” އިޝާން….އަޅުގަނޑަށް އެނގޭ އިޝާން ތިޔަސުވާލު ކުރީ ކީއްވެގެންކަން…..އެކަމަކު އިޝާން ގޯސްގޮތަކަށް އަޅުގަނޑާމެދު ވިސްނުމުގެ ކުރިން ވަރަށް މުހިއްމު ވާހަކައެއް އަޅުގަނޑު ބުނެލަން ބޭނުން….އެއީ އަދި އިތުރުމީހަކަށް ނޭނގޭ ސިއްރެއް….އަޅުގަނޑާ ނީލާގެ ކައިވެނިވަނީ ހަމަޖެހިފަ…..އިރާދަކުރެއްވިއްޔާ…މާގިނަދުވަހެއްނުވެ އަޅުގަނޑުމެން ކައިވެނިކުރާނަން….” އަނިލްގެ ވާހަކަ އަޑުއަހާފައި އިޝާންއަށް ލިބުނު ހައިރާންކަމުން ބަސްހުއްޓުނެވެ. އެއީ ތެދެއްކަން އޭނާ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ނީލާ ލޯބިވަނީ އިޝާންދެކެއެވެ. ނީލާގެ ލޯތްބާއި އޭނާގެ ހަށިގަނޑުވެސް ވަނީ އިޝާންއަށް ހިބައިން ދީފައެވެ. ވީއިރު ނީލާ އަނިލްއާ ކައިވެނިކުރާނީ […]
އަމީނާ ކޮޓަރިން ނުކުތް ވަގުތު ފޯނު ރިންގުވީ އަޑު އިވުނެވެ. އޭރު އަދި ރިޔާޝާއެއް ނުނިކުމެއެވެ. އަމީނާ ގޮސް ފޯނު ނެގީ އެހާ ހެނދުނާ ގުޅީ ކާކުތޯ ބެލުމަށެވެ. “ކޮން ބޭފުޅެއްތޯ؟” ޝިފާން އަދަބުވެރިކަމާއެކު އެހީ އެއީ ރިޔާޝާ ނޫންކަން އެނގުމުންނެވެ. “ތީ ކާކު؟” އަމީނާ އެހިއެވެ. “ޝިފާން.” “ކޮން ޝިފާނެއް؟” އަމީނާ އެހެން އަހާލީ ހިތްހަމަނުޖެހިފައި ހުރެއެވެ. “މީ ރިޔާޝާގެ އެކުވެރިއެއް. ތީ ރިޔާޝާގެ މަންމަތޯ؟” ޝިފާން ހަމަޖެހިލާފައި ބުނެލިއެވެ. “އާނ. ކިހިނެއްވީ؟” އަމީނާގެ ރާގު […]
ޝަންހާއީ އަކީ މޫމިނާގެ އުފާވެރި ގަނޑުވަރެވެ. މޫމިނާ އެގޭގައި އުޅެމުންދަނީ އޭނާގެ ދަރިފުޅު އުބައިދުއްﷲއާއި އޭނާގެ އަންހެނުން އަޒްލިފާ އަދި އެމީހުންގެ ތިން ދަރިން ކަމަށްވާ އިމްޔާން ، އިވާން އަދި ޝިމްޔާއާއި އެކުގައެވެ. އުބައިދުއްﷲއަކީ ފިޔަ އިންވެސްޓްމެންޓްގެ ބާނީީއެވެ. ފިޔަ އިންވެސްޓްމެންޓްްް އަކީ ރަނާއި ރިހި އަދި ތަފާތު ބާވަތްތަކުގެ ފާރނިިޗަރ ރާއްޖެ އެތެރެކޮށް ވިއްކާ ބައެކެވެ. ކާމިޔާބު މިވިޔަފާރީގެ ފަހަތުގައި ބައްޕައާއިއެކު އަތުކުރި އޮޅާލައިގެން ހުރީ އުބައިދުއްﷲގެ ދޮށީ ދަރިފުޅު ހުސެއިން އިމްޔާނެވެ. އިމްޔާންއާއި […]
ފިލްމުބެލުމާއި ސީރީޒް ބެލުމަކީ އަހަރެންގެ ހުސްވަގުތު ފުރާލުމަށް އެންމެ ކުރާހިތްވާ ކަންތަކެވެ. ހުސްވަގުތު ނުލިބިއްޖެއްޔާ ވަގުތު ހޯދައިގެންވެސް އެކަންތައް ކުރެވޭތޯ އަހަރެން ބަލަމެވެ. އެހާވެސް ބޮޑަށް އަހަރެންހުރީ އެކަމަށް ދެވިހިފާފައެވެ. ހިންދީ ސީރީޒުން ފެށިގެން އިނގިރޭސި، ކޮރެއާ، ޖަޕާން، ޓައިވާން ނުވިތާކަށް ޗައިނާ ސީރީޒްތައްވެސް އަހަރެން ބަލަމެވެ. ޚާއްސަކޮށް ކޮރެއާ ސީރީޒްތައް އަހަރެންނަށް ވަރަށްކަމުދެއެވެ. އެސީރީޒްތަކުގައި އުޅޭކުދިންގެ ރީތިކަމުންނެވެ. ޚާއްސަކޮށް ލީމިންހޯއެވެ. އެއީ ކޮރެއާ ތަރިންގެ ތެރެއިން އަހަރެންނަށް އެންމެ ކަމުދާތަރިއެވެ. ސަހަރޯއެވެ. އޭނަގެ އެހުންނަ ފިރިހެންވަންތަކަމެއްތާއެވެ. […]
އެއާއެކު ޔަމާން އައިސް މީރާގެ އަތުގައި ހިފި ގޮތަށް މީރާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ތާނިޔާ ގޮވާލުމުންވެސް ޔަމާން މަޑެއް ނުކުރިއެވެ. ދޮރު ތަޅުލުމާއެކު ޔަމާން މީރާގެ އަތުން ދޫކޮށްލާފައި ދޮރުގައި ލެނގިލިއެވެ. އަދި އެހުރި ގޮތަށް މީރާއާ ދިމާއަށް ބަލަން ހުއްޓެވެ. މީރާ ގެއްލިދާނެ ކަމުގެ ބިރު ޔަމާންގެ ހިތަށް ކުއްލިއަކަށް އެދުވަހު ވަނީ މީރާއާ ނުގުޅުމުންނެވެ. ހެނދުނުން ފެށިގެން ނިއްވާލާފައި އޮތް މީރާގެ ފޯނަށް ގުޅެން ފެށީ އެގާރަ ގަޑި […]
ރޭގަނޑުގެ އަނދިރީގެ ތެރޭގައި ޖެހެމުންދިޔަ ނަލަ ނަލަ ވައިރޯލިގެ ތެރޭގައި ރަސްފަންނު ބީޗްގެ ހިލަގޮނޑި އެއްގައި އިށީދެގެން އިން ނަވާރު ވިސްނަމުންދިޔައީ އޭނާގެ ތަޤްދީރާމެދުއެވެ. އޭނާއަކީ ދިރިއުޅުމުގައި ވަރަށް ވެސް ހިދަތި ތަޖުރިބާއެއް ކުރަމުންދާ ކުއްޖެކެވެ.ކުޑައިރުގައި މަންމަ މަރުވެ، ބައްޕަގެ ލޯބައާއި އަޅީލުން ނުލިބި ބޯޑުވި ކުއްޖެކެވެ.ބައްޕަގެ އެއްވެސް އެޙީތެރިކަމެއް ނެތި ބޯޑުދައިތަގެ ވިހަގަދަ ބަސްތަކުންނާއިލ އަނިޔާގެ ސިކާރައަކަށް ވެށް ބޮޑުވި ކުއްޖެކެވެ. މިވީ ނަވާރަ އަހަރު ތެރޭ ކޮންމެ ދުވަހަކީއަނިޔާ ލިބެމުންދާ ދުވެހެކެވެ. ވިސްނުމުގެ ތެރޭން […]
” މިގަޑީގަ ކާކުބާ؟” އިޝާން ޖެހިލުންވެ ހުރެވެސް ކޮޓަރިން ނުކުތެވެ. އަދި މަޑުމަޑުން ގޮސް ކުޑަދޮރުގެ ދޮރުފޮތި ހިއްލާލުމަށްފަހު ސިއްރުސިއްރުން ބޭރުބަލާލިއެވެ. ކޮންމެވެސް މީހަކު ދޮރުމަތީ އެބަހުއްޓެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް ހެޔޮކަމަށް އިޝާން ދޮރުހުޅުވަން ނިންމިއެވެ. އިޝާން މަޑުމަޑުން ތަޅުހުޅުވުމަށްފަހު ކުޑަކުޑަކޮށް ދޮރުހުޅުވާފައި ބަލާލިއެވެ. ކުރިމަތީހުރި އަންހެން ކުއްޖާފެނުމުން އިޝާންގެ ފައިކޮޅުން ވާގިދޫވެގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ލިބުނު ހައިރާންކަމުން ހުރިގޮތަށް ހުއްޓުން އަރާފައި އިޝާންއަށް ހުރެވުނީއެވެ. ލަދުރަކި ގޮތަކަށް ހިނިތުންވެގެން އިޝާންގެ މޫނަށް ބަލަހައްޓައިގެން […]
ލައިލާ މަނިކުގެ ގައިގަ ބައްދާލީ ނުރޯށޭ ބުނަމުންނެވެ. އެހެން ނަމަވެސް މަނިކު އެފަދަ އެހީއަކަށް ބޭނުންވެފަ ވާލެއް ބޮޑުކަމުން ލައިލާގެ އުނަގަނޑުގައި ދެއަތުން ވަށާލަމުން ބައްދާލީ ހިތްފުރޭވަރަށް ރޯން ހުވާންކޮއްގެން ކަހަލަ ގޮތަކަށެވެ. ދެމީހުން އެ ވަގުތު ކޮޅަށް ނިމުމެއް އައީ މަނިކު ދެލޯ ފޮހެލަމުން ލައިލާގެ ކޮނޑުމަތިން ތެދުވުމުންނެވެ. “ލައީ” ލައިލާގެ އަތުގައި ހިފާލަމުން މަނިކު ލައިލާއަށް ގޮވާލިގޮތުން ލައިލާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. މަނިކުގެ ގޮވާލުމުގައި މިފަހަރު ތަފާތު ކަމެއްވެސް ވިއެވެ. […]
ކާމިޔާބު އަންހެނާ 8 ހޮސްޕިޓަލުން ހީނާއައިސޫޔޫއިން އެހެންތަނަކަށް ބަދަލްކުރިއެވެ. މާ ރައްކާތެރި ތަނަކަށެވެ. ޙާއްސަ ސެކިޔުރިޓީއެއްވެސް ހީނާއަށް ލާފަދިނެވެ. ހޮސްޕިޓަލްގެ ހުއްދަޔާއެކު އެމީހުން ކެމެރާތަށް ހޮސްޕިޓަލްގެ އެކި ސަރަހައްދުގައި ހަރު ކުރިއެވެ. ހުރިހާ ނޫހެއްގެ ފުރަތަމަ ގަނޑުގައި ހީނާގެ ފޮޓޯ ޗާޕުވަމުން އިތުރު ޙަބަރުތަކާއެކު ދިޔައެވެ. ރާއްޖޭގެ އާއި ލަންކާގަ ގިނަ ނޫސްވެރިން އެހޮސްޕިޓަލަށް ގުޅާ މައުލޫމާތު ހޯދަމުން ދިޔައެވެ. ނޭވާލެވުނަސް އަދިވެސް ހީނާ އޮތީ ކޯމާގައެވެ. ޑޮކްޓަރުން އުންމީދު ކުރާގޮތުގައި ކުރިއަށް އޮތް ދެދުވަސް ތެރޭ […]