Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 2

ShaiShy Level 410 Stories100 Comments500 Comments
October 9, 2016 3 Mins Read
14 Comments

ޝަމާންގެ ހިތުގައި ވަނީ ބޮޑުހައިޖާނެއް އުފެދިފައެވެ.ރަހުމަތްތެރިންތަކަކާ ކުރެވުނު ބެޓެއްގެ ސަބަބުން އޭނަ މިހާރު ސިކުނޑި ސުމަކަށް ދާ ވަރު ވެއްޖެެއެވެ. ނޭނގުމެއްގެ ތެރޭގައި އޭނާ އަށް ވަނީ މިކްޔާގެ ރީތިކަމަށް ހިތް ލެނބިފައެވެ. މިކްޔާ ދެކެ އިންތިހާއަށް ލޯބި ވެވިފައިވީނަމަވެސް އެކަން އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނޫނެވެ.

އޭނާ އަށް މިކްޔާ އެންމެ ފުރަތަމަ ފެނުނީވެސް 2މަސް ދުވަސް ކުރިންނެވެ. އެދުވަހަކީ އޭނާ މާލޭގައި ކިޔެވުން ނިންމާލުމަށްފަހު ޗުއްޓީ އަށް ރަށަށް އައި ދުވަހެވެ.

********

ޝަމާން އަކީ ތ.ތިމަރަފުށްޓަށް އުފަން ކުއްޖެކެވެ. މަންމަ އާއި ބައްޕަ ވަނީ ޝަމާންގެ އުމުރުން 15 އަހަރުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއެއްގައި މި ދުނިޔެއާ ވަކިވެގެން ގޮއްސައެވެ. މައިންބަފައިންގެ ކުއްލި މަރުން ޝަމާންގެ ހިތަށް ވަރަށް އަސަރުކުރި އެވެ. އެހެން ނަމަވެސް ހިތްވަރާ އެކީ ކިޔެވުމައިގެން ކުރިއަށް ދިޔައީ މަންމަ އާއި ބައްޕަގެ ހުވަފެން ހަޤީގަތަކަށް ހެދުމުގެ ފޮނި އުންމީދުގައެވެ. މާލޭގައި ބޮޑުދައިތަމެން ކައިރީގައި އުޅެމުން ގްރޭޑް ބާރަ ނިންމީ ފަހުރުވެރި ކާމިޔާބެއް ހޯދާފައެވެ.  އެއީ ޝަމާންގެ ބުރަ މަސައްކަތުންނާއި ބޮޑުދައިތަގެ އޯގާތެރި ކަމުގެ ފޮނި ނަތީޖައެވެ. އެފަދަ ކާމިޔާބީއެއް ހޯދުމުން ސަރުކާރުގެ ފަރާތުން ލިބުނު ސްކޮލާޝިޕެއްގަ ލަންޑަނަށް ފުރަން ހަމަ ޖެހިފަ  އޮތީ 6 މަސް ފަހުން ކަމަށްވާތީވެ ރަށަށް ގޮސްލަން ނިންމީ ފުރުމުގެ ކުރިން މާމަ އާއި ކާފަ ކައިރީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ.

******

“ބައްލަވާ..މިހާރު މިއޮށް އާދެވުނީއޭ” ޝަމާން ސިއްސައިގެން ދިޔައީ ކައިރި ޝީޓް ގަ އިން މީހާ ގޮވާލި އަޑަށެވެ. އޭރު ފްލައިޓް މިވަނީ ތިމަރފުށީ ވައިގެ ބަނދަރުގަ ޖައްސާފައެވެ. 4 އަހަރަށްފަހު އުފަން ރަށަށް އާދެވުމުން ޝަމާންގެ މޫނުމަތި ވަނީ އުޖާލާ ވެފައެވެ.

ރިންގް ވަމުން ދިޔަ ފޯނު ނަގާ ޝަމާންގެ ކަންފަތުގަ ޖައްސާލީ މިގަޑީގައި ގުޅާނީ ކާފަކަން އިނގޭތީވެއެވެ. “ދަރިފުޅާ…ކާފަ މިހުރީ މިތާ ބޭރުގަ އިނގޭ..ޓެކްސީ އެއް މަޑުކުރުވައިގެން މިހުރީ..އަވަސް ކޮއްލާތި އިނގޭ…”

“ލައްބަ ކާފާ..ކުޑައިރުކޮޅެއްގެ ތެރޭގަ މި ނިކުންނަނީ….” ޝަމާން ފޯނު ކަނޑައިލި އިރުގަ ފޮށިތަށް ނެރެފި އެވެ. އެހެންކަމުން ދެން އަވަސް ވެލީ ފޮށި ނަގައިގެން ބޭރަށް ނިކުތުމަށެވެ. ބޭރަށް ނިކުތް އިރުގަ ތަންކޮޅެއްދުރުގަ ކާފަ ހުރިތަންފެނުމުން އަތުން ހަނާ އަޅާލުމަށްފަހު އެދިމާއަށް ދިޔައިރުގަ ކާފަ ހުރީ އަދިވެސް އަންނަ މީހުން ނިކުންނަ ދޮރާ ދިމާއަށް ބަލަންށެވެ. ހީވާގޮތުން ކާފަ އަށް އަދި ޝަމާން އެއް ނުފެނެއެވެ.

“އެހެމްް..އެހެމްމްމް…” ކާފަގެ ކުރިމަތީގައި ހުއްޓިލުމަށްފަހު ޝަމާން ކަރުކެހިލި އެވެ. އެވަގުތު ކާފަ ޝަމާން އާއި ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. ކާފަގެ މޫނުމަތިން ފެނުނު ބީރައްޓެހި ކުލަވަރުތަކުން ޝަމާން ކައިރިއަށް ހިނި އަންނަ ގޮތް ވިޔަސް އެކަން ނުދައްކާވޭތޯ ބެލި އެވެ

“ބޭބޭ..އަޅުގނޑު ވަރަށް  އަވަހާ ތަނަކަށް ދާން ޖެހިގެން  މިއުޅެނީ…ލިފްޓެއް ލިބިދާނެތޯ؟” ކާފަގެ ކުރިމަތީގައި އެހުރި ގޮތަށް ހުރެ ކައިރީގައި ހުރި މީހާގެ މޫނަށް ބަލާލުމަށްފަހު ޝަމާން ބުނެލިއެވެ.

“މާފު ކުރައްވާ…މިބޭފުޅާ ބުނެގެން އަޅުގަނޑު މަޑު ކޮށްލައިގެން މިހުރީ” އެމީހާ އެހެން ބުނެލުމާ އެކު ޝަމާން ސިއްރުން އެމީހާ ކައިރިގައި އެއްޗެއް ބުނެލުމަށްފަހު ގޮސް ކާރަށް އެރިއެވެ.އަދި ހިނިތުން ވެލީ ހިތުގަ ކަމެއް ރާވާލަމުންނެވެ. އެހެން އިންދަ ކާފަވެސް ކާރަށް އަރާ އިށީދެއްޖެއެވެ. އެވަގުތު ކާރުދުއްވާ މީހާ އާއި ދިމާއަށް ޝުކުރުގެ ނަޒަރަކުން ޝަމާން ބަލާލި އެވެ. އޭރުގަ އެމީހާ ކަިއިރީގައި ޝަމާން  އަކީި ކަަކުކަން ބުނެދިނުމަށް ފަހު ކާފަ ކައިރީގައި އެވާހަކަ ނުބުނެ ކާރަށް އަރުވަން އެއްބަސް ކުރުވަން  އެދުނެވެ. ޑްރައިވަރު ކާރު ދުއްވާލި އިރުގަވެސް ކާފަ އިނީ އިރުކޮޅަކާ އަތުގަ އޮތް ގަޑި އަށް ބަލަންށެވެ. ގެހުންނަ މަގަށް އެޅިއިރުގަވެސް ކާފައަށް ރޭކާވެސް ނުލައެވެ. ގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން ލާރި ދެއްކުމަށްފަހު ޝަމާން ނިކުތީ  ޑްރައިވަރަށް ކާފަ ދައްކާލުމަށްފަހު ލޮލުންބޭރަށް އިޝާރާތް ކޮށްލުމަށްފަހުގައެވެ.

ބޭރުގަ މަޑުކޮލައިގެން ހުއްޓަ ކާފަ ނިކުތުމުން ކާރު ދުއްވާލިއެވެ. އެއްފަހަރު ގެއާ ދިމާ އަށް އަނެއް ފަހަރު ޝަމާން އާއި ދިމާ އަށް ބަލާލުމަށް ފަހު ކާފަ ސުވާލު ކޮއްލިއެވެ. “ކޮއްކޯ..މިގެ އަށް ތި އައީ ކޮން ބޭނުމެއްގަ؟”…..

“މި ގޭގަ އުޅޭނެ އަޅުގަނޑު ވަރަށް ލޯބިވާ 2 މީހުން…އެމީހުންނާ ބައްދަލު ކޮށްލަން މި އައީ…” މިހެން ބުނެލުމަށް ފަހު ޝަމާން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އޭރުގަ ކާފަވެސް އެތެރެއަށް ވަދެއްޖެއެވެ. “ހައްވާ!…ހައްވަ!..އާދެބަލަ މިކޮޅަށް..” ހުސޭނު އޭނާގެ އަނބި މީހާއަށް ގޮވަމުން ދިޔައީ މި ނުދަންނަ ބީރައްޓެހި ކުއްޖާއަކީ ކޮންމެވެސް ގޮތަކުން އޭނާގެ އަނބިމީހަާ ދަންނަ ކުއްޖެއް ކަމަށް ހީ ކޮށެވެ. އޭނާގެ ކާފަ ދަރި ބަލާ ދާން ކެތް މަދުވެފަ ހުރި ވަރުން އެކުއްޖަކީ ކަކުތޯ ރަނގަޅަށް ބަލާވެސް ނުލެވެއެވެ. ކާފަ އުޅެމުންދާ ގޮތުން ޝަމާންް ހުރީ ވަރަށް މަޖާވެފަ ހުއްޓެވެ.

“ކީކޭ ހުސޭނާ….ކިހިނެތް ވީ އަނެއްކާ މާ ބާރަކަށް ތި ގޮވަނީ..؟” ދޮރުކުރިމައްޗަށް ނިކުންނަމުން ހައްވަ ބުނެލިއެވެ. ހަމަ އެވަގުތު ހުސޭނު ކައިރީގަ ހުރި ޝަމާން ފެނުނެވެ. ހައްވަގެ މޫނުމަތިން ފުޅާ ހިނިތުން ވުމެއް ފެނުނު އިރުގަ ދެ ލޮލުގަ ވަނީ ކަރުނަ އެވެ. “އެބައަންނަން އިނގޭ..ޝަމާން ގޮވައިގެން…މިހާރު ހުންނަނީ ވަރަށް ލަސްވެފަ ކަންނޭނގެ..” ހުސޭނު މިހެން ބުނެލުމަށް ފަހު އަވަސްވެގަތީ ފޯނުން ކޮންމެވެސް މީހަކަށް ގުޅާލުމަށެވެ. ހިތާ ހިތުން އެ ޑްރައިވަރާ ދިމާއަށް ކުދި ކިޔަމުން ހުސޭނު ގެއިން ނިކުންނަން ހިނގައިގަތް ތަނާ ފިޔަވަޅު މަޑު ޖެހިލީ ހައްވަ ބުނި އެއްޗަކުންނެވެ.” ދެން ދާނެކަމެއްނެތޭ ހުސޭނާ…މިހުރީނު އަހަރެމެންގެ ދަރިފުޅު…ހުސޭނަށް ސާބަސް…” ހައްވަ މިހެން ބުނެލުމާއެކު ހުސޭނު ވަރަށް ފުންކޮށް ކުރިމަތީގައި ހުރި ޒުވާނާ އަށް ބަލާލިއެވެ. އޭނާ އަށް އެ މޫނުން ސިފަވީ ހާރޫންގެ މޫނެވެ. އެވަގުތު ހުސޭނު ލޮލުން ކަރުނަ ނިރާލީ އޭނާގެ ދޮށީ ދަރިފުޅުގެ ކުއްލި މަރުގެ ހާދިސާ ހިތައް އެރުމުންނެވެ. ކާފަ އަށް ވީގޮތް ޝަމާން އަށް އެނގުމުން ކާފަގެ ކޮނޑުގަ ހިފާފަ ގަޔާ ކައިރި ކޮށްލީ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލުމަށްފަހުގައެވެ.

މިމަންޒަރު ބަލަން އެގޭތެރޭގެ ދޮރާ ނިވާވެގެން ހުރި އަންހެންކުއްޖާގެ މޫނު މަތިން ފެންނަނީ ލަދުރަކި ކަމެވެ. މީ އެކުއްޖާ ދުވަހަކުވެސް ވާނެކަމެއް ކަމަށް ހީކުރިކަމެއް ނޫނެވެ. ޝަމާންގެ ފިރިހެންވަންތަ ސިފަ އަށް ގެއްލިފަހުރިވަރުންަ ގޭތެރަށް މީހަކުވަތް ކަމެއްވެސް ނޭނގުނެވެ……………………….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ތި ލޯބި އެދިގެން.. 6

Next

ލޯބިވަން ޔާރާ އޭ 12

Next
October 9, 2016

ލޯބިވަން ޔާރާ އޭ 12

Previews
October 8, 2016

ތި ލޯބި އެދިގެން.. 6

14 Comments!

  1. kalhey ??? says:
    October 9, 2016 at 10:55 am

    Nice….
    Vaahaka ah gehlifa hurivarun nimun iru nuves igunu…
    Adhi kuda koh kuru…
    Thankolheh dhigu konlaa…
    Eyrun hama perfect vaane….?
    Gud luck next part ah.
    Avahah update kurahcheyy….
    Wait kuranee mi next part ah…

  2. Aaf says:
    October 9, 2016 at 10:56 am

    Haadha kury manjy miyavureh dhigukoh genes dhanam ennu ekamaku vs story vvv nice

  3. Aleena says:
    October 9, 2016 at 11:23 am

    Haadha bodu bissekey e hithuga eyni. Lakka veyn alhaane thaa dhw..

  4. Anonymous says:
    October 9, 2016 at 11:38 am

    Haadha kurey

  5. Riff says:
    October 9, 2016 at 11:39 am

    Haadha kurey

  6. Booooooo says:
    October 9, 2016 at 12:19 pm

    mee haadha kurukoh vaahaka genesdhey liyuntheriyekey dho.

  7. RaM says:
    October 9, 2016 at 12:21 pm

    Haadha kurey huh

  8. Samsam says:
    October 9, 2016 at 12:30 pm

    Ehmen ge ves agamathy baheh dhw mee haadha kurey…kayashandy vrh salhi egey vaahaka..gud luck…

    1. kayashandy says:
      October 10, 2016 at 1:52 am

      tnks for ur support…

  9. Dark Princess says:
    October 9, 2016 at 12:41 pm

    vrh reethii…next part ah intixaaru mi kuranyy… 😀

  10. xala says:
    October 9, 2016 at 12:53 pm

    dhigu koh genes dhybalaaaaaa. plx plx plx.
    varah rythi

    1. kayashandy says:
      October 10, 2016 at 1:51 am

      will try…tnks for ur support

  11. mal says:
    October 9, 2016 at 2:13 pm

    fasaana ge meaning plx

    1. reader says:
      October 9, 2016 at 9:55 pm

      hithuge udaas thah…

Comments are closed.

Next Episodeމިހިތުގެ ފަސާނާ 3←


All Right Reserved!