އިތުރަށް މަޑުކުރަން ނަހަދާ ޒޯރާ ގައިގާ ބައްދާލިއިރު ނުރައްކާތެރި ދަރަޖައަށް ދެމީހުންގެ މޫނު ވަނީ ކައިރިވެފައެވެ…………..

“ޒޯރާ…ޕްލީޒް ވިލް ޔޫ މެރީ މީ؟…..ޒޯރާ އައި ލަވް ޔޫ….ހިތްނަގާފަ ދެއްކޭނެނަމަ ދެއްކީމުސް”

ޒެފަން ކުޑަކޮށް ކަކޫމައްޗަށް ތިރިވެލަމުން ޒޯރާގެ ކަނައަތުގައި ބޮސް ދިނެވެ. އޭރު ޒޯރާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ޒެފަން އަދި އާކިން ހުރި ނޭވާހިފަހައްޓާލައިގެނެވެ. ޒޯރާ ގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. ހަޔާތުގެ މިހާހިސާބަށް އާދެވުނުއިރު މިހާރީތި މަންޒަރެއް ލޯ މަތީ ސިފަވުމުން ހިތްފިދާވިއެވެ. ޒެފަން އަށް އިންތިޒާރުކުރެވުނަސް މިހާ އަވަހަށް އިންތިޒާރުގެ ނިމުން މިހާ ފޮނިވެދާނެކަމަށް ހީވެސްނުކުރެވެއެވެ. އާކިން ކައިރީ މަޖަލަކަށް ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމަށް ބުނެވުނު މޮޔަ ހިތަށް އަރަންފަށައިފިއެވެ. އުފާވިވަރުން އިތުރަށް ރޮވެންފެށުމުން ތުންފަތުގައި ދަތްއަޅާލެވުނީ ފުދޭވަރަކަށް ބާރަށެވެ.

” ޔެސް….ޔެސް….އައި ވިލް މެރީ ޔޫ…” ޒޯރާގެ މި އަސަރުގަދަ ބަސްކޮޅާއެކު ޒޯރާގެ ވައަތްނަގައި ކަށިއިނގިލީގައި އެތައްލައްކަ ރުފިޔާއެއްގެއަގުހުރި އަލިމަހުގެ އަގޮޓިއެއް އަޅުވާލައި ތުންފަތް ޖައްސާލުމާއެކު ލޮލުން ހޫނު ކަރުނަ އަންނަން ފެށިއެވެ. ތެދުވެރި ލޯބި ވެވުމުން ހިތައް ބަޔާންކުރަން ދަތި އުފަލެއް ލިބުނެވެ.  އޭރު ހަމައެއަތުގެ މެދު އިނގިލީގައި އޭގެ އަނގޮޓިއެއް އަޅާލެވިފާވިއެވެ. ސުވާލު މާކުތަކަކުން ޒޯރާގެ ދެލޮލަށް ބަލާލަމުން ހައިރާން ވިއެވެ..އަނެއްކާ އެހެން މީހެއްގެ ލޯބިވެސް މި ލޯބިކުއްޖާ ގަބޫލު ކުރީބާއެވެ.

” ދެން ތިހާވަރަށް ޝައްކުނުކޮށް ބަލަ. ލޯބިވަންޏާ ޝައްކެއް ނުކުރާނެ، މިއީ އަހަރެން މަންމަގެ ހަމައެކަނި ހަނދާން….ކުޑަކުޑަ އިރު މަންމަ އަހަރެންނާ ޢަލްވަދާއު ކީއިރު ދީފަދިޔަ ހަމައެކަނި ހަނދާން ކަމަށް ބައްޕަ ބުނުއްވި” ޒޯރާގެ ހިތް އުފަލުން އުދުހިގަން ކަހަލައެވެ.ހަޔާތުގައި އެންމެ ލޯބިވާ ދެފަރާތުން މިލިބުނީ އެއްކަހަލަ ލޯބި ދެހަދިޔާއެވެ. ދޮންމަންމައަށް ފެނިދާނެތީ ކުޑަކޮށް ޖެހިލުންވިޔަސް ހިތްހަމަ ޖައްސާލީ ގޭގަ އުޅޭއިރު އެއް އަނގޮޓި ނަގާގެން އުޅުމަށް ހިތައްއަރުވައިގެނެވެ.

ޒޯޔާގެ އަތްތިލައަށް ޒެފަން ބަލަހައްޓައިގެން ހުރީ އަޖައިބްވެފައެވެ. ދުނިޔޭގެ ހުރިހާ ރީތިކަމެއް ޒޯރާގެ އަތްތިލައަށް ޖަމާވެފައި ވާކަހަލައެވެ. މަޑުމަޑު ރީތި އަތްތިލައިގެ ނިޔަފަތިތަކުގައި ވަނީ ހީނާފަތް އަޅާލާފައެވެ. ދެ އަނގޮޓީގެ ޑިޒައިން ތަފާތު ވީއިރު ދެން އޮތް އަނގޮޓި ކޮންމެވެސް ތާކުން ދެކުނު ހަނދާނެއް ވެފައި ހިނިތުން ވެލީ ބައްޕަގެ އެދުމުގެ މަތިން ނޫމާ ހަޔާތުގެ ބައިވެރިޔާއަށް ހަދަން ނިންމައިގެން ކައިވެންޏަށް ދޭން އަނގޮޓި ގަންނަން އުޅުނު އިރު ފެނުނު ޑިޒައިނަކަށް ވެދާނެތީއެވެ. އެއްމެ ފަހުން ޒެފަން ގަތް އަނގޮޓީގެ ނަސީބު ވެރިއަކީ ޒޯރާ އެވެ. ކުޑަކޮށް ޒޯރާ ގައިގަ ބައްދާލަމުން ހިނިތުން ވެލީ ހިތްހަމަ ޖެހުނުލެއް ބޮޑުކަމުންނެވެ.

“ނޯ ރޮމެންސް…މިތާ އެހެން މީހުންވެސް ހުރިކަން ހަނދާން ނައްތާނުލާ….ކުއްޖަކާ ރައްޓެހި ވެގެންނޭ ކިޔާގެން ދޮގުހެދުނުކަމުން މަގޭ ލޯބިވާ ދޮންބެއަށް ޕޮރޮޕޯސް ކުރަން އެހާ ފަސޭހަވީ….އެހެންނޫނީ އަންހެން ކުއްޖެއްހެން ދުރުދުރުން ހުންނާނި ކަންނޭގެ ބަލަހައްޓައިގެން…..އެންމެފަހުން މިގޭ ދޮންބުޅާ މަގޭ ފަހަރިއަށް ދޯ މިވީ….ވަރަށް އިންޓްރެސްޓިން….” އާކިންގެ އަޑާއެކު ދެމީހުންނަށް ދުރަށް ޖެހިލެވުނީ އެކުއެކީގައެވެ. ޒެފަން ޒޯރާގެ ލަދުރަކި މޫނަށް ބަލާލުމުން ހިތް ލޯބިން ފުރުނެވެ. ލަދުގަތުމުން ހާދަ ލޯއްބެވެ. ކަކުލާ ހަމައަށް އަންނަ މަޑުފިޔާތޮށި ކުލައިގެ އައްދިގު ހެދުމާ ޖިންސަކާއެކު ހުރިއިރު، މަޑު މުށިކުލައިގެ އިސްތަށި ގަނޑު ވަނީ ވޫލްކޮޅަކުން ހިފަހައްޓާލެވިފައެވެ. އުމުރަށް ވުރެ ޅަކަމަށް ދައްކައެވެ.

ޒެފަން ހެނދުނު ސައި ބުއިމަށްފަހު އަވަހަށް ޑިއުޓީއަށް ދިޔައީ ސިއްރުސިއްރުން އާކިން ކައިރީ ޒޯރާ ބަލަން ބުނެލާފައެވެ. މިހާއަވަހަށް ޒޯރާގެ ރައްކާތެރިކަމާމެދު ވިސްނެން ފެށުނީއެވެ. ޑިއުޓީގަ އުޅުނު އިރު ވެސް ޒޯރާއާމެދު ވިސްނެއެވެ. އަވަހަށް ޑިއުޓީ ނިންމާލާފައި ގެއަށް ދާހިތްވިޔަސް މިއަދު ވަރަށް ބިޒީދުވަހެއްކަން ހަނދާން ނައްތައެއް ނުލެވުނެވެ. އިތުރަށް ލޯބިވެރިޔާގެ ހިޔާލެއް ނުކުރެވުނީ ޑޮކްޓަރ ރޫމްގައި ހުރި ބަސް ތަރުޖަމާ ކޮށްދޭ ކުއްޖާގެ ސަބަބުންނެވެ. ތުއިވެފަ ދެއްކުންތެރިކަން ބޮޑު ސިމީ އަކީ މާލެ އަތޮޅަށް ނިސްބަތްވާ 22 އަހަރުގެ  ފެޝަން ކުއްޖެކެވެ. ބޮޑުވަންދެން ބައްޕަކައިރީ އުޅުމުން އުމުރުގެ ބާކީބައި މަންމަކައިރިއަށް މިރަށަށް ބަދަލުވީ މަންމަކައިރީ ހަޔާތުގެ ބާކީބައި ހޭދަކުރުމަށްކަމަށް ކަމަށް ބުނެވާހަކަ ދައްކާ ފޮނިގޮތްތަކުން ޒެފަން އިންތިހާއަށް ރުޅިއައި ކަމުގައިވިޔަސް، ވަޒީފާގެ ވާޖިބް އަދާކުރެއެވެ.

ޒެފަން އަކީ ދިވެއްސެއްކަމުން ބަސްތަރުޖަމާ ކުރަން ނުޖެހުނަސް އެކަމާ އަޅާނުލީ އެއީ ސިމީގެ ވަޒީފާކަން ހަނދާން ކޮށްލަމުންނެވެ. ސިމީ ބުނާ ބަސްތަކާ ޒެފަންގެ ސަމާލުކަން ހޯދަންކުރާ ބައެއް ކަންކަމުން ސިމީގެ މަގުސަދު ޒެފަންއަށް ވަރަށް ސާފެވެ. ސިއްހީ މަރުކަޒުގަ ކުޑަކަމެއް އޮތުމާއެކު މާބޮޑަށް ބިޒީކޮށް އުޅެން ޖެހުމުން ގެއަށް ދެވުނު އިރު އިރުއޮއްސި 7 ޖަހަނީއެވެ. އަވަސްހިތަކާއެކު ގެއަށް ވަދެލީ ޒޯރާދެކިލާހިތުން ނުހުރެވިގެންނެވެ.

ކޮފީ ހަޓްގެ މުށިވަށްބުރުމަތީ އިށީންދެ ފެހިކަން ގަދަ ވިނަގަނޑުމަތީ ހުސްފައި ހާކާލަހާކާލަ ޒޯރާ ހުރިގޮތް ނުހަނު ހިތްގައިމުވެފަ ޗާލެވެ. ގޯތިތެރެއަށް އެޅިފައިވާ މަޑު ނޫކުލައިގެ އަލިކަމުން އިތުރަށް މަންޒަރު ރީތިވެގެން ދިޔައެވެ. މަޑުމަޑުން ފަހަތުން ގޮސް ބައްދާލުމާއެކު ޒޯރާ ބާރަށް ހަޅެއްލަވާގަތުމާއެކު ޒެފަން ޒޯރާގެ އަނގަމަތީ އަތްއަޅާލަމުން ޒޯރާއަށް ފެނިލިއެވެ.

” ޒެފަން ކުރާކަންތައް…ކިރިޔާ ބިރުން ހަލާކުނުވީ…ދެންވެސް ތިކަހަލަ ކަމެއް ނުކުރާތި!…. ހަވީރު ސައިބޯންވެސް ނާދޭ…..މާބިޒީވީދޯ؟ އާކިން ނަމާދަށް ގޮއްސަ އަދި ނާދޭ….” ޒޯރާ ހަމަޖެހިލަމުން ވާހަކަ ދައްކަމުން ޒެފަން ބަލާވަރުން ލަދުން އިސްޖެހުނެވެ. ޒެފަން ހުރީ ޒޯރާގެ މިއަދާ އަށް ލޯބިން ތައުރީފް ކޮށްލަކޮށްލައެވެ. ޒޯރާ ލަދުގަތުމުން ހާދަ ލޯތްބެވެ. ޒޯރާގެ މޫނާ ޒެފަން ގާތްވަމުން ދިޔަވަރަކަށް ޒޯރާގެ ލަދުވެތިކަން އިތުރުވަމުން ހާސްވަމުން ދިޔައެވެ. އެކުވެރިޔާ ކައިރީ ދުވަހަކު ކުއްޖަކަށް ހިތްއަތުނުލެވެނެ ކަމަށް ބުނިނަމަވެސް ޒެފަން މިއަދު މިވަނީ ހިތާހަމައަށް ވާސިލްވެފައެވެ. ދުވަހަކު މިކަހަލަ އިހުސާސެއް ކުރެވިފައި ނުވާއިރު ލޯމަރާލެވުނީ އިތުރަށް ޒެފަންގެ ލޮލަށް ބެލުމުގެ ކުޅަދާނަކަން ނުލިބުމުންނެވެ. ސިކުންތުކޮޅަކަށް ދެމިގެން ދިޔަ ވަގުތުކޮޅަށްފަހު ލޯހުޅުވަލެވުނީ ޒެފަންގެ މަޑު ތުންފަތް ނިތުގައި ޖެހުމާއިއެކުއެވެ. ހީކުރިގޮތައް ކަންތައްނުވުމުން ނޭވާލަމުން ހިނިތުންވެލާފައި ޒެފަންއަށް ސައި ދޭންވެގެން ކާގެބަޔަށް ވަންއިރު ފަހަތުން ޒެފަން ވަނެވެ.

” ހޭ ގާއީސް….ދެންމެ ގެއަށް ވަންއިރު ހީކުރީ ލޯމަރާލަން ޖެހޭ ސީންއަކަށް ވާނެކަމަށް، އެކަމަކު އެއަށްވުރެ ދޮންބެ ލަދުރަކިވާނެ ދޯ….އެހެންނޭވާނީ ދުވަހަކު އަންހެން ކުއްޖަކާ ވައިވެސް ނޭޅި އުޅުނީމަ…..ފަހަރީގެ ނަސީބު ވަރަށްގަދަ…..ހުރިހާ ލޮއެއްބެއް ގެ ހައްގުވެރިއަކަށް ވެވެން ތިއުޅެނީ….ދޮންބޭ ޑޭޑް އާ މޯމް ކައިރީ ބުނަން ވާނެއެއްނު….މާމަވެސް ވަރަށް އުފާވާނެ…” އާކިންގެ ވާހަކަ ތަކުން ޒޯރާ ހުރީ ލަދުންނެވެ. އެކަމަކު ޒެފަންގެ ފުރަތަމަ ލޯބިކަން އެނގުމުން އުފަލުން ހިތް ނަށާލިކަހަލައެވެ. ޒެފަން ބުނެލީ އަދި ތަންކޮޅެއް ފަހުން އާއިލާ މީހުން ނަށް މިކަން އަންގާނެ ކަމަށެވެ. ޒޯރާގެ ކޯސް ނިމުމުން ނޫނީ ކޯހުގެ މެދުތެރެއިންވެސް  ކައިވެނި ކުރެވިދަނެ ކަމާ އަދި ދުވަސްކޮޅަކު މިކަން ސިއްރުކުރުމަށް ޒެފަން ބުނެލީ ޒޯރާއަށް ބަލާލަމުންނެވެ.

ދުވަސްތައް މިގޮތުގައި އުފާވެރިކަމާއެކު ހޭދަވެގެން ދެއެވެ. އާކިން ތިންހަފްތާ ދޮންބެ ކައިރީ އުޅުމަށްފަހު މާލެދާން ނިންމީ ކޯސް ފެށެން ދެ ހަފްތާ އަށްވީމައެވެ. ޒެފަން އަދި ކޯސްފެށެން ދެހަފްތާ އޮތުމުން އެއް ހަފްތާ ރަށުގައި މަޑުކުރުމަށް ބުނުމުންވެސް މާލެ ދަނީ މަންމަމެންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަމަށް ބުނިއިރު އެހިތުގައި އެހެން ހާއްސަ ކަމެއް ވާކަމެއް ޒެފަންއަށް އިނގޭނީ ކިހިނަކުން ހެއްޔެވެ ؟

ޒެފަން އަދި ޒޯރާ ގެ ލޯތްބަށް ތިން ހަފްތާ ވީއިރު ތިން ގަރުނު ވީހެން ހީވެއެވެ. އިރުއަރާ ކޮންމެ ދުވަހަކީ މިދެލޯބިވެރިންނަށް އުފާވެރި ދުވަހެކެވެ. އެކަކު އަނެކަކު ދެކެ ލޯބިވެވެނީ އިންތިހާ ދަރަޖައަކަށެވެ. އެކަމަކު އަދިވެސް ދެމީހުން އަތުގަ ހިފާލުމުގެ އިތުރަށް ކާރިނުވަނީ، ވަކި ލިމިޓެއް ކާވެނީގެ ކުރިން ގެންގުޅުމަށެވެ. ޒެފަންގެ އަންބަކަށް ވުމުގެ ހުވަފެން ޒޯރާ ދެކެނީ ހަގީގަތަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ. ޒެފަންގެ ގުޅުމުގެ ވަހަކަ ނީޝް ފިޔަވާ އެކަކު ކައިރީވެސް އަދި ޒޯރާ ނުބުނެއެވެ. މަންމައާއި ދޮންބެ ޒޯރާގެ އުފަލަށް ހުރަސް ނާޅާނެކަން އިނގިހުރެވެސް އަދި މަޑުކޮށް ލެވުނީ ދޮންބެ ރަށަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދިރިއުޅުމަށް ފޮނި އުންމީދުތަކެއް، ފޮނި ހުވަފެންތަކެއް، ދެކެމުން ޒޯރާ ޒެފަން އާއެކު ހަޔާތުގެ ބައްތި ދިއްލަމުން ދިޔައީ އެ ބައްތީގެ ހުޅުކޮޅު ދުވަހަކުވެސް ނިވޭނެ ކަމަކަށް ނޫނެވެ. ބައްތި ދިއްލިފައި ވާއިރު އަލިކަމަށް އަންނަ ޕަރުވާނާތަކުގެ ސަބަބުން ޒޯޔާގެ ދިރިއުޅުން ނިވިގެން ދާނެކަމެއް އިނގޭނީވެސް ކިހިނަކުންހެއްޔެވެ؟؟؟…..

*********************************

މާލެ ދެވުމާއިއެކު ނޫމާ ހޯދުމުގެ މަސައްކަތް އާކިން ފެށިއެވެ. އާއިލާގެ ބައެއް މީހުން ކައިރިން އެނގުނު ގޮތުގައި ނޫމާ ހުންނަނީ ކޮންމެވެސް ކްލިނިކެއްގެ ރިސެޕްޝަނުގައެވެ. ކުރިން އުޅުނު ވަޒީފާވެސް ބަދަލުކޮށް ވަކިން ތަނެއް ހިފައިގެން ބަދަލްވީއެވެ. މާލޭގެ ކާރޫބާރު މަގުތަކުގެ ޓުރެފިކް ތަކަށް ހުއްޓެމުން އާކިން ކާރުދުއްވަމުން ދިޔައީ ނުހަނު ފަރިތަކަމާއެކުއެވެ. މާލޭގެ އެކި ކްލިނިކްތައް ބަލަމުން ރޭގަނޑުގެ ދިހައެއް ޖަހަން އުޅުނަސް ކެއްތެރިކަމާއެކު ހިތްވަރުކުރިއެވެ. އާކިންގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ ޓެކްސީއެއްގެ އިންތިޒާރުގަ އަތްއުފުލާލައިގެން ހުރި ނޫމާއެވެ. އަވަހަށް ކާރު މަޑުކޮށްލުމުން ޕްރައިވެޓް ކާރެއްތޯވެސް ބަލާނުލާ ކާރަށް އެރުމާއެކު ހުޅުމާލެއަށް ދާން ފެރީތައް ކައިރިއަށް ދިއުމަށް ބުނެލީ ލަސްވެގެން އުޅޭ ގޮތަކަށެވެ.

” ތަންކޮޅެއް އަވަހަށް ދޭބަލަ….އަލަށްތަ ޓެކްސީއަކަށް އަރާތިހުރީ….މަށަށް އަވަސްކުރަން ހަދައިގެން ކުރީ ޝީޓަށް މިއެރުނީވެސް….” ނޫމާއަށް ސިހިފަ ބަލާލެވުނީ ކާރުދުއްވަން ހުރި މީހާ ޕްރައިވެޓް ކާރަކަށް ނޭނގިގެންވެސް ތިއެރުނީ  ތަގުދީރުން އެއްތަން ވާންހުރުމުން ކަމުގަ ބުނެލުމުންނެވެ. ނޫމާ އަށް އިސްޖެހުނެވެ. މިއޮތް ހުރިހާދުވަހަކު ފިލާގެން ހުރެފަ ލިބުނު ލަނޑު ފެނުމުން ލަދުން ލޯމަރާލެވުނެވެ. ދެން ހަދާނެ ގޮތެއް ނޭނގިފަ ހުރެވުނީ އާކިންއާ ކުރިމަތި ލާން ނުކެރިފައެވެ. އާކިން ކާރު ޕާކުކޮށްލަމުން ނޫމާ އަތުގަ ހިފައިގެން ފެރީދަށަށް ގޮސް ޓިކެޓް ނަގައިގެން ފެރީގަ ޖައްސާލީ ދުވަހަކު ނޫމާ އަތުން ދެން ދޫނުކޮށް ލާނެކަމަށް ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ.

” ކޮންތާކަށް ދާންވީ…” ފެރީން ހުޅުމާލެއަށް ފައިބަމުން އާކިން ސުވާލުކުރުމުންވެސް ނޫމާ ޖަވާބެއް ނުދިނެވެ. ޓެކްސީ އަށް އަރަމުން ގެސްޓުހައުސް އަކަށް ދާން ބުނުމުން ނޫމާ އާކިން އާއި ދިމާލަށް ބަލާލީ ސުވާލު އުފެދިފައިވާ ހާލުގައެވެ. ދޮރުން އެތެރެވުމާއެކު ނޫމާ ގައިގާ ބައްދާލީ ނޭވާ ނުލެވޭހާ ބާރަށެވެ.

” ފިލައިގެން، ނަންބަރު ބަދަލުކޮށްގެން އުޅެވިއްޖެ އެއްނު ވާހާ ދުވަހު…އިނގޭތަ ނޫ ހޯދަން ކުރި މަސައްކަތް…..ނުގުޅުމުން ކުރި ހިތާމަ….ކީއްވެ އަހަރެން ކައިރީ ނުބުނީ މަންމަމެން ނޫގެ ކައިވެނި ދޮންބެއާ ހަމަޖެއްސި ވާހަކަ…އަހަރެމެން ދެމީހުންގެ ގުޅުމުގެ ވާހަކަ އެކަކަށްވެސް ނޭނގި އޮތީމަ އެހެން ވީއެ… އަހަންނަށް އިނގޭ ދޮނބެ ނޫ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާނެކަން… އެކަމަކު ކިހިނެއްވެގެން ދެމީހުން ވަކިވީ، އާއިލާ އެންމެން ނޫ ދެކެ ރުޅި އައި ސަބަބަކީ…..ދެން ދުވަހަކުވެސް ދުރަށް ދާން ނޫޅޭތި….އެހެންނޫނީ ނޫ އަށް ދެން ފެންނާނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު” އާކިންގެ ވާހަކަ މިހިސާބަށް ދިއުމުން ނޫމާ ރޮއެރޮއެފަ ދެން ދުރަށް ނުދާނެކަމަށް ބުނެލިއިރު ދެރަވެގެން ހިތް ބަންޑުން ވަނީއެވެ. އަދި ނޫމާ ކަންތައް ކުރިގޮތުން ޝާއިރައްތަ ރުޅިއައިވަރާ، ޒެފަން އެހެން ރަށަކަށް ބަދަލުވެ އާއިލާއެންމެން ގެ ނުރުހުން ލިބި ގޭން ނުކުންނަން ޖެހުނު ހާދިސާ ކިޔާދިން އިރު އާކިންވެސް ރޮވެނީއެވެ. އާކިން އާ ނުލައި ނޫމާ ހާދަ ހިތާމައެއް އުފުލައިފިއެވެ.

އާކިން މަޑުމަޑުން ނޫމާގެ މޫނާ ގާތްވެލަމުން ނޫމާގެ މަލެއްފަދަ ތުނި ތުންފަތުގެ ފޮނިކަން އިޙްސާސް ކޮށްލިއެވެ. ނޫމާވެސް އާކިންއާއި ބައިވެރި ވެވުނީ އިޙްތިޔާރަކާނުލައެވެ. ދެން ހީވީ ދެމީހުން ވެސް އެތައް ދުވަހެއް ވަންދެން ހަނަފަސް ސަހަރާއެއްގައި ފެންކޮޅެއް ނުލިބި ހުރެފަ ފެން ލިބުނުހެންނެވެ. ދެމީހުންގެ ހަރަކާތްތައް ނުލާހިކު އަވަހެވެ.  ޒެފަން ނޫމާގެ ރޭގަނޑެއްފަދަ ކަޅު ދިގު އިސްތަށި ގަނޑުގެ އެތެރެއަށް އިނގިލިތައް މަހާލަމުން އެނދާ ހަމަޔަށް ގޮސް ނޫމާ އެނދުމައްޗަށް ކުޑަކޮށް ވައްޓާލިއެވެ. ލާފަހުރި ޓީޝާޓު ބާލަމުން އިތުރަށް ނޫމާ އާއި ކާރިވެލަމުން ހަވާނަފްސަށް ހެއްލެމުން ދިޔައެވެ. ލޯބީގެ ބާރުގަ އޮޔާ ބެހިގެން މިހާ ދުރަށް ދެވޭއިރު ނޫމާވަނީ  އާކިންގެ އަމަލުތައް ހުއްޓުވަން ނުކުޅެދިފައެވެ. ކުއްލިއަކަށް ދެމީހުން ސިހިގެން ދިޔައީ…………

ނުނިމޭ…………………….

6

14 Comments

 1. inaya

  October 5, 2016 at 8:09 am

  Hei….reader’s….its 5 part of story….hurihaakudhinnahvess kamudhaane kamah umydhu kuran

 2. shaai

  October 5, 2016 at 8:50 am

  asluves v nice. n v thafaathu

  • inaya

   October 5, 2016 at 9:12 pm

   thanks shaai

 3. Aishaaaaa

  October 5, 2016 at 9:48 am

  Reethi mibaives ❤

 4. Sheeby

  October 5, 2016 at 1:32 pm

  Dhn kihinehbaa vaany alhe. Next part avahah up kurahchey can’t wait ???

  • inaya

   October 5, 2016 at 9:13 pm

   thanks shaaby iraadha kureviyya maadhamaa up kuraanan

 5. yaana

  October 5, 2016 at 1:39 pm

  vvv reethi

  • inaya

   October 5, 2016 at 9:14 pm

   thanks yaana

 6. Khajja

  October 5, 2016 at 1:46 pm

  So prety noomaa divorce tha stry v salhi v thafaathu waitin n keep it up

  • inaya

   October 5, 2016 at 9:10 pm

   noo .noma adhi marriage eh noon

 7. Aishoo

  October 5, 2016 at 8:51 pm

  Haadha lahunney up thikury mi part.. Feshi iru heevi vaisoorieh dhiya hen.. Story hama habeys.. ??????????

  • inaya

   October 5, 2016 at 9:15 pm

   Aishoo kudakoh bsy viyyey…….and thanks

 8. inaya

  October 5, 2016 at 8:55 pm

  Komme dhuvahaku part eh noony 2 dhuvahun pate eh geneveythoo try kuraanan

 9. Yeah

  October 6, 2016 at 4:39 pm

  Inaaa where’s the next part

Comments are closed.