Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (25 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
October 21, 2016 8 Mins Read
14 Comments

ރާހުލްގެ މަންމަގެ ކަށުކަމާކެމީގެ ކަންތައް ނިމިގެން ގެއަށް އައިސް ރާހުލް ވަރަށް ރުޔެވެ. މަންމަ ނެތް ކަމުގެ ފަޅުކަން އޭނާއަށް އިހުސާސްކުރެވެމުން ދިއައީ އިންތިހާއަށެވެ. ނަޝްފާ ރާހުލްއަށް ވަރަށް ހިތްވަރު ދިނެވެ.

***

މުޅި އުޑުމަތިން ފެންނަމުން ދިޔައީ އޮރެންޖު ރީނދޫ ކުލައެކެވެ. އިރުގެ ދެބައި ކުޅަ އެއްބައި ފެނުގެ ތެރޭގައި ފޮރުވެފައިވާއިރު އެ އޮރެންޖު ކުލައިން ބައެއް ރީތި ގޮތަކަށް ކަނޑަށް އެޅިފައިވިއެވެ. ގޮނޑުދޮށަށް ޑަސްބިން އުކާލަން ދިޔަ އާމިނާ މި މަންޒަރު ފެނި އެތެރެއަށް ފުން ނޭވާއެއް ލިއެވެ. އޭނާ އެންމެ ފަހުން އިރުއޮއްސޭ މަންޒަރެއް ބަލަން އައިސްފައިވަނީ އަންޖޫދާ އާ އެކީގައެވެ. އެދުވަހު އޭނާއާ އަންޖޫދާ ޖެހި ސަކަރާތް ހިތަށް އެރުމާއެކު އެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިނިތުންވުން ފަނޑުވެގެން ދިއައީ އަންޖޫދާ މިހާރު އުޅެމުންދާ ހާލު ހިތަށް އަރާފައެވެ. ރާހުލްއާ ވަކިވިފަހުން އަންޖޫދާ މުޅި ދުވަސް އެއްކޮށް ހޭދަކުރަނީ ކޮޓަރިތެރޭގައި ހިތާމަކުުރުމުގައެވެ. ކާން ނިކުތަސް އަންޖޫދާގެ އަރުތެރެއިން ފެންފޮދެއް ފިޔަވައި އިތުރު އެއްޗެއް ނުދިރޭކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ. އަންޖޫދާ އުޅޭ ގޮތުން އާމިނާ ދެރަވެއެވެ. އޭނާގެ ލޯބިވާ ދަރިފުޅަށް މިހާލު ޖެހުނީ އޭނާއާ ހެދި ކަމުގައި ޤަބޫލުކުރެވުނު ނަމަވެސް ރާހުލް ކަހަލަ ނިކަމެއްޗަކާ އޭނާގެ ދަރިފުޅު ގުޅޭކަށް އޭނާއަކަށް ދުވަހަކުވެސް ނުރުހެވޭނެކަން އޭނާއަށް އެނގެއެވެ.

އާމިނާ ބަލަބަލާ ހުއްޓާ އިރު ފެނުގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. މުޅި އުދަރެސް މައްޗަށް އަނދިރިވާން ފެށުމުން އާމިނާ ޑަސްބިން ހިފައިގެން މަޑު ހިނގުމެއްގައި އެއްގަމާ ދިމާއަށް މިސްރާބު ޖެހިއެވެ. ރާހުލް ނެތުމުން އޭނާއަށް މިހާރު ވަރަށް ބުރައެވެ. ގޭތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއް އަމިއްލައަށް ކުރަން ޖެހުމުގެ ސަބަބުން މިހާރު އޭނާ ހުންނަނީ އަބަދުހެން ވަރުބަލިވެފައެވެ. ސައްތާރު އެގެއަށް ރާހުލް ގެނައީވެސް އާމިނާއަށް މާ ބުރަކޮށް މަސައްކަތުގައި ނޫޅެވޭތީއެވެ. މާ ބޮޑަށް މަސައްކަތުގައި ޝާމިލްވެ އުޅެފިނަމަ އާމިނާގެ ހަށިގަނޑަށް ގެއްލުންވާނެ ކަމުގައި ޑޮކްޓަރު އޮތީ ބުނެފައެވެ.

ގެއާ ހަމައަށް އައިސްފައި އާމިނާ ހުއްޓުން އެރިއެވެ. އަދި އެގޭ ކުރިމަތީގައި ހުރި ޒުލޭހާމެންގެއަށް ބަލާލިއެވެ. މިޔަދު އާމިނާއަށް އެއްގޮތަކަށްވެސް ޒުލޭހާ ފެނިފައެއް ނުވެއެވެ. އެހެން ނޫނީ ޒުލޭހާއަކީ އިރުފެނުން ތޮޅެލާއިރަށް ގެއިން ނިކުމެގެން އުޅޭ އަންހެނެއް ވިއްޔާއެވެ. ގޭ ދޮރާށިން އެތެރެއަށް ޑަސްބިން ލުމަށްފަހު އާމިނާ ޒުލޭހާ މެން ގެއާ ދިމާއަށް ހިނގައިގަތީ ޒުލޭހާގެ ހަބަރެއް ބަލާލުމުގެ ބޭނުމުގައެވެ. އޭނާއާ ޒުލޭހާ ދެމެދުގައި ކިތަންމެ ބޮޑު މައްސަލައެއް ޖެހުނުކަމުގައި ވިޔަސް ވާހަކަ ނުދައްކާ ހުރުމަކީ އާމިނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ އެގޭ ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ބޯ ދިއްކޮށްލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަޑު ފިޔަވަޅުތަކެއްގައި އޭނާ ގޮސް ޒުލޭހާގެ ގެއަށް ވަދެވެން ހުންނަ ދޮރު ކުޑަކޮށް ފޭކޮށްލައި ބަލާލިއެވެ.

“ޒުލޭ!” މުޅި ތަނަށް ވެރިވެފައިވި ހަމަހިމޭންކަމުގެ ތެރެއިން އާމިނާ ޒުލޭހާގެ ނަމުން ގޮވާލިއެވެ. އޭރު އެތެރޭގައި ފާޑެއްގެ ކުނިވަހެއް ހިފާލާފައިވާކަން އޭނާއަށް ފަހަގަކުރެވުނެވެ.  ބޮޑަށް ދޮރު ފޭކޮށްލަމުން އޭނާ އެތެރެއަށް ދެތިން ފިޔަވަޅެއް އެޅިއިރުވެސް ޒުލޭހާގެ ހިލަމެއް ނުވިއެވެ. ހޮޅިބުރިވެސް ނުދިއްލާ ހުރުމުން އެތަން ފެންނަނީ ކުޑަކޮށް އަނދިރިކޮށެވެ. އާމިނާ ފާރުގައި އަތްކާއްތަމުން ގޮސް ހޮޅިބުރި ދިއްލާލުމާއެކު އޭނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ސިހިފައި ކަހަަލަ ގޮތަކަށް އޭނާއަށް ފަހަތަށް ޖެހެލެވުނެވެ. އާމިނާއަށް ކުރިން ހުރެވުނު ތަނުގައި ވަނީ ހުސް ލޭކަން އޭނާއަށް ޔަޤީންވިއެވެ. ހިކިފައިވި އެ ލޭތަކުގެ ތެރެއިން އެއްޗެއް ދަމާފައިވާ ކަހަލަ ގޮތަކަށް ލޭގެ ރޮނގެއް އެޅިފައި ހުރުމުން އާމިނާ އެ ރޮނގުގެ ފަހަތުން ދިއައީ ބިރުން ހުރެއެވެ.

އާމިނާ ޒުލޭހާގެ ކޮޓަރި ހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރަކުން އާމިނާގެ ދެފައިކޮޅުން ވާގިދާހެން ހީވިއެވެ. އެނދުމަތީގައި ލެއިން ކަޅިވެފައި އޮތް އާޔާ ގާތުގައި ދެފައި ވަށްކޮށްގެން ޒުލޭހާ އިނެވެ. މަޑުމަޑު ރާގެއް ލައްވަމުން ޒުލޭހާ އާޔާގެ މޫނުގައި ފުށްޖަހަމުން ދިއައިރު މީހަކު ދޮރު ހުޅުވާލިކަމެއް ވެސް ނޭނގޭ ކަހަލައެވެ. އާޔާގެ ބޯ ވެސް ވަނީ ރީތިކޮށް ގަތާލެވިފައެވެ. އެއަށްފަހު ޒުލޭހާ ދެން ފެށީ ބޮޑުވެފައިވާ އާޔާގެ ދެލޯ ކައިރީ އަނދުން އަޅުވާށެވެ. އާމިނާ އަނގަމަތީގައި އަތް އަޅައިގެން ހުރެ މި މަންޒަރު ބަލަމުން ދިޔައިރު އޭނާގެ ހެއަށް ގޮތްވާހެން ހީވާން ފެށިއެވެ.

“ޒުލޭހާ!” ދެކަންފަތުގައި އަތް އަޅަމުން އާމިނާއަށް ބާރަކަށް ގޮވާލެވުނެވެ. އެއަޑަށް ޒުލޭހާ ސިހިފައި އެދިމާ ބަލާލިއެވެ. އަދި އިންތަނުން ތެދުވެގެން އާމިނާއާ ދިމާއަށް އަންނަން ފެށިއެވެ. އެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. ޒުލޭހާ ލައިގެން ހުރި ފެހި ކުލައިގެ ހެދުމުގައިވާ ލޭ ފެނި އާމިނާ ތުރުތުރު އަޅަން ފެށިއެވެ. ހިތްވަރުކޮށްލާފައި ދެފަޔަށް ބާރުލަމުން އާމިނާ ދުއްވައިގަތީ އެ ގެއިން ނިކުންނާށެވެ. އާމިނާއަށް އެގެއިން ނިކުމެވުނު އިރު މައިނޭވާ ލެވެއެވެ. އޭރު އެމަގުން ހިނގާފައި އައި ސައްތާރަށް މިމަންޒަރު ފެނުމާކު އާމިނާ ގާތަށް އައެވެ.

“ސައްތާރާ! ސައްތާރާ!” އާމިނާ ރޮމުން ރޮމުން ސަައްތާރު ލައިގެން ހުރި ގަމީހުގައި ހިފައިގަތެވެ.

“އާމިނާ…. ހަމަޖެހިބަލަ …. ކިހިނެއްތަ ވީ؟” އާމިނާގެ ދެކޮނޑުގައި ހިފަހައްޓަމުން ސައްތާރު އަހާލިއެވެ. ނަމަވެސް ގެން ފައިވާ ބިރުގެ ސަބަބުން އާމިނާއަށް ރަނގަޅަކަށް ވާހަކައެއް ވެސް ނުދެއްކެއެވެ.

“ސައްތާރާ… ޒުލޭހާ… ޒުލޭހާ… އާޔާ… މަރުވީ… ޒުލޭހާ…” ޒުލޭހާމެންގެއާ ދިމާއަށް އިނގިލި ދިށްކުރަމުން އާމިނާ ކިޔަމުން ދިޔައެވެ. އެންމެފަހުބަސް ބުނެފައި އާމިނާގެ ހެއަށް ގޮތްވެގެން ވެއްޓެން ދިޔައެވެ. ސައްތާރު އާމިނާ އަތުފިލި ކޮށްލައިގެން ގޮސް ގޭގައި ބޭއްވިއެވެ. ކޮޓަރިން ނިކުތް އަންޖޫދާއަށް މިމަންޒަރު ފެނި މަންމާއޭ ކިޔާފައި އައިސް އާމިނާ ގާތުގައި އޮޅުލައިގަތެވެ.

އަންޖޫދާ ގާތު އާމިނާ ބަލާށޭ ކިޔާފައި ސައްތާރު ގެއިން ނިކުތީ ވިސްނުމެއްގައި ހުރެއެވެ. ޒުލޭހާމެންގެއާ ދިމާއަށް ސައްތާރު ނަޒަރު ހިންގާލީ ކަންބޮޑުވެފައި ހުރެއެވެ. އާމިނާ އޭރު ކީ އެއްޗެއްސަކީ ހަޤީޤަތެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. ނަމަވެސް އޭނާ ޒުލޭހާމެން ގެއަށް ނުވަދެ ފޯނު ނަގައި ގުޅީ ޕޮލިހަށެވެ. އެންމެ ކައިރީގައި ހުންނަ ޕޮލިސްޓޭޝަން ހުންނަނީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ބ.އޭދަފުށީގައި ކަމުން އެކޮޅުން ބުނީ އިރުކޮޅެއް ނަގާނެކަމުގައެވެ. ފޯނު ބޭއްވުމަށްފަހު ސައްތާރު ދިއައީ ތަންގަނޑު ދެތިން ފިރިހެނަކު ހޯދުމަށެވެ. އާމިނާ އެގެއިން ނިކުތްއިރު ހުރިގޮތުން މިކަމުގައި ވަރަށް ބޮޑު ނުބައެއް އުޅޭކަމުގައި އޭނާއަށް ހީވަމުން ދިއައެވެ.

އާމިނާ އެސްފިޔަތައް ތަޅުވާލަމުން ދެލޯ ހުޅުވާލިއެވެ. އެއްއަތުން ބޮލުގައި ހިފަހައްޓައިގެން އޭނާ އިށީންދެ ހަމަޖެހެލިއިރު ކައިރީގައި އިން އަންޖޫދާ ފެނުނެވެ. އަންޖޫދާގެ މޫނުމަތިން އޭނާ ކަންބޮޑުވެފައި ހުރިވަރު ހާމަވެއެވެ.

“މަންމާ… ކިހިނެއްތަ ވީ؟ ބައްޕަ ވެސް ނުބުނި އެއްޗެކޭ… އަދިވެސް ބޮލުގައި ރިއްސާތަ؟” އާމިނާގެ ކޮނޑުގައި އެއްއަތުން ހިފަހައްޓާލަމުން އަންޖޫދާ އަހާލިއެވެ. އެއާއެކު އާމިނާ ކުރިން ވީ ކަންތައް ހަނދާންކުރަން މަސައްކަތްކުރިއެވެ. މަރުވެފައިވާ އަންޖޫދާގެ މަސްގަނޑު ކައިރީ ޒުލޭހާ އިން ގޮތް އޭނާގެ ދެލޮލަށް ސިފަވާން ފެށުމުން އޭނާއަށް ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

“ކޮބާ ބައްޕަ؟” އާމިނާ ކަންބޮޑުވެފައި އަހާލިއެވެ. “އަނެއްކާ… އަނެއްކާ ބައްޕަ ދިއައީތަ ޒުލޭހާމެން ގެއަށް؟” ދެފައި މައްޗަށް ތެދުވަމުން އާމިނާ އަހާލިއެވެ. ސައްތާރު އެގެއަށް ވަދެފިނަމަ ސައްތާރަށް ކަމެއް ވެދާނެތީ އޭނާ ހުރީ ނުލާހިކު ބިރުންނެވެ. އަވަސް އަވަހަށް ތެދުވެގެން ބޭރަށް ދާން އޭނާ ހިނގައިގަތެވެ. އަންޖޫދާ ވެސް ވާނުވާ ނޭނގި ހުރެ އާމިނާގެ ފަހަތުން ދިއައެވެ.

އާމިނާ ގެއިން ނިކުތް އިރު މުޅި އެމަގުގައި އަޑު ގަދަކޮށްލައިގެން އުޅޭ މަންޒަރު އޭނާއަށް ފެނުނެވެ. ރަށުގެ ކުދިބޮޑު އެންމެން އެ ހިސާބަށް އެއްވެފައި އޮތްއިރު ފުލުހުންގެ ބައެއްވެސް އެތަނުގައި ހަރަކާތްތެރިވަމުން ގެންދިއައެވެ. ފުލުހަކު ޒުލޭހާމެން ގެއިން ގަދަކަމުން ދަމާފައި ކަހަލަ ގޮތަކަށް ނެރުނު ޒަހިއްޔާ( އާޔާގެ މަންމަ) ރޮއި ހޭރޭ މަންޒަރު ފެނުމުން އާމިނާގެ ދެލޯވެސް ފެންކަޅިވިއެވެ. ދަރިއަކު އެގޮތަށް މަރުވެފައި އޮއްވާ ފެނުމުން ދެރަނުވާނީވެސް ކާކު ހެއްޔެވެ؟

“ކިހިނެއްތަ ވެގެން މިއުޅެނީ މަންމާ؟” އާމިނާގެ ފަހަތުން ނިކުތް އަންޖޫދާ ހައިރާންވެ ހުރެ އަހާލީ މުޅި މަގަށް ނަޒަރު ހިންގާލަމުންނެވެ. އާމިނާ ބާރަކަށް ހިނގާފައި ގޮސް މީހުންތަކުގެ ތެރެއިން ފުރޭނިގެން ޒުލޭހާމެންގޭ އެތެރެ ފެންނަ ހިސާބަށް ދާން މަަސައްކަތްކުރިއެވެ.އަންޖޫދާ ވެސް އާމިނާގެ ފަހަތުން ދިއައެވެ. އޭނާއަކަށް އަދިވެސް ވެގެން އުޅެނީ ކީއްކަމެއް ނޭނގެއެެވެ.

އިރުކޮޅަކުން ތިން ފުލުހުން އެގެއިން ނިކުމެ މީހުން އެއްފަރާތް ކުރަމުން ދިއައެވެ. އެންބިއުލޭންސް އައިސް އެތަނަށް ހުއްޓާލުމާއެކީ އާޔާގެ ފުރާނަ ނެތް މަސްގަނޑު ހުދު ފޮތިގަނޑަކުން ނިވާކޮށްގެން އެގެއިން ނެރުނެވެ. އެންބިއުލޭންސްއަށް އަރުވައި ދުއްވާލުމާއެކީ އެކި މީހުން ތަފާތު ވާހަކަތައް ދައްކަމުން ދިއައެވެ.

“އެ އާޔާގެ ގައިގެ 12 ވަރަކަށް ތަނަށް ވަޅި ކޮއްޕާފައޯ އޮތީ…. އެ ޒުލޭހާ މިހާރު ހުރީ މޮޔަވެފައޯ ހަމަ ރަނގަޅަށްވެސް… ފުލުހުންނަށް އޭނާ ނުވެސް ނެރެވުނޯ…” އެތަނުން މީހަކު ބުނާ އަޑު އިވުމުން އާޔާގެ ހަތަރެސްފައި ފިނިވެގެން ދިއައެވެ. ހުދު ފޮތިގަނޑަކުން ނިވާކޮށްގެން ދެންމެ އެ ގެންދެވުނީ އެއް އިރެއްގައި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ހެއްޔެވެ؟ އަންޖޫދާ ސުވާލުގެ ނަޒަރުން ބަލާލީ އާމިނާއަށެވެ.

“މަންމާ… އެއީ…އެ..އީ އާޔާތަ؟” އަންޖޫދާ ތުރުތުރުލާ އަޑަކުން އަހާލިއެވެ. އާމިނާ ބޯޖަހާލިއެވެ. އަންޖޫދާގެ ދެލޯ ކަރުނުން ފުރިގެން ދިއައެވެ. އާޔާ މަރުވެގެން އެދިއައީ އޭނާއާ އާޔާ ރުޅި ހަދާފައި ހުއްޓައެވެ. މަޑު ހިނގުމެއްގައި އޭނާ ގެއާ ދިމާއަށް މިސްރާބުޖެހީ އެންމެންގެ ތެރޭގައި މާ ބޮޑަށް ރޮވިދާނެތީއެވެ. ތަންކޮޅަކަށް ދިޔަތަނާ އޭނާގެ ހަރަކާތަށް ހުއްޓުން އެރީ ފަހަތުން އިވުނު އަޑެއްގެ ސަބަބުންނެވެ. ފަހަތަށް އެނބުރި އޭނާ ބަލާލިއެވެ.

“ދޫކުރޭ މަގޭ އަތުން!! ދޫކުރޭ! މި ބުނީނު ދޫކުރާށޭ! ކަލޭ ވެސް މަރާލާނަން!” ކަރުގެ ބުޑުން ހަޅޭއްލަވަމުން ދިޔަ ޒުލޭހާގެ ދެއަތުގައި ދެފުލުހަކު ހިފަހައްޓައިގެން ހުރެ ނެރެން މަސައްކަތް ކުރަމުން ދިއައެވެ. ޒުލޭހާގެ ސިފަ ހުރި ގޮތުން އަންޖޫދާ ބިރުވެސް ގަތެވެ. ލައިގެން ހުރި ހެދުމުގައި ހޭކިފައި ހުރި ލޭތައް ހިކިފައިވީއިރު އަބަދުވެސް ބުރުގާ އަޅާފައި ހުންނަ އޭނާގެ ބޯ ވަނީ ހާވާލެވިފައެވެ. މޫނުގެ އެކި ދިމަދިމާއަށް އިސްތަށިތައް ވެރިފައިވީއިރު އޭނާގެ ދެބުމަ ވަނީ ގޮށް ޖެހިފައެވެ. އަނގަ އެއްފަރާތަކަށް ފާޑަކަށް އަރިވެފައިވީއިރު ޒުލޭހާއަށް ވާހަކަ ދެއްކެނީވެސް ފާޑަކަށެވެ. އެއްވެ ތިބި މީހުން އެ މީހުންގެ ފޯނުތަކުން ޒުލޭހާގެ ފޮޓޯ ނަގަމުން ދިޔައިރު އަންޖޫދާއަށް ހުރެވުނީ ގަބުވެފައެވެ. އިތުރަށް އެމަންޒަރު ބަލަން ނުހުރެވިގެން އޭނާ ދުވެފައި ގޮސް ގެއަށް ވަނެވެ.

ކޮޓަރި އެނދުމަތީގެ އެއްކަނެއްގައި ބާރަކަށް ބާލީހެއްގައި ބައްދާލައިގެން އިން އަންޖޫދާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިއައެވެ. އާޔާ އޭނާ ދެކެ ކިތަންމެ ރުޅިއައި ނަމަވެސް އޭނާ އަބަދުވެސް އާޔާދެކެ ރައްޓެއްސެއްގެ ހައިސިއްޔަތުން ލޯބިވިއެވެ. ރާހުލް އާ އާޔާ ވެސް އޭނާއަށް މުޅި އުމުރަށް ގެއްލުނީއޭ ހިތަށް އެރުމުން އޭނާއަށް ކުރިއަށްވުރެ ވެސް ބާރަށް ރޮވެން ފެށުނެވެ.

ކޮޓަރި ދޮރު ހުޅުވާލާފައި އާމިނާ މަޑު ހިނގުމެއްގައި އައިސް އަންޖޫދާގެ އެނދުގައި އިށީނެވެ.

“މަންމާ… އާޔާ…؟ ” ރޮމުން ރޮމުން އަންޖޫދާއަށް ބުނެވުނީ އެހާ ވަަރަށެވެ.

“އާޔާ ދެން އެނބުރިއެއް ނާންނާނެ ދަރިފުޅާ… ޒުލޭހާ އޭނާ މަރާލީ… އެ ޒުލޭހާގެ ހުރި މުޑުދާރުކަން…” އާމިނާ ރުޅިއައިސްފައި ހުރެ އެހެން ބުނެލިއިރު އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

“ޒުލޭހާ ކޮބާ މިހާރު؟” އަންޖޫދާ އަހާލިއެވެ. ޒުލޭހާ އެހެން ކަންތައްކުރި ސަބަބު އޭނާ ބަލަން ބޭނުންވިއެވެ. އަދި އާޔާ އެގެއަށް ދިޔަ ސަބަބުވެސް އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ. ނަމަވެސް ޒުލޭހާ ހުރީ ހަމަބުއްދީގައި ނޫންކަން އޭނާއަށް އެނގެއެވެ.

“ގުރައިދޫއަށް ގެންގޮސްފި…” އާމިނާ ދެލޯ ފުހެލަމުން ބުނެލިއެވެ. “ވާނެ އިނގޭ އާޔާގެ ކަށުނަމާދު ކުރަން ދާން..” އާމިނާ އެހެން ބުނެލުމުން އަންޖޫދާ ބޯ ޖަހާލިއެވެ.

***

1 މަސް ފަސް….

މާލެ އާދެވުމާއެކު ނަޝްފާ ގުޅާލީ ޞާބިރާއަށެވެ. ރާއްޖެ އާދެވުނު ޚަބަރު މަންމައަށް ދޭން އޭނާ ކޮންމެހެން ބޭނުންވިއެވެ. ޞާބިރާވެސް ބޭސްފަރުވާއަކަށްޓަކާ އެވަގުތު ހުރީ މާލޭގައިކަމުން ނަޝްފާ އާ ރާހުލް އަދި ރިޔާ ކާރެއްގައި މިސްރާބުޖެހީ ޞާބިރާ ދިރިއުޅޭ އެޕާޓްމެންޓަށް ދިއުމަށެވެ. އެމީހުން މާލެއަށް ބަދަލުވީ ބަންގްލަދޭޝްގައި އެކަށީގެންވާ އާމްދަނީއެއް ލިބޭ ވަޒީފާއެއް ރާހުލްއަށް ނުލިބުމުންނެވެ. ރިޔާ އެކަނި ބަހައްޓަން ބޭނުން ނުވާތީ ރާހުލް އައީ ރިޔާވެސް ގޮވައިގެންނެވެ. އޭގެ ކުރީ ހަފްތާ ރާހުލްއާ ނަޝްފާގެ ކައިވެނި ކުރެވިގެން ދިއައިރު ނަޝްފާއަށް ލިބިފައިވަނީ ހީވެސްނުކުރާ ފަދަ ބޮޑު އުފަލެކެވެ.

“ދަރިފުޅާ… ހާދަ ހިކިއްޖޭ..” ނަޝްފާއަށް އެޕާޓްމެންޓަށް ވަދެވުމާއެކު ނަޝްފާގެ އަތުގައި ހިފާލަމުން ޞާބިރާ ބުނެލިއެވެ.

“ދެން ތީ މަންމައަށް ހީވާ ގޮތޭ… މިހާރު މާ ފަލަވެއްޖެ…” ނަޝްފާ ހިނިތުންވެލަމުން އެހެން ބުނެލީ ސަމާސާ ރާގެއްގައެވެ.

ނަޝްފާގެ ފަހަތުން އެގެއަށް ވަތް ރާހުލްއަށާ ރިޔާއަށް ޞާބިރާ ބަލާލީ ލޯތްބާއެކުގައެވެ.

“މީތަ ރާހުލްގެ ދައްތަ، ރިޔާއަކީ؟” ރިޔާއަށް އިޝާރާތް ކުރަމުން ޞާބިރާ އަހާލިއެވެ. ރާހުލް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އެގޭގައި ހޭދަވި ކުޑަ ދުވަސްކޮޅެއްގެ ތެރޭ ޞާބިރާ އާ ރިޔާ އާ ދެމެދުވެސް ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. ރާއްޖެ އާދެވުމުން ރިޔާވެސް އެކި ފޮތް ފޮތް ހިފައިގެން ދިވެހި ބަސް ދަސްކުރަން އުޅުނެވެ.

ޞާބިރާ އޭނާގެ ރައްޓެއްސަކާ ވާހަކަ ދައްކައިގެން ފިހާރަ ސޭޓެއްގެ މަޤާމު ދެތިން ދުވަސް ތެރޭގައި ރާހުލްއަށް ހޯދައިދިނީ ނުހަނު ފަސޭހަކަމާއެކީގައެވެ. ޞާބިރާ ކޮށްދޭ ކަންތައްތަކުގެ ޝުކުރު އަދާކޮށްދޭނީ ކިހިނަކުންބާއޭ ރާހުލްގެ ހިތަށް އަރައެވެ.

“އަހަރެން ކިހިނެއް ދައްތަގެ ތި ހެޔޮކަމަށް ޝުކުރު އަދާކުރާނީ…” ރާހުލް ބުނެލިއެވެ.

“އަދިވެސް މަށާ ދިމާއަށް މަންމަ ކިޔާކަށް ނުވޭ ދޯ؟ މީ ރާހުލްގެ މައިދައިތައޭ…. އަހަންނަށް އެންެމެ ކަމެއް ކޮށްދީ… ނަޝްފާ އުފަލުގަ ބަހައްޓަދީ… އެ ނިމުނީ…” ޞާބިރާ ހިނިތުންވެލަމުން ބުނެލިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ނަޝްފާ ވެސް މާލޭގެ ޕްރީސްކޫލް ޓީޗަރެއްގެ ވަޒީފާ އަދާކުރަންފެށީ ގޭގައި ގިނަވަގުތު ހޭދަކުރަން ފޫހިވާތީއެވެ. ރާހުލް މެންވެސް މާލޭގައި އުޅޭތީ ޞާބިރާވެސް އެއްކޮށް މާލެ ބަދަލުވިއެވެ. ރާހުލްއާ ނަޝްފާ ވަޒީފާއަަށް ދާއިރު ރިޔާއަށް އެދެމީހުންނަށް އެއްވެސް ކަމެއް ނުކޮށްދެވޭތީ އޭނާ ދެރަވެއެވެ. ނަމަވެސް ރާހުލް ވެސް ނަޝްފާވެސް އޭނާ މަސައްކަތެއް ކުރަން އެއްވެސް ތަނަަކަށް ނުފޮނުވިއެވެ. އެހެންކަމުން ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުމާއި ކެއްކުމުގެ މަސައްކަތާ ރިޔާ ހަވާލުވިއެވެ. ދިވެހި އެކި ކަހަލަ ކާނާ ހަދަން ރިޔާ ފަސޭހަކަމާއެކު ދަސްކުރިއެވެ. އަދި އެތަކެތި ވީ އޭނާއަށް ވެސް ވަރަށް މީރު އެއްޗެހި ކަަމުގައެވެ.

***

ވެހެމުން ދިޔަ ތުނިތުނި ވާރޭގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އަންޖޫދާ އިނީ ހުއްޓުން އަރާފައެވެ. ގޯތިތެރޭގައި ހުރި ޖޭމު ގަސްދޮށުގައި ޖޯލިފަތީގައި އިންއިރު އެ ޖޭމުގަހުގެ ފަތްތައް އޭނާއަށް ކުޑަވަރެއްގެ ހިޔާވަހިކަމެއް ދީފައި ވީ ނަމަވެސް ވާރޭގެ ކުތި ތިކިތައް މަދުން ނަަމަވެސް އޭނާގެ ހަށިގަނޑަށް ހަމަލާ ދެމުން ދިއައެވެ. އާޔާ މަރުވިތާ އެއް މަސްވީއިރުވެސް އަންޖޫދާގެ ހިތުން އާޔާގެ ހަނދާންތައް ފުހިގެނެއް ނުދެއެވެ. އެކުގައި އުޅުނު މަޖާ ވަގުތުތަށް ހަނދާން ވުމުން އަދިވެސް އޭނާގެ ދެލޮލުން ކަރުނަ ނިރާލައެވެ. ރާހުލް މަތިން ވެސް އޭނާ ހަނދާނެއް ނުނެތެއެވެ. ކުރިން އެއްގޮތަކަށް ވެސް ނަމާދު ނުކުރާ އަންޖޫދާ މިހާރު ބަރާބަރަށް ހުރިހާ ނަމާދެއް ވެސް އަދާކުރެއެވެ. އަދި ކޮންމެ  ނަމާދެއްގެ ފަހުގައި އާޔާއަށް ރަހުމަތް ލެއްވުމަށާ ރާހުލް އުފަލުގައި ބެހެއްޓުމަށް އެދި ދުޢާ ކުރެއެވެ.

އާމިނާ ނިކުމެ އަންޖޫދާއަށް ގޮވާލުމުން އޭނާ ޖޯލިފަތިން ތެދުވީ އެތެރެއަށް ދިއުމަށެވެ. ނަމަވެސް ތެދުވިތަނާހެން އޭނާގެ ބޮލަށް ތޫނު ތަދެއް އަރައިގެން ދިއައެވެ. މޫނުމައްޗަށް އަނދިރިވެ މޭނުބައިކުރާގޮތް ވުމުން އޭނާއަށް ދެލޯ މަރާލެވުނެވެ. ވާން މިއުޅެނީ ކީއްކަން އޭނާއަށް އެނގެއެވެ. އަންޖޫދާ އެއްއަތުން ބޮލުގައި ހިފަހައްޓާލިތަން ފެނުމުން އާމިނާ ބާރަަށް ހިނގާފައި އެތަނަށް އަންނަން ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން އަންޖޫދާ އޯކާ ދެމި ދެމިފައި ގުދަށް އޮވެ ހޮޑުލާން ފެށިއެވެ. އާމިނާ އައިސް އަންޖޫދާގެ ބޮލުގައި ހިފަހައްޓައިގެން ހުރިކަން އޭނާއަކަށް އެނގުނެވެ. ދެން ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

އަންޖޫދާ ދެލޯ ހުޅުވައި ބަލާލިއިރު އޭނާއަށް މި އޮވެވުނީ ހޮސްޕިޓަލުގައި ކަން އެނގުނެވެ. ކައިރީގައި އޭނާއާ ދިމާއަށް ފާޑަކަށް ބަލަހަައްޓައިގެން އިން އާމިނާ ފެނި އޭނާގެ ހިތް ރޫރޫ އަޅައިގަތެވެ. އާމިނާއަށް އޭނާ ސިއްރުކޮށްގެން އުޅޭ ކަންތައް އެނގުނީބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. އެވަގުތު އޭނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އަތަށް ގުޅާފައި އިން އައިވީ ފުޅި ވެސް އޭނާއަށް ފެނުނީ ކުޑަކޮށް ތެދުވެ އެނދުގައި އިށީނުމުންނެވެ. ގެއަށް ދެވޭނީ އައިވީ ފުޅި ހުސްވުމުންކަން އެނގުމުން އޭނާ މާޔޫސްވިއެވެ. އާމިނާއާ ވީ ފަރާތް ނޫން އަނެއްފަރާތަށް އެނބުރެމުން އޭނާ ދެލޯ މަރާ ތަގުޅިކޮށްލީ އާމިނާ އަންނާނެ ރުޅި އަންދާޒާކޮށްލަމުންނެވެ.

“ރާހުލްގެ ދަރިއެއްތަ؟” ކުއްލިއަކަށް އާމިނާ ކޮށްލި ސުވާލުން އަންޖޫދާގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އެއޮތް ގޮތަށް އޮވެ އޭނާ ބޯ ޖަހާލިއެވެ. އާމިނާ ފަހުން އެއްވެސް އެއްޗެކޭ ނުބުނުމުން އަންޖޫދާ ކުޑަކޮށް ހައިރާންވިއެވެ.

އެދުވަހުގެ ހަވީރު ވަގުތެއްގައި އަންޖޫދަ ގެއަށް ދޫކޮށްލުމުން އާމިނާއާ އެކު އޭނާ ދިއައީ ހިނގާފައެވެ. ދިޔަ މަގުމަތީގައިވެސް އާމިނާގެ މޫނުމަތިން ނުރުވުން ނޫން އެއްޗެއް ފާޅުނުވެއެވެ. އެދެމެދުގައި އެއްވެސް ވާހަކައެެެއް ނުދެކެވެއެވެ.

ގެއަށް ވަދެވުމާއެކު އަންޖޫދާ ކޮޓަރިއަށް ދިއައީ އާމިނާއާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ކިބައިގައި ނެތީމައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އާމިނާއާ ސައްތާރާ ދެމީހުން އެ ކޮޓަރިއަށް ވަނުމުން އޭނާ ބޯ ހާސްވާ ގޮތް ވިއެވެ. ސައްތާރުމެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާ އިސްޖަހައިގެން އިނެވެ.

“ދަރިފުޅު މަރާލަންވީނު؟” އާމިނާ މަޑުމަޑުން ބުނެލިހިނދު އަންޖޫދާ އިސްއުފުލާ ބަލާލިއެވެ. އޭނާގެ ބަނޑުގައި އެވާ ދަރިފުޅަކީ އޭނާއާ ރަހުލްގެ ލޯބީގެ ހަނދާނެކެވެ. ވީއިރު އޭނާ އެދަރިފުޅު މަރާލާނީ ކިހިނެއް ހެއްޔެވެ؟

“ނޫން.. މަންމާ… އަހަރެން މި ދަރިފުޅު ބޭނުން..” އަންޖޫދާ ރޮއިގަންނަމުން ބުނެލިއެވެ. ރާހުލްއަށްޓަކާވެސް އޭނާ އެ ދަރިފުޅު ދުނިޔެއަށް އުފަން ކުރަން ބޭނުންވެއެވެ. މުޅި ރަށުގެ އެންމެންެގެ މަލާމާތް އޭނާއަށް ރައްދުވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. އަންޖޫދާ އެހެން ބުނެލިތަނާހެން އާމިނާގެ ހޫނު އެތިފަހަރެއް އޭނާގެ ކޮލަށް އަރައިގެން ދިއައެވެ. ވީތަދުން އަންޖޫދާ އެއްއަތުން ކޮލުގައި ހިފަހައްޓާލަމުން އާމިނާއަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ.

“އެ ބަންގާޅި މަގޭ ދަރިއަށް ދިން ލަނޑު ބަލާބަލަ…. މިހެން ވާނެ ކަން އެނގުން ނަމަ އަހަރެން އޭނާ ޖަލުގެ ކުޑަގޮޅިއަށް ލީމުސް…” އާމިނާ ރުޅިއައިސްފައި ވާހަކަ ދެއްކިއެވެ.

“މަންމާ… ރާހުލްގެ ކުށެއް މިކަމުގައެއް ނެތް… އަހަރެން ވެސް ބޭނުންވެގެން ކުރިކަމެއް އެއީ…” އަންޖޫދާ ރޮވިފައިވާ އަޑަކުން ބުނެލިއެވެ. އާމިނާ ދެއަތުން މޫނުގައި ފިރުމާލަމުން ބަލާލީ ސައްތާރާ ދިމާއަށެވެ. އަންޖޫދާ މިހާ ބޯ ހަރީ ކީއްވެބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ.

“ދެން އަންޖޫދާ ބޭނުމިއްޔާ ތި ދަރިފުޅު ދުނިޔެއަށް އުފަން ކުރޭ… އެކަމަކު ކުރެވުނު ކުށަށް ތައުބާވާންޖެހޭނެ… ބޮޑު ފާފައެއްކޮށްފަ އަނެއްކާ އެ ދަރިފުޅު މަރާލުމުން އެ ކުރެވެނީ އެހެން ފާފައެއް… އެހެންވީމަ ތައުބާވެފަ ތި ދަރިފުޅު ހެޔޮ ގޮތުގައި ބޮޑު ކުރޭ…” ސަައްތާރު އެހެން ބުނުމުން އާމިނާ ދެލޯ ހަނިކޮށްލިއެވެ. އޭރުން އެއާއިލާގެ ނަން މުޅި ރަށުގައި ބަދުނާމުވާނެކަމެއް ސައްތާރަށް ނޭނގެނީ ހެއްޔެވެ؟

“މުޅި ރަށުގައި އަހަރެމެންގެ ވާހަކައޭ އޭރުން ދެކެވޭނީ ސައްތާރާ.. އޭރުން މަށަށް ލަދުން ގޮސް ގެއިން ނިކުންނަންވެސް ނުކެރޭނެ…” އާމިނާ ސައްތާރާ ދިމާއަށް ބުނެލިއެވެ.

“އެންމެ ރަނގަޅު ގޮތް އަހަރެން މި ބުނީ..” ސައްތާރު އެހެން ބުނުމަށްފަހު އެކޮޓަރިން ނިކުތުމުން އަންޖޫދާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިއައެވެ. އާމިނާވެސް ރުޅިވެރިކަމާއެކު އަންޖޫދާއަށް ބަަލާލުމަށްފަހު ނިކުމެ ބާރަކަށް ދޮރުޖެހިއެވެ.

އެދުވަހު އަންޖޫދާ ކުރިން ކުރެވުނު ބޮޑު ފާފައަށް ތައުބާވެ ހިތާމަކުރިއެވެ. އަދި އަމިއްލައަށް ފެނިގެން އޭނާ ބުރުގާ ވެސް އެޅިއެވެ. ކުރިން ގަޔަށް ހިފާފައި ނުހުންނަ ހެދުމެއް ވިއްޔާ ނުލެވޭ އަންޖޫދާ ފައިތިލައާ ހަމައަށް އަރާ ކަޅު ހެދުން ލައި އިސްޓާކީނަށް އަރައިގެން ނޫނީ ގެއިން ބޭރަކަށް ނުދެއެވެ. އަންޖޫދާއަށް މިއައި ހެޔޮ ބަދަލުގެ ސަބަބުން އެންމެ ބޮޑަށް އުފާވީ ސައްތާރެެވެ. ނަމަވެސް އާމިނާ އަދިވެސް ހުންނަނީ އަންޖޫދާ ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ.

ހުކުރު ދުވަހުގެ ހެނދުނު އަންޖޫދާ އުޅުނީ އެއްޗެހި ދޮވެ ހިއްކާން އެޅުމުގައެވެ. އާމިނާގެ ރުހުން ލިބޭތޯ އޭނާ މިހާރު ގޭތެރޭގެ އެކި ކަންތަކުގައި އާމިނާއަށް އެހީވެދީ ހަދައެވެ. ބިންމަތީގައި ހުރި ތަށިން ތެތް ހެދުމެއް ނަގައި އެ ފޮޅާލަމުން ރޯނުގައި އަޅުވާލި ވަގުތު އޭނާގެ ދެލޮލުގައި މީހަކު އަތް އެޅި ކަމުގެ އިހުސާސްކުރެވިގެން ދިއައެވެ. ތެޅިގަނެފައި އޭނާ ފަހަތަށް އެނބުރި ބަލާލިއިރު ފަހަތުގައި އެހުރި މީހާ ފެނުމުން އޭނާގެ ހިތް ރޫރޫ އަޅައިގަތެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ރިޔާޝާ (7ވަނަ ބައި)

Next

Shanaya

Next
October 21, 2016

Shanaya

Previews
October 21, 2016

ރިޔާޝާ (7ވަނަ ބައި)

14 Comments!

  1. Liaa says:
    October 21, 2016 at 9:38 am

    Hii all … Tell me ingey wat u think abt this part….
    Loves <3

  2. xenn says:
    October 21, 2016 at 10:00 am

    Anjoodhaa ge ex bf dhw a e

  3. Same says:
    October 21, 2016 at 10:33 am

    V nice.

  4. Thaathi says:
    October 21, 2016 at 11:13 am

    Anjoo ge ex bf aiidhw..vaahka v rythi..

  5. Thaathi says:
    October 21, 2016 at 12:10 pm

    Alhey liaaa haadha molgey vvvvv salhi pls avahah up kohdheythi

  6. manje says:
    October 21, 2016 at 12:30 pm

    wow .. v habeys

  7. Nern.. says:
    October 21, 2016 at 12:50 pm

    Haadha lahuhney mi vaahaka up kuranyy.. why..???? and vaahaka varah habeys..haadha fakka ey avahah up kohdhehchey..??????

  8. imagination says:
    October 21, 2016 at 12:51 pm

    V reethi ? glad u read our comments n didnt stop writing ?

  9. Me says:
    October 21, 2016 at 1:47 pm

    Vaahaka liyefa kuyaalun varah muhihmu. Anjoodhage akuveriyaage name innanjehey thanuga anjoodhage name ebain. But story v reethi

  10. Anonymous says:
    October 21, 2016 at 3:08 pm

    V reeth..i thankolheh bodah raahul ge bai genesdheebala. Angoodhaa ah libey dharifulhu raahul aa v bodah vahtharuvaane dhw!

  11. new says:
    October 21, 2016 at 3:59 pm

    Hamaehnujehey

  12. Anonymous says:
    October 21, 2016 at 5:35 pm

    aneh part kondhuvahakun tha up kureveny

  13. Appy says:
    October 22, 2016 at 7:15 am

    Kaaku baa e a ee ? ? ?

  14. Dhiraasaa says:
    October 23, 2016 at 1:35 pm

    V las up vaaleh ahannah v heevey nashfa hen nubai hinganee adeega hure reethi vaahaka ekam aayaa innanvaa thanuga anjoo ebain liyefa Dhen faharakun ragalhu kohlaathi

Comments are closed.

Next Episodeނުހައްޤު ލޯބި (26 ވަނަ ބައި)←


All Right Reserved!