“ޖެހޭނީ ވަރިކުރަން… އަހަރެން ބޭނުމީ ވަރިވާން… ވަރިކުރާށޭ… އެހެން ނޫނީ… އެހެން ނޫނީ މި ދަރިފުޅު ދުނިޔެއަށް އުފަންވިޔަ ނުދޭނަން،……….. އައްދޯއި … މަންމާ…..” ޝީރީންގެ ވޭނީ އާހުގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ. ޝީރީން އެދުގެ ފަޑީގައި ހިފެހެއްޓީ އެތަދަށް ކެއްނުވުމުންނެވެ. ޝީރީންގެ ބަނޑުގެ ރިހުން މާގަދަވުމުން ޑރ ނާސިހާގެ ލަފާއަށް ޝީރީން ވިއްސަން ޖެހުނީ ހެލްތްސެންޓަރގައެވެ. ޝީރީން އެތަކެއް ވޭނާ ރިހުމުގެ ވަގުތުތަށް ގުނުމައްފަހު އެހުރިހާ ރިހުމަކުން އެއްކިބާވީ ހަމަ ކުއްލިއަކަށެވެ. އެވަގުތު ކަންފަތަށް […]
ކާމިޔާބު އަންހެނާ 5 މީނަގެ ޢާޢިލާގެ އެއްވެސް މީހަކު އެބަ ހުރިތަ؟” އެންމެ އިސްކޮށް މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރ ދެވަނަ ފަހަރަށް އަހާލި އެވެ. ޑޮކްޓަރުން މާޔޫސްވަމުން ދިޔައެވެ. ހީނާ ސަލާމަތް ކުރަން ރޭއްސުރެ އެމީހުން މަސައްކަތް ކުރަމުން ދަނީއެވެ.. “މީނަޔާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭކަށް ނެތް. އެއްވެސް އައިޑީއެއް ނެތް. އެކަކުވެސް ނާދޭ މީނާގެ ބަލާވެސް، ހިޔެއްނުވޭ މީލަންކާ މީހެއް ހެންނެއް. ބޮޑަށް ލަފާވަނީ މީ ދިވެހި ރާއްޖޭގެ ނުވަތަ އިންޑިޔާ ނޫނީ […]
“އިނާ އަހަރެންނަށް ހެލްޕްވާނަން ދޯ؟” އަހަރެން އިނާޝާގެ އެހީ ކިތަންމެހާވެސް ބޭނުމެވެ. “ހުމްމް..” މިހެން ބުނުމަށްފަހު އިނާޝާ ތެދުވެގެން ދިޔައެވެ. އަހަރެންގެ ބޮލުން އެތައްކަމެއް ލުއިވެގެން ދިޔަހެން ހީވިއެވެ. ހިތަށް ހަމަޖެހުން ލިބި، މޫނުމަތި އުޖާލާވިއެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. “ތާޝާގެ ހިތާ ހިސާބަށް އަހަރެން ވާސިލްވާނަމެވެ. ތާޝާގެ ކޮންމެ ރިހުމަކަށް ފަރުވާ ކޮށްދޭނަމެވެ.” ހަމަ އެރޭގެ ވަގުތެވެ. އަހަރެން ހިނގަމުން ދިޔައީ ރަށުގެ އަތިރިޔާއި ދިމައިންނެވެ. އަހަރެންގެ މިސްރާބު ހުރީ ރަށުގެ އުތުރު ފަރާތު […]
” އަހަރެން ހިޔެއްނުކުރަން އަންނާނެކަމަކަށްވެސް….” ނީލާ އިސްޖަހާލައިގެން އިންދާ އަނިލްގެ އަޑުއިވުމުން ހައިރާންވެފައި އިސްއުފުލާލިއެވެ. ނީލާގެ ކެބިންގެ ދޮރުމަތީ ހިނިތުންވެލައިގެން ނީލާއަށް ބަލަންހުރި އަނިލް ފެނުމުން އޭނާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ” ކިހިނެއްވީ ހާދަ ހައިރާންވީ؟ އަހަރެންހީކުރީ މަލުގަ އޮތްލިޔުންކޮޅު ކިޔާފަކަމަށް ތިއައީ……” ” އެއީ ސަރ ބޭއްވި މަލެއްތަ؟” ހައިރާންވެ ގަބޫލުނުކުރެވިފައި އިނދެގެން ނީލާ ސުވާލުކޮށްލިއެވެ. ” އާނ! އަނެއްކާ އެހެންމީހަކަށް އެކްސްޕެކްޓްކޮށްގެންތަ ތިއައީ…….އަހަރެންހީކުރީ އެމާދިނުމުގެ ކުރިންވެސް އެނގޭނެކަމަށް……ވަރަށްގިނަ ހަދިޔާވެސް ދިނިންވިއްޔަ…” އަނިލް ހިނިތުންވެލަމުން […]
ކުޑަ ދޮރުން ބޭރު ބަލަން އިން މިޔްޔާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ކުޑަ ހިނދުކޮޅަކަށް ލިބުނު ލޯބި ހިތުގައި ބިންވަޅުނެގިފައިވަނީ ވަރަށްވެސް ފުންކޮށެވެ. ޝަމާން އާއި ހޭދަ ކުރެވުނު އެ މަދު ވަގުތު ކޮޅަކީ މިކްޔާގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތު ކޮޅެވެ. އެލޯތްބައްޓަކައި މިކްޔާ ވަނީ އެތައް އިންތިޒާރެއް ކޮށްފައިއެވެ. ނަމަވެސް މިއަދު އޭނާ އެކޭ މަންޒިލެއްނެތް މުސާފިރެކޭ ތަފާތެއް ނެތެވެ. އޭނާވެސް ދަތުރު ކުރަމުން އެދަނީ ދާނެ މަންޒިލެއް ނެތިއެވެ. ދުނިޔެ އޭނާ […]
އަހަރުތަކެއް ވަންދެން އެކުގައި އުޅެމުންދާ ބައިވެރިޔާއަށް ވިސްނައިދެވޭތޯ އިސްހާގު މަސައްކަތް ކުރީ ދަރިފުޅުގެ ޓަކައެވެ. ރާހިލްވެސް މަލާކްއަށް ޓަކާ މަންމައާ ބައްޕައަށް ވިސްނައި ދޭން މަސައްކަތް ކުރި ފަދައިންނެވެ. އެރޭ ރާހިލްއަކަށް ނުނިދުނެވެ. ހާފިޒާ، މަލާކް ބަލައިގަތުމަށް ދެކޮޅު ހެދުމުން ރާހިލްއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. ހާފިޒާގެ ވިސްނުން ހުންނަ ގޮތް މާކުރިން ފެށިގެންވެސް ރާހިލްއަށް އެނގެއެވެ. އެހެން ކަމުން މަލާކްގެ ވާހަކަ ބުނުމުން ހާފިޒާ ނިންމާނީ އެފަދަ ނިންމުމެއް ކަންވެސް ރާހިލްއަށް އެނގެއެވެ. ނަމަވެސް […]
ކާމިޔާބު އަންހެނާ 04 ހިނާ އޭނާގެ ދަބަސް ޓުރޮލީ ކޮށްޕަމުން ގޮސް އެތެރެއަށް ވަނެވެ. ހީނާ އެތެރެއަށް ވަނުމަށް ފަހު ވެސް އުލްފަތު ގިނަ އިރުތަކެއް ވަންދެން އެއަރޕޯޓްގައި ހުއްޓެވެ. އެންމެ ފަހުގެ ވަދާޢީ ސަލާމަށް އަތް ހޫރާލުމައް ފަހު ހީނާ ޓުރޮލީ ކޮށްޕަމުން އެތެރެ އަށް ވަނެވެ ޢަޖާބެއްކަހަލަ ޢިޙްސާސެއް އޭނާއަށް ވިއެވެ ފުރަތަމަ ފަހަރު އެކަނި ދަތުރު ކުރާތީ ކަންނޭގެއެވެ.. ހީނާ ޗެކިން ކައުންޓަރަށް ދިޔުމާ އެކު ވަރަށް ގިނަ ލޯތައް ހީނާ އަށް […]
“މަންމާ ކައިން ގެ ނަންބަރު ލިބިދާނެތަ؟” އަހަރެން ޖެހިލުންވިޔަސް ކުރަން މިއުޅޭ މަސައްކަތް ކުރުމަށް ކައިން ގެ ނަންބަރު ބޭނުންވާތީ ބުނެލީމެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން އެއްވެސް ސުވާލެއްކުރުމެއްނެތި މަންމަ ވަގުތުން ނަންބަރު ދިނެވެ.މިހިސާބުން މަސައްކަތް ފެށުނީއޭ ހިތަށް އެރުމާއެކު އަހަރެންގެ ގާތަށް ހިނިއައެވެ. އަހަރެންގެ ޕްލޭން ކާމިޔާބުކުރުމަށް ކުރަންޖެހޭހުރިހާކަމެއް ރާވާ އެރޭވުން ފޮތެއްގައި ‘މިޝަން’ މިހެން ޖަހާލުމަށްފަހު ކައިންގެ ނަންބަރު ފޯނަށް އެޑްކޮށްލީމެވެ. އަދި އަހަރެންގެ އަމިއްލަ ނަމާ، ފޮޓޯ ވައިބާއިން ފޮހެލީމެވެ. ނުދަންނަ […]
އުލްފަތު އޭނާގެ ޚިޔާލު ހީނާއަށް ދިނެވެ. ކިރިޔާ ވަގުތެއް ލިބޭއިރަށް ކުދިން ކާރިޔަށް އިންޑިޔާއަށް ދިޔުމަކީ އެންމެ ހީނާ ކުރާހިތްވާ ކަންތައް ކަންވެސް އެނގޭތީ އުލްފަތު އެޙިޔާލު ހުށައެޅިއެވެ ޒުއްނޫންވެސް އޮފީސް ބިޒީކަމުން މަންމަ ކާރިޔަށް މާލެ ނާދެވޭތާ ދުވަސް ތަކެއް ވެއްޖެއެވެ. ހީނާ، އިންޑިޔާއަށް ގޮއްސިއްޔާ އެންމެ އުފާވާނީ ތާނިޔާއެވެ. ހީވާނީ އޭނާގެ ޝޮޕިން މޫސުމަށް ބަހާރު މޫސުމް އައީހެންނެވެ. ވީމާ ހީނާ، އިންޑިޔާއަށް ދިޔުމަކި ތާނިޔާ އަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ. “އެކަމަކު […]