Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކާމިޔާބު އަންހެނާ 6

Rozy
October 22, 2016
6 Mins Read
28 Views
3 Comments

 

“ﷲ އިރާދަ ކުރެއްވީޔާ އެއީ ހީނާ ކަމަކަށް ނުވާނެ.. އެހެންވިޔަސް އަހަރެން ބޭނުންވަނީ އަހަރެން އަމިއްލަޔަށް ގޮސް ބަލާލުމަށް.. ތިކޮޅުން އޭނާގުޅާފީއްޔާ އަވަހަށް އަހަރެންނަށް ޙަބަރު ކުރާތި އެހެންނޫނީ އެއްވެސް ކަމަކާ ނުލާ އަހަރެމެން ކަންބޮޑުވީކަމަށްވާނީ. ކުދިން ގުޅިޔަސް އެއްވެސް އެއްޗެކޭ އަދި ނުބުނާތި.އަހަރެން ޒުއްނޫނު އަށް ގުޅާފަ ބުނާނަން ބިޒްނަސް ކަމެއްގައި އަހަރެން ސިންގަޕޫރަށް ދަނީޔޭ ނޫނީ އޭނާ އަހަރެން ހޯދަފާނެ. އަހަރެންނަށް ހީނާއާއި ބެހޭގޮތުން ކަށަވަރު ނުވަނީސް އެއްވެސް ވާހަކައެއް ކުދިން ކާރީ ބުނާކަށް އަހަރެން ބޭނުމެއްނޫން.” ޔާސިރު ބުނެލިއެވެ.

“އަޅުގަނޑުވެސް ދާންބޭނުން..” އުލްފަތު ބުނެލިއެވެ

“އެކަމަކު ކަލޭ ގޮއްސީޔާ ހީނާ ރަނގަޅަށް ހުރެއްޖެއްޔާ ބުނާނެ އަހަރެމެންނަކީ މޮޔައިންނޭ އެއްވެސް ކަމަކާނުލާ ކަންތައް ބޮޑުކުރީއްޔޭ. އަހަރެންނަށް ހީވަނީ އަހަރެން ގޮސް ބަލާލާފައި ފުރަތަމަ ހޮސްޕިޓަލުގައި އޮތީ ހީނާ ނޫންކަން ޔަގީންކޮށްފައި އުލްފަތު އަހަރެން ގުޅީމާ އަންނަން ވެއްޖެއްޔާ އަންނާނީ”

“ހަމަ ގައިމު މޭކަޕާ ނުލާވެސް ހީނާއަކީ ފާހަގަ ވާނެ ޝަހުސީއްޔަތެއް. އެކަމަކު ރާއްޖޭގެ ފިލްމު ސުޓާރަކު އެގޮތަށް ގޮސް ކަންތައް ތަކާ ދިމާވާނެޔޭވެސް ހީކުރާނީ ކާކު؟ ވީމާ ތިޔަކަމުގައި އަދި ކަންބޮޑުވާކަށް ނުވާނެ”

“އަހަރެންނަށް ހީވަނީ ތިޔައީ ތެދެއްހެން ގައިމު ހީނާއަކީ އެހާ މީހުން ނުދަންނަ ބޭކަނބަލެއްނޫން ގިނަ މީހުން ދަންނަ މީހެއް އެއީ. އަހަރެން ދާގޮތަށް ދާނީ ހޮސްޕިޓަލަށް ގޮސް ބަލާނަން.”

“ކޮންމެ ގޮތެއްވިޔަސް އަޅުގަނޑަށް ގުޅުއްވާތި..”

އުލްފަތު ގޭގެ ދެނަންބަރުވެސް ޔާސިރުއަށް ދިނެވެ. ޔާސިރުވެސް ދާގޮތަށް ގޮސް  ހޮސްޕިޓަލުގައި ހުރެފައި ގުޅާނަމޭ ބުނަމުން ފޯނު ބޭއްވިއެވެ. ޔާސިރު އޭނާގެ ހުރިހާ އެޕޮއިންޓުމަންޓުތައް ކެންސަލް ކުރުމަށް އޭނާގެ ސެކްރެޓަރީއަށް ގުޅާފައި ބުނެލިއެވެ. އަދި ކުދިން ގުޅިޔަސް އެއްވެސް ވާހަކައެއް ނުދެއްކުމަށް އޭނާ ސެކްރެޓަރީއަށް އެންގިއެވެ.

“އެކުދިން އަހާފިއްޔާ ބުނޭ ބައްޕަ އެމެޖެންސީ ދަތުރެއްގައި ސިންގަޕޫރަށް ދިޔައީއޭ”

ޔާސިރު އޭނާގެ ސެކްރެޓަރީ ކާރީ ބުނެދިނެވެ. ފަސްމިނިޓް ތެރޭ ކާރު އައެވެ.

ޔާސިރު އެއަރޕޯޓުގެ ވެއިޓިން އޭރިޔާގަ މަޑުކޮށްގެން ހުއްޓެވެ. މާޒީގެ ކަޅު ސޮފްހާތައް އޭނާގެ ކުރިމަތީ އެނބުރެންފެށިއެވެ. އޭނާއާއި ހީނާ އުފަލުން އުޅުނު ރަންޒަމާނެވެ…

ކޮންމެ ހިނދަކު އޭނާ ދުޢާ ކުރަމުން ދިޔައީ ހޮސްޕިޓަލްގައި އޮތީ ހީނާ އަށް ނުވުމަށެވެ. އެދެމީހުން ވަކިވިފަހުންވެސް 18 އަހަރު ވީއެވެ. ފާއިތުވިހާދުވަސްތައް ހީނާ ހޭދަކޮށްފައިވަނީ އަމިއްލަޔަށެވެ. 14 އަހަރު ރާމިޒް އާއެކު އޭނާ ހެދަކުރިއެވެ. ޔާސިރު މިހާރު އެދުވަހު ހީނާ ދޫކޮށްލެވުނީތީ ހިތާމަކުރިއެވެ. އެދުވަހު އޭނާ ހީނާ ދޫކުރީ އަވާމެންދުރެއްގެ ފަހަތުން ދިޔުމަށެވެ. 21 އަހަރު ގެ ރަޝިޔާ އަންހެންކުއްޖެއްގެ ކަންހުޅީ އަސީރަކަށް ވެގެންނެވެ. އެރަޝިޔާ އަންހެންކުއްޖާ އޭނަޔާ ދިމާވީ ރިސޯޓުގައި އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ދުވަސްވަރުއެވެ.

އެދުވަސްވަރަކީ ހީނާ އޭނާގެ ފިލްމީ މަސައްކަތުގަ ބުރަކޮށް މަސައްކަތް ކުރި ދުވަސްވަރެވެ. ޔާސިރު އަށް ދޭނެ ވަގުތު އޭރު ހީނާއަށް ލިބެނީ މަދުންނެވެ. އޭނާ މަސައްކަތްކުރީ ރިސޯޓެއްގެ ފުރަންޓް އޮފީހުގައެވެ. ހީނާއަށް ލިބޭ އާމްދަނީއަށް ބަލާފައި އޭނާއަށް ލިބެނީ ވަރަށް މަދު އެއްޗެކެވެ. އަބަދުވެސް ހީނާއަކީ އޯގާތެރި އަންބެކެވެ. ޔާސިރު އަށް ވަޒީފާ ގެއްލި ލާރި ނުލިބުނު ވަގުތުވެސް ޔާސިރު އާއެކު ހީނާހުއްޓެވެ. ޔާސިރު އަމިއްލަ ބިޒްނަސް ފެށީ ރިސޯޓުން ދިމާވި އައްޑޫ މިހަކާ އެކީގައެވެ. ކުރުނބާމޯލްޑިވުސްގައި މުދިންކަން ކުރަމުން ދިޔަ މީހަކާ ޔާސިރު އާއި ދިމާވީ އޭނާ އެރިސޯޓުގެ ފުރަންޓްއޮފީސް މެނޭޖަރ އަކަށް އޭނާހުރި ދުވަސްވަރުއެވެ. މުދިންބެ ހަސަން އޭނާ ގެ ޙިޔާލު ކިޔާދިނެވެ. މާލޭގައި ވިޔަފާރިއެއްފެށުމުގެ ޙިޔާލެވެ މިހިޔާލު ވީ ޔާސިރުވެސް ގަޔާވި ޙިޔާލަކަށެވެ ހުރިހާ ހަރަދެއް ކުރީ ހަސަންބެއެވެ. ޔާސިރު ހަމައެކަނި މެނޭޖް ކުރަނީއެވެ. ސަރުކާރުގެ ލިޔުންތަށް ހަމަކޮށް ވިޔަފާރި ދެމީހުންގެ ނަމުގައި ރަޖިސްޓުރީކޮށް ހެދީ ޔާސިރުއެވެ. ހަސަންބެއަކީ ލިޔެކިޔުން އެހާ ފަރިތަ މީހެއް ނޫނެވެ. ވީމާ ހުރިހާ ޒިންމާއެއް އޭނާ ހަވާލުކޮށްފައި ވަނީ ޔާސިރު އާއެވެ. ހަސަންބެ އަކީ އެކަނި ހުރި މީހެކެވެ. އަންބެއް ދަރިޔެއް ހުރި މީހެއްނޫނެވެ. ހަސަންބެ، ޔާސިރު ދެކެނީ އޭނާގެ އުފަން ދަރިއެއްގެ ގޮތަށެވެ.

ޔާސިރު ހަސަންބެ އަށް ވަރަށް ތެދުވެރި އަދި އަމާނާތްތެރިވެސްމެއެވެ. ވިޔަފާރީގެ ހުރިހާ ހިސާބު ކިތާބެއް ވަރަށް ފުރިހަމަޔަށް ހަސަންބެޔަށް ދައްކައެވެ. ހަތަރު އަހަރުތެރޭ އޭނާއާއި ހަސަންބެ ގެ ވިޔަފާރި މުޅި މާލޭގައި މަޝްހޫރުވެ ފުޅާވިއެވެ. އަދި އިތުރު ހަތަރު ފިހާރަ އެމީހުން ހުޅުވިއެވެ. ރިސޯޓްތަކުގެ ހިއްސާ ގަނެހެދިއެވެ. ރިސޯޓްކަށް ތަރުކާރީ ފޮނުވުމަކީ އެމީހުންގެ ވިޔަފާރިއެވެ. މާލޭގެ އެކި ތަންތަނުގަ އެމީހުންގެ ވިޔަފާރި ފުޅާވަމުން ދިޔައެވެ. ހާރޓް އެޓޭކެއްގަ ހަސަންބެ ނިޔާވުންވީ ޔާސިރުއަށް ފޫނުބެދޭވަރުގެ ހިތާމަޔަކަށެވެ. ހަސަންބެ ނިޔާވިއިރު ހަސަންބެ ވަނީވަސީއްހަދާފައެވެ. ހުރިހާ މުދަލަކާ ވިޔަފާރިއަކީ ހަމައެކަނި ޔާސިރު ގެ އެއްޗެއްކަމަށް ނިންމާފައެވެ. އެވަސިއްޔަތް ވަކީލް މީހާ ގެނެސްދިނުމުން ޔާސިރު ރުއިއެވެ. އަދި ހަސަންބެޔަށް ހެޔޮދުއާކުރިއެވެ. ރަޝިޔާގެ މޮޑެލް ނަތާލިޔާ އާއި އޭނާ ދިމާވީ އެދުވަސް ވަރު އެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ. އޭނާއާއި ދިމާވުން އެދުވަހު ޔާސިރު ހީކުރީ އެއީ ރަނގަޅު ފާލެއް ކަމަށެވެ. ހީނާ އޭނާ ދެއަންބަށް އިންނާކަށް އެއްބަހެއް ނުވިއެވެ. އެހެންވެ އޭނާއަށްޓަކައި ހީނާ ވަރިކުރިއެވެ. ހީނާއާއި އެކު އޭނާއަށް ލިބިފައިވާ ދެކުދިންގެ މަޢުސޫމު ކަމަށްވެސް އެދުވަހު އޭނާ ނުބެލިއެވެ. ސަބަބަކީ އެއަށްވުރެ ރީތި އަންހެނަކު އޭނާގެ އަތުގައި ހިފައިގެން ހުރީމައެވެ. ފައިސާވެސް ހުރިކަމެވެ.ހަމައެއާއެކު އެއަންހެން ކުއްޖާ ބަލިވެއިނެވެ. ޔާސިރު އަށް މަޖުބޫރުވީ އޭނާ އާއި އެކު އުޅުމަށެވެ. ނަތާލިޔާ އެއްމާބަނޑު ދެއަންހެން ކުދިން ވިހެއެވެ. ނަތާލިޔާ ހާ އެދެއަންހެން ކުދިންވެސް ރީއްޗެވެ. ..ޔާސިރު ނަތާލިޔާ ދެކެ ވާލޯބިން ވިޔަފާރީގެ ގިނަ ހިއްސާއެއް އޭނާ ނަތާލިޔާގެ އެކައުންޓަށް ޖަމާކުރިއެވެ. އެންމެ ފަހުވަގުތު ނަތާލިޔާ އެހެންފިރިހެނަކާ އެކު ހުރިހާ ފައިސާއެއް ހިފައިގެން ދެކުދިންވެސް ގޮވައިގެން  ހޮންގް ކޮންގް އަށް ފިލައިގެން ދިޔައީއެވެ.އެކުދިންނާ އޭނާ ވަރަށް ބީރައްޓެސެވެ. ގިނައިން އެކުދިންނަށް އޭނާ ނުފެންނާތީއެވެ. އެކުދިންނަށް ހަމައެކަނި އެނގެނީ އެކުދިންގެ ބައްޕަ ޔަކީ ރާއްޖޭ މީހެއްކަމެވެ. މަންމަޔަށް ދޭތެރެ ދޭތެރެއިން ގުޅާކަމެވެ. އެކަމަކު އެއްވެސް ގުޅުމެއް ނެތްކަމެވެ. ނަތާލިޔާ އެކުދިން ރާއްޖެއަށް އެއްގޮތަކަށްވެސް ނުގެނައެވެ. ސަބަބަކީ ކޯޓްގައި އަދިވެސް ނަތާލިޔާ އާއި ބެހޭގޮތުން ޔާސިރު ޖައްސާފައިވާ މައްސަލަ ހިގަމުން ދާނެތީއެވެ. ކުދިން ޔާސިރު އަތުލަފާނެތީއެވެ. ޔާސިރުގެ ބާރު ހަމައެކަނި އޮންނާނީ ރާއްޖޭގައި އެކަނި ކަން އޭނާ ގަބޫލް ކުރެއެވެ.

ހީނާ އާއި އޭނާގެ ދެކުދިން ރާއްޖެ ބަދަލުވީ އެދުވަސްވަރުއެވެ. އޭރު ނަތާލިޔާ ޔާސިރު އަށް ކެހި ދީފާ ކުދިން ގޮވައިގެން ގޮއްސިއެވެ. ޔާސިރު ބޭނުންވީ ހީނާގެ ހަޔާތަށް އައުމަށެވެ. އެކަމަކު ކުށްކުރެވުނީ އޭނާއަށް ކަމުން އިސްވެ އެވާހަކަ ހީނާ ކާރި ބުނަން ޔާސިރު ޖެހިލުން ވިއެވެ. ހީނާ ގަބޫލްވެސް ނުވާނެކަން އެނގޭތީ އާއިވެސް އެކުގައިއެވެ.

އޭނާ ހީނާ ކާރިން މާފަށް އެދުނެވެ. އެކަމަކު ހީނާކާރިން މާފަށް އެދެން އޭނާ މާލަސް ކުރީއެވެ. އޭރު ރާމިޒް ހީނާގެ ހަޔާތުގެ ސޮފްހާތައް ލިޔެދޭން ފަށާފިއެވެ. އަދި ވަރަށް ގާތުން ރާމިޒް ހީނާދެކެ ވާލޯބި ޔާސިރު އަށް ފެނުނެވެ. އެއީ ތެދުވެރި ލޯތްބެވެ. އެހެންނޫންނަމަ ދެކުދިންވެސް ތިއްބާ އަދި އުމުރުން 40 އަހަރުވެސް ވެފައި ހުއްޓާ ހީނާއާއި ރާމިޒް ކައިވެނި ނުކުރާނެ ނޫންހެއްޔެވެ.

ޔާސިރު އަދަބު ލިބިގަތީ އަމިއްލަޔަށެވެ. ނަތާލިޔާ ދިޔަ ފަހުން އޭނާ އެއްވެސް ކައިވެންޏެއް ނުކުރެއެވެ. އަދި ޒުއްނޫން އާއި ތާނިޔާ ދެކެ އޭނާ އިންތިހާ އަށް  ލޯބިވެއެވެ.ހީނާ އަކީ އޭނާގެ ބެސްޓު ފުރެންޑުވެސް މެއެވެ. މާފް ދިނުމަށްފަހު ހީނާވީ އޭނާގެ ގާތް އެކުވެރިއަކަށެވެ. އެގޮތްވެސް އޭނާ ގަބޫލް ކުރިއެވެ. ހީނާވެސް އޭނާ އާއި މެދު ނުރުހުމެއް ނޯވެއެވެ. އިޙްތިރާމް ކުރެއެވެ.ގާތް އެކުވެރިޔެއް ކަމަށް ދެކެއެވެ. ކުރީގެ ކައިވެނިން ދިމާވި ގޮތުގެ ވާހަކަ ނުދައްކައެވެ. އާއިލީ ގިނަ ހަފްލާ ތަކުގައި ޔާސިރު ބައިވެރިވެއެވެ. ހަމަ އެގޮތަށް ރާމިޒް ވެސްވީ ޔާސިރުގެ ގާތް އެކުވެރިޔަކަށެވެ. މިހަޔާތުގައި އޭނާއަށް ދެން ހީނާފިޔަވާ އެހެންމީހެއްދެކެ ލޯބިނުވެވޭނެއެވެ. މިއަދު އޭނާ އަކީ ކާމިޔާބު ވިޔަފާރި ވެރިއެކެވެ. ހަސަންބެގެ ވިޔަފާރި އޭނާވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙިދުމަތް ލިބޭގޮތް ހަދާފައެވެ. ހީނާ ވަނީ ހަނދާން ނުނެތޭނެ އެތައް ވަގުތުތަކެއް އޭނާއަށް ހިބަ ކޮށްދީފައެވެ. މިއަދު އޭނާ ބޭނުންވަނީ ހީނާ އުފަލުގައި ކޮންމެ ތާކު އަދި ކޮންމެ މީހަކާ އެކުވިޔަސް ހުންނާށެވެ.

ފުލައިޓްގައި އިންއިރުވެސް އޭނާގެ ހަނދާންތަށް ވަނީ ހީނާޔާ އެކުގައެވެ. އެމާޒީއަކީ އޭނާއަށް ހަނދާންނައްތާ ނުލެވުނު އުފާވެރި މާޒީއެވެ. ޒުއްނޫނު އާއި ތާނިޔާ އުފަންވީގޮތް އޭނާގެ ހަދާނަށް އަންނަމުން ދިޔައެވެ. އެކުދިން ކުޑައިރު އެމީހުން އުޅުނީ ކިހާ އުފަލުން ނޫންހެއްޔެވެ. އޭނާގެ ހަޔާތް ބަރުބާދު ކޮށްލީ ހަމައެކަނި ނަތާލިޔާއެވެ. އޭނާގެ އުފާވެރި ގަނޑުވަރު ފުޑު ފުޑު ކޮށްލީ ދެވަނަ މީހެއް ނޫނެވެ. އެދުވަސްވަރު ހީނާ ރުއިވަރު އޭނާގެ ހަނދާނަށް އައެވެ. އޭނާ ހަމްދަރުދީ ނުވީ ކީއްވެހެއްޔެވެ.

ޔާސިރު ދަތުރަށް ގެނައީ ހަމައެކަނި އޭނާގެ ބުރީފް ކޭސް އެވެ. އެއީ ހަމައެކަނި ތިން ހެދުން އަޅައިގެންނެވެ. ހުރިހާ ޕެސެންޖަރުންނާއެކު އޭނާ ވެސް ފުލައިޓުން ފައިބައިގެން ސިޑިން ޓާމިނަލް އާއި ދިމާލަށް އަވަސް ފިޔަވަޅު އަޅަމުން ހިނގަމުން ދިޔައެވެ. އެއްވެސް ލަގެޖެއެއް އޭނާ އަތުގައި ނެތުންވެސް ވީލިބުނު ފަސޭހަޔަކަށެވެ. ހެނދުނު 730 ވިއިރު އޭނާހުރީ ލަންކާ އެއަރޕޯޓުގައެވެ.

ބޭރަށް ނިކުމެ ކާރެއް ހޯދާލުމަށް ފަހު ދާންވީތަން ބުނަމުން ކާރުގެ ފަހަތު ސީޓްގައި ލެނގިލިއެވެ. ޑުރައިވަރު ކޮންމެ ވެސް ވާހަކަތަކެއް ދެއްކިއެވެ. އެކަމަކު އޭނާ ސިންގަޅަ ބަހުން ދެއްކި އެއްވެސް ވާހަކައެއް ޔާސިރު އަށް ނޭނގުނެވެ.

ހޮސްޕިޓަލަށް ދެވުނީ ގަޑިއެއްހާއިރު ދުއްވުމަށްފަހުއެވެ. އޭނާ ކާރުގެ ފީ ޑުރައިވަރ އަތަށް ދިއްކޮއްލިއެވެ. “އިސްތޫތީ” ޑުރައިވަރ މީހާ ލަންކާ ބަހުން ޝުކުރު އަދާކުރިއެވެ.

ހޮސްޕިޓަލުން ވަނުމާއެކު އިނގިރޭސިން ވާހަކަދައްކާނެ މީހަކު ދިމާވޭތޯ އޭނާ ދުޢާކޮށްލިއެވެ. ދަބަސް ހިފައިގެން އޭނާ ކައުންޓަރ ކާރިޔަށް ދިޔައެވެ.

ހިލްޓަން މެނޭޖަރ އޮތީ އޭނާއަށް ހޮސްޕިޓަލުގައި ދިމާވާންޖެހޭ މީހާގެ ނަން ދީފައެވެ. އޭނާ އޮތީ ގަނޑުކޮޅެއްގައި އެނަންލިޔެފައެވެ. އެގަޑުކޮޅު އޭނާ ކައުންޓަރުގައި އިން ކުއްޖާއަށް ދިއްކޮށްލިއެވެ.

އޭނާ ވާހަކަ ދައްކަން ފެށީ ސިންގަޅަ ބަހުންނެވެ. ޔާސިރު އަޅާވެސް ނުލާ ނޭނގޭ ކަމަށް ބޯހޫރާލިއެވެ. އެވަގުތު އެކުއްޖާ އޭނާއަށް އިޝާރާތުން ދެއްކީ ލިފްޓެވެ. އަދި ބުނެލީ “ތުންއިނި ފުލޯ” އަތުން 3 ދައްކާލަމުން އެކުއްޖާ ބުނެލިއެވެ. އެކުއްޖާ އެބުނީ 3 ވަނަ ފުލޯޔަށް ދާށޭ ކަން ޔާސިރު އަށް އެނގުނެވެ. ޔާސިރު އެކުއްޖާ އަށް ޝުކުރު އަދާކުރުމަށް ފަހު ލިފްޓާ ދިމާޔަށް ހަލުއި ފިޔަވަޅުގައި ދިޔައެވެ.  އޭނާ ބޭނުންވަނީ ފާއިތުވާ ކޮންމެ މިނިޓެއްވެސް އަވަސް ކަމާއެކު ފާއިތު ވުމަށެވެ. އޭނާ އާއި އެކު ލިފުޓްގައި އެކަކުވެސް ނެތެވެ. 3 ވަނަ ނަމްބަރަށް އޭނާ ފިތާލިއެވެ. ލިފުޓު ހުއްޓުމާއެކު އޭނާ ފައިބާ ވަށައިގެން ހޯދާލިއެވެ. އެތަން އެއީ ވަރަށް އާތަނެކެވެ. ކޮންމެ މީހަކުވެސް އެތަނުގައި މަގު އޮޅި ގެއްލިދާނެއެވެ. ދާންވާ ތަން ޔަގީންކޮށް ނޭގެންޏާ ބޭކާރު ވަގުތު ތައް ފާއިތު ވާނެއެވެ. ދީފައިވާ ސައިންތަކަށް ބަލަމުން އޭނާ މަޑުމަޑުން ކުރިޔަށް ދިޔައެވެ. އައިސީޔޫގެ ރިސެޕްޝަން ކާރިޔަށް ގޮސް އޭނާ އަތުގައިވާ ޑޮކްޓަރ ގެނަން އޮތް ގަނޑުކޮޅު އޭނާ ދައްކާލިއެވެ. އޭނާ އެކުއްޖާ ފަހަތުން އެތާ އެތެރެއަށް އޭނާވަނެވެ. އެވަގުތު ހުރިހާ ދިމާލަކުން އަޑުއިވެމުންދަނީ މެޝިން ތަކުގެ އަޑެވެ. ކޮންމެ ޕޭށަންޓެއް ކާރީ ފޮތި ދަމާފައި ހުއްޓެވެ. އޭނާ ކުރިޔަށްވުރެ އޭނާހާސްވިއެވެ. އެހާ ބޮޑަށް ތަން ފިނިކޮށް ހުއްޓަސް އޭނާ ހުރީ ދާހިތްލާ ފޯވެފައެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރުތަކުން އޭނާއަށް ފެންނަނީ މަރާ ހަނގުރާމަ ކުރަމުންދާ މީހުންނެވެ. މެޝިން އަޑުތަށް އިވެމުން މިދަނީ މި މީހުންނަށް ގުޅާފައިވާ މެޝިންތަކުންނެވެ. ބައެއްމީހުން ރޯންވެސް ކަނެއްގައި ތިއްބެވެ. އެވާނީ އެތާ ތިބި ބަލިމީހުންގެ ތިމާގެ މީހުން ކަމުގައި އެވެ.

“އެއްވެސް މީހަކަށް އިގިރޭސިން މަށާވާހަކަ ދައްކާން އާދެވިދާނެތަ؟”

ކެއްތެރިކަން ކުޑަގޮތަކަށް ޔާސިރު ހަރުކަށި ކަމާއެކު ރިސެޕްޝަންއައި ކުއްޖާ ކާރިން އަހާލިއެވެ.

“އިންގުލިޝް… ވަން މިނެޓް” ރިސެޕްޝަން ކުއްޖާ އިނގިލ މައްޗަށް ނަގާފައި އެކެއްދައްކާލަމުން ބުނެލިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭ ހުދު ހެދުމެއްގައި ހުރި ޑޮކްޓަރއަކު އެތަނަށް އައެވެ.

“ލަސްވިކަމަށްޓަކާ ސޮރީ…ކަލޭ ބޭނުންވަނީ ކޮންކަމެއްތަ؟”

“އަހަރެންގެ އަން….ހެނުން މިތާ އައިސީޔޫގައި ބާއްވާފަ އޮތް ޙަބަރު އަހާފައި އަހަރެން މިއައީ” ޔާސިރު އަންހެނުންނޭ ބުނީ ވާހަކަ ދައްކަން ފަސޭހަޔަކަށެވެ. ކޮންމެ މީހެއްކާރީ ކުރީގެ އަނބިމީހާއޭ ކިޔާ ބޮޑު ވާހަކަ ގަނޑެއް ކިޔާދޭން އޭނާ ބޭނުން ނުވީއެވެ.

“ކޮންދުވަހަކު ބޭއްވީ؟ އެޑޮކްޓަރ އަހާލިއެވެ.

“އަހަރެންނަށް ޔަގީންކޮށް ބުނާކަށް ނޭނގޭ އަހަރެން ހުރީ ރާއްޖޭގައި އޭނާ މިތަނަށް އައީ ދާދި އިހަކަށްދުވަހު މިހިނގި ބޮމުގެ ހާދިސާ ހިނގި ދުވަހު، އެދުވަހުން ފެށިގެން އޭނާއާއި ނުގުޅޭ”

“އެކަންތަކަށް މިހާރު 2 ހަފްތާވަރަކަށް ވެއްޖެ” އެޑޮކްޓަރ ކާރީގައި ހުރި ނަރުސް ކުއްޖާއަށް ބަލާލަމުން ބުންޏެވެ. ނަރުސް ކުއްޖާވެސް އާއެކޭ ބުނާގޮތަށް ބޯހަލުވާލިއެވެ. އާންމު ކޮށް ލަންކާ އިންޑިޔާ ހިސާބު މީހުން ވާހަކަ ދައްކާނީ ބޮލުންކަން ޔާސިރު އަށް ވިސްނުނެވެ.

“ދެންމިހާ ދުވަސް ކަލޭ އޭނާ ނުހޯދާ ހުރީ ކީއްވެ؟ ”

“އޭނާ އައީ ހަމަ އެކަނި ތަންތަން ބަލާލަން އެހެންވެ އަހަރެން އަޅާނުލީ އެކަމަކު ޚަބަރެއް ނުވީމާޔާ ނުގުޅުނީމާ އަދި މިކޮޅުގައި ގޮތްނޭނގޭ މީހަކު އެޑްމިޓް ކޮށްފަ އޮތްވާހަކަ އޭނާ ހުރި ހޮޓަލުމީހުންވެސް ބުނި. އަދި އޭނާގެ ޕާސްޕޯޓާއި އަތްދަބަސް ވެސް ހޮޓަލުގެ ރޫމުގެ ހުރިވާހަކަ އެތަނުން ޙަބަރު ދިން. ޗެކްއިން ކުރި ދުވަހުގެ ފަހުން ހޮޓަލަށް ވެސް އޭނާ ނައަންނަ ވާހަކަ އެމީހުން ބުނި ޕާސްޕޯޓް ނެތި ދަތުރު ނުކުރެވޭނެ. އެހެންވެ މިތާ އޮތީ ކާކު ތޯ ބަލަން އަހަރެން މިއައީ. އުންމީދު ކުރަން އެއީ އަހަރެންގެ ވައިފް ކަމަށް ނުވާނެކަން” ކަރުނަ ވީ އަޑަކުން ޔާސިރު ބުނެލިއެވެ.“

ޑޮކްޓަރ ޔާސިރޮވައިގެން އައިސީޔޫގެ އެތެރެ ބަޔަށް ދިޔައެވެ. ޑޮކްޓަރ އެތަނުގެ ދޮރުހުޅުވާލުމާއެކު މެޝިންތަކުން ކަވަރ ކޮށްފައިވާ މީހެއް ޔާސިރު އަށް ފެނުނެވެ. އެމީހާ ކާރީ ދެނަރުހުންވެސް ތިއްބެވެ. އޭނާއަށް އިވެމުން ދިޔައީ މެޝިންތަކުގެ ވޫޝް އަޑެވެ. އެއީ ނޭވާލާ މެޝިންކަން އޭނާއަށް އެނގުނެވެ. ޔާސިރުގެ ހިތްބާރަށް ތެޅެމުންދިޔައެވެ، ދެނަރުހުން ތިބިގޮތުން އޭނާއަށް އެނދުގައި އޮތްބަލިމީހާ ނުފެނެއެވެ. އޭނާ މަޑުފިޔަވަޅުތަކެއްގައި އެނދާ ކާރިވަމުން ދިޔައެވެ. ދުޢާ ކުރަމުން އޭނާ ދިޔައީ އެއީ ހީނާއަށް ނުވޭތޯއެވެ. އޭނާ އެނދާއި ކާރިޔަށް ގޮސް ލޯމަރާލަމުން ކާރީގައި ހުރި ޑޮކްޓަރ ގެ އަތުގައި ހިފަހެއްޓިއެވެ. ޑޮކްޓަރ އޭނާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ.

“ބަލާލަބަލަ.. އެއީތަ ކަލޭގެ އަންހެނުން؟”

ޑޮކްޓަރ ވައިއަޑުން އަހާލިއެވެ. އޭނާ އެނދު ކާރީހުރެފައި ލޯހުޅުވާލިއެވެ. މޫނުގައި ވަނީ މާސްކު އަޅާފައެވެ. ބޮލުގައިވަނީ ބޮޑު ބެންޑޭޖެއް އޮޅާފައެވެ. އެބެންޑޭޖްގެ ބޮޑުކަމުން އެނދުގައި އޮތީ ކާކުކަން ދެނެގަތުން އުނދަގޫވިއެވެ. އޭނާ ބަލިމީހާގެ މޫނާ ތަންކޮޅެއް ކާރިވެލިއެވެ. އޭނާ ކުއްލިޔަކަށް އޭނާގެ އަނގަމަތީ އަތްއަޅާއިގެން ޑޮކްޓަރއާއި ވީ ފަރާތަށް އެނބުރި ކުޑަކުއްޖެއްހެން ޑޮކްޓަރ ގައިގައި އޮޅުލައިގަތެވެ. ރޮމުން ގިސްލަމުންނެވެ.

“ޑޮކްޓަރ އެއީ އަހަރެންގެ ހީނާ”

ނަރުސް ކުދިން ޔާސިރު އަށް ތަންދެއްކިއެވެ، އޭނާ ހީނާ ކާރިޔަށް އަނެއްކާ ކައިރިވެލިއެވެ. މަޑުމަޑުން އޭނާގެ އަތުގައި ހިފިއެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އެކަރުނަތައް އޭނާގެ ކޯތާފަތްމަތިން ގޮސް ހީނާގެ އަތަށް އޮހެމުންދިޔައެވެ މިމަންޒަރު ބަލަން ތިބި ނަރުސްކުދިންގެ ލޯވެސް ފެންކަޅިވިއެވެ. މިކަން އެނގުނީ އެމީހުން ލޯފެހެލާތަން ފެނުނީމައެވެ.

މިއަދު ހީނާއެވަނީ ހޮސްޕިޓަލްގައި މަރާ ހަނގުރާމަ ކުރާމީހެއްގެ ގޮތުގައެވެ. އެވެސް މިއޮތްހާ ދުވަހު ގޮތްނޭނގޭ މީހެއްގެ ގޮތުގައެވެ.

ނުނިމޭ

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ތާޝާ (ހަތަރުވަނަ ބައި)

Next

އައިޝާ 2

Next
October 22, 2016

އައިޝާ 2

Previews
October 22, 2016

ތާޝާ (ހަތަރުވަނަ ބައި)

3 Comments

  1. Eenoooo says:
    October 22, 2016 at 7:48 pm

    Thank u Roxy. Masha Allah v reethi. Waiting for next

  2. xenn says:
    October 22, 2016 at 8:23 pm

    Thun ini floor eyyy……hehe….

    1. Rozy says:
      October 22, 2016 at 11:05 pm

      Thats sinhala words dear Xenn

Comments are closed.

All Right Reserved!