ސިއްރު 10
އެކަމަަކު މަލްހާ ޔާ ސާހިލް އެއީ ހަމަ ރަހްމަތްތެރިކަން ކަމަށްވެސް ވެދާނެއެވެ. ހުރިހާވެސް ގޯހަކީ މަގޭހިތެވެ. ވިއާމާ ހިނިތުން ވެލިއެވެ.
ވިއާމާގެ މޫނަށް އަރާފައިބާ ހުރިހާ ކުލަވަރެއް މަދީހާ ދާދި ގާތުން ބަލަމުން ދިޔައެވެ. އަދި ހިނިތުން ވެލިއެވެ.
ވިއާމާ ވެސް މަދީހާގެ މޫނަށް ބަލާލާފަ ހީލިއެވެ. އަދި އޭނާގެ މަސައްކަތަށް އެނބުރިލިއެވެ.
ވިއާމާ ގެއަށް ވަން އިރު ސާރާ ފެންނަން ނެތުމުން ހާސްވިއެވެ.
“އަނެއްކާ ކޮންތާކަށްބާ އެދިޔައީ” ވިއާމާ ހިތާ ހިތާ ކިޔާލިއެވެ. އަދި އެވަގުތު ވަރަށް ބާރަށް ގޭތެރެއަށް ވަދެގެން ދިޔައެވެ. އެދިޔަމަގިމަތީ ސާހިލްގެ ކޮޓަރި ކާރިޔަށް ވިއާމާ މަޑުކޮށްލިއެވެ.
ސާހިލް އޭނާގެ ކޮޓަރީ ކުޑަދޮރު ކާރީ ބޭރަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.
“ސާހިލް ކިހނެއްވެފަ ތިހިރީ”
ވިއާމާގެ ތުރުތުރު އަޅާ އަޑު އިވުމާއެކު ސާހިލް ދޮރާދިމާލަށް އެނބުރިލިއެވެ.
” ވިއާމާ ގެނައި ރަހްމަތްތެރިޔާ އަހަރެންނަކާ އެހާޤަބޫލެއްނޫން. ގަދަކަމުން ހިފަހައްޓަން އުޅުނީމަވެސް ހިފެހެއްޓުނީ އެންމެ 15 ވަރަަކަށް މިނެޓް އެވެ. ދުމެއްޖެހިހެން ގޮސް ނިމިއްޖެެ.”
ވިއާމާގެ ހިތުގައި ފޮނިކަމެއް އުފެދުނެވެ.
“ހޫނ” އެއް އަޅުވާލަމުން ވިއާމާ ސާރާގެ ކޮޓަރިއަށް ދިޔައެވެ.
ސާރާ ކުޑަކުއްޖެއްހެން ނިދާލާފަ އޮތެވެ. ވިއާމާ އިރުކޮޅެއްވަންދެން ސާރާޔަށް ބަލަންހުއްޓެވެ. ތެދެކެވެ. އޭނާ ހާދަ ރީއްޗެވެ. އޭނާގެ ކުރިމަތީ އަހަރެންނަކީޒައްރާއެކެވެ. އެއްވެސް އަގެއްނެތެވެ. މަލް އަކީ މިސާލެއްނެއްފަދަ ކުއެްޖެކެވެ. ވިއާމާ އެގޮތަށް ގެއްލިފައި ހުއްޓާ ފުރޮޅިލާފަ ސާރާ ހޭލެވުނެވެ.
“ވިއާ. ކިހިނެއްވީ؟”
ސާރާތެދުވެ އެނދުގައި ހަމަޖެހިލަމުން އަހާލިއެވެ.
“އަހަރެން ހީކުރީ ބަލިވީކަމަށް”
ވިއާމާވެސް ކާރީގަ އިށީދެލަމުން ބުނެލިއެވެ
“.އަހަރެންނަށް ނިދާލެވުނީ.”
ސާރާ ހިނިތުން ވެލަން މަސައްކަތް ކުރަމުން ބުނެލިއެވެ.
” ކާން ހިގާ. އެންމެން އިންތިޒާރުގައި އެބަތިބި”
ވިއާމާ ކުރިޔަށް ހިގައި ގަންނަމުން ބުނެލިއެވެ.
“ނޫނެ. އަހަރެން ގެ ތޮބީއްޔަތު އެހާ ރަނގަޅެއް ނޫން. އެހާ ކާހިތެއް ނެތް. ވިއާމެން ކާލާ. އަހަރެން އަދިވެސް ނިދާލާ ހިތްވަނީ”
ސާރާ ސާހިލް އާބައްދަލު ކުރަން ނުދާންވެގެން ކަނޑައެޅިގެން ދެކޮޅު ހެދިއެވެ.
ވިއާމާ ވެސް އިތުރަށް ގަދަހެދުމަކާ ނުލާ ދޮރުލައްޕާލާފަ ކާގެޔަށް ދިޔައެވެ.
ވިއާމާގެ މަންމަ ވިއާމާ އެކަނި އައުމުން ސުވާލުގެ ބެލުމަކުން ވިއާމާޔާ ދިމާލަށް ބަލާލިއެވެ.
“މަލްހާ ގެ ހާލު މާރަނގަޅެއްނޫން އެހެންވެ އޭނާ ކެއުމަށް ދެކޮޅު ހެދީ ބުނީ ތިމަން ބޭނުމީ ނިދާލާށޯ އެހެންވެ ބާއްވާފަ މިއައީ.”
ވިއާމާ އޭނާގެ މަންމަ ކާރީ ބުނެލިއެވެ.
“ވިއާމާ. މަލްހާޔަށް ވީބާ؟ ހެނދުނު އޭނާ އަހަރެންނާ ވަކިވެގެން ދިޔައިރު އޭނާ ހަމަ ރަނގަޅު.”
ސާހިލް ހާސްކަން އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ. ސާހިލްގެ މިހާސްކަން ވަރަށް ސާފުކޮށް މޭޒްކާރީ ތިބި އެންމެންނަށް ފާހަގަ ވިއެވެ.
“ނޭގެެ. އޭނާ ނުގުޅޭ އެއްޗެއްކެވުނީ ކަންނޭގެ ވަރަށް ފާޑެއްގެ ކުއްޖެއް އެއީ”
ސާހިލް ވެސް އިތުރު ވާހަކަނުދައްކާ މަޑުމަޑުން ކާން ފެށިއެވެ. އެހެން މީހުންވެސް ތިބީ ވަރަށް ހިމޭނުންނެވެ، ކޮންމެ މީހަކުވެސް އެމިހެއްގެ އަމިއްލަ ޙިޔާލަކަށް ގެއްލިފައެވެ. ކައިނިމުމާއެކު ސާހިލް މާކުރިން ތެދުވިއެވެ. އޭނާގެ މިސްރާބު ހުރީ ސާރާ ގެ ކޮޓަރިޔަށެވެ. ސާހިލް މަޑުމަޑުން އެކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެެވެ. ސާރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ މަޑުމަޑުން ދޮރުކާރިޔަށް ގޮސް ދޮރުގައި ލެނގިލިއެވެ.
“ކާކު؟”
ހިމޭން އަޑަކުން ސާރާ ސުވާލު ކުރިއެވެ.
“އަހަރެން ކަމަނާގެ ހާލު ބަލާލަން މިއައީ ވަދެވިދާނެތަ؟”
ސާހިލް މިހެން ބުނުމުން ސާރާ މަޑުމަޑުން ދޮރު ހުޅުވިއެވެ.
“ޑޮކްޓަރ ގެންނަންވީދޯ”
ސާހިލް ވާހަކަ ދައްކަން ފެށިއެވެ. ސާރާޙިޔާލަކަށް ގެއްލިފާ ސާހިލްގެ މޫނަށް ބަލަމުން ދިޔައެވެ،ސާހިލްގެ އުނީ ކޮންކަމެއްހެއްޔެވެ؟ ރީތިވެފާ އޭނާ ފުރިހަމަ އެވެ. އޭނާއަކީ ކޮންޙާންދާނަކުން އައިސް ހުރމީހެއްބާވައެވެ. ކިހާ އަޖާއިބު ކަމެއްހެއްޔެވެ؟ އަހަރެން އޭނާ އާމެދު މިވިސްނަނީ ކީއްވެބަވައެވެ.”
“މަލްހާ. ކޮބާ މިތާ އެބަހުރީމުތަ؟”
ސާހިލް ސާރާ ހިމޭންވުމުން ވާހަކަ ދައްކަން ފެށިއެވެ.
“އަޅުގަނޑު މިހިރީނު”
ސާރާ ހިމޭން އަޑަކުން ޖަވާބު ދިނެވެ.
” އަހަރެންނަކީ ލޯފަން މީހެއް، މީހަކު ކާރީގަ ހުއްޓަސް ވާހަކަ ނުދައްކަންޏާ ހުރިކަމެއްނޭގޭނެ ނު މާބަލީތަ؟.”
ހާސްވެފައިވާ އަޑަކުން ސާހިލް ސުވާލު ކުރިއެވެ.
ސާހިލް އަހަރެންނާ މެދު އެހާ ކަންބޮޑުވަނީ ކިއްވެހެއްޔެވެ؟ ސާރާ ވިސްނަމުން ދިޔައެވެ.
“މަލް . މިހިރީ ޑޮކްޓަރ ރީނާ އަހަރެން މިއައީ އޭނާ ގޮވައިގެން.”
އެވަގުތު ސާހިލް މެން ކާރިޔަށް ހުއްޓިލަމުން ވިއާމާ ބުނެލިއެވެ.
“ވިއާމާ ސާބަސް. އެކުން އަހަރެން އެހާބަލީކީވެސް ނޫނެއްނު ޑޮކްޓަރަށް ތަކުލީފްތިދިނީ ކީއްވެތަ؟”
“ނޫނޭ. އެއީ އެހާވަރު ކަމެއްނޫން. މިރަށުންވެސް ޑޮކްޓަރުންގެ ފެންވަރު މާލެއަށްވުރެ ދަށެއްނުވާނެ.”
ޑޮކްޓަރ ރީނާ ހިނިތުންވެލަމުން ސާރާޔަށް ބުނެލިއެވެ. ސާރާ ލަދުވެތި އަދާއަކާ އެކު އިސްޖަހާލިއެވެ. ޑރ ސާރާ އެގްޒާމް ކުރަންބޭނުންވާތީ ސާހިލް އެތަނުން ދިޔައީއެވެ.
“މަންމާ އެވެ. އަޅުގަނޑު މަންމަ މެން ކާރީ ވާހަކަ އެއްދައްކަން ބޭނުން.”
މުރާދު ބަލި ހިނގުމެއްގަ އައިސް އޭނާގެ މަންމަޔާ ބައްޕަ ގެ ކާރީ ސޯފާގަ އިށީދެލަމުން ބުނެލިއެވެ.
އެވަގުތު ހުސްނާޔާ ކަރީމު މުރާދު އާއި ދިމާލަށް އެނބުރި އޭނަ އެދައްކާ ވާހަކަޔަކަށް ސަމާލުވެ އަހަންތިއްބެވެ
“މަންމާ. ބައްޕާ . އަޅުގަޑަށް މާފްކުރައްވާ. ބައްޕަ ޔާއި މަންމަ ދެކެ އަޅުގަޑަށް ރުޅިއާދެވުނީތީ އަޅުގަނޑު ލަދުވެތިވަން. މަންމަ މެން ކަންތަށް ކުރެއްވީ އެކަން އޮތް އެންމެ ރަނގަޅަށް. އަޅުގަނޑުގެ ސިއްހަތު ރަނގަޅު ނުވަނީސް ނާހީ ގެ މަރުގެ ޙަބަރު ލިބުނުނަމަ …”
“ދަރިފުޅާ އެވެ. ތިކަހަލަ ވާހަކަ ނުދައްކާށެވެ.”
ހުސްނާ މުރާދުގެ ކައިރިޔަށް ޖެހިލަމުން ނުހަނު އަސަރާއެކު ބުނެލިއެވެ.
“ބައްޕާ. އަޅުގަނޑު ދުވަސްކޮޅަކަށް އިންޑިޔާއަށް ޖައްސާލަން ބޭނުން އެންމެ ރަނގަޅުތޯ؟ މިތާގެ ހަނދާންތަކާ ދުރަށްދާން އަޅުގަނޑު ބޭނުން.”
މުރާދުގެ އަޑު ގިސްލުމަކަށް ބަދަލުވިއެވެ.
“ދަރިފުޅާ. ބައްޕަ މައްސަލައެއް ނެތް އަލުން ކޮލެޖަށް ވަދެ ޑިގްރީ ކޯސް ނިންމާލެވޭތޯ އުޅެންވީނު. ބޭނުމީޔާ މަންމަ ވެސް ގޮވައިގެން ދެވިދާނެ”
ކަރީމު ގޮޑިން ތެދުވެފަ މުރާދުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
މުރާދުގެ އެތަށް ވާހަކަޔާ އެކު އެންމެފަހުން ކަރީމު މެން މުރާދު އެކަނި އިންޑިޔާއަށް ދިޔުމަށް އެއްބަސްވިއެވެ.
” އެންމެ ރަނގަޅު. ދަރިފުޅާ. ތިކަމުގައި ދަރިފުޅު ހިތްހަމަޖެހެންޏާ ކުރިއަށްދާންވީ”
އެންމެ ފަހުން ކަރީމު މެން ހަތިޔާރު ބެހެއްޓިއެވެ.
“އަޅުގަޑު ބޭނުމީ މާދަމާ ފުރަން”
ހިމޭންކަމާއެކު މުރާދު ބުނެލިއެވެ.
“ދަރިފުޅާ ކޮއްކޮ މާލެނައަންނަނީސް ފުރަންތަ ބޭނުންވަނީ” ހައިރާންކަން އެކުލެވިފައިވާ އަޑަކުން ހުސްނާ އަހާލިއެވެ”
މުރާދު އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. އަސްލު އެއަށްދޭނެ ޖަވާބެއް މުރާދުއަކަށް ނޭގުނެވެ. ޙުދު އޭނާވެސް ސާރާޔާ ބައްދަލު ނުކޮށް ފުރާކަށް ބޭނުމެއް ނުވިއެވެ. އެހެނަސް ގޭގެ ކޮންމެ ތަނަކުން އޭނާއަށް ހިތާމަ ލިބިދެއެވެ. ނާހިދާގެ ހަދާންތަށް އެގޭގެ ހަތަރުފަރާތުގައި ވަކި ހިއްޕާފަ ވާކަހަލަ އެވެ. މިހަދާންތަކާއެކު އޭނާއަށް މިތަނުގައި ދިރިއުޅެން އުދަގުލެވެ. އަވަހަށް ދާންނިންމީވެސް އެހެންވެއެވެ. އެންމެ ފަހުދުވަހު އޭނާ ގުމްރީގެއަށް ދިޔުމުން އޭނާޔާ މެދު އެގޭމީހުންވެސް ކަންތަށް ކުރީ ވަރަށް އިހާނެތި ކޮށެވެ.އޭނާ ސަލާންގޮވާލުމާ އެކު ނާހިދާގެ މަންމަ ނިކުމެ އޭނާފެނުމާއެކު ހީވީ ހޯދާ ނުފެނިފަ ހުރި ދުޝްމަނަކު ފެނިގެން ރުޅިބޭލި ހެންނެވެ. ދުވެފައިގޮސް އޭނާގެ ގަމީސް އިރާލިއެވެ. އެތަށް ހުތުރު އެއްޗެއް އޭނާޔަށް ކިޔެވެ. ނާހިދާގެ މަރުގެ ޒިންމާ ކަނޑައެޅިގެން މުރާދުގެ ބޮލުގައި އެޅުވިއެވެ. ގޮތެއް ގޮތެއް ނުބަލާ މޫނުމަތީ ތެޅިއެވެ. މުރާދު ގުޑިލަންވެސް ނޭގި މަޑުން ހުރީއެވެ. ކަރުނަ އަޅާ ރޯލަ ރޯލަ އެވެ. އެވަގުތު ނާހިދާގެ ދައްތަ ސީމާ އަށް ނާދެވުނު ނަމަ އެއަށްވުރެ ބޮޑަށް މުރާދު އަށް އަނިޔާ ލިބުނީހެވެ. އެދުވަހު މުރާދު ކޮއްޕާ އެގެއިން ނެރެލި ވަގުތު މީހުންތަށް އެއްވެ އެހާ އޭނާ ލަދުގަންނަވާލިއެވެ. އޭނާ ގެ ގެޔަށްއައީ ކުދި ކުދިވެފައިވާ ހިތަކާގެނެވެ. އެދުވަހު އޭނާ ދިވެހިރާއްޖެއިން ދުރަށްދާން ނިންމިއެވެ.
“ނޫނެ. މަންމާ. އަޅުގަނޑު ހަމަ މާދަމާ ފުރަންބޭނުން.” ހާސްވެފަ މުރާދު ބުނެލިއެވެ.”
މުރާދު މިހެން ބުނެފަ ވަށައިގެން ހޯދާލިއެވެ. މަންމަ މެން އޭރު އެތަނުން ގޮސްނިމުނުތާ ކިތަންމެ އިރެކެވެ. މުރާދުވެސް މަޑުމަޑުން ތެދުވިއެވެ. އަދިބަލި ހިގުމެއްގާ ގޮސްއޭނާގެ ކޮޓަރިއަށްވަދެ އޮށޯވެލިއެވެ. އޭނާ ސިހިފަ ހޭލެވުނީ މީހަކު ދޮރުގައި ތަޅާއަޑަށެވެ.
“ވަންނާށެވެ. ދޮރުތިހިރީ ހުޅުވަފައެވެ.”
ބަލިއަޑަކުން މުރާދު ބުނެލިއެވެ.
“ދޮރުހުރީ ހުޅުވާފަކަން މަށަށްވެސް އެނގެއޭ. އެހެނަސް ކަލޭއައިސް މިދޮރު ހުޅުވަބަލާ”
އެކޮޅުން އާދިލުގެ އަޑުއައެވެ. މުރާދު ތެދުވެގެންގޮސް ދޮރުހުޅުވާލިއެވެ. އާދިލު ދެތައަތުގަ ފުރާ ފޮތްތަކެއް ހިފައިގެން ހެވިފައި ހުއްޓެވެ.
“އަނހަ ހާދަ ބަރުކޮށް އާދޭ އެތެރެއަށް”
މުރާދު ބައެއްފޮތްތަށް އާދިލު އަތުން އަތުލަމުން ހިނުތުންވެލިއެވެ.
“އާނ.! ނޭފަތަކުން ނޭވާނުލަން މިކަމަކާ. ވާނީވެސް މިހެންތާ މަގޭލޯބިވާ އެކުވެރިޔާ ކިޔަވަން ބޭނުން ފޮތްތަކޭ މިގެނައީ.”
އާދިލު ވެސް މޫނަށް ގޮތެއްހަދާލަމުން ހުރިހާ ފޮތްތަކާ ކަރުދާސްތަށް މުރާދުގެ އެނދުމައްޗަށް އޮއްސާލިއެވެ.
ދެވެރިން ވެގެން ކޮންމެވެސް އެއްޗެތިތަކެއް އެފޮތްތަކުން ވަކިކުރިއެވެ. އަދި ދެން ހުރި އެއްޗެތި އެއްފަރާތް ކުރިއެވެ. އަދި ބޮޑުމަސައްކަތެއް ނިމުނި ކަމުގެ ފުންނޭވާއެއް މުރާދު އާއި އާދިލު ލިއެވެ.
ރީތި ދުވަހަކަށް އިރުއެރިއެވެެެ. ސާހިލް އާއި ވިއާމާ އަދި މަލްހާ ތިބީ އިރުއަރާމަންޒަރު ދެކިލަން އަތިރިމަތީގައެވެ. މަލްހާ ވަރަށް ފާޑުުވެރިކޮށް އިރުއަރަމުންދާ މަންޒަރު ސާހިލް އަށް ސިފަކޮށްދީ ކިޔަމުންދަނީ އެވެ.މީގެ އަހަރުތަކެއް ކުރިން އޭނާގެ ސޫރަޖް އޭނާއަށް ކިޔާދިންގޮތަށެވެ. ސާހިލް ހައިރާންކަންމަތީ ކަނުލާ އަހައިގެން އިނެވެ.މިބަސް ތަކަކީ ސާހިލް އަށް އާބަސްތަކެއްނޫނެވެ. މިއީ އޭނާގެ ސާރާޔަށް އޭނާ އިރުއަރާ މަންޒަރު ސިފަކޮށްދިން އިރު ބޭނުން ކުރި ބަސްތަކެވެ. ވީއިރު މަލްހާ ޔަށް އެބަސްތަށް އެގުނީ ކީއްވެހެއްޔެވެ؟. ނޭގޭނެއޭ ބުނާކަށް ނުވާނެއެވެ. އިރު އަރަނީ ހަމަ އެއްގޮތަކަށް ވީޔާ އެވެ. ފާޅުވާނީ ހަމަ އެއްކުލަތަކެކެވެ. ސާހިލް އަށް ހީވީ އޭނާގެ ލޮލުން އިރުއަރާ މަންޒަރު ފެނުނު ހެންނެވެ. އެކަމަކު މިއަންހެންކުއްޖާއަކީ ކާކުބާވައެވެ. މިކުއްޖާ ޖަހާ ސެންޓު މިކުއްޖާގެ އަދާތަށް އޭނާގެ ސާރާޔާ އެހާ އެއްގޮތްވަނީ ހަމަ އިއްތިފާގެއް ބާވައެވެ.
ސާހިލް ވަރަށް ހިމޭނުން އިނެވެ. ހަމަ އެކަނި ދުރަށް ނަޒަރު ހިންގާލައިގެންނެވެ.
“ސާހިލް ހާދަ ހިމޭނުން” ވިއާމާ ބުނެލިއެވެ.
“މިއަދު މަލްހާ ހުރީމަ ވަރަށް އުފާވެއްޖެ އެހެންނަމަ ވިއާމާ ދުވަހަކުވެސް އަހަރެން ގޮވައިގެން މިކަހަލަ ތަނަކަށް ނާންނާނެ. ހުރިހާވެސް ޝުކުރެއް ހައްޤު ކުއްޖަކީ މަލްހާ”
ސާހިލް ފުން ނޭވާއެއްލަމުން ބުނެލިއެވެ. އޭނާ ބޭނުންވަނީ މިވަގުތު އެތަނުން ތެދުވާށެވެ. ވީހާ ދުރަށްދާށެވެ. ސާރާގެ ހަނދާންތަށް އޭނާގެ ވަށާލަނީއެވެ. މަލްހާ ކަޑައެޅިގެން އޭނާގެ ޒަޙަމްތަށް ބޮޑުކުރާކަހަލައެވެ.
“ތެދެއް. މަށަކީ ތިދެމީހންކަހަލަ ޝާއިރަކީމެއް ނޫން އެހެންނަމަތާ. ވީއިރު މިކަހަލަ ކަންތަކަށް ޝައުޤު ވެރިއެއްވެސް ނުވާނެ ނޫން ހެއްޔެވެ.”
ވިއާމާ މޫދަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ. އެވަގުތު ހެދިކާ ތައްޓެއް ހިފައިގެން ވިއާމާ މެންގޭގަ އުޅޭ ކުއްޖަކު އައިސް ދިނެވެ.
“އަން ވިއާމާ ދައްތާ މިހިރީ މަންމަ ފޮނުވި ހެދިކާ”
ޝާހިދާގެ އަޑަށް ސިހިފަ މަލްހާޔާ ސާހިލް އެކުގާ އެނބުރިލިއެވެ.
“ބަހައްޓާފަ ކަލޭދޭ”
ހެދިކާ ތަށި އަތުލަމުން ވިއާމާ ޝާހިދާ ފޮނުވާލިއެވެ. އަދި ސާހިލް މެންނާ ދިމާލަށްއެނބުރިލިއެވެ.
“ހެދިކާ ކާންވީނު..”
ވިއާމާގެ އަޑު އެދެމީހުންނަށް ނީވުނީ ކަހަލައެވެ. ދެމީހުން ވެސް ޙިޔާލަކަށް ގެއްލިފައި ވިއާމާއާއި ދިމާލަށް އެނބުރިގެން ތިއްބެވެ.
ސާރާގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ 10ވަރަކަށް އަހަރު ކުރީގެ ހަނދާނެކެވެ. މަރިޔަންފުޅު ހެދިކާ ހިފައިގެން އޭނާޔާ ސޫރަޖް ކާރިޔަށް އައިދުވަހުގެ ހަދާނެވެ. ސޫރަޖް ވެސް އައީހަމަ އެދުވަހުގެ ހަނދާނެވެ. ސާރާގެ ލޮލުން ހުރީ ކަރުނަ ފާއްދާލާފައެވެ. ހަމަ އެގޮތަށް ސާހިލްގެ ލޯވެސް ވަނީ ތެމިފައެވެ. ވިއާމާ ވާނުވާނޭނގި ދެމީހުންގެ މޫނަށް ދެފަހަރަށް ބަލާލަ ބަލާލަ ހުއްޓެވެ.
“ކީއްވީހެއްޔެވެ؟ އުންމީދެއްއޮތުމަކީ ގޯހެއް ހެއްޔެވެ؟ ”
ކުއްލިއަކަށް ސާހިލް މިބުނިއެއްޗަކުން ސިހިފަ ސާރާ ސާހިލްގެ މޫނަށް ބަލާލިއެވެ.
“ތިޔަބުނީ ކީކޭ؟”
ސާރާ ހާސްވެފައި ސުވާލު ކުރިއެވެ. އަދި ސާހިލްގެ ލޮލުން ފެން އައިސްފައި ހުރީ ކީއްވެބާވައެވެ. ފަހަކަށް އައިސް ސާހިލް ބުނެލާ ބައެއްބަސްތަކުން ކުރިމަތީ ހުރީ ސާހިލް އެއްނޫނޭ ސޫރަޖް އޭވެސް އޭނާގެ ހިތަށް އަރައެވެ. އެހެނަސް އޭނާ ސޫރަޖް ނުދެކެއެވެ. ސޫރަޖްވަނީ މީގެއަހަރުތަކެއް ކުރިން ގެއްލިފައެވެ. އޭނާގެ އަތުގައި ހުރީ ސޫރަޖްގެ ކުޑައިރުގެ ފޮޓޯތަކެވެ. އެވެސް ޕާރޓީ ތަކުގެ ފޮޓޯއެވެ.
“މިބުނީ ހެދިކާ ކޮޅެއް ލިބޭތޯ ކުރި އުއްމީދެއްގެ ވާހަކަ.”
ހަމަޖެހިލަން މަސައްކަތް ކުރަމުން ސާހިލް ބުނެލިއެވެ. އަދި މޫދާދިމާލަށް އެނބުރުނެވެ. އަދި އޭނާގެ ލޮލުން އައިސް ހުރި ކަރުނަ ފޮހެލިއެވެ.ސާރާޔަށް ރީތިކޮށް މިމަންޒަރު ފެނުނެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލީ ކީއްވެހެއްޔެވެ.ސީދާ އޭނާގެ ސޫރަޖް ބޭނުން ކުރި އެޖުމްލަ ސާހިލް އަށް ބުނަ އެނގުނީ ކިހިނެއްހެއްޔެވެ؟ މިއީ މަގޭ ސޫރަޖް އެވެ. ޔަގީނެވެ. ސާރާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު ދިއްލުނެވެ.
ސާރާ ހިތުގައި ސުވާލު އުފެދުނެވެ. އޭގެ ޖަވާބު ހޯދާނެއެވެ. އާއެކެވެ. އޭނާ އޭނާގެ ސޫރަޖް ހޯދާނެއެވެ.
“އެހެންދޯ ވަނީ. ކުރިން ނުބުނީ ކީއްވެތަ؟ އެހެންނަމަ ތަންކޮޅެއް ކުރިން ހެދިކާ ގެނުއީމުސް.”
ވިއާމާ ބުނެލިއެވެ. ވިއާމާޔާ ސާހިލް ވާހަކަ ދެއްކިއިރު ސާރާ އިނީ ވަރަށް ހިމޭނުންނެވެ.
“މަލް. ވީ ކީއްތަ؟ މާ ހިމޭނުން ތިއިނީ ކީއްވެފާތަ؟ ސާހިލްވެސް ހިނދު ކޮޅުކޮޅާ ތިގޮތަށް ހީމޭންވާނެ”
ވިއާމާ ސާރާ ތަޅުވައިގަންނަމުން ބުނެލިއެވެ.
” ކޮބާ ދަމާ ހިގާ”
ސާރާ ތެދުވަމުން ބުނެލިއެވެ.
ތިންމީހުން ހިމޭންކަމާ އެކު ގެޔާދިމާލަށް ހިގައިގަތެވެ. ގެޔަށް ދިޔަމަގުމަތީ ސާރާ ހުރީ ސާހިލް ކާރީގައެވެ. ވިއާމާހުރީ ތަންކޮޅެއް ކުރީގައެވެ. އެވަގުތު ސާހިލް އެތާހުރި ގަސްބުޑެއްގާ އަޅައިގަނެފަ ވެއްޓެން އުޅުނެވެ. ވަރަށް ހުށިޔާރުކަމާއެކު ސާރާ ސާހިލް ހިފެހެއްޓިއެވެ.
“ޝުކުރީއްޔާ”
ސާހިލް ޝުކުރު އަދާކުރިއެވެ. އެކަމަކު އޭގެ ފަހުން ގެޔަށް ދެވެންދެން ސާހިލް މަލްހާގެ އަތުން ދޫކޮށް ނުލައެވެ. ސާރާޔަށް ވަރަށް އުފާވެރި އިހްސާސެއް މިކަމުން ލިބުނެވެ. ސާހިލް އަށް ހީވީ ސާރާގެ އަތުގައި ހިފައިގެން ހުރިހެންނެވެ. ސާރާއަށް އިހްސާސް ކުރެވުނީ ސޫރަޖްގެ ބީހުންތަކެވެ. ގެޔަށް ވަދެވުމާ އެކު ގަދަކަމުން ކަހަލަ ގޮތަކަށް ސާރާ ސާހިލްގެ އަތުން ދޫކުރުވިއެވެ.
“މިހިސާބަށްވެސް އެހީވެދިނީތީ ޝުކުރުވެރިވަން.”
ސާހިލް ސާރާޔަށް ޝުކުރު އަދާކުރިއެވެ.
މުރާދު އިންޑިޔަން އެއަރލައިންސްގެ ފަސިންޖަރުންނާއެކު ވަށައިގެންހޯދަމުން ދިއައީ އަދިފުރަން ކަޑައެޅިފައިވާ ވަގުތު ނުޖެހޭތީ އެވެ. އެއްފާރާތެއްގެ ހުރިގޮޑިއެއްގައި އޭނާ އިށީދެ ލޯމަރާލިއެވެ. މަންމަގެ ކަރުނައިން ފުރިފައިވާ ލޯ އޭނާގެ ކުރިމަށްޗަށް އައެވެ. އޭނާޔާ އެކު އެއަރޕޯޓަށް މަންމަ ޔާ ބައްޕަ އަދި އާދިލު ވެސް އައެވެ.
“ދަރިފުޅާ. ގެޔަށް ދެވުމާއެކު ޙަބަރު ކުރާތި އިގޭ. ސިޓީވެސް ލިޔާތި އިގޭ”
ހުސްނާ ކަރުނަ ވީ އަޑަކުން މުރާދު ކާރީ ބުނެލިއެވެ.
“އެކުސް ކިޔުސް މީ”
އަންހެން ކުއްޖެއްގެ އަޑުން މުރާދު ސިހިފަ އޭނާގެ ޙިޔާލީ ވާފަށުން ނިކުތެވެ. ރީތިއަންހެން ކުއްޖަކު ކުރިމަތީ ހުރެގެން ކޮންމެވެސް އެއްޗެކޭ ކިޔަނީއެވެ. އެކަމަކު އޭނާގެ ބަހުރުވަ ތަފާތެވެ.
” ވަޓް..؟ ކީކޭ؟”
މުރާދު ކޮޑަކޮށް ހަމަޖެހިލަމުން އެކުއްޖާޔާ ދިމާލަށް ބަލާލިއެވެ.
” އަހަރެން މިބުނީ ކަލާ ތިހިފަހަށްޓައިގެން އިނީ އަޅުގަނޑުގެ ދަބަހޭ އެވެ. އުނދަގޫ ކަމަކަށް ނުވާނަމަ އަޅުގަނޑުގެ ދަބަސް އަޅުގަޑަށް ދެއްވާށޭ.”
“ދެން ކުރިންވެސް ތިވާހަކަ ދިވެހިބަހުން ބުނެވިދާނެ ނޫން ހެއްޔެވެ؟” މުރާދު އޭނާގެ ކާރީގަ ހުރި ދަބަހުން އަތް ނަގަމުން ބުނެލިއެވެ.
“އަސްލު އަހަރެން ހީކުރީ ތިޔައީވެސް އިންޑިޔާ މީހެއްކަމަށް. ދިވެހިން ވަރަށް އެކަނި ނާދޭވީއްޔާ. އޯކޭ ޝުކުރީއްޔާ”
އެއަންހެން ކުއްޖާ ދަބަސް ނަގަމުން ބުނެލިއެވެ.
މުރާދު އިތުރު އެއްޗެކޭ ނުބުނެއެވެ. އެވަގުތު ފުލައިޓަށް އަރަން އެނައުންސު ކުރި ގަޑިކަމަށްވުމާ އެކު އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް އެއަންހެން ކުއްޖާއަކަށް ވެސް ނުލިބުނެވެ. ކުރިޔަށް ގޮސް ގޮސް ތިބި ފަސިންޖަރުންނާ އެކު އެދެމީހުން ވެސް ހިގާގަތީއެވެ.
“އޭއި މީރާ… މީރާ.. މަޑުކޮށްބަލަ”
މާބާރަށް މީހަކު ގޮވާލީމާ ހުރިހާ ފަސިންޖަރުން ހެން އެނބުރި ބަލާލިއެވެ.
މީރާ އަކީ ދާދި ދެންމެ މުރާދު އާއި ވާހަކަ ދެއްކި އަންހެން ކުއްޖާއެވެ. އެވަގުތު މަޑުކޮށްލާފަ އޭނާ ވެސް އެނބުރިލިއެވެ. މުރާދު ހުރިގޮތަށް ކުރިޔަށް ދިޔައީއެވެ.
“ކަލޭ ތިދިޔައީ މަގޭއަތުގާ ކަލޭގެ ބޯޑިން ޕާސް ބާއްވާފަ ނޫންތަ؟ އަން. މިއޮތީ. ދެން ބުނެބަލާށެވެ. ކަލޭގެ ކުރީގައި ހުރެގެން އެދިޔައީ ކޮން ގޮލައެއްތަ؟ ދެމީހުން ވާހަކަ ދެއްކިތަންވެސް މަދެކުނިން ޔަޤީން. އެއީ މިހާރު އަތު އަޅުވައިގެން އުޅޭ ބިޓް ދޯއެވެ؟ ކަލޭ ރީތި ކަމުގެ ފައިދާ ތިނަގަނީ ހާދަ ރަނގަޅަށޭ.. އެކުއްޖާގެ ހާލު ހިތަށް އަރާފަ ހަމްދަރްދީވެވޭ”
ދެރަހްމަތްތެރިންގެ މިވާހަކަ ވަރަށް ސާފުކޮށް ކިޔޫގަ ހުރި މުރާދަށް އަޑުއިވުނެވެ. މުރާދު އެނބުރި ބަލާވެސް ނުލިއެވެ. އެކަމަކު އެދިމާކުރަނީ އޭނާއާއި ކަން ރަނގަޅަށް އޭނާއަށް އެނގުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


eba ragalhu wey
V v v v reethi
Photo ge vaahaka aissi dho. hehe
Wow mihaaru eba work kurey hehehe v rythi stry v inthizaaru kurevey next part avahah up kolladhybala
Aish koba photo ge vahaka gule hisabunenu anan vani dho…
Khajja miharu barabaru dho… aslu vara siru gina eche vima kikurani dhoo? adhi hives nukura goi vane seriousko
Salhi
V v vSalhi