިން ރާހިލްގެ ޕާޓް މި ނިމުނީ. އަހަންނަށް މިކުދިން ބެލޭނެ، އިރާދަ ކުރެއްވިއްޔާ ރާހިލްއާ ނުލާ އަހަރެން މިކުދިން ބޮޑު ކުރާނީ” މީރާ ބުންޏެވެ.

ޔަމާން ބޯ ޖަހާލިއެވެ. އަދި އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއެކު މީރާ ބުނި ޖުމްލަ ނަގައިގަނެވުނެވެ.

“ކުދިންނޭ…؟” ޔަމާންއަށް އަހާލެވުނެވެ.

މީރާ ހީލަމުން ބޯ ޖަހާލިއެވެ.

“މީ… މީ ޓްވިންސްތަ؟’ ޔަގީން ނުކުރެވިފައި ޔަމާންއަށް އަހާލެވުނެވެ.

“އާނ، ޓްވިންސް، ސްކޭން ކުރީމަ އެނގުނީ” މީރާ އުފަލުން ބުނެލިއެވެ. އެކަން އެނގުނީ މަހެއްހާ ދުވަސް ކުރިން ކުރި ސްކޭންއިންނެވެ. އެއީ މީރާގެ ބަނޑަށް ތިންމަސް ފުރުނު ތަނާއެވެ.

“އައިމް ސޯ ހެޕީ ފޮރ ޔޫ…” މީރާގެ އަތްތިލައަށް ބާރުކޮށްލަމުން ޔަމާން ބުނެލީ ހިތަށް ތަދު ވިނަމަވެސް އެހިތުގެ އެންމެ އަޑިން މީރާއަށް ޓަކާ އުފާކުރަމުންނެވެ.

ދެހަފްތާ ވަންދެން މަޑުކޮށްފައި އެ ފަހަރުވެސް ޔަމާން ދިޔައީ ހިތުގައިވި ސިއްރު އިތުރަށް ފަސްއަޅާ ފޮރުވާފައެވެ. އެހިތް މީރާގެ ކުރިމަތީ ހުޅުވާލަން ކިތަންމެ ބޭނުންވި ނަމަވެސް އަދި މީ ރަނގަޅު ވަގުތު ނޫންކަން އެނގޭތީއެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން މީރާ ދެކެ ޔަމާން ވާ ލޯބި މީރާއަށް އަނގާނެ ކަމަށް ހިތާހިތާ ވަޢުދުވަމުން އެދުވަހާ ޖެހެންދެން ކިތަންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނަސް ކުރާނެ ކަމަށް އަޒުމް ކަނޑައަޅައިގެންނެވެ.

އޭގެ ފަހުން މާގިނަ ދުވަހެއް ނުވެ މީރާމެން އެހެން ހިސާބަކަށް ބަދަލުވީ އޭރު އެމީހުން އުޅެމުން ދިޔަ ގޭގެ ވެރިން ގެ ހުސްކުރަން އެދުމުންނެވެ. ހަމަހުގެ މުއްދަތެއް ދިން ނަމަވެސް އެންމެންވެސް ބޭނުންވީ މީރާ ވިހެއުމުގެ ކުރިން ބަދަލުވުމުގެ ކަންތައް ނިންމާށެވެ. ދެމަސް ފަހުން އެހެން ގެޔަކަށް މީރާމެން ބަދަލުވި އިރު އެހިސާބާ ތާނިޔާގެ ކޮލެޖް ދުރުކަމުން ތާނިޔާ ބޭނުންވީ ކޮލެޖްވެސް ބަދަލު ކުރާށެވެ.

މީރާ ބަލިވެ އިންކަން އެނގުނު ދުވަހުން ފެށިގެން މީރާގެ ބަނޑުގައި ވާ ދެކުދިންނާ މެދު ޔަމާންގެ ހިތުގައި އުފެދުނީ އަޖައިބެއް ފަދަ ލޯތްބެކެވެ. އެކުދިންގެ މަންމަ ދެކެ ވާ ލޯބި އެކުދިން ދެކެ ލޯބި ވުމަށްވެސް ޔަމާންއަށް ދަސްކޮށްދިން ފަދައެވެ. ފިހާރަތަކުން ފެންނަ ކުދިކުދި ހެދުންކޮޅާ، ކުޅޭ އެއްޗެއްސާ، އެހެންވެސް ބޭބީ އެއްޗެހި ޔަމާން މީރާއަށް ފޮނުވައެވެ. ކޮންމެ ދުވަހަކު ގުޅައިގެން މީރާއާ ވާހަކަ ދައްކާ އިރުވެސް އަބަދުވެސް އެދެވެނީ މީރާ ކައިރީ ހުރުމަށެވެ. ޔަމާން އެންމެ ދެރަ ވަނީ މީރާ ވިހާ ދުވަހު ޔަމާންއަށް މީރާ ކައިރީ ނުހުރެވިދާނެތީއެވެ.

މީރާގެ ބަނޑަށް ނުވަމަސް ފުރުނު ތަނާ ތާނިޔާގެ ކައިވެނި ކުރެވުނެވެ. ޝިހާދްއާ ތާނިޔާ ބައްދަލުވީ ރާހިލްއާ މީރާ ވަކިވި ދުވަސްކޮޅު ކަމަށް ވުމުން އެވާހަކަ ތާނިޔާ މީރާ ކައިރީ ނުބުނެ ހުރެފައި އެންމެ ފަހުން ބުނީ އެފަހަރު މީރާ ބެޑްރެސްޓްގައި ހޭދަ ކުރި ދުވަސްކޮޅުއެވެ.

ޝިހާދްއަކީ ތާނިޔާއާ އެކި ކިޔަވަން އުޅުނު ކުއްޖަކާ ދެބޭންގެ ދެދަރި ބޭބެއެކެވެ. ދެމީހުން ދިމާވުމަށް ފަހު ހަފްތާއެއް ވީއިރަށް ޝިހާދް ހުށައެޅި ލޯބި ތާނިޔާ ގަބޫލު ކުރީ އުފަލުންނެވެ. އިންޑިޔާގައި ދެ ހަފްތާ ހޭދަ ކޮށްފައި ޝިހާދް މާލެ ދިޔައީ އެގުޅުން ކަނޑާނުލާނެ ކަމަށް ވަޢުދުވެފައެވެ.

އޭގެ ފަހުން ހަތަރު މަސް ވަންދެން ތާނިޔާއާ ޝިހާދް ވާހަކަ ދެއްކި ފޯނުންނެވެ. އޭރު ދެމީހުންވެސް ތިބީ އެ ގުޅުން އާއިލާއާ ހަމައަށް ގެންދަން ބޭނުން ވެފައެވެ. ޝިހާދް އެފަހަރު ތާނިޔާގެ އާއިލާއާ ބައްދަލު ކުރަން އިންޑިޔާއަށް ދިޔައީ ޝިހާދްގެ އާއިލާއަށް ތާނިޔާގެ ވާހަކަ ބުނެދީފައެވެ.

ތާނިޔާމެން ގެޔަށް ގޮސް ނަދީމާމެންނާ ޝިހާދް ބައްދަލު ކުރި އިރު މީރާ ވަނީ ފޯނުން އެތައް ފަހަރަކު ޝިހާދްއާ ވާހަކަ ދައްކާ ރަހުމަތްތެރިވެފައެވެ. ނަދީމާމެންނާ ބައްދަލުކޮށް ތާނިޔާއާ ކައިވެނި ކުރަން ބޭނުން ވާހަކަ ޝިހާދް ބުނުމުން ޝަފީގު އެދުނީ ފުރަތަމަ ޝިހާދްގެ އާއިލާއާ ބެހޭ މައުލޫމާތު ދިނުމަށެވެ. މީރާއަށް ދިމާވި ކަންތައް ތަޖުރިބާއަކަށް ބަލާފައި، އެ ދެމަފިރިން ނިންމީ ޝިހާދްގެ އާއިލާއާ ބައްދަލު ކޮށްފައި އޭގެ ފަހުން ކައިވެނި ކުރުމަށެވެ.

ދެއާއިލާ ފޯނުން ވާހަކަ ދައްކާ، ކައިވެނީގެ ކައިވެނީގެ ކަންތައް ހަމަޖައްސަމުން ދިޔައިރު ނަދީމާ ފުރަތަމަވެސް އެކައިވެނި ކުރަން މާލެއަށް ނުދެވޭނެ ވާހަކަ ބުނީ މީރާ ވިހަން ކައިރިވެފައި އިނުމުންނެވެ. އެގޮތާ ޝިހާދްގެ އާއިލާވެސް ގަބޫލުވިއެވެ. ކައިވެނި ކުރަން ހަފްތާއަކަށް ވުމުން ޝިހާދްގެ މަންމައާ ދެ ދައްތަގެ އާއިލާއާ، ކޮއްކޮ އިންޑިޔާއަށް އައެވެ. އެމީހުން ތިބުމަށް ނަދީމާއާ ޝަފީގު އެދުނީ އެގޭގައެވެ.

ދެއާއިލާ އެކުގައި ހުރިހާ ކަމެއްގައި އުޅުނު އިރު ދެއާއިލާގެ ގުޅުން ފެނި ތާނިޔާއާ ޝިހާދް ތިބީ ވަރަށް އުފަލުންނެވެ. ކައިވެނި ކުރެވެން ދެދުވަހަށް ވީ ތަނާ ރިޔާންއާ ޔަމާން އައެވެ. ނަދީމާމެންގެ އެދުމަށ ތާނިޔާގެ ކައިވެންޏަށް ޝަރަފްވެސް ޔަމާންއާ އެކު އައެވެ.

ކައިވެނި ކުރެވުމުން ދެއާއިލާއަށާ ގާތް ރައްޓެހިންނަށް ކެއުމެއް ތައްޔާރުކޮށްފައި އޮތީ ތާނިޔާމެންގޭ ޓެރެސްގައެވެ. މާބޮޑު ހަފްލާއަކަށް ނުވި ނަމަވެސް އެ ރެއަށް އެންމެންވެސް ތިބީ ވަރަށް ތައްޔާރު ވެގެންނެވެ.

މީރާ ތައްޔާރު ވެގެން ޓެރެސްއަށް ދާން ކޮޓަރިން ނިކުތް އިރު ޔަމާން މީރާގެ ކޮޓަރި ދޮރުމަތީ ހުރީ މީރާ ގޮވައިގެން ދާން ވެގެންނެވެ. އެކިއެކި ވާހަކަ ދައްކަމުން ރިޔާންއާ ޝަރަފްއާ އެކު ދެމީހުން ދިޔައެވެ.

ހީލަމުން ޔަމާން ބުނި އެއްޗަކަށް ޖަވާބު ދިނުމަށް މީރާ ކުޑަކޮށް ފަހަތަށް އެނބުރިލާފައި މީރާއަށް ވުރެ ފިޔަވަޅެއްހާ ތަން ފަހަތުގައި ހުރި ޔަމާންއާ ދިމާއަށް ބަލާލިއެވެ. އެވަގުތު ޓެރެސްއަށް ނިކުތުމަށް ކުޑަކޮށް އުސްކޮށް ހުރި ހިސާބުން ނެގި ފިޔަވަޅާއެކު ފައި އެޅުނު ގޮތުން ސިހިފައި މީރާއަށް ކުރިއަށް އަތްދިއްކޮށްލެވުނެވެ. އެފަދަ ކަމަކަށް ތައްޔާރު ވެގެން ހުރި މީހަކު ފަދައިން މީރާ އަތް ދިއްކޮށްލުމާއެކު ޔަމާން މީރާ ގައިގައި ހިފެހެއްޓިއެވެ.

“ބަލައިގެން…” ޔަމާން ބުންޏެވެ.

ޔަމާންއަށް ބަލާލާފައި މީރާ ހީލިއެވެ.

އެމަންޒަރު ބަލަން ހުރި ނަދީމާ ޝަފީގު އަތުގައި ކޮއްޓާލާފައި މީރާއާ ޔަމާން ދައްކާލިއެވެ. އެމަންޒަރު ނަދީމާއަށް ފެންނާނީ ހުވަފެނީ ލޮލަކުން ކަން ޝަފީގުއަށް އެނގުނެވެ.

“އިރާދަ ކުރެއްވިއްޔާ ނަދީމާ ތި ދެކޭ ހުވަފެން އަދި ސީދާ ވާނެ” ނަދީމާގެ އަތުގައި ހިފާލަމުން ޝަފީގު ބުންޏެވެ. ހީލަމުން ނަދީމާ ބޯޖަހާލިއެވެ.

ޕާޓިގެ ކަންތައް ނިމި އެރެއަށް ޚާއްސަކޮށް އަލަތު ދެމަފިރިންނަށް ހަދިޔާއެއްގެ ގޮތުން ޔަމާން ބުކްކޮށްދީފައިވާ ހޮޓެލްއަށް ތާނިޔާއާ ޝިހާދް ދިޔުމުން އެންމެން ގެޔަށް ވަން އިރު އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ނަދީމާއާ އެކު ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެފައި މީރާއަށް އުނަގަނޑުމަތީ އަތް ހާކާލެވުނީ އެހިސާބުގައި ރިހުމެއް ހުރުމުންނެވެ.

“ކިހިނެއްވީ؟ ރިއްސަނީތަ؟” ނަދީމާ އަހާލިއެވެ.

“ނޫން… ތަންކޮޅެއް ގިނަ އިރު އެހެން އިނީމަ ކުޑަކޮށް ތަދުވަނީ” މީރާ ބުންޏެވެ.

“އެހެންނު ވާނީ، މަންމަ އެވަރަށް މީރާ ކައިރީ އޮށޯންނަން ދާށޭ ބުނީމަވެސް އިނީ ވިއްޔަ… ދައްކާ މަންމަ ކުޑަކޮށް މޮޑެލަދޭނަން” ނަދީމާ ބުންޏެވެ. އަދި މީރާ ބާއްވަފައި މީރާގެ އުނަގަނޑުމަތީ މަޑުމަޑުން އަތް ކާއްތަމުން ދިޔައެވެ. ޔަމާން އެކޮޓަރިއަށް ވަނީ ނަދީމާ އެހެން އިންދައެވެ.

“ކިހިނެއްވީ؟ މީރާ، ބަނޑުގަ ރިއްސަނީތަ؟” ކަންބޮޑުވުން އެކުލެވޭ އަޑަކުން ޔަމާން އަހާލިއެވެ.

“ނޫން، އެހާ ގިނައިރު ވަންދެން އެހެން އެއްގޮތަކަށް އިނީމަ މީރާގެ އުނަގަނޑަށް ތަދުވާތީ މަންމަ ކުޑަކޮށް މޮޑެލަނީ” ނަދީމާ ޖަވާބު ދިނެވެ.

ނަދީމާ ދިޔުމުންވެސް ޔަމާން އިރުކޮޅަކު މީރާ ކައިރީ ވާހަކަ ދައްކާލަން އިނދެފައި ދިޔައިރު ދޭއް ޖަހަނީއެވެ. ފެން ވަރައިގެން އައިސް އޮށޯތް އިރަށް މީރާއަށް ނިދުނެވެ.

އަނެއް ދުވަހު ފަތިހު ނަމާދު ކުރަން ހޭލި އިރު ބުރަކަށީގައި ހުރި ރިހުން ކުރިއަށް ވުރެ ގަދަވެފައި ހުރި ނަމަވެސް މީރާ އެވާހަކަ އެކަކު ކައިރީވެސް ނުބުނެއެވެ. ނަމާދުކޮށްގެން އަނެއްކާވެސް އޮށޯތީ ނިދި ނުފިލާތީއެވެ.

ދެން މީރާއަށް ހޭލެވުނީ މެންދުރުފަސް ވީ ފަހުންނެވެ. އޭރުވެސް ބުރަކަށީގައި ރިއްސަމުން ދިޔައެވެ. ފާހާނާއަށް ވަދެލާފައި ވުޟޫކޮށްގެން ނިކުތް ތަނާ ނަދީމާ ބުނެގެން ޝައިލާ އައީ މީރާ ނުހޭލާ ނަމަ ގޮވާށެވެ. ނަމާދުކޮށްގެން މިދަނީ ކަމަށް ބުނެ ޝައިލާ ފޮނުވާލާފައި މީރާ އަވަސްކޮށްލައިގެން ފޭބީ އުނަގނޑުގައި ރިއްސާތީ އެވާހަކަ ނަދީމާ ކައިރީ ބުނާށެވެ. އޭރު ފިރިހެނުން ކާޏް ތިބިއިރު ނަދީމާ ހުރި އެމީހުންނަށް އެއްޗެހި ކައިރިކޮށްދޭށެވެ.

“ތިއައީ ދޯ؟ އާދޭ ބަތް ކާން އަވަހަށް” މީރާ ފެނުމުން ނަދީމާ ގޮވާލިއެވެ.

ނަދީމާއާ މީރާއާ ޝިހާދްގެ މަންމައާ ދެ ދައްތަ ކާން އެރިއެވެ. ތާނިޔާ ކޮބާތޯ މީރާ އަހާލުމުން ގަޑިއެއްހާ އިރު ކުރިން ތާނިޔާ ގުޅާފައި އިރުއޮއްސެން ވާއިރަށް އަންނާނަމޭ ބުނި ވާހަކަ ނަދީމާ ބުންޏެވެ.

ކައި ނިމިގެން ތެދުވަން އުޅުނު މީރާ ނުތެދުވެ އަނެއްކާ އިށީނީ އުނަގަނޑާ ދަށްބަނޑަށް އެރި ރިހުމުންނެވެ. އެންމެން ތެރޭ އަޑެއްވެސް ލައްވާލަން ނުކެރިފައި އިންދާ ރިހުން ފިލުމުން މީރާ އިރުކޮޅަކު އިނީ ނޭވާ ހަމަޖައްސާލާށެވެ. އަތް ދޮވެގެން މީރާ ސިޓިންގްރޫމަށް ނިކުތް ތަނާ ދެވަނަ ރިހުން އެރިއެވެ.

“އާހ…” ބަނޑު ކޮޅުގައި އަތް ޖައްސާލަމުން ކުޑަކޮށް ގުދުވެލާފައި މީރާއަށް އަޑެއް ލައްވާލެވުނީ ރިހުމަށް ކެތް ނުވެގެންނެވެ.

ބަދިގެއިން ނިކުތް ނަދީމާއަށް އެއަޑު އިވުމުން އަވަހަށް ގޮސް މީރާ ގައިގައި ހިފަހައްޓާލިއެވެ. ސިޓިންގްރޫމްގައި ޝަރަފް ކައިރީ އިން ޔަމާންވެސް ތެދުވެގެން މީރާ ކައިރިއަށް ދިޔައެވެ.

“މަންމާ…” ނަދީމާގެ އަތުގައި ހިފާ ބާރުކޮށްލަމުން މީރާއަށް ގޮވާލެވުނެވެ. އެންމެން އަވަސް ވެގަތީ މީރާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

މީރާ ލޭބަރ ރޫމްގައި އޮތް އިރު ނަދީމާ ހުރީ މީރާ ކައިރީގައެވެ. ޝަފީގުއާ ޝަރަފްއާ ޔަމާން ބޭރުގައި ތިބި އިރު ޔަމާން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ކުރެވެމުން ދިޔަ އެކިއެކި ޚިޔާލުތަކުން ހިތް ނުތަނަވަސްވަމުން ދިޔަ އިރު އިރުއިރުކޮޅާ ގަޑިއަށް ބަލާލެވެނީ މީރާ ވިހެއުން ލަސްވާތީ އެކަމާ ކަންބޮޑުވެގެންނެވެ.

ހަގަޑިއެއްހާ އިރު ފަހުން، އެރޭ އަށްގަޑި ފަންސަވީހުގައި މީރާ ފުރަތަމަ ދަރިފުޅު ވިހޭ އިރު ދެވަނަ ދަރިފުޅު އުފަން ވީ އޭގެ ހަތަރު މިނަޓް ފަހުންނެވެ. މީރާގެ ދެ އަންހެން ކުދިން ފުރަތަމަ ދުށީ އަމިއްލަ ދަރިއެއް ފަދައިން ހަ އަހަރު ވަންދެން މީރާ ގެންގުޅުނު މަންމައެއް ފަދަ ނަދީމާއެވެ.

ދެ ކުދިން ދުނިޔެއަށް އުފަންވި ވަގުތަކީ ދުވަހަކުވެސް މީރާ ހަނދާން ނެތޭނެ ވަގުތެއް ނޫނެވެ. ދެކުދިން ގެނެސް މީރާ ކައިރީ ބާއްވާލި ވަގުތު ރާހިލް މީރާ ކައިރީ ހުރި ނަމައޭ މީރާ ހިތަށް އެރިއެވެ. އެ ހުރިހާ ދުވަހު ރާހިލްގެ ހަނދާން ނުވާ ވަރަށް އެވަގުތު މީރާ ރާހިލް މަތިން ހަނދާންވިއެވެ. ނަމަވެސް ތަގުދީރުގައި އެކުދިންނަށް އޮތީ އެގޮތް ކަމުގައި މީރާ ގަބޫލު ކުރިއެވެ. އަދި މީރާއަށް އެދެކުދިން ދެއްވި ކަމަށްޓަކާ ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ.

މީރާ ވިހެއުމުން ޔަމާންގެ ހުރިހާ ވަގުތެއް ހުސްކޮށްލީ މީރާއަށް ޓަކައެވެ. ދެ ދުވަސް ފަހުން މީރާ ހޮސްޕިޓަލުން ދޫކޮށްލަން ދެން އެންމެ އިރުކޮޅަކަށްވެސް ޔަމާންއާ ނަދީމާ މީރާއާ ދުރަކަށް ނުދެއެވެ.

ކުރިން ތުއްތު ކުއްޖަކު އުރާލަންވެސް ބިރުގަންނަ ޔަމާން، މީރާ ގެޔަށް ދާން ވީ އިރު ހީވަނީ އެތައް ޒަމާނެއް ވަންދެން ތުއްތު ކުދިން ގެންގުޅެ ތަޖުރިބާ ލިބިފައިވާ މީހެއް ހެންނެވެ. ކުދިން ގެންގުޅުމަށް ޔަމާން އެހާވެސް ފަރިތައެވެ.

މީރާ ވިހޭ އިރު ތާނިޔާއާ ޝިހާދްވެސް ތިބީ ހޮސްޕިޓަލުގައެވެ. މީރާގެ ކުދިންނަށް ނަން ކިޔަންދެން ޝިހާދްގެ އާއިލާ އިންޑިޔާގައި މަޑުކުރީ ޝަފީގުއާ ނަދީމާގެ އެދުމަށެވެ. އެ މީހުންވެސް ހީވީ އަމިއްލަ ދަރިއަކު ވިހައިގެން އުޅޭހެންނެވެ. މީރާއާ ކުދިންގެ ކަންތައް ކޮށްދެނީ ކޮށްދޭ ހިތުންނެވެ.

ތާނިޔާވެސް އަބަދު އުޅެނީ މީރާ ކައިރީގައެވެ. ޝިހާދްވެސް ތާނިޔާ ފަހަތުން އައިސް އިންނަނީ މީރާ ކައިރީގައެވެ. ކުދިން ގިނަ ފަހަރަށް މީރާ އަތަށް ލިބެނީ ހަމައެކަނި ގާތުން ދޭންވުމުންނެވެ. އެހެން ވަގުތުތަކުގައި ކޮންމެވެސް މީހަކު އިންނާނީ ކޮންމެވެސް އެއްކުއްޖަކު އުނގަށް ލައިގެންނެވެ. ގިނަ ފަހަރަށް ތާނިޔާއާ ޔަމާންއާ ރިޔާން އަދި ޝިހާދްވެސް ކުޑަކުދިންތަކެއް ހެން ތަޅާފޮޅާފައި އުޅެނީ އެމީހެއްގެ އަތަށް ކޮންމެވެސް އެއް ކުއްޖަކު ނުލިބިގެންނެވެ.

“ކޮބާ މީރާ، މިހާރު ނަން ހޯދައިފިންތަ؟” ކުދިންނަށް ފަސްވަނަ ދުވަހު ހެނދުނު ނަދީމާ ކުދިން ރީތިކޮށްފައި އައިސް އަހާލިއެވެ.

“އަހަރެންނެއް ނޫން މި ކުދިންނަށް ނަން ކިޔާނީ” މީރާ ބުންޏެވެ.

“ދެން…؟” ހައިރާންވެފައި ނަދީމާއަށް މީރާގެ މޫނަށް ބަލާލެވުނެވެ.

“އެއް ކުއްޖަކަށް ނަން ކިޔާނީ ތާނީ މަންމައާ ބައްޕަ، އަނެކަކަށް ނަން ކިޔާނީ ތާނީއާ ޔަމާންއާ ރިޔާން” މީރާ ބުންޏެވެ.

އެއަޑު އަހާފައި ނަދީމާ ފެންކަޅިވިއެވެ.

“ދަރިފުޅާ، މަންމަ ވަރަށް އުފާ ވެއްޖެ، އެކަމަކު އެ ކުދިންނަށް ނަން ކިޔަން ވާނީ މީރާ… މަންމަ ހަމަ ހެޔޮ ހިތުން މިބުނަނީ” މީރާގެ ބޮލުގައި ފިރުމާލަމުން ނަދީމާ ބުންޏެވެ.

“ނޫން ތާނީ މަންމާ، މިއަދު އަހަރެންގެ މަންމައާ ބައްޕަ ދުނިޔޭގަ ތިބި ނަމަ މިކުދިންނަށް ނަން ކިޔާނީ އެމީހުން… އެކަމަކު މިއަދު އެމީހުންނެއް ނެތް، އެމީހުންގެ މަގާމުގަ ތިބީ ތާނީ މަންމައާ ބައްޕަ. އެހެން ވީމަ އަހަރެންގެ އެދުން ގަބޫލު ކުރޭ މަންމާ…” ނަދީމާގެ އަތުގައި ހިފާލަމުން މީރާ ބުންޏެވެ.

“އެންމެ ރަނގަޅު، މިއަދު ބުނާނަން ބައްޕަ ކައިރީ” ލޯ ފޮހެލަމުން މީރާގެ ނިތްކުރިއަށް ބޮސްދީފައި ނަދީމާ ބުންޏެވެ.

ނަދީމާއާ ޝަފީގުއަށް ރީތިވި ނަމަކީ މަނާލްއެވެ. އެހެން ކަމުން މީރާގެ ދޮށީ ދަރިފުޅަށް އައިޝަތު މަނާލް ރާހިލްގެ ނަމުން ނަން ކިޔުނެވެ. އެތައް ޒުވާބަކަށް ފަހު އެންމެ ފަހުން ޔަމާންއާ ތާނިޔާއާ ރިޔާންވެސް ތިން މީހުންނަށް ކަމުދިޔަ ނަމެއް ހޯދިއެވެ. އެމީހުން ހޯދި ނަމަކީ މަލާކްއެވެ. މަނާލްއަށް ވުރެ ހަތަރު މިނަޓް ހަގު ދަރިފުޅަށް ކިޔުނީ އައިމިނަތު މަލާކް ރާހިލްއެވެ.

ދޮޅު މަހެއްހާ ދުވަހު މަޑުކޮށްފައި މަނާލްއާ މަލާކްއަށް އެއްމަހާ އެއް ހަފްތާގައި ޔަމާން އަލުން މެލޭޝިޔާއަށް ދިޔައީ އެއްގޮތަކަށްވެސް ދާހިތަކުން ނޫނެވެ. ދުވާލަކު އެތައް ފަހަރަކު ޔަމާން މީރާއަށް ގުޅައެވެ. ކުދިންގެ އެތައް ފޮޓޯއެއް ތާނިޔާއާ މީރާ ކޮންމެ ދުވަހަކުވެސް ޔަމާންއަށް ފޮނުވައެވެ. ކޮންމެ ދުވަހަކު ވީޑިއޯ ކޯލް ކޮށްގެން ކުދިންގެ ކުދިކުދި ހަރަކާތްތައް ޔަމާން ބަލައެވެ. ދުރުގައި ހުއްޓަސް އެކުދިން ލަސްލަހުން ބޮޑެތިވަމުން އައީ ޔަމާންގެ ކުރިމަތީގައި ކަހަލައެވެ.

މަނާލްއާ މަލާކްއަށް ތިންމަސް ވުމުން މީރާ އަލުން ކިޔަވަން ފެށުމާ މެދު ވިސްނުމަށް ނަދީމާ އެދުނެވެ. ނަމަވެސް ކުދިން އެހާ ކުޑައިރު އެކުދިން ދޫކޮށްލާފައި އިރުކޮޅަކަށްވެސް ދުރަށް ދާކަށް މީރާ ބޭނުމެއް ނުވިއެވެ. ނަދީމާމެންވެސް ދެން އެވާހަކަ އިތުރަކަށް ނުދައްކައެވެ.

ކޮންމެ މަހަކު ޔަމާން އެތައް ބައިވަރު ހަދިޔާ ހިފައިގެން ކުދިން ކައިރިއަށް ދެއެވެ. އެކޮޅުގައި ޔަމާން ހޭދަކުރާ ހަފްތާއެއްހާ ދުވަހުގައި އަބަދުހެން އުޅޭނީ ކުދިންނާ އެކީގައެވެ. ކޮންމެ ފަހަރަކުވެސް ޔަމާން މަލޭޝިޔާއަށް ދަނީ ހިތާ ދެކޮޅަށެވެ.

މަނާލްއާ މަލާކްއަށް ހަމަސް ފުރުނު ދުވަހެވެ. އެއީ ޔަމާން އަންނަ ދުވަހަށް ވުމުން އެންމެންވެސް އުޅުނީ ޔަމާން އަންނަން ވާ އިރަށް ރަނގަޅު ކެއުމެއް ތައްޔާރު ކުރުމުގައެވެ. ކުދިން ނިންދަވާފައި މީރާވެސް ނަދީމާއާ ތާނިޔާއަށް އެހީ ވުމަށް ބަދިގޭގައި އުޅެއެވެ.

ޔަމާން އައިސް މަންމައާ ބައްޕައާ ސަލާން ކޮށްލާފައި އަވަހަށް މައްޗަށް ދިޔައީ ނިދާފައި ތިބި މަނާލްއާ މަލާކް ދެކިލާށެވެ. ކެއުންވެސް އޮތީ އެއަށް ފަހުއެވެ.

އާދައިގެ މަތިން ރޭގަނޑު ކައިގެން އެންމެން ކައިރީ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު ނަދީމާއާ ޝަފީގު ނިދަން ދިޔުމުން ތާނިޔާއާ ޝިހާދްއާ އެކީ ޔަމާން އެރީ ޓެރެސްއަށެވެ. މަނާލްއާ މަލާކް ކައިރިއަށް ގޮސްލާފައި އެބަ އަންނަން ކަމަށް ބުނެފައި މީރާ ދިޔައީ ކޮޓަރިއަށެވެ. ދެކުދިންނަށް އެގަޑީގައި ދޭ ބުއްފުޅި ދީފައި އަލުން ނިންދަވާފައި އެކުދިން ކައިރީ ޝައިލާ ބައިންދާފައި މީރާވެސް ޓެރެސްއަށް ދިޔައެވެ. އެއީ ޔަމާން ހުންނަ އިރު ކޮންމެ ރެއެއްގެވެސް އާދައެވެ. ޓެރެސްގައި ކޮފީ ހިފައިގެން އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި އެމީހުން ނިދަން ދާނީ ބާރަ ޖަހާ ފަހުންނެވެ.

އެގޮތުން ޔަމާން ފުރުމުގެ ދެރޭ ކުރިއެވެ. އެކި ވާހަކައިގައި ތިބެފައި ބާރަގަޑި ބައި ވުމުން ތާނިޔާއާ ޝިހާދް ނިދިއައިސްގެން ދިޔައެވެ. މީރާއާ ޔަމާން އަދިވެސް އިރުކޮޅަކު ތިއްބެވެ.

“ޔަމާން، ކީއްވެ އަދިވެސް މެރީ ނުކޮށް ތި ހުންނަނީ؟” ކުރިން ދުވަހަކުވެސް ނުކުރާ ސުވާލެއް އެރޭ މީރާ ޔަމާންއާ ކޮށްލިއެވެ.

“ކީއްވެ ކުއްލިއަކަށް ތިކަހަލަ ސުވާލެއް ތިކުރީ؟” އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި ޔަމާންވެސް ކޮށްލީ ސުވާލެކެވެ.

“ކަމެއް ނުވޭ، ހިތަށް އެރީމަ އަހާލީ. ޖަވާބު ދޭން ބޭނުން ނުވަންޏާ އޯކޭ ނުދިނަސް” މީރާ ބުންޏެވެ.

“ނޫން، ޖަވާބު ނުދޭކަށް ނޫން… އެކަމަކު އިހަށް އަހަރެން ސުވާލެއް ކޮށްލަންތަ؟” ޔަމާންއާ ތިން ފޫޓެއްހާ ދުރުގައި އިން މީރާއަށް ބަލަން އިނދެ ޔަމާން އަހާލިއެވެ.

މީރާ ބޯޖަހާލިއެވެ.

“މީރާ ފުރަތަމަ ބުނެބަލަ… ދެން އަލުން ލައިފްއެއް ފަށާކަށް ހިޔާލެއް ނުކުރަންތަ؟” ޔަމާން މަޑުމަޑުން އަހާލިއެވެ.

އެއްޗެއް ނުބުނެ މީރާ ދުރަށް ބަލާލިއެވެ. ޔަމާން ކުރި ސުވާލުން މީރާ ހަނދާންވީ ރާހިލް މަތިންނެވެ. މީރާ ދޫކޮށްލާފައި ރާހިލް ދިޔަ ދުވަހެވެ. އެދުވަހު ރާހިލް ބުނި ބަސްތަކެވެ.

“އަހަރެން ފުރަތަމަ މީރާއާ އިނީވެސް އަބަދަށް އުޅޭކަށް ނޫން. އެއްވެސް ދުވަހެއްގަ އަހަންނާ އެކީ މީރާ މާލެ ގެންދާކަށް އަހަރެން ނުވިސްނަން. އަހަރެން މީރާއަށް ދެއްކީ އަސްލު އަހަންނެއް ނޫން… ސޯ ޕްލީޒް… އިތުރު ސުވާލު ނުކޮށް އަހަރެން ދިޔަދީ” އެދުވަހު ދަމުން، މީރާ ވަރިކުރުމުގެ ކުރިން ރާހިލް ބުނީ އެހެންނެވެ.

އެފަދަ ތަޖުރިބާއަކަށް ފަހު އަލުން ދިރިއުޅުމެއް ފެށުމާމެދު މީރާއަށް ޚިޔާލުވެސް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ކަމަކާ މީރާ ވިސްނާނީ ދެން ކޮން ހިތަކުން ހެއްޔެވެ؟

“މީރާ…” މީރާ ޖަވާބެއް ނުދިނުމުން ޔަމާން ގޮވާލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކުއެވެ. ހިތުގައި އޮތް ސިއްރު މީރާގެ ކުރިމަތީ ފާޅުކޮށްލާ ހިތުންނެވެ.

“އޭނަ އަހަރެން ވަރި ކުރުމުގެ ކުރިން ބުނީ… އަހަންނާ އިނީވެސް އުމުރަށް އެކީ އުޅޭކަށެއް ނޫނޭ… ފުރަތަމަވެސް ނިންމައިގެން ހުރީ ދާ އިރު އަހަރެން ވަރިކޮށްފަ ދާން… ޔަމާން ބުނެބަލަ… ދެން އަހަރެން ކިހިނެއް އެކަހަލަ ކަމަކާ އަލުން ވިސްނާނީ؟ ކިހިނެއް އަހަރެން ދެވަނަ ފަހަރަށް މީހަކަށް އިތުބާރު ކުރާނީ؟” ރޮވިފައި އިނދެ ޔަމާންއަށް ބަލާލަމުން މީރާ ބުންޏެވެ.

“މީރާ… ސޮރީ…” ޔަމާން ކޮށްލި ސުވާލުން މީރާ ރާހިލް މަތިން ހަނދާން ވުމުން ޔަމާންއަށް ބުނެވުނެވެ. އެފަދަ ސުވާލެއް ޔަމާން ކުރީ އެ ޚިޔާލުތައް މީރާގެ ހިތުގައި އާކުރާކަށް ނޫނެވެ.

މީރާ ލޯ ފޮހެލަމުން އަނެއްކާވެސް ދުރަށް ބަލާލީ އެކަރުނަ ނުހުއްޓުވުމުންނެވެ.

އަމިއްލަ ނަފްސަށް ހިތާހިތުން އެއްޗެހި ކިޔަމުން ޔަމާން މީރާއާ ކައިރިއަށް ޖެހިލާ ދެއަތުން މީރާގެ މޫނުގައި ހިފާލާފައި ޔަމާންއާ ދިމާއަށް އަނބުރާލިއެވެ.

“ޝްޝްޝް… ދެން ހުއްޓާލާ…” ޔަމާން ބުންޏެވެ.

ނަމަވެސް މީރާއަކަށް ހުއްޓައެއް ނުލެވުނެވެ. މީރާގެ ލޮލަށް ކަރުނަ ގެނުވީ ހަމައެކަނި ކުރީގެ ހަނދާނުންނެއް ނޫނެވެ. މުސްތަގުބަލާ މެދު ހިތުގައި އޮތް ބިރާ، ކުދިންނާ މެދު ހިތުގައިވި ހާސްކަންވެސް އެވަގުތު މީރާގެ ހިތުގައި ބިރެއް އުފައްދާފައި ވެއެވެ.

ޔަމާންއަށް މީރާ ގެނެސް މޭގައި ޖައްސާލެވުނީ އިޚްތިޔާރަކާ ނުލައެވެ. މަޑުމަޑުން މީރާ ގައިގައި ހިފަހައްޓާލައިގެން އިނީ މީރާ ހިތްފުރެންދެން ރޯލުމަށް ފުރުސަތު ދީގެންނެވެ. ހިތުގައި އުފެދެމުން އައި އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވޭތޯ ޔަމާން އަމިއްލަ ނަފްސާ ހަނގުރާމަ ކުރަމުން ދިޔައީ ކާމިޔާބު ވާނެކަމުގެ ޔަގީންކަމެއް ނެތިއެވެ.

މީރާއަށް ރުއިން ހުއްޓާލެވުނު އިރު މީރާގެ ކަރުނައިން ޔަމާންގެ ޓީޝާޓު ތެމިއްޖެއެވެ. އެ ތެތް ފިނިކަމާ، ޔަމާންގެ މޭގައި ބޯ ޖައްސާލައިގެން އިން ޔަމާންގެ ހިތް ދެވިފައިވި އަންހެން ކުއްޖާގެ ހަށިގަނޑުގެ ހޫނުން ޔަމާންއަށް ވަމުން ދިޔަ ގޮތުން ހިތުގައި ވި އިހުސާސްތަކުގެ މައްޗަށް އޮތް ބާރު ދޫވާން ފެށިއެވެ.

“މީރާ…” ޔަމާންއަށް މީރާގެ ނަން ކިޔާލެވުނެވެ. އެހުރިހާ އިރު މީރާގެ ދެކޮނޑުމަތީ ބާއްވާލެވިފައި އޮތް ޔަމާންގެ ދެއަތްތިލަ ހަރަކާތް ކުރަން ފެށިއެވެ. ދެއަތުން މީރާގެ ހަށިގަނޑު ޔަމާންއާ ބޮޑަށް ކައިރި ކޮށްލަމުން މީރާ ގައިގައި ބައްދާލިއެވެ. ޔަމާންގެ މޫނު ކުޑަކޮށް އަނބުރާލަމުން މީރާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.

ޔަމާންގެ އަތުތެރޭން މީރާއަށް އަޖައިބެއް ފަދަ ރައްކާތެރިކަމެއް އިހުސާސް ކުރެވުނެވެ. އެއަތުތެރޭ އިނދެ ހިތްފުރެންދެން ރޯލެވުމުން ހިތަށް ލުއިވެގެން ދިޔައެވެ. ދެގޮތެއް ނުވާ އެ އެކުވެރިޔާއަށް ހިތާހިތާ ޝުކުރުވެރި ވަމުން މީރާ އަދިވެސް ބޮޑަށް ޔަމާންގެ މޭގައި ބޮނޑިވެލިއެވެ. އެއާއެކު ޔަމާންވެސް މީރާ ގައިގައި ބާރަށް ބައްދާލިއެވެ.

އެ ވަގުތު ހިތުގެ ކަނަކުން މީރާއަށް ހަނދާން ކޮށްދިނީ ދުވަސްތަކެއް ކުރިން ހިތުގައި ޔަމާންއަށް ޓަކާ ވީ އިހުސާސްތަކެވެ. އޭރު ޔަމާންގެ ރީތިކަމާ، ފިރިހެންވަންތަ ކަމާ މެދު ހިތާހިތުން ކުރެވުނު ތަޢުރީފެވެ. ޔަމާންގެ ސަމާލުކަން ހޯދުމަށް ކުރެވުނު މަސައްކަތެވެ.

ޔަމާންއަށް ނުފެނުނު ނަމަވެސް، އެ ހަނދާން ވުމުން މީރާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައެވެ. މިއަދު އެގޮތަށް  ޔަމާންގެ މޭގައި ތަތްވެގެން އިނުމުން މީރާއާ މެދު ޔަމާން ހީކުރާނީ ކީކޭ ހެއްޔެވެ؟

މީރާ ޔަމާންއާ ދުރަށް ޖެހިލިއެވެ. ފުރަތަމަ ޔަމާން މީރާ ގައިން ދުލެއް ނުކުރިއެވެ. ނަމަވެސް އިރުކޮޅަކުން ކުޑަކޮށް ދޫކޮށްލިއެވެ.

މީރާ އިސް އުފުލާ ޔަމާންގެ މޫނަށް ބަލާލިއެވެ. އެވަގުތު މީރާގެ މޫނަށް ބަލަން އިން ޔަމާންގެ ލޮލުން މީރާއަށް ފެނުނީ މުޅިން ތަފާތު އަސަރެކެވެ. ޔަމާން މީރާއަށް އެދޭކަން އެލޮލުން ފާޅުވެއެވެ. މީރާއަށް ބަލަހައްޓައިގެން އިނދެވުނީ ގަބޫލު ކުރަން ދަތިވެފައެވެ.

ޔަމާން މީރާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. މަޑުމަޑުން އެކަކު އަނެކަކާ ކައިރި ވަމުން ގޮސް އެކަކުއަނެކަކުގެ ނޭވާގެ ހޫނު އިހުސާސް ވާހާ ކައިރި ވުމުން މީރާއަށް ލޯމަރާލެވުނެވެ. މީރާގެ ތުންފަތުގައި ބޮސްދޭން ފެށުމާއެކު ޔަމާންއަށްވެސް ލޯ މަރާލެވުނެވެ.

އެގޮތަށް ދެމީހުންނަށް ތިބެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ނޭވާ ހުސްވާހެން ހީވާން ފެށުމުން މީރާ ދުރަށް ޖެހިލަން އުޅުނެވެ. ޔަމާންވެސް އެކަން ވިސްނި މީރާގެ އިސްތަށިގަނޑުތެރެއަށް މަހާލެވިފައި ވި އަތްތިލަ ދޫކޮށްލިއެވެ. މީރާ އިސްޖަހާލުމާއެކު ޔަމާން މީރާގެ ނިތްކުރީގައި ތުންފަތް ޖައްސާލީ ދެއަތުން މީރާ ގައިގައި ބައްދާލަމުންނެވެ.

ތިބެވުނު ގޮތާ ކުރެވުނު ކަންތައް މީރާއަށް އިހުސާސް ކުރެވުނީ ކުއްލިއަކަށެވެ. ޔަމާންއާ ދުރަށް ޖެހިލާ ޔަމާންގެ މޫނަށް މީރާ ބަލާލީ ސުވާލުން ފުރިގެންވީ ލޮލަކުންނެވެ.

ނުނިމޭ

50
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

އިންތިހާއަށް އާދޭސް 7…

Next

ވަކިވީމާ ކަލާ… މިހަޔާތާ މަގޭ… 9

Next
October 2, 2016

ވަކިވީމާ ކަލާ… މިހަޔާތާ މަގޭ… 9

Previews
October 2, 2016

އިންތިހާއަށް އާދޭސް 7…

27 Comments

  1. Marsha says:
    October 2, 2016 at 1:18 pm

    އައްސަލާމް ޢަލައިކުމް، ހުރިހާ ކުދިން، މިއޮތީ 22 ވަނަ ބައި، މިބައި ދިގު ވާނެ، މަޝާ ބޭނުން ވަނީ ޕާސްޓްގެ ބައިތައް ގިނަ ނުކޮށް ނިންމާލަން، އެހެންވެ މިބައި ދިގުކޮށްލީ،… ދެން މާ ލަހެއް ނުވެ އަނެއްކާވެސް ރާހިލްއާ މީރާގެ ބައިތައް ކިޔާލެވޭނެ، ޕާސްޓް އެހާ ދިގު ނުކޮށް ވޭތޯ ބަލާނަން… އެކަމަކު މިބައިތައް ނުހިމަނާވެސް ވާހަކަ ފުރިހަމައެއް ނުވާނެ… ސޯ.. ކިޔާލާފަ އަންގާލައްޗޭ އިނގޭ… 23 ވަނަ ބައި އަންގާރަ ދުވަހުން ގެނެސްދޭނަން އިންޝާﷲ

  2. Sheeby says:
    October 2, 2016 at 1:26 pm

    Alhey haadha reehchey mi story??? i love it

  3. LOOOOlu says:
    October 2, 2016 at 1:34 pm

    aaahhhhh..waitingggg… yamaaan ah meera gulhuvan wex beynun.. n now rahil ah wx.. kihinehbaa waani

  4. RaM says:
    October 2, 2016 at 1:51 pm

    Aslu vx dhw maazee kiyaalevuneema vaanuvaa ingeyni yess mi part vv dhigu thank you. . Vvv reethi ??????????

  5. Naintha says:
    October 2, 2016 at 2:15 pm

    Wow varah salhi mibaives

  6. shooty says:
    October 2, 2016 at 2:38 pm

    varah salhi.kaakah baa meeraa libeyny.

  7. Madhy says:
    October 2, 2016 at 2:47 pm

    Wow v v v reethi ❤❤

  8. zaa says:
    October 2, 2016 at 2:49 pm

    Awersomee..wa
    iting for next part

  9. fathun says:
    October 2, 2016 at 2:51 pm

    asluves varah reethi mi story i lurrrrvvv it…

  10. Yuinusuf says:
    October 2, 2016 at 3:14 pm

    Heart touching story.luv it.waiting for next part

  11. ken? says:
    October 2, 2016 at 3:38 pm

    wat a romantic scene…?????? ??(meeryaan)??

  12. Mishfau says:
    October 2, 2016 at 4:15 pm

    Wow. Luved this part, ekamu thi ninmaalee haadha ehenkahala hisaabakunney. Adhi maa bodah kiyaa hiyvejje. Inthizaaruga next part ah. ???

  13. Mary says:
    October 2, 2016 at 5:09 pm

    V nice this part

  14. Ushaa says:
    October 2, 2016 at 5:19 pm

    V vvvvvvvvvvvvvvvvvv nyc..

  15. Faathee says:
    October 2, 2016 at 6:32 pm

    Maasha Allah. Haadha furihama ey

  16. Mairaa says:
    October 2, 2016 at 9:26 pm

    Obiness?

  17. Azu says:
    October 2, 2016 at 9:39 pm

    Ma sha allah….v furihama….aneh bai kiyaalaa hithun hama keh madhuvefa….?????

  18. inaya says:
    October 2, 2016 at 10:56 pm

    Yamaan and meeraa is best….no more raahil….

  19. Thoo says:
    October 2, 2016 at 11:13 pm

    V v v nice

  20. SN says:
    October 2, 2016 at 11:56 pm

    nice?

  21. shiuty says:
    October 3, 2016 at 10:55 am

    story v v v v nice

  22. Shaa says:
    October 3, 2016 at 11:29 am

    wowwowow.. varah reethi ??????

  23. a says:
    October 3, 2016 at 1:29 pm

    omg it,s beautiful

  24. bad girl says:
    October 3, 2016 at 6:39 pm

    ohhh gada

  25. Nishy says:
    October 4, 2016 at 8:20 am

    Meera hahguvaany hama yaman ah…vaahaka vrah reeethi….

  26. Ammuty says:
    October 4, 2016 at 10:57 am

    Are u some1 related to asfam_dai on instagram? Cause I just saw a twin named Malaak and Manaal’s pic on their 6th birthday..

  27. Marsha says:
    October 4, 2016 at 12:24 pm

    Thnx all… 23 mihaaru up kollany mi inge… Ammuty.. no i dunno asfam dai or any twins or even any kids by those names.. hehe..

Comments are closed.

All Right Reserved!