Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ވާލޯބި އެނގޭނަމަ… 2

Ushaali
October 22, 2016
9 Mins Read
120 Views
26 Comments

ޒުވާނާ އަލްޔާ އާއި ކައިރިއަށް ފިޔަވަޅު އަޅަން ފެށުމާއެކު ޖެހިލުންވެފައި ހުރެ އަލްޔާ ޖެހެނީ ފަހަތަށެވެ. މީކާކު ހެއްޔެވެ؟ މި މީހާ ކައިރިއަށް އެއަންނަނީ ކީއްވެ ހެއްޔެވެ؟ މީ އަދި މިހާތަނަށް މި ސްޓޭޝަނުން ފެނިފައިވާ މީހެއް ނޫނެވެ. މީ އަނެއްކާ ފުލުހެއްބާއެވެ؟ ރަތްކުލައިގެ ބެނިއަންގައި ޒުވާނާ ކިތަންމެހާ ވެސް ފުރިހަމައެވެ. އަލްޔާ އެންމެ އަޅައިގަތީ ޒުވާނާގެ ފުރިހަމަ އިސްކޮޅާއެވެ. ޖޭމުގަސް ކައިރީގައި ހުރި ޓިނުގަނޑުގައި އަލްޔާ އަށް ލައްވެލެވުނީ އިތުރަށް ފަހަތަށް ޖެހެން ޖާގައެއް ނެތުމުންނެވެ. ޒުވާނާ އަލްޔާ ގެ މޫނަށް ބަލަން ހުރެ އަތް އުފުލާލީ އަލްޔާ ގެ މޫނާއި ދިމާލަށެވެ. ޒުވާނާގެ އަތްތިލައިގެ ބަނޑުފުށުން އަލްޔާގެ ކޯތާފަތުގައި ޖެހުނު ވަގުތު އަލްޔާގެ ދެލޯ ބޮޑުވީ ދުވަހަކު ވެސް ނުވާވަރަށެވެ. އަލްޔާ އެންމެ އަޖައިބުވީ އަލްޔާ އަށް ވީގޮތް ފެނި ޒުވާނާ ހޭން ފެށުމުންނެވެ.

އަތުގައި އޮތް ފޯނުގައި ދެއަތުން ހިފާ ބާރުކޮށްލަމުން އައި ކޮޅަށް އެނބުރި ދާން ހިނގައިގަތްވަގުތު ހުއްޓެވުނީ ޒުވާނާ ބުނި ޖުމްލައަކުންނެވެ. “މްމްމްމް…އެތަނުގައި އިން މަދިރިއެއް ފައްސާލީ. ބާރަށް ޖަހަން ނުކެރުނީ ތިކުއްޖާ އަށް ތަދުވެދާނެތީ”  އަލްޔާ އަށް ހިނިތުންވެލެވުނެވެ. “ތޭންކްސް” އަލްޔާ ބާރަށް ހިނގައިގަތީ ހަމައެކަނި އެވަރަށް ބުނެލާފައެވެ. އަވަސް އަވަހަށް ޖޯލީގައި އިށިން އިރުވެސް ހިތް ތެޅެނީއެވެ. ގަހުގެ ނިވަލުގައި ހުރި ޒުވާނާ ހުރީ އަލްޔާ އަށް ބަލަން ބަސްހުއްޓިފައެވެ. އެފަދަ ފުރިހަމަ ކަމެއް މީގެ ކުރިން ފެނިފައި ނުވާ ކަހަލައެވެ. ހިމަތޮޅި ހަށިގަނޑެކެވެ. އެހާ ދޮން ނޫނަސް އައިބުވާހާ ކަޅެއް ވެސް ނޫނެވެ. އިސްތަށިގަނޑު ވެސް މައްޗަށް ނަގާ އައްސާލާފައި އޮތް އިރު އެއީ އާދައިގެ ވަރަކަށް ފަން އިސްތަށިގަނޑެކެވެ. ޒުވާނާ އެންމެ އަޅައިގަތީ އަލްޔާގެ ކަންހުޅިއާއެވެ. ކަންހުޅީގެ އިސްތަށިތައް ދިގުވެފައި ބައެއް އިސްތަށިތައް އަލްޔާގެ ކޮތާފަތާއި ސަމާސާކޮށްލި ގޮތް ޒުވާނާ އަށް ވަރަށް ކަމުދިޔައެވެ. ޒުވާނާގެެ ތުންފަތަށް ވެރިވި ހިނިތުންވުމުުން އަލްޔާ ކަމުދިޔަ ކަން އެނގެއެވެ. ނަމަވެސް ހިތާމައަކީ އޭނާ ހަޔާތުގެ ބައިވެރިޔާ މިވަނީ އަމިއްލަ އަށް ހޮވާފައި ވާކަމެވެ. “ލޫކް! މިތާ ދޯ. ދޭބަލަ ކާން. އައްޔަ މެން ނިންމާލައިފި މިހާރު. މަންޖެ ވެސް އޭނީ މިހާރު ލަސްވެފައި. ފޯނުގައި ހުއްޓަސް ބަނޑެއް ނުފުރޭނެ” ކައިގެން ބޭރަށް ނިކުތް އަލީ އަށް ބޭރުގައި ހުރި ލޫކް ފެނުމުން ބުނެލިއެވެ. ކާ ކޮޓަރިއަށް ވަންނަމުން ވެސް ލޫކް ފަސްއެނބުރި އަލްޔާ އަށް ބަލާލިއެވެ. ނަމަވެސް އަލްޔާ އިނީ އަތުގައި އޮތް ފޯނުން ކޮންމެސް ކަމެއްކުރާށެވެ. “ސާބަހޭ. މީ އަހަރެމެންގެ ޝަރިއްތަގެ މަންޖެއެއް. ތިގޮތަށް ވަގުލޮލުން ނުބަލާ. އެހެންނޫނީ މިހާ މީރު ކާއެތިކޮޅެއް ލިބުމުގެ ނަސީބު ގެއްލިދާނެ” އަލްޔާ ދިއްކޮށްލި ފޯށް ޕެކެޓުގައި ހިފަމުން އަލީ ލޫކަށް ބުނެލިއެވެ. “ލައި އާއި އަޅައިގަތީ ކަންނޭނގެ”  އަލްޔާގެ ކަންފަތާއި ކައިރިވެލަމުން އަލީ ސަމާސާ ކޮށްލިއެވެ. އޭރު އެހެން ކުދިން ވެސް ކައިގެން ޖޯލީގައި ޖައްސާލަނީއެވެ. “ބޮއްތި ނުބުނޭ އެކަކު އިތުރުވި ވާހަކައެއް. އޭނަ ކާން އެއްޗެއް ނުވެސް ހުންނާނެ ކަންނޭނގެ”  އަލްޔާ ބުނެލިއެވެ.  “ހާދަ ދެރައެކޭ ދޯ ތިވީ”  ފައިސަލް އަލްޔާ އާއި ދިމާާ ކޮށްލިއެވެ. އަލްޔާ ލަދު ގަތެވެ. ދޮގެއް ނޫނެވެ. އޭނަ ކާން އެއްޗެއް ނެތިއްޔާ އަލްޔާ އަށް ކޮންކަމެއް ހެއްޔެވެ؟  “ނޫނޭ. ގެއަށް ދިޔާމަ ބޮއްތި އަހާނެ. އެހެންވެ”  އަލްޔާ އަވަސް އަވަހަށް ބުންޏެވެ.  “އެއީ ދާއިމީ މީހެއް ނޫނޭ. މިކޮޅަށް ޓްރެއިނިންގް ޕްރޮގްރާމަކަށް އައިސް އެހުރީ. ޓޫ ވީކްސް ވާނީ. އެހެންނޫނަސް އެސޮރުގެ މަންޖެ އެއީ މިރަށު ކުއްޖެއް”  ފައިސަލް އެދިން ހަބަރަކުން ހަގީގަތުގައި ވެސް އަލްޔާ ދެރަވެއްޖެއެވެ. އެއީ އެހެން ކުއްޖެއްގެ ހައްގެކެވެ. އަލްޔާގެ އެއް ނޫނެވެ. މީހަކު ހަމަ ފެންނަ އިރަށް ގޮތެއް ވާންޖެހޭ ހެއްޔެވެ؟ މަޖާ އަނގަ ތަޅަމުން ދިޔަ ގުރޫޕާއެކު އަލްޔާ އަށް ވެސް ހެވުނު ވަގުތު ލޫކް ނިކުމެ ޖޯއްޔާއި ކައިރިވެލިއެވެ.  “ސޮރީ. ކުރިން ނޭނގޭ އެކަކު އިތުރުވި ކަމެއް. ފޯށްޕެކެޓް ހުސްވީ”  ކޮޅަށް ތެދުވު އަލްޔާ ފޯނުގައި ބާރަށް ހިފަހައްޓާލައިގެން ހުރެ ލޫކް ކައިރީގައި ބުނެލިއެވެ. އިސް އުފުލާ އަލްޔާ ލޫކަށް ބަލާލީ ހިނިގަނޑެއް ޖަހާލުމުންނެވެ. “އިޓްސް އޯކޭ. އެއްވެސް އިރެއްގައި ނުދުފަން”  ލޫކް ހީލަމުން ބުނެލިއެވެ. އަލްޔާ ލަދުގަތެވެ. އިސްޖަހާލެވުނީ އެހެންވެއެވެ. “އެންމެން ކެއި ދޯ… އަދި ބޮއްތި ބުނި އެއްޗެހި ދޮވެ އިސްތިރި ކުރަން އަންނާނަމޭ. ހަވީރުގެ ވަގުތެއްގައި ވެހިކަލް ކައިރިކޮށްލަދެއްޗޭ”  އެއްވެސް މީހަކަށް ނުބަލާ އަލްޔާ އެހެން ބުނުމަށްފަހު ކާކޮޓަރިއަށް ވަނެވެ. އެންމެ ފަހަރަކު ވެސް އަލްޔާ އިސް އުފުލާ ބަލާލިނަމަ ލޫކް ހިނިތުންވެފައި އަލްޔާ އަށް ބަލަން ހުރި މަންޒަރު ފެންނާނެއެވެ. ޖޯލީގައި ހުރިހާ މީހުން ސިނގިރެޓް ރޯކޮށްގެން ޖައްސާލުމުން ލޫކް ކާކޮޓަރި ހުރަސްކޮށް ނިދާ ބަޔަށް ވަދެގެން ދިޔައީ އަދި އެއްފަހަރު އަލްޔާ އަށް ބަލާލާފައެވެ.

 

ވިއްސާރަ ރެއެކެވެ. ހަވީރުން ފެށިގެން ބޯކޮށް ވެހެން ފެށި ވާރޭގަނޑު ރޭގަނޑު ދިހައެއް ޖެހުމާއި ހަމައަށް ތުނިކޮށްލައިފިއެވެ. ނަމަވެސް ފަޒާގައި ހިފާލާފައިވާ ވައިގެ ބޫން އަޑުން ހީވަނީ ކަންފަތްތައް ބަށްވާން އުޅޭހެންނެވެ. މުޅި ގޭތެރެ އާއި ހިފައިގެންގުޅޭ ކޮންމެ އެއްޗެއްގައި ވަނީ ފިނިހިފާފައެވެ. އޭސީ އާއި ފަންކާ ނިވާފައި ހުރި އިރު ވެސް ބަތޫލްގެ ކޮޓަރި ފިނިގަދަކަމުން އޮވެވޭ ވަރު ނުވުމުން އެނދުގައި އޮތް ކުއިލްޓް ހިފައިގެން ނިކުމެ ސިޓިންގްރޫމް ސޯފާގައި ޖައްސާލިއެވެ. އެވަރުން ވެސް އެކުޑަ ހަށިގަނޑަށް ހޫނުވާ ގޮތް ނުވުމުން ތެދުވެގެން ގޮސް ޝަރީފާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އާދަނު ދޮރު ހުޅުވުމުން ބަތޫލް ދެކޮޅު ބަލާލީ މަންމަ ފެނޭތޯއެވެ.  “މަންމަ ފެންޖަގު ބަލާ ދިޔައީ. ދަރިފުޅު ކަމަކުތަ؟ ވިއްސާރަ ރެއެއްނު. ދޭ ނިދަން އަވަހަށް. ދޮންތި ވެސް މިހާރު ނިދާފަ ކަންނޭނގެ އޮންނާނީ”  އާދަނު ލޯބިން ބަތޫލް އަށް ބުނެދިނެވެ.  “އިރުކޮޅަކުން ނިދާނަން ބައްޕާ. ވަރަށް ފިނިވާތީ ބޭރުގައި މީނީ. މަންމަ ކައިރީގައި ބުނައްޗެ އަޅުގަނޑު އިތުރު ރަޖައެއް ނެގި ވާހަކަ”  ޝަރީފާގެ އަލަމާރިން އިތުރު ކުއިލްޓެއް ހިފައިގެން ބޭރަށް ނިކުންނަމުން ބަތޫލް ބުންޏެވެ.

ސޯފާގައި ކުޑަކޮށް ނިދިފައި އޮތް ބަތޫލް އަށް ހޭލެވުނީ މީހަކު ވަރަށް ބާރަށް ހަޅޭއްލަވާގަތް އަޑަށެވެ. އެވަގުތު އެއީ އަލްޔާ ވެސް ކޮޓަރީގައި އޮވެފައި ފެންފޮދެއް ބޯން ބޭރަށް ނިކުތް ވަގުތެވެެ.  “ކާކު އެއީ ބާތު. ބަދިގެ އިން ދޯ އިވުނީ. ހިނގާބާާ ލައިއްތަަ އާއެކު”  ބިރުގަނެފައި ހުރި ބަތޫލް އަލްޔާގެ އަތުގައި ހިފިއެވެ. ދެކުދިން ސިއްރުން ބަދިގެ ދޮރަށް އެރި އިރު ކަމަކު ދާކަށް ނެތެވެ. ނިދާ ހެދުމުގައި ހުރި ޝަރީފާ ހުރީ ބަދިގޭގައި އެއްޗެހި ކޮށަން ވަކިން ބަހައްޓާފައި ހުރި މޭޒު މައްޗަށް އަރައެވެ. އަތުގައި ފޮޅަން ގެންގުޅޭ ފިހިގަނޑު އޮތެވެ. “މަންމާ!…. ބޮޮއްތި! ތީ ކޮންކަމެއް”  ޝަރީފާ ފެނުމާއެކު ބަތޫލްގެ ނިދިގަނޑު ވެސް އެއްކޮށް ފިލައިފިއެވެ. ދެކުދިން އަވަސް އަވަހަށް މޭޒާއި ކައިރިވެލިއެވެ. “ދަރިފުޅުމެންނޭ މަންމަ އަވަހަށް މިތަނުން ބާލުވަދީ. ނަސީބެއްނު ތިކުދިންނަށް ހޭލެވުނުކަން”  ޝަރީފާ ކަންބޮޑުވެފައި ހުރެ ވާހަކަދެއްކިއެވެ. “އެކަމަކު މަންމާ! މަންމަ ތިތަނަށް އެރި ގޮތެއް ވެސް އޮންނާނެ ދޯ. ދެން ތިމޭޒު ވެއްޓޭނީ މަންމަ ތިއޮށް ބޮޑު މީހާ އަރާހުރީމަ”  އެއް އަތުން އަނެއް އަތް ކަހާލަމުން ބަތޫލް ބުނެލިއެވެ. “އަދިވެސް ދަރިފުޅު މަންމަ އަށް މަލާމަތް ކުރެވޭތޯ ބަލަނީ. މަންމަ ވެސް ބޭނުމީ މިތަނަށް ބިންހެލުމެއް އައުމުގެ ކުރިން ފައިބަން. ދޭބަލަ ބައްޕަ އަށް ގޮވަން” އަތުގައި އޮތް ފިހި ދޫކޮށްލަމުން ޝަރީފާ ބަތޫލް އަށް ބަލާލިއެވެ. ހަށިގަނޑަށް ގުޑުމެއް ވެސް އަރުވާނުލާ ހުރީ ހީވާގޮތުން ވެއްޓިދާނެ ކަމުގެ ބިރު ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. “މިގަޑީގައި ކީއްކުރަން ބޭބެއަށް ގޮވަނީ. އަން ހިފާ އަތުގަ. މަޑުމަޑުން ފައިލާ މިގޮނޑިއަށް”  ޝަރީފާ އާއި ދިމާލަށް އަތް ދިއްކޮށްލަމުން އަލްޔާ ކައިރީގައި ހުރި ގޮނޑިވެސް މޭޒާއި ކައިރިކޮށްލިއެވެ. ވަރަށް ފަސޭހައިން ޝަރީފާ އަލްޔާގެ އަތުގައި ހިފާލިއެވެ. ހަމައެއާއެކު ހަޅެއްލަވާ ގަނެފައި މޫނުމަތީގައި ދެއަތް އެޅިއެވެ. “މަންމާ! ސިއްސައިގެންނޭ އެދިޔައީ. ދެން ތިހެން ހުރީމަ ފޭބޭތަ” ބަތޫލް އުނަގަނޑުގައި ދެއަތް އަޅުވާލިއެވެ. “ދަރިފުޅާ! މަންމަ ހިޔާލަށް ފެނުނީ މަންމަ ތިރިއަށް ވެއްޓެނިކޮށް”  ޝަރީފާ ބުނި އެއްޗަކުން މިފަހަރު އަލްޔާ ކައިރިއަށް ވަރަށް ހިނިއައެވެ. ނަމަވެސް ބޮއްތި ދެރަވާނެތީ އަވަސް އަވަހަށް ހިނިގަނޑު ކޮންޓްރޯލް ކުރިއެވެ. އަދި ބަތޫލް އަށް ބަލާލަމުން ބޭބެ އަށް ގޮވާލާށޭ ބުނީ އެނޫން ގޮތަކަށް އިރު އެރިޔަސް ޝަރީފާ ނުފައިބާނެތީއެވެ.

ނިދަން އަނދެގެން ހުރި މުންޑުގަނޑު ރަނގަޅު ކުރަމުން އާދަނު ބަދިގޭ ދޮރަށް އެރި ގޮތަށް ޝަހާދަތް ކިޔާލިއެވެ. ނިދިވެސް ފިލާ ދިޔަ ކަހަލައެވެ. އަވަސް އަވަހަށް މޭޒު ކައިރިއަށް ޖެހިލާ ޝަރީފާ އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ރޮވިފައި ހުރި ޝަރީފާ އާދަނުގެ އަތުގައި ހިފާ އާދަނު ބުނި ގޮތްގޮތަށް ހަދައިގެން އަނިޔާއެއް ނުލިބި ތިރިއަށް ފޭބިއެވެ. “އެހެންނޭވާނީ.. ހޫނު ފެންފޮދެއް ބޯލަން އައީ ކެއްސާތީ. ފެންބޮއެގެން ނިކުންނާން އަންނަނިކޮށް އައި ނައި ތަނެއް ނޭނގި އުދުހޭ ކުރައްޕެއް ހެދުމުގަ ޖެއްސީ. އެހެންވެ ބިރުން އެތަނަށް އެރުނީ. ނޭނގެ އެރުނު ގޮތެއް ވެސް”  ޝަރީފާ އަމިއްލަ އަށް ވީ ގޮތް ކިޔާދިނެވެ. ބަތޫލް ކައިރިއަށް އައި ހިނިން އަނގަމަތީގައި އަތް އެޅިއެވެ. އަޑުވީއްލާ ބާރަށް ހޭން ނުކެރުނީ އާދަނު ހުރީމައެވެ. އަލްޔާ ވެސް ނުހޭން ވަރަށް މަސައްކަތްކޮށްގެން ހުއްޓެވެ. ގޭތެރޭގައި މިހުރިހާ ކަމެއް ވީ އިރު ވެސް ހިލަމެއް ނުވީ އެކަނި ސަޖޫލް އަށެވެ.

 

މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ އަލްޔާ އިރުކޮޅަކާ ދެފަރާތުން އިސްތަށިގަނޑު ރީތިކޮށްލައެވެ. ލޮލުގައި އަޅާލާފައި އިން އަވި އައިނުުން ވަނީ އެރީތި ދެލޯ ފޮރުވާލާފައެވެ. މިއަދަކީ ހަފްތާ ފެށޭ ދުވަސް ކަމަށް ވުމުން މަގުމަތިން ފެންނަނީ މުޅިން ވެސް ހުދު ޔުނީފޯރމާއި ހުދުހުދު ބޫޓް ތަކެވެ. އަލްޔާ ވެސް ވެވުނު އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން އެދަނީ ވަޒީފާއަށެވެ. އަލްޔާ އަކީ ގުރޭޑް އަށަކުން ފެށިގެން މަތީ ގްރޭޑްތަކުގެ ސްޕަރވައިޒަރަށް ވާތީ ސްކޫލަށް އަބަދުވެސް ދާން ޖެހޭނީ ހެނދުނު ސެސަޝަނަށެވެ. ނަމަވެސް މެންދުރުފަހު ސްކޫލަށްދާ ކުޑަ ކުދިން ތަކުގެ ސްޕަރވައިޒަރ އެއްގެ މަގާމު ވެސް ވަގުތީ ގޮތުން އަލްޔާ ދަނީ ފުރަމުންނެވެ. ފިހާރައަކުން ކޯކް ފުޅިއެއް ގަނެގެން ނިކުތް ލޫކަށް މަގުގެ އެއްފަރާތުން ފަރި ހިނގުމުގައި ދިޔަ އަލްޔާ ފެނި ތަލިން ކުޅުހިކުނު ކަހަލައެވެ. މަޑު ފިޔާތޮށިކުލައިގެ ގަޔަށް ހިފާލާފައި ހުރި ހެދުމުގައި އަލްޔާ ހާދަ ފުރިހަމައެވެ. އަލްޔާގެ ފައި ދަށުގައި ހުރި ފައިވާނަށް ވެސް ލޫކް އަށް ތައުރީފް ކޮށްލެވުނެވެ. ކޯކް ފުޅިން ކޯވަރެއް ބޯލި ލޫކަށް މެއާއި ދިމާލުން ހިތާއި ވީ ފަޅީގައި އަތްހާކާލެވުނީ ކުރެވުނު ހިޔާލަކުންނެވެ. ޖީބުން ވައިބްރޭޓްވާންފެށި ފޯނު ނަގާ ބަލާލިއިރު އަރާފައި އިން ނަމަކުން ހާސްވިއެވެ. ‘ތަފޫ’ ޖަހާފައި އެއިން ނަމަކީ ލޫކްގެ ލޯބިވެރިޔާގެ ނަމެވެ. ތަފްހާ އާއި ލޫކް އެންމެ ފުރަތަމަ ދިމާވީ މީގެ ތިން އަހަރު ކުރިން ފޭސްބުކުންނެވެ.

ރަހްމަތްތެރިއެއްގެ ގޮތުގައި އުޅުމަށްފަހު ދެމީހުން ލޯބިވެރިންނަށް ވީގޮތެއް ހުދު ދެމީހުންނަށް ވެސް ނޭނގެއެވެ. ދެމީހުން ދެމީހުން ދެކެ ވެސް ލޯބިވާކަމަށް ދައުވާ ކުރާއިރު ތަފްހާ ދެކެ ލޫކް އަށް ވެވުނު ލޯތްބަކީ ހަގީގީ ލޯބިކަމާމެދު މިއަދު ފުރަތަމަ ފަހަރަށް ޝައްކު ވިއެވެ. ތަފްހާ އެންމެ ފުރަތަމަ ފެނުނުުު ދުވަހުވެސް އެހިތަށް ނުވާ ގޮތެއް އަލްޔާ އެންމެ ފުރަތަމަ ފެނުުނު ދުވަހު ވެއްޖެއެވެ. އެއީ ލޫކް ބޭނުންވާ ގޮތެއް ނޫނެވެ. ތަފްހާ ލޫކް އާއި އެކު އުޅެން ހުރިހާ ދުވަހަކު ލޫކް ވެސް ބޭނުންވަނީ ތަފްހާ އާއި އެކު ވާށެވެ. ދެމީހުން ދޭތެރޭގައި ޒުވާބުކުރާ ދުވަސް ގިނަ ވިޔަސް ތަފްހާ ލޫކް ދެކެ ލޯބިވާކަމަށް ގަބޫލުކުރޭއެވެ. ތަފްހާ އަބަދުވެސް މުއްސަނދި ކަމަށް ލޯބި ކުރިޔަސް ލޫކަކީ ނިކަމެތި ފަގީރެއް ކަމުގައި ތަފްހާ ކައިރީގައި ބުނެދެވުނު އަދަދެއް ވެސް ނޭނގެއެވެ. ދެމީހުން ހަޔާތެއް ފެށުމަށް ތަފްހާ ކައިރީގައި ލޫކް އެދުުނު ވަގުތު ތަފްހާ ދިން ޖަވާބު އަދިވެސް ލޫކްގެ ކަންފަތުގައި ހަރުލާފައި ވެއެވެ. “އަހަރެން ލޫކްއާ އިންނާނީ މުއްސަނދި ވީ ދުވަހަކުން. އަހަރެން ވެސް ބޭނުން ކައިވެނީގެ ފަހުން ހަނީމުން ހަދާލަން ޔޫރަޕަށް ދާން”  ތަފްހާ އެހެން ބުނި ވަގުތު ލޫކްގެ ދެލޯ ފުރިގެން އައެވެ. ނެތް ފެންވަރެއް ލޫކް ދައްކާނީ ކިހިނެއް ހެއްޔެވެ؟ އެދުވަހު ލޫކް ދެރަވީ ވަރުން އެއްޗެއް ނުބުނި ކަމުގައި ވިޔަސް ތަފްހާ އާއި ފަހުން ބައްދަލުކުރި ދުވަހު ވަނީ ހުރިހާ އެއްޗެއް ތެދެއް ކިޔާދީފައެވެ. ލޫކްގެ މައިންބަފައިންގެ ފެންވަރަކީ ކޮބާ ކަން ބުނެދީފައެވެ. އެދުވަހު ތަފްހާ ތުން އަނބުރާލިގޮތް އަދިވެސް ލޫކް އަށް ސިފަ ވެއެވެ. ތަފްހާ އަކީ ކޮންމެ ކަހަލަ އަންހެންކުއްޖެއް ކަމުގައި ވިޔަސް އެމަސްގަނޑު ދެކެ ލޫކް ލޯބިވެއެވެ. ތަފްހާ ވެސް އެހެން ބުނެލާ ކޮންމެ ފަހަރަކު ލޫކަށް ހިތްހަމަޖެހުން ލިބޭއެވެ. އެކަނިވާ ވަގުތު ތަކުގައި ލޫކްގެ ހަޔާތުގެ ބައިވެރިއަކީ ހަމަ ތަފްހާ ބާއޭ ވެސް ހިތަށް އަރައެވެ. ނަމަވެސް ތަފްހާ އާއި މެދު ނުބައި ގޮތަކަށް އެއްޗެއް ހިތަށް އަރުވަން ބޭނުންނުވާތީ ތަފްހާ ލޫކް ކައިރީގައި ކޮށްފައި ހުންނަ ކޫސަނި ޝަކުވާތައް ސިކުނޑިން ނެރެލަނީ އެވެ.

ލިބުނު ބްރޭކްގައި އަލްޔާ ގެއަށް ދިއުމަށްް ސްކޫލުން ނިކުތް ވަގުތެވެ. ކޮނޑުގައި އޮތް އަތްދަބަހުގެ ތެރެއަށް އަތް ލުމަށްފަހު ނެގި އަވި އައިނުން ދެލޯ ފޮރުވާލިއެވެ. ދެއަތުން ފަހަތަށް އައްސާލާފައި އޮތް ފަން އިސްތަށިގަނޑު އެއްވަރުކޮށްލިއެވެ. މަގުގެ ދެކޮޅަށް ބަލާލުމަށްފަހު އެންމެ ބޮޑަށް ހިޔާ އަރާފައި އޮތް ފަރާތަށް ދިއުމަށް މަގު ހުރަސްކުރަން އުޅުނު ވަގުތު ފަހަތުން ގޮވާލި އަޑު އިވުނެވެ. އެނބުރި ބަލާލިއިރު ފަހަތުގައި ހުރި މީހާ ފެނި އަލްޔާ ހިނިތުންވެލިއެވެ. “ޝެމް” ލުއިލުއިކޮށް އަލްޔާ ޝައިމް އަށް ގޮވާލިއެވެ. “މިއަދު ދާންވީނުން ކެފޭއަށް މަށާއެކު ކޮފީއެއް ބޯލަން” ޝައިމް އަލްޔާ ކައިރީގައި އެދުނެވެ. “ސޮރީ.. އަސުރުކޮށްލަން ކަމަށް ގެއަށް އަސްލު މިދަނީ. ޝެމް ބޭނުމިއްޔާ އެހެން ފަހަރަކަށް ލަސްކޮށްލެވިދާނެ” އަލްޔާ މަޑުމަޑުން ބުންޏެވެ. “އޯކޭ. އެކަމު ހިތަށް އަރަނީ ދާނެބާއޭ” އަލްޔާ އާއި އެއްވަރަށް ހިނގައިގަންނަމުން ޝައިމް ބުންޏެވެ. “ކީއްވެ ނުދާންވީ. އެވަރުގެ ކަމެއް ކުރެވިފައި ޝެމް އަށް އޮތީމަތަ ތިކަހަލަ އެއްޗެހި ހިތަށް ތި އަރުވަނީ”  ކުރިއަށް ބަލަން ހުރި އަލްޔާ ބުންޏެވެ. “އާނ.އެނގެއެއްނު. ކޮންކަމެއް ކަން މަށަށް ކުރެވުނީ. އަނެއްހެން ކުށެއް ނޫން. އަހަރެން ބޭނުމެއްނޫން މީހަކު ދެކެ ލޯބިވުން އެއީ މަށަށް ކުރެވުނު ބޮޑު ފާފައެއް ގޮތުގައި ދެކޭކަށް. އަހަރެންނަކީ ދުވަހަކު ވެސް މީހަކަށް ދޮގު ހެދި މީހެއް ނޫން. އަދި ހާއްސަކޮށް ލައި އަށް. އަހަރެން ލައި ދެކެ ލޯބިވާކަމަށް ބުނީ މަޖަލަކަށް ނޫން. ވަރަށް ބޮޑަށް ލޯބިވާތީ. ތީ މިދުނިޔޭން އެންމެ ބޮޑަށް ބޭނުންވާ ފަރާތަކީ. ދިރިއުޅުމެއް ފަށަން ބޭނުންވާ ފަރާތަކީ. މިއަދު އަހަރެންނަށް ވަނީ ބޭނުން ކޮންމެ އެއްޗެއް ލިބިފައި. މުދަލާއި ފައިސާ އާއި ކާރާއި ގެދޮރު. ހެޔޮލަފާ ބައްޕައެއް. ލޯބިވާ އާއިލާއެއް. ތީ ނުލިބި އޮތް އުފަލަކީ. ލައި މަށަށް ލިބުނު ދުވަހަކު އުފަލާއެކު މިދުނިޔޭން މަރުވެގެން ދާނީ”  ޝައިމް ވާހަކަދައްކަމުން ދިޔައިރު އަލްޔާ އަތްދަބަހުގައި ބާރަށް ހިފަހައްޓާލައިގެން ހުއްޓެވެ. “ދެން މަންމަ ޔޯ. މަންމަ ގޯހީތަ” ޝައިމް އަށް ބަލާލަމުން އަލްޔާ ހީލާފައި އަހާލިއެވެ. “މަންމަ ދޯ… މަންމަގެ އެބައުޅޭ ކުޑަކުޑަ މައެްސަލައެއް. އެވާހަކަ ފަހުން ދޯ. ދެން ބުނެބަލަ ކިހާ ދުވަހެއް ވަންދެން އަހަރެން މަޑުކުރަންވީ”  ކުރިމަތީގައި ހުރެ މީހަކު އަލްޔާގެ ލޯތްބަށް އެދެނީ އެވެ. އޭނާ އަށް ޖަވާބު ނުދެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ މިއަދުު ޝައިމް އަށް ވުރެ ބޮޑަށް އަލްޔާގެ ދެކެ ލޯބިވާނެ އެހެންފަރާތެއް ނެތެވެ. އަލްޔާ ޝައިމް އަށް އިތުބާރު ކުރެއެވެ. ޝައިމް އާއި އަލްޔާ ގުޅިއްޖެނަމަ މަންމަ އާއި ބައްޕަ ވެސް އުފާވާނެކަން އެނގެއެވެ. ރަށު މީހެކެވެ. ކައިވެނީގެ ފަހުން އާއިލާ އާއި އެއްފަސްގަނޑެއްގައި ތިބެވޭނެއެވެ. ވީއިރު ޝައިމް އަށް ޖަވާބެއްދޭން މިހިތް ފަސްޖެހެނީ ކީއްވެހެއްޔެވެ؟ ޝައިމް އަކީ ރަށު މީހުންގެ ލޯތްބާއި ގަދަރު ލިބިފައިވާ ހީވާގި ޓީޗަރެކެވެ. ސްކޫލް ވަޒީފާ އާއި ގުޅުނު އެންމެ ޒުވާން ބަޔޯލޮޖީ ޓީޗަރެވެ. މުޅި ރަށުގައި ހުރި އެންމެ ހިތްގައިމު ޒުވާނާއެވެ. ޝައިމް ފަހަތުން އުޅޭ އަންހެންކުދިން ހުދު އަލްޔާ އަށް ވެސް ވަނީ ފެނިފައެވެ. އެހުރިހާ ކުދިންނަށް ފުރަގަސް ދިނުމަށްފަހު ޝައިމް އަތްދިއްކޮށްލީ އަލްޔާ އަށެވެ. އެއަތުގައި އަލްޔާ ހިފުމަށް ދެކޮޅު ހަދާ ބާރަކީ ކޮބާ ހެއްޔެވެ؟

ވާހަކަ ދައްކަމުން އަލްޔާގެ ގެއާއި ހަމައަށް ޝައިމް އައެވެ. ގެއަށް ވަންނަން ދިޔަ އަލްޔާގެ އަތުގައި ޝައިމް ހިފަހައްޓާލިއެވެ. ސިހިފައި އަލްޔާ ބަލާލީ މީގެ ކުރިން ޝައިމް އެކަހަލަ ކަމެއް ކޮށްފައިނުވާތީއެވެ.  “ސޮރީ”  ޝައިމް އަލްޔާ އަތުން ދޫކޮށްލިއެވެ. “އިޓްސް އޯކޭ. ބުނޭ”  އަލްޔާ ގޭތެރެއަށް ނަޒަރެއް ދެމުން ޝައިމް ކައިރީގައި ބުންޏެވެ.  “ކުރިންވެސް ހުރިހާ ވާހަކައެއް ބުނީ އަހަރެން. މިފަހަރު ލައި ބުނަންވީނުން. ހެޔޮ ކޮންމެ އެއްޗެއް ބުންޏަސް. ބޮޑަށް ރަނގަޅީ ޖަވާބެއް ދިނިއްޔާ”  ލޮލުގައި އިން އަވި އައިނު މައްޗަށް ޖައްސާލަމުން ޝައިމް ބުންޏެވެ. އަލްޔާ ބަހެއް ނުބުނެ އަތުގައި އޮތް ފައިލާ ކުޅެމުން ދިޔައެވެ.  “ލައި… އޯކޭ. ބާއި”  އަލްޔާ ޖަވާބެއް ނުދޭނެކަން އެނގޭތީ ޝައިމް ގެއަށް ދާން ހިނގައިގަތެވެ.  “ޝެމް! އަހަރެން. އަހަރެން…. ބުނަން އުޅުނީ.. މި”  ބުނަން އުޅުނު އެއްޗެއް އަލްޔާ އަށް ނުބުނެވުނެވެ. ޝައިމް ކައިރިއަށް އައީ ހިންޏެވެ. ކުރިއަށް އަޅާލި ފިޔަވަޅު އަލުން ހުރި ހިސާބުގައި ބެހެއްޓިއެވެ. ފަޓްލޫނުގެ ދެޖީބަށް ދެއަތް ޖަހާލުމަށްފަހު އަލްޔާގެ މައުސޫމް މޫނަށް ނަޒަރު ހުއްޓާލިއެވެ.  “އަދިވެސް ނުފެނޭތަ”  ޝައިމް އަހާލިއެވެ. “އެނ! ކޯއްޗެއް”  އަލްޔާ އިސްއުފުލާ ޝައިމް އަށް ބަލާލިއެވެ. އެހިނދު ޝައިމް އަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފަލެކެވެ.  “ބިންމަތިން އެއްޗެއް ހޯދަނީކަމަށް ހީކުރީ. މިހާރު ފެނިއްޖެ ކަންނޭނގެ”  ޝައިމް އެހެން ބުނުމުން އަލްޔާ ކައިރިއަށް ހިނިއައެވެ.  “އޯކޭ.. ބާއި”  އަލްޔާ އަތުން ޝައިމް އަށް ބާއި ކިޔާލުމަށްްފަހު ދޮރާށި ހުޅުވާޅުމަށްފަހު އެތެރެއަށް ވަނެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް އާދަނު އިނެވެ. ޝަރީފާ އާއި ތިން އަންހެން ދަރިން ކައިރީގައި ތިއްބެވެ. ނަމަވެސް ކޮޅަށެވެ. އެގޭގައި އަބަދުވެސް އެންމެ ފުރަތަމަ ކަނީ އާދަނެވެ. ޝަރީފާ ކަނީ ތިން ދަރިންނާއި އެއްކޮށް ފަހުންނެވެ.  “ކޮބާ ލައި ޖޫނީގެ ހާލު ކިހިނެއް މިހާރު. އަބްދުއްޝުކޫރާއި މިޔާނާ ރަނގަޅުތަ؟ ފެންތަށި ބޯލަމުން އާދަނު ވާހަކަދެއްކީ އަލްޔާ އާއެވެ. “ލައްބަ. ޖޫނީކޮއްކޮ މިހާރު މަޑުމަޑުން ނޯމަލް ވަމުން އަންނަނީ. އެއްކޮށް އޯކޭ ވީމަ މަންމަމެން އަންނަނީ”  އަލްޔާ ޖަވާބުދިނެވެ. އަދި ޝަރީފާ އާއި ބައިވެރިވެގެން ތަށިތައް ނަގަން ފެށިއެވެ. “ކޮބާ ދަރިފުޅު މިހާރު އެއްޗެހި ޕެކް ކުރީތަ. ވާނެ ވަރަށް ބަސްއަހައިގެން ކިޔަވަން. ދަރިފުޅު ބޭނުމީ ޕައިލެޓަކަށް ވާކަށްނު. އެހެންވީމަ ވާނެ ދޮންތިއަށް ވުރެ މޮޅަށް ކިޔަވަން” އާދަނު ބަތޫލް ގެ ބޮލުގައި ފިރުމާލިއެވެ. ބަތޫލް ހީލަމުން ބޯޖަހާލިއެވެ.

“މަންމަ ތިއެއް ނުކެވޭނެ. އަން. މަންމަ ޖެހޭނީ މިކައިގެން ނިދަން”  ޝަރީފާ ތައްޓަށް ބަތް އަޅަން ފެށުމުން ބަތޫލްް ތަށި އަތުލިއެވެ. އެއަށްފަހު ދިއްކޮށްލީ ފޮތިކޮށް ކޮށާފައި ހުރި ފެހި އާފަލު ތައްޓެކެވެ. “އެއީ ތެދެއް މަންމާ. ޑައިޓްގަ އުޅޭ މީހުން ރޭގަނޑު ނުއެއް ކާނެ. މިޖޫސް ތައްޓާއި އެޕަލް ކައިގެން މަންމަ ނިދާނީ. ދެންވާނެ ގިނައިން ފެންބޯން. މިފަހަރު ރޯދަމަސް އައުމުގެ ކުރިން ވާނެ ވީއެންމެ ބޮޑަކަށް ބަރުދަން ލުއި ކޮށްލަން”  ޖޫސްތަށި ބޮމުން ސަޖޫލް ބުނެލިއެވެ. އަލްޔާ ވެސް ސަޖޫލް އާއި އެއްބައި ވެލިއެވެ. “އެކަމަކު ދަރިފުޅާ! މަންމަ ކުޑަ ބަތްކޮޅެއް ކާން ބޭނުން. ބަލާބާ ބަތޫލް ކާން އިން ބަތްތަށި މީރުކަން. މަންމަގެ ކުޅު ދިޔާވެއްޖެ”  ޝަރީފާ ތުންފަތުގައި ދޫހާކާލަމުން ބުންޏެވެ. އަލްޔާ ކައިރިއަށް ހިނިއައެވެ.  “މަންމާ! ބޮޑެތި ކަންތައް ކާމިޔާބު ވާނީ ބުރަ މަސައްކަތްކޮށްގެން. ގުރުބާންތަކެއް ވެގެން. މަންމަ އަބަދުވެސް ބުނަމެއްނު އެހެން” ސަޖޫލް ބުނެލިއެވެ.  “އެހެންވީމަ އަޅުގަނޑުމެން ވެސް ނުކާނަން. އެންމެ ރަނަގަޅެއްނު”  ބަތޫލް ދެރަވީއެވެ. ބަތޫލް އުމުރުން ބޮޑު ވަމުން އަޔަސް އެއީ އަބަދުވެސް ޝަރީފާގެ ބޭބީއެވެ. ޝަރީފާ ކަމަކާއި ދެރަވިއްޔާ ބަތޫލް އަށް ރޮވޭއެވެ. ބަތޫލްގެ ބޮލުގައި ފިރުމާލަމުން ސަޖޫލް ވެސް ބަތްތަށި ދުރުގައި ބެހެއްޓިއެވެ. އަލްޔާ ވެސް އެފަދައިން ކަންތައް ކުރިއެވެ.

 

ރޭގަނޑުގެ ވަގުތެވެ. މަސްކެނޑުމަށްފަހު ފެންވަރައިގެން އަތުގައި ލޯޝަން ލަމުން ނިކުތް ހަސަންފުތު މުންޑު ރީއްޗަށް އައްސާލުމަށްފަހު ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި ޖައްސާލިއެވެ. އާވިއަރައަރާ ހުރި ކަޅު ސައި ތައްޓަކާއި ފިހުނު ގޮތަށް އޮތް ހުނިރޮށްޓެއް ހަސަންފުތު ކައިރީގައި ހުރި ގޮނޑި ދަމާލާފައި ގޮނޑިމަތީގައި ކުޑަމަނިކެ ބެހެއްޓިއެވެ. އަދި ފޯށްކިބައެއް ނަގާ ދެތިންފޮތި ކޮށާލުމަށްފަހު އަތުޖެހޭ ހިސާބުން ބިލަތްގަނޑެއް ނައްޓާލުމަށްފަހު ދުރުގައި ހުރި ބޮޑު ކަޅު ހަން ކައިރިއަށް ގޮސް ފެނުން ދޮވެލިއެވެ. އެއަށްފަހު ހަސަންފުތު އަތަށް ދިނެވެ. ބިތްދޮށު ފާރުން ގޯތި ތެރެއަށް ފުންމާލި ބުޅާ ފެނުމުން ރަފީފާ އުނގުގައި ކާން އިން ޔޫޝައު ބުޅާ ފަހާ ދުވަންފެށި މަންޒަރު ފެނުމުން އެންމެންނަށް ވެސް ހެވުނެވެ. ބިންމަތީގައި ކުނަލެއް ފަތުރައިގެން ކަރަންޓްބޯޑެއް ރޫޅާލައިގެން މަސައްކަތެއް ކުރަން އަފްހަމް ކައިރީގައި އާދައިގެ ފާނޫޒެއް ދިއްލާފައި ހުރީ އެތަންކޮޅަށް ތަންކޮޅެއް ބޮޑަށް އަލި ކުރުމަށެވެ. ރެއަށް މުށިމަހު ރިހަ ކައްކަން ވެގެން ދެތިން ފިޔާ ހިފައިގެން ކޮށަން ކުޑަމަނިކެ ޖައްސާލީ ހަސަންފުތާއި ޖެހިގެން ހުރި ޖޯލީގައެވެ. ކާފަދަރިފުޅު ދުވާ މަންޒަރު ބަލަން ހަސަންފުތު އިނީ ގެއްލިފައެވެ. ކުޑަމަނިކެ ދެތިންފަހަރަކު ހަސަންފުތަށް ބަލާލީ އެހެންރޭރެއާއި ހިލާފަށް މިރޭ މާ މަޑުންއިންހެން ހީވާތީއެވެ. ކުޑަމަނިކެގެ މެއަށް ގޮތެއްވެގެން ދިޔައީ ހަސަންފުތުގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައެވެ.

ނުނިމޭ

74
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaali

Other Articles

Previous

Shanaya

Next

ތާޝާ (ހަތަރުވަނަ ބައި)

Next
October 22, 2016

ތާޝާ (ހަތަރުވަނަ ބައި)

Previews
October 21, 2016

Shanaya

26 Comments

  1. Ushaali says:
    October 22, 2016 at 3:04 pm

    hi everyone…. here is new episode…. enjoy 🙂 kiyaalafa huriha kudhin ves comment kollache. next episode maadhama noon aneh dhuvahu…. inshallah 😉 🙂 🙂 love you ol

  2. Sunny says:
    October 22, 2016 at 3:26 pm

    Yeah me first…but v hadi

  3. Luyoona says:
    October 22, 2016 at 3:27 pm

    vv reethi

    1. Luyoona says:
      October 22, 2016 at 3:27 pm

      me first dhw

    2. Ushaali says:
      October 22, 2016 at 3:44 pm

      thankyou luyoona 🙂

  4. Sunny says:
    October 22, 2016 at 3:28 pm

    Yeah me second but vvvvvvvvvvv hadi

  5. axoo says:
    October 22, 2016 at 4:02 pm

    Vvvv nice.. first episode ah comment eh nudhevunythy sorry.. ekam e partvx vvv rythi.. v ufaa vey thiha dhigukoh genesdheythy.. anywayd wish u all the best.. may god help u to complete tbis n many more stories.. waiting for next part.. ?

  6. Eenoooo says:
    October 22, 2016 at 4:04 pm

    Maasha Allah V reethi. Waiting for next part. Love u USHAALI.

    1. Ushaali says:
      October 22, 2016 at 5:45 pm

      thanx and luv yu 2 Eenoooo

  7. maalhu says:
    October 22, 2016 at 4:05 pm

    varah reethi waiting for next part

    1. Ushaali says:
      October 22, 2016 at 5:46 pm

      thanx maalhu 🙂

  8. axoo says:
    October 22, 2016 at 4:07 pm

    Vvvvvv rythi.. first part ah comment eh nukurevunythy sorry.. ekam e partvx v rythu. V ufaa vey thiha dhigukoh liyaathy.. anyways wish u all the best.. may god help u to complete this n many more stories.waiting for next part… love u..?

  9. fathun says:
    October 22, 2016 at 4:28 pm

    awsome. vv.reethi. this fathuha eh nagaa elaala luke

    1. Ushaali says:
      October 22, 2016 at 5:47 pm

      thanx fathun. lets see dhw thafha ah vaa goi 🙂

  10. Navya says:
    October 22, 2016 at 6:31 pm

    Finally… mibaives kiyaalevijje☺ vvv reethi?? inthixaaru kuran next part ah…??

    1. Ushaali says:
      October 22, 2016 at 6:50 pm

      thankyu navya 🙂

  11. Amu says:
    October 22, 2016 at 7:00 pm

    Varah salhi mi part ???
    Nxt part avahah up kollaaa ??

  12. mash says:
    October 22, 2016 at 7:04 pm

    V v nice keep it up ushaali

  13. Thaathi says:
    October 22, 2016 at 8:42 pm

    Vaahaka goaheh noon reethi ekam miulhey hassan futhu menge bai thankolheh dhiguvey eba

  14. RaM says:
    October 22, 2016 at 9:10 pm

    Vvv reethi. ??????

  15. axoo says:
    October 22, 2016 at 9:47 pm

    vaahaka vvvvvv rythi. v ufaa vey eha dhigukoh genesdheythy. abadhuves thi gothuga dhemi hunnaathi. wish u all the best. first part vx v salhi. may god help u to complete this dtory n manu more stories. waiting for the next part. lov yorr..

  16. my feeling says:
    October 22, 2016 at 10:14 pm

    aaachaa. nalla poandille.

  17. Saandy says:
    October 23, 2016 at 1:20 am

    ވަރަށް ރީތި… ހަސަންފުތު ކޮންކަމަކާބާ އެ ހިތާމަކުރަނީ؟ ކުރިއަށް އޮތް ބައި އަވަހަށް އަޕްކޮށްލައްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ

  18. Mai says:
    October 24, 2016 at 1:28 am

    Wow.. v thafaath vaahakaeh hen hyvey… it’s quite interesting!!??

  19. Shooya says:
    November 1, 2016 at 9:47 pm

    Vaanuvaaeh neygey furathama 2 paragraph in

  20. ##ss says:
    November 13, 2016 at 9:15 pm

    Dhiga kamun kiyan hitheh vix nuvey moya gandeyy…

Comments are closed.

All Right Reserved!