އޮފީހުގައި އެއްވެސް މަސައްކަތެއް ނުކޮށް އަހަރެން ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ބަދަރު މަތީގައި ހުރި އޮފީހަކަށް ވުމުން އަހަންނަށް ބޭރުން ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ގުދުރަތީ މަންޒަރެކެވެ. ނޫކުލައިން ޖަރީކުރެވިފައިވާ އެ އުޑާއި މޫދަށް ބަލަހައްޓައިގެން އަހަރެން ހުންނަތާ މިހާރު ކޮންއިރެއް ކަމެއްވެސް ނޭނގެއެވެ. އޮޔެ ގަދަ ކަމުން ކަނޑިންމައިގައި ހުރި ދޯނިފަހަރުތައް ދެފަރާތަށް ހެލިލަ ހެލިލަ އޮތް އިރު އަހަރެންގެ ހިޔާލުތައްވެސް އޯޔާގޮސް ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. […]
ދަރިފުޅާ ޝެރިން ހޭލަބަލަ މިހާރު އެއޮތް 7.30 ވަނީ ރިޔާޝާ އޭނަގެ ދޮޝީދަރިއަށް ކިރުތައްޓެއް ހިފައިގެން އައިސް ކިރުތަށި ދެފޫޓެއްހައި ދުރުގައި ހުރި ވަށްމޭޒު މަތީ ބަހައްޓަމުން ބުންޏެވެ.”ލައްބަ މަންމާ މިތެދުވަނީ އަޅުގަނދުގެ މިލްކް ތަށިކޮބާ”؟”މިހިރީ ދަރިފުޅާ” ރިޔާޝާ ލޯބިންފުރިގެންވާ އަޑަކުން ބުންޏެވެ. ކިރުތަށިި ހުސްކުރުމަށްފަހު ޝެރިން އޭނަގެ ލޯބިވާ މަންމަ އަތަށް ކިރުތަށި ދިނެވެ. ޝެރިން ފާހަނައަށް ވަދެ ފެންވަރައިގެން ނުކުމެ ފަތިސްނަމާދު ކުރުމަށް ފަަހު ސުކޫލަށް ދާންތައްޔާރު ވާން ފެއްޓިއެވެ. މިއަދަކީ ޝެރިންގެ އޯލެވެލް […]
“ޔަމާން ކުއްލިއަކަށް ޚިޔާލު ބަދަލު ވެގެން އެއުޅެނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެ، އަހަރެން ވިސްނާފަ އޮތް ގޮތެއް ބަދަލެއް ނުވޭ. މީހެއްގެ ހިތުގަ އޮތް ޝައްކެއް ފިލުވާނެ ގޮތެއް އަހަންނަކަށް ނޭނގެ” މީރާ އިސްޖަހައިގެން އިނދެ ބުންޏެވެ. “ކޮން އިރަކުންތަ މީރާ ގޮތް ދޫކުރާނީ؟” ޔަމާން ރުޅި އައިސްގެން މީރާއާ ދިމާއަށް އެނބުރިފައި އަހާލިއެވެ. “ޔަމާން ގޮތް ދޫކޮށްބަލަ، ތި ޝައްކު ފިލުވަބަލަ، އަހަރެން ކިތައް ފަހަރުތަ ބުނާނީ؟” މީރާވެސް ރުޅިއައިސްފައި ބާރަށް ބުންޏެވެ. “ޔަމާން… […]
” އަހަރެން މިހުރީ އަހަރެން އައިޝާއަށްވީ ވައުދުތައް ފުރިހަމަކޮށްގެން އެނބުރި އައިސް” އައިޝާގެ ކަންފަތުގައި ޖެހުނު އަޑަކުން މުޅިގައިގާ ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ފަހަތަށް އެނބުރެން ނުކެރިފައި ހުއްޓާ އަނެއްކާވެސް އިސް އުފުލާލެވުނީ ދެވަނަފަހަރަށް އެއަޑު އިވުމުނުންނެވެ. ދެންވާން ފެށިގޮތަކުން ފަހަތުން އެމީހަކު ކީއެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. އައިޝާއަށް ތަންތަން ނުސާފުކޮށް ފެންނަންފެށިއެވެ. މުޅިތަން އެނބުރޭހެން ހީވާން ފެށުމުން ބޮލުގައި ހިފަހައްޓާލެވުނެވެ. ފަހަތުގައި ހުރި ހުޝާމްއަށް އައިޝާ އަށް ގޮތެއްވާހެން ހީވާންފެށިއެވެ. އަރިއަަޅާލައިގެން ވެއްޓެން […]
އަޔާޒްމެންގެ ޚަބަރެއް ނުވާތީ ރިޔާޝާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ޝިފާން ފުރާ ވާހަކަ ބުނީއްސުރެ ރިޔާޝާއަކަށް ހަމައެއް ނުޖެހެވެއެވެ. ޝިފާން ދިޔުމުން އަޔާޒްގެ ޚަބަރެއް ލިބޭނެ ގޮތެއް ނޯންނާނެތީއެވެ. ޝިފާން ގޮސްފައި ގުޅާނެކަމަށް ބުނި ނަމަވެސް އަދި ޚަބަރެއް ނުވާތީ ރިޔާޝާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ކަންބޮޑުވެގެން ދެކޮޅަށް ހިނގަހިނގާ ހުއްޓާ ކުއްލިއަކަށް ދޮރުގައި ޓަކި ޖެހި އަޑަށް ސިހުނެވެ. މިވަގުތު އެއައީ ކާކުބާވައޭ ހިތަށްއެރިއެވެ. އޭނާ ހައިރާންވެ ހުރެ ގޮސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރު […]
ހުކުރު ދުވަހުގެ ހެނދުނު އަންޖޫދާ އުޅުނީ އެއްޗެހި ދޮވެ ހިއްކާން އެޅުމުގައެވެ. އާމިނާގެ ރުހުން ލިބޭތޯ އޭނާ މިހާރު ގޭތެރޭގެ އެކި ކަންތަކުގައި އާމިނާއަށް އެހީވެދީ ހަދައެވެ. ބިންމަތީގައި ހުރި ތަށިން ތެތް ހެދުމެއް ނަގައި އެ ފޮޅާލަމުން ރޯނުގައި އަޅުވާލި ވަގުތު އޭނާގެ ދެލޮލުގައި މީހަކު އަތް އެޅި ކަމުގެ އިހުސާސްކުރެވިގެން ދިއައެވެ. ތެޅިގަނެފައި އޭނާ ފަހަތަށް އެނބުރި ބަލާލިއިރު ފަހަތުގައި އެހުރި މީހާ ފެނުމުން އޭނާގެ ހިތް ރޫރޫ އަޅައިގަތެވެ. “ހެލޯ ޕްރިންސަސް…” އެއްމިޔަކުން […]
އިވެމުން ދަނީ ރޭގަނޑު ނިދާލަން އެންމެ އަރާމް އަޑެވެ. ބޯކޮށް ވާރޭ ވެހޭއަޑެވެ. ނަމަވެސް ޔޫމީ އަށް އޮތީ ނުނިދިފައެވެ. ރޮއެރޮއެ ޔޫމީ ގެ ލޯ ކައިރިވެސް ވަނީ ވަޅުވަދެފައެވެ. ކުއްލިއަކަށް ޔޫމީ ސިއްސައިގެން ދިޔައީ ކޮޓެރި ދޮރު ހުޅުވުމުންނެވެ. އެއީ ގިނަރޭރޭ ޔޫމީ ހޭދަ ކުރާގޮތެވެ. ކޮޓެރިއަށް ވަނީ މާނީ އެވެ. މާނީ އަކީ ޔޫމީގެ އެންމާބަނޑު ކޮއްކޮ އެވެ. މާނީ ގެ ހެދުމުގެ ބޮޑު ބައެއް ވަނީ ވީދިފައެވެ. ޔޫމީ އަށް ވީގޮތް އިގުނު […]
އިކްރާމް ހިންގަމުން އަންނަ 2ރިޒޯޓުގެ އިސްވެރިންނާ ބައްދަލު ކުރުމަށް މީޓިންއަށް ތައްޔާރުވުމަށް އޮފީހުގައި ވަރަށް ބުރަކޮށް އުޅެނިކޮށް އޭނާގެ ފޯނު ރިންގް ވިއެވެ. އެކޮޅުން ގުޅަނީ ޝާންތީ ކަން އެނގުމުން ވަގުތުން ފޯނަށްޖަވާބު ދިނެވެ. ޝާންތިގެފަރާތުން ލިބުނު ޚަބަރަކުން އިކްރާމްގެ ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އިކްރާމް ހުރިހާ މީޓިންއެއް ކެންސަލްކޮށްފައި ވަގުތުން ފުރައިގެންގެން ލަންކާ އަށް ދިޔައީ އާލިމާ ކައިރީގައި ރިޒޯޓަށް ދާކަމަށް ބުނެފައިއެވެ. އިކްރާމް ދެކޭގޮތުގައި މިވަގުތު މިކްޔާ އަށް އެންމެ ބޭނުންވާނީ އޭނާގެ […]