ލޯބިވަން ޔާރާ އޭ 9
ލޯބިވަން ޔާރާ އޭ 9
އީތަން ހުރިހައި ފޮއްޓެއް އޭނާގެ ކޮޓަރިއަށް ވެއްދުމުން މިޝެލް އީތަން އަށް ފާޑަކަށް ބަލަން ހުއްޓެވެ.
“ފާޑަކަށް ބަލަން ހުންނާނެ ކަމެއް ނެތް. މަށެއް ތި މޮޔަ ކުއްޖާ ގަނޑު މި ކޮޓަރި އަކަށް ނުވައްދާނަން. އަނެއްކާ އަހަރެން ރޮލާ ކާލައިފިއްޔާ މުޅިން ސަކަރާތެއްނު. އޭރުން މެރީ ކުރުމަށް ފަހު ކުރަން ހުރިު ހުރިހާ ކަމެއް ފްލޮޕް ވީނު. ސޯ ވައިލްޑް ލޭޑީ ގެ ފޮށި ހިފައިގެން ކޮންމެވެސް އެހެން ރޫމަ އަކަށް ދޭ!!” އީތަން ބުނި އެއްޗަކަށް މިޝެލް އަވަހަށް އެއްޗެކޭ ނުބުނެ ފޮށި ހިފައިގެން ނުކުތީ އަނެއްކާ ބުނެވޭ އެއްޗަކުން ވެސް އީތަން ހިޔާލު ބަދަލު ކޮށް ފާނެތީ އެވެ.
ޔޫލީ އާއި ދާއިން ގެ ގުޅުން ކުރިއަށް ދާންފެށި އެވެެެެ. ޔޫލީ އާއި ދާއިން ވެސް ވިސްނަމުން ދަނީ އަވަހަށް ކައިވެނި ކުރާށެވެ. ދާއިން ޔޫލީ އާއި ގުޅުން ކަޑައިލަން ޖެހުނު ހަގީގީ ސަބަބު ފަހުން ކިޔައިދިނެވެ. ދެމީހުން ވެސް ވިުސްނާ ވިސްނާ އެއީ ކާކު ކުރި ކަމެއް ކަމެއް ނޭނގުނެވެ. އެކަހަލަ ބޭކާރު ކަމަކާ ބޯ ނުގޮއްވާ ދިރިއުޅުމައިގެން ކުރިއަށް ދާން ދެމީހުން ވެސް ނިންމިއެވެ.
ހެނދުނު އެރި އިރާއި އެކު މިޝެލް ތެދުވީ ބަގީޗާ ރަނގަޅަށް ބަލައިލަން ދިއުމުގެ ނިޔަތުގައެވެ. މިރޭ ކައިވެނި ކުރެވުމުގެ ކުރިން ސިކުނޑި ހަމަ ޖައްސައިލަން އެބަ ޖެހެއެވެ. ކުރިމަތިލާން ޖެހޭނީ ކޮން ކޮން ކަންތަކަކާ ކަމެއްވެސް އިނގެނީ އެއްވެސް ނޫނެވެ. ރޭގަވެސް އެއްގޮތަކަށް ވެސް މިޝެލް އަކަށް ނުނިދެއެވެ.
ބަގީޗާ ތެރެއަށް ނުކުތް އިރު ް ދުންފިނީގެ އަސަރު ހުރުމުން މިޝެލް ހީކަރުވާ ގޮތްވިއެވެ. ރަތާއި ހުދު އަދި ނުލާއި ދަނބު ކުލައިގެ މާތަކުން އެތަން ވަނީ ފުރިފައެވެ. އެތަނުން މިޝެލް އަށް އެންމެ ރީތި ވީ ރަތްކުލަ ގަދަ ކަމުން ގޮސް ލޭކުލަ އަރާފައި ހުރި ފިނިފެންމާ ތަކެވެ. ފިނިފެންމަލެއް ބިންނަން އުޅެނިކޮށް މިޝެލް ގެ އަތަށް ތަންކޮޅެއް ފަލަ ކައްޓެއް ހެރުނެވެ. އެއާއިއެކު ލޭ ނިރާލުމާއިއެކު އެތަނަށް ނުބަލާން މިޝެލް މޫނު އަނބުރައިލީ ލޭފެނުމުން އަބަދު ވެސް އޭނާގެ ހެއަށް ގޮތް ވާތީ އެވެ.
އެ އޮށް ހުރިހައި އިރު މިޝެލް އުޅުން ގޮތް ބަލަން ދުރުގައި އީތަން ހުއްޓެވެ. އެ ތުންފަތުގައި ވަނީ އާދަޔާ ހިލާފު ހިނިތުން ވުމެކެވެ. ކަށި ހެރިގެން މޫނު އަނބުރައިލުމާއިއެކު އީތަން ދުވެލާފައި ގޮސް މިޝެލް ގެ ކައިރިއަށް ހުއްޓި ލޭއައިސްފައި ހުރި އިނގިލި އަނގައަށްލިއެވެ. މިޝެލް އަށް ސިހިފައި އީތަން އާއި ދިމާއަށް ބަލައިލެވުނެވެ. މި ޝައިތޯނާ އަށް ނުފެންނަނީ ކޮން ކަމެއް ހެއްޔެވެ. އަތް ފިހުން ދުވަހުވެސް މާ ރަނގަޅުވެގެން ބޭސް ހާކައިދީފައި އަދި އެވަރުން ނުފުދިގެން އެވަރަށް އެއްޗިސް ކިޔެވެ. މިވަގުތު ވެސް ކިޔަން ފަށާނެ އެއްޗެއް އިނގެނީ އެއް ނޫނެވެ. ނަމަވެސް އެފަދަ ކޮންމެ ވަގުތަކު މިޝެލް އަށް އާދަޔާ ހިލާފު ހިތްހަމަ ޖެހުމެއް ލިބެއެވެ.
” ތިހާ ނާޒުކު ކުދިން ރަނގަޅު ވާނީ މިކަހަލަ ގަސް ގަހާ އަތް ނުލިއްޔާ” އީތަން ހިތްހަމަޖެހޭ އެއް ކަމެއްވެސް މިޝެލް އަށް އެބަ ކުރެވޭ ހެއްޔެވެ.
” އަހަރެން އަތްލާނެ އެއްޗެއް އިނގޭނީ އަހަންނަށް. އަހަރެން ހުންނަ ކޮންމެ ތާކަށް ތި ފިރިހެނާ އަންނަނީ އަހަރެން ބުނެގެނެއް ނޫން. އަހަންނަށް ބޭނުން ގޮތެއް ހަދާފަ އަދި މާ ރަނގަޅު ކަމަށް ހެދެން އުޅޭނެ ކަމެއް ނެތް.” މިޝެލް މޫނު ކުނި ކޮށްލަމުން ދާން ހިނގައިގަތްތަނާ އީތަން މިޝެލްގެ އަތުގައި ހިފައި ލުތްކެއެއް ޖަހާފައި ގެނެސް ތަތް ކޮށްލީ އެ ފިރިހެންވަންތަ މޭމަތީގައެވެ. އީތަން ދެބުމަގޮށް ޖަހައިގެން ހުރި އިރުވެސް ރީތިކަމުން ހީވަނީ ހަމަ ހޮލީވުޑް ފިލްމީތަރިއެއް ހެނެވެ. މިޝެލް އެ ހެޒެލް ކުލައިގެ ލޮލުން ކަޅިޖަހައިނުލާ އީތަންގެ މޫނަށް ބަލަން ހުރީ ބަސް ހުއްޓިފައެވެ.
“މިސް މިޝެލް، އަހަރެން ލައިކެއް ނުވޭ ތިގޮތައް އަހަރެން އިގްނޯ ކުރާ ކުދިން ނަކަން. ސޯ ޑްރޮޕް ޔުއަ އެޓިޓިއުޑް އެންޑް ރެޑީ ފޯ ޓުނައިޓް. މިރޭ ތި ކުއްޖާ ވާނީ އަހަރެންގެ ހައްގަކަށް. އޭރުން ތިކުއްޖާ ޖެހޭނީ އަހަރެން ބުނާ ހުރިހާ ކަމެއް ކޮށްދޭން. ނުކޮށްދީފިއްޔާ އައި ވިލް ޕަނިޝް ޔޫ ލައިކް އަ އެނިމަލް” އީތަން ގެ އަޑުގައި ހުރީ ނުރައްކާތެރި ގޮތެކެވެ. އެފަދަ އިންޒާރުތައް ދޭ ކޮންމެ ވަގުތަކު މިޝެލް ގެ ހިތް ބިރުން ރޫރޫ އަޅައިގަނެއެވެ. އީތަން މިޝެލް ދޫކޮށްލުމަށްފަހު އެތެރެ އަށް ހިނގައިގަތެވެ. މިޝެލް ހެއްދެވި ފަރާތަށް ދުޢާ ކުރީ އީތަން އަކީ ރަނގަޅު ފިރިއަކަށް ވުމަށް އެދިއެވެ.
ކައިވެނީގެ ހެދުން ލައިގެން ހުރި އިރު މިޝެލް ގެ ރީތިކަން އިތުރު ވެފައި ވެއެވެ. ޕާޓީ އެއް ނުބޭއްވިޔަސް ކައިވެނި ހެދުމެއް ލުމަކީ އަބަދުވެސް މިޝެލް ގެ އުންމީދެކެވެ. މަޑު ޕީޗް ކުލަ މިޝެލްގެ ދޮން ހަންގަނޑާ ވަރަށް ގުޅެއެވެ. އިސްތަށިގަނޑު ވަނީ ބްރައިޑަލް ސްޓައިލަކަށް ހުޅިއެއް ޖަހާފައެވެ. މަޑު މަޑު މޭކަޕެއް ކޮށްފައި ވާ އިރު ވަރަށް ވެސް ސާދާ އެވެ. މޭކަޕާއި އިސްތަށިގަނޑު ހަދައިދޭން އައިސް އުޅުން މީހުން ހުރިހައި ކަމެއް ކޮށް ނިންމުމަށް ފަހު ދިއުމުން ވެސް މިޝެލް ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރީ ހިނިތުންވެލައިގެން ނެވެ. ނަމަވެސް މަންމަ މަތިން ހަނދާން ވުމުން މިޝެލްގެ މޫނުމަތީގައިވާ ހިނިތުން ވުން ފަނޑުވެގެން ދިޔައެވެ. މިކަހަލަ ވަގުތެއްގައި މިޝެލް އަށް އޭނާގެ މަންމަ ވަރަށް މުހިންމެވެ. މަންމަ އާއި ވާހަކަ ދައްކައިލަން ބޭނުން ވެފައި ހުރިވަރުން މިޝެލް އެނދު މަތީ އޮތް ފޯން ނަގައި ނަމްބަރަށް ޑައިލް ނުކުރެވި އުޅެނިކޮށް ދޮރު ހުޅުވާލައިފިއެވެ. މިޝެލް ބަލައިލި އިރު ހުރީ އީތަން އެވެ. ކަޅުކުލައިގެ ކޯޓް ގެ އެތެރެއިން ހުދު ގަމީހެއް ލާފަ ޕީޗް ޓައީ އެއް އަޅައިގެން ހުރި އިރު އީތަން ވެސް ނުހަނު ރީއްޗެވެ. ބޯ ވެފައި ފަން އިސްތަށިގަނޑު އަރިއަކަށް ކަހާލައިފާ ވާއިރު ފިރިހެން ވަންތަ ކަމުގެ ލާމަސީލު މިސާލެއް ފަދަ އެވެ.
“ޔޫ..ޔޫ ލުކް ބިޔުޓިފުލް. އެންޑް…ސެކްސީ” އީތަން އަށް މިޝެލް އަށް ތައުރީފު ކޮށް ނުލައި ނުހުރެވުނެވެ.
“އެންޑް ޔޫ ލުކް ހޭންޑްސަމް” މިޝެލް ވެސް އީތަން އަށް ތައުރީފު ކޮށްލީ ހިތުގެ އަޑިން ނެވެ. އީތަން މިޝެލް ގެ އަތުގައި ހިފައިގެން ހިގައިގަތީ ކޯޓަށް ދާންޖެހޭ ވަގުތު ކުޑަތަން ވާތީ އާއި ގަޑި ޖެހިގެން ދާން ބޭނުންނުވާތީީ އެވެ.
މިފަހަރު ޑްރައިވަރެއްގެ ބަދަލުގައި ކާރު ދުއްވަން އިނީ ސީދާ އީތަން އެވެ. މިޝެލް ވެސް ހިމޭން ކަމާއި އެކު އިނީ މިރޭ ވާނެ ގޮތަކާއި މެދު ވިސްނާށެވެ. ފަނަރަ ވަރަކަށް މިނިޓު ތެރޭ ކޯޓަށް ދެވިއްޖެއެވެ. ގަޑިޖެހެން ދެން މާ ގިނަ އިރުތަކެއް ނެތުމުން އީތަން އާއި މިޝެލް ގޮސް ކޯޓު ތެރެއަށް ވަނެވެ. ހުރިހާ ކަމެއް އެހާ އަވަހަށް ވާތީ އާއި އީތަން ގެ އުޅުން ހުންނަ ގޮތުން މިޝެލް އިންނަނީ ހާސްކަމެއްގެ ތެރޭގައެވެ.
ހިނދުކޮޅެއްގެ ތެރޭގައި ކައިވެނީގެ ހުތުބާ ފެށުނެވެ. ހާސް ވެފައި އިން ވަރުން ކިޔާއެއްޗެއްވެސް މިޝެލް އަކަށް ނޭނގެއެވެ. މިޝެލް އަށް ފުން ނޭވާއެއް ލެވުނީ އީތަން އިނގިރޭސިން އަނބި ގަބޫލުކޮށްފީމޭ ބުނުމުން ނެވެ.
ގެއަށް ދާން ކާރުގައި ތިބި އިރު ވެސް ދެމީހުން ކުރެ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. މިޝެލް އަށް މިހާރު އޭނާ އަކީ އީތަން ގެ ހައްގެކޭ ހިތައް އެރުމާއި އެކު މެއަށް ފިނިވެގެންދިޔަެއެވެ.ގެއަށް ދެވުމާއިއެކު މިޝެލް ކާރުން ފައިބައިގެން މަޑު ކޮށްލީ އީތަން ކާރު ގަރާޖަށް ލާފައި އަންނަން ދެނެވެ. އީތަން އިރުކޮޅެއްގެ ތެރޭގައި އައުމުން ދެމީހުން އެކުއެކީގައި އެތެރެއަށް ވަންނަން ހިނގައިގަތެވެ.
މިޝެލް ސިޑިއާ އަރާހަމަ ވުމާއި އެކު އީތަން މިޝެލް އެ ބާރުގަދަ ދެ އަތް މައްޗަށް އުފުލައިލީ ލުއި ފަތެއްހެނެވެ. މިޝެލް އީތަން ގެ މޭގައި މޫނު ފޮރުވައިލަން ކިތަންމެ ބޭނުން ވިޔަސް އެކަން ކުރާކަށް ނުކެރުނެވެ. އެވަރުން ވެސް އީތަން ގެ ހިތުގެ ތެޅުމުގެ އަޑު ސާފު ކޮށް މިޝެލް އަށް އިވިއިވި ހުއްޓެވެ. މަޑުމަޑުން ހިނގާފައި ގޮސް އީތަން ހުއްޓުނީ އޭނާގެ ކޮޓަރިކައިރީއެވެ. އެއާއިއެކު މިޝެލް ދޮރުހުޅުވަން އެހީވެދިނުމުން އީތަން ގެ ގާތަށް ހިނިއައުމުން މިޝެލް ރަކިވެގެން މޫނު އަނބުރައިލިއެވެ. މަޑުމަޑު ތަންމަތީގައި މިޝެލް ގެ ބުރަކަށި ޖެހުމާއި އެކު އީތަން ގެ ހަށިގަނޑުވެސް މިޝެލްގެ އަންހެންވަންތަ ހަށިގަނޑުގެ އެއްފަޅީގައި ލައްވިއެވެ. އީތަންގެ ނަޒަރު ހުއްޓައިލެވިފައި ވަނީ މިޝެލް ގެ ރީތި ތުންފަތަށެވެ. މިޝެލް ލޯމަރައިލީ އީތަން އަށް ދައުވަތު ދެމުން ނެވެ. އެއާއި އެކު ދެމިގެން ދިޔަ ހިނދުކޮޅު ކުރެވުނު ތަޖުރިބާ އަކީ މިޝެލް އަށް މުޅިން އާ ތަޖުރިބާ އެކެވެ. މިއަދު ކާރު ތެރޭ އީތަން އެކަން ކުރި ގޮތާއި މި ވަގުތާއި ހާސް ބައި ތަފާތެވެ.
“ތިހާ ރީތި ކުއްޖެއް ދުވަހަކުވެސް ނުދެކެން. ޔޫ އާ ސޯ ބިއުޓިފުލް” އީތަން މިޝެލް ގެ މޫނުގައި ފިރުމައިލީ މަލެއްގެ ފިޔައިގައި ފިރުމާލާ ފަދައިން ނެވެ. މިޝެލް އީތަން ގެ ބޮޑުއަތްތިލައިގައި އެ ކުޑަ އަތުން ހިފައިލާ އިނގިލިތައް މަހައިލަމުން ބޮސްދިނެވެ. އަދި އީތަން ގެ މޭގައި މޫނު ފޮރުވައިލީ އީތަން އޭނާ ހީކުރި ފަދައިން ނުވުމުންނެވެ. އީތަންވެސް މިޝެލް އަށް އިޖާބަ ދިނީ އެ ރީތި އަތްތިލައިގައި ބޮސްދެމުން ނެވެ.
“އޯހް. އަދި މިހިރީ ހަނދާން ނެތިފަ. ތި ލޯބި ކުއްޖާ އަށް ތައްޔާރު ކޮށް ފައި އޮތް ގިފްޓެއް އޮންނާނެ.” އީތަން ތެދުވަން އުޅުމުން މިޝެލް ހުއްޓުވިއެވެ.
“ކޭންޓް އިޓް ވެއިޓް؟” މިޝެލް ގެ އަޑުން އޭނާ އީތަން ގެ ލޯތްބަށް ފެން ބޮވައިގެންފައި ވާ ވަރު ހާމަވިއެވެ.
“ސޮރީ ޑާލިން. އެކަމު ދެޓްސް އިމްޕޯޓެންޓް” އީތަން ކުޑަކޮށް ހީލަމުން ތެދުވެ އަލަމާރިން ބަންދު ކޮށްފައި އޮތް ހަތަރެސްކަން އާދައިގެ ވަރެއްގެ ފޮއްޓެއް ނަގާ މިޝެލް އަށް ދިއްކޮށްލިއެވެ. މިޝެލް ހިނިތުން ވަމުން އޭގައި ހިފިއިރު ވަރަށް ލުޔެވެ.
“މިހާރު އޯޕެން ކުރަން ވީ ތަ؟” މިޝެލް އަހައިލީ އީތަން ބޭނުން ވާ ގޮތެއް ޔަޤީީން ކުރުމުގެ ބޭނުމުގައެވެ.
“ހޫމް. ތީ އަހަރެންގެ ފަރާތުން އަހަރެން ގެ ލޯބި ލޯބި ވައިފަށް ދޭ ވަރަށް އަގުހުރި ގިފްޓެއް.” އީތަން ގެ އަޑުގައި ހުރި ގޮތަކުން މިޝެލް ކުޑަކޮށް ކަންބޮޑު ވި ނަމަވެސް ހިނިތުން ވެލަމުން އެ ކެނޑުމުގެ މަސައްކަތް ފެށިއެވެ. ޔަގީނެވެ. މި ވާނީ މިރެއަށް ހާއްސަ ކޮށް އީތަން ދޭ ނައިޓީ އަކަށެވެ. އެހާ ލުއީ އެހެންވެ އޭ މިޝެލްގެ ހިތައް އެރިއެވެ. ނަމަވެސް އެ ކަނޑާ ނިމުން އިރު އޭގައި އޮތް ސިޓީ އުރަ ފެނިފައި މިޝެލް ކުޑަކޮށް ހައިރާން ވިއެވެ.
“މީ ކޯއްޗެއް؟” މިޝެލް އީތަން އަށް ބަލައިލަމުން އަހައިލިއެވެ.
” ބުނީމަކާ ސަޕްރައިޒަކަށް ނުވާނެ އެއްނު. އޯޕެން އިޓް” އީތަން ހަށަން ބަނދެލަމުން އަލަމާރީގައި ލެނގިލިއެވެ. މިޝެލް ސިޓީ އުރަ ކަނޑައިލަމުން އޭގެ ތެރޭގައި އޮތް އެތި ނަގައި ނިއުޅައިލި އިރު އޮތީ އީތަން އާއި ފުރަތަމަ ދިމާވި ދުވަހު ހިނގިި އެކްސިޑެންޓް ގެ ފޮޓޯ ޖަހައިގެން ލިޔެފައި އޮތް އާޓިކަލް އެކެވެ. ‘އަންހެން ކުދިން ނާ ދިމާލަށް އެއްޗިހި ކިޔާ ފިރިހެނުންނަކީ ވަރަށް ފިނޑި ބައެކެވެ.’ ސުރުހީގައި އޮތެވެ. މިޝެލް އީތަންަ އަށް ބަލައިލި އިރު އެ މޫނުމަތިން ފާޅުވަނީ ރުޅިވެރި ކަމެވެ. މިޝެލް ހިންދިރުވައިލީ ވާން އުޅޭ ގޮތަކާއި މެދު ކަންބޮޑު ވެފައި އިނދެއެވެ.
“ސޯ މިސް މިޝެލް. ސަޕްރައިޒް ކަމުދޭތަ؟” އީތަން ނުލަފާ ވައްތަރަކަށް ހީގަނެގެން ހުރި އިރު މިޝެލް އިނީ އިންތިހާ އަށް ބިރުގެންފައެވެ.
“ޕްލީޒް އީތަން. އެއީ އަހަރެން އަތުން ގަސް..” މިޝެލް އަށް އެހާ ހަމައަށް ބުނެވުމާއި އެކު އީތަން ހަޅޭއް ލަވައިގަތެވެ.
“ބޭކާރު ވާހަކަ އަޑު އަހާކަށް ބޭނުމެއް ނޫން. ވަރަށް އިނޮސެންޓް ކަމަށް ހެދޭއިރު ތި ކުއްޖާ އާ ހެދި މަގޭ އީގޯ އަށް ވެސް ހުތުރު އަރައިފި.” އީތަން އައިސްފައި ހުރި ރުޅީގެ ސަބަބުން ވާހަކަ ދެއްކީވެސް އެހައި ބާރަށެވެ.
“އީތަން ދެން ކީއްވެ އަހަރެން ނާ މެރީ ކުރީ؟” މިޝެލް ރޮވިފައި އިނދެ ބުންޏެވެ.
“އަދި ވެސް ނުވިސްނޭތަ މޮޔަ ކުއްޖާ؟ ތީ މިކަން ސްޓާޓް ކުރި މީހަކީ. އެހެންވީމަ މިކަން ނިންމުން އޮންނާނީ މަށަށް. ވަރަށް އުފާވި ދޯ އަހަރެން ކަހަލަ މީހެއް މެރީ ކުރަން ލިބުނީމަ. ” އީތަން ގެ އަޑުގައިވާ މަލާމާތުން އަބަދުވެސް ރުޅި އަންނަ މިޝެލް މިފަހަރު ވީ ދެރައެވެ. ހުރިހައި ކަމެއް އެހާ ރަނގަޅަށް ގޮއްސައި ކުއްލިއަކަށް މި ވީ ކިހިނެތް ހެއްޔެވެ.
“ޕްލީޒް އީތަން. އަހަރެން ނަށް ކޮންމެ ޕަނިޝްމެންޓެެއް ދިނަސް ވަރިހަމަ. ޕްލީޒް ޑޯންޓް ހޭޓް މީ” މިޝެލް ކުއްލިއަކަށް ތެދުވެގެން ގޮސް އީތަން ގެ މޫނުގައި އެއަތް ޖައްސައިލިއެވެ. ހަމަ އެއާއި އެކު އީތަން މިޝެލްީ ގެ އަތް ފޮޅުވައިލީއެވެ. ރޮމުން ދިޔަ މިޝެލް ފެނިފައި ވެސް އެ ހިލަ ހިތައް އަސަރެއް ނުކުރިއެވެ.
“އަހަރެން ދެރަވާނެކަމަށް ތަ ތި ރޮނީ؟ ބޮލަށް އުނދަގޫވެއޭ އެބަ.” އީތަން ގެ ރުޅިވެރި ބަސްތަކުން ޔޫލީގެ ހިތައް އިތުރު ހިތްދަތި ކަމެއް ލިބުން ނޫން ކަމެއް ނުވިއެވެ. ދެރަވީ ވަރުން މިޝެލް ގެ ފައިކޮޅުން ވަރު ދޫވެގެން ޓައިލްތައް މަތީ ކުޑަ ކަކޫ ޖެހުނީ ބޭއިހްތިޔާރުގައެވެ. އީތަން މިޝެލް އަށް ބަލައިވެސް ނުލައި ނިކުމެގެން ދިޔައީ މިޝެލް ގެ ހިތް ހަލާކުކޮށްލާފައެވެ.
އީތަން ކޮޓަރިން ނުކުމެގެން ގޮސް ވަނީ ޑައިނިން ރޫމަށެވެ. ތަށްޓެއް ނަގައިގެން މެދާކަ ހިސާބަށް އައިސް ކިއުބް އެޅުމަށް ފަހު ފުރެންދެން ރެޑްބުލް އެޅީ އެ ރުޅި ފިނިވޭތޯ ކަންނޭނގެއެވެ. މިޝެލް ގެ ސަބަބުން އީތަން ގެ ހިތައް ވެސް ގޮތެއް ވެއްޖެ އެވެ. ހަމަގައިމުވެސް ކޮޓަރީގައި މިޝެލް އާއި އެކު އުޅެވުނު ގޮތާއި ދޭތެރޭ އީތަން އަށް ވިސްނެން ފެށުނެވެ. ދުވަހަކުވެސް އަންހެން ކުއްޖަކަށް އީތަން ގެ ހިތައް އެގޮތައް ބާރު ފޯރުވިފައެއްާ ނެތެވެ. އޭނާ މިޝެލް އާ ކައިވެނި ކުރީ ބަދަލު ހިފާށެވެ. އެގޮތަށް އެތައް އިރަކު ވިސްނަން އިންދާ އީތަން ގެ ލޮލަށް ނިދި ސަވާރު ވީ އިރެއް ވެސް ނޭނގެއެވެ.
ހޭލަވުމާއި އެކު އީތަން ގަޑިން ވީ އިރެއް ބަލައިލިއެވެ. ހެނދުނު ހަތެއް ޖަހާކަށް މާ ގިނަް އިރެއް ނެތެވެ. އެއާއި އެކު މިިޝެލް ގެ މަތިން ހަނދާން ވުމާއިއެކު އީތަން އަވަސް އަވަހަށް ތެދުވެގެން ހިގައިގަތީ ކޮޓަރިއަށެވެ. އެ އަންހެނަ ކުއްޖާ މިހާރު އިނީ ކޮން ހާލެއްގަ ބާއޭ އީތަން ގެ ހިތައް އެރިއެވެ. ކޮޓަރީގެ ދޮރު ހުޅުވައިލި އިރު ޓައިލްސް ތައް މަތީ ނިދާފަ އޮތް މިޝެލް ފެނި އިރުކޮޅަކު އީތަން އަށް ބަލަން ހުރެވުނެވެ. މާ ގަދަ އަށް ރުއިމުގެ ސަބަބުން ދެލޯ ކައިރީ ވަނީ އައިލައިނާތައް ފޭޑް ވެފައެވެ. އިސްތަށިގަނޑު ވެސް އޮތީ ނިއުޅާލާފައެވެ. އީތަން އިރުކޮޅަކުބަލަން ހުރުމަށް ފަހު ފެން ވަރާ ތާޒާ ވެލަން ކަމަށް ވަނީ ފާހާނާ އަށެވެ.
އިރުގެ ރަން ދޯދިތައް މޫނަށް އެޅެން ފެށުމުން މިޝެލް އަށް ހޭލެވުނެވެ. ރޭ ހަތަރުދަމު ޓައިލްސް ތައް މަތީ އޮތުމުގެ ސަބަބުން ގައިގެ އެތަން މިތާ ރިއްސައެވެ. ލައިގެން ހުރި ބޮޑުހެދުމުގެ ސަބަބުން އުނދަގޫ ވާން ފެށުމުން އެ ކޮޓަރިން މިޝެލް ނުކުންނަން ދިޔައީ ތާޒާ ވެލާށެވެ.
ފެން ވަރައިގެން ނުކުތް އީތަން މިޝެލް ނެތުމުން ފާޑަކަށް އަނގައަށް ގޮތެއް ހަދައިލަމުން ތައްޔާރު ވާން ފެށީ ބޭރަށް ދާށެވެ. ޓީޝާޓަކާއި ޖީންސް އެއް ލައިގެން ހުރި އިރުވެސް ބޭރު މޮޑެލް އަކަށް ދުލެއް ނުކުރެއެވެ. މިޝެލް އާއި ދިމާވިފަހުން އީތަން އަދި އެގޮތަށް މިޝެލް ގެ ކުރިމައްޗަކަށް ނުދެއެވެ.
އަޅި ކުލައިގެ ސްވެޓަރަކާއި ހުދު ލެގިންސް ގައި މިޝެލް ފެންނަނީ ވަރަށް ރީތިކޮށެވެ. ތުންަފަތުގައި މަޑު ފިޔާތޮށި ލިޕް ގްލޯސް އެއް ޖައްސައިފައި ވާއިރު އެތުންފަތުގެ އޮމާންކަން އިތުރުވެފައި ވެއެވެ. މިޝެލް ފޯން ހިފައިގެން ކޮޓަރިން ހަމަ ނުކުތްތަނާ އަޅައިގަތީ އީތަން ގެ ގައިގައެވެ. އީތަން އަށް މިޝެލް ވެއްޓިދާނެހެން ހީވުމުން ހިފައްޓައިލެވުނީ ނުހަނު ބާރަށެވެ.
“މި ދަނީ ބޭރަށް ސައިބޯން. ދާން ބޭނުމިއްޔާ އާދޭ” އީތަން މިޝެލް ދޫކޮށްލަމުން ބުންޏެވެ. އެއާއި އެކު މިޝެލް ބޯޖަހައިލީ ރޭއްސުރެ އެއްޗެއް ނުކައި ހުރުމުން ބަނޑުހައި ވެފައިވާ ލެއް ބޮޑުކަމުން ނެވެ.
ގެއާއި މާ ދުރުރު ނޫން ހިސާބެއްގަ ހުރި ރެސްޓޯރެންޓަކުން ސައި ބޮއިގެން އީތަން ގެ އަމާޒަކަށް ވީ އަނެއްކާ ވެސް މިޝެލް ރޮއްވާލައި ދެރަ ކޮށްލުމެވެ. ގެއަށް ދިއުމަށްޓަކައި ކާރަށް އަރަން މިޝެލް ދިމާކޮށްލި ތަނާ އީތަން މިޝެލްގެ ފޯނު ޖަހައިގަތީ ހަލުވިކަމާއި އެކީ އެވެ. ދެން ފެނުނީ ކައިރީގައި ހުރި ގަހުގައި ފޯނު ގޮސް ޖެހުމާއި އެކު ހަލާކުވެގެން އެތިކޮޅުތައް ބުރައިގެން ދިޔަތަނެވެ. މިޝެލް ގެ ފެންކަޅިވެފައިވާ ލޮލުގައި ވަނީ ޝަކުވާއެވެ.
” މަގޭ ވައިފް އަތުގަ ފޯން އޮވެގެން ނުވާނެ. އައި ޑޯންޓް ޓްރަސްޓް ޔޫ. އެހެން ފިރިހެނުންނާ ވާހަކަ ނުދައްކާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މަށަކަށް ނެތް. ” އީތަން ނުލަފާ ވައްތަރަކަށް ހީގަތުމުން މިޝެލް ގެ ކެތްތެރިކަން ކޮޅުންލިއެވެ.
” އެއީ އަހަރެންގެ އުފަންދުވަހު ދޮންބެ ދިން ފޯނެއް. އަހަރެން ލޯބިން ގެންގުޅޭ އެއްޗިހި ހަލާކު ކުރާކަށް އީތަން އަކަށް އެއްވެސް ހައްގެއް ނޯންނާނެ. އެހެން ނޫނަނަސް އެއީ އީތަން ގެ ފައިސާ ހަރަދު ކޮށްގެން ހޯދި އެއްޗެއް ނޫން” މިޝެލް އައި ރުޅީގައި އީތަންގެ ގައިގައި ތަޅައިގަތީ މޮޔައެއްހެވެ. މަގުމަތިން ހިނގާފައި ދާ މީހިން ވެސް ފާޑަކަށް ބަލަމުން ދިޔައެވެ.
“ތިހެން އުޅޭތީ އޭ އަހަރެން ބުނަނީ ތީ ވައިލްޑް ލޭޑީ އޭ” އީތަން ގަދަކަމުން މިޝެލް އުފުލައިލައިގެން ގެންގޮސް ލީ ކާރުގެ ޑިކީ ތެރެއަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.



Adhi nukiyan.. Bt ingey reethii vaanekan… Happy teachrs day shooty… advance koh vvvvvvvv salhi..
guys here is 9th part. enjoy.. and please leave a comment.. I love you all for your support..
Varah reethi mi vaahaka
wow.. v reeethi , v kiyaahiyy vey mi vaahaaka
Alhey thnx shootyyy ❤ ❤ mi partves vv reethi…
VVVV reethi….
Waiting…
Fridayga 2 part varu upkodana dho….pls pls pls
So beautiful stry
????
Alhe v reethi, adhi mirey eh part kiyaalan libeyne nama konfadha. Nice story shooty keep it up
Wow hama rovihje ??????????ehaavess reethi next avahah up kohla dheeba love shooty
Vv v v v v v v v. V vv v v v v v v salhi mivaahaka alhey adhi aneh part avahah up kolladhee pls pls pls pls pls pls pls mirey ragalhee ketheh nuvey kiyaahithu
thankyou so much for the lovely comments. ekm dhen maadhama ah inthizaaru kohlla ingey.. 😉
Mihaaru kiyaaa emmee reethi story
shooty vvv reethi
keep going shooty…really appreciate ur work….n it ll b fine if u upload at least 1 episode per day…ekam dhigukoh…?✌
Woow…. Soo amazing….?????
Mihaaru 6times mi story kiyaifin….varh varh rythi…nxt part avahah kiyaa hiyvany…mihaaru kiya enme rythi story…
Vvv rythi… waiting for the next ep… i hope mishel n eethan ehaa rulhi anna iru their love will be vv strong wen they finally realize it.. dho… once again reallyy vvvvvvv nice story..
alhey emanje dikiin nagaaba thihen hadhaakah nuvaaneehnu….. vvvvvvvvvvvvvvvv salhi mi part ves..
Hahaha. Haadha maja e ulheygoiy. Eithan already loves her. Adhi varah loabikon dhaane. In sha allah. Keep ot up lady. You are doing an amazing job.
salhi varah reethi mivaahaka
Masha allah Mii mihaaru kiyaa emme reethi story… awahah up kohdheeba shooty… next part thankolheh dhigu kolladhehchey….! ???
Wow wow wow ….haadha reehchey…maadhamaage bai kiyaa hiy vanee mihaaru. ..mirey up kohlan veenu??????????
Vvvv rythi can’t wait 4 tomorrow.. Plxxx up it soon..
hykuran mi vaahaka ves vaki hisaabakah genehsa liyun nuhutaane kamah.. mihen mi buni mey mi site ge haalath v ma.. anyways nice story.. keep up the good work.. thankolheh dhigu koh dhn genes dhehchey..
Alhey heyovaanetha ehen hadhan eethan nulafaaviyas thidhen boduvaru dhw stry v nice hama perfectey buneveyny n waitin
V nice
Mi part ves v salhi
? v nice
vaahaka intersting kurumuge gothe neh. dhen heylaafa ethan ge reethi kama balaafa roefa anekaa ves roni. midhen koche. eh faharu vahthary hollywood meehaka dhen fahun model akaa. mithaaga meehunge reethi vaahaka noon ehche neh. thankolhe haadhisaa intersting kohfa plot eh genesbala. abadhu aniyaa kohfa loabi vefa reethi kamun gos husvefa dhen oi kamski ruin.. ?
Maasha Allah v reethi mi vaahaka.
Wow vrh reethi… ??
wooooooooow vara reeethi….
Woww v v v nuce story eh
Haadha lahey hithah aranee mivaahaka up vaaleh haadha dheraey up vaaleh las veema keh nuvanee hama kiyaahithun avahah up kollabala eyvarah hihnuthalhuvaa kushakaanulaa hihnuthalhuvaa avas kolladhee pls pls pls pls pls pls pls pls
reethi kamun 5 faharu kiyijje
reethi kamun 5 faharu kiyijje
Shooty kobaathr next part…v kiyaahithun mihury..
Shooty u r doing a great job ❤
Sorry its an animal not “a”.. story is awesome.
Sorry its an animal not “a”.. story is awesome.
Sorry its an animal not “a”.. story is awesome.
Avah up kohla dhybala….v kiyaa hih vey pls
Yes i also remmember this plot from another dhivehi story of… i think 2012’s story
Y idiot ….
dhan nukimavinu……
kiyaviyaeba reethi kan komae….
Vvv reethi mi part vx…waiting for nxt part
Devil ethan ?