Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 13

shooty Level 310 Stories100 Comments
October 10, 2016 7 Mins Read
56 Comments

ލޯބިވަން ޔާރާ އޭ 13

ފެަން ވަރަން މާގަނޑު ދޮށުގައި ހުރި އިރު ކުރިން ދުވަހު ފާހާނާތެރޭ އީތަން އާއި އެކީ ޖެހުން ސަކަރާތް ހިތައް އަރާފައި ބޭ އިހްތިޔާރުގައި ހިނިތުން ވެވުނެވެ. ހިތްހަމަ ޖެހޭ ވަރުވުމުން މިޝެލް ގައި ހިއްކަމުން ކޮޓަރި އަށް ނުކުތީ އީތަން ހުންނާނެ ކަމަކަށް ނޫނެވެ. ކުރިމަތީ އައިސް ހުއްޓުނު އީތަން ފެނިފައި މިޝެލް އަށް ހަޅޭއް ލަވައިގަނެވުނީ އަތުގައި އޮތް ހުދު ތުވާލިން ގައި ނިވާ ކުރަން މަސައްކަތް ކުރަމުން ނެވެ. އީތަން މިޝެލް އާއި ގާތަށް ޖެހެން ފެށުމުން މިޝެލް ހާސް ވީ އީތަން ހުރީ ރުޅިއައިސްފައި ކަމަށް ހީކޮށެވެ. އީތަން ކައިރިވާ ވަރަކަށް މިޝެލް ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ތަތް ވީ ފާރުގައެވެ.

“އީތަން ލެޓް މީ..” މިޝެލްގެ ޖުމްލަ ފުރިހަމަ ނުވަނީސް އީތަން މިޝެލް ގެ ތުންފަތުގައި ބޮސްދޭންފެށީ ކަރުހިއްކައިގެންފައިވާ މީހެއް ފަދައިން ނެވެ.

އީތަން ކުރަން ފެށި ކަމަކުން ޝޮކެއް ލިބިފައި ހުރި މިޝެލް އަށް ވެސް އިރުކޮޅަކުން އެ އަމަލުގައި ބައިވެރި ވެވުނެވެ. އީތަން ގެ ކަނދުރާގައި ދެ އަތް ވަށައިލަމުން އަތުގެ އިނގިލިތައް އީތަން ގެ އިސްތަށިގަނޑު ތެރެއަށް މަހައިލެވުނީ ބޭއިހްތިޔާރުގައެވެ. މިނިޓެއްހާ އިރަށް ދެމިގެން ދިޔަ ވަގުތުކޮޅަށް ނިމުމެއް އައީ ދެމީހުންގެ ވެސް ނޭވާ ކޮޅަށް ދިއުމުން ނެވެ. އީތަން ފުން ނޭވާ ތަކެއް ލަމުން މިޝެލް ގެ ނިތްކުރީގައި އީތަންގެ ނިތްކުރި ޖައްސައިލިއެވެ.

“ކޮން ތާކު އުޅެފަ ތި އައީ؟ އަހަރެން މިޝެލް ހޯދިވަރު އިނގޭތަ؟” އީތަން މިޝެލްގެ ލޮލަށް ބަލައިލަމުން ވާހަކަ ދެއްކި އިރު މީގެ ކުރިން އެ އަޑުގައި ނުހުންނަފަދަ ޖަޒުބާތެއް ވިއެވެ. މިޝެލް އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައި ވެސް އިސްދަށަށް ޖަހައިލިއެވެ.

“އަހަރެން ނަޔަސް އީތަން ކޮން ހާހެއް ތަ ވާނީ. ނަމަކަށް މެރީކޮށްގެން އުޅޭ ވާހަކަ ބުނީމަ ވެސް އަހަރެން އަޅާ ނުލައި ހުރީ. އެކަމު ކުރިން ދުވަހު އީތަން ސާބިތު ކޮށްދީފި އެއީ ހަމަ ހަގީގަތް ކަން.” މިޝެލް ގެ ޖުމްލަ ނިންމައިލަމުން އީތަން އަށް ބަލައިލިއެވެ.

“ފެންނަހާ މަންޒަރެއް އެއީ ހަގީގަތަކަށް ނުވާނެ ދޯ. އަހަރެން މީ މީހަކާ ރިލޭޝަން އެއްގަ ހުރެފަ ބިޓްރެއި ކުރާނެހާ ނުބައި މީހެއް ނޫނޭ.” އީތަން ގެ ޖުމަލައިގައި ފޮރުވިފައިވާ މާނަ މިޝެލް ދެނިގަންނާނެ ނަމަަ އޭެ އީތަން ގެ ހިތަށް އެރިއެވެ. މިޝެލް އެއްޗެކޭ ނުބުނެ ހުރެފައި އުޅުނީ ފާހާނާ އަށް ވަންނާށެވެ. ނަމަވެސް އީތަން އެ އަތުގައި ހިފެއްޓުމުން މަޑުކުރަން މަޖުބޫރުވިއެވެ.

“އެ ދުވަހު ފެނުން މަންޒަރުގަ މިޝެލް އަކަށް ނުފެންނާނެ އަހަރެން އެ އަންހެނާގެ އެއްވެސް އަމަލަކަށް ރެސްޕޮންސް ކުރިި ތަނެއް.” އީތަން މިޝެލްގެ އަތުގަ ހިފައިގެން ހުރީ ދޫނުކޮށްލާން ހުވާކޮށްގެންފަދައެވެ. މިޝެލް އަނެއްކާވެސް އީތަން އާ ދެބަސް ވެލާނެ ނަމައޭ އިތަން ގެ ހިތަށް އަރަމުން ދިޔައެވެ. އެފަދަ ވަގުތު ތަކުގައި އީތަން ގެ ހިތަށް އާދަޔާ ހިލާފު ހިތްހަމަ ޖެހުމެއް ލިބެއެވެ.

“އަހަރެން އީތަން ކުއްވެރި އެއް ނުކުރާނަން. އީތަން އަހަރެން ނާ މެރި ކުރީ ބަދަލުހިފައިލަން. ބޭނުން ވަރަކަށް ބަދަލު ހިފާލާ. ހިތްހަމަޖެހޭ ވަރު ވީމަ އަހަރެން ކައިރީ ބުނޭ އޭރުން އިންނާނެ އެހެން މީހަކު ހޯދައިގެން އަަހަރެން އީތަން ކައިރިން ވަރި ވާނަން” މިޝެލްގެ ޖުމްލައިން އީތަން ގާތަށް ރުޅި އަންނަ ގޮތްވިއެވެ. މިޝެލްގެ އަތުގައި ހިފާ ކުއްލި އަކަށް ދަމައިލަމުން ގެނެސް އެ މޭގައި ތަތްކޮށްލީ މިޝެލް އަކީ ހަމައެކަނި އީތަން ގެ ހައްގެއްކަން އަންގަން ފަދައެވެ.

” ކަމެއް ވާ އިރަށް ވަރިވާ ވާހަކަ ދައްކާކަށް ނުޖެހޭނެ. އަހަރެން ދުވަހެއްގެ ކޮޅުންވެސް މިޝެލް ވަރިއެއް ނުކުރާނަން. ޔޫ އާ މައިން. ދެން ދުވަހަކު ވެސް އަހަރެންނާ ފިލަން މަސައްކަތް ނުކުރާތި! އިވިއްޖެ ތަ؟” އީތަން މަޑުން ވާހަކަ ދެއްކިޔަސް އެ އަޑުގައި ހަރުކަށި ކަމެއް ވެއެވެ. އީތަން ހިފައްޓާފަ ހުރިލެއް ބާރު ކަމުން އެ އަތުތެރެއިން ނުކުންނަން މިޝެލް ކުރަމުން ދިޔަ މަސައްކަތް ވީ ބޭކާރެވެ. ކުޑަ ކުއްޖެއް ފަދައިން މިޝެލް މޫނަށް ގޮތް ގޮތް ހަދަމުން އުޅޭގޮތްފެނި އީތަން ގެ ތުންފަތުގައި ނުލަފާ ހިނިތުން ވުމެއް ކުޅެލިއެވެ.

“ހޭނެ ކަމެއް ނެތް. އަހަރެން އީތަން ދެކެ ކިތަންމެ ލޯބި.. އަ..އާ މި ބުނީ އީތަން އަށް ކިތަންމެ ރަނގަޅަސް އީތަން އަބަދުވެސް އުޅޭނީ އަހަރެން ރުޅި އަރުވަން. ދޫކުރޭ މަގޭ ގައިން” މިޝެލް ބުމަގޮށް ޖަހައިގެން ހުރެ ވާހަކަ ދެއްކީ އީތަން ގެ ކައިރިން ސަލާމަތް ވާން ބޭކާރު މަސައްކަތް ކުރަމުންނެވެ.

“އޯހް. ޔޫ ލަވް މީ. އޮޅުވައިލަން އުޅޭނެ ކަމެއް ނެތް އިނގޭ. ތިކުއްޖާ ޖޭ ވީ ކަން މިހާރު ޔަގީން ވެއްޖެ. ތިމާ ލޯބިވާ މީހާ އެހެން އަންހެނަކާ ކައިރި ވެލިޔަސް އަންހެން ކުދިން ވަރަށް ޖޭ ވާނެ. ވައިލްޑް ލޭޑީ އަށް ވެސް ހަމަ އެހެން ތިވީ. އާފްޓާ އޯލް، އައިމް ޔުއަ ހަޒްބެންޑް” އީތަން މިޝެލްގެ ކަންފަތު ފޫޅުގަނޑުގައި މަޑު މަޑުން ދަތްއަޅައިލުމުން މިޝެލް އަށް ވީ އަރާމުގައި ލޯ މަރައިލަމުން މަޑު އާހެއް ބޭރު ކޮށްލެވުނެވެ. މިވަގުތު މިޝެލް ދޫ ނުކޮށް ހުންނަން ވެއްޖެއްޔާ އީތަން ގެ ކެތްތެރިކަން ކޮޅުން ލާފާނެހެން ހީވުމުން އީތަން މިޝެލް މިނިވަން ކޮށްލިއެވެ.

“މިރޭ ޑިނާ އަކަށް ދާން ރެޑީ ވެގެން ހުންނާތި. ވަރަށް ހާއްސަ ފަރާތަކަށް އަހަރެންގެ ވައިފް އިންޓްރޮޑިއުސް ކޮށްދޭންޖެހޭ އެބަ.” އީތަން ދުރު ބަލައިލަމުން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. އީތަން ގޮސް އޮބައިލިތަން ފެނުމުން މިޝެލް އަވަސް އަވަހަށް ފުން ނޭވާ ތަކެއް ދޫކުރަން ފެށީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލާށެވެ.

ޑިއުޓީ ނިންމާލާފަ ޔޫލީ އަށް ގެއަށް އާދެވުން އިރު އިރު އޮއްސި ހަތެއް ޖަހަނީ އެވެ. ވެފައި ހުރި ވަރުބަލިން އެއްޗިހި ވެސް ބަދަލު ނުކޮށް ޔޫލީ އޭނާގެ ކިންގްސައިޒް އެނދު މައްޗަށް ވެއްޓިގަތެވެ. ލޯ މަރާލައިގެން ޔޫލީ އޮށްވައި އަތްދަބަސް ތެރޭން ފޯނު ރިންގުވާ އަޑު އިވުނެވެ. ޔޫލީ ދަބަސް ހުޅުވައިލަމުން ފޯނު ނެގީ އެއީ ދާއިން ކަމަށް ހީކޮށެވެ. ނަމަވެސް ގުޅަނީ އީތަން އެވެ. ޔޫލީ ފޯނު ކެނޑުމުގެ ކުރިން އަވަސް އަވަހަށް ފޯނު ނެގިއެވެ.

“ހޭއި ބްރޯ. ގުޅާލެވޭ ވަރު ވެއްޖެ ދޯ” ޔޫލީ ޝަކުވާ ކޮށްލިއެވެ.

“ޕްލީޒް ޔޫލް. މިވަގުތު ޝަކުވާ ނުކުރާތި. އައި ވޯންޓް މީޓް ޔޫ ޓުނައިޓް” އީތަން ގުޅި ބޭނުން ހާމަކުރިއެވެ.

“ކޮންތާކުން ކޮން އިރަކު؟” ޔޫލީ އުފާވެފައި ސުވާލު ކޮށްލީ އީތަން އަށް ކިޔައިދޭން ޖެހޭ ބައިވަރު ވާހަކަ ހުރުމުން ނެެވެ.

“މިރޭ. އެއިޓް ތާޓީގަ. ލެމަން ގްރާސް ރެސްޓޯރެންޓުން. ވަރަށް ހާއްސަ ކުއްޖެއް އިންޓްރޮޑިއުސް ކޮށްދޭން” އީތަން ގެ ޖުމްލަ އާއިއެކު ޔޫލީ އަށް އަނގައަށް ގޮތެއް ހަދައިލެވުނެވެ.

“އެއީ ދޮންބެގެ ޓައިމްޕާސް ގާލްފްރެންޑެއް ދޯ” ޔޫލީ ދިމާ ކޮށްލިއެވެ.

“ނޫން. އެއަށް ވުރެ މާ ހާއްސަ. ދެން ބޭކާރު ވަހަކަ ނުދައްކާ ރެޑީ ވޭ. ބާއި. ސީޔޫ ޓު ނައިޓް” އީތަން ފޯނު ކަނޑައިލުމުން ކަންނެއްވެފައި އޮތް ނަމަވެސް ޔޫލީ ތެދުވީ ތައްޔާރު ވާށެވެ.

ލޯގަނޑު ކުރިމަތީ ހުރެގެން މިޝެލް ފަރި ބަލަމުން ދިޔައެވެ. ކަޅުކުލައިގެ ގަޔަށް ބާރު ކޮށް ހުރި އަތްދިގު ފައިގެ ކަށި މައްޗާއި ހަމަ އަށް އަންނަ ހެދުމާއިއެކު ރިހި ކުލައިގެ ހައި ހީލްއަކަށް އަރައިގެން ހުރި އިރުވެސް މިޝެލް ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. ރިހި ކުލައިގެ ހިމަ ފަށަކުން ކަރު ފަޅުފިލުވާލާފައި ވާ އިރު އިސްތަށިގަނޑު ވަނީ ކަންނެތްގޮތަކަށް ހުޅިއެއްޖަހައި ބޮޑު ކަޅު ދައްޗަކުން ހައްޔަރު ކޮށްލާފައެވެ. ބޮޑެތި ބުޅިކޮޅުތައް ދެފަރާތުން މޫނަށް ފައިބައިފައި ވާ އިރު ނުހަނުރީއްޗެވެ. ލޮލުގައި އަނދުން އަޅައިލަމުން ކަޅު ރަތް ކުލައިގެ ލިޕްސްޓިކެއް ޖެއްސުމުން މިޝެލްގެ އަންހެންވަންތަ ކަން އިތުރުވެގެން ދިޔައެވެ.

ފޯނުން ކްލައިންޓަކާ ވާހަކަ ދައްކަން ހުރި އީތަން އަށް ބޭއިހްތިޔާރުގައި ފޯނު ތިރި ކޮށްލެވުނީ ސިޑިން ފައިބައިގެން އައި މިޝެލް ފެނިފައެވެ. ފޯނު ކަނޑައިލަމުން ލައިގެން ހުރި ކޯޓް ފަޓްލޫނުގެ ޖީބަށް ލަމުން އީތަން ހަށަން ބަނދެލިއެވެ. މިވަރުން ދަންޏާ އޭނާ މިޝެލް އާ ދުރުގައި ހުންނާނީ ކިހިނެތް ހެއްޔެވެ. ހަމަ ގަސްތުގައި އީތަން ގެ އިހުސާސްތަކާ މިޝެލް ކުޅެނީ އޭ އީތަން ގެ ހިތަށް އެރިއެވެ.

“އައި އެމް ރެޑީ” މިޝެލް ހިނިތުންވެލަމުން އީތަން އަށް ބުނެލިއެވެ.

“އައި ކޭން ސީ ދެޓް. ޖިންނި އެއް ގޮތަށް ތުންފަތުގަ ރަތްކުލަ ޖައްސާފަ ހުރި އިރު ނުވެސް ގުޅޭ. ކަޅު ކުލަ ޖެއްސިޔަސް ތިޔަށް ވުރެ ރީތި ވާނެ” އީތަން އިހުސާސްތައް ފޮރުވަމުން ވާހަކަ ދެއްކި ނަމަވެސް އެ ހިތުގައި ވަނީ ތައުރީފެވެ. އީތަން ގެ ޖުމްލަ ނިމުމާއި އެކު މިޝެލް ކޮރާލާފައި އީތަންގެ ތުންފަތުގައި އާދައިގެ ގޮތަކަށް ބޮސްދިނެވެ.

“ތަންކޮޅެއް ކުލަ ގަދައީ ކަންނޭނގެ. މިހާރު އޯކޭ ދޯ؟” މިޝެލް ކަމެއް ވީ ކަމަށް ވެސް ނުހަދާ އީތަން ގެ މޫނަށް ބަލަން ހުރި ގޮތުން އީތަން ހިން ދިރުވައިލިއެވެ. އީތަން މިޝެލްގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ބޭރަށް ނުކުންނަން ހިނަގައިގަތެވެ. މިޝެލް އާއި އީތަން ލެމަންގްރާސް ރެސްޓޯރެންޓް ތެރެއަށް ވައިން އިރު މީހުން ވަރަށް މަދެވެ. ތަންކޮޅެއް ދުރުގައި އިން މޭޒެއްގައި އިން ޔޫލީ ހަނާ އަލައިލުމުން އީތަން ހިނިތުން ވެލަމުން ހިނގައިގަތީ މިޝެލް ގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ނެވެ. އީތަން މެން މޭޒާއި ކައިރިވެލިތަނާ ޔޫލީ އަށް އިން ތަނުން ތެދުވެވުނީ އީތަން އާއި އެކީ ހުރި ކުއްޖާ އަކީ ދާއިން ގެ ކޮއްކޮ ކަމަށްވާތީއެވެ. ދެމީހުން ދިމާ ނުވިޔަސް ދާއިން މިޝެލްގެ އާއި މާއިރާގެ ފޮޓޯ ޔޫލީ އަށް ދައްކައެވެ.

“ހެއި ސިސް. ފާޑަކަށް ކޮސްވެފަ ތިހުންނަނީ ކިހިނެތްވެފަ؟” އީތަން ގޮނޑިއެއް ދަމައިލަމުން އިށީނދެފައި ސުވާލުކޮށްލިއެވެ.

“މިޝެލް ތަ ކިޔަނީ؟” އީތަން ބުނި އެއްޗަކަށް ސަމާލު ކަމެއްނުދީ ޔޫލީ ސުވާލު ކޮށްލީ މިޝެލް އާއެވެ. ހައިރާން ވެ ހުރެ އީތަން ގެ މޫނަށް ބަލައިލަމުން މިޝެލް އަނެއްކައިވެސް ޔޫލީ އަށް ބަލައިލިއެވެ. އަދި ހިނިތުން ވެލަމުން ބޯޖަހައިލީ ޔޫލީ ކުރި ސުވާލުގެ ޖަވާބެއްގެ ގޮތުންނެވެ. ޔޫލީ ވެސް ހިނިތުން ވެލަމުން މިޝެލްގެ ގައިގައި ބައްދާލަމުން އިށީންނަން ބުންޏެވެ.

“ވެއިޓް ވެއިޓް. ޔޫލް އަށް ކިހިނެއް އިނގުނީ އެއީ މިޝެލް ކަން؟” އީތަން ސުވާލު ކޮށްލިއެވެ.

“އެއީ ޑޭން ގެ ކޮއްކޮ ވީމަ” ޔޫލީ ފޮނިވެލަމުން ޖަވާބު ދިނެވެ.

“ކޮން ޑޭން އެއް ތަ؟” އީތަން އަނެއްކާވެސް އަހައިލިއެވެ.

“ދާއިން. މޮމް ބުނި ދޮންބެ ކައިރީ ބުނި ވާހަކަ ޔޫލްގެ ބޯއީފްރެންޑްގެ ވާހަކަ. ޑޭން އެއީ ޔޫލް ލޯބިން ކިޔާ އެއްޗެއް” ޔޫލީ ޖަވާބު ދިނެވެ. މިޝެލް އިނީ ޝޮކެއްގައެވެ. ދޮންބެ ކުއްޖަކާ ރައްޓެހި ވީ ހެއްޔެވެ. އަދި އެއީ އީތަން ގެ ކޮއްކޮއެވެ. މިޝެލް ހާސްވެފައި އިން އީތަން އަށް ބަލައިލިއެވެ.

“ސޯ ޓެލްމީ ބްރޯ، މިޝެލް މީ ދޮންބެގެ ފްރެންޑެއްތަ؟. ޑޭން ބުނި މިޝެލް މެރީޑް ވާހަކަ، ހަމަ ގައިމުވެސް ދޮންބެ އަދި މެރީއެއް ނުކުރަމެއްނު؟” ޔޫލީގެ ސުވާލަށް އީތަން ދޭނެ ޖަވާބަކަށް މިޝެލް ވެސް އިންތިޒާރު ކުރަމުން ދިޔައެވެ. އިރުކޮޅަކު ވިސްނަން އީތަން އިނެވެ.

“އައި އެމް އީތަންސް ވައިފް!” މިޝެލް އީތަންގެ ހިމޭން ކަމުން އުނދަގޫވުމުން ހަގީގަތް ފާޅުކުރީ އީތަން އޭނާގެ ކޮއްކޮއަށް ދޮގު ހަދާފާނެހެން ހީވުމުންނެވެ. ޔޫލީ އަނގަ އިތާ ކޮށްލަމުން އީތަން އަށް ބަލައިލީ އެއީ ތެދުތޯ އަހައިލާ ފަދަ ގޮތަކަށެވެ.

“ޔެސް. އަހަރުމެން އުޅެނީ މެރީ ކޮށްގެން” އީތަން ލޯ މަރައިލަމުން އެއީ ތެދުކަން ހާމަކޮށްލުމުން ޔޫލީ އަނގަ މަތީ އަތް އަޅައިލިއެވެ.

“ދޮންބޭ!! އެކަމު ތިވަރު ސްޓެޕެއް ނެގި އިރު ކީއްވެތަ އަންގާނުލީ؟” ޔޫލީ ގެ އަޑުގައި ވަނީ ޝަކުވާއެވެ.

“ބުންޏަސް ދޮންބެއަށް އިނގޭ ޑޭޑް ގަބޫލު ނުވާނެކަން.” އީތަން އިސްޖަހައިލީ ކުއްވެރިއެއް ފަދައިންނެވެ.

“ތީގެން އެއްވެސް ކަމެއް ޑޭން އަށް އިނގޭތަ؟” ޔޫލީ ސީ އައި ޑީ އޭޖެންޓެއް ފަދައިން ސުވާލުކުރަމުން ދިޔައެވެ. އީތން ބޯ ހޫރުވައިލުމުން ޔޫލީ މިޝެލް އަށް ބަލައިލީ އެ މޫނުން ކަމެއް ހޯދާ ފަދަ ގޮތަކަށެވެ. ނަމަވެސް އެކަމުން އުނދަގޫވެފައި އިން މިޝެލް އިސްޖަހައިލީއެވެ.

އީތަން އެކައިވެނި ކުރެވުން ގޮތް ޔޫލީއަށް ކިޔައިދިނެެވެ. ނަމަވެސް މިޝެލް އަށް މަޖުބޫރު ކުރުވިކަން ސިއްރު ކޮށްފައެވެ.

“ޕްލީޒް ޔޫލް ދާއިން ގާތު ނުބުނާތި މިވާހަކަ. އޭރުން ބޮޑު މައްސަލަ ގަނޑެއް ޖެހޭނީ.” އީތަން އާދޭހުގެ ރާގެއްގައި ޔޫލީ ގާތުން އެދުނެވެ.

” މޮމް އަށް ވެސް ޑޭޑް އަށްވެސް ސިއްރު ކުރެވިދާނެ އަދި. އެކަމު ޑޭން އަށް ކިހިނެތް ސިއްރު ކުރާނީ؟ ޑޭންގެ ކޮއްކޮ ދެކެ ޑޭން ނުލާހިކު ލޯބިވޭ. ދޮންބެ އާ ހަވާލު ކުރާނީ ހާދަ އިތުބާރެއް ކޮށްފައޭ. ފެމިލީ ގަބޫލޭ ކިޔާފަ އޮޅުވާލިކަން އެނގުނީމަ ޑޭން ކިހައި ދެރަވާނެ. އައިއެމް ކޯލިން ހިމް” ޔޫލީ ހިތްހަމަ ނުޖެހިފައި އަތްދަބަހުން ފޯނު ނަގައި ގުޅަން ރެޑީ ވެލި ތަނާ މިޝެލް ޔޫލީ ގެ އަތުގައި ހިފައިލިއެވެ.

“ޕްލީޒް ޔޫލް. އަހަރުމެން ލޯބިވާތީ އަވަހަށް މެރީ ކުރަން ބޭނުން ވެފަ ތިބީމަ އެހެން އެކަން ވީ. ހަމަ އެކަނި އީތަން ގެ ފެމިލީ އަށް ސިއްރު ކުރި ކަން ދޮންބެ އަށް ނޭނގޭނީ. ސޯ ޕްލީޒް ލިސެން ޓު އީތަން. އަހަރެން ވެސް ބޭނުމެއް ނޫން މައްސަލަ ގަނޑެއް ޖެހޭކަށް. ޕްލީޒް” މިޝެލް ޔޫލީ ހުއްޓުވީ ދޮންބެ އަށް ހަގީގަތް އަންގަން ބޭނުން ނުވާތީއެވެ. ޔޫލީ ފާޑަކަށް ބަލަން އިނދެފައި އެންމެ ފަހުން ބޯ ޖަހައިލިއެވެ.

“އޯކޭ. އެކަމު ވީ އެންމެ އަވަހަކަށް ދޮންބެ ޖެހޭނެ ތިކަން އަންގަން. މުޅި އުމުރު ސިއްރު ކޮށްގެން އުޅެވޭ ވަރު ކަމެއް ނޫން ތީ” ޔޫލީ ކުޑަކޮށް ހިނިތުން ވެލަމުން ބުންޏެވެ. އީތަން ޝުކުރުރުގެ ނަޒަރަކުން ޔޫލީ އަށް ބަލައިލަމުން ބޯ ޖަހައިލިއެވެ.

ގެއަށް ދާން ކާރުގައި ތިބި އިރު އީތަން ވެސް މިޝެލް ވެސް ވާހަކަ އެއް ނުދައްކައެވެ. ކާރު ތެރޭގެ ހަމަހިމޭން ކަން މުގުރަމުން ދަނީ ‘ވަން ޑައިރެކްޝަން’ ގެ ‘ދޭ ޑޯންޓް ނޯ އެބައުޓް އަސް’ ލަވައެވެ. ލަވައަށް ގެއްލިފައި އިން ވަރުން މިޝެލް އަށް ގެއަށް އާދެވުން އިރުވެސް ނޭނގުނެވެ. ލޯ މަރައިލައިގެން އިން މިޝެލް ކާރުން ނުފައިބައި އިނުމުން އީތަން ބަރުގޮނު އަޅައިލިއެވެ. ސިއްސައިގެން ގޮސް މިޝެލް ބަލައިލި އިރު ގެއަށް އާދެވުނީއެވެ.މިޝެލް ކާރުން ފޭބުމާއިއެކު އީތަނ ކާރު ގަރާޖަށްް ލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ.

ކޮޓަރިއަށް ގޮސް ވައިން އިރު މިޝެލް އިސްތަށިގަނޑު ނިއުޅާލައިގެން ހުއްޓެވެ. އީތަން ބުމަ ގޮށް ޖަހައިލަމުން ފަހަތުން ގޮސް މިޝެލްގެ ކޮނޑުގައި ހިފައި ގެނެސް އެމޭގައި މިޝެލް ގެ ބުރަކަށި ތަތް ކޮށްލިއެވެ.

“ޔޫލީ ގާތު އަހަރުމެން މެރީޑް ވާހަކަ ބުނީ ކީކޭ ހިތަށް އަރައިގެން ތަ؟” އީތަން ގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

“އެއީ ހަގީގަތް ކަމަށް ވާތީ. ދޮގު ހަދަން އަހަރެންގެ މަންމަ އަހަރެން ނަށް ދަސް ކޮށްދީފައި ނުވާތީ” މިޝެލް ވެސް ބާރަށް ވާހަކަ ދެއްކިއެވެ.

“އޯހް ރިޔަލީ. ތީ ހަމަ އެހައި ތެދުވެރި ކުއްޖެއް ތަ؟” އީތަން މިޝެލް ގެ ކަނދުރާގައި ތުންފަތް ޖައްސައިލުމާއިއެކު ހީބިހި ނަގައިގެން ދިޔައެވެ. އީތަން މިޝެލް ގެ ކޮނޑުގައި ހިފާފައި އީތަން އާދިމާ އަށް އަނބުރައިލަމުން އެ ރަތް ތުންފަތުގައި އިނގިލިތައް ހިންގައިލިއެވެ. މިޝެލްގެ އިސްތަށިގަނޑަށް އަތުގެ އިނގިލިތައް މަހައިލަމުން އީތަން މަސްތީ އަޑަކުން ވާހަކަ ދެއްކިއެވެ.

“އަހަރެންގެ ވައިފް އަށް އޮފިޝަލް ކޮށް ވާން ބޭނުން ތަ؟” އީތަން މިޝެލްގެ މެރިފައިވާ ދެ ލޮލަށް ބަލައިލަމުން އަހައިލިއެވެ. މިޝެލް އީތަން ލައިގެން ހުރި ކޯޓް އެ ހަށިގަނޑާ ވަކިކޮށްލަމުން އީތަން ލައިގެން ހުރި ހުދު ގަމީހުގެ ގިރުވާނުގައި ހިފައްޓައިލިއެވެ. އެއާއި އެކު އީތަން މިޝެލް ލުއި ފަތެއްހެން އީތަން އަށް ކުރިމަތި ވާ ގޮތަށް އުފުލައިލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

މިހިތުގެ ފަސާނާ 3

Next

ނުހައްޤު ލޯބި (21 ވަނަ ބައި)

Next
October 10, 2016

ނުހައްޤު ލޯބި (21 ވަނަ ބައި)

Previews
October 10, 2016

މިހިތުގެ ފަސާނާ 3

56 Comments!

  1. zoo xoo says:
    October 10, 2016 at 5:15 pm

    Salhi

  2. Rsy says:
    October 10, 2016 at 5:18 pm

    VVV reethi…

  3. shooty says:
    October 10, 2016 at 5:22 pm

    hey guys. here is 13th part.. I am so thankful to all lovely comments.. your lovely comments are my energy hehe… I love you all please fell free to comment..
    love shooty O:-)

  4. Me says:
    October 10, 2016 at 5:28 pm

    Aneh part genesdheeee…… Plxxxxxxxxxxxxxxxx… Avas…

  5. miny says:
    October 10, 2016 at 5:30 pm

    Wow. Varah reethi. Komme dhuvahaku ves genesdheynama…

  6. Asha says:
    October 10, 2016 at 5:44 pm

    Wow it’s really nice.I love this story a lot

  7. anu says:
    October 10, 2016 at 5:53 pm

    Shooty vareh neh ! Hama v salhi

  8. Thoo says:
    October 10, 2016 at 5:55 pm

    Kn irakuntha next part. ..kiyaa hithun hureveny ehvx nun…v v. V v nice..u r de best

  9. naanu says:
    October 10, 2016 at 6:10 pm

    Eba rangalhuvey

  10. Rose says:
    October 10, 2016 at 6:16 pm

    Kommedhuvahaku genes dheyirugave genes dhey kamah veytha vvvvvvvvv reethi part ves aneh part avahah genesdhii ba

  11. Depika says:
    October 10, 2016 at 6:31 pm

    Vv reethi ur best sooty

  12. riffu says:
    October 10, 2016 at 6:33 pm

    Aww alheyy . enme reethi thankolhun thi ninmaaly.. Avahah up kohdhiba. Dhuvaalaku 3 faharu ??

  13. Anonymous says:
    October 10, 2016 at 6:43 pm

    ♥️♥️?????????????❤️

  14. ninaa says:
    October 10, 2016 at 6:54 pm

    Alhey pls dont stop . Haadha reechey .v reethi sifakurunthah ves . Enme reethi hisaabun thi ninmaalee.maadhama vandhen katheh nuvaane

  15. RaM says:
    October 10, 2016 at 6:58 pm

    Dhuvaalaku eh faharu up kohdheythi hiy hama jeheyey. Kihineh ehaa v up kuraani dhw. Liyan vx vaguthu beynun vaaney nun. Thank you shooty vvv salhi. Ethan n mishel ge rom parteh beynumee. . ?

  16. RaM says:
    October 10, 2016 at 6:58 pm

    Dhuvaalaku eh faharu up kohdheythi hiy hama jeheyey. Kihineh ehaa v up kuraani dhw. Liyan vx vaguthu beynun vaaney nun. Thank you shooty vvv salhi. Ethan n mishel ge rom parteh beynumee. . ?

  17. shim says:
    October 10, 2016 at 6:58 pm

    Varah hadi vaahakaeh……liyaakahvess neyge…..

  18. RaM says:
    October 10, 2016 at 6:58 pm

    Dhuvaalaku eh faharu up kohdheythi hiy hama jeheyey. Kihineh ehaa v up kuraani dhw. Liyan vx vaguthu beynun vaaney nun. Thank you shooty vvv salhi. Ethan n mishel ge rom parteh beynumee. . ?

  19. shim says:
    October 10, 2016 at 6:58 pm

    Varah hadi vaahakaeh……liyaakahvess neyge…..

  20. RaM says:
    October 10, 2016 at 6:58 pm

    Dhuvaalaku eh faharu up kohdheythi hiy hama jeheyey. Kihineh ehaa v up kuraani dhw. Liyan vx vaguthu beynun vaaney nun. Thank you shooty vvv salhi. Ethan n mishel ge rom parteh beynumee. . ?

  21. shim says:
    October 10, 2016 at 6:58 pm

    Varah hadi vaahakaeh……liyaakahvess neyge…..

    1. shooting star says:
      October 10, 2016 at 8:32 pm

      hadiyya nukyma v nun tha. kon hadiekey kiyaakah tha. hama j vefa k ves vanyy 😉

  22. RaM says:
    October 10, 2016 at 6:58 pm

    Dhuvaalaku eh faharu up kohdheythi hiy hama jeheyey. Kihineh ehaa v up kuraani dhw. Liyan vx vaguthu beynun vaaney nun. Thank you shooty vvv salhi. Ethan n mishel ge rom parteh beynumee. . ?

  23. RaM says:
    October 10, 2016 at 6:58 pm

    Dhuvaalaku eh faharu up kohdheythi hiy hama jeheyey. Kihineh ehaa v up kuraani dhw. Liyan vx vaguthu beynun vaaney nun. Thank you shooty vvv salhi. Ethan n mishel ge rom parteh beynumee. . ?

  24. shooting star says:
    October 10, 2016 at 7:05 pm

    alheyy shootyy darling haadha nice eyyyy.. I love this story toooooooo much.. kudhin sifa kurun kada vaahaka bunyas aslu v molhu ingeyy.. konmehen beykaaru vaahaka thah gennaakah nuves jeheyne. mihaaru mi site in kiyey enme nace story mee.. keep up the good work.. shootyy shootyy shootyyyy 🙂 🙂 😉

  25. Nash says:
    October 10, 2016 at 7:25 pm

    Vvv nyc…nxt part mi ah vure rythi vaane kama hykuran waiting for nxt part…☺

  26. Me says:
    October 10, 2016 at 7:26 pm

    Avahah upkohdhyba adhi thin varakab episodes… kurukoh genesdhinas daily koh upkuranya its ok… plx plx plx.

  27. Aish says:
    October 10, 2016 at 8:04 pm

    Woooooooowwww!!

  28. Ainy says:
    October 10, 2016 at 8:18 pm

    Vvvvvvvvvv rythi alhe thiah vuren avahah upp kohdhyba plx plx plx…

  29. ully says:
    October 10, 2016 at 8:24 pm

    Varah salhi….v rom…. I love the way you chained up all parts

  30. lnu says:
    October 10, 2016 at 8:34 pm

    Vvvvvvvvvvvvv reethi…………

  31. Aishaaaa says:
    October 10, 2016 at 9:16 pm

    Hahaha vaahaka kiyaalevijhe? v vvv furihama. . Thnx shootyyy ❤ ❤ ❤ inthixaaru mikurany 14th part ah. …adhives ehfaharu vvv reethi mi vaahaka ???

  32. ishaa says:
    October 10, 2016 at 9:28 pm

    hyvany liyAane ehvheh neygigen liyefa oh mazumooneh hen

  33. faxu says:
    October 10, 2016 at 9:29 pm

    V v v rythi mi story .. i am waiting 4 next part …..

  34. ishaa says:
    October 10, 2016 at 9:31 pm

    ehvess reethi vaahakaeh noon meekey….mi site ga liyA avaahaka thakun NUHAHGU LOABi emme reethy……keh

  35. ishaa says:
    October 10, 2016 at 9:32 pm

    shooty vynu mazumoonu liyumuge mubaraathehga baiverivaan ……vaahaka liyan neygenyaa nuliyaany ok

    1. keke says:
      October 10, 2016 at 10:27 pm

      hadiyya nukiyun buhdhi veri. and kae v nu mazumoonu liyan daskohdheyn. coz this story has wat a story should have. kekeke dhen kada vey. myhuna j viyas thidhen boduvaru ishaa darling

  36. Fan girl says:
    October 10, 2016 at 10:04 pm

    Who the re u to tell her what to do.. if u don’t like sotry u shoud quit.. well done shooty.. love u..?? best story ever??

  37. niha says:
    October 10, 2016 at 10:25 pm

    VVVV lobi mibaivas …. hot also…
    Welldone shooty….

  38. Axu says:
    October 10, 2016 at 10:27 pm

    Kobaa 14 part a inthizaaruga mi huriy mihaaru vx… sali igey

  39. Hai says:
    October 10, 2016 at 10:27 pm

    VVVVV habas stry mi….
    Sis bunagan ki reethi vanaa bunima…
    VVVVV REETHI….. Waiting….

  40. Depika says:
    October 10, 2016 at 10:37 pm

    Soooty vareh neh hama,

  41. Shaa xee says:
    October 10, 2016 at 10:58 pm

    Wow v nice. Kiyaa hithun indha ninmaalee ti enmen reethi thankolhun….. next part avahah up koh dhehchey please please please……. v kiyaa hiyvey eba…. when next part?

  42. Shaa xee says:
    October 10, 2016 at 10:58 pm

    Wow v nice. Kiyaa hithun indha ninmaalee ti enmen reethi thankolhun….. next part avahah up koh dhehchey please please please……. v kiyaa hiyvey eba…. when next part?

  43. hmmm says:
    October 10, 2016 at 11:53 pm

    Alhey emme kiya hihvaa hisabah dhiya thana mi part nimuny. Salhi ingey shooty. Keep it up. Avahah up kohdhechey….pls

  44. I says:
    October 11, 2016 at 12:22 am

    Wow v rom rom dhw interesting v nice story genessdhey leh hama superb all the best shooty

  45. liu says:
    October 11, 2016 at 4:35 am

    vvv obi…

  46. Laal says:
    October 11, 2016 at 8:16 am

    I love it

  47. Laal says:
    October 11, 2016 at 8:17 am

    Konirakun next part waiting

  48. vishaa says:
    October 11, 2016 at 10:31 am

    love it 🙂

  49. mahy says:
    October 11, 2016 at 11:09 am

    Salhi

  50. stootin star says:
    October 11, 2016 at 11:25 am

    Mivaahak haadha hadiey…..kiyaa hih nuvey….ehcheh nethaakah ok dhn

  51. Roohy says:
    October 11, 2016 at 1:35 pm

    VVVVsalhi shootyga vaahaka

    thah bokshop thakun liben hunn nama kiyaafoohi nuvay esfiyaiga anme mihaaru vidhaa tharithee heevanee konme kiun thari akuves shootyga vaahaka thah bokshopun ves howdhan bynn vaahen. Haadha inthizaarah kuravijj. heevanee sikunthu kolhahga thary vaahan kian fashaa irah nimifa than kolhah dhlgu kobbi ahaa avaha mivaa haka nuninmaabee misght 5 faharah vadhe vijj mivaahaka nikumahja thow balan pls pls pls pls story shooty thanks ☺☺☺☺???????

  52. Jau says:
    October 11, 2016 at 2:37 pm

    Wowwww haadha inthizaarah kuravijjey kaikoh koh varubalivahje. pls pls pls pls mioh maruvaavaruvanee kobaa hih halaak pls pls pls vaahaka magey vaahaka pls pls pls????

  53. Bhgdd says:
    October 11, 2016 at 3:38 pm

    Shooty kobaaaaaaa next part

  54. Xieen says:
    October 11, 2016 at 5:49 pm

    Warah rythi… meehun kiyaa ehchiss ah balaane kameh neii… hama warah obi… keep it up shooty…

Comments are closed.

Next Episodeލޯބިވަން ޔާރާ އޭ 14←


All Right Reserved!