ފެންމާގަނޑުދަށުގައި އިނދެގެން އިޝާން ވިސްނަމުންދިޔައެވެ. މިހުރިހާ ދުވަހު އޭނާއަށް ނަފުރަތު ކުރި މަންމަ ކުއްލިއަކަށް އެހާލޯތްބެއްވީ ސަބަބަކީ މިއީ ހެއްޔެވެ؟ ކުޑައިރު މަންމަގެ ލޯތްބަށް ފެންބޮވައިގެންފައި ހުއްޓާ އޭނާ އެއްލާލާފައި ބޮޑުވެފައި ހުއްޓާ އޭނާ ފެނުމުން މަންމަ ފެންބޮވައިގަތީ އޭނާގެ ހަށިގަނޑަށް ހެއްޔެވެ؟ މިއީ ފެނުނު ބިރުވެރި ހުވަފެނަކަށްވީނަމައޭ އިޝާންގެ ހިތަށް އަރަމުންދިޔައެވެ. އެފަދަ މަންމައެއްގެ ލޯބީ އޭނާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ. އޭނަގެ ހިތުގައި މަންމައާއިމެދު އޮތް ލޯތްބާއި ޤަދަރު ވަގުތުން ނެތިގެން ގޮސް އެހިތުގައި […]
އީޝަލް ކިހިނެއްވީތޯ ސުވާލުކުރުމުން އެބައަންނަމޭ ބުނުމަށްފަހު އައިޝާ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް ހުއްޓެން ޖެހުނީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ. “ކޮން ވަހެއްތަ އެދުވަނީ.. ރޮށި އަންދާލީ ދޯ” ތަވާ މަތީގައި އޮތް އަނދާފައި އޮތް ރޮއްޓަށް ސޮފިއްޔާ ބަލާލިއެވެ “ކަލޭ ބައްޕަ ފޮނުވާ މަދު ލާރިކޮޅުން އަހަރެން ގަންނަ ކާއެތިކޮޅު އެގޮތަށް ދޯ ކަލޭ ހުސްކުރަނީ.. ހުރެބާ ކުޅިދައްކާލާނަން..” ސޮފިއްޔާ އައިޝާގެ އަތުގައި ހިފިއެވެ. އަދި އުނދުނާ ދިމާއަށް ދާންފެށިއެވެ. އޭރު އައިޝާ […]
“ﷲ އިރާދަ ކުރެއްވީޔާ އެއީ ހީނާ ކަމަކަށް ނުވާނެ.. އެހެންވިޔަސް އަހަރެން ބޭނުންވަނީ އަހަރެން އަމިއްލަޔަށް ގޮސް ބަލާލުމަށް.. ތިކޮޅުން އޭނާގުޅާފީއްޔާ އަވަހަށް އަހަރެންނަށް ޙަބަރު ކުރާތި އެހެންނޫނީ އެއްވެސް ކަމަކާ ނުލާ އަހަރެމެން ކަންބޮޑުވީކަމަށްވާނީ. ކުދިން ގުޅިޔަސް އެއްވެސް އެއްޗެކޭ އަދި ނުބުނާތި.އަހަރެން ޒުއްނޫނު އަށް ގުޅާފަ ބުނާނަން ބިޒްނަސް ކަމެއްގައި އަހަރެން ސިންގަޕޫރަށް ދަނީޔޭ ނޫނީ އޭނާ އަހަރެން ހޯދަފާނެ. އަހަރެންނަށް ހީނާއާއި ބެހޭގޮތުން ކަށަވަރު ނުވަނީސް އެއްވެސް ވާހަކައެއް ކުދިން ކާރީ […]
“ދައްތާ.. އަހަރެމެން މިއައީ ތާޝާ ނުފެންނާތީ އެހެންވެގެން ވީ ގޮތެއް ބަލާލަން.. ކޮބާ ތާޝާ؟” އިނާޝާ އެނދުގައި އޮތް އަންހެންމީހާ ކައިރިޔަށް ޖެހިލަމުން އަހާލިއެވެ. އަހަރެންވެސް ހުރީ އެ އަންހެންމީހާ ކިޔާ އެއްޗަކުން ހިތް ބިރުގަނެފައެވެ. އަނެއްކާ ތާޝާ އަސްލަށް ވެސް ރަށުގައި ނެތީ ހެއްޔެވެ. އަހަރެންނަށް ހުވަފެނުން ފެނުންހެން ބަޔަކު އޭނާ ގެންދިޔައީ ހެއްޔެވެ. “ތީ ކޮންބަޔެއް؟” އަނެއްކާވެސް އެ އަންހެންމީހާ އަހާލިއެވެ. “ތީ ތާޝާގެ ރައްޓެހިންތަ؟” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އެ […]
ޒުވާނާ އަލްޔާ އާއި ކައިރިއަށް ފިޔަވަޅު އަޅަން ފެށުމާއެކު ޖެހިލުންވެފައި ހުރެ އަލްޔާ ޖެހެނީ ފަހަތަށެވެ. މީކާކު ހެއްޔެވެ؟ މި މީހާ ކައިރިއަށް އެއަންނަނީ ކީއްވެ ހެއްޔެވެ؟ މީ އަދި މިހާތަނަށް މި ސްޓޭޝަނުން ފެނިފައިވާ މީހެއް ނޫނެވެ. މީ އަނެއްކާ ފުލުހެއްބާއެވެ؟ ރަތްކުލައިގެ ބެނިއަންގައި ޒުވާނާ ކިތަންމެހާ ވެސް ފުރިހަމައެވެ. އަލްޔާ އެންމެ އަޅައިގަތީ ޒުވާނާގެ ފުރިހަމަ އިސްކޮޅާއެވެ. ޖޭމުގަސް ކައިރީގައި ހުރި ޓިނުގަނޑުގައި އަލްޔާ އަށް ލައްވެލެވުނީ އިތުރަށް ފަހަތަށް ޖެހެން ޖާގައެއް ނެތުމުންނެވެ. […]
ރާހުލްގެ މަންމަގެ ކަށުކަމާކެމީގެ ކަންތައް ނިމިގެން ގެއަށް އައިސް ރާހުލް ވަރަށް ރުޔެވެ. މަންމަ ނެތް ކަމުގެ ފަޅުކަން އޭނާއަށް އިހުސާސްކުރެވެމުން ދިއައީ އިންތިހާއަށެވެ. ނަޝްފާ ރާހުލްއަށް ވަރަށް ހިތްވަރު ދިނެވެ. *** މުޅި އުޑުމަތިން ފެންނަމުން ދިޔައީ އޮރެންޖު ރީނދޫ ކުލައެކެވެ. އިރުގެ ދެބައި ކުޅަ އެއްބައި ފެނުގެ ތެރޭގައި ފޮރުވެފައިވާއިރު އެ އޮރެންޖު ކުލައިން ބައެއް ރީތި ގޮތަކަށް ކަނޑަށް އެޅިފައިވިއެވެ. ގޮނޑުދޮށަށް ޑަސްބިން އުކާލަން ދިޔަ އާމިނާ މި މަންޒަރު ފެނި އެތެރެއަށް […]
ދެރަ ގޮތެއް ނުވުމަށް ހިތާހިތުން ދުޢާކުރަމުން އޭނާ ބައްޕައަށް ގުޅާލިއެވެ. ދެފަހަރަކު ގުޅާލުމުންވެސް ފޯނު ނުނެގުމުން އަޔާޒް އިތުރަށް ކަންބޮޑުވާގޮތްވިއެވެ. ތިންވަނަ ފަހަރަށް ގުޅައިގެން ގޮސް ރިންގް ކެނޑެން އުޅެނިކޮށް ފޯނު ނެގިއެވެ. “ހަލޯ.” ހާސްވެފައިހުރެ އަޔާޒް ބުނެލިއެވެ. “ދަރިފުޅާ! ހަމަ މާދަމާ މިކޮޅަށް އާދޭ. ބައްޕަގެ ހާލު ވަރަށް ސީރިއަސް.” ރޮވިފައިވާ އަޑަކުން އޭނާގެ މަންމަ ހަސީނާ ބުނެލި ވާހަކައިން އަޔާޒަށް ލިބުނީ ޝޮކެކެވެ. “ކީކޭ؟ ބައްޕައަށް ކިހިނެއްވީ؟” ހާސްވެފައި އަޔާޒް އަހާލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. “އެކްސިޑެންޓެއްވީ. […]
ހަށިގަނޑުގައި ޖަހާފައިވާ މަސްތަކުގެ ސަބަބުން ހިނގާ ބިގާވެ އުޅެން އުނދަގުވާކަން ޝަރީފާ ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކުން ވެސް އެނގެއެވެ. ގޭދޮރުމަތި ކުނިކެހުމަށްފަހު ދުރުގައި ހުރި ޖަސްތުގަނޑާއި ގޯނިގަނޑު ހިފައިގެން އައިސް އެއްކޮށްފައި ހުރި ކުނިތައް އެއަށް އަޅަން އުނދަގުލުން ތިރިވިއެވެ. ލައިގެން ހުރި މާޖެހި ހައުސްކޯޓް ގަނޑު ކުޑަކޮށް މައްޗަށް ޖައްސާލީ އެތެރެއިންލާފައި ހުރި ހަރުވާޅު ފެންނަ ވަރަށެވެ. ބޮލުގައި އޮތް ކަންބުރުގާ ވެސް ދެފަރާތުން ގޮށެއް ޖަހާލާ އެއްފަރާތަކަށް އެއްލިއެވެ. “ހޫނ ކަންތަކާ މިޖެހުނީ…. […]