“ކީއްވެތަ ރާހުލް؟ ކީއްވެތަ ރާހުލްއަށް އަންޖޫދާ ކަމުދިޔައީ؟ އަހަރެން ހުއްޓާ އަންޖޫދާގެ ފަރާތުންތަ ރާހުލް އުފާ ހޯދަނީ؟ އަހަރެންވެސް ރާހުލް ދެކެ ވަރަށް ލޯބިވެޔޭ…. ރާހުލް ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެން ރާހުލް ބޭނުންވި… އަންޖޫދާ ގޮތަށް ލޫޅާފަތި ނުވިޔަސް އަހަރެންވެސް ހަމަ ރާހުލްއަށް ލޯބި ދެވޭނެއޭ…” ރާހުލް ގެ ތަނަވަސް މޭމަތީގައި ބޮސްދެމުން ޒުލޭހާ ވާހަކަ ދައްކަމުން ދިޔައިރު ރާހުލްގެ މޭ ނުބައި ކުރާ ގޮތްވިއެވެ. ރާހުލް ލައިގެން ހުރި ޓީޝާޓުގެ އަޑިން އަތް ގެންދަމުން […]
ލޯބިވަން ޔާރާ އޭ 13 ފެަން ވަރަން މާގަނޑު ދޮށުގައި ހުރި އިރު ކުރިން ދުވަހު ފާހާނާތެރޭ އީތަން އާއި އެކީ ޖެހުން ސަކަރާތް ހިތައް އަރާފައި ބޭ އިހްތިޔާރުގައި ހިނިތުން ވެވުނެވެ. ހިތްހަމަ ޖެހޭ ވަރުވުމުން މިޝެލް ގައި ހިއްކަމުން ކޮޓަރި އަށް ނުކުތީ އީތަން ހުންނާނެ ކަމަކަށް ނޫނެވެ. ކުރިމަތީ އައިސް ހުއްޓުނު އީތަން ފެނިފައި މިޝެލް އަށް ހަޅޭއް ލަވައިގަނެވުނީ އަތުގައި އޮތް ހުދު ތުވާލިން ގައި ނިވާ ކުރަން މަސައްކަތް ކުރަމުން […]
ގޭތެރަށް ވަދެގެން އައި ހައްވަ އަށް މިކްޔާ ހުރިގޮތް ފެނިފަ ހިނިތުން ވެވުނެވެ. މިކްޔާ އަކީ ޝަމާންގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެންމެ އެކަށޭނެ ކުއްޖާ އެވެ. މިކްޔާގެ އެހުންނަ މަޑުމއިތިރި ކަމާހިތްތިރިކަމުގެ ސަބަބުން ހައްވަ އޭނަދެކެ ލޯބިވަނީ އަމިއްލަ ދަރިޔަކު ފަދައިންނެވެ. މިކްޔާ ކައިރިއަށް ޖެހިލަމުން ހައްވަ ކަރުކެހިލި އެވެ. މިއަޑަށް ސިއްސައިގެން ގޮސް މިކްޔާ އަށް ތެޅިގަނެވުނެވެ. އަދިކުރިމަތީގައި ހުރި ހައްވަ ފެނިފަ ލަދުން އިސްޖަހާލެވުނީ އޭނާ އަށް ހުރެވުނު ގޮތް ހިތައް އެރުމުންނެވެ. […]
ލޯބީގެ ބާރުގަ އޮޔާ ބެހިގެން މިހާ ދުރަށް ދެވޭއިރު ނޫމާވަނީ އާކިންގެ އަމަލުތައް ހުއްޓުވަން ނުކުޅެދިފައެވެ. ކުއްލިއަކަށް ދެމީހުން ސިހިގެން ދިޔައީ………… އާކިންގެ ފޯނު ރިންގު ވާން ފެށުމުންނެވެ. އޭރު އާކިންގެ މޫނުން މަސްތުކަން ކެނޑި ފެންނަމުން ދަނީ ހާސްކަމެވެ. ” އޯހް….ޝިޓް…ތޭންކް ގޯޑް” ފަހުން ހިތާމަކުރަންޖެހޭ އެއްވެސް ކަމެއް ނުވިކަމަށްޓަކާ އާކިން ހިތަށް ހަމަޖެހުން ލިބުނެވެ. ޓީޝާޓް ލުމަށްފަހު ނޫމާ އުރާލަމުން ފޯނަށް ބަލާލިއެވެ. ” ކާކު ގުޅީ؟…ޔަގީން އެއްކަލަ މަންޖެކަން!…އަދިވެސް ގުޅާތަ..! ވަރަށް ފޫހިވޭ! […]
އައިދަން ޒީޝަން ދުރަށް ލާން މަސައްކަތްކޮށްލިއެވެ. ނަމަވެސް އެއިން ކޮންމެފަހަރަކު އޭނާގެ ގައިގާ ޒީޝަން އިތުރަށް ހިފަހައްޓާލައެވެ. “ޒީޝީ.. އޮންނަންވީއޭ…” އައިދަން ބުނެލިއެވެ. ހަޤީޤަތުގައި އޭނާ ޒީޝަންގެ މޫނު ބަލާލަންބޭނުންވީއެވެ. ޒީޝަން އޭނާގެ ތުންފަތުގައި ދަތްއަޅާލިއެވެ. އޭނާ ލަދުން ރަތްވެފައި އިން އިރު މޫނުމަތި ވަނީ އުޖާލާވެފައެވެ. ޒީޝަން “ނޯ” އޭ ބުނެލިއެވެ. “ހީނުކުރައްޗޭ ދުރަށް ނުލެވޭނެއޭ…” އައިދަން ބުނެލިއެވެ. ޒީޝަން އޭނާގެ މޫނު އައިދަންގެ ކޮނޑުގައި ފޮރުވާލީ ގަދަހަދަމުންނެވެ. އައިދަން ޒީޝަންގެ އުނަގަނޑުގައި އިނގިލިޖައްސާލީ ހީނގިލިކަރުވާލަންށެވެ. […]
“ޝުކުރީއްޔާ. ތިޔަ ހެޔޮކަމުގެ ބަދަލު އަހަރެން އަދާކުރާނީ ކިހިނެއް؟” މީރާ ލަދުވެތިކަމާއެކު އަހާލިއެވެ. “ހޫނން” މުރާދު ދިގުކޮށް ނޭވާދަލާމިއެވެ.ކޮންމެ ހެޔޮކަމެއްގެ ބަދަލު ދޭންޖެހޭނެދޯ. އަހަރެންގެ ކާގަޑި އެއްވެސް މީހަކަށް ނުދެވޭނެ މާލޭގަވެސް މަންމަޔާ ކޮއްކޮ ކާގަޑީގައި ކިތަންމެ ބޮޑު ކަމެއް އޮތަސް އަންނާނެ.އަހަރެމެން ކާނީ އެކުގަ އެހެންވެ ކަލާ ކޭންބައްލަވާ ކޮންމެ ގަޑިޔެއްގަ ބޮޑާ ނަހާކާ ކާން އަންނަންވާނެ. އެކަނި ހުރެ ކެއުމަކީ އަޅުގަނޑުގެ އާދައެއް ނޫން މިކަން ފުރިހަމަ ކޮށްދެއްވީޔާ އަޅުގަނޑު ބަލާނީ އަގު […]
އެއާއެކު މީރާއަށްވެސް ރޮވުނެވެ. ވަކިވެ ގޮސްފައިވާ ދަރިފުޅަށްޓަކާ އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ތިބެ މީރާއާ ރާހިލް ރުޔެވެ. އެކަކު އަނެކަކަށް ހިތްވަރު ދެމުންނެވެ. “މީރާ… އަހަރެން ދިޔައިން ފަހުން… އަހަންނަށް ވިސްނުނީ މާފަހުން… އަހަރެން ދިޔައިން، އެކަމަކު އޭރު މީރާމެން އެހެން ތަނަކަށް ބަދަލު ވެއްޖެ… އެޑްރެސް ލިބޭތޯ މީރާގެ ކޮލެޖަށްވެސް ދިޔައިން… އެކަމަކު މީރާ ކޮލެޖުން ކެނޑުނު ކަން އެނގުނީ… ތާނީވެސް އެހެން ކޮލެޖަކަށް ޗޭންޖްވީ… އަހަރެން މަސައްކަތް ކުރިން، އަހަރެން ދިޔައިން މީރާ […]
ލޯބިވަން ޔާރާ އޭ 12 ގެއަށް ދެވުމާއި އެކު ކާރުން ނުކުމެ އީތަން ދުއްވައިގަތީ ގޭތެރެއަށެވެ. އެތެރެއަށް ވަންއިރު މީހެއްގެ ހިލަމެއް ނެތުމުން އީތަން ހަލުވިކަމާއި އެކު ސިޑި ކަޑައްތުކޮށްލަމުން މައްޗަށް އެރީ މިޝެލް އަށް ގޮވަމުން ނެވެ. ނަމަވެސް ޖަވާބެއް ނައެެވެ. އީތަން ކޮޓަރި ހުޅުވައިލި އިރު ކޮޓަރީގައި ވެސް މިޝެލް ގެ އެއްވެސް ހިލަމެއް ނެތެވެ. އީތަން ބޮލުގައި ހިފަހައްޓައިލަމުން ވިސްނާލިއެވެ. ޔަގީނެވެ. މިޝެލް ދާނީ ނެހާ އެހެން ނޫނީ މިޝެލް މެން ގެއަށެވެ. […]
ޝަމާންގެ ހިތުގައި ވަނީ ބޮޑުހައިޖާނެއް އުފެދިފައެވެ.ރަހުމަތްތެރިންތަކަކާ ކުރެވުނު ބެޓެއްގެ ސަބަބުން އޭނަ މިހާރު ސިކުނޑި ސުމަކަށް ދާ ވަރު ވެއްޖެެއެވެ. ނޭނގުމެއްގެ ތެރޭގައި އޭނާ އަށް ވަނީ މިކްޔާގެ ރީތިކަމަށް ހިތް ލެނބިފައެވެ. މިކްޔާ ދެކެ އިންތިހާއަށް ލޯބި ވެވިފައިވީނަމަވެސް އެކަން އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނޫނެވެ. އޭނާ އަށް މިކްޔާ އެންމެ ފުރަތަމަ ފެނުނީވެސް 2މަސް ދުވަސް ކުރިންނެވެ. އެދުވަހަކީ އޭނާ މާލޭގައި ކިޔެވުން ނިންމާލުމަށްފަހު ޗުއްޓީ އަށް ރަށަށް އައި ދުވަހެވެ. ******** […]