ތާޝާ (ހަތަރުވަނަ ބައި)
“ދައްތާ.. އަހަރެމެން މިއައީ ތާޝާ ނުފެންނާތީ އެހެންވެގެން ވީ ގޮތެއް ބަލާލަން.. ކޮބާ ތާޝާ؟” އިނާޝާ އެނދުގައި އޮތް އަންހެންމީހާ ކައިރިޔަށް ޖެހިލަމުން އަހާލިއެވެ. އަހަރެންވެސް ހުރީ އެ އަންހެންމީހާ ކިޔާ އެއްޗަކުން ހިތް ބިރުގަނެފައެވެ. އަނެއްކާ ތާޝާ އަސްލަށް ވެސް ރަށުގައި ނެތީ ހެއްޔެވެ. އަހަރެންނަށް ހުވަފެނުން ފެނުންހެން ބަޔަކު އޭނާ ގެންދިޔައީ ހެއްޔެވެ.
“ތީ ކޮންބަޔެއް؟” އަނެއްކާވެސް އެ އަންހެންމީހާ އަހާލިއެވެ. “ތީ ތާޝާގެ ރައްޓެހިންތަ؟” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އެ އަންހެންމީހާ އަހާލިއެވެ. އަދި އޮށޯވެ އޮތް އެނދުން ތެދުވެ ރީތިކޮށް ހަމަޖެހިލިއެވެ.
“އަހަރެމެން މީ ތާޝާގެ ރައްޓެހިންނެއް ނޫން.. އެކަމަކު ތާޝާއަށް ހެޔޮއެދޭ ބަޔެއް. ދައްތަ ބުނެފާނަންތަ ތާޝާ ވީތަނެއް؟” އިނާޝާ އަހާލިއެވެ.
“ނޭންގެ ދަރިފުޅާ ދައްތަ އަކަށް ދައްތަގެ ދަރި ވީ ތަނެއް.. ތިކަމަކާ ވިސްނަ ވިސްނާ ދައްތަގެ ސިކުނޑި ގޮވައިގެން ކަންނޭންގެ ދައްތަގެ ފުރާނަ ވެސް ދާނީ.. ދިރި ދުނިޔޭގަ ދައްތަގެ ދަރިފުޅަށް އެއްކަމެއްވެސް ނުކޮށްދެވުން.. ކޮންމެ ރެޔަކު ފަތިސް ވަންދެން ދައްތަ ކައިރީ އިނދެގެން ހާދަ ވަރަކަށޭ އެ ރޮނީ.. ބުނާނެ މާމާޔޭ އަހަރެންނަށް ހަމަ މިނޫން ގޮތެއް ނެތް ހެއްޔޭ..” އިނާޝާގެ އަތުގައި ހިފައިގެން އިނދެ ތާޝާގެ މާމަ ވަރަށް އަސަރާއެކު ކިޔައިދިނެވެ. އެއިރު މާމަޔަށް ރޮވެމުން ދިޔައެވެ. މާމަގެ ވާހަކައިން އަހަރެންނަށްވެސް ވަރަށް އަސަރު ކުރިއެވެ. “ދައްތާ އަހަރެމެންނަށް ކިޔައިދީފާނަންތަ ތާޝާގެ ވާހަކަތައް؟” އަހަރެން ވަރަށް ޖެހިލުންވެ ހުރެ އަހައިލީމެވެ.
“ތާޝާ އަކީ ދައްތަގެ ހުރި ހަމައެކަނި ދާރީގެ ދަރި.. ދައްތަގެ ފިރިހެން ދަރިޔަށް ލިބުން ޖަވާހިރެއް ފަދަ ކުއްޖެއް.. އެކަމަކު ތާޝާގެ މުޅި ދިރިއުޅުން އެހާ ޅަ އުމުރުގަ ގެއްލިގެން ދިޔައީ ހަމަ އޭނަގެ ބައްޕަގެ ސަބަބުން…” އަނެއްކާވެސް ތާޝާގެ މާމަޔަށް ރޮވެން ފެށުނެވެ. ވާހަކަ ކުރިޔަށް ގެންދެވޭނެ ވަރަށް ވުރެ މާމައަށް ކޮށްފައިވާ އަސަރު ބޮޑެވެ. “މާމާ ހިތްވަރުކުރޭ ހުރިހާ ކަމެއްވެސް ރަގަޅުވާނެ..” އަހަރެން މާމަ ކައިރިޔަށް ޖެހިލަމުން ބުނެލީމެވެ. މާމަގެ ހާލު އެހާ ރަގަޅު ނޫންކަމުން ފަހުން އަންނާނަން ކަމަށް ބުނެ އަހަރެމެން ދާން ހިނގައިގަތީމެވެ.
“ވަޓް ދަ ހެލް އިސް ގޮއިން އޮން. އިނާ އަހަރެން ވަރަށް ބިރުވެސް ގަންނަން ފަށައިފި.. އަހަރެންނަށް ޔަގީން ތާޝާ ވަރަށް ބޮޑު މުސީބާތެއްގަ މިހާރު އުޅޭނީވެސް.. ކިހިނެއް ހޯދާނީވެސް..” ގެއައްދިޔަ މަގުމަތީ އަހަރެން ވާހަކަ ދެއްކީމެވެ. އަހަރެން މިހާރު ވެސް ތާޝާ ދެކޭހިތުން ކެތްމަދުވަނީއެވެ. އަހަރެންނަށް މިވާގޮތެއް ޚުދު އަހަރެންނަކަށް ވެސް ނޭންގެޔެވެ. އޭނާގެ ބައްޕަ އޭނަޔަށް ކޮންމެފަދަ ކަމެއް ކުރިޔަސް އަހަރެންނަށް ކޮންކަމެއް ހެއްޔެވެ. ނޫނެކެވެ. ތާޝާއަށް ދެރަގޮތެއްވުން އެއީ އަހަރެން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. ތާޝާގެ ހިނިތުންވުން އެންމެ ފަހަރަކު ނަމަވެސް ދެކިލަން އަހަރެގެ ޒަމީރު ވަނީ ފެންބޮވައިގެންފައެވެ.
ގެޔާ ހަމަޔަށް އާދެވުންއިރު އާދަމްބެ ދުރުން އަންނަތަން ފެނުނެވެ. އަހަރެން ހުރީ ތާޝާގެ ހަގީގަތް ހޯދަން ކިތަންމެހައިވެސް ބޭނުންވެފަޔެވެ. އާދަމްބެ އަހަރެމެން ހުރަސްކޮށް ދާން ފެށުމުން އަހަރެން ގޮވާލީމެވެ. ނަމަވެސް އަހަރެމެންނާ ދިމާލަށް ބަލާލުމަށްފަހު އަނެއްކާވެސް ކުރިޔަށް ދާން ހިނގައިގަތެވެ. އަހަރެން ދުވެލާފައިގޮސް އާދަމްބެގެ ކުރިމައްޗައް އެރީމެވެ. “ތާޝާ ވީތަނެއް ބުނެދީބަލަ!” އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އަހަރެންގެ ހިތުގެ އެދުން ހާމަކޮށްލީމެވެ. އާދަމްބެ އަހަރެންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ތީ އަހަރެންނާ ދުވަހަކުވެސް މީހަކު ކުރި ސުވާލެއްނޫން.. އަދި މިރަށަށް ކިތައް މީހުން އައިއްސަ ދާނީ.. ދުވަހަކުވެސް ތާޝާގެ ވާހަކައެއް ނާހާ.. އަހަރެން ހަމަ އަޖައިބުވެއްޖައިން އެވަރަކުން އޭނަ ހޯދަން ބަޔަކު އުޅޭތީ..” އަދަމްބެ ފާޑަކަށް ހީލަމުން ވާހަކަ ދެއްކިއެވެ. “ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން..” އަހަރެން ކައިރިޔަށް ކުޑަކޮށް ރުޅި އަންނަގޮތް ވިޔެވެ. “ހެހެހެ.. ތާޝާ ހޯދާނެ ކަމެއް ނެތް… އަހަރެންނަކަށް ވެސް ނޭންގެ އަސްލު އޭނަގެ ބައްޕަ އޭނަ ގެންދިޔަ ތަނެއް..” އަހަރެންގެ ކޮނޑުން އަތް ނަގަމުން އާދަމްބެ ދާން ހިނގައިގަތެވެ.
“އަސްލު އިނގޭނެ.. ހަމަ ނުބުނަންވެގެން..” މިފަހަރު ވާހަކަ ދެއްކީ އިނާޝާއެވެ. އިނާޝާގެ އަޑު ޖެހުމުން އާދަމްބެ ކުޑަކޮށް ހުއްޓިފައި ފަސް އެނބުރި ފަހަތަށް ބަލައިލިއެވެ. “އާނ ހަމަ ނުބުނަންވެގެން..” މިހެން ބުނުމަށްފަހު އަނެއްކާ ވެސް ހިނގައިގަތެވެ. އަހަރެން ކައިރިޔަށް ވަރަށް ރުޅިއައެވެ. “މާޒް ރުޅިމަޑުކުރޭ.. އަހަރެމެން މާދަން އަނެއްކާ ތާޝާގެ މާމަ ކައިރިޔަށް ދާނީ..” އިނާޝާގެ ވާހަކައިން އަހަރެންގެ ރުޅިގަނޑު މައިތިރި ކުރިއެވެ. ކުޑައިރުކޮޅަކު އިނާޝާ ކައިރީ ބޭރުގައި އިނުމަށްފަހު އަހަރެން ގެޔަށް ވަނީ ބަނޑުހައިވެފައިވާލެއް ބޮޑު ކަމުންނަވެ.
އެރޭ އަހަރެންނަށް އެއްގޮތަކަށްވެސް ނިދޭ ގޮތެއްނުވިޔެވެ. ފޯނުން ނަގައިފައިހުރި ތާޝާގެ ފޮޓޯތަކަށް ބަލަން އޮތީމެވެ. މިހެން އޮއްވައި ކޮޓަރިޔަށް އައިސް ވަނީ މަންމައެވެ. “މާޒް މިހާ ލަސްވެފަ ހުއްޓަ ނުނިދާ ކީއްކުރަނީ؟” އަހަރެންގެ އެއްޗެހިތައް ދަބަހަށް އަޅަމުން މަންމަ ބުނެލިއެވެ. “ކީއްތިކުރަނީ؟ ކީއްކުރަން އެއްޗެހިތައް ތި ޕެކް ކުރަނީ؟” އެނދުގައި ފައި ވަށްކޮށްގެން އިށީންނަމުން އަހަރެން ބުނެލީމެވެ. “މާދަމާ ފުރަނީ..” އަހަރެންނާ ދިމާލަށް ބަލާލަމުން މަންމަ ބުނެލިއެވެ. “ވަޓް…” އަހަރެންނަށް ފުންމައިގެން ތެދުވެވުނީ އެނދު މައްޗައް ކޮޅަށެވެ. “މާޒް.. ކިހިނެއް ތި އުޅެނީ.. މާދަމާ ފުރާށޭ މިއުޅެނީ..” އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން މަންމަ ހުރީ ހައިރާން ވެފައެވެ.
“އެކަމަކު މަންމާ އަހަރެންނަށް އަދި ތާޝާގެ….” އެނދުން ފުންމާލައިގެން މަންމަ ކައިރިޔަށް ދަމުން އަހަރެންނަށް ބުނެވުން އެއްޗަކުން ހުއްޓުން އެރިއެވެ. “ތާޝާ؟؟” މަންމަ އަހަރެންނާ ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. “މީ..މީ އެއީ އަހަރެންގެ ފްރެންޑެއް..” އަހަރެން މަންމައަށް ދޮގެއް ހަދައިލީމެވެ. “މަގޭ ލޯބި ދަރިފުޅާ.. މިހާ ބޮޑުވިއިރު ރަގަޅަށް ދޮގެއް ހަދާލަންވެސް ނޭންގެ… ތެދައްބުނޭ ކާކު އެއީ..” މަޑުމަޑުން އަހަރެންގެ ކޮލުގައި ހިފާލާފައި، ދެން މަންމަ ހިފީ އަހަރެންގެ ކަންފަތުގައެވެ. “އާހް.. މަންމާ އަހަރެންމީ ކުޑަ ކުއްޖެއް ނޫނޭ ކަންފަތުގަ ހިފާކަށް…” މަންމަގެ އަތް އަހަރެންގެ ކަންފަތުން ނައްޓުވާލަމުން އަހަރެން ބުނެލީމެވެ. “ގަދަކަމުން ރަށަށް ވެސް ގެނައީ.. އޮފީހަކަށް ނުދާނަންތަ އާދީއްތަ ދުވަހަކު؟” އަނެއްކާވެސް އަހަރެންގެ ދަބަހަށް އެއްޗެހި އަޅަމުން މަންމަ ވާހަކަ ދެއްކިއެވެ. “އެކަމަކު މަންމާ.. މިއަދު އަދި ހޯމައޭ.. އަންނަ ހަފްތާގެ ސަންޑޭގަޔެއްނު އޮފީހަށް ދާންޖެހޭނީ.. ކީއްވެ އެހާ އަވަހަށް؟” އަހަރެން ހުރީ މަންމަ މާ އަވަހަށް ދާން އެޅޭތީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
“ހަނދާން ނެތުނީތަ؟ ބުރާސްފަތި ދުވަހުގަ އިޔާޒްގެ ވެޑިން އޭ.. މާޒް އަށް ހަމަ ސާބަސް.. އެންމެ އެކީގަ އުޅޭ މީހާގެ ކައިވެނި ވެސް ހަނދާން ނެތުނީތަ؟” އާނ އެކެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އަދި މަންމަގެ ދައްތަގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ މަތިން އަހަރެން ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ. “ޝިޓް” އަހަރެންނަށް ބުނެލެވުނެވެ.
“މަންމައަށް ހާދަ ހީވެޔޭ ދަރިފުޅު ދާން ބޭނުންނުވާހެން؟” އެއްޗެހިތައް އަޅާ ނިންމާފައި ދަބަހުގެ ޒިބު ދަމާލަމުން މަންމަ ބުނެލިއެވެ. މަންމަ އަހަރެންގެ މޫނަށް ބަލާންހުރި ގޮތުން އަހަރެން ހާސްވާގޮތްވިއެވެ.
“މަންމާ… ނެތް ދާހިތެއް. އެކަމަކު ނުދިޔައްޔާ އިޔާ ރުޅިވެސް އަންނާނެ..” އެނދުމަތީ މާޔޫސްކަމާއެކު އިށީންނަމުން އަހަރެން ބުނެލީމެވެ.
“ކާކު އެއީ؟” މަންމަ އަހަރެން ކައިރީ އިށީންނަމުން އަހާލިއެވެ. މަންމަ ބުނި އެއްޗެއް ނުވިސްނެގެން އަހަރެން މަންމައާ ދިމާލަށް ބަލައިލީމެވެ. “ކާކުގެ އަވާގަ ޖެހިގެންހޭ މާލެ ދާހިތް ކެނޑިގެން ތި އުޅެނީ؟” މަންމަގެ އަޑަށް ބާރުލާފައި އަހަރެންނާ ސުވާލު ކޮށްލިއެވެ. “މިސްޓީރިއަސް ގާލް އެއް ފެނުނީ.. ޑީޕް އިންސައިޑް ޝީ އިސް ސަފަރިންގް އަލޮޓް.. އަހަރެންނަށް އިނގޭ އެއްޗަކީ އޭނަ ވަރަށް ބޮޑު ކަންތައްގަނޑަކު އުޅޭކަން. ބަލަންބޭނުންވޭ ވަރަށް.. އެކަމަކު މިއަދު އިނގުނީ އޭނަގެ ބައްޕަ އޭނަ ކޮންމެސް ތާކަށް ގެންގޮސްފިކަން. ވެއާރ ޝީ ޑޯންޓް ވޯންޓް ޓު ގޯ..” އަހަރެން މަންމަގެ އަތުގައި ހިފާލަމުން ކިޔައިދިނީމެވެ. އަހަރެންނާ ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް އަހަރެންގެ އެންމެ ކައިރީ ހުރެގެން އަހަރެންނަށް ހިތްވަރުދޭނީ މަންމައެވެ. އެހެންކަމުން ކޮންމެ ކަހަލަ ވާހަކައެއް މަންމަޔާ ހިއްސާކުރަންވެސް އަހަރެން ޖެހިލުމެއް ނުވެއެވެ. އަހަރެންގެ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީ ސަފުގައި ހުރެގެން އަހަރެންނަށް އެހީވާނީ އަހަރެންގެ މަންމައެވެ. “ލޯބިވަނީތަ އަނެއްކާ؟” މަންމަ ކުރި ސުވާލުގެ ޖަވާބެއް އަހަރެންނަކަށްވެސް ނޭންގުނެވެ. މިސުވާލު ކުރިމަތި ވާނެކަންވެސް އަހަރެންނަށް އިނގެއެވެ. “ނޭންގެ.. ވެދާނެ ތިހެން ކަމަށް ވެސް..” ކޮނޑު އަރުވާލަމުން އަހަރެން ބުނެލީމެވެ. “މާދަން މާލެ ދާން ރެޑީވެ.. ތިބުނާ ކުއްޖެއް މިރަށަކުވެސް ނެތެއްނު..” މިހެން ބުނުމަށްފަހު މަންމަ ކޮޓަރިން ނުކުމެގެން ދިޔައެވެ.
މަންމައާއި ތާޝާގެ ވާހަކަ ހިއްސާ ކޮއްލެވުމުން އަހަރެންނަށް ލިބިގެން ދިޔައީ އިންތިހާ ދަރަޖައިގެ ހަމަޖެހުމެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ މޭ ކަރައިގެން ދިޔައީ ތާޝާ މަތިން ހަނދާންވެފައެވެ. އެ މައުސޫމް ކުއްޖާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ. އަހަރެންގެ ހިތުގެ ހަމަޖެހުމާއި ނިދި ވެސް ނަގާލައިފިއެވެ. ތާޝާ ހޯދަން އަހަރެން ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. މިހާރު އޭނަ ވާނެ ހާލެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އެރޭ އަހަރެން ވޭތު ކުރީ މިކަހަލަ ހިޔާލުތަކެއްގައެވެ. އަނެއްކޮޅުން މާދަން ތާޝާގެ މާމަ ކައިރިޔަށްވެސް ނުދެވުނީއެވެ. “އާހް.. ހަޔާތުގަ ފެނުން އެންމެ ލޯބި ކުއްޖާ.. ތާޝާ ކޮންތާކު ތިއުޅެނީ؟؟” (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


vv reethi
me first dhw
Second me very nice mi story avahah up kohdheyne kamah ummeeedh kuran
Mi part vx vv nice.. thankolheh kuri.. waiting for next part
Niyaaz merry kurani thaashaa ah dhw. Nice story. Waiting for next part
Let’s see what happens. Next part will be uploaded soon.?
Mives v reethi vaahaka eh.plx plx avahah up kohla dhehchey.
Mi story eyba oiy kurinbee.mv. ga.
Mi ah vure maa kury ga episode thah ulhenee ves
Yes. Kurinbee.mv ga 2 episode kureega ulheynee.?
ifaa ge story eh dhw beevyma vx aee????
story vvvv salhi. v kiya hih vey. avahah uptade kurahchey. thankolheh kuru miadhuge part. waiting for next part.
Vaahaka mihaahisaabah aiyiru vvv reethi? avahah next part up kohdhyba….pls