Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު 13

Rozy
October 9, 2016
8 Mins Read
32 Views
6 Comments

 

“ޝުކުރީއްޔާ. ތިޔަ ހެޔޮކަމުގެ ބަދަލު އަހަރެން އަދާކުރާނީ ކިހިނެއް؟”

މީރާ ލަދުވެތިކަމާއެކު އަހާލިއެވެ.

“ހޫނން” މުރާދު ދިގުކޮށް ނޭވާދަލާމިއެވެ.ކޮންމެ ހެޔޮކަމެއްގެ ބަދަލު ދޭންޖެހޭނެދޯ. އަހަރެންގެ ކާގަޑި އެއްވެސް މީހަކަށް ނުދެވޭނެ މާލޭގަވެސް މަންމަޔާ ކޮއްކޮ ކާގަޑީގައި ކިތަންމެ ބޮޑު ކަމެއް އޮތަސް އަންނާނެ.އަހަރެމެން ކާނީ އެކުގަ އެހެންވެ ކަލާ ކޭންބައްލަވާ ކޮންމެ ގަޑިޔެއްގަ ބޮޑާ ނަހާކާ ކާން އަންނަންވާނެ. އެކަނި ހުރެ ކެއުމަކީ އަޅުގަނޑުގެ އާދައެއް ނޫން މިކަން ފުރިހަމަ ކޮށްދެއްވީޔާ އަޅުގަނޑު ބަލާނީ އަގު އަދާކުރެވުނީ ކަމުގައެވެ.”

މުރާދުގެ މިވާހަކައިން މީރާ ބާރަށް ހޭންފެށިއެވެ. މީރާގެ ހީލުން ވެސް މުރާދަށް ވަރަށް ކަމުދާ ގޮތްވިއެވެ. މުރާދުވެސް މީރާޔާ ބައިވެރިވެ ބާރަށް ހޭންފެށިއެވެ.

މިސިޒް ޕީޓަރ މުރާދު ހޭތަން ބަލަން ހައިރާންވެފައި ހުއްޓެވެ. ދުވަހަކުވެސް އެމީހުންގެ ސާހިބާ މިހާ އުފާވެފައި ހުއްޓާ އެމީހުން ނުދެކެއެވެ. ކޮންމެޔަކަސް އޭނާ ނިންމީ މިއަންހެންކުއްޖާ މިގެއަށް އައުންމިވީ ރަނގަޅު ފާލަކަށެވެ.

ސާރާ ކުއްލިޔަކަށް މާލެއައެވެ. މުރާދުވެސް ނެތި މަންމަ މެން އެކަނި އޭ ކިޔާ ބަހަނާ ދައްކާފައެވެ. އޭނާގެ ހިތުގައި ވާއެއްޗެއް ދެނެވޮޑިގެންވަނީ ﷲ އެވެ.  މިއަދު ސާރާ މާލެ އައުންވީ ކަރީމު އާއި ހުސްނާ އަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. ނަސީބުގޭ ދޮރުމަތީ ކަރީމު އާއި ހުސްނާ ސާރާގެ އިސްތިގުބާލުގައި ތިއްބެވެ. ހުސްނާ ގޮސް ސާރާގެ ގައިގާ އޮޅުލައިގަނެ ރޯންފެށިއެވެ. ހީވީ ދެމައިން ވަކިން އުޅޭތާ އެތަކެއް ގަރުނެއް ވީހެނެވެ. ކަރީމު ސިގިރެޓް ރޯކޮށްލައިގެން ތަންކޮޅެއް ދުރުގައި ހެވިފައި މަންޒަރު ބަލަން ހުއްޓެވެ. ހުސްނާޔަކީ ސާރާ ގެ މަންމަ ކަމަކު މިހާރުވެސް ބަލާ ބެލުމަށް ހީވާނީ އެއީ ދެބެއިން ހެނެވެ.

” ދަރިފުޅާ. ދަރިފުޅު ނެތިދިޔަ ދުވަސްތަށް މަންމަ ހޭދަކުރީ ވަރަށް އުދަގުލުން. ދެންމީގެ ފަހުން އެއްވެސް ތަނަކަށް މަންމަ ދޫކޮށްފަ ގޮސްގެން ނުވާނެ.”

ހުސްނާ ޝަކުވާ ކުރިއެވެ. ސާރާ ހިނިތުންވެލާފަ ބައްޕަޔާ ދިމާލަށް ބަލާލިއެވެ.

” ބައްޕާ. ބައްޕަ އަޅުގަނޑު މަތިން ހަނދާން ނުވޭތޯ؟. މަންމާ. އަދި އަޅުގަޑު މިއައީ އަވަހަށް. އަސްލު އަންނަން އޮތީ ދިހަ ވަރަކަށް ދުވަސް ފަހުންނޫންތޯ؟. އެކަމަކު އަޅުގަނޑު ހަފްތާ އެއްތެރޭ މިއައީ ކިހާ ކޫލް. އަސްލު މަންމަ މެން މަތިން ހަނދާން ވާވަރުން ނުހުރެވިގެން މިއައީ.”

ސާރާ ވެސް މަންމަ މެންނާ އެކު ގެޔާދިމާލަށް ހިގައިގަންނަމުން ބުނެލިއެވެ.

ކަރީމު ވެސް ގުރާދޫގެ އެތަށް ވާހަކައެއް ސާރާ ކުރެން އެއްސެވެ. އެވަގުތު ކޮޅު ހުސްނާ ސައިހަދައިގެން ހެދިކާ ހިފައިގެން އައެވެ. މިހާރު ކުރިޔާ ޙިލާފަށް ސާރާ މާމަޑުން އިންނަހެން ހުސްނާ ޔަށް ހީވިއެވެ.  ވާހަކަ  ދެއްްކުންވެސް ވަރަށް މަދެވެ. އިންނަނީ ކޮންމެވެސް ފިކުރަކަށް ގެއްލިފައެވެ.

“މަންމާ. އަޅުގަޑު މިދަނީ ކޮޓަރިޔަށް. ދަތުރު ހަމަ މާ ވަރުބަލީ.” ހުސްނާ ބަލާވަރުން ލަދުން ސާރާ ތެދުވަމުން ބުނެލިއެވެ.

” އާނ ދަރިފުޅާ .އަވަހަށް ދޭ . މަންމަ އަނެއްކޮޅުން އިރު އެރިޔަސް ދަރިފުޅު ދޫކޮށެއް ނުލާނެ ވާހަކައިގަ ހިފަހައްޓާނެ .”

ކަރީމު ހިނިތުން ވެލަމުން ބުނެލިއެވެ.

ސާރާވެސް ބޯޖަހާލަމުން ހިނިތުން ވެލާފަ ކޮޓަރިޔާ ދިމާލަށް ދިޔައެވެ. ކޮޓަރިޔަށް ވަނުމާ އެކު ސާރާ އޭނާގެ ފޯނުން ކޮންމެވެސް މީހަަކަށް ގުޅާލިއެވެ. އަދި ބައްދަލުކުރަން އަންނާނަމޭ ބުނެ ގަޑި ހަމަޖައްސާލަމުން އޭނާ ގެނައި ދަބަހުގައިވާ ސީޑީ އެއްނަގާ ރޭޑިޔޯގައި އަޅުވާލިއެވެ. އެވަގުތު ގުގުމާލި އަޑާއެކު ސާރާ ހިނިތުން ވެލިއެވެ. ސާރާ ހިތްހަމަޖެހުނު ހެން ހީވިއެވެ. ސާރާ ކެސެޓް ނިވާލިއެވެ.ސާރާ ކޮންޕިޔުޓަރ ކާރީ އިނދެ ކޮންމެވެސް އެއްޗެއްތައްޔާރު ކޮށްލިއެވެ. އަދި ދެތިން ފަހަރަށް އެޔަށް ބަލާލުމަށް ފަހު ހިތްހަމަ ޖެހުމުގެ ނޭވާއެއްލިއެވެ.  އަދި ވަރަށް ފުރިހަމަޔަށް ތައްޔާރު ވެލިއެވެ. އަދި ބޭރަށް ނިކުތެވެ.

“ދަރިފުޅު ތަނަކަށް ދަނީތަ؟”

ބަގީޗާގައި ގަހަށް ފެންދޭން ބޭރުގައި ހުސްނާ ހުރެފަ ސާރާ ފެނުމާއެކު އަހާލިއެވެ.

“މަންމާ. މިއަދު އަޅުގަނޑު ފަޒުނާމެން މަތިން ހަނދާންވަނީ. އެގެޔަށް ވަދެލާފަ އަންނާނާން.”

ދޮރާ ދިމާޅަށް ހިނގައި ގަންނަމުން ސާރާ ބުނެލިއެވެ.

ސާރާ ވިޝާމް ސުޓޫޑިޔޯގެ ކާރިޔަށް ހުއްޓިލާފަ ވަށައިގެން ހޯދާލިއެވެ. އަދި އަވަސް އަވަހަށް އެތެރެޔަށް ދެމިލިއެވެ. އެއީ ތަނަވަސް އޮފީހެކެވެ. ވަށައިގެން އިލެކްޓްރިކްގެ ސާމާނު ހުރި ކޮޓަރިޔެއްގައި ދެމީހަކު އިށީދެގެން ތިއްބެވެ. ސާރާ ވަންތަން ފެނުމާއެކު އެތަނުން ތަންކޮޅެއް ހިކިކޮށް ހުރިމީހާ ތެދުވެގެން އަތުވެއްޖެއެވެ.

“ތިޔައީ ސާރާ ދޮގެއްތޯ؟”

އެމީހާ ސާރާ ކާރިން އަހާލިއެވެ. ސާރާ ބުރުގާ ރަނގަޅު ކޮށްލަމުން އާނއެކޭ ބުނާ ގޮތަށް ބޯޖަހާލިއެވެ.

” އަހަރެންގެ ނަމަކީ ފައިސަލް. ވަދޭ އެތެރެއަށް”

ފައިސަލް އަމިއްލަ ޔަށް އޭނާގެ ނަން ބުނެ ތައާރަފް ވެލަމުން އެތެރެޔަށް ވަނެވެ. އަދި ސާރާ ވަނުމަށްޓަކާ ދޮރު ހުޅުވައިގެން ހިފަހަށްޓައިގެން ހުއްޓެވެ. “އަހަރެންގެ ނަމަކީ ވިޝާމް.”

އިށީދެގެން އިންމީހާ ތެދުވެލާފަ ކުރިޔަށް އަތްދިއްކޮށްލަމުން އޭނާގެ ތަޢާރަފެއް ދިނެވެ. އަދި ސާރާވެސް އޭނާގެ ކުރިމަތީ ހުރި ގޮޑީގައި އިށީނެވެ. ފައިސަލް ވެސް މޭޒްގެ އެއްފަރާތުގައި އިށީނެވެ.

“އަޅުގަނޑަކީ ސާރާ..މިހާރު ތި ދެބޭފުޅުންނަށް ވެސް އެނގިއްޖެދެއްތޯ؟”

“ކަލާ ނުދަންނާނީ ކާކުތޯ. ކަލާގެ ބައްޕަ ޔަކީ މާލޭގެ މުއްސަދިންގެ ތެރޭ ހިމެނޭ ބޭކަލެއް. ތިޔަ ބޭފުޅުންނަށް ހިދުމަތް ކޮށް ދިނުމަކީ އަޅުގަނޑުމެންގެ އުފަލެއް. ކޮބާތޯ ސީޑ”ީ.

ސާރާ ދަބަސް ހުޅުވާލުމަށްފަހު ސީޑީ ނެގާފަ ވިޝާމް އަތަށް ދިނެވެ.

” އަން މިއޮތީ”

ވިޝާމު އެވަގުތު އޭތި ލެޕްޓޮޕްގަ އަޅުވަން ފައިސަލް އަށް އިޝާރާތް ކޮށް ލިއެވެ.

ހިނދުކޮޅެއްގެ މަސައްކަތަށް ފަހު ސޫރަޖް ގެ އަޑު އިވިގެން ދިޔައެވެ. އެހެނަސް މާނަ ފުން ރީތި ލަވައެކެވެ. ވިޝާމު އާއި ފައިސަލް ތިބީ ރަނގަޅަށް އެއަޑުގެ ޖާދޫގައި ޖެހިފައެވެ. ލަވަ ނިމުނީމަވެސް މުޅި ތަނުގައި ހީވަނީ އެއަޑު ހަރުލާފަ ހުރިހެން ނެވެ.

“ވާހް..ވާހް..ވާހް”

ވިޝާމް  އަށް ބުނެލެވުނެވެ. އެކަމާ އެއްބަސް ވުމުގެ ގޮތުން ފައިސަލް ވެސް ބޯޖަހާލިއެވެ.

“އިންތިހާޔަށް ރީތި އަދި ލަވަ ކިޔާފަ އޮތް ގޮތްވެސް ވަރަށް ފުރިހަމަ. މިލަވަ ކިޔުން ތެރިޔާ އަކީ ސާރާ ގެ ކާކު ތޯ؟. ހާދަ ރީތި އަޑެއް މިލަވަޔާ މިއަޑު މިޔުޒިކްގެ މާކެޓް ގައި ގުގުމާނެ.”

ވިޝާމް ސާރާޔާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“މިއީ ލޯފަން މީހެއްގެ އަޑު. އަހަރެން މިފަހަރު ދިޔަ ރަށަކުން ދިމާވި މީހެއް”.

ސާރާ ބުނެލިއެވެ.

“ވިޝާމް. މީނާ އަކީ ވަރަށް އެހެންކަހަލަ މީހެއް. އެއްވެސް މީހެއްގެ ހަމްދަރްދީ އެއް،އިހްސާންތެރިކަމެއް އޭނާ ބޭނުމެއް ނުވާނެ. އަދި އަމުދުން އަންހެނަކު އޭނާގެ ލަވަތަކާ މެދު ޝައުގު ވެރިވެ އޭނާޔަށް އެހީވާ ކަން އޭނާޔަށް އެގިގެން ނުވާނެ. މިއީ ސިއްރެއް. އަހަރެން ބޭނުންވަނީ އޭނާގެ ލަވަތަށް ރެކޯޑް ކުރެވިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ވިމުމަށް އަދި އޭނާއަށް އެކަށީގެންވާ މަޝްހޫރު ކަންލިބުން.. ފައިސާޔާ އެކު. އޭނާ ލައްވާ ޝޯތަށް ބާއްވާ އޭނާޔަކީ ލޯފަން މީހެއްނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔަކަށް ހެދުން އެހެންގޮތަކަށް ދަންނަވާނަމަ. އެކަމަކު މިކަމުގައި އަހަރެންގެ އެއްވެސް އަތެއްވާކަން އެކަކަވެސް އެގޭކަށް އަޅުގަނޑު ބޭނުމެއްނޫން. އޭނާގެ ޝޯތަށް ބޭއްވުމަށްޓަކާ ކުރާ ހުރިހާ ޙަރަދެއް އަަޅުގަނޑު ކުރާނަން. މިކަން އެއްވެސް މީހަކަށް އެގިގެން ނުވާނެ މިތާ މިވަގުތު ތިބި އަޅުގަނޑުމެން ތިންމީހުން ފިޔަވައި. މިކަމުގާ ތިޔަ ދެބޭފުޅުން ގެ އެހީ އަޅުގަޑަށް ލިބޭނެތޯ؟”

ވިޝާމް އާއި ފައިސަލް އެކަކު އަނެކަށް ބަލާލިއެވެ. އަދި މާނައިން ފުރިގެން ވާގޮތަކަށް ސާރާޔާ ދިމާލަށް ބާލާލަމުން އެެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

“ސާރާ ތިޔަ އެދިލަށްވާ ގޮތަކަށް ތިޔަ ކަންތަށް ކުރިޔަށް ދާނެ. ސާރާ ފިކުރު ނުކުރައްވާ. އިޜާދަކުރެއްވީޔާ ސޫރަޖް އަކީ ފަނޑުވުމެއް ނެތް ތަރިޔަކަށް ހަދާނަން އިންޝާﷲ.”

ވިޝާމް މޭޒުމަތީގައިވާ ބަރު އަނބުރާލަމުން ބުނެލިއެވެ. އެވަގުތު ސާރާ އޭނާގެ އަތުގައިވާ ދަބަހުން ދިގު ކަރުދާސް ތަކެއް ނެގިއެވެ.

” އެހެންވެއްޖެއްޔާ މީގައި ލަސް ކުރާނެ ކަމެއް ނެތް މީގައި ސޮއިކުރައްވާ. މިއީ ތިޔަބޭފުޅުން ދެެންމެ ވީއެއްބަސްވުން ލިޔުމުން”

ސާރާ ވިޝާމް އާއި ދިމާލަށް އެގަޑުތަށް ދިއްކޮށްލިއެވެ.

“މިއީ ކޮން ދެގަނޑެއްތޯ؟”

ފައިސަލް އަހާލިއެވެ.

” މިއީ އެއްއަހަރު ދުވަހުގެ އެގްރީމެންޓާއި އަލުގަނޑާއި އެކު ވެވުނު އެއްބަސް ވުން. ސޫރަޖް ގެ ލަވަތަށް ވިއްކާފަ ލިބޭ ހުރިހާ ލާރިޔެއް ދާންޖެހޭނީ ސޫރަޖްގެ އަމިއްލަ އެކައުންޓައް. މީގެ ބަދަލު، މިކަމަށް ވިޝާމް ސުޓޫޑިޔޯއިން ކުރަންޖެހޭ ހުރިހާ ޙަރަދެއްކުރާނީ ސާރާ. އަދި މިކަމަކީ ސިއްރު ކަމެއްގެ ގޮތުގައި ބޭއްވެން ޖެހޭނެ އެއީ މީގައިވާ އެގްރީމެންޓު.”

ވިޝާމް އާއި ފައިސަލް އެއެގްރީމެންޓްގައި ސޮއި ކުރިއެވެ.

ސާރާ ހިިތްހަމަޖެހުމުގެ ނޭވާއެއްލަމުން އެތަނުންދިއައީއެވެ.

“ސާހިލް އެވެ. ސާހިލް އަށް އައި ސިޓީ އެއްއެބައޮތް”

ވިއާމާ ސާހިލް ގެ ކޮޓަރީ ކައިރިޔަށް އައިސް ސާހިލް އަށް ގޮވާލަމުން ބުނެލިއެވެ.  ސިޓީ ސާހިލް އާއި ދިމާލަށް ދިއްކޮށްލަމުން ވިއާމާ ބުނެލިއެވެ.

“ސިޓީ އެކޭ.؟ ކާކު އަހަރެންނަށް ސިޓީ ލިޔާނީ އަހަރެންގެ އެއްވެސް މީހަކު މިދުނިޔެއަކު ނުހުންނާނެ؟”

“އެހެންނަމަވެސް މިއޮތީ ސިޓީއެއްއައިސްފަތާ އުޅޭ ކިޔާލަން. ކިޔާދެންންތަ؟”

ވިއާމާ މިހެން ބުނުމުން ސާހިލް އާނއެކޭ ބުނާހެން ބޯޖަހާލިއެވެ.

ސިޓީގެ ކޮންމެ އަކުރެއް ކިޔާލުމާއެކު ސާހިލްގެ މޫނުން އޮއްދާހިތްލަން ފަށައެވެ. ސިޓީ ކިޔާ ނިމުނު ވިއާމާ ވެސް ހުރީ އެވަރު ވެފައެވެ. ސާހިލް އަށް އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުނު ކަހަލަ އެވެ. މަޑުމަޑުން ވިއާމާ އަތުން އެސިޓީ ހޯދައިގެން ކޮޓަރިތެރެޔަށް ވަނުމާއެކު ދޮރު ލައްޕާފަ އެނދުގަ އިށީނެވެ.

ވިއާމާ ބަނޑި ބަނޑި ލައްވާފަ ދުވަމުން ދިޔައީ އޭނާގެ މަންމަ ކާރިޔަށެވެ.

“މަންމާ. މާލެއިން ސާހިލް އަށް ލަވައިގެ ރެކޯޑިންގެ އޮޑިޝަން އަކަށް އަންނަން ދައުވަތު ލިބިފާ އެބައޮތް. އަދި އެއާއެކު އޭނާގެ އެކައުންޓެއް ހުޅުވާފަ އޭގެ މައުލޫމާތުވެސް ފައިސާގެ ޗެކަކާއެކު ލިބިފާ އެބައޮތެވެ. ދެންއޭނާގެ ލޯ އޮޕަރޭޝަން ކުރެވިދާނެެ.މަންމާ. އަހަރެމެން ކަހަލަ ފައިސާ ނުތިބޭ މީހުން ކާރީ ހުރެގެން ސާހިލް އޭނާގެ ވަގުތާ ދުވަސް ބަރުބާދު ކޮށްފި، ދެން އެހެންވިޔަކަ ނުދޭނަން އަހަރެން ހަމަ މިހާރު މިދަނީ ސާހިލް ގޮވައިގެން މާލެ ދާން ތައްޔާރުވާން.”

ވިއާމާ އޭނާގެ މަންމަ ގެ ކޮނޑުގައި ބޯއަޅާލަމުން ލޯފޮހެލިއެވެ.

“މަންމަ އަށް ދަރިފުޅުގެ ހިތުގެ އުދާސް އެނގޭ. ދަރިފުޅު ސާހިލް އާޤަބޫލް ދޯ.ތެދު ބުނެބަލާ.. ދަރިފުޅު ލޯބިވޭތަ ސާހިލް ދެކެ”

ވިއާމާ މަންމަ އޭނާގެ މޫނުގައި ހިފާ މައްޗަށް ހިތްލާލަމުން ބުނެލިއެވެ.

“ނޫން މަންމާ. ސާހިލް އަކީ މީހެއްގެ އަމާނާތެއް. މިޔަށްވުރެ އިތުރަކަށް މަންމަޔަށް އަހަރެންނަކަށް ކިޔައެއް ނުދެވޭނެ.” ވިއާމާ މިހެން ބުނުމުން ހައިރާންވެފަ މަންމަ ވާހަކަ ދައްކަން އަނގަ ހުޅުވަން އުޅުނެވެ. ވިއާމާ އެވަގުތު މަންމަ އަނގަމަތީ އަތް އަޅާފަ މަންމަ ހުއްޓުވިއެވެ.

“މަންމާ. އިތުރަށް ސުވާލު ނުކުރައްވާ. ޕުލީސް”

ވިއާމާ މިހެން ބުނެލުމަށްފަހު ދުވެފަ ގޮސް ކޮޓަރިޔަށް ވަނެވެ.

ސާރާ ވަރަށް ބުރަކޮށް މަސައްކަތް ކުރާދުވަހެކެވެ. ސާރާ މާލެ އައިތާ ހަމަސް ދުވަސް ވީއެވެ. މާދަމާއަކީ އޭނާގެ ސޫރަޖް އެގެޔަށް އަންނަ ދުވަހެވެ. އެގޭގެ އެންމެ ބިށްދޮށު ކޮޓަރި ސާރާ  ސޫރަޖް އަށް ތައްޔާރު ކުރިއެވެ. ކުރިންވެސް ސޫރަޖް އެގެޔަށް އައިސް ގޮސް އުޅުނެވެ. ވީމާ އެގޭގެ ކަންތަށް އޭނާ ހަނދާން ނުނެތޭނެ ކަން ސާރާ ޤަބޫލް ކުރިޔެވެ. އެހެންވެ ގޭގެ ތަރުތީބު އެއްކޮށް އޭނާ ބަދަލު ކޮށްލިއެވެ އަދި ގޭގެ އެބައިގެ ނަންވެސް އާނަމަކަށް ބަދަލު ކުރިއެވެ. ޗާނދު އެވެ، ކިޔާ ގޭގެ އެއްބަށް ނަންދިނެވެ.ގެޔަށް ވަންނަ ދޮރުވެސް މުޅިން އެހެން ތަނަކަށް ބަދަލު ކުރިއެވެ. މިހާރު އެއްގޮތަކަށްވެސް އެއީ ނަސީބުގެއެއް ނޫނެވެ. އެއީ ޗާންދު އެވެ. ނަސީބުގޭތެރޭގައި ހެދިފައިވާ ދެބުރި އިމާރަތަކީ ޗާންދު އެވެ. ކުރިން އެގެއަށް އަންނަ މީހަކަސް މިހާރު އޮޅޭނެއެވެ. ކަރީމު އާއި ހުސްނާ ވާނުވާނޭގިފަ ތިއްބެވެ.

“ދަރިފުޅު ތިޔަ ކުރާކަމެއް މަންމަ މެންނަށް ކިޔާދީބަލާށެވެ. ގުރާދުއިން އައިގޮތަށް މާބުރަކޮށް އުޅޭހެން ހީވެއެވެ. ހަމަސް ދުވަސް ވެއްޖެ ކޮންޓުރެކްޓު 12 މީހުން ގޮވައިގެން ޙުދު ދަރިފުޅުވެސް ތިޔަ މަސައްކަތުގައި އުޅެނީ.. ބައެއްފަހަރަށް ދަރިފުޅު ގޭގެ ކުލަތަށް ގިރާ ހަދާތަން ފެނޭ އަނެއްބައިފަހަރަށް މަސައްކަތު މީހުންނަށް ސައި ހެދުމުގައި އަތުކުރި އޮޅާލާ.  އަނެއްކާ ކިހިނެއްވެގެން މިކުއްޖަކު މިއުޅެނީ؟”

ކަރީމު ބޭރަށް ނިކުންނަމުން ސާރާޔާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.

” އަޅުގަނޑުވެސް މިހުންނަނީ ތިކަމާ ހައިރާންވެފަ. ގޭގެ މަސްރަހު ބަދަލުވެފައިވާ ގޮތުން ހީވަނީ މިއީ މުޅިން އާގެޔެއް ހެން. ވަންނަ ދޮރުވެސް ބަދަލު. ނަންވެސް ބަދަލު. މިހެންގޮސް އެއްޗިހިތަށްވެސް ބަދަލުހީވަނީ ކުޑަވަރެއްގެ ތޫފާނެއް އަރަން އުޅޭ ހެން.”

ހުސްނާ ވެސް ދޮރުފަތުގައި އަތްޖައްސާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. އެވަރުންވެސް ހިނިތުންވުން ފިޔަވައި ސާރާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.

“އޭނާ ބޭނުން ގޮތަކަށް ގެބަދަލުވިޔަ ދީ. މުރާދު ވެސް ދިޔަ ގޮތަށް ޙަބަރު ވީކީ ނޫން ވީއްޔާ. މަގޭ ހިތްބުނަނީ ދެބެއިންވެގެން ކޮންމެވެސް ކަމެއް ރާވަނީޔޭ. އެގިދާނެތާ. މާދަމާ އަހަރެމެންވެސް މިދަނީ 3 މަސްދުވަހަށް އިންޑިޔާއަށް ފުރައިގެން.އަނެއްކާ އަހަރެމެންގެ މުސްކުޅި ގެ ހުރިތަނުގައި ބަހައްޓައްޗޭ”

ކަރީމް ހެމުން ބުންޏެވެ.

“އައްދެ އަޅުގަނޑުވެސް މަންމަ މެންނާ އެކު ދާން އިންޑިޔާއަށް.”

ސާރާ އޭނާގެ މަންމަޔާ ކާރިޔަށް ޖެހިލަމުން ބުނެލިއެވެ.

” އެހެން ވީއިރު މިގެ އާކާވަނީގެ އަންހެން ކުއްޖެއްހެން ތައްޔާރު ކުރަނީ ކީއްވެތަ؟”

ހުސްނާ ހަށަންބަންނަމުން ސުވާލު ކޮށްލިއެވެ. ބަދަލުގައި ހީލުން ފިޔަވާ ސާރާ ޖަވާބެއްނުދިނެވެ. އަދި ދިޔަގޮތަށް ކޮޓަރިޔަށް ވަދެގެން ދިޔައީއެވެ. ބޮލުގައި އަތްޖަހަމުން ޖަހަމުން ހުސްނާވެސް ބަދިގެ ފަރާތަށް ދިޔައީއެވެ.

މީރާ މުރާދުގެ ކޮންމެ ކަމެއް ކުރަނީ ވަރަށް ފަރުވާތެރިކޮށެވެ. މުރާދު ބުނީ ތެދެކެވެ. އޭނާޔަކީ މާތް މީހެކެވެ. ދުވަހަކުވެސް މީރާޔާ މެދު ވަހުށީ ނަޒަރަކުން ބަލާނުލައެވެ. މީރާގެ ކޮޓަރި ކަރިޔަަށްވެސް ނުދެއެވެ. ކޮންމެ ދުވަހަކު މީރާ މުރާދު ތެދުވަން ވާއިރަށް އޭނާއަށް ރީތި ގަމީހަކާ ފަޓުލޫނެއް ތައްޔާރު ކޮށްދެއެވެ. ފުރަތަމަ ދުވަހު މިސިޒް ޕީޓަރ މިކަން ކުރިތަން އޭނާޔަށް ފެނުނެވެ.

“މިސިޒް ޕީޓަރ އެވެ. ކަލޭގެ ޢިޢްތިރާޒެއްނެތީޔާ މީގެ ފަހުން ސާހިބުގެ ހެދުން އަހަރެން ތައްޔާރު ކުރަންތަ؟”

ލަދުވެތި އަދާއަކާއެކު އިސްޖަހާލަމުން މީރާ ބުނެލިއެވެ. މިސިޒް ޕީޓަރ ޔަކީ ދުނިޔޭގެ ގިނަކަންތަކެއް ތަޖްރިބާ ކޮށްފަ ވާ އަންހެނެއް ކަމުން މީރާ ގެ މިއެދުމުގެ ފަހަތުގައި ވަނީ އޭނާގެ ހިތުގައި މުރާދު އަށްޓަކާ ވާލޯބި ކަން ދެނެގަތެވެ.

“އެންމެ ރަނގަޅު. އެކަމަކު ޝަރުތެއްގެ މަަތިން އެންމެ ރަނަގޅުތަ؟”

“ޝަރުތެކޭ އެއީ ކޮންޝަރުތެއް؟ އަޅޭ ބުނެބަލަ” މިރާ މިސިޒް ޕީޓަރ ގައިގަ އޮޅުލަމުން އަހާލިއެވެ.

“މިކަން އެއްދުވަހު ކޮށްފަ ހުއްޓާ ނުލާތި. މުޅިއުމުރަށް ވެސް މިކަން ދެމެހެއްޓޭތޯ އުޅެދޭންޖެހެނެ”

މިސިޒް ޕީޓަރ މީރާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު ބުނެލިއެވެ. މީރާއެއް އޭނާގެ މަންމަ ނުދެކެއެވެ. އަދި މަންމަ ގެ ލޯތްބަކީ ކޮބާކަމެއް ނުވެސް އެގެއެވެ. ބައެއްފަހަރު މިސިޒް ޕީޓަރ ގެ ހަރަކާތް ތަކުން މަންމާޔޭ ކިޔާފަ ގޮވާލާނަމޭ އޭނާގެ ހިތަށް އަރައެވެ.މީރާ ވަރަށް ފާޑުވެރިކަމާ އެކު މުރާދުގެ ހެދުން ތަށްޔާރު ކުރިއެވެ. ވަރަށް ރީތި މަޑުޗޮކްލެޓް ކުލައިގެ ރޮނގުދެމި ގަމީހަކާ ހަމަ އެކުލައިގެ ފަޓުލޫނެެކެވެ. އަދި ހަމަ އެކުލައިގެ ބެލްޓެކެވެ. ހަމަ އެކުލައިގެ ރުމާލެކެވެ. އަދި ވަރަށް ރީތި ޓައީއެއްވެސް ގަމީސްކާރީ ބާއްވާލިއެވެ. މިސިޒް ޕީޓަރ ހައިރާންކަމާއެކު އެމަންޒަރު ބަލަން ހުއްޓެވެ. ތެދެކެވެ. އަހަރެންގެ މުސްކުޅި ސިކުނޑިޔަކަށް މިކަހަލަ ކަންތަކެއް ނުވިސްނޭނެއެވެ. މިސިޒްޕީޓަރ ވަރަށް ހިތްހަމަޖެހުނެވެ.

އާދައިގެ މަތިން ފެންވަރާލައިގެން ކުލާހަށްދާން ތައްޔާރުވެލަން މުރާދު ހެދުން ބަހަށްޓާފަ ހުންނަ ކޮޓަރިޔަށް ވަނެވެ.އަދި ހައިރާންވެގެން ހުއްޓުން އަރާފަ އެނދުމަތީގަ އޮތް ހެދުމަށް ބަލަހަށްޓައިގެން މުރާދު ހުއްޓެވެ. މިސިޒް ޕީޓަރ ޔާ މީރާ ދުރުގަ މިމަންޒަރު ބަލަން ތިއްބެވެ. އޭނާއަށް ނުފެންނަ ގޮތަށެވެ. މުރާދު ގަމީސް ނަގާ ލާންފެށިއެވެ. އާދަޔާ ޙިލާފު މީރުވަހެއް މުރާދު އަށް އެގަމީހުން ދުވިއެވެ. އަސްލުގަ އެގަމީހަކީ މިއަދު އޭނާވެސް ލާންނިންމާފަވާ ގަމީހެވެ. މީރާޔާ މިސިޒް ޕީޓަރ ހެމުން ބަދިގެއަށް ދިޔައެވެ. މުރާދު ތުމުން ރާގެއް ފުމެމުން ތައްޔާރު ވެލިއެވެ. ގޭގައި އަންހެނަކު ހުރުން ހާދަ މުހިންމޭ މުރާދު ހިތަށް އެރިއެވެ.

މިސިޒް ޕީޓަރ ޔާ އެކު މީރާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރިއެވެ. މީރާގެ ކޮންމެ ކަމެއްގައި ވަރަށް ފާޑުވެރިކަންވެއެވެ. ހީވާގޮތުން އެކަންތަށް ތަކަކީ މީރާ ކޮށްފަރިތަ ކަންތަކެވެ. އަސްލުގަ މިސިޒް ޕީޓަރ މިހާރު ގިނަ ކަންތަކަށް ދަސްކުރަނީވެސް މީރާ ކާރިންނެވެ. މިޒިސް ޕީޓަރ ހިތަށް އެރިގޮތަށް މީރާ މިވީ މިގެޔަށް ރަނގަޅު ފާލަކަށެވެ.

މުރާދު ކާގެޔަށް އައިއިރު މީރާ ބިސްގަޑެއް އަޅަނީ އެވެ. މަޑު ނޫކުލައިގެ ހެދުމުގެ މަތިން ފަށުވި ދޯޕައްޓާއެއްއަޅާލާފަ އޮތެވެ. އަދި ދޯޕައްޓާގެ އެއްފަރާތުން އުނަގަނޑުގައި އަސްސާލާފަ އޮތެވެ. ކާގޭތެރޭގަ ބުނަން ނޭގޭހާ މީރުވަސް ދުވައެވެ.

“ކަމަނާ ރަނގަޅު ހެނދުނެއް”

މުރާދު އިރުކޮޅަކު ހުރެލާފަ ބުނެލިއެވެ. އެވަގުތު ސިއްސައިގެން ގޮސް މީރާ ހިފަހައްޓައިގެން ހުރި ތަވާ ބަންޑުންވެ އޭނާގެ އަތް ހޫނު ތަވާގައި ޖެހުނެވެ. އަދި މީރާޔަށް ވޭނީ ހަޅޭކެއްގެ އަޑު ނިކުތެވެ.

“އަސްތާ ކަމަނާގެ އަތް. ދައްކަ ބަލަ ވަރަށް ބޮޑަށް ފިހުނުތަ؟”

މުރާދު ވަގުތުން ކާރިޔަށް ޖެހިލާފަ މީރާގެ އަތްތިލާގަ ހިފަހަށްޓާލިއެެވެ. މީރާ ކަޅިވެސް ޖަހާ ނުލާ ކުރިމަތީ މިހިރަ ރީތި އިންސާނާޔަށް ބަލަން ހުއްޓެވެ.

މިސިޒް ޕީޓަރވެސް ހަލުއިކޮށް ހިނގާލާފަ އައެވެ. އަޑު ގަދަވެގެންވެ.

” މިސިޒް ޕީޓާރ ދޭބަލަ އަވަހަށް އެފަސްޓު އެއިޑް ފޮށި ގެންނާން.މި ކުއްޖާ މިއޮތް އަތްފިހެލީ”.

އެވަގުތު އޭނާ ފަސްޓު އެއިޑް ފޮށި ގެނެސް ދިނެވެ.

މުރާދު އޭގައިވާ ކުރީމް ޓިޔުބަކުން މީރާގެ ފިހިފައިވާ އަތުގައި މަޑުމަޑުން ހާކަދޭން ފެށިއެވެ. އެވަގުތު މީރާގެ ހިތަށް އެރިއެވެ.

މުރާދު އެވެ. ކަލާޔަށް ތިޔަ ފެންނަނީ ހަމައެކަނި އަހަރެންގެ އަތުގެ އިނގިލި ތަށް އަނދާފަވާ ތަނެވެ. އަހަރެންގެ ހިތްކަލާ ބަލާބަލާށެވެ. ފިހި އަނދާފަވަނީ ތިޔައަށްވުރެ މާބޮޑަށެވެ.

“އެއްޗެކޭ ބުނިންތަ؟”

މުރާދު މީރާ އެއްޗެކޭ ބުނިހެން ހީވެގެން އަހާލިއެވެ.

” ނޫން ނޫން. އަޅުގަނޑު ނުބުނަން މީރާ އަތްދަމައިގަންނަމުން ބުނެލިއެވެ..”

“މިއަދު ދަރިފުޅުގެ ހެދުން ތައްޔާރު ކޮށްދިނީ މޭމް ސާހިބާ. ކަމުދިޔަ ދޮގެއްތޯ؟ ދެން މީގެ ފަހުން ހެދުމުގެ ޑިޕާރޓްމަންޓު މީރާ ވަނީ ހަވާލުވެފަ”

މިސިޒް ޕީޓަރ މުރާދު މޭޒްކާރިޔަށް އައިސް އިށީނުމާއެކު ތައްޓަށް ސައި އަޅަމުން ބުނެލިއެވެ.

“އެހެން ހެއްޔެވެ؟. ވަރަށް ބޮޑަށް ޝުކުރީއްޔާ އެވެ.”

މީރާޔާ ދިމާލަށް ބަލާލަމުން ހިނިތުންވެލާފަ މުރާދު ބުނެލިއެވެ.

“އެކަމަކު ކުރީގަ ކަލާ ބުނެފަ އޮތީ އެކުވެރިންގެ މެދުގައި އެއްވެސް ވަރަކަށް ޝުކުރު އަދާކުރުމެއް ނޯންނާނެޔޭ. ވީއިރު މިހާރު އެކަން ބާތިލު ވީތޯ؟”

ބިސްގަނޑު އަޅާފަ ހުރި ތަށި މުރާދު އާއި ކައިރިކޮށްލާފަ ނާސްތާކުރަން މީރާވެސް އިށީންނަމުން ބުނެލިއެވެ.

“ތެދެއްދޯ. ހަނދާން ނެތުނީ. ދެންފަހަރަކުން ނޫނީ ނުވާނެ. އެހެންނޫނަސް ތިޔައީ މިގެއަށް މަސައްކަތްކުރަން އައިކުއްޖެއް ނޫނެއްނު ވީމާ އެކަހަލަ ކަމެއް ކޮށްދިނީމާ ބުނެވުނީ. މާދަމާ ހެދުން ނަގާދޭނަންތަ؟”

މުރާދު ގެ މިޖުމްލަޔާ މެދު ދެމީހުންވެސް ހޭންފެށިއެވެ.

“ކޮބާ ކުލާހަށް ދާން ރެޑީތަ؟”

މުރާދު އަހާލިއެވެ.

“އާނ. ދަބަސް ހިފައިގެން މިއަންނަނީ.” މީރާ މިހެން ބުނަމުން ކޮޓަރިޔާ ދިމާލަށް ދުއްވައިގަތެވެ.

މުރާދު ގަރާޖުން އޭނާ އަލަށް ގަން ކުޑަކާރު ނެރުނެވެ. އަދި މީރާގެ އިންތިޒާރުގައި ބޭރު ގަ އޮތެވެ.

މީރާ ދޯޕައްޓާ ރަނގަޅު ކުރަމުން ދަބަސް އެއްކޮޑުގަ އަޅުވަމުން ދުވަމުން ކަހަލަ ގޮތަކަށް އައެވެ. އެއީ މީރާގެ އާދައެވެ. ކޮންމެ ކަމެއްގަވެސް އުޅޭނީ މާއަވަސް އަރުވައިގެން ތެޅިގެނެވެ. މީރާ އަށްޓަކާ މުރާދު ކުރީސީޓްގެ ދޮރު ހުޅުވާލަދިނެވެ. މީރާ ހެދުން ރަނގަޅު ކުރަމުން އިށީދެ ހަމަޖެހިލިއެެވެ.

“މިއަދު އަޅުގަނޑު ނިމޭނީ ތަންކޮޅެއްފަހުން.ކަލާ އުނދަގު އުފުއްލަވާނެ ކަމެއް ނެތް. އަޅުގަނޑު ބަހުގަވެސް ގެޔަށް އައިސްދާނަން.”

މީރާ ބޭރުގެ މާހައުލަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.

“ކަމަނާ،ކަމަނާ ބަލާދިޔުން އަޅުގަޑަށް މާބޮޑު މައްސަލަޔެއްނޫން. ނިމޭގަޑިޔަށް އަޅުގަޑު އަންނާނަން. ގުޅާލާފަ ނޫނީ އެސް އެމްއެސްއަކުން އަންގާލީމާ އެންމެ ރަނގަޅު ނޫންތޯ؟”

މުރާދު މިހެންބުނުމުން މީރާ ހިނިތުންވެފަ ބޯޖަހާލިއެވެ. ތިޔައީ އަހަރެންވެސް އެންމެ އެދޭގޮތޭ ބުނާގޮތަށެވެ. .

މީރާ ކުލާހަށް ލުމަށްފަހު މުރާދު ދިޔައީ އޭނާގެ ކުލާހަށެވެ. ދިޔަ މަގުމަތީވެސް މުރާދު މީރާޔާ މެދު ވިސްނިއެވެ. ކުލާހުގައި އިންދާ މުރާދަށް މީރާގެ މެސެޖް ލިބުނެވެ. ނިމޭ ގަޑި ބުނެފައެވެ. މުރާދު ވެސް ޖަވާބު ފޮނުވާލުމަށްފަހު އޭނާގެ ފިލާވަޅު ތަކާގެން އެނބުރިލިއެވެ.

މުރާދު މީރާ ބަލާ ދިޔައިރު މީރާ ހުރީ ފޮތްތަށް ހިފައިގެން ބޭރަށް ނިކުމެއެވެ.

ކުޑަކޮށް ފޮދު ވާރޭ ވެހެމުން ދިޔައެވެ. އެހެނަސް މީރާ ހުރީ ކުޑަކޮށް ނިވާވާ ހިސާބުގައެވެ. މީރާގެ ދޯޕައްޓާއިން ބައެއްވަނީ ކުޑަކޮށް ތެމިފައެވެ. އެގޮތަށް ތެމިފަ ހުރުންވެސް ހީވަނީ ފިލްމީ ކަމެއް ހެންނެވެ. ވަރަށް އަސަރުގަދައެވެ. މުރާދު ފެނުމާއެކު މީރާގެ ލޯ އުފަލުން ވިދައިގަތެވެ. އަދި ހިނިތުން ވެލާފަ ކާރު ކާއިރިޔަށް ދިޔައެވެ. އަދި ދޯޕައްޓާ ފޮޅަމުން ކުރީސީޓްގައި އިށީނެވެ.

“ވަރަށް ގިނައިރުވިތޯ ބޭރުގަ”

މުރާދު މީރާ އިށީނުމުން ކާރު ދުއްވާލަމުން ބުނެލިއެވެ.

ނުނިމޭ

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 25

Next

ތި ލޯބި އެދިގެން… 7

Next
October 9, 2016

ތި ލޯބި އެދިގެން… 7

Previews
October 9, 2016

ނޭނގޭހެ ހާދަ ލޯބިވޭ 25

6 Comments

  1. Aish says:
    October 9, 2016 at 11:07 pm

    V thihthi mi part ves. Dhen saaraa n sooraj gulhuvabala avahah

    1. Rozy says:
      October 9, 2016 at 11:55 pm

      Aish thank you.. adhi madu kobala guluvaname thankolhe lobin dho… Please wait and read but dont cry

  2. Meekael says:
    October 10, 2016 at 1:25 am

    Habbeys, Habbu, kiya kiyaa indhaa nimuni foohi vegen dhookollaane emme lafzeves fiyyeves naadhey. V v v v reethi. Ummeed kurani dhen oibai miah vureh ves reethi vaane kamah. Mee hama folhifa in reethi finifenmaleh.

  3. Khajja says:
    October 10, 2016 at 1:49 am

    Wow fantaastic rozy v bodah thanks stry v habeys hama keep it up n u can do it waitin 4 next part

    1. Rozy says:
      October 10, 2016 at 5:41 am

      Meekael thi dhini rangalu commete tha nooni…..but thank you for reading…?

  4. Rozy says:
    October 10, 2016 at 5:43 am

    Khajja thank you for the support and love…next part will come soon
    ??

Comments are closed.

All Right Reserved!