Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 10

shooty
October 6, 2016
6 Mins Read
98 Views
40 Comments

ލޯބިވަން ޔާރާ އޭ 10

މިޝެލް ކިތަންމެ ގަދައެއް ހެދިޔަސް އީތަން އަށް މިފަހަރުވެސް ކާމިޔާބުވިއެވެ. ކާމިޔާބީގެ ހިނިތުން ވުމަކާއިއެކު އީތަން ގޮސް ކާރަށް އެރީ ޑިކީ ތަޅުލާވެސްލާފައެވެ.

މިޝެލް ބިރުން ގޮސް ހަލާކުވީ ތަނެއްދޮރެއްވެސް ފެންނަން ނެތުމުން ނެވެ. އީތަން އަށް ޑިކީ ހުޅުވުމަށް އެދި އާދޭސް ކުރަމުން ދިޔައިރު ނޭވާ ވެސް ހާސް ވަމުން ދިޔައެވެ.

ޔޫލީ އާއި ދާއިން ތިބީ އާޓިފިޝަލް ބީޗްގަ އެވެ. ދެމީހުން އަލުން ގުޅުން ފަހުން އަދިކިރިޔާ ބައްދަލުވީ އެވެ. ދާއިން ގެ އަތާއި ޔޫލީގެ އަތް ގުޅިލާމެހިފައި ވާއިރު ދެމީހުންގެ ތުންފަތުގައި ވެސް ފުން ހިނިތުންވުމެއްވެއެވް.

“ޑޭން ލެޓްސް ގެޓް މެރީޑް” ޔޫލީ ގެ އަޑުގައި ވަނީ ސީރިއަސް ކަމެވެ.

“ދުލުން ބުނެލަން ކިތަންމެ ފަސޭހަޔަސް ތިކަން ކުރެވެން އޮތީ ޔޫލީ ގެ ޕޭރެންޓްސް އާ ބައްދަލުވެގެން.” ދާއިން ގެ ޖުމްލަ ނިމުން ކަމެއް ނޭނގެ އެވެ. ޔޫލީ ގެ ފޯން ރިންގު ވާން ފަށައިފިއެވެ. ގުޅަނީ ސޫޒަން އެވެ.

“މަންމާ. އޯކޭ. އޯކޭ. މިދަނީ އިރުކޮޅަކުން” ޔޫލީ ފޯން ބާއަވަމުން ދާއިން އަށް ބަލައިލީ ކަންބޮޑު ވެފައެވެ.

“ކާކު ތަ ގުޅީ؟” ދާއިން ސުވާލު ކޮށްލިއެވެ.

“މަންމަ ގުޅީ ބައްޕަ ބުނުއްވައިގެން. ވަރަށް ހިތްހަމަ ނުޖެހިފަ ހުރި ވާހަކަ ބުނީ އަވަހަށް ގެއަށް އާދެބަލާށޯ.” ޔޫލީ ގެ އަޑުގައިވާ ހާސްކަން ދާއިން އަށް އިހުސާސް ވިއެވެ.

“އެހާވަރަށް ހާސް ނުވެބަ ލަވް. ބައްޕަ އަށް ކަމެއް ދިމާވީ ކަމަށް ވެސް ވެދާނެ. ހިނގާ އަވަހަށް ދާން. މިހާރު އެއޮށް ހަ ގަޑި ބައި ވަނީ. ނަމާދުވެސް ނުކޮށް މި އިނދެވެނީ” ދާއިން ޔޫލީ ގެ އަތުގައި ހިފައި ނަގަމުން ހިނގައިގަތީ ދުރުގައި ޕާކް ކޮށް ފައި އޮތްަ ޔޫލީގެ ކާރާއި ދިމާއަށެވެ.

އީތަން އިނީ އޭނާގެ މެކް ބުކުން އޮފީހުގެ މުހިންމު މަސައްކަތެއް ކުރާށެވެ. މަސައްކަތަށް ގެއްލިފައި އިނދެވުން ވަރުން ގަޑިން ވީ އިރު ވެސް އީތަން އަށް ނޭނގުނެވެ. ނަމަވެސް އެތެރެ އަށް އަނދިރިކަން ވެރިވުމުން އީތަން ގަޑި ބަލައިލި އެވެ. އެއާއި އެކު އޭނާ ހަނދާން ވީ އަދިވެސް މިޝެލް ކާރުގެ ޑީކީ ގައި އިންކަމެވެ.

“އޯ ގޯޑް. ހައު ކެން އައި ފޮގެޓް” އީތަން އަށް ތެދުވެގެން ދުއްވައިގަނެވުނީ މިޝެލް އަށް ކަމެއް ވެއްޖެއްޔާ ހުރިުހައި ޒިންމާއެއް އެޅޭނީ އޭނާގެ ބޮިލުގައި ކަމަށް ވާތީ އެވެ. ގަރާޖް ހުޅުވުމަށް ފަހު ދިއްލައިލައިފައި އަވަހަށް ތަޅުދަނޑި ނެގުމަށް ފަހު ޑިކީ ހުޅުވައިލި އެވެ. އީތަން ދެތިން ފަަހަރަކު މިޝެލް އަށް ގޮވައިލުމުން ވެސް މިޝެލް ހަރަކާތެއް ކޮށްނުލާ އޮތުމުން އަވަސް އަވަހަށް އީތަން މިޝެލް ނަގައި އޭނާގެ އަތްަދަނޑި މައްޗަށް އުފުލައިލަމުން ގަރާޖުން ނުކުމެގެން ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. ގިނައިރު ވުމުގެ ސަބަބުން މިޝެލްގެ ހަށިގަނޑު ވަނީ ދާހިއްލާ ފޯވެފައެވެ. އީތަން މިޝެލް ގެންގޮސް ބާއްވައިލީ އީތަންގެ ކޮޓަރި އެނދުގައެވެ. ސައިޑް ޓޭބަލްމަތީ ހުރި ފެންފުޅި ނަގަމުން އީތަން މިޝެލްގެ މޫނުގައި ފެން ހާކައިލީ ހޭއެރުވުމަށެވެ. އިރުކޮޅަކު އެހެން އޮވެފައި މިޝެލް ކެއްސައިލުމުން އީން ލޯމަރައިލީ މިޝެލް އަށް ގޮތެއް ނުވެ ރަނގަޅުވުމުންނެވެ. މަޑުމަޑުން އެސްފިޔަ ތައް ތަޅުވައިލުމަށް ފަހު މިޝެލް ބަލި ގޮތަކަށް އީތަން އަށް ބަލައިލިއެވެ. އީތަން މިޝެލް އޭނާގެ މޭގައި ޖައްސާލުމާއި އެކު މިޝެލް ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައެވެ.

“އަހަރެން މަރާލަބަލަ. އޭރުން ވެސް ތިހިތަށް…” މިޝެލްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އީތަން މިޝެލް ދޫކޮށްލިއެވެ.

” ތިހާލުގަ އޮވެގެން ވެސް ޖަދަލު ކުރެވޭތޯ ބަލާތި. މިތާ ރީތިކޮށް އޮވޭ. އެބަ އަންނަން ކާއެއްޗެއް ހިފައިގެން” އީތަން އަމުރުކޮށްލަމުން ނުކުމެގެން ދިޔުމާއި އެކު މިޝެލް ލޯ މަރައިލިއެވެ.

ޔޫލީ ގެއަށް އައިސް ވައިން އިރު ސޫޒަން އާއި އަލްހާން ސިޓިންގް ރޫމް ސޯފާގައިު ތިއްބެވެ. އަދި ފުރަގަސް ދީގެން އިން އެހެން މީހެއްވެސް އިނުމުން ޔޫލީ ގެ ހިތައް ބިރުވެރިކަން ވަނީ ކޮންމެވެސް ކަމެއް ގޯސްކޮށް ވެއްޖެހެން ހީވުމުން ނެވެ. މަޑު ފިޔަވަޅު ތަކެއްގައި ޔޫލީ ގޮސް ހުއްޓުމާއި އެކު އެންމެންގެ ނަޒަރު ޔޫލީ އަށް ހުއްޓިގެން ދިޔައެވެ.

“ކިހިނެތް ތޯ ވެގެން މި އުޅެނީ؟” ޔޫލީ އަދަބުވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. އަލްހާން ޔޫލީ އާއި ދިމާ އަށް ބަލައިލާފަ ސޫޒަންގެ މޫނަށް ބަލައިލިއެވެ.

“ދަރިފުޅަށް އިނގޭތަ މި އިންނެވީ ކާކު ކަން؟” ސޫޒަން ހިނިތުން ވެލަމުން ގޮސް ޔޫލީގެ އަތުގައި ހިފައި ސޯފާ ގަ ބޭންދިއެވެ. އަލްހާން އާ ދާދި އެއް އުމުރެއްގެ ފިރިހެންމީހާ ޔޫލީ އަށް ހިނިތުން ވެލުމުން ޔޫލީ ވެސް ހިނިތުންވެލަމުން ބޯހޫރައިލީ ސޫޒަން ކޮށްލި ސުވާލުގެ ޖަވާބެއްގެ ގޮތުން ނެވެ.

“މީ ބައްޕަގެ ބިޒްނަސް ޕާޓްނާއެއް. ސަލީމް. ސަލީމް އައިސް އެއިނީ ސަލީމް ގެ ފިރިހެން ދަރިފުޅުގެ ކައިވެނި ދަރިފުޅާ ކޮށްދިނުމަށް އެދިް” އެ ޖުމްލަ އާއި އެކު ޔޫލީ ގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައީ ލިބިގެން ދިޔަ ޝޮކްގެ ސަބަބުން ނެވެ. ނަމަވެސް ވާހަކަ ދައްކަން ވީ ވަގުތު އައިސް ޖެހިއްޖެ ކަމުގައި ވިސްނުމުން ޔޫލީ ހިތްވަރުކޮށްލަމުން ވާހަކަ ފެށިއެވެ.

” އެކަމު ބައްޕާ އަޅުގަނޑު ލޯބިވާ އެހެން ކުއްޖަކު ހުރޭ” ޔޫލީ ގެ ޖުމްލަ އާއި އެކު ސަލީމް އަލްހާން އަށް ބަލައިލިއެވެ.

“އަޅުގަނޑު ދާން ޖެހިއްޖެ. މާދަމާ އަޅުގަނޑު ގުޅާލާނަން” ސަލީމް އެހެން ބުނެފައި ނުކުމެގެން ދިއުމުން އަލްހާން ގެ ރުޅިވެރި ނަޒަރު ޔޫލީ އަށް ހުއްޓުނެވެ.

“އަހަރެން ޔޫލީ ގާތަކު ނާހަން ލޯބިވާ މީހެއް ހުރިުތޯއެއް. ކައިވެނި ހަމަ ޖެހުނުކަން އަންގަން ޔޫލީ ގެނައީ” އަލްހާން ހަރުކަށިކަމާއި އެކު ބުންޏެވެ. ޔޫލީ ގެ ލޯ ފެންކަޅި ވީ އަލްހާން ދުވަހަކުވެސް އޭނާގެ ނަމުން ގޮވާފައި ނުވާތީ އެވެ. ސޫޒަން އަށް ޔޫލީ ބަލައިލީ އެހީތެރިކަމެއް ލިބޭތޯ އެެވެ. ނަމަވެސް ސޫޒަން އިސްޖަހައިލީ އެވެ.

“ޕްލީޒް ބައްޕާ. ދާއިން އަކީ ވަރަށް ރަނގަޅު ކުއްޖެއް. ރަނގަޅު އޮފީހެއްގެ ރަނގަޅު މަގާމެއްގައި އޭނާ ހުންނަނީ. ދާއިން އާ އެއް ފަހަރު ނަމަވެސް ބައްދަލުކޮށްލަން އެއްބަސްވެލައްވާ] ޔޫލީ އާދޭހާއި އެކު ބުންޏެވެ.

[މައްސަލައެއް ނެތް . ތި ކިޔާ ދާއިން އެއް ގާތު ބުނޭ މާދަން ރޭ މިގެއަށް އަންނަން.] އަލްހާން އިން ތަނުން ތެދުވަމުން ހިނގައިގަތް އިރު އެ މޫނުމަތީގައިވާ ހިތްހަމަ ނުޖެހުން ސޫޒަން ދެނެގަތެވެ.

“ކާއެއްޗިހި ތައްޓަކަށް ލައިގެން އީތަން ކޮޓަރި އަށް ވައިން އިރު ޔޫލީ އިނީ އެނދު މަތީގައި އިށީނދެލައިގެން ނެވެ. އީތަން ކާއެއްޗިހި ސައިޑް ޓޭބަލް މަތީގައި ބަހައްޓަމުން މިޝެލް އަށް ބަލައިލިއެވެ.

“މާދަން ހެނދުނުގެ ފްލައިޓުން ދަނީ. ކައިގެން ރެޑީ ވޭ. ގެއިން ނުކުންނަން ޖެހޭނެ ފަތިހު ފަސް ގަޑި ބައިގަ” އީތަން ބުނަން ބޭނުން ވާ ވާހަކަ ބުނެ ނިންމަމުން ނުކުމެގެން ދިޔައީ ކުރަން އިން މަސައްކަތް ނިންމާށެވެ.

އަލްހާން އެނދުގައި އޮށޯވެގެން އޮތް އިރު ވިސްނަމުން ދިޔައީ ދާއިން ޔޫލީ ގެ ހަޔާތުން ބޭރު ކޮށްލާނެ ގޮތަކާއި ދޭތެރޭ އެވެ. އެވަރުން އިންޒާރު ދިނީމައި ވެސް އެ ފިރިހެން ކުއްޖާ އެކަން ނުހުއްޓުމުން އެހެން ގޮތަކުން ދާއިން ގެ ކަންތައް ނިންމުމަށް އަލްހާން ވިސްނަމުން ދިޔައެވެ. ތެދުވެގެން ގޮސް ފޯން ނެގުމަށްފަހު ނަމްބަރަކަށް ޑައިލް ކޮށްލި އިރު އަލްހާންގެ ތުންފަތުގައި ވަނީ ވިހަ ހިނިތުން ވުމެކެވެ. އެކޮޅުން ފޯނު ނެގުމާއި އެކު އަލްހާން ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެން ކަލެއަށް ގުޅީމަ އިނގެން ޖެހޭނެ މި ގުޅީ ވަރަށް ބޮޑު އެހީތެރި ކަމެއް ބޭނުން ވެގެން ކަން. ކަލޭ ބުނި އަގެއް ދޭނަން. ކޮށްދޭންވީ ކަމަކީ އެއްކަލަ ފިރިހެން ގޮލާ މަޅިއެއްގައި ބައްދާލަން ވީ.” އަލްހާން ގެ ބަސްމަގު ހުރި ގޮތުން އޭނާ ވާހަކަ ދައްކާ މީހާ އަކީ ކުރިން ވެސް އޭނާ އާ ގުޅުމެއް އޮތް މީހެއްކަން ކޮންމެ މީހަކަށް ވެސް އިނގޭނެ އެވެ.

ކޮޓަރި އަށް ވަންނަން އައި ސޫޒަން އަށް މަޑު ޖެހިލެވުނީ ފިރިމީހާ ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން ނެވެ.

“އާ ކަލެއަށް ވާނެކަން މަށަށް ވެސް އިނގޭ. ހައެއްކަ ކިލޯ ގައި ބެދުނީމަ ފުދޭ ވަރެއްގެ ޖަލު ހުކުމެއް އަންނާނެ. އޯކޭ މަ ބޭއްވީ. ހުރިހައި ކަމެއް ރަނގަޅަށް ކުރާތި. އެކަކަށް ވެސް ކަލޭގެ ހިލަމެއްވެސް ވިޔަ ނުދޭތި. ދާއިން ބެދުނީމަ ނޫނީ ކަލޭގެ ލާރިކޮޅެއް ނުދޭނަން.” އަލްހާން ގެ ޖުމްލަ އަޑު އިވުމާއި އެކު ސޫޒަންގެ ފައިކޮޅުން ވާގިދޫ ނުވީ ކިރިޔާ އެވެ. އޭނާ ދެކެ ލޯބިވާ އަލްހާން ގެ ހުރި ނުބައި ސިފައިގެ ސަބަބުން ސޫޒަން ގެ ލޮލުން ކަރުނަ ނިރާލިއެވެ. އަލްހާން ފޯން ބާއްވާފަ ފާހާނާއަށް ވަނުމުން ސޫޒަން ގޮސް އަލްހާންގެ ފޯން ނަގައި ކޯޑް ޖެހުމަށް ފަހު ދެންމެ އަލްހާން ގުޅި ނަމްބަރު އޭނާގެ ފޯނަށް ފޮނުވައިލިއެވެ.

ހުޅުލޭ ފެރީ ޓާމިނަލް ކައިރީ އީތަން އާއި މިޝެލް މަޑުކޮށްލައިގެން ތިބީ ލޯންޗުގެ އިންތިޒާރުގައެވެ. އަމިއްލަ ފަސްގަނޑަށް އާދެވުމުން މިޝެލް ގެ ހިތަށް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައިވާ ކަހަލައެވެ. މަންމަ އާއި ދޮންބެ ދެކޭ ހިތުންވެސް ކެތްކުރެވެނީކީ ނޫނެވެ. އިރުކޮޅެއްފަހުން ލޯންޗް އައުމުން ދެމީހުން ލޯންޗަށް އެރުމާއިއެކު ލޯންޗް ނައްޓައިލިއެވެ.

އީތަން ކާރުގެ މިސްރާބު ބަހައްޓައިފައި ހުރި ދިމާލުން މިޝެލް އަކަށް ސުވާލު ކޮށް ނުލައެއް ނީނދެވުނެވެ.

“ކޮންތާކަށް ތި ދަނީ. އަހަރެން ބޭނުމީ އަހަރެންގެ ގެއަށް ދާން” މިޝެލް ބުންޏެވެ.

“މި ދަނީ މަގޭ ގެއަށް. މިޝެލް ވެސް ދެން އުޅޭނީ އެގޭގަ. މީހަކާ އިނީމަ ފިރިމީހާ ދައްކާ ތާކު އުޅެން ޖެހޭނީ” އީތަން ރުންކުރު ކަމާއި އެކު ވާހަކަ ދެއްކިއެވެ.

“ޕްލީޒް އީތަން. އަހަރެން އީތަން އާއި އެކު ދާނަން އެކަމަކު ބޭނުން މަންމަމެނާ މީޓްކޮށްލަން” މިޝެލްގެ އަޑުގައި ވަނީ އާދޭހެވެ.

[މަށަށް ހެޔޮ. މަށެއް މިޝެލް އެގެއަކަށް ނުގެންދާނަން. މާ ފޮނިކަން ނުދައްކާ މަޑުން އިނދޭ. މިޝެލް އާ ބައްދަލުކުރަން ބޭނުމިއްަޔާ ޖެހޭނީ އެ މީހުން އަންނަން. އަހަރެން އެކަން މަނައެއް ނުކުރާނަން.] އީތަން ގެ ޖުމްލަ އާއި އެކު މިޝެލް އިސްޖަހައިލީ އީތަން ގެ ކައިރިން ކުރިނުލިބޭނެކަން އިނގޭތީ އެވެ.

އީތަން ގެ ގެއަށް އާދެވުމުން މިޝެލް ހުރީ ހައިރާން ވެފައެވެ. ދެބުރިއަށް ނަގާފައިވާ އިރު ގޯތީގެ ހުސްތަންކޮޅުގައި އެކި ވައްތަރުގެ ގަސް އިންދާފައި ހުއްޓެވެ. ހީކުރި ވަރަށް ވުރެ ވެސް އެގެ ފުރިހަމައެވެ. މިޝެލް އީތަން އާއި އެކު އެތެރެއަށް ވަދެގެން ދިޔައިރު މުއްސަނދިކަން އެކި ދިމަ ދިމާލުން ފެންނަން ހުއްޓެވެ.

“މިއަދުން ފެށިގެން މިޝެލް ވެސް އުޅެންޖެހޭނީ އަހަރެންގެ ކޮޓަރީގަ. އަދި އަހަރެންގެ އެންމެ ބޭނުމަކަށް ދެކޮޅު ހެދިޔަސް އެކަމުން ނުކުންނާނީ ހިތި ނަތީޖާއެއް ކަން މިޝެލް އަށް އިނގެން ޖެހޭނެ.” އީތަން އަމުރުވެރި ކަމާ އެކީ ވާހަކަ ދެއްކި އިރު އެ އަޑުގައި ވެސް ވަނީ ނުރައްކާތެރި ކަމެވެ.

ސޫޒަން ހެނދުނު ހޭލެވުމާއި އެކު ދިޔައީ ޔޫލީ ގެ ކޮޓަރި އަށެވެ. މިއަދަކީ ޔޫލީ އަށް ޗުއްޓީ ދުވަހެއް ކަމުން އަދިވެސް ޔޫލީ އޮތީ ނިދާފައެވެ. ނަމަވެސް އޭނާ ކުރަން އުޅޭ ކަންތައް އަވަސް ނުކޮށްފިއްޔާ ޔޫލީ އަށް ދެރައެއް ލިބިދާނެތީ ކޮންމެހެން ވެސް ޔޫލީ އަށް ގޮވަން މަޖުބޫރު ވިއެވެ.

“ދަރިފުޅާ ޔޫލީ.. އޭޭ ތެދުވެބަލަ” ސޫޒަން ޔޫލީގަ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ޔޫލީ އަކީ ނިދި މަޑު ކުއްޖެއް ކަމުން ހޭލުއްވުން އެއީ އުނދަގޫ ކަމަކަށް ނުވިއެވެ.

[މޮމް. ކިހިނެއް ވީ ތަ މިގަޑީގަ ތި ގޮވަނީ؟] ޔޫލީ ލޯ އުނގުޅަމުން ވާހަކަ ދެއްކިއެވެ.

[ދަރިފުޅާ. ވަރަށް ބޮޑު ކަމެއް މަންމަ އަށް އިނގިއްޖެ. އެކަންތައް ދަރިފުޅަށް ސިއްރު ކޮއްފިއްޔާ މަންމަ ވާނީ އެންމެ ނުބައި މަންމައަށް. އެހެން ނޫނަސް ދަރިފުޅިަށް ދެރައެއް ލިބޭކަށް މަންމަ ބޭމުއެއް ނޫން” ސޫޒަން ގެ ވާހަކަ ހުރި ގޮތުން ޔޫލީ ހާސްވާ ގޮތްވިއެވެ.

“މަންމާ ޕްލީޒް. އަޅުގަނޑު ނުތަޅުވާ ވީ ގޮތެއް ބުނެބެލަ” ޔޫލީ ސޫޒަންގެ އަތުގައި ހިފައިލަމުން ބުންޏެވެ.

[ދަރިފުޅާ ބައްޕަ އުޅެނީ ދާއިން އަށް ލަނޑެއް ދޭން ވެގެން.” ސޫޒަން އަށް ރޮވުނީ ރޭގައި އަލްހާން ފޯނުން ދެއްކި ވާހަކަ ތައް ހަނދާން ވެފައެވެ. ސޫޒަން އޭނާއަށް އިވުން ހުރުހައި ވާހަކަ ތަކެއް ކިޔައި ދެމުން އަލްހާން ގުޅި ނަމްބަރު ޔޫލީ އަށް ދިނެވެ.

“މަންމަ އަށް ކޮށްދެވޭނެ ވަރަކީ މީ. އަދިވެސް އެހީއެއް ބޭނުމިއްޔާ މަންމަ ގާތު ބުނޭ. ވެވޭ ވަރު ކަމެއް ނަމަ ކޮށްދޭނަން.” ސޫޒަން ޔޫލީގެ ބޮލުގައި ފިރުމައިލިއެވެ. ރޮވިފައި އިން ޔޫލީ ސޫޒަން ގެ ގައިގައި ބައްދައިގަތެވެ.

“މަންމާ ބައްޕަ ކީއްވެ ތަ މަންމަ ގޮތަށް އަޅުގަނޑުގެ އުފަލާ މެދު ނުވުސްނަނީ؟” ޔޫލީ ރޮމުން އަހައިލިއެވެ.

“ނޭނގެ ދަރިފުޅާ. ދެންަ ތިހެން ނީނދެ އަވަސް ކުރޭ. ދާއިން އަށް ގުޅާފަ

ބުނޭ އޭރުން ނެއްނު ގޮތެއް ހެދޭނީ” ސޫޒަން ޔޫލީގެ ކަރުނަތައް ފޮހެދެމުން ބުންޏެވެ. ޔޫލީ ބޯޖަހައިލަމުން ދާއިން އަށް ގުޅި އިރު އެ އަތް ތުރުތުރު އަޅައެވެ. ދާއިން ‘ހެލޯ’ އޭ ބުނުމާއި އެކު ޔޫލީ ގެ ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ.

“ޔޫލް. ވަޓް ހެޕެންޑް؟ ކީއްވެ ތި ރޮނީ” ދާއިން އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ.

“ޑޭން. ބައްޕަ އުޅެނީ ޑޭން އަށް ކަމެއް ކުރަން” ޔޫލީ ޖަވާބު ދިނެވެ.

“ވަޓް؟؟” ދާއިން ހައިރާން ކަމާއި އެކު ބުންޏެވެ.

ނުނިމޭ

81
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shooty

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 24

Next

މަންޝާ (ބާވަންނަ ވަނަ ބައި)

Next
October 6, 2016

މަންޝާ (ބާވަންނަ ވަނަ ބައި)

Previews
October 6, 2016

ނޭނގޭހެ ހާދަ ލޯބިވޭ 24

40 Comments

  1. shooty says:
    October 6, 2016 at 3:35 pm

    alhuganduge story kiyaa kudhin here is anothe ep. story kamu nudhaa kudhinnah ves varah bodah thanks thidhey hiyaalah. that will improve my writing skills. thankyou so much and dhey konme hiyaaleh ves balaigannaanan. but I have a little request. please dont comment rudely to any writer. that will make them feel down. huriha kudhinnan kamudhaa gothakah ehves vaahakaeh nugenes dheweyne. so please understand ingey.. I love you all and maadhamaa story up eh nuvaane. iraadha kureviyya Saturday ga up kohdheynan :-*

  2. mee kocheh says:
    October 6, 2016 at 3:37 pm

    Hadi….. maa avahah hurihaa kameh vegen dhany…

  3. Aishyn says:
    October 6, 2016 at 3:39 pm

    Haadha kurey bt stry v salhi nxt prt avahah up koh fhehchey plxxxxc……

  4. CHoOpY says:
    October 6, 2016 at 3:45 pm

    Hardha kurey shooty… eoh kiyaahithun indha e nimunii… warah reethi mibai vx…

  5. shooty says:
    October 6, 2016 at 3:45 pm

    sorry mee koacheh. next storyga iraadha kureviyya thikan rangalhu kohllaanan ingey. and thanks for reading mee koacheh and aishyn

  6. Aish says:
    October 6, 2016 at 4:05 pm

    V reethi. Eulhey eethan ah bondi eh dheynvee.

  7. migu says:
    October 6, 2016 at 4:06 pm

    it’s a wonderful story….

  8. Shaya says:
    October 6, 2016 at 4:13 pm

    Vvvv reethi mi part ves. Thank you shooty baraabarah up kohdhey thy. ❤❤❤❤❤❤?????

  9. Aishaaaaa says:
    October 6, 2016 at 4:19 pm

    Finaly…. v reethi mibaives❤ bt thankolheh kuryma. ,v kiyaahithun indha a nimunyy… waiting next part… thnx shootyyy ❤ ❤ ❤ ❤

  10. Madhy says:
    October 6, 2016 at 4:20 pm

    Wow story v salhi ?

  11. ninaa says:
    October 6, 2016 at 4:25 pm

    V reethi story eh . Waiting 4 next part . Pls kudakoh digu kohleveytho balachey

  12. lala says:
    October 6, 2016 at 4:37 pm

    vvv reethi mi stry … but kyvehtha baeh readers reethi vaahaka eh genesdheyn fashaaiarah hadi hadi ey kiyany ..hadi ey kiyaafa ves knme part eh kiyaane mi readers tha adhu thibeyny vaahaka up vandhen inthizaaru kohgen… vvv foohi vey mikahala kanthahthaka ..writers vaahaka hutaaleema knme reader wh aadheskohfa innaane up kuraashey kiyaafa . ehkam ginain aadheys kohfa innanyves hadi ey kiyaa readers .. so plx stop these stupid things.. anyway varah reethi vaahaka eh mee

  13. Ithoo says:
    October 6, 2016 at 4:44 pm

    mihaaru okey vey eba. but thakolhe sufakurun reethi kohlaafa ehaa avas aruvaa nulan v. but yes improved. faadu ves keema kuri araani dhw shooty ?

  14. shooty says:
    October 6, 2016 at 4:49 pm

    ya ithoo. thanks.. 🙂

  15. Anu says:
    October 6, 2016 at 4:55 pm

    Vrh reethi ❤❤

  16. niha says:
    October 6, 2016 at 5:01 pm

    VVVV reethi……

  17. Yaani says:
    October 6, 2016 at 5:05 pm

    Keep it up shooty varah reethi

  18. naanu says:
    October 6, 2016 at 5:20 pm

    Alhe midhen reethi vaahaka eh tha…plot is so weak….sifa kurumey kiyeykahala sifakurumehves ney….ingey aa writer ehkanves…but hope next part will improve…..good luck

  19. rose says:
    October 6, 2016 at 5:24 pm

    thiulhenii mivaahaka reethivegen ehenve thibunanii hadhiey dhen lala…….. mi partvs varah salhi

  20. yaana says:
    October 6, 2016 at 5:39 pm

    vvv reethi

  21. shain says:
    October 6, 2016 at 5:56 pm

    Wow… neh hama bumaane ehcheh ves..just wow…vara rythi

  22. Laal says:
    October 6, 2016 at 6:17 pm

    Nice keep it up good luck

  23. Noor says:
    October 6, 2016 at 6:44 pm

    Shooty thanks mihaaru esfiyain ganavy anma kiaa hivvaa adhi anma in thizaaru kuravay 1 story thee.thankolhah dhigukollun v bodah edhan. thanks.??????????

  24. Ellie says:
    October 6, 2016 at 7:42 pm

    Varah varah reethi mi part ves. But i have one request. Can you include more parts of ethan and michelle please? I just love their scenes together ehenve. You’re an awesome writer! ❤

  25. shooty says:
    October 6, 2016 at 7:49 pm

    thikudhin ge edhumuge mathin mishel and eethan ge bai gina kuryma baeh kudhinnah kamaku nudhiya. so I decided to bring both couples part equally ellie. I am sorry to disappoint some readers but I am trying to do my best. thankyou so much and I will try ingey ellie 🙂

  26. Azu says:
    October 6, 2016 at 8:29 pm

    Vaahaka hama v reethi….konme vaahaka ehga nubai meehunah molhu thah libemun gos enme fahun rangalhu meehunah kaamiyaabu vanee….abadhu ehen vanyaa ves kamaku nudhaane….baeh vaahaka jeheyne rangalhu meehunah abadhuves kaamiyaabu libey gothah hunnan….aslu v reethi mi vaahaka…ethan ah rangalhu landeh dhemaa bahee…..lov the stry…kyp it up….???? hurihaa kudhin beynun vaa gothah vaahaka nugeneveyne…shooty liyan raavaafa oih gothah liyuneema rangalhu vaane hama…sifa kurun thah reethi kohlaa ingey kanbuloa….??

  27. Reesham says:
    October 6, 2016 at 9:37 pm

    Koba mi story ge kury 2 part… 8 & 9… esfiya ga fennan iny 7th part ah fahu 10th….ekm story hama vv reethi

  28. Sheeby says:
    October 6, 2016 at 10:39 pm

    Varah reethi mi story???

  29. inaya says:
    October 6, 2016 at 11:21 pm

    Shooty mee haadha reethi vaahkaekey…

  30. Azuna says:
    October 6, 2016 at 11:24 pm

    V V V REETHI❤.Waiting nxt part?

  31. Shinaa says:
    October 7, 2016 at 7:15 am

    V v reethi.. V kiyaahihvey next part.. Bt thankolheh dhigu koh vaahaka genes dhinun edhen.. Vaahaka kiyamundhaairu manzaruthah kurimathin feney

  32. shabbu says:
    October 7, 2016 at 9:55 am

    I dnt understand this story…

  33. Anii says:
    October 7, 2016 at 3:49 pm

    Shooty koba next part

    1. mishel says:
      October 7, 2016 at 4:00 pm

      Shooty koba next part can’t wait to read

    2. mishel says:
      October 7, 2016 at 4:00 pm

      Shooty koba next part can’t wait to read

    3. mishel says:
      October 7, 2016 at 4:00 pm

      Shooty koba next part can’t wait to read

  34. vishaa says:
    October 7, 2016 at 4:09 pm

    ur the best vara reethi,,,keep it up

  35. xenn says:
    October 8, 2016 at 10:24 am

    Kobaaa tha story…..shooootyyyyy avahah up kohbaaaaaaa…..

  36. Fat says:
    October 8, 2016 at 10:55 am

    Waiting holiday ekey avahah up kolaba pls

  37. shaya says:
    October 8, 2016 at 2:46 pm

    Shootee Next part pls

Comments are closed.

All Right Reserved!