Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލީމިންހޯ 2

Shine Level 6100 Stories10 Stories100 Comments100 Login
October 26, 2016 6 Mins Read
12 Comments

ލީމިންހޯ ފެނުނުކަމަށް ޓުއަގައިޑް ބުނި ސަރަހައްދަށް އަހަރެމެން ދިޔައީމެވެ. ޓުއާގައިޑް އަހަރެންނާއެކު ދާންވަރަށް ދެކޮޅުވެސް ހެދިއެވެ. މާދުރަށްދާންޖެހޭތީއެވެ. އެނޫނަސް އޭނައަކީ އިތުރު ވަޒީފާތަށް އަދާކުރާމީހެއްކަމަށް ބުނެ ބަހަނާވެސް ދެއްކިއެވެ. ނަމަވެސް ފަސްސަތޭކަ ޑޮލަރުދޭން ބުނުމުން ވަގުތުން އެއްބަސްވިއެވެ. ދަހިވެތި އަންހެނެކޭ ހިތަށް އެރިއެވެ. އަހަރެމެން ދިޔަ ސަރަހައްދަކީ ފަރުބަދަމަތީ ހިސާބެކެވެ. ޓުއަރިސްޓުންގެ މައިމަރުކަޒެކެވެ. ގޮނޑުދޮށް އޮންނަނީ ވަރަށްތިރީގައެވެ. ރާއްޖޭގައި އޮންނަފަދަ ރީތި ގޮނޑުދޮށެއް ނޯވެއެވެ. ނަމަވެސް ބައެއްދިމަދިމާލުގައި ދޮންވެލިއޮވެއެވެ. ރަށުގެ ވަށައިގެން ހިނގޭގޮތަށް އުސްމަގުން އަހަރެމެން ކުރިޔަށްދިޔައީމެވެ. އަހަރެން ކަހަލަ އެތައް ޓުއަރިސްޓުންނެއް ކަރުގައި ކެމެރާތައް އަޅުވައިގެން ޓުވަގައިޑުން ދައްކާ މަގުމަގުން ކުރިޔަށްދިޔައެވެ. އަހަރެމެން ހިނގާފައިދިޔަދިމާލު ތިރިން ގޮޑުދޮށް ވަރަށް ރީތިކޮށް ފެނެއެވެ. މީހުންތައް މޫދުގައި އުޅޭތީވެސް ފެނެއެވެ.

އެކިމަންޒަރުތައް ކެމެރާގައި ރައްކާކުރަމުން ކުރިޔަށް ދަނިކޮށް ،ގޮނޑުދޮށަށް ފޭބޭގޮތަށް ތިރިކޮށް އޮންނަމަގެއް ފެނުނެވެ. އަހަރެން ބޭނުންވީ ތިރިޔަށް ފައިބާށެވެ. ވަކިހިސާބަކަށް ތިޔަތަނާ ބަޔަކު ވާހަކަ ދައްކާއަޑުއިވިގެން އަހަރެން ތިރިބަލާލީމެވެ. އަހަރެމެންނަށް ފެނުނީ ތިރީގައި ފިލްމެއްގެ މަންޒަރެއް ނަގަނިކޮށްނެވެ. ފަންސާހަކަށް މީހުން އެތާ ހަރަކާތްތެރިވަމުން ދިޔައެވެ. އަހަރެން ދެލޯ އަވަސްކަމާއެކީ ހޯދަމުން ދިޔައީ ލީމިންހޯ ކޮބާތޯއެވެ. އަހަރެމެން ތިބި ދިމާލުން ތިރިން މޫދުގައި ކަނދެއްގެ މަތީގައި ސާރފްކުރަމުން އަންނަ ޒުވާނާފެނިފައި ހިތްތެޅިލިއެވެ. އެއީ ލީމިންހޯކަމުގައި އަހަރެންގެ ހިތްބުންޏެވެ. އެޒުވާނާގެ މޫނު ރަނގަޅަށް ބަލާލުމަށްޓަކައި އެދިމާލަށް އަހަރެން ދިޔައީމެވެ. ގުދަށް އޮވެގެން މޫދާދިމާއަށް ބަލަމުން ދަނިކޮށް ފައިކައްސާލިއެވެ. ފަރުބަދަގަނޑުމަތިން އަހަރެން ވެއްޓެން ދިޔަ ވަގުތު ބާރުހަޅޭކަކާއެކު ޓުވަގައިޑްއާ ދިމާއަށް އަތްދިއްކޮށްލީމެވެ. ނަސީބުދެރަކަމުން އޭނާއަށް ހިފުނީ ހަމައެކަނި އަހަރެންގެ ދަބަހުގައެވެ. އަހަރެން ވެއްޓުނީއެވެ. އަހަރެންނަށް އިހުސާސް ކުރެވުނީ މިއީ އަހަރެންގެ އެންމެ ފަހު ވަގުތު ކޮޅުކަމުގައެވެ. އަހަރެން ވެއްޓި ލޮލުގަނޑުގައި ޖެހުމާއެކު ބޮލަށް އެނބުރުން އަރާ ހެޔަށް ގޮތްވިއެވެ.

އަހަރެން ހޭއެރިއިރު އޮތީގޮނޑުދޮށުގައެވެ. މީހަކު އަހަރެންގެ ބަނޑަށް ފިތަމުން ދިޔައެވެ. އަހަރެންނަށް ލޯހުޅުވާލެވުނީ އެމީހަކު އަހަރެންގެ މޫނާދިމާއަށް ގުދުވެގެން އޮއްވައެވެ. ހީވާގޮތުން އޭނާއުޅުނީ އަހަރެންނަށް އަނގައިން އަނގައަށް އޮކްސީޖަން ދޭށެވެ. އަހަރެން ހީވީ އެއީ ލީމިންހޯކަމުގައެވެ. ނަމަވެސް ރަނގަޅަށް ބަލާލިއިރު އެއީ އެހެންމީހެކެވެ. އަހަރެން އަވަސް އަވަހަށް އެމީހާ ކޮށްޕާލާފައި ތެދުވެ އިށީނީމެވެ. ވަށައިގެން ލޯހިންގާލިއިރު އެތަނުގައި ތިބިހައި ބައެއްގެ ލޯވަނީ އަހަރެންނަށް އަމާޒުވެފައެވެ. މާނޭވާލަމުންވެސް އެކިމީހުންގެ މޫނަށް ވަކިވަކީން ބަލަމުން އަހަރެން ހޯދަމުންދިޔައީ ލީމިންހޯ ކޮބާތޯއެވެ. ލީމިންހޯއާ ވައްތަރުމީހެއްވެސް އަހަރެންނަކަށް އެތަނަކުން ނުފެނުނެވެ. ރާޅާއަޅަން އުޅުނު ޒުވާނާވެސް ހައިރާންވެފައި އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. އެމީހުން އެމީހުންގެ ބަހުރުވައިން އެކަކު އަނެކަކާ ސުވާލުކުރަމުން ދިޔައެވެ. އަހަރެން ވެއްޓުނުދިމާ މައްޗަށް އިޝާރާތްކޮށް ކޮށްފައި ވާހަކަ ދައްކަމުން ދިޔައެވެ. ތަންކޮޅެއް އުމުރުން ދުވަސްވީ ފިރިހެނަކު އަހަރެންގެ ގާތަށް ޖެހިލާފައި ކޮރެއާބަހުން ކާކުތޯއާއި މިތާކީއްކުރަނީތޯ އަހާލިއެވެ. އަހަރެން އިނގިރޭސިން ޖަވާބުދިނީމެވެ. ނަމަވެސް އޭނާއަކަށް ދޭހައެއްނުވިއެވެ.

އަހަރެން ވަށައިގެން ހޯދާލިއިރު ޓުއާގައިޑް ތެޅެމުން ފޮޅެމުން އަހަރެންގެ ދަބަސް ހިފައިގެން އާދެއެވެ. އޭނާއައުމާއެކީ އެއްކަލަ ފިރިހެންމީހާ ވަރަށް ހަރުކަށިކޮށް އޭނާއާ ސުވާލުކުރިއެވެ. އޭނާ ކަންތައްވީގޮތް ކިޔާދިނުމުން ވަރަށް ރުޅިއައިސް ގެން އެމީހާ ހަޅޭޢްފަޅޭއް ޖަހައިގަތެވެ. އެމީހުންގެ ޝޫޓިން މެދުކަނޑާލަން ޖެހުމުންނެވެ. އެނގުނުގޮތުގައި އެއީ އިޝްތިހާރެއް ކުޅެން އުޅުނު ބައެކެވެ. އޭނާ ބިރުންހުރެ މާފަށް އެދުނެވެ. އަހަރެންގެ ރުޅިގަދަވިއެވެ. އެމުސްކުޅި ބޭގަނޑު ހީކުރަނީ މިއީ އޭނާގެ ތަނެއް ކަމަށް ހެއްޔެވެ؟ އަހަރެން އައި ރުޅީގައި އިނގިރޭސިބަހުން ފުކަކަށް ވާންދެން އޭނާއަށް ބަވާލީމެވެ. އޭނާ އާގަމަވެފައި ހުރީއެވެ. ރައްދުދޭންވެސް އެނގޭނީ އެއްޗެއް ވިސްނޭނަމަތާއެވެ. އަހަރެން ވާހަކަ ދެއްކިވަރަކަށް ދުރުގައިހުރި ޒުވާނާ ހެމުންދިޔައެވެ. އޭނާއަށް އަހަރެން ކީއެއްޗެހި އެނގޭތީއެވެ. ހިތްފުރޭވަރަށް އެއްޗެހި ކިޔުމުން އަހަރެން ދާން ހިނގައިގަތީމެވެ. އަހަރެން ދަމުންދަމުން ފަސްއެނބުރި އެޒުވާނާއަށް ބަލާލުމުން އެއްލޯމަރާލައި ލާނެއް ފާޑަކަށް ހޭންފެށިއެވެ. އަހަރެން ލޯއަޅާލާފައި ޓުއާގައިޑް އަތުން ދަބަސް ޖަހައިގަނެގެން ކުރިއަށްވުރެވެސް ބާރަށްދާން ހިނގައިގަތީމެވެ. ފަހުން އޭނާވެސް ހުރީ ބިރުގެންފައެވެ. އަހަރެން މިހާބޮޑަށް ރުޅިއައީ އެއްހާސް ޑޮލަރުބޭކާރުވެ، އަހަރެންނަށް ލިބުނު ލަނޑުންނެވެ. އަހަރެމެން ހިނގަމުން އައި މަގުން ދިމާވިހައި ބަޔަކު އަހަރެންނާ ދިމާއަށް ބަލަމުންދިޔައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ނުލާހިކު ރަގަޅަށް ނަލަހެދިގެން ގޮސް މޫދަށް ފުންމާލާ ތެމިގެން އައީމާ ނުބަލާނީވެސް ކާކުހެއްޔެވެ؟

” ދެންމެ އެފެނުނީ ލީމިންހޯއެއްނޫންތަ؟” ބާރުބާރަށް ގޮސްގޮސް ހުއްޓައި ޓުވަގައިޑް ކޮށްލިސުވާލުން އަހަރެންނަށް ހުއްޓެވުނެވެ. މިއީ އަނެއްކާ ކޮންތާކު ގަމާރެއްބާއޭ ހިތަށް އެރިއެވެ. ވަރަށް ފޮނިވެލާފައި ލީމިންގް ހޯ އެނގެޔޭ ބުންޏެވެ. މަށަށް ވުރެވެސް މީނަ ކޮރެޔާއަށް އަލޭ މަހިތަށް އެރިއެވެ. އަހަރެން ޖަވާބުވެސް ނުދީ ކުއްލިއެއް ޖަހާފައި އަނެއްކާވެސް ހިނގައިގަތީމެވެ. ތެތްކޮށްހުރީމައި ޓެކްސީއަކަށްވެސް އެރޭކަށް ނެތެވެ. ހިނގާ ހިނގާ އަހަރެންހުރީ ވަރުބަލިވެފައެވެ. ވަރުބަލިފިލުވާލަން މަގުގެ އެއްފަރާތުގައި މަޑުކޮށްލީމެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ ދިމާކުރިމަތީހުރި ލީމިންހޯއެވެ. ނޫނެކެވެ. އެއީ ލީމިންހޯގެ ޕޯސްޓަރެކެވެ. އަހަރެން ދުވެފައިގޮސް ޕޯސްޓަރު ކައިރިއަށް ހުއްޓުނީމެވެ. އަހަރެންގެ އިސްކޮޅަށްވުރެވެސް އެޕޯސްޓަރު ބޮޑެވެ. އެޕޯސްޓަރ ޓުވަގައިޑަށް ދައްކާލުމަށްފަހު އެއީ ލީމިންހޯ ކަމުގައި އަހަރެން ބުނީމެވެ. ޓުވަގައިޑް ހުރީ ފާޑަކަށް ރަކިވެފައެވެ. އަހަރެން ގޮތްގޮތަށް އަރިވެއޮވެގެން ލީމިންހޯގެ ޕޯސްޓަރާއެކު ފޮޓޯނެގީމެވެ. އެޕޯސްޓަރު ފެނުމުންވެސް ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

އެރޭނިދަން އޮށޯވެފައި ލީމިންހޯގެ ޕޭޖްބަލާލުމުން އެނގުނީ ޝޫޓިން ނިމިގެން ލީމިންހޯ އެނބުރި ސެއޯލްއަށް ދިޔަކަމެވެ. ވީފޫހިން ޖެހިގެން އައިދުވަހު ޓުވަގައިޑަށްވެސް އަންގާލުމެއްނެތި އަހަރެން ފުރައިގެން އެނބުރި ސެއޯލްއަށް އައީމެވެ. އަތުންދިޔަ ޚަރަދާއި ބޭކާރުވި ވަގުތުގެ ސަބަބުން ކިތަންމެހައިވެސް ދެރަވިއެވެ. ނަމަވެސް ހިތްވަރުދެރައެއް ނުކުރަމެވެ. އަދިވެސް ލީމިންހޯ ހޯދުމުގެ އުއްމީދުގައި ހިތްހަމަ ޖައްސާލީމެވެ. ހޮޓެލްގެ ރިސެޕްޝަނަށް ގޮސް ތަޅުދަނޑިހިފައިގެން މައްޗަށް ދިޔައިރު އަހަރެންހުރީ ވަރަށް ލޮޑުވެފައެވެ. ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީމެވެ. ދެލޯމަރައިގެން އޮއްވައި ފާޚާނާތެރޭން ފެންފައިބާ އަޑުއިވެން ފެށިއެވެ. ފާޚާނާ ކައިރިއަށް ޖެހިލިއިރު ޝަވަރ ދޫކޮށްފައި ހުރިކަން ޔަޤީންވިއެވެ. މަޑުމަޑުން ފާޚާނާ ދޮރުހުޅުވާލުމާއެކު ބިރުންގޮސް މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ފެންމާގަނޑުދޮށުގައި ބަރަހަނާކޮށްހުރި ފިރިހެނަކު ފުރަގަސްދީގެން ފެންވަރަށް ހުއްޓެވެ. ގަތްބިރުން ބޭއިޚުތިޔާރުގައި އަހަރެންނަށް ހަޅޭޢްލަވައިގަނެވިއްޖެއެވެ. އެއާއެކު އެމީހާވެސް ސިހިފައި ދޮރާދިމާއަށް އެނބުރުނެވެ. އެމީހާހުރިގޮތުން ބަލަން ނުކެރިގެން މޫނުގައި އަތްއަޅާފައި ހަޅޭއްލަވަމުން ކޮޓަރިން ބޭރަށް އަހަރެން ދުއްވައިގަތީމެވެ. އެތައްތަނަކަށް ދުވެފައި އަހަރެން ހުއްޓުނީ އެމީހާ ފަހަތުން ނާންނަކަން ޔަގީންވުމުންނެވެ. އަހަރެން ދުވެފައި ގޮސް ލިފްޓަށް އެރީމެވެ. ރިޝެޕްޝަނަށް ގޮސް އެވާހަކަ ބުނުމުން ފިރިހެނަކު އަހަރެންނާ އެކީ ރޫމާ ހަމައަށް އައެވެ. އޭނާ އަހަރެންގެ ކޮޓަރިތަޅުގައި ހިފިއިރުހުރީ ތަޅުލާފައެވެ. ނަމަވެސް އަހަރެންދިޔައީ ކޮޓަރިތަޅުލާފައެއް ނޫނެވެ.

” ވެއާ އިޒް ދަ ކީ؟” އޭނާ އެހެން އަހާލުމުން އަހަރެން އަވަސް އަވަހަށް އަތުގައި އޮތް ތަޅުދަނޑި އޭނާއަތަށް ދިނީމެވެ. އޭނާ ކޮޓަރިހުޅުވާފައި އެތެރެއަށް ވަނެވެ. އަހަރެންވެސް ބިރުންހުރެ މަޑުމަޑުން އޭނާގެ ފަހަތުންވަނީމެވެ. ކޮޓަރީގެބޮކިތައްވެސް މިހާރުހުރީ ނިވާލާފައެވެ. އެމީހާ ބޮކިދިއްލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. މުޅިކޮޓަރި ހޯދިއިރުވެސް އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ފާޚާނާގައިވެސް މީހަކުނެތެވެ.

” ނޯވަން އިޒް ހިއަ” އަހަރެންނާ އެކީގައި އައިމީހާ ވަރަށް ޔަޤީންކަމާއެކު ބުންޏެވެ. ނަމަވެސް އެއީ ހީވިގޮތެއް ނޫންކަން އަހަރެންނަށް ޔަޤީންވިއެވެ. ހަމަގައިމުވެސް ފާޚާނާގައި މީހަކު ހުއްޓެވެ. އެކުގައި އައިމީހާ ދިއުމުން ބިރުންހުރެ ގޮސް އަނެއްކާވެސް ފާޚާނާ ޗެކުކުރީމެވެ. ނަމަވެސް މީހާކުނެތެވެ. އެކަމަކު އެވީ ކިހިނެއް ހެއްޔެވެ؟ އަހަރެން ތަޅުދަނޑި ލުމަށްޓަކައި އަތްދަބަސް ހޯދާލުމާއެކީ ހައިރާންވީ އެނދުމަތީ ބޭއްވި އަތްދަބަސް ފެންނަން ނެތުމުންނެވެ. ވަށައިގެން ހޯދާލިއިރު އަހަރެންގެ ހުރިހާ ސާމާނެއް އަޅައިގެން އުޅޭ ބޮޑު ދަބަހެއްވެސް ފެންނާކަށް ނެތެވެ. މާތްކަލާނކޯއެވެ. އަނެއްކާ އެވަގުކަލޭގެ އަހަރެންގެ ހުރިހާ ސާމާނުތައް ހިފައިގެން ފިލީހެއްޔެވެ؟ އެކަމަކު އެހާކުޑަވަގުތު ކޮޅަކެއްގެ ތެރޭގައި އެހުރިހާ އެއްޗެއް ހިފައިގެން ފިލައިގެން ދާނީ ކިހިނެއް ހެއްޔެވެ؟ ހާސްވެގެން ހަދާނެގޮތެއް ނޭނގި ބޮލުގައި އަތްއަޅައިގެން އެނދުމަތީގައި އިންދައި މީހަކު ދޮރުގައި ޓަކިދިންއަޑު އިވުނެވެ. އަހަރެންނަށް ސިހިފައި ދޮރާދިމާ ބަލާލެވުނެވެ. އަދި އަވަސްއަވަހަށް ތެދުވެގެން ގޮސް ދޮރުހުޅުވީމެވެ.

” އިޒް ދިސް ޔުއާސް؟” ދޮރުމަތީގައިހުރި މީހަކު އަހަރެންގެ ދަބަސް ދިއްކޮށްލަމުން އަހާލިއެވެ. އެމީހާގެ މޫނަށް ބަލަން ޖަވާބެއްވެސް ނުދެވި އަހަރެންނަށް ހުރެވުނީ ހައިރާންވިވަރުންނެވެ. އެއީ ދެވަނަ މީހެއްނޫނެވެ. ދުވަސްކޮޅެއްކުރިން މަގުމަތިން އަހަރެންގެ ގައިގާ ލައިގަތް ޒުވާނާއެވެ. އެބޮޑާ ކިބުރުވެރި އިންސާނާއެވެ.

” ޔޫ؟” ހައިރާންވެފައި އަހަރެންނަށް އަހާލެވުނެވެ.

” ވަޓް؟” އެމީހާ ހައިރާންވެފައި އަހާލިއިރު އަހަރެން ދުވަހަކުވެސް ނުދެކޭ ކަހަލައެވެ.

” ޔޫ..ތީފް…ހައުޑޭ ޔޫ ޓުކަމް ޓު މައިރޫމް އެންޑް ޓޭކްމައިތިންގްސް؟؟” އަހަރެން ދަބަސް އޭނަގެ އަތުން ޖަހައިގަންނަމުން ރުޅިއައިސްފައި ހަޅޭއްލަވައިގަތީމެވެ.

“އެކްސް ކިއުޒްމީ….އައި އެމް ނޮޓްދަންވަން ހޫ ޕުޓް ޔުއަ ތިންގްސް އިން މައި ރޫމް….ޔޫ އާދަވަން ހޫ އެންޓަރޑް އިންޓު މައި ރޫމް…ވިތައުޓް ޕާރމިޝަން” ހަރުކަށިކަމާއެކު އޭނާ ބުނެލި ޖުމްލައިން އަހަރެންނަށް އަނގަހުޅުވުނެވެ. ވީގޮތް ވިސްނުނީވެސް ދެނެވެ.

” ބަޓް…އައި އޯޕަންޑް އިޓް ވިތް މައިކީ!” އަހަރެން ހައިރާންވެފައި ތަޅުދަނޑު ދައްކާލަމުން ބުނެލީމެވެ.

” ދަ ޑޯ ވޯޒް އޯލްރެޑީ އޯޕަންޑް…..އައި ފޮގޮޓް ޓު ލޮކް ދަ ޑޯ” އޭނާވެސް ތަންކޮޅެއް މަޑުން ބުންޏެވެ.

އޭނާ ހަނދާންނެތި ތަޅުނުލާ ހުއްޓައި، އަހަރެން ބަލާނުލައި އައިސް އަހަރެންގެ ކޮޓަރިކަމަށް ހީކޮށް ތަޅުދަނޑިޖެހުނީއެވެ. އަހަރެން ދަޅުދަނޑި އަނބުރާވެސް ނުލާ އަތްގަނޑު އަބުރާލެވުމުން ދޮރުހުޅުވުނީއެވެ. ވަރުބަލިވެފައިވާ ވަރުން އެވަރު އަހަރެންނަށް ކުރިން ނުވިސްނުނީއެވެ. ވީގޮތް އެނގުމުން އަހަރެން ލަދުގަތެވެ. އަދި އޭނާގެ ކިބައިން މާފަށްވެސް އެދުނީމެވެ. އޭނާ ފާޑަކަށް ބަލަންހުރެފައި އަނގައިންވެސް ނުބުނެ ދިޔައީއެވެ. އަހަރެންނަށް އޭނާދިޔުމުން ހެވުނެވެ. ބޮޑުފިރިހެނަކު ކޮޓަރި ތަޅުނުލާ ފެންވަރަން ހުރުމުންނެވެ. އަހަރެންނަށް ފެނުނުކަން ޔަޤީންވުމުން އޭނާހުރީ ފާޑަކަށް ރަކިވެސް ވެފައެވެ. ދަބަސްހިފައިގެން ކޮޓަރިއަށް ވަތްފަހުން އަހަރެންނަށް އެނގުނީ އަހަރެންގެ އަތްދަބަސް އަދިވީ އެކޮޓަރީގައި ކަމެވެ. އަހަރެން ވަރަށް ޖެހިލުންވެހުރެ ގޮސް އެކޮޓަރިދޮރުގައި ޓަކިދިނީމެވެ. ކުއްލިއަކަށް އޭނާ ދޮރުހުޅުވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން އެއްޗެއް ބުނަންވާއިރަށް އޭނާގެ އަތުގައި އޮތް އަހަރެންގެ ދަބަސް އަހަރެންނާ ދިމާއަށް ހޫރާލުމަށްފަހު ދޮރުޖެހިއެވެ. ވަރެއްގެ ފިރިހެނެއްތާއޭ ހިތަށްއެރިއެވެ.

އެދުވަހަށްފަހު އަހަރެންނަށް އެޒުވާނާއެއް ނުފެނެއެވެ. އޭނާ ހޯދާކަށްވެސް އަހަރެން ނޫޅެމެވެ. އަނެއްކާވެސް ލީމިންހޯ ހޯދުމުގެ މަސައްކަތް އަހަރެން ފެށީމެވެ. ސެއޯލްގެ ކޮންމެވެސް ހިސާބެއްގައި ލީމިންހޯ އުޅޭނެތާއެވެ. އެހެންކަމުން އަދިވެސް އުއްމީދުކަނޑައެއް ނުލަމެވެ. އަހަރެން އުޅުނު ހޮޓާދޫކޮށް ލަގްޒަރީ ފައިވްސްޓާ ހޮޓަލަކަށް ބަދަލުވީމެވެ. ހަމަ އެންމެ އުއްމީދެއްގައެވެ. ސީރީޒެއް ކުޅެންވެސް އެއިން ހޮޓަލަކަށް ލީމިންހޯ އަތުވެދާނެ ކަމުގެ އުއްމީދުގައެވެ. އިރުއަރާ އިރުއޮއްސެނީ ލީމިންހޯގެ ޚިޔާލުގައި އޮއްވައެވެ. ދުވާލަކު އެތައް ފަހަރަކު ފޭސްބުކަށްވަދެ ލީމިންހޯގެ އާޚަބަރެއް އޮތްތޯ ޗެކްކޮށްލަމެވެ. ހަވީރުގަޑީގައި ހޮޓަލުން ބޭރަށް ނުކުމެ ކައިރި ހިސާބުގައި ހިނގާހަދަމެވެ. މަގުމަތިންވެސް ލީމިންހޯ ފެނޭތޯއެވެ.  ބަސްބަހަށް އަހަރައިގެން ނުފައިބާ އިނދެ އެތައްތާކަށް ދަތުރުކުރަމެވެ. މަޑުމަޑުން އަތްމަތިވެސް ހުސްވަމުންދެކެވެ. ހަފްތާއެއްހައި ދުވަސްވީއިރުވެސް ލީމިންހޯގެ ޚަބަރެއް ނުވިއެވެ. އެގޮތަށް އެއްހޮޓެލުން އަނެއްހޮޓަލަށް ބަދަލުވަމުން ގޮސް މިހާރު މިހުރީ އަށްވަނަ ހޮޓެލްގައެވެ. އަހަރެން ގެނައި ކާނާގެ ބާވަތްތައް ހުސްވެ، މޭވާއާއި ތަރުކާރީ ކާތާވެސް ދުވަސްތަކެއް ވެއްޖެއެވެ. މިހާރުމީހާ ކުރިއަށްވުރެ ހިކިވެ ދޮންވެސް ވެއްޖެއެވެ. ހަންގަނޑުއޮމާންވެ ރީތިވިހެންވެސް ހީވިއެވެ. ނަމަވެސް އަހަރެން އެންމެދެރަވީ އެއްވެސް ވަރަކަށް މަސްކާން ނުލިބުމުންނެވެ. ކިތަންމެ ކާހިތްވިޔަސް މިމީހުން ކައިއުޅޭޒާތަށް ކާނީ ކިހިނެއް ހެއްޔެވެ؟

އެއްރެއެއްގެ މެންދަމު ވަގުތެވެ. ކޮޓަރިތެރޭގައި އޮވެފޫހިވެގެން ނިދިނައިސްގެން އަހަރެން ބެލްކަންޏަށް ނުކުތީމެވެ. މަގުމަތިން މީހުން ފެންނަލެއް މަދެވެ. ނަމަވެސް އަހަރެންހުރި ހޮޓަލާއި އިންވެގެން އޮތް ހުސްބިމުގައި މީހުންތައް ހެލިފެލިވެއުޅެއެވެ. ތަފާތުކުލަ ކުލައިގެ ބޮކިތައް ނިވިދިއްލޭތީވެސް ފެނެއެވެ. ބޮޑެތި ލައިޓްތައް އަޅުވައިގެން ކެމެރާތައް ހިފައިގެން އުޅެއެވެ. ބައިވަރުމީހުންތައް ކޮޅުކޮޅު މައްޗަށް ހިނގާތީފެނެއެވެ. އެމީހުންގެ ހަރަކާތްހުރިގޮތުން އެމީހުން އެއުޅެނީ ޝޫޓިންއެއްގައިކަން ޔަޤީންވިއެވެ. އަހަރެންގެ ހިތް އަވަސްވިއެވެ. އެތާނގައި ލީމިންހޯ ހުރެދާނެއޭ ހިތްބުނަނީއެވެ. އަހަރެން ކޮޓަރިއަށްވަދެ ނިދާހެދުންމަތިން ކޯޓެއްލައިގެން ބޮލުގައި ޝޯލްއޮޅާލައިގެން ތިރިޔަށް ފޭބީމެވެ. ރިޝެޕްޝަނުގައި ތިބިކުދިން ހައިރާންކާއެކު ބަލާލީ އެދަންވަރު ބޭރަށްދާތީއެވެ. މަޑުމަޑުން ހޮޓަލުން ނުކުމެގެން ގޮސް އެތާއެތެރެއަށް ވަދެވުމާއެކު އަހަރެން ހައިރާންވިއެވެ.

ކުލަކުލައިގެ ރީތިހެދުންތައް ލައިގެން “ޑްރިންކް” ތަށިތައް ހިފައިގެން ބައިބަޔަށް މީހުންތައް ހީހީފައި ވާހަކަދައްކައެވެ. ވޭޓަރުންތައްވެސް ތަބައްތައް އަތްމައްޗަށް ލައިގެން އެމީހުންގެ ޚިދުމަތުގައި އަވަދިނެތިއުޅެއެވެ. މަޑުމަޑު މިއުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ. އިރުއިރުކޮޅާ ފްލޭޝް ކެނޑޭތީ ފެނުމުން ބަޔަކު ފޮޓޯނަގަނީކަން އެނގެއެވެ. ޝޫޓިންއެއްކަމަށް ހީކޮށް އަހަރެންނަށް މިވަދެވުނީ ޕާޓީއެއްގެ ތެރެއަށެވެ. ނަސީބަކުން  އެއިން އެކަކަށްވެސް އަހަރެން އެތަނަށް ވަތްކަމެއް ނޭނގެއެވެ. އެމީހުނަށް ފެނުމުގެ ކުރިން އަހަރެން އެތަނުން ނުކުތުމަށް ހިނގައިގަތީމެވެ.

މަޑުމަޑުން  އަހަރެން ނުކުމެ ނުކުމެ ހުއްޓައި  ވިނަގަނޑުތެރެއިން އެއްޗެއް ދުއްވައިގެންހެން ހީވިއެވެ. ހަރުފައެކޭ ހިތައި ގަތްބިރުން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަންފައި އެނބުރި މީހުންތަކާ ދިމާއަށް ދުއްވައިގަތީމެވެ. އެހަމަހިމޭން ވަގުތުގައި އަހަރެންގެ އަޑުފަޒާގެ ތެރޭގައި ގުގުމައިގަތެވެ. އެންމެން ސިހިފައި އަހަރެންނާ ދިމާއަށް ބަލާލިއެވެ. އަހަރެންނަށް ހަމަހޭވެރިކަން ވެގެން ބަލާލެވުނުއިރު ހުރީ އެންމެންގެ މެދަށް ވަދެވިފައެވެ. ހައިރާންވެފައި ސުވާލުގެ ނަޒަރަކުން އެންމެން ބަލަން ފެށުމުން އަހަރެން ޖެހިލުންވިއެވެ. ބިރެއްފެނިގެން ބަލާހެން އަހަރެންގެ މޫނަށް ބަލަންތިބިއިރު، ހީވަނީ އެމީހުންނަށް ޖިންނިއެއް ފެނުނުހެންނެވެ.  އެތަނުން ހަރުކުލައިގެ މީހަކު އަހަރެންގާތަށް ޖެހިލާފައި ކޮރެއާބަހުން ފަތިވަރެއް އަމުނާލިއެވެ. ސަބްޓައިޓަލް ނެތުމުން އޭނާ ކީއެއްޗެއް އަހަރެންނަށް މާރަނގަޅަކަށް ދޭހައެއް ނުވިއެވެ.  ބޮޑުއަކުރުން އެއްޗެއް ލިޔެފައި އޮތް ބޯޑެއްވެސް އަހަރެންނަށް ދެއްކިއެވެ. ނަމަވެސް ކޮރެއާބަހުން ކޮންމެ އެއްޗެއް ލިޔެފައި ހުއްޓަސް އަހަރެންނަށް ކިޔަން އެނގޭނެ ހެއްޔެވެ؟ އަހަރެން ވަށައިގެން ތިބިމީހުންގެ މޫނަށްބަލާލިއިރު އެތާނގައި ދަންނަ އެއްވެސް މޫނެއް ނެތެވެ. ނޫނެކެވެ. އެއްކަލަ ހޮޓެލްތެރެއިން ފެނުނު ޒުވާނާ ހުއްޓެވެ. އޭނާ އަހަރެންނާ ދިމާބަލަންހުރީ އަދި އެހެންމީހުނަށްވުރެވެސް ބޮޑަށް ހައިރާންވެ ދެބުމަ ގޮށްޖަހައިގެންނެވެ. ހީވަނީ ދުވަހުކެ ދެކެން ބޭނުން ނުވާމީހެއްގެ މޫނު ފެނުނުހެންނެވެ. އަހަރެން އޭނައާ ދިމާބަލަން ފެށުމުން އޭނާ އަވަސް އަވަހަށް ދުރަށް ހިނގައިގަތެވެ. އަހަރެންނަށް އެމީހުނަށް ދޭނެޖަވާބެއް ނޭނގި ހަދާނެ ގޮތް ހުސްވުމުން ދެފައިކުރިއަށް ބާރުލާފައި އަޅާއިތިކޮށް ދުއްވައިގަތީމެވެ. އިސާހިތަކު އަހަރެންހުރީ ހޮޓެލް ދޮރުމަތީގައެވެ.

އެރޭނިދަން އޮވެގެން އަހަރެން ވަރަށް ވިސްނީމެވެ. ދެން އަހަރެން ހަދަންވީ ގޮތަކާމެދުގައެވެ. މިހާރު އަތުގައި މާގިނަ ޑޮލަރެއްވެސް ނެތެވެ. ދެން ހޮޓާތައް ހިފައިގެން އުޅެވޭކަށްނެތެވެ. ލީމިންހޯ ފެނޭތޯ ކިހާ މަސައްކަތެއްވެސް ކުރެވިއްޖެ ހެއްޔެވެ؟ ފޭސްބުކު ޕޭޖަށްވެސް ސަތޭކައިން މެސެޖް ކުރެވިއްޖެއެވެ. އަމިއްލަ ވަޒަންދޫކޮށް ލީމިންހޯ ހޯދަން އައިސް ކޮރެއާގައިހުރި ވާހަކަ ކިތަންމެ ފަހަރަކަށް ބުނެވިއްޖެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. އެތައް އާދޭހެއް ކުރުމުންވެސް ވީކަމެއްނެތެވެ. ވާނީވެސް އެހެންނެވެ. އަހަރެންފަދަ ކިތަންމެ މޮޔައިންނެއް ލީމިންހޯގެ ލޯބީގައި ދީވާނާވެފައި ތިބޭނެއެވެ. ވީއިރު އެކަހަލަ ކިތައް މެސެޖު ދުވާލެއްގެ މައްޗަށް އޭނާއަށް ލިބޭނެ ހެއްޔެވެ؟ ނަމަވެސް އަހަރެން މިކުރާ ހިތްވަރު ކުރި އެހެން އަންހެން ކުއްޖަކު އުޅެދާނެއޭ އަހަރެންގެ ހިތެއް ނުބުނެއެވެ.

ހޮޓެލް ޕެރެޑައިސްގައި އަހަރެން ހޭދަކުރި އެންމެ ފަހުދުވަހެކެވެ. ކެމެރާހިފައިގެން އަހަރެން ބޭރަށް ނުކުތީ ކޮރެއާގެ ބައެއް ހަނދާންތައް އޭގައި ރައްކާކުރުމަށެވެ.  އެކިތަންތަން ފޮޓޯނަގަމުން އަހަރެން ދިޔައީމެވެ. ބޮޑު ޝޮޕިންގް މޯލްއެއްގެ ކައިރިންދަނިކޮށް މާއަޑުގަދަ ވާހެން ހީވެގެން އަހަރެން ބަލާލީމެވެ. މީހުންތައް ޝޮޕިންމޯލްތެރެއަށްވަދެ  ތޮށްޖެހެމުން ފުރެމުންދާތަންފެނިފައި މިވާގޮތެއް ބަލާލަން އަހަރެންގެ ހިތްވެސް އެދުނެވެ. މަޑުމަޑުން މީހުންގަނޑު ތެރެއިން ޝޮޕްތެރެއަށް އަހަރެން ދެމިގަތީމެވެ. އެތާއެތެރޭގައި އަހަރެންތާށިވެގެން ނޭވާހާސްވާން ފެށިއެވެ. ވަރަށް ހިތްވަރުކޮށްފައި ހުސްދިމާއަކަށް ދެވޭތޯބެލީމެވެ. ނަސީބަކުން އަހަރެންނަށް އެންމެންގެ މެދަށް ވަދެވިއްޖެއެވެ. އެންމެންގެ މެދުގައި ހުއްޓިލައިގެން އޮޓޮގުރާފް ލިޔެދޭންހުރި ޒުވާނާއަށް އަހަރެން ބަލާލީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

އެފިނިމެންދަން 8

Next

ވާލޯބި އެނގޭނަމަ… 4

Next
October 26, 2016

ވާލޯބި އެނގޭނަމަ… 4

Previews
October 26, 2016

އެފިނިމެންދަން 8

12 Comments!

  1. haazi says:
    October 26, 2016 at 3:02 pm

    haha..v maja..nd vvvvv reethi mivahaka

  2. Anonymous says:
    October 26, 2016 at 3:29 pm

    Ffftuhgdsfjitrd

  3. ummu saif says:
    October 26, 2016 at 3:31 pm

    V.reethi

  4. Inee says:
    October 26, 2016 at 3:34 pm

    Varah varah reethi vahakaeh

  5. Ba says:
    October 26, 2016 at 4:21 pm

    Hehe v majaa alhe avahah up kohdhyba pls 🙁

  6. Ellie says:
    October 26, 2016 at 5:37 pm

    Gu jun pyo ? Awesome story! ?

  7. Sun says:
    October 26, 2016 at 7:31 pm

    What Wil happen next
    Can anyone pls tell me

  8. Thaany says:
    October 26, 2016 at 8:38 pm

    Hehe v reethi ngey..anehkka leeminho r dhimaa v baa?????????

    1. Anonymous says:
      October 27, 2016 at 7:30 am

      Kim hyung joong aai dhimaa vaany

  9. Sun says:
    October 26, 2016 at 9:43 pm

    Can anyone tell what will happen next

  10. Saandy says:
    October 26, 2016 at 10:17 pm

    ވަރަށް ރީތި… ލީމިންހޯއާ ދިމާވީ ކަންނޭނގެ… 3 ވަނަ ބައި އަވަސްކޮށްލައްޗޭ

  11. Rooya says:
    March 8, 2017 at 1:25 pm

    Vaahaka foi release kuranee Kon iraku tha?

Comments are closed.

Next Episodeލީމިންހޯ 3←


All Right Reserved!