Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު 7

Rozy Level 210 Stories
October 3, 2016 7 Mins Read
14 Comments

ޖެހިގެން އައީ ބުރާސްފަތި، ދުވަސް ކަމުން ވިއާމާ އެނާގެ ރަށައް ދިޔައެވެ.ގެޔަށް ވަދެވުމާއެކު އޭނާ ދިޔައީ ސާހިލް ކައިރިޔަށެވެ. އޭރު ސާހިލް ކުޑަދޮރު ކާރީ ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

“ސާހިލް. ސާހިލް އެތެރެޔަށް ވަންނަންތަ؟”

ވިއާމާ ދޮރުކާރީ ހުއްޓިލާފަ ދޮރު ކުޑަކޮށް ހުޅުވާލަމުން އަހާލިއެވެ.

“ވަދޭ. އެހެނަސް އެއްވެސް އެއްޗެއްގަ އަތްލައިގެން ނުވާނެ. ހަނދާން ކުރާތި. އަހަރެންގެ ލަވަފޮތް ހިފައިގެން ދިޔައީތީ ކަލެޔަށް އަދަބު ދޭން މަބޭނުން.. ކީއްވެ ނުބުނެ ވަގަށް މަގޭ ލަވަފޮތް ގެންދިޔައީ.”

ސާހިލް މަޑުމަޑުން ދޮރާއި ދޮމާލަށް ހިނގައި ގަންނަމުން ބުނެލިއެވެ. ވިއާމާ ލަދުން ލޯޅިވެލާފަ ހުއްޓެވެ.

“ސާހިލް. އަހަރެން އެފޮތް ގެންދިޔައީ އަހަރެން މިއުޅޭ ގޭގަ އުޅޭލަވަޔާ ހެދި މޮޔަވެފަ ހުންނަ އަންހެން ކުއްޖަކަށް ދައްކާލާން މަގޭވެސް ހިއްސާ އެފޮތްތަކުގަ ވާނެ އެހެންވެ ގެންދިޔައީ. އަދި އިހަށްދުވަހު އެކުއްޖާ ތިތަނުން ލަވަޔެއް ކިޔާލަ ދިންވެސް މެ ވާހް ހާދަ ރިއްޗޭ އޭނާ އެލަވަ ކިއިގޮތް”

ލަވަފޮތް ސާހިލް އަތަށް ދެމުން ވިއާމާ ބުނެލިއެވެ

“އެކުއްޖާޔަށް ކިޔަނީ ކޮން ނަމެއް؟”

ސާހިލް ހާސްވެފަ ވިއާމާ ކުރެން އަހާލިއެވެ.

” އޭނާޔަށް ކިޔަނީ ފާތުމަތު މަލްހާ އެވެ.”

އެއްވެސް ހިޔާލެއްނެތި ވިއާމާ ބުނެލިއެވެ. ސާހިލް އަނެއްކާ ވެސް ކުޑަދޮރާއި ދިމާލަށް އެނބުރިލިއެވެ. އާހަކާ އެކުގައެވެ. ހީވީ މިއީ އޭނާ އަޑުއަހަން ބޭނުންވި ނަމެއް ނޫންހެންނެވެ.

މަލްހާ އެއީ ކާކު ހެއްޔެވެ؟ އޭނާ ދަންނަ ނަމެއްނޫނެވެ. އޭނާ ދަންނަ މީހެއް ނޫނެވެ. އޭނާގެ ލަވަތަކާ އެކުއްޖާ އެހާ ގަޔާވާންވީ ކީއްވެ ހެއްޔެވެ؟. ސާހިލް ވިސްނާ ލިއެވެ. ކުއްލިޔަކަށް ސާހިލް ވިސްނުމެއްގެ ތެރެޔަށް ގެބުނުތަން ވިއާމާ ޔަށް ފެނުނެވެ.

“ހަމަ ތިޔަގޮތަށް މަލް ވެސް އަބަދު ހުންނަނީ ފިކުރު ތަކެއްގެ ތެރެޔަށް ގެއްލިފަ އަހަރެންނަށް ހީވަނީ ތީޝާއިރުންނަށް އޮތް ޝަރުތަކީ ހެން އަދި ތިޔަދެމީހުން ކިޔަވައިގެން އުޅެނީ އެއްފަތަކުންތޯއްޗެއް ”

ވިއާމާގެ މިވާހަކަ އިން ސާހިލްހޭން ފެށިއެވެ.

“ތައުބާ. އަހަރެން ހީކުރީ މަނިކުފާނަށް ހޭންވެސް ނޭގޭނެކަމަށް އެކަމަކު މިއަދު މަނިކުފާނުގެ ދަތްތައް ވެސް ރީތިކަން އަހަރެންނަށް އިހްސާސް ކުރެވިއްޖެެ.”

ސާހިލް ވިއާމާގެ މިވާހަކައިން ލަދުގަންނަ ގޮތްވިއެވެ. އެހެނަސް ހުޝިޔާރު ވެލިއެވެ.

“އޭއި މާވާހަކަ ގިނަކުރާނެ ކަމެއްނެތްމީގެ ފަހުން އެއްވެސް މީހަކަށް ދޭން މަގޭ ލަވަ ފޮތް ގެންގޮސްނުވާނެ”

ސާހިލް ރުޅިއައިގޮތް ދައްކާލަމުން ބުނެލިއެވެ.

“އައްދެ މަނިކުފާނަށް ރުޅިވެސް އަންނަން އެގޭދޯ. ބުނަން ރަގަޅު ވާހަކައެއް . ތިޔަ ލަވަފޮތުގައި މަގޭވެސް ހިއްސާ ވާނެ އެހެންވެ ބޭނުން ކޮންމެ އިރަކުން ގެންދިޔުމުގެ ޢިހްތިޔާރު އޮންނާނެ.”

ގޮޑިދަމާލާފަ ގޮޑީގައި ލެގިލަމުން ވިއާމާ ބުނެލިއެވެ. ސާހިލް އެނބުރިލިއެވެ. އެވަގުތު ގޮޑީގެ ފައިގައި އަޅައިގެންފަ ސާހިލް އަރިއަޅާލިއެވެ. ވިއާމާ ނުހަނު ހުޝިޔާރު ކަމާއެކު ސާހިލް ވެއްޓުނަ ނުދީ ހިފަހައްޓާލިއެވެ. އޭރު އޭނާޔަށް ހުރެވުނީ ސާހިލްގެ މޭގައި ބޯއަޅާލައިގެން ކަހަލަ ގޮތަކަށެވެ.ސާހިލް މަޑުމަޑުން ވިއާމާ އޭނާޔާ ދުރަށް ލިއެވެ.

“ޝުކުރިއްޔާ މީގެ ފަހުން މިތާ ހުންނަ ގޮޑިތައް ދަމާހަދާއިރު ލޯ ފަން މީހަކު ހުރިކަން ހަނދާން ބަހައްޓައްޗެެ”

ސާހިލް ގެ މިޖުމްލަ އިން ވިއާމާޔަށް އަސަރު ކުރިއެވެ. އެވަގުތު ވިއާމާ މަންމަ ގޮވާލިއަޑަށް ހުއްދަ ހޯދައިގެން އެކޮޓަރިން ނިކުތެވެ. އޭނާގެ ނޭފަތުގައި އަދިވެސް ސާހިލްގެ ސެންޓުގެ ވަސް ހަރުލާފަ ހުއްޓެވެ. ހުވަފެނީގޮތަކަށް ހިގަމުން ގޮސް އޭނާ މަންމަ ގެ ކައިރިޔަށް ހުއްޓުނެވެ. އަދި ކެއްކުމުގައި މަންމަޔަށް އަތް ގާޔްކޮއްލަދޭން ފެއްޓިއެވެ.

ސާހިލް އޭނާގެ ލަވަފޮތް ނަގާ މޭގައި ޖައްސާލިއެވެ. ގެއްލިފައި އޮތްއެއްޗެއް ލިބުނީމާ ވާއުފާ އޭނާ ވިއެވެ. އެވަގުތު އެފޮތުން އޭނާއަށް ވަރަށް ފަރިތަ ވަހެއް  ދުވިއެވެ. އޭނާ ހިނިތުން ވެލިއެވެ. އަދި އޭނާގެ ހިތަށް އައި ލަވަކިޔަން ފެށިއެވެ. ކޮންމެވެސް މީހެއްގެ ހަނދާނުގައެވެ.

” ކަލާޔާ ނުލާ އަހަރެން ގެ ހަޔާތުގެ މަންޒިލެއެއް ނެތެވެ.

މަންޒިލަ ކަށް އެދި އަހަރެން ވަރުބަލި ވެއްޖެއެވެ.

ކަލާޔާ ނުލާ އަހަރެން ނަށް ހަޔާތުގެ ފޮނިކަމާ މީރުކަމެއް ނެތެވެ.

ހަޔާތުގެ ފޮނިކަމާ މީރުކަމަށް އެދި އަހަރެން ވަރުބަލި ވެއްޖެއެވެ.

ކަލާގެ އުނގުގައި ބޯއަޅާލައިގެން ހުވަފެންތަކުގައި އަހަރެން ނިދަމެވެ.

ކަލާގެ އަތުގައި ހިފައިގެން މަންޒިލާ ދިމާލަށް އަހަރެން ދަތުރު ކުރަމެވެ.

ދުރަށް އެހާދުރަށް ދެވޭއިރުވެސް އަހަރެން ވަރުބަލި ނުވެއެވެ.

ދުރަށް ދާންޖެހުނަސް ކަލާ ހުރިއްޔާ އަހަރެން ވަރުބަލި ނުވެއެވެ.

ބައެއްފަހަރު ކަލާގެ ކާރީ ހުރެ ހިތްފުރޭވަރަށް ރޯލަން އަހަރެން ބޭނުމެވެ.

އަހަރެންގެ ލޮލުން ކަރުނަ ހުސްވެދާކަށް އަހަރެން ބޭނުމެއް ނުނެވެ.

ކަލާޔާ ނުލާ އަހަރެން ގެ ހަޔާތުގެ މަންޒިލެއެއް ނެތެވެ.

މަންޒިލަ ކަށް އެދި އަހަރެން ވަރުބަލި ވެއްޖެއެވެ.”

ވިއާމާ ދޮރުކާރީ މިލަވައަޑުއަހަން ހުއްޓެވެ. އޭނާ ހީވީގޮތުން ސާހިލް ގެ ލަވަ އިޝާރާތް ކުރަނީ އޭނާޔަށެވެ. އޭނާ މިއިހްސާސްގައި އުފަލުން މޮޔަވާ ވަރު ވިއެވެ. ތުމުން ފުމެމުން ކޮރަމުން އޭނާ އޭނާގެ ކޮޓަރިޔާ ދިމާލަށް ދިޔައެވެ. އެވަގުތު އައިސް އައިސް ހުރި މަންމަ ގައިގަ ވެސް އޭނާ ލައިގަތެވެ. އެހެނަސް މީގެ އިހްސާސެއް ވެސް އޭނާގެ ނެތެވެ.

ސަމީރާ ޔަށް އޭނާގެ ދަރިފުޅު ވިއާމާ ޔަށް ވަމުން ދާގޮތް ފެންނަމުން ދިޔައެވެ.

އަދި ސާހިލް އަކީ ހަޤީޤަތުގައިވެސް ވިއާމާގެ ވާންއުޅޭ ފިރިމީހާކަމުގައި އޭނާޔަށް އިހްސާސް ވިއެވެ. މިއީ އޭނާވެސް އެދޭގޮތަށް ވާތީއެވެ. ލޯފަނެއް ކަމަކު ބަލާލަން ސާހިލް ނުލާހިކު ރީތި ވީއްޔާއެވެ. ސަމީރާ ހިނިތުން ވެލިއެވެ.

ސާރާ ވިއާމާ ރަށައް ދިޔަ ފަހުން ހުންނަނީ މާ އެކަނިވެފައެވެ. ގިނަފަހަރަކު ކޮޓަރީ ބޭރުން ވެސް ނުފެނެއެވެ. ނާހިދާ ތަފާތު ގޮތްގޮތުން ސާރާގެ އެކަނިވެރިކަން ފިލުވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ހުރިހާ ކަމެއްވީ ބޭކާރެވެ.

މުރާދު އޭނާގެ އޮފީސް ކުދިންނާ އެކު ހުކުރު ދުވަހު ބަނޑޮހަށް ދަތުރެއް ރޭވިއެވެ. ސާރާޔާ ނާހިދާ ވެސް ބައިވެރި ކޮށްގެނެވެ. މުޅި ދަތުރު މަތީ ސާރާ އިނީ ހިމޭނުން ނެވެ. އެހެން އެންމެން ލަވަ ބާޒީ ކުޅެ ހެދިޔެވެ. ސާރާ ބައެއްފަހަރު ހީލައެވެ. ތަންކޮޅެއް ދުރުގައި މީހަކު ސާރާޔާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިންކަމެއް ސާރާ ނުދެނެ ހުއްޓެވެ.

ބަނޑޮހަށް ދެވުމާ އެކު އެންމެން ޖެޓީމައްޗަށް ފުންމާލިއެވެ. ބިރުންތިބި އަންހެން ކުދިންނަށް ފިރިހެން ކުދިންގެ އަތުގެ އެހީ ޖެޓީމައްޗަށް ފޭބުމަށްޓަކާ ލިބުނެވެ. ސާރާ ޔާ ޖެހުނުވަގުތު އަދީލް އަތްދިއްކޮއްލިއެވެ. ސާރާ ފުރަތަމަ އަދީލުގެ މޫނަށް ބަލާލިއެވެ. އަދީލު ބޮލުގެ އިޝާރާތުން އަތުގައި ހިފާށޭ ބުނެލިއެވެ. ސާރާ އޭނާގެ ފިނިވެފައިވާ މަޑުއަތްތިލަ އަދީލުގެ އަތުގައި ބާއްވާލިއެވެ. ސާރާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ޖެޓީއަށް ފޭބުމުން ވެސް އަދީލު ސާރާގެ އަތުން ދުލެއް ނުކުރެއެވެ. މިކަމާ ސާރާ ވަރަށް ލަދުގަތެވެ. އަދި އަތް އަދީލުގެ އަތުން ނައްޓުވާލިއެވެ.

“އަހަރެންގެ ނަމަކީ އަދީލު ތިޔައީހާދަ މަޑު އަތެކޭ. އެހެންވެ ދޫކޮށް ނުލަން ހުރީ”

ސާރާގެ ކަންފަތް ދޮށައް ގުދުވެލަމުން އަދީލު ބުނެލިއެވެ. ސާރާ މިކަމާ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ. މުރާދު ނާހިދާޔާ އެކު ދިޔައީ މޫދަށެވެ. ސާރާ މަގޫގަހެއްގެ ކާރީ އިށީދެލައިގެން ފަތަން ތިބި މީހުންނާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ތަފާތު ހިޔާލުތަކުން އޭނާގެ ސިކުނޑި ނުތަނަވަސް ވެފައިވެއެވެ. އަދި އެހެން ނޫނަސް އަދީލު އަކީ ހަމަ ދެންމެ އޭނާޔަށް ފެނުނު މީހެކެވެ. އަސްލު ކޮންރަށެއްގެ ކާކު ކަމެއްވެސް އޭނާޔަކަށް ނޭގެއެވެ. ވީއިރު އަދީލު އަށްޓަކާ އޭނާގެ ހިތް ތެޅެންޖެހޭ ސަބަބެއްނޯންނާނެއެވެ.

“ކަމަނާ ތިކުރައްވަނީ އަޅުގަނޑުގެ ހިޔާލު ތޯ؟”

ކާރީގާ އިށީދެލަމުން އަދީލު ސާރާޔާ ސަމާސަ ކޮއްލިއެވެ.

އަދީލުގެ މިސަމާސައިން ސާރާ ބިރުގަތެވެ.

“އަޅުގަޑަކަށް ތިޔަގާތް ކަމަކާ ނުރުހެވޭ”

ތެދުވަން މަސައްކަތް ކުރަމުން ސާރާ ޖަވާބު ދިނެވެ.

” ސާރާ. ނުތެދުވެ މަޑުކޮށްބަލަ އަހަރެން ދައްކާ ވާހަކަވެސް އަޑުއަހާބަލާ.”

އަދީލު ސާރާޔަށް މަޑުކުރުމަށް ގޮތަކަށް މަޖްބޫރު ކުރިއެވެ.

 

“މިއީ ކޮންކަހަލަ މަޖުބޫރު ކަމެއްހެއްޔެވެ؟ އަހަރެން ނުދަންނަ މީހުންނާވާހަކަ ދައްކަން ފޫހިވެ.”

ސާރާ މޫނު އަނެއްފަރާތަށް އަނބުރާލަމުން ރުޅިވެރި ގޮތަކަށް ބުނެލިއެވެ.

“ސާރާ.އެކަކު އަނެކަކަށް ދަސްވާނީވެސް ވާހަކަ ދެއްކީމާ ނޫންތަ؟. އަހަރެން ސާރާ ދަންނަން. މުރާދު އާއެކު ސުކޫލަށް ދާން ވަރަށް ގިނަ ފަހަރު އަހަރެން ތިގެޔަށް ދިޔައީން އަދި ގޮސް އިންނަން ސާރާޔަށް ބަލަން. އެހެނަސް އޭރު ސާރާ ޔަކީ ފެނުމުގެ ނަސީބުން މަހްރޫމް ވެފައިވާ ކުއްޖެކެވެ. ވީމާ ވާހަކަ ދައްްކަން ނުކެރުނީއެވެ. އަހަރެން ސާރާ ދެކެ ލޯބިވޭ”

ސާރާ މިއަޑު ތައް އިވިފައި ފުންމައިގެން ތެދުވިއެވެ. އަދި ބާރުބާރަށް ހިގާފަ އެއްގަމަށް އެރިއެވެ. ހިނދު ކޮޅެއްވަންދެން އޭނާގެ ނޭވާ ހަމަޔަކަށް ނޭޅެއެވެ. އެވަގުތު ނާހިދާ އޭނާގެ ފުރަގަހުން އައިސް ކޮނޑުގައި ހިފާލިއެވެ. ސާރާޔަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

“ސާރާ ކިހިނެއްވީ.. ހާދަ ބިރުގެންފަ ތިހިރީ”

ނާހިދާ ހާސްވެފައިވާ ސާރާގެ ގައިގާ ބައްދާލިއެވެ. މަޑުމަޑުން ސާރާ ހަމަޔަކަށް އެޅުނެވެ.

“ދެން ބުނެބަލާ ވީ ކީއްތަ ދުވަމުން އައީ ކިއްވެ؟”

ނާހިދާ އަނެއްކާވެސް ސުވާލު ކުރިއެވެ

” ނާހިދާ. އަހަރެންނަށް އެތަނުން ކަކުނި ފެނިފަ ބިރުގަތީ .”

“އެހެންނުވާނީ ސާރާޔަށް މިހުރިހާ އެއްޗެއް ވާނީ އާއެއްޗިއްސައްދޯ މުރާދު” ނާހިދާ މުރާދު މެން އަރާ ހަމަވުމުން މުރާދައް ދޯއެއްދިނެވެ.

ި އަދީލު ވެސް މުރާދާ އެކުގާ އައިސް ސާރާ މެންނާ އަރާ ހަމަ ކުރީއެވެ.

ސާރާ ނާހިދާޔަށް ދިންޖަވާބު އަޑުއިވިފާ އަދީލު ހިނިތުން ވެލިއެވެ. ސާރާ ރުޅިވެރިގޮތަކަށް މޫނު އަނބުރާލިއެވެ.

ކާގަޑި ޖެހިގެން އެންމެން ކާންދިޔައެވެ. ސާރާ ނާހިދާޔާ ދުރަކަށް ނުދިޔައެވެ. އަދީލުވެސް އެއްފަރާތުން ސާރާޔާ ވަރަށް ކާރީގައި ހުރިއެވެ. ފުރުސަތަކަށް ބަލާލަ ބަލާލަ އެވެ. މިކަން ހަމަރަނގަޅަށް ސާރާޔަށް އެގުނެވެ. ވީމާ ސާރާ ވީހާ ދުރެއްގަ ހުރެވޭތޯ ބެލިއެވެ.

ކާމޭޒް ކާރީ ހުރިހާ އެންމެން އިށީނެވެ. ސާރާޔަށް ދިމާވީ އަދީލުގެ ދިމާ ކުރިމަތީ ހުރި ގޮޑީގައި އިށީންނާށެވެ. ނަމަވެސް މޭޒުގެ މެދުން ޖަހާފަހުރި ބޯޑެއްގެ ސަބަބުން އެކަކު އަނެކަކަށް ނުފެނެއެވެ. އަދީލު ހިތަށް އެރިޔެވެ. މިވެސް ކީއްކުރާ ބޯޑެއް ހެއްޔެވެ. އެހެނަސް އޭނާގެ ސާރާ އެއިނީ އޭނާގެ ކުރިމަތީގައެވެ. މިކަމުގެ ފައިދާ އަދީލު ވަރަށް ރަނގަޅަށް ހިފިޔެވެ. މަޑުމަޑުން ސާރާގެ ފައިގާ ކޮއްޓާލިއެވެ. އޭނާގެ ފައިންނެވެ. ސާރާހަމަ ގެހަމައެއްވެސް އިޝާރާތެއް ނުލިބުނެވެ.. ދެން ވެސް ހަމަ އަދީލު ކޮއްޓާލިއެވެ. އެކަމަކުވެސް އަޅާ ނުލައެވެ. އަދީލު ހިތަށް އެރިއެވެ. ބައެއް މީހުންގެ ހިއްސުތައް ހުންނަނީ މަރުވެފައެވެ. އެހެނަސް އަނަގަޔަކުން އޭނާ ނުބުނެއެވެ. އިރު އިރު ކޮޅާ ސާރާގެ ފައިގާ ކޮއްޓާލައެވެ. ކައިނިމެންދެން އަދީލުގެ ކަމަކީ ސާރާގެ ފައިގަ ކޮށްޓާފަ ހީލުމެވެ. ސަރާގެ ހަމަ އެއްވެސް އިށާރާތެއް ނުލިބުނެވެ. މިކަމާ އަދީލު ރުޅިވެސް އައެވެ.

ކައިނިމިގެން އެންމެން ހިގައިގަތެވެ. އެވަގުތު ނާހިދާ އަދީލު ކައިރިޔަށް ޖެހިލާފަ ވަރަށް ސިއްރުން އެއްޗެކޭ ބުނެލިއެވެ

” އަދީލު މާފުކުރޭ. ކަލޭމިޔޮއް ހުރިހާއިރު ކޮއްޓީ މަގޭފައިގަ މަ އެވަގުތު އެއްޗެކޭ ނުބުނީ މަސްލަހަތަށް ބަލާފަ. އެކަމަކު މީގެ ފަހުން މިކަހަލަ ކަމެއް ނުކުރާތި.. މަށައް އެނގޭ އެއީ ކަލޭ ސާރާގެ ފައިގަ ކޮއްޓި ކޮށްޓުމެއް ކަން އެހެންވެ އަޅާނުލީ..”

އަދީލު ނާހިދާ މިހެން ބުނުމުން ވަރަށް ލަދުގަތެވެ.

“ނާހީ  ދެން ތިވާހަކަ އެހެންމީހެއް ކާރީ ނުބުނާތި އަހަރެން ވަރަށް ލަދު ގަންނާނެ އަހަރެންނަށް މާފު ކުރޭ. އަހަރެންނަށް ސާރާގެ ލޯބި ހޯދައި ދީބަލަ”

އަދީލު ކުއްވެރިޔަކުފަދައިން ނާހިދާ ކައިރިން މާފަށް އެދިފަ ބުނެލިއެވެ. އެވަގުތު މުރާދު އާއި ސާރާ ޓިޝޫއިން އަތްފޮހެމުން ނާހިދާމެން ކައިރިޔަށް އައެވެ. ނާހިދާ ހީހީފަ ވީގޮތް މުރާދުއާއި ސާރާޔަށް ކިޔާދިނެވެ. ސާރާވެސް ބާރަކަށް ހޭންފެށިއެވެ. އަދީލުއަށް މަލާމާތް ކޮށެވެ.އޭނާ ހަމަ ގަސްތުގައި ނާހިދާ ޔާ ދެމީހުން ގޮޑިބަދަލު ކުރީއެވެ.

އަދީލު ރުޅިއައިސްގެން އެމީހުނާ ދުރަށް ގޮސް ގަހެއްގެ ކާރީ ހުއްޓިލިއެވެ. ނާހީ ކާރީ އެވަރަށް އެވާހަކަ ނުބުނާށޭ ބުނީމަވެސް ނާހީ އެވާހަކަ ގޮވާލީއެވެ. އަދީލް އަމިއްލަޔަށް ހިނިތުން ވެލިއެވެ. ގައިމު މިހާރު ސާރާޔަށް އޭނާ ސާރާދެކެ ލޯބިވާކަން އެނގޭނެ ނޫންހެއްޔެވެ.

“އޭއި ކަލޭމެން ކުދިންނަށް އެގޭތަ އަދީލުއަކީ ވަރަށް ރީތިކޮށް ލަވަކިޔާ މީހެކޭ. އަދި މުރާދު އެހާރީތިކޮށް ގިޓާވެސް ކުޅޭނެ.”

ޝާމިލާ އަދީލުގެ ވާހަކަ ގުރޫޕް ތެރޭގައި އިއުލާން ކޮށްލިއެވެ. ޝާމިލާ އަކީ އަދީލް އާއި އެއްކުލާހެއްގެ ކިޔަވާ ކުއްޖެކެވެ. ހުރިހާ ކުދިން އަދީލު ކާރީލަވަޔެއްކިޔާދޭން އެދުނެވެ. އެމީހުންގެ ސުކޫލްގެ އެންމެ ފަހު އަހަރު ވީއްޔާއެވެ. އަދީލު ސާރާ ޔާދިމާލަށް ކާޅި ހުއްޓާލައިގެން ހުއްޓެވެ. މިކަމުން ސާރާ ލަދުގަނެ މޯޅިވަމުން ދިޔައެވެ. އެވަގުތު ނާހިދާ އާދީލު ކައިރިޔަށް ޖެހިލާފަ ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. ކުއްލިޔަކަށް އަދީލު ލަވަކިޔަން ފެށިއެވެ. މުރާދު ގިޓާކުޅުނެވެ.

“އަހަރެން ހިތަށް އަރައެވެ. ކަލާދެކެ ލޯބިވާންވީބާ ވައެވެ.

އަހަރެންގެ ހިތްބޭގަރާރު މިވަނީ ކީއްވެބާ ވައެވެ.

އަހަރެންގެ ހިޔާލުތަކުގައި ކަލޭފޮރުވިގެން ވެއެވެ.

އަހަރެންގެ ހުވަފެންތަކުގައި ކަލޭޝާމިލް ވެގެން ވެއެވެ.

އަހަރެން އަބަދުވެސް ކަލެޔާބައްދަލު ކުރުމަށް ހިތްއެދި ގޮވިއެވެ.”

މިހިސާބަށް ކިޔާފަ އަދީލު ސާރާޔާ ކައިރިޔަށް ޖެހިލިއެވެ. އަދި އޭނާޔަށް ފުރަގަސް ވާގޮތަށް އެނބުރި އަނެއްކާ ލަވަކިޔަން ފެށިއެވެ.

” އަހަރެން ހިތަށް އަރައެވެ. ކަލާދެކެ ލޯބިވާންވީބާ ވައެވެ.

އަހަރެންގެ ހިތްބޭގަރާރު މިވަނީ ކީއްވެބާ ވައެވެ.

ކަލާތީ ގަހެއްގާ ފޮޅިގައިވާ ފަތިހުގެ ފިނިފެން މަލެކެވެ.

ކަލާޔަށްޓަކާ މިކިޔޭ މިލަވަ މިއީ އެއްޗަކަށް ނުވާނެއެވެ.

ކަލާގެ ތައުރީފުގައި ބުނާނެ އެއްޗެއް ނުވިސްނުނެވެ.

ކަލާ ތީ މައުސޫމުކަމުން ފުރިފައިވާ ހަނދުވަރެކެވެ.

ކާލާޔާ އެއްފަދަ އެހެން އިންސާނެއް އަހަރެން ނުދެކެމެވެ.”

މިހިސާބަށް ކިޔާފަ އަނެއްކާ ވެސް ސާރާގެ ވަށައިގެން އަދީލް ހިގާލިއެވެ. އަދި އިޝާރާތުން ގިޓާގެ ރާގު ބަދަލު ކުރުމަށް މުރާދު އަށް އަންގާލިއެވެ. އެވަގުތު އެހެން ކުދިން ޖޯޑު ޖޯޑަށް ނަށަން ފެށިއެވެ. ސާރާ ހިމޭނުން ހުއްޓެވެ. ނާހިދާ ސާރާގެ ކާރީ ހެވިލާފަ ހުއްޓެވެ. އަނެއްކާވެސް އަދީލު ލަވަފެށިއެވެ.

” ކަލާޔާ ނަޒަރު ބައްދަލުވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް މިވާގޮތެއް ނޭގެއެވެ.

ކަލާ އަހަރެންގެ އެސްފިޔަ ތަކުގެ ތެރޭ ފޮރުވާނަމެވެ.

ކަލާ އަހަރެންގެ މޭގެ ތެރޭގައި ފޮރުވާނަމެވެ.

ކަލާގެ އިޝްގުގައި އަހަރެން ދުނިޔެމަތިން ހަނދާން ނައްތާލާނަމެވެ.

އަހަރެންގެ މިބޭގަރާރު ކަން ކުޑަނުވާނެކަންހަނދާން ނައްތާ ނުލާށެވެ.

އަހަރެން ހިތަށް އަރައެވެ. ކަލާދެކެ ލޯބިވާންވީބާ ވައެވެ.

އަހަރެންގެ ހިތްބޭގަރާރު މިވަނީ ކީއްވެބާ ވައެވެ.”

އަދީލުގެ ލަވަ ނިމުމާއެކު ހުރިހާ މީހުން އަތްތިލަބަޑި ޖަހަން ފެށިއެވެ. ސާރާވެސް އަތްތިލަ ބަޑި ޖެއްސެވެ. ހަގީގަތުގައިވެސް އެލަވަ ރީއްޗެވެ.

ކިތަންމެ ނޫނެކޭ ބުނަން ބޭނުންވިޔަސް އަދީލުގެ އަޑު ރީތިކަމަށް ސާރާ އެއްބަސްވެފަ ބޯޖަހާލިއެވެ.

ދަތުރު ނިމިގެން ދިޔައީ ވަރަށް އޮމާން ކޮށެވެ. ގެއަށް އާދެވުމާއެކު ސާރާ ކޮޓަރިޔަށް ދިޔައެވެ. އަދި ފޯނުން ވިއާމާ ނަންބަރާ ގުޅާލިއެވެ.

“ހަލޯ…”

ސާރާ ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ. އެކޮޅުން ޖަވާބެއް ނުދިނެވެ

“މިއީ މަލްހާ. ވިއާމާޔާ ގުޅިދާނެތަ؟”

ސާރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އާނ ކީއްވެ ނުގުޅެންވީ މަޑުކޮއްލާ”

އެއިވުނު އަޑު ސާރާޔަށް ގަބޫލު ކުރަން ދަތިވިއެވެ. އެއީ ވަރަށް ފަރިތަ  އަޑެކެވެ. ހީވީ އެއީ ދަންނަ އަޑެއް ހެންނެވެ. އެކަމަކު އޭނާ ސޫރަޖް ނުދެކެއެވެ. ހަމަ އެކަނި އަޑު ވައްތަރުވުން އެކަށީގެންވާކަމެކެވެ ސަބަބަކީ އޭނާގެ ލޮލަށް ފެނުނު އިރު ސޫރަޖް ވަނީ ނިޔާވެފައި ނުވަތަ ގެއްލިފައެވެ. ވީއިރު މިއި ކިހާބޮޑު އިއްތިފާގެއްހެއްޔެވެ.

“ހަލޯ… އޭއީ މަލް..”

ވިއާމާގެ އަޑުން ސާރާ ސިހުނެވެ.

“ދެންމެ ފޯނު ނެގީ  ކާކު؟”

ސާރާ ސުވާލު ކުރިއެވެ.

“އެއީ ސާހިލް އެއްނު.”

ވިއާމާ ޖަވާބު ދިނެވެ.

” ކަލޭ ނައިސްގެން ފޫހިވެގެން މިގުޅީ މިއަދު އަހަރެން ބޭބެ މެން އޮފީސް ކުދިންނާއެކު ދަތުރު ވެސް ދިޔައީން. ވަރަށް މަޖާ. ފާޑެއްގެ އަދީލުއެއް މަގޭފަހަތުން އަޅައިގެން ނެއްޓެން ނޭގިގެން އުޅުނު.”

ސާރާ މަޖާވެފަ ވިއާމާޔަށް އަދީލުގެ ވާހަކަ ކިޔާދިނެވެ. ދެއެކުވެރިންގެ ވާހަކަޔަށް ފަހު ސާރާ ފޯނު ބޭއްވިއެވެ. އެކަމަކުވެސް އޭނާޔަށް ސާހިލްގެ އަޑު ހަނދާން ނައްތާނުލެވުނެވެ.

ޖެހިގެން އައިދުވަހު ވިއާމާ މާލެއައެވެ. އޭނާ ސާރާޔަށް ހަދިޔާ އެއްދިނެވެ.

“ވިއާމާ އެވެ. މީކޯޗެއްހެއްޔެވެ؟”

ސާރާ އެއެތިއަތްމަތީ ފުށްފުށައް ފުރޮޅާލާފަ ބަލާލިއެވެ.

“މިއީ ކެސެޓެއް. ނިކަން ތީތި ޖަހާލަބަލާ. އަޖާބުން ފުރިގެންވާ ހިތްހަމަ ޖެހޭ އަޑެއް އިވޭނެ”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ތި ލޯބި އެދިގެން…. 1

Next

ލޯބިވަން ޔާރާ އޭ 7

Next
October 3, 2016

ލޯބިވަން ޔާރާ އޭ 7

Previews
October 3, 2016

ތި ލޯބި އެދިގެން…. 1

14 Comments!

  1. aik says:
    October 3, 2016 at 2:26 pm

    vv reethi..

  2. Aish says:
    October 3, 2016 at 2:39 pm

    Wow! ???Konirakun next part??? ???

  3. yaana says:
    October 3, 2016 at 3:15 pm

    vv reethi

  4. ?tree? says:
    October 3, 2016 at 3:59 pm

    Maa ginain lava hunnaathee me ah v undhagoo!!?

  5. ?tree? says:
    October 3, 2016 at 3:59 pm

    Maa ginain lava hunnaathee me ah v undhagoo!!?

  6. ?tree? says:
    October 3, 2016 at 3:59 pm

    Maa ginain lava hunnaathee me ah v undhagoo!!?

  7. ?tree? says:
    October 3, 2016 at 3:59 pm

    Maa ginain lava hunnaathee me ah v undhagoo!!?

  8. ?tree? says:
    October 3, 2016 at 3:59 pm

    Maa ginain lava hunnaathee me ah v undhagoo!!?

  9. ?tree? says:
    October 3, 2016 at 3:59 pm

    Maa ginain lava hunnaathee me ah v undhagoo!!?

  10. Nux says:
    October 3, 2016 at 4:30 pm

    V reethi mibaivess well done roxy ???next bai avahah up kohladheeba ??????

  11. lai says:
    October 3, 2016 at 6:09 pm

    V reethi fahun nahidha maruvany aslu saahil aky soorag

  12. lol says:
    October 3, 2016 at 7:00 pm

    Wow.. v.reethi…..kon irakun next part???

  13. Saadha Abdhulatheef says:
    October 3, 2016 at 10:04 pm

    Saara ya dhima vaneba? Saaraage lobiveriya ? Varah reethi vaahaka

  14. jee says:
    October 4, 2016 at 9:04 am

    Bolah undhanguvey lava ginakamun

Comments are closed.

Next Episodeސިއްރު 8←


All Right Reserved!