“ހަލޯ.. އައިދަން… ޒީ ވަރަށް ސަކަރާތްވެފައި އެ އިންނަނީ… ސިއްސަ ސިއްސައިގެން ދަނީވެސް… މަންމައަކާއި އެއްވެސް ވަރަކަށް ވާހަކައެއްނުދެއްކި.. އެނދުން ތެދުވާކަށް ނޫޅުނު.. ކޮފީތަށިބޮއެގެންވެސް ހަމައިނީ.. ޒީ ރަނގަޅެއްނޫން އައިދަން.. އެއްވެސް އެއްޗެއް ނުބުނެ އިންނަ ދިމާލަކަށް އިންނަނީ ގެއްލިފަ… ބިރުވެރިކަމެއްގައި… މަންމައަށް ހީވަނީ އެ ހުވަފެނުގެ ސަބަބުންހެން…” ސަމީމާ ކަންބޮޑުވެލަމުން ބުނެލީ ގުޅައިގެން ހުރި އައިދަންއަށެވެ. އައިދަން ހިތްނުތަވަސްވިއެވެ. “މަންމާ އަޅުގަނޑު އެބަ ދަން އިރުކޮޅަކުން އިނގޭ..” އައިދަން ބުނެލިއެވެ. ސަމީމާ ހުމް އަޅުވާލުމަށްފަހު ސިޑިން […]
ހަދާނެ ގޮތެއް ވިސްނަން އާޔާ އެނދުމަތީގައި އިނީ ދެފައި ވައް ކޮށްލައިގެންނެވެ. އަންޖޫދާއާ ރާހުލް ދުރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ދެން ހަދަންވީ ކިހިނެއްކަން އޭނާގެ ސިކުނޑި ގޮވާލުމާއެކު އާޔާ ގެއިން ނިކުމެގެން މިސްރާބު ޖެހީ ޒުލޭހާމެން ގެއާ ދިމާއަށެވެ. އެގެއާ އަރާ ހަމަވުމާއެކު އޭނާ އެގެއަށް ވަނީ މަގުގެ ދެފަރާތުގައި އެއްވެސް މީހަކު ނެތްކަން ޔަޤީންކޮށްފައެވެ. ދޮރުމައްޗަށް އަރައި ގޭތެރެއަށް ނަޒަރު ހިންގާލިއިރު ސިޓިންގރޫމް ސޯފާގައި ދެފައި ދަމައިގެން އޮތް ޒުލޭހާ ފެނުމުން […]
ލޯބިވަން ޔާރާ އޭ 11 “ޑޭން ބައްޕަ އުޅެނީ ޑޭން އަށް ކަމެއް ކުރަން” ޔޫލީ ޖަވާބު ދިނެވެ. “ވަޓް؟؟” ދާއިން ހައިރާން ކަމާއި އެކު އަހައިލިއެވެ. “އާނ. ނޭނގެ ކޮން ކަހަލަ ކަމެއް ކަމެއް. ބައްޕަ އެކަން ރާވަން ގުޅި މީހާގެ ނަމްބަރު އޮބެއް. ޕްލީޒް ޑޫ ސަމްތިންގް.” ޔޫލީ ރޮވިފައި އިނދެ ބުންޏެވެ. ދާއިން އާނއެކޭ ބުނެ ނަމްބަރު ފޮނުވުމަށް ބުނަމުން ފޯން ބޭއްވީ ހާސް ވެފައި ހުރެ އެވެ. ހެނދުނުގެ ވަގުތެވެ. އީތަން […]
އަހަރެންގެ ހަޔާތަކީ ދިރުނބާއެއް ނެތް އޮޑިއެކޭ އެއްވެސް ތަފާތެއް ނެއް އެއްޗެކެވެ. ދިރިއުޅުމުގެ މައިދާނުގައި ހަނގުރާމަ ކުރީ ސަލާމަތްވާނެ ކަމުގެ ފޮނިއުއްމީދުގައެވެ. އެހެނަސް ތަޤްދީރު އަހަރެންނަށް ކެހި ދިނީ ހީވެސް ނުކުރާހާ ހިތި ގޮތަކަށެވެ. އަހަރެންނަ އައުފް ދިމާވީ ދުނިޔެ އަހަރެން ބާކި ކޮށްލި ވަގުތުގައެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 24 އަހަރެވެ. ******************************************************************************* “އޭމަންޖޭ ބުނެބަލާ..ލަދުން ނުހުރެ އައިސްބަލާ..ނަން ބުނެބަލާ” އެ އިވުނު އަޑަކީ އަހަރެންނަށް އާ އަޑެއް ނޫނެވެ. އަދި މިގޮތަށް އެގުރޫޕުން […]
“ނޫން. ވިއާމާ. އަދި މިވާހަކަ ސިއްރު ކުރޭ ﷲ އަށްޓަކައި. އާދޭސް ކުރަން.” ސާރާ ދެއަތްޖޯޑު ކޮށްފަ ރޮމުން ވިއާމާ ގެ ފައިބުޑަށް ތިރިވެފަ ވިއާމާ ފައިގައި ހިފަމުން ބުނެލިއެވެ. “މަލް. ކަލޭ ހިތުގައިވާ އެއްޗެއް އަހަރެންނަށް ނޭގެ އެކަމަކު އަހަރެންވަނީ ކަލެޔާއެކުގަ އެންމެ ރަނގަޅު ނުބުނާނަން” ހިނިތުންވެލަމުން ވިއާމާ ސާރާޔާ ކަރާކަރު ޖައްސާ ސަލާމް ކުރިއެވެ.. އަދި ދެއެކުވެރިން އެކަކު އަނެކެއްގެ ކަރުނަ ފޮހެދިނެވެ. އެއީ ހިތާމަޔާ އުފާއެކުލެވިގެންވާ މަންޒަރެކެވެ. ލޯތްބާއި އެކުވެރިކަން ފެނިގެން ދިޔަ […]
ހާފިޒް ޒީޝަންގެ ކަންފަތާއި ކައިރިވެލިއެވެ. “މިވާހަކަ ސިއްރުނުކޮށްފިއްޔާ އައިދަން އަށް ވާނެވަރު އަންދާޒާވެސް ނުކޮށްލެވޭނެ ހަނދާންބަހައްޓާތި… މިގޭ އެންމެންގެ ސަލާމަތްކަން ބޭނުމިއްޔާ އިނގޭ ދޯ ކުރަންވީ ކަންތަށް… އަދި ބުނަން…. އަހަރެންނަކީ އާދައިގެ މީހެއްނޫން… ދެމިނެޓް ތެރޭ މި އެންމެންގެ ދުވަސް ދުއްވާލެވޭނެ ބާރު އެބައޮތް… ޒީޝަން މިކަން ސިއްރުކުރުން ނޫނީ މި މީހުންގެ ފުރާނަ ސަލާމަތްކުރުން އޮންނާނީ…..” ހާފިޒް އެހެން ބުނެލުމަށްފަހު ޒީޝަންއާއި ދުރަށްޖެހިލިއެވެ. ޒީޝަންއަށް ނޭވައި ލެވުނީ ދެނެވެ. އޭނާ އަމިއްލަ ތުންފަތުގައި ދަތްއަޅާލިއެވެ. ދެންމެ […]
“ކަލޭ ތިދިޔައީ މަގޭއަތުގާ ކަލޭގެ ބޯޑިން ޕާސް ބާއްވާފަ ނޫންތަ؟ އަން. މިއޮތީ. ދެން ބުނެބަލާށެވެ. ކަލޭގެ ކުރީގައި ހުރެގެން އެދިޔައީ ކޮން ގޮލައެއްތަ؟ ދެމީހުން ވާހަކަ ދެއްކިތަންވެސް މަދެކުނިން ޔަޤީން. އެއީ މިހާރު އަތު އަޅުވައިގެން އުޅޭ ބިޓް ދޯއެވެ؟ ކަލޭ ރީތި ކަމުގެ ފައިދާ ތިނަގަނީ ހާދަ ރަނގަޅަށޭ.. އެކުއްޖާގެ ހާލު ހިތަށް އަރާފަ ހަމްދަރްދީވެވޭ” ދެރަހްމަތްތެރިންގެ މިވާހަކަ ވަރަށް ސާފުކޮށް ކިޔޫގަ ހުރި މުރާދަށް އަޑުއިވުނެވެ. މުރާދު އެނބުރި ބަލާވެސް ނުލިއެވެ. އެކަމަކު […]
އެއާއި އެކު ޒީޝަންގެ ނަޒަރު ހުއްޓުނީ ކުޑަ ކަބަޑުމަތީ ރިންގުވަމުން ދިޔަ އައިދަންގެ ފޯނަށެވެ. ޒީޝަން ފޯނު ނަގައި ބަލައިލުމާއި އެކު މޫނުމަތި ބަނަވިއެވެ. އޭނާ ތުރުތުރު އަޅަންފެށިއެވެ. އައިދަން ފާހަނައިން ނިކުތްއިރު ޒީޝަން ހުރި ގޮތުން އައިދަން ދެބުމަ ގޮށްޖަހާލާފައި އެދިމާލަށް ގޮސް ޒީޝަން ހިފަހައްޓައިގެން ހުރި ފޯނު ނެގިއެވެ. އައިދަންގެ މޫނު އުޖާލާވިއެވެ. އަދި ވަގުތުން ފޯނުނެގިއެވެ. ޒީޝަން އިންގޮތް ހިސާބަކަށް އޭނާ ހަނދާންނެތުނެވެ. ޒީޝަން އަތަށް ބަލައިލުމަށްފަހު އައިދަންއަށް ބަލައިލިއެވެ. އެ ފޯނު ކޯލާއި އެކު އައިދަންގެ […]
ޓެކްސީގެ ދޮރުހުޅުވުމަށްފަހު މަންޝާ އިށީނުމުން އަޒީމް އެރީ މަންޝާ ކައިރިއަށް ޓެކްސީގެ ފަހަތު ސީޓަށެވެ. އެމީހުންނަށް ޓެކްސީއަށް އެރުމާއެކީ ޓެކްސީގެ ކުރީ ސީޓަށް ޟިރާރު އެރިއެވެ. ދާންވީ ތަން ޓެކްސީ ޑްރައިވަރ ކައިރީ ޟިރާރު ބުނުމުން އެ ޓެކްސީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ގޯތިތެރެއިން ނުކުތުމަށް ދުއްވާލިއެވެ. “އަޒީމް… އަޒް… އަހަރެން ބޮލުގަ ވަރަށް ރިއްސާ….” މަންޝާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަނގައިގާ އެއްވެސް ވަރެއް ނެތް ކަހަލައެވެ. ސޯސަންމަގާ މަޖީދީމަގާ ހަތަރު އަނގޮޅިވާ ސަރަހައްދުގައި ހުރި […]