ލޯބިވަން ޔާރާއޭ 5
ލޯބިވަން ޔާރާ އޭ 5
ގޭގެ ބެލްކަނީ ގައި ދަންވަރު 12 ޖެހި އިރު ވެސް މިޝެލް އިނީ ގަބު ވެފައެވެ. މާއިރާ ނިދުމުން މިޝެލް ސިއްރު ސިއްރުން ނުކުތީ ދާއިން ހޯދުމަށެވެ. ނަމަވެސް ދާއިން އަދިވެސް ގެއަށް ނާންނާތީ މިޝެލް އަށް ޖެހުނީ މަޑު ކުރާށެވެ. ރޮއި ރޮއި ދެލޯ ދުޅަ ވެފައިވާ އިރު އިސްތަށިގަނޑު ވަނީ ހޭވިފަ އެވެ.
ދާއިން ގެ އަށް އައި އިރު ބެލްކަނީ ދިއްލައިފައި ހުރުމުން ގަޑި ބަލައިލަމުން ބެލްކަންޏަށް ނުކުތެވެ. ގޮނޑި އެއްގައި އިށީނދެގެން އިން މިށެލް އިން ހާލު ފެނުމުން ދާއިން އަވަސް އަވަހަށް މިޝެލް ކައިރީ ކުޑަ ކަކޫ ޖަހައިލަމުން އިށީނެވެ.
” ހޭއި، ކިހިނެތް ވެފަ މިގަޑީގަ މިތާ ތި އިނީ؟ ލޯ ވެސް ތިހިރީ ރަތް ވެފަ އެއްނު.” ދާއިން މަޑުމަޑުން ވާހަކަ ދެއްކި އިރު އެ އަޑުގައި ވަނީ އޯގާތެރި ކަމެވެ.
“ދޮންބޭ، ވީ.. ނީޑް ޓު ޓޯކް.” މިޝެެލް ފުން ނޭވައެއް ލަމުން ބުނެލި އެވެ. ދާއިން ބޯ ޖަހައިލަމުން އިތުރު ގޮނޑި އެއް ގެނެސް އިށީނެވެ.
“މި ދައްކާ ވާހަކައިން ރުޅި ނާންނައްޗޭ ދޮންބޭ، ޕްލީޒް” މިޝެލް ދާއިން ގެ އަތުގައި ހިފައްޓައިލިއެވެ.
“މިހާރު ދޮންބެ ހާސް ވާން ފަށައިފި.” ދާއިން ކަންބޮޑު ވެފައި ބުނެލިއެވެ.
“ދޮންބޭ އަޅުގަނޑު އުޅެނީ ކުއްޖަކާ ރައްޓެހި ވެގެން.” މިޝެެލް ގެ ޖުމްލަ އާއި އެކު ދާއިން ހިނިތުން ވެލިއެވެ.
“ހެހެ. ތީ އެވަރުގެ ކަމެއް ނޫނެއްނު. ދޮންބެ އަށް ޔަގީން މިޝް ގޯސް ކުއްޖެއް ޗޫޒް ނުކުރާނެކަން.” ދާއިން ގެ ޖުމްލައިން މިޝެލްގެ ހިތުގަ ރިއްސައިލީ އީތަން ގެ ނުބައި ކަން ހިތައް އަރައިފަ އެވެ.
“އަދި ނިމުނީ އެއް ނޫނޭ ދޮންބޭ. މިޝް ބޭނުމީ މެރީ ކުރަން.” އެ ޖުމްލަ އާއި އެކު ދާއިން ގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަމަވެސް ދެން ވެސް ދާއިން ވާހަކަ ދެއްކީ ލޯބިން ނެވެ.
“އެކަމު މިޝް. ޔޫ އާ ޖަސްޓް އެއިޓީން. ކަމެއް ގޯސް ވީތަ؟ ދޮންބެ އަށް ހާދަ ހީވެ އޭ އެބަ. އެއްގޮތަކަށް ވެސް ދޮންބެ ނުރުހެނީކީ ނޫން. އެކަމު އަދި އެއީ ކާކު ކަން ވެސް ދޮންބެ އަށް ނޭނގޭ” ދާއިން ގެ އަޑުގައި ވާ ކަން ބޮޑުވުން މިޝެލް އަށް އިހުސާސް ވިޔަސް ދާއިން ގެ ރުހުން ހޯދުން ނޫން ގޮތެއްނެތެވެ. “ދޮންބެ ބޭނުން ތަ މިޝް އުފަލުގަ އުޅެން؟” މިޝެލް ކުއްލި އަކަށް އަހައިލިއެވެ.
“އޮފްކޯޒް. އެންޑް ޔޫ ނޯ އިޓް.” ދާއިން މިޝެލްގެ މޫނުގައި އަތް ޖައްސައިލިއެވެ.
“އެހެންވިއްޔާ ކޮބާ މައްސަލަ އެއް؟ މަންމަ ވެސް ދޮންބެ އޯކޭ ވިއްޔާ އޯކޭވާނެ.” މިޝެލް ގެ އަޑުގައި މީގެ ކުރިން ނުހުންނަ ފަދަ ގޮތް ދޫ ނުކުރުމުގެ ގޮތެއް ހުރިކަން ދާއިން އަށް ފާހަގަ ވި އެވެ. އަދި ކޮއްކޮ ގެ އުފަލަށް ހުރަސް އަޅަން ބޭނުނަ ނުވާތީ ދާއިން ބޯ ޖަހައިލި އެވެ.
“އެކަމު ދޮންބެ ބޭނުން މީޓް ކުރަން. އެއަށް ފަހު މަންމަ އަށް އަންގާނީ” ދާއިން އިއްވާލިއެވެ. މިޝެލް ހަމަޖެހުމުގެ ނޭވާއެއް ލަމުން ދާއިން ގެ ގައިގައި ބައްދާލި އިރު އެ ޒުވާން ހިތް ރޮމުން ދިޔަ އެވެ.
ޔޫލީ ވަރަށް ގިން އިރު ވަންދެން ވާހަކަ އެއް ކިޔަން އިނދެފައި ތެދުވީ ހެދުން ބަދަލު ކޮށްލާށެވެ. ތަނަވަސް އަލަމާރި ހުޅުވައިލި އިރު މައްޝޫރު އެކި ބްރޭންޑް ގެ ހެދުން ތަކުން ބަރާވެފައި އޮތެވެ. ހެދުން ތައްް ހާވަމުން ދިޔަ އިރުވެސް ޔޫލީ ހިތްހަމަ ޖެހޭ ފަދަ ނިދާ ހެދުމެއް ނުފެނުނެވެ. އެންމެ ފަހުން ވިކްޓޯރިޔާ ސީކްރެޓް ގެ ޕިޖާމާ އެއް ނެގިއެވެ. އަލަމާރި ލައްޕައިލަން އުޅެނިކޮށް ތިރީބައިގަ އިން މެދުވަރެއްގެ ފޮށި ޔޫލީ ގެ ލޮލުގައި އަޅައިގަތެވެ. އަތުގައި އޮތް ޕޖާމާ ޓައިލްސް ތައް މައްޗަށް ދޫ ކޮށްލަމުން ޔޫލީ އެ ފޮށި ނަގައިގެން ގޮސް ކިންގް ސައިޒް އެނދުގައި އިށީނެވެ.އަދި އެފޮށި ހުޅުވައިލިއެވެ. އޭގައި އޮތީ ރަތް ކުލައިގެ މެކްސީ އެކެވެ. ޔޫލީ އެހެދުން ނަގައި މޫނުގައި ޖައްސައިލަމުން ލޯ މަރައިލި އިރު އެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.
1 އަހަރު ކުރި
ދެ މީހުން ގެ ހިތުގައި ވާ އެއްޗެއް އެނގުން ފަހުން ޔޫލީ އާއި ދާއިން ދިމާ ނުވާތާ 3 ދުވަސް ވީ އެވެ. ދާއިން ބިޒީ ކަމުން ނެވެ. އެކަމާ ރުޅި އައިސް ގެން ޔޫލީ މިއަދުވެސް ދާއިން އަށް ހައެއްކަ ފަހަރު ގުޅި އެވެ. ކޮންމެ ފަހަރަކުވެސް ދާއިން ބިޒީ އޭ ބުނެ ފޯނު ކަނޑައިލަނީ އެވެ. ރުޅި އައިސްގެން އެނދު މައްޗައް ފޯނު ހޫރައިލަމުން ޔޫލީ ކޮޓަރިން ނުކުމެ ސޯފާގައި ހަމަ ޖައްސައިލި ކަމެއް ނޭނގެ އެވެ. އެޕާޓްމެންޓް ގެ ބެލް ޖަހައި އަޑު އިވުނެވެ. ދެބުމަ ގޮށް ޖަހައިލަމުން ޔޫލީ ގޮސް ދޮރު ހުޅުވި އިރު ތަނެއްގެ ޔުނީފޯމެއްގައި ހުރި މީހެއް މެދު ވަރެއްގެ ފޮއްޓެއް ހިފައިގެން ހުއްޓެވެ. ޔޫލީ ސުވާލުގެ ނަޒަރަކުން އެމީހާ އަށް ބަލައިލިއެވެ. އެ މީހާ ހިނިތުން ވަމުން ޔޫލީ އަތަށް ފޮށި ދެމުން އެތެރޭގައި އޮތް ކާޑު ކިއުމަށް ބުންޏެވެ. ޔޫލީ އެ މީހާ އަށް ހިނިތުން ވެލަމުން ޝުކުރު އަދާ ކޮށްފައި ދޮރު ލައްޕައިލި އެވެ. ފޮށި ހުޅުވައިލި އިރު އޭގައި އޮތީ ރީތި ރަތް ކުލައިގެ މެކްސީއެކެވެ. އެ ނެގުމާއި އެކު ފޮށިތެރޭ އޮތް ކާޑު ފެނުނެވެ. ޔޫލީ ހިނިތުން ވެލަމުން ކާޑު ކިޔައިލި އެވެ.
‘މި ޑްރެސް ލައިގެން ހުންނައްޗޭ. މިރޭ ދާނަން މަގޭ ރުޅި ގަދަ ޔޫލީ ގާތަށް. އެންޑް ޕްލީސް ކުކް ސަމްތިންގް. އައި ވޯންޓް ސްޕެންޑް ސަމް ޓައިމް ވިތް މައި ގާލް. އައި ވިލް ބީ ދެއަ އެޓް 7 –ލަވް ޑޭން-‘ ޔޫލީ އުފަލުން ހަޅޭއް ލަވައި ގަންނަމުން އަވަސްވެ ގަތީ ރެޑީ ވާށެވެ. ވަގުތުންަ ދާއިން ދެކެ އައިސް ހުރި ރުޅިގަނޑު ފިލައި ދިޔަ ކަހަލައެވެ.ނަމަވެސް ޔޫލީ އަކަށް ކައްކާކަށް ނޭނގެ އެވެ. އެހެން ކަމުން ޔޫލީ ވިސްނާލުމަށް ފަހު އޭނާ އަބަދުވެސް ކާ އެއްޗިހި ގެންނަ ރެސްޓޯރެންޓަށް އިޓާލިއަން ކެއުމަކަށް އޯޑާ ދިނެވެ.
7 ޖަހަން 5 މިނިޓަށް ވީ އިރު ޔޫލީ ހުރީ ހުރިހައި ކަމެއް ތައްޔާރު ކޮށްލާފައެވެ. ރަތް މެކްސީ ހީވަނީ ހަމަ ސީދާ ޔޫލީގެ ގަޔަށް ފަހައިލާފައި ހުރި އެއްޗެއްހެނެވެ. ފަނޑު މޭކަޕެއް ކޮށްލައިފައި ވާއިރު ވަރަށް ސާދާ އެވެ. ބެލް ރިންގު ވުމާއި އެކު ޔޫލީ ދުވެލައިފައި ގޮސް ދޮރު ހުޅިވައިލި އިރު ބޮޑު މަލުގެ ބުކޭއެއް ހިފައިގެން ހުރި ދާއިން ފެނި ޔޫލީ ބޭނުން ވީ އެ އަތުގެ ތެރެ އަށް ވަދެ މުޅި އުމުރަށް ހުންނާށެވެ. ހަމަ އެވަގުތު ދާއިން ވެސް ބޭނުން ވީ ޔޫލީ އެ އަތުތެރެ އަށް ގެންނާށެވެ. ދާއިން ހިނިތުން ވެލަމުން ޔޫލީ އަށް މާބޮނޑި ދިއްކޮށްލި އެވެ. ޔޫލީ ހިނިތުންވެލަމުން މާބޮނޑީގައި ހިފައި ދާއިން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ޔޫލީ ދާއިން އިށީނުމަށް ބުނުމުން ދާއިން ސޯފާގައި އިށީނެވެ. ނަމަވެސް ދާއިން އިށީނީ ޔޫލީ އާއި ތަންކޮޅެއް ް ދުރުގައެވެ. ޔޫލީ ލަދުން ހުރެވެސް ވާހަކަ ދައްކަން ފެށިއެވެ.
” އާއްމުކޮށް ލަދުން އުޅޭނީ އަންހެން ކުދިން. އެކަމު ޑޭން ހީވަނީ މާ ލަދުން އުޅޭހެން” ދާއިން ޔޫލީއަށް ބަލައިލި އިރު އެ ލޮލުގައި ވީ ވިދުވަރަކުން ޔޫލީގެ ހިތައް އަސަރު ކުރީ ވަކި ވަރެއް ބަލާފައެއް ނޫނެވެ.
“ހެހެ. މީނީކީ ލަދަކުން ނޫން އިނގޭ، އެކަމު ޔޫލީ އާ ކައިރިވެގެން ވާ އެއް ކަމަކަށް ވެސް ޒިންމާ ނުނެގޭނެތީ.” ދާއިން މަޖަލަކަށް ހަދާފައި ވެސް ހާމަކުރީ ހަގީގަތެވެ.
“އައި ޑޯންޓް ކެއާ” ޔޫލީ ވިސްނާނުލައި އިނދެފައި ބުނެވުނު ޖުމްލައިން ލަދުން އިސްޖަހައިލިއެވެ. ދާއިން ހީ ކުރާނީ ކީކޭ ހެއްޔެވެ. ޔޫލީ ބޭނުން ވީ ވާހަކަ އޮޅުވައިލާށެވެ.
“ހިނގާ ދޯ ކާން. ވަރަށް ބަނޑުހައި. ” ޔޫލީ ދާއިން ގެ އަތުގައި ހިފައިގެން ކާ މޭޒު ދޮށަށް ދިޔައެވެ.
“މީ ހަމަ ޔޫލީ ކައްކާފަ ތަ؟” މޭޒުމަތި ފުރިހަމަކަމުން ދާއިން ސުވާލު ކޮށްލި އެވެ.
“ޓު ބީ އޮނެސްޓް. ޔޫލީ އަކަށް ނޭނގޭ ކައްކާކަށް. އެހެން ވީމަ އޯޑާ ކުރީ.” ޔޫލީ ތުންފަތުގައި ދަތް އަޅައިލި މަންޒަރު ފެނި ދާއިންގެ ހިތް އަވަސްވެލިއެވެ.
“އިޓްސް އޯކޭ. ފަހުން ކައްކަން ދަސް ކުރާނީ.” ދާއިން ހީލަމުން ގޮނޑީގައި އިށީނެވެ. ކެއުން ނިމިގެންް ދިޔައިރު އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. ކައި ނިމުމާއި އެކު ދާއިން ގެ ފޯން ރިންގް ވިއެވެ. މަންމަ ގުޅާތީ ދާއިން ކޮންމެހެން ވެސް ފޯން ނަގަން ބޭނުން ވިއެވެ. ދާއިން ޔޫލީ އަށް ބަލައިލީ އިޒުނަ އަށް އެދޭފަދަ ގޮތަކަށެވެ. ޔޫލީ ހިނިތުން ވެލަމުން އިޓްސް އޯކޭ އޭ ބުނެލިއެވެ. ދާއިން ހިނިތުން ވަމުން ފޯން ހިފައިގެން ދިޔައީ ބެލްކަނީ އަށެވެ.
މަންމަ އާއި ވާހަކަ ދައްކައި ނިމުމުން ވެސް ދާއިން ޓެރެސްގައި މަޑު ކޮށްލީ އެތަން ހިތް ފަސޭހަ ކަމުން ނެވެ. ޔޫލީވެސް ތަށިތައް ސިންކަށް ލާފައި ދާއިން ކޮބައިތޯ ބަލައިލި އެވެ. ދެ އަތުން ރެއިލިންގައި ހިފަހައްޓައިގެން ހުރި ދާއިން ފެނުމުން ފޯން ކޯލް ނިމުން ކަން ޔޫލީ އަށް ޔަގީން ވިއެވެ. އެހެން ކަމުން ޔޫލީ މަޑު މަޑުން ގޮސް ފަހަތުން ދާއިން ގެ ގައިގައި ބައްދާލިއެވެ. ދާއިން ކުޑަކޮށް ސިހުމުން ޔޫލީ ހީލިއެވެ.
” އައި ލަވް ޔޫ ޑޭން. ޕްލީޒް ދުވަހަކުވެސް ޔޫލީ ދޫކޮށްލާފަ ނުދައްޗޭ” ދާއިން އޭނާގެ ބަނޑުގައި އަޅުވައިލެވިފައިވާ ޔޫލީގެ ދެ އަތުގައި ހިފައިލަމުން ޔޫލީ އާއި ދިމާލަށް ކުރިމަތި ލިއެވެ.ޔޫލީ އިސްކޮޅުން ދިގަސް ދާއިން އަށް ވުރެ ދިގު ނޫން ކަމުން އެ މޫނުގައި ހިފައި މައްޗަށް ހިއްލައިލިއެވެ. އޭރު ޔޫލީގެ ދެލޮލުން އަންގައިދެނީ ދާއިން އަށް ބޭނުން ވެފައިވާ މިންވަރެވެ.
“ޔޫ ލުކް ބިއުޓިފުލް. މިހާރުވެސް ބޭނުން ވަނީ ތީ ޑޭން ގެ ހައްގަކަށް ހަދަން އެކަ…” ދާއިން ބުނަން އުޅުން ޖުމްލަ ފުރިހަމަ ވުމުގެ ކުރިން އެކަމަށް ހުރަސް އެޅީ ކުއްލިއަކަށް ނުވިސްނާ ހުއްޓައި ޔޫލީ ކޮށްލި ކަންތަކެވެ. ދާއިން އަށް ވެސް އެ އަމަލުގައި ފުރިހަމަ އަށް ބައިވެރިވިއެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔަ ކަންތަކަށް ފަހު ޔޫލީ އޭނާގެ މޫނު ދާއިން ގެ މޭގައި ފޮރުވައިލިއެވެ.
“ޕްލީޒް ޑޭން. އައި ނީޑް ޔޫ ސޯ ބޭޑްލީ.” ޔޫލީގެ އަޑުގައިވަނީ އާދޭހެވެ. ނަމަވެސް އެވަރުގެ ކަމެއް ޔޫލީ އަށް ކުރާކަށް ދާއިން ބޭނުމެއް ނުވެއެވެ. އެހެން ކަމުން ދާއިން ބޭނުން ވީ ޔޫލީ ނިދީގެ ތެރެއަށް ގެނބިގެން ދިއުމަށެވެ. އެއާއި އެކު ޔޫލީގެ ލުއިލުއި ހަށިގަނޑު އެ އަތް މަޗަށް ނަގައިގެން ގޮސްވަނީ ޔޫލީގެ ކޮޓަރިއަށެވެ.
ދާއިން އެތެރެ އަށް ވަދެ ޔޫލީ އެނދުގައި ބާއްވާލަން އުޅެނިކޮށްް ބެލެންސް ނުވެގެން ދާއިން ވެސް އިރުކޮޅަކުން އޮތީ ޔޫލީ ގެ ގައި މަތީ އެވެ. ވެއްޓުމާއި އެކު ތެދުވަން އުޅުން ދާއިން އަށް މިފަހަރުވެސް ހުރަސް އެޅީ ޔޫލީ އެވެ. ދާއިން ގެ އަތުގައި ހިފައްޓާފައި އޮތްލެއް ބާރުކަމުން ދާއިން ޔޫލީގެ މޫނަށް ބަލައިލި އެވެ.
” ޕްލީޒް. ގޯސް ކަމެއް ކުރާކަށް ޔޫލީ ވެސް ބޭނުމެއް ނޫން. އައި ޖަސްޓް ވޯންޓް ސްޕެންޑްް ނައިޓް ވިތް ޔޫ. ޕްލީޒް.” ޔޫލީގެ އަޑުގައި ވާ އާދޭހާއި ދާއިން ގެ ހިތުގައިވާ ލޯބި އެކުވުމުން ޔޫލީގެ ބަހަށް ދެކޮޅު ހަދާކަށް ދާއިން ބޭނުމެއް ނުވި ުއެވެ. ދާއިން ހީލަމުން ލައިގެން ހުރި ކޯޓް ބާލައިފައި ޔޫލީ ގާތު އޮށޯވެލިއެވެ.
” ޑޭން ވެސް ޔޫލް އަށް ބޭނުން ވޭ. އެކަމު ކައިވެނިން ބޭރުގަ އެކަހަލަ ކަމެއް ކުރާކަށް ބޭނުމެއް ނޫން. އައި ވޯންޓް އަވާ ވެޑިން ނައިޓް ޓު ބީ ޕާފެކްޓް.” ދާއިން ގެ ޖުމުލަ އަށް ބޯޖަހައިލަމުން ޔޫލީ އެ މޭގައި ބޯ އަޅައިލަމުން ހިނިތުން ވެލިއެވެ.
***************
ޔޫލީ ހިތާމަވެރި ހިނިތުން ވުމަކާއި އެކު އެ ހެދުމުގައި ބޮސް ދިނެވެ.
“ޑޭން އެހާ ރަނގަޅު އިރު ވެސް ކުއްލިއަކަށް ކީއްވެ އަހަރެން ދޫކޮށްލީ. އެހެން މީހެއް ނަމަ އެރޭ އަހަރެންގެ ކިބައިން ފައިދާ ނެގީސް ކަންނޭނގެ. ބަޓް ޑޭން. ޔޫ ވާ ސަޗް އެ ޖެންޓަލް މޭން. އައި މިސް ޔޫ ސޯ މަޗް.” ޔޫލީ އެހެދުމުގައި ބައްދާލީ އެއީ ދާއިން ނަމަ ވެސް ބައްދާލާނެހައި ލޯބިން ނެވެ.
މިޝެލް ހެނދުނު ހޭލި އިރު ވަރަކަށް ބޮރުގައި ރިއްސައެވެ. ނަމަވެސް އީތަން ރުޅި އައިސްދާނެ ކަމަށް ބިރުން އޮފީހަށް ދާން ތައްޔާރުވެގެން ނުކުތެވެ. އޭރު މާއިރާ އިނީ ސައި ބޯށެވެ. މިޝެލް އަށް ވެސް ސައި ހަދާފައި ހުރުމުން ސައިބޯ ހިތް ނެތަސް މިޝެލް އިށީނީ މަންމަ ދެރަ ވެދާނެތީ އެވެ.
“ދަރިފުޅު ހީވަނީ ބަލި ހެން.” މާއިރާ ވެސް އެހެން މަންމައިން ފަދައިން ދަރިފުޅުގެ ހާލު ދެނެގަތެވެ.
“ލައްބަ މަންމާ. ވަރަށް ބޮލުގަ ރިއްސާތީ މިއުޅެނީ. އެކަމު އަދި އިއްޔެ އެއްނު އޮފީހަށް ނުކުތީ. އެހެންވެ ސަލާމް ބުނާކަށް ނުކެރޭނެ އެއްނު” މިޝެލް ސައިތަށި ކައިރި ކޮށްލަމުން ބުންޏެވެ.
“އެކަމު ދަރިފުޅު ބޭސް ކައިގެން ދައްޗޭ. ހުންނާނެ އަލަމާރީގަ.” މާއިރާ ތެދުވަމުން މިޝެލްގެ ބޮލުގައި ފިރުމައިލިއެވެ.
މިޝެލް އޮފީހަށް ދިޔަ އިރު އީތަން ވެސް ކެބިން ގައި މަސައްކަތެއް ކުރަން އިނެވެ. މިޝެލް އަވަސްވެގަތީ ކޮފީ ހަދާށެވެ. އީތަން ގެ ކެބިން ރޫމްގައި މިޝެލް ގެ މޭޒުވެސް އިނދެއެވެ. އަދި އެއާއި އެކު ކުޑަ ތަންކޮޅެއް ހާއްސަކޮށް ކޮފީ ހެދުމަށް ހުރެއެވެ.
މިޝެލް ހިޔާލަކަށް ގެއްލިފައި ހުރެގެން ހޫނުފެން ޖަގު އަރިވެގެން އަތަށް ވެރުމާއި އެކު ހަޅޭއް ލަވައިގަނެވުނީ ވަކިވަރެއް ބަލާފައެއް ނޫނެވެ.
“މާ ބާރަކަށް ތި ހަޅޭއް ލަވަނީ މިތަނަށް މީހުން އެއް ކުރަން ތަ؟ އާނ އެހެންޏަ އިޔާ ޑްރަމް ސަލާމަތް ވީ ކިރިޔާ އޭ.” އީތަން ނުރުހިފައި ބުނެލި ޖުމްލައާއި އެކު މިޝެލް އަތް ފޮރުވީ އީތަން އިތުރަށް ދިމާކޮށްފާނެތީ އެވެ.
“ވަޓް އާ ޔޫ ހައިޑިން؟” މިޝެލްގެ ހަރަކާތް ފެނި އީތަން ދެނެގަތެވެ. ވަރެއްގެ މީހެކެވެ. ކަމެއް ސިއްރުން ވެސް ކުރެވެން ނެތޭ މިޝެލް ގެ ހިތަށް އެރިއެވެ. އީތަން މިޝެލް އާ ގާތްވެލުމުން މިޝެލް ދުރުވެލިއެވެ.
“މަ ކޮންމެހެން ތިކުއްޖާ ރޭޕް ކުރާކަށް ނޫޅެން. ތިިއަތް ދައްކަބަލަ.” އީތަން މިޝެލްގެ އަތުގައި ހިފައި ގަދަކަމުން ބެލި އިރު ތަދުވި ވަރުން މިޝެލް ގެ ލޮލުން ކަރުނަ އައެވެ.
“ސާބަސް އެކަމު މިވަރު ވީ ކިީއް ކޮށްގެން ތަ؟” އީތަން ގެ އަޑުގައި ވާ ނުރުހުން އިތުރުވިއެވެ.
“ހު..ހޫ ނު ފެން އެޅުނީ.. އައުޗް” މިޝެލް ބިރުން ހުރެފައި ވެސް ތެދައް ބުންޏެވެ.
“އެންމެ ފަހުން މަށަކަށް ނު މި ޖެހުނީ ބޭސް އަޅަން.” އީތަން މިޝެލް ގެ އަތުން ދޫކޮށްލަމުން ގޮސް އިރުކޮޅަކުން އައީ ފަސްޓް އެއިޑް ބޮކްސް ހިފައިންނެވެ. އީތަން ވަރަށް ފަރުވާތެރި ކަމާއި އެކު ސިލްވަލެބް ފުޅިން އެތިކޮޅެއް ނަގައިގެން މިޝެލްގެ އަތުގައި ހާކަމުން ދިޔަ އިރު މިޝެލް އަށް އިހުސާސް ވަމުން ދިޔައީ ފޮނިކަމެކެވެ.
ނުނިމޭ
7627 Comments
Comments are closed.
Vvvvvvvvvvvvvvvvvvv reethiiiii……
Yeyyy..im first
Vvv reethi..second dhw
ushaa mifahar first dhw xxx hehe. maadhan next part up kohdheynan iraadha kureviyya mi partah ves support libijjeyya. you guys are the best. I love you all…
V reethi
Varah salhi. I ❤️ the story.
Wow v reethi mibaivess ?????????????????????????
Varah salhi????
shooty ge first story aa balaafa mi story v v v rythi..hyvx nuvey first story hen..v kiyaahithun mi story mikiyany..n thigothah up khdheythy v happy… mi story ge kuriah huri baithah v intresting vaanehn hyvany. i love this storyy
oh thank you reesham. actually this is my 3rd story 🙂 I love you all for your lovely comments guys.
Varah reethi… Please mirey next part kiyaalan beynunvanee
V salhi… Can’t sleep without reading next part…. Love you dear…. .??? You are the best……
VVVV Lobi mibaivas……..
VVVVV reethi……….
V salhi kuriah dhagoi
Plxxxxxxxxx avaha up kolachey ully bunhen i cant sleep without reading next part i love u are the best……shooty
☝????
Reesham kndhuvahakun tha new story eh genssdheyne
Shooty ge kuryge vaahaka thah kobaa.? V reethi mi story.. ekam third story ey bunyma first n second kiyaa hiyy vehje varah… e stories thah vx up koh dheyn v nu .. ??????
V reethi mi story .
Wow ??????????
Wow ??????????
story kiya hithun thibi kudhin… aneh bai iraadha kurevviyya maadhan ingey. love you. keep supporting.. that will make me write sooner…
Waiting 4 the next part… obinessss…????
V v v nice..ekamu thankolheh dhigu koh up kohdheyti egey if u can…keep up de gud work shooty..
I have a feeling Ethan is planning on getting revenge from Michelle’s family.. Love this story so far. Wonderful job shooty ?❤
I❤ the story. Vvvvv salhi