Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ކުށް (ތިންވަނަ ބައި)

shama shuaib
October 26, 2016
3 Mins Read
30 Views
19 Comments

“އޯމައިގޯޑް ތިހާ ފޯމަލް ނުވެބަލަ. އަހަންނަކީ ދެން މާ އުމުރުންވެސް ބޮޑުމީހެއްނޫނޭ. އައިއެމް 23 . އެހެން ނޫނަސް އަހަރެން އާވެފަ ފްރެންޑެއް ނެތީމައޭ އަސްލު ޕީއޭއެއް ހަމަޖައްސާށޭ ބުނީވެސް.” ލިފްޓަށް އެރުމާއެކު ވިޒާން ބުނެލިއެވެ. އަހަރެން ކިޔައިފައި ވާހަކަދެއްކުމުން ކުޑަވަރެއްގެ ހައިރާންކަމެއް ލިބުނު ނަމަވެސް ރައްދުގައި ހިތުންވެލީމެވެ. ދާދި ގާތުގައި ވިޒާން ހުރުމުން  އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެހެންކަމުން އިސްޖަހާލައިގެން މަޑުކޮށްލައިގެން ހުރީ އެންމެން ތިބިހިސާބަށް ދެވެންދެނެވެ. ހަމައެވަގުތު ހިތަށްއެރިޔެވެ. މިހަފްތާ ދާނީ ކިހިނެއްބާވައެވެ؟

ސައި ހަދާފައިވާ ތަނަށް ދެވުމާއެކު ވިޒާންގެ ބައްޕަ އެންމެނަށް އޭނާ ތައާރަފްކޮށްދިނެވެ. “މީގެ ފަހުން މި އޮފީހުގެ މެނޭޖަރަކީ ވިޒާން އަހަންނެއްނޫން.އަހަރެން ރިޓަޔާރވާން އެހެން ނޫނަސް އިނީ އެންމެ ދެ އަހަރު. ސޯ ގައިޒް، ޓޭކް ކެއާ އެން ޑޫ ވެލް.” އެވަގުތު އަހަންނަށް ވިޒާންގެ މޫނަށް ބަލައި ލެވުނީ އެއީ ކުރިން އިނގިފައިނުވާ މައުލޫމާތަކަށް ވުމުންނެވެ. ނަމަވެސް އޭނާގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ.”ވަޓް!!..” ވިޒާން އެހެންބުނެލުމުން ހީލާފައި އޭނާގެ ބައްޕަ ބޯޖަހާލިޔެވެ. ވިޒާން ވެސް ބަސްއަހާކުޑަކުއްޖެއް ފަދައިން އޭނާގެ ބައްޕަގެ ބަސް ގަބޫލް ކުރިއެވެ. އެންމެންވެސް ވިޒާންއަށް މަރުހަބާ ކިޔުމަށްފަހު ސައިގެ ކަންތަކާ އުޅެން ފެށިއެވެ.

އެދުވަހުގެ ބާކީ ބައި އަހަރެން އުޅުނީ ވިޒާންއާ އެކުގައެވެ. ހުރިހާ ޑީޕާރޓްމަންޓް ތަކެއް ދެއްކުމާ ފައިލްތަކާ މުއައްޒަފުން ދެއްކުމުގައެވެ. މުޅި އޮފީސް ދައްކާ ނިމުން އިރު މެންދުރު ބާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ. އަހަރެންވެސް ވެސް ވިޒާންވެސް ހުރީ ވަރަށް ވަރު ބަލިވެފައިކަމުން ދެމީހުން ވެސް މިސްރާބުޖެހީ ވިޒާންގެ ކެބިންއާ ދިމާލަށެވެ. އެއީ މީގެފަހުން އަހަރެންވެސް މަސައްކަތް ކުރަންޖެހޭތަނެވެ. ދެމީހުން ދެގޮނޑީގައި ހަމަޖެހިލީމެވެ.” މިތަން ވަރަށް ސަޅި އިނގޭ..ދެން ޒެރެން ހުންނާތީ އަދި މާ ކޫލް..ކޮޒް ޔޫއާ މައި އޮންލީ ފްރެންޑް ހިޔާ…ހިނގާ ކޮފީއަކަށް ދާން..ހެނދުނު ވެސް ނުކެވުން ރަނގަޅަކަށް.. ވުޑްޔޫ މައިންޑް؟” ވިޒާން ދިން ދައުވަތު ގަބޫލް ކުރަމުން އަހަރެން ވެސް ހިނގައިގަތީމެވެ.”އަރާ..!” ވިޒާންގެ ސައިކަލަށް އަރަން ނުކެރިފައި ހުއްޓައި ވިޒާން ގޮވާލިޔެވެ.ކިތަންމެ ލަދުން ހުއްޓަސް ވިޒާންގެ ކޮނޑުގައި ހިފާލަމުން ސައިކަލަށް އެރީމެވެ. ސައިކަލުގެ ފަހަތުގައި އިންއިރު އަހަރެންގެ ހިތް ބާރުބާރަށް ތެޅޭކަން ފާހަގަވިއެވެ. މިހެންވާންވީ ކީއްވެ ހެއްޔެވެ؟ ކޮލެޖުގައި އުޅުނު އިރުވެސް އެކިމީސް މީހުންގެ ސައިކަލު ފަހަތަށް އަރަމެވެ. ދުވަހަކުވެސް މިވަރަށް އަތްފައި ފިނިވެ މިގޮތްގޮތެއްނުވެއެވެ.

ސޯލްޓް ރެސްޓޯރެންޓް ދޮރުމަށްޗަށް ސައިކަލު މަޑުކޮށްލުމުން އަހަރެން ސައިކަލުން ފޭބީމެވެ. ވިޒާންވެސް ސައިކަލު ޕާކުކޮށްފައި އައުމުން  ދެމީހުން އެއްކޮށް އެތެރެއަށް ވަނީމެވެ. ކޮފީބޯން ތިބި އިރު އަހަރުމެން އެކި އެކި ވާހަކަ ދެއްކީމެވެ.ވިޒާން ކޮލެޖުގައި ކުރިމޮޅެތި ކަންތައްތަކެވެ. އަހަރެންގެ އުމުރާ އެހެނިހެން އެކި އެކި މައުލޫމާތު އޭނާއަށް އަހަރެންވެސް ދިނީމެވެ.ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެމެން ނުހަނު ގާތް ރަހުމަތްތެރިންނަށް ވިއެވެ. އެގޮތުން އެކި އެކި ވާހަކަ ދައަކަމުުން ގޮސް ކައިންއާ ރީ ގުޅުވުމަށް އަހަރެންކުރާ މަސައަކަތްވެސް ކިޔާލަދިނީމެވެ. އޭނާވެސް ހީހީ ފައި ތިއީ މޮޅުކަމެއްކަމަށް ބުންޔެވެ.

އެދުވަހުގެ ބައިކީބައި ދިޔައީ ވަރަށް ފުރިހަމަޔަށެވެ. ވިޒާން އާއެކު މަސައްކަތް ކުރުންވީ އަހަރެން އެންމެ ގަޔާވި އެއް ކަމަށެވެ.އެރޭ ނިދަނަ އޮތް އިރުވެސް ފެންނަނީ ވިޒާން ގެ ސޫރައެވެ. އޭނާ ހީލާ ގޮތެވެ. ހީލާ އިރު ދެކޮލަށް އެޅޭ އަޑިކޮޅެވެ. އެގޮތުގައި އޮވެ ނިދުނު އިރެއްވެސް ނޭންގެއެވެ.

ހޯމަދުވަހު އަށެއްޖެހީރު އަހަރެން ހުރީ ކެބިން ތެރޭގައެވެ. ވިޒާންގެ ސޫރަ ދެކިލުމަށް މިހިތްވަނީ ބޭގަރާރުވެފައެވެ. ނަމަވެސް އަހަރެންގެ ސުވާލަކީ އެދުވަސްތެރޭ މީހެއްދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ އެދުވަހުވެސް މަސައްކަތްކުރީ ނުލާހިކު ކުރާހިތުންނެވެ. ވިޒާން ފެންނަން ހުންނަ ކޮންމެތަނެއްގައި އަހަންނަތް މަސައްކަތްކުރެވިދާނެއެވެ. އެދުވަހަށް ފަހު ކޮންމެދުވަހަކުވެސް  އޮފީހަށް ދާހިތްވަނީއެވެ. ހަމައެކަނި ވިޒާންގެ މޫނުދެކިލުމަށެވެ. އެގޮތަށް އަންގާރަ އަދި ބުދަވެސް އެ ހަފްތާ އާ އަލްވަދާއު ކިޔެވެ.ހަތަރު ދުވަސް ފާއިތުވީއިރު ވިޒާން އާ އަހަރެން ވަނީ ނުހަނު ގާތް ރަހުމަތްތެރިންނަށް ވެފައެވެ. ވިޒާންގެ ކުދި ކުދި ގޯނާތަށް އަހަރެންގެ ހިތް ހަމަރަނގަޅަށްވެސް އަތުލައިފިއެވެ. ބުރާސްފަތި ދުވަހުގެ ފަތިހު ހޭލައިން ނަމާދުކޮށް މިއަދުގެ ހުރިހާކަމެއް ރަނގަޅަށް ދޭތޯ ދުޢާ ކޮށްލީމެވެ. އަދި މާދަމާ ކުރަން މިއުޅޭ މަސައްކަތުގައި ކާމިޔާބު ލެއްވުމަށްވެސް ދުޢާކުރީމެވެ. ވައިބާރ އިން އޮންލައިންވެލީ ކައިން އޮންލައިންގައި އިންތޯ ބަލާލުމަށެވެ. އެވަގުތު ނުކިޔާ އިން ދެ މެސެޖެއް ފެނުނެވެ. އެއް މެސެޖަކީ ކައިން ކޮށްފައިވާ މެސެޖެކެވެ. ދެންއިނީ ނުދަންނަ ނަންބަރަކުން ކޮށްފައިވާ މެސެޖެއްކަމުން އެންމެ ފުރަތަމަ ކައިންގެ މެސެޖު ހުޅުވާލީމެވެ.

“ހެއި..އަހަންނަށް ތީ ކާކުކަން އިނގިއްޖެ…..ހހެހެހެ..އަސްލު ކުރިންވެސް އިނގޭ. ދެން މާ ސިކްރެޓްކޮށް އުޅޭތީ  އަހަރެންވެސް ނޭންގޭ ކަމަށް ހެދީ..އައި އެމް އޯލްސޯ ވެއިޓިންގް ފޯ ތުމޯރޯ…އައި ލަވްޔޫ ޓޫ… 3> ” އެ މެސެޖު ކިޔާލުމަސް ފަހު އުފަލުން ފުމެންފެށީ ކައިންވެސް ރީ ދެކެ ލޯބިވާކަން އެނގުމުންނެވެ. ވައިފައި ކަނޑާލަން އުޅެނިކޮށް ނުދަންނަ ނަންބަރުން ކޮށްފައި އިން މެސެޖު މަތިން ހަނދާންވިއެވެ. އަވަސް ހަރަކާތާއެކު އެ ހުޅުވާލީ މެވެ. “ހެއި..ޒެރެން..އައި ވޯންޓެޑް ޓު ޓޯކްޓުޔޫ..އަހަރެން ބުނަންބޭނުން ވާހަކައެއް އެބައޮތް..ހިގާ ފްރައިޑޭ އެއްކަލަ ކަންތަކަށް ފަހު މީޓްކޮށްލަން….ބައިދަވޭ، މީ ކާކުކަން އެނގިއްޖެދޯ؟ހެހހެހެ….ތި ގޮތަށް ހީލީމަ ވަރަށް ލޯބި..އަވަހަށް އޮފީހަށް އަންނާތި…..”

މެސެޖު ކިޔަމުން ދިޔައިރު އަހަންނަށް ހެވުނު ކަމެއް އޭނާއަށް އިނގުނީ ކިހިނެއްބާވައެވެ؟ ބައްތިރީސްދަތް އަތަށްލައިގެން ހުރެ ރީތިވާން ދިޔައީ ވިޒާންގެ މެސެޖެއް ލިބުމުން ހިތަށް ވެރިވި ބަޔާންކުރަން ދަތި އުފާވެރިކަމުގެ ސަބަބުންނެވެ.އޮފީހަށް ދިޔައިރު ވިޒާން އުޅެނީ އޭނާއަށް ލިބިފައިވާ ފާއިތުވި އަހަރުތަކުގެ ގަނޑުތަކެއް ހިފައިގެން އެ ކިޔައެވެ.އަހަރެން ވަނުމާއެކު ލޯބި ގޮތަކަށް ހީލިއެވެ.

“ހެއި..މެސެޖް ލިބުންދޯ؟..އެ މެސެޖު ކީއިރު ހީލިގޮތް ވަރަށް ލޯބި..އަދި ތިލައިން ތިހުރި ރެޑް ޑްރެސް ވެސް ޒެރެންއާ ވަރަށް ގުޅޭ” އަހަރެން ލަދުގަތްވަރުން މުޅި މޫނު ރަތްވެގެން ދިޔަކަން އިނގުނީ ދެންވެސް ވިޒާން ބުނެލި އެއްޗަކުންނެވެ.”އާއްޗާ…ލަދުގަތީމަ ޔޫ ލުކް ސޯ ކިޓް..ހަމަ ހެދުން ކުލަ” މިހެން ބުންމަށް ފަހު ހީހީފައި މަސައްކަތް ކުރަން ފެށިއެވެ. އަހަރެންވެސް އެ އެކައުންޓް ގަނޑުތަކުގައި ހުރި އެއްޗެހި އޮޅުންފިލިވައިދިނީ އެއީ ކުރިން އަހަރެން މަސައްކަތް ކުރީ އެ ގަނޑުތައް ބަލަހައްޓާ ޑިޕާރޓްމަންޓް ގައި ކަމަށްވުމުންނެވެ. އެދުވަހު ދެމީހުންވެސް އުޅުނީ މުހަމު ބުރަކޮށެވެ. ހުރިހާ ގަނޑުތައް ތަރުތީބު ކުރުމަށެވެ.

ހަވީރުވީއިރުވެސް ވިޒާން ދާކަށް ނޫލުނެވެ. ފާއިތުވި ތިންއަހަރުގެ ގަނޑުތަށް ނަގައިގެން ވަރަށް ބުރަކޮށް މަސައްކަތަ ކުރަމުން ދިޔައީ ހޮނިހިރު ދުވަހު އޮފީހަށް ނާންނާށެވެ. އެހެންކަމުން އަހަރެންވެސް މަޑުކުރީއެވެ. ހައެއްޖެހިއިރު އިދާރާގައި މަސައްކަތްކުރާ ކުއްޖާ އަހަރެމެންނާ ތަޅުދަނޑި ހަވާލު ކުރުމަށް ފަހު ދިޔައެވެ. މިހާރު އޮފީހުގައި މިތިބީ ހަމައެކަނި އަހަންނާ ވިޒާންއެވެ. އަނދިރި ކަމުން ހުރިހާ ބޮކިތަކެއް ދިއްލައިގެން އަހަރުމެން ދިޔައީ އެންމެ ފަހު ގަނޑުތަށް ތަރުތީބުކުރަމުންނެވެ. ވަތްގަނޑު ތެރޭން ފެނުނު އުއްބައްތިއެއް ނަގައިން އަހަރެން އޭގައި ރޯ ކޮށްލީ އިންސްޓަގްރާމަށްލުމަށެވެ. ކުއްލިއަކަށް ކަރަންޓު ދިއުމާއެކު ހަޅޭއްލަވައި ގަތުމަށްފަހު އަހަރެން ދުއްވައިގަތްވަގުތު ގަނޑުތަށް ހިފައިގެންހުރި ވިޒާންގެ ގައިގާޖެހި ދެމީހުން އެކޮށްވެއްޓުނެވެ.

މުޅިތަން އަދިރި ވެފައިވީއިރު އަހަރެން އަދިވެސް އޮތީ ލޯމަރައިގެންނެވެ. ލަސްލަހުންލޯ ހުޅުވާ ބަލާލިއިރު އަހަރެން އޮތީ ވިޒާންގެ ގައިމަތީގައެވެ. އަހަރެން ކުޅެން ގެންގުޅުނު އުއްބައްތި ވެއްޓިފައި އޮތްއިރު އޭގެން ވިޒާންގެ މޫނަށް އަލިއެޅިފައިވަނީ ނުހަނު ހިތްގައިމުކޮށެވެ. ގަނޑުތަށް އެކިތަންތަނަށް ވިއްސައިގެން ގޮސްފައިވީއިރު ވަރަށް ‘ރޮމައިންޓިކް’އެވެ. ވިޒާންވެސް އަހަރެންގެ މޫނަށް ބަލަންއޮތްއިރު އަހަރެން އެ ލޮލުގެ ތެރެއަށް ގެނބެމުންދާ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.

ނުނިމޭ..

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shama shuaib

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ޑައިރީއިން ސޮފްހާތަކެއް

Next

Next
October 26, 2016

Previews
October 26, 2016

ޑައިރީއިން ސޮފްހާތަކެއް

19 Comments

  1. imagination says:
    October 26, 2016 at 11:03 pm

    sorry…ingey v bodah las vehjjekan..aslu mi part ga hurihaa ehcheh genasdhey huri…but test adhuives nunimey…tenth ga nimeni..ekam ves vaahaka kurukoh viyas genas dheyn beynun vaathi mi liyuni..in sha allah free time hoadhain friday ga story up ge last part liyaanan

    1. imagination says:
      October 26, 2016 at 11:05 pm

      genasdheyn huri*
      btw..hope u liked the story…aslu v hadikoh liyevifakan ves ingey…v bodah sorry

  2. leem says:
    October 27, 2016 at 12:01 am

    V reethi . . Waiting

    1. imagination says:
      October 27, 2016 at 12:20 am

      thank you leem <3 <3
      so good to see ur comment here…i loved kuhlhavahfaa..e story v reethi 🙂

  3. Munchkin ? says:
    October 27, 2016 at 12:20 am

    Loved this part vx ?
    Waiting w a i t i n g . . .
    Mifaharu thankolheh avas kohladhehchey
    Dhn vaane goeh balaa hithun keh madhuvefa ???

    1. imagination says:
      October 27, 2016 at 11:06 am

      thankxx @munchkin <3 <3 ….v ufaavey komme bayakah thikahala loabi comment eh kohlathi

  4. Inee says:
    October 27, 2016 at 6:20 am

    Mi part ves varsh hihgaim

    1. imagination says:
      October 27, 2016 at 11:07 am

      thank u <3

  5. Lovely girl says:
    October 27, 2016 at 10:11 am

    Hey lovely girl ge ves test nimeny 10 ga ey… story varah reethi hadieh nooney hama varah reethi.. ?

    1. imagination says:
      October 27, 2016 at 11:19 am

      thank you .. n good luck for ur exams <3

  6. Minmi says:
    October 27, 2016 at 11:00 am

    Hei lovely girl….thy school kuhjjeh tha…

  7. riffu says:
    October 27, 2016 at 11:24 am

    Dhn othy last part tha?
    V nice mi part ves ???

    1. imagination says:
      October 27, 2016 at 11:32 am

      yess.. thank u … <3

  8. annonymous says:
    October 27, 2016 at 2:53 pm

    wow..nice.

    1. imagination says:
      October 27, 2016 at 5:27 pm

      thank u @anonymous <3

  9. Shaaii says:
    October 27, 2016 at 8:25 pm

    very nice

    1. imagination says:
      October 29, 2016 at 12:38 pm

      thankx shaaii <3

  10. Saadhu says:
    October 27, 2016 at 8:26 pm

    Reethi

    1. imagination says:
      October 29, 2016 at 1:05 pm

      thanks <3

Comments are closed.

All Right Reserved!