Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ހަނދާންތައް 2

Haikal Level 1
October 27, 2016 3 Mins Read
10 Comments

އިރުއޮއްސި ހަތެއް ޖަހައިފިއެވެ. އަހަރެން އިނީ އާޓިފިޝަލް ބީޗުގެ ވެލިގަނޑުގައި އިށީދެގެންނެވެ. އަހަރެންގެ ގާތުގައި ޝިނާހު އިނެވެ. ދެމީހުނެ ކުރެ އެކަކުވެސް ވާހަކައެއް ނުދައްކަމެވެ. ދައްކަންޖެހޭ ވާހަކަ ގިނަކަމުން ފުރަތަމަ ދައްކަންވީ ކޮންވާހަކައެއް ކަން ނޭނގިގެން ދެމީހުންނަށްވެސް ހުރެވުނީ ކަންނޭގެއެވެ. ނޫނީ ދައްކަން ޖެހޭ ވާހަކައިގެ ޒާތުން އެވާހަކަ ދައްކަން ލަދުން ދެމީހުންވެސް ހުރީކަމަށް ވެދާނެއެވެ. “ލިއު. ލިއު ކުރަން ތިއުޅެނީ ވަރަށް ބޮޑުކަމެއް. އުނދަގޫކަމެއް. އަދި މީހުންގެ މެދުގަ ލިއު ބަދުނާމުވެގެން ދާނެ ކަމެއް” އެންމެ ފަހުން ތަނުގެ ހަމަހިމޭންކަން ކަނޑުވައިލީ ޝިނާހުއެވެ. “އަހަންނަށް ތިކަން އިނގޭ ޝިނާހު. އެކަމަކު ޝިނާހު. އަހަންނަށް މިހާރުވެސް ބޮޑު ކުށެއް ކުރެވިއްޖެ. އަނެއްކާ އެއަށްވުރެ ބޮޑު ކުށެއް އަހަންނަށް ނުކުރެވޭނެ” އަހަރެމެން ދެމީހުން ވާހަކަދައްކަމުން ދިޔައިރު އެކަކުވެސް އަނެކަކުގެ މޫނަށް ބަލާނުލަމެވެ. މޫދަށް ބަލަހައްޓައިގެން ހުރެ ވާހަކަ ކުރިއަށް ގެންދިޔައީމެވެ. “އަހަރެންވެސް ބޭނުންވަނީ ތިގޮތޭ.. އެކަމަކު ކޮންމެ ކަމަކަށްވެސް ލިއު ހުންނަން ޖެހޭނީ ތައްޔާރުވެގެންނޭ ބުނަން މިއުޅެނީ. މަންމަމެންނަށް އިނގުނީމަވެސް-” ޝިނާހުގެ ވާހަކަ އެހާހިސާބަށް ދިޔުމާއެކު ޝިނާހުގެ ވާހަކަ މެދުކަނޑާލުމަށްފަހު އަހަރެން ވާހަކަ ދައްކަން ފެށީމެވެ. “އަހަރެން ތިކަމާ ވަރަށް ވިސްނައިފިން.. އަހަރެން މިއެޅެނީ މަންމަ ކައިރި ބުނަން” އަހަރެން އެހެން ބުނުމުނެ ޝިނާހު އަހަންނަށް ބަލާލިއެވެ. އަދި އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއޭ ބުނެލިއެވެ. އަހަންނަށް ބޭއިޙުތިޔާރުގައި ލޯ މަރާލެވުނެވެ. އަދި ޝިނާހުގެ އޯގާތެރިކަމަށް ހިތާހިތާ ޝުކުރު ކޮއްލަމުން އަހަރެންގެ އަމިއްލަ ހާލާމެދު އިތުރަށް ވިސްނާލީމެވެ.

ގެއަށް އާދެވުމާއެކު އަހަރެން އަވަސްވެގަތީ އިޝާ ނަމާދު ކުރުމަށެވެ. އެއަށްފަހު ކޮޓަރިން ނުކުތީމެވެ. ފެންޑާގައި މަންމަ ޓީވީ ބަލަން އިނެވެ. އަހަރެން މަންމަ ތިބަލަނީ ކޯއްޗެއްހޭ އަހާލުމުން ހަބަރު ބަލަނީ ނޫންހޭ މަންމަ ބުންޏެވެ. “މަންމާ! އަހަރެން ވާހަކައެއް ބުނަން” އަހަރެން އެތައް ހިއްވަރެއް ލުމަށްފަހު ބުނެލީމެވެ. މަންމަ ޖަވާބެއް ނުދިނުމުން އަހަރެން ތަކުރާރު ކޮށްލީމެވެ. މަންމަ އަހަރެންގެ މޫނަށް ބަލާލުމުން އަހަންނަށް އިސްޖަހާލެވުނެވެ. އަދި ބުނަން އެތައް ފަހަރަކު އަނގަ ހުޅުވުމަށްފަހު އެންމެފަހުން ބުނީމެވެ. “މަންމާ! އަހަރެން ބަނޑުބޮޑު”. މަންމައަށް “އޭ” ބުނެވުމާއެކު ފަހަތުން ބާރަށް ލިއުރާއޭ ކިޔާ މީހަކު ގޮވާލިއެވެ. އަހަރެން ބިރުންހުރެ ފަހަތް ބަލާލިއިރު ބައްޕަ ރުޅިން ފުރިފައިވާ މޫނަކާއެކު އަހަންނަށް ބަލަން ހުއްޓެވެ. ބައްޕަގެ ދެއަތްވެސް ތުރުތުރު އަޅަމުން ދިޔައެވެ. “ލިއުރާ ބަނޑުބޮޑޭ!” ބައްޕައަށް އިތުރަށް އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ. “އެއީ އެމަންޖެ ސަމާސާއަކަށް ބުނި އެއްޗެކޭ” މަންމަ އަދިވެސް ގަބޫލު ނުކުރެވިގެން ބުންޏެވެ. އެދި އަހަރެން އެއީ ތެދެކޭ ބުނޭތޯ އަހަރެންނަށް ބަލާލިއެވެ. އަހަރެން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނީމެވެ. އެއާއެކު މަންމައަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. އަދި އަހަރެމެންނަށް މި ދެއްކެވީ ކޮންފަދަ ދުވަހެއްހޭ ކިޔާ ގޮވަންފެށިއެވެ. ބައްޕައަށްވެސް ރޮވެން ފެށުނެވެ. އެހެންނަމަވެސް ކަރުނަ ފޮހެލުމަށްފަހު އަހަންނާ ދިމާއަށް އަންނަން ފެށިއެވެ. އަހަރެން ބިރުން ތުރުތުރު އަޅަންފެށިއެވެ. ބައްޕަ އަހަރެންގެ މުލައްދަނޑީގައި ހިފާ ގޭގެ ބޮޑުދޮރާ ދިމާއަށް ހިނގައިގަތެވެ. އަހަރެން ބައްޕާ އަހަންނަށް މަޢާފު ކުރާށޭ ގެއިން ނުނެރޭށޭ ކިޔާ އާދޭސް ކުރަން ފެށީމެވެ. އަދި މަންމައަށް ވެސް ގޮވަންފަށީމެވެ. މަންމަ ދުވަފަ އައިސް ބައްޕަގެ ފައިގައި ހިފެހެއްޓިއެވެ. އަދި ތިހެންނަހަދާށޭ ކިޔާ އާދޭސްކުރަންފެށިއެވެ. ބައްޕަ ހުއްޓުނެވެ. އަދި އެހަރެންގެ އަތުން ދޫކޮށްލިއެވެ. ” ދޭ ކޮޓަރިއަށް” މަންމަ އެހެން ބުުނުމާއެކު އަހަރެން އަވަހަށް ކޮޓަރިއާ ދިމާއަށް ދިޔައީމެވެ. ކޮއްކޮވެސް ރޮވިފައި ކޮޓަރިން ބޭރަށް ބޯދިގުކޮށްގެން ހުރިތަން ފެނުމުން އަހަންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ.

އަހަރެން އެނދު މަތިގައި އޮށޯވެ އޮތީމެވެ. ދެންވާނީ ކިހިނެއް ކަމެއް އަހަންނަކަށް ނުވިސްނުނެވެ. އެންމެ ފަހުން ފޯނު ނަގާ ޝިނާހުއަށް ގުޅާލުމަށް ނަންބަރު ޖަހާލީމެވެ. އަހަންނަށް ނުގުޅެނީސް ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލިއެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. މަންމަ އެތެރެއަށް ވަނެވެ. މަންމަ މޫނުމަތިން ރުޅިވެރިކަން ނޫން އެހެން އެއްޗެއް އަހަންނަށް ނުފެނުނެވެ. މަންމަ އަހަރެން އަތުން ފޯނު ޖަހައިގަތެވެ. އަދި ކަބަޑުމަތީގައި އޮތް ލެޕްޓޮޕްވެސް ނެގިއެވެ. “މިހުރިހާ އެއްޗެއް ހޯދަދިނީމަވެސް ތިތަ އަހަރެމެންނަށް ދޭން އިނގުނު ހަދިޔާއަކީ؟” މަންމަ ރުޅިވެރިކަމާއެހު އަހާލުމުން އަހަންނަށް އިސްޖަހާލެވުނެވެ. “މުޅި ދުނިޔެއަށް އަހަރެމެން ބަދުނާމުވާނެވަރު ކަންތައް ކޮށްފަ އިސްޖަހާނެ ކަމެއް ނެތް. ކާކުގެ ދަރިއެއްތީ؟” މަންމަ ހަޅޭއްލަވައިގަތެވެ. އަދި އެސުވާލު އެތައް ފަހަރަކު ތަކުރާރު ކޮށްލިއެވެ. އަހަރެން ޖަވާބެއް ނުދިނުމުން މަންމަ ފޯނާ ލެޕްޓޮޕް ކަބަޑު މަތީގައި ބޭއްވިއެވެ. އަދި ސިންގާއެއް ހެން އަހަރެންނާ ދިމާއަށް ފުންމައިގަތެވެ. މަންމަ އަހަރެންގެ ކަންފަތުގައި ހިފާ ދަމާލުމަށް ފަހު އަނެއްކާވެސް އެހެން އަހާލިއެވެ. އަހަރެން ބާރަށް ރޯން ފެށިމެވެ. ކޮއްކޮ ދައްތައަށް ތިހެން ނަހަދާށޭ ކިޔާ އާދޭސް ކުރަން ފެށިއެވެ. އަޑުގަދަވުމުން ބައްޕަ ކޮޓަރިއަށް ވަނެވެ. އަދި ވަގުތުން މަންމަ ދުރުކޮށްލިއެވެ. މަންމަ އަހަންނާ ދިމާއަށް ބަލަން ހުރުމަށްފަހު ފޯނާއި ލެޕްޓޮޕް ނަގައިގެން ކޮޓަރިން ނުކުތެވެ. އަހަރެން ބަޑިފަޅައިގެން ދިޔައެވެ. އަހަރެން އުމުރުން 19 އަހަރުވެގެން ދިޔައިރު ދުވަހަކުވެސް މަންމަ އަހަންނަށް އެފަދަ ކަމެއް ކޮށްފައެއް ނުވެއެވެ.

އެތައް އިރެއް ވަންދެން ރުއިމަށްފަހު އަހަރެން ތެދުވީމެވެ. ދޮރާދިމާއަށް ހިނގައިގަތީމެވެ. އެކަމަކު ކޮޓަރިން ނުކުންނާކަށް ނުކެރުނެވެ. އެހެންވުމުން ދޮރުކައިރީގައި އިށީނީމެވެ. ބޭރުން މަންމަ އާ ބައްޕަ ވާހަކަ ދައްކާ އަޑު އިވެއެވެ. މަންމަމެން އުޅެނީ ދެންހަދާނެ ގޮތެއް ނުވިސްނިގެންނެވެ. އެންމެ ފަހުން ދަރިފުޅު ވައްޓާލަން ހިނގާށޭ ބައްޕަ ބުންޏެވެ. އަހަންނަށް އަނގަ މަތީގައި އަތް އަޅާލެވުނެވެ. އަދި ނޫނެކޭ ބުނާގޮތަށް ބޯހޫރާލީމެވެ. މަންމަ އެކަމާ އެއްބަސް ނުވުމުން އަހަންނަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. “ދެން އެނޫން ކޮިންގޮތެއްތަ އޮތީ؟ އެ ދަރިއަކު ވިހައިފިއްޔާ އަހަރެމެންނާ ބަދުނާމު ވާނީ.. ކާކު ދަރިއެއްތަ؟” ބައްޕަ ހާސްވަފައިހުރި ރާގަކަށް ބުނެލިއެވެ. “އަހަންނަކަށް ނޭނގެ! ތި ސުވާލު ކުރީމަ އޭނަ ޖަވާބެއް ނުދިން. ކަންފަތަށް ތިމަރަ އެޅިފަ” މަންމަ އަޑުގައިވަނީ ނުރުހުމާއި ނަފްރަތެވެ. “ތިވާނީ ސީ.އެޗް.އެސް.އީ ގަ އޭނަ އާއެއްކޮށް އުޅުނު ދެ ފިރިހެނުންގެ ތެރެއިން އެކަކުގެ ދަރިއަކަށް. މަ އޭރުވެސް ބުނީމޭ ފިރިހެނުންނާއެއްކޮށް ތިއުޅެނީ ކީއްވެހޭ” މަންމަ އިތުރަށް ބުނެލިއެވެ. “ތި މީހަކު އިނގޭ ދުވަހަކުން އޭނައަށް މަމީ ނުބައި މީހެއްކަން އަންގާލާނަން” އެހެންބުނެ ބާރަށް އެއްޗެއްގައި ޖެހި އަޑު އިވުނެވެ.

އަހަންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ. އަހަންނަށް މިކުރެވުނީ ކޮންފަދަ ބޮޑުކުށެއް ހެއްޔެވެ. މަންމައާ ބައްޕަ އަހަރެންދެކެ އެ އަންނަނީ ހަމަ އައުން ހައްޤު ރުޅިއެކެވެ. އެދެމީހުން އަހަންނަށްޓަކައި ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ކުޑަ އިރުއްސުރެ އަހަންނަށްޓަކައި އެތައް ރެއެއްގެ ނިދި ނަގާލި ބަޔަކަށް އަހަރެން މިދެނީ ކޮންފަދަ ހަދިޔާއެއް ހެއްޔެވެ؟ އެދެމީހުން ބަދުނާމުކޮށް މުޖުތަމައިގައި އަގު ވައްޓާލުމަށް އަހަންނަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ އަހަރެންގެ ސިކުނޑީގައި އެކި ހިޔާލުތައް އެނބުރެން ފަށައިފިއެވެ. ބޭއިހްތިޔާރުގައި އަހަންނަށް ބަނޑުގައި އަތް އަޅާލެވުނެވެ. ހިޔާލުތަކުގައި ވަނިކޮށް ކުއްލިއަކަށް މަންމަމެންގެ އަޑު ގަދަވިއެވެ. “ފޯނަށް މީހަކު މެސެޖެއް ކޮށްފި. ލިއު ކިހިނެއް؟ މަންމަ ކައިރި ބުނީތަ؟” މަންމަ މެސެޖް ކިޔާލިއެވެ. ބައްޕަ ކާކު ކުރި މެސެޖެއްހޭ އެހުމުން މަންމަ ޝިނާހުއޭ ބުންޏެވެ.

(ނުނިމޭ)

Share Article

Follow Me Written By

Haikal

Level 1

Other Articles

Previous

އެ ލޯބި އަސްލު ހައްޤޭ

Next

މިހިތުގެ ފަސާނާ 13

Next
October 27, 2016

މިހިތުގެ ފަސާނާ 13

Previews
October 27, 2016

އެ ލޯބި އަސްލު ހައްޤޭ

10 Comments!

  1. haazi says:
    October 27, 2016 at 12:46 pm

    alheyy haadha dhera ey..v nice story eh

  2. xenn says:
    October 27, 2016 at 12:48 pm

    Mivahaka miah vure avahah up kohdhybaaa….varh rythi…nxt part kn irakun

  3. Inee says:
    October 27, 2016 at 1:31 pm

    Varah rythi

  4. liu says:
    October 27, 2016 at 2:11 pm

    liu thivarah nurovvaba. haikal dheke rulhi
    maa kurukoh genesthidheny.. varah avahah varah dhigu part eh genesdheeba.. plx plx

  5. sopher says:
    October 27, 2016 at 5:26 pm

    Wrh salhi ❤ plz update next part soon

  6. shaai says:
    October 27, 2016 at 7:54 pm

    v nice. but v kuru

  7. in says:
    November 1, 2016 at 2:44 pm

    mivaahaka ah inthizaaruga hunnathaa kon dhuvaheh. Warah foohivey mihen hadhaathy

  8. Hope says:
    November 3, 2016 at 9:25 pm

    Story stop kohllytha Kyve tha mihen handhany??? Plz upkohba mi story magey ah Varah salhi 🙁

  9. Your#1fan says:
    November 4, 2016 at 2:25 pm

    Haik dhooony kobaatha story?

  10. Girl says:
    November 4, 2016 at 2:27 pm

    Alhe haadha lasey story up kuraaleh. Love the story love your name haik ?

Comments are closed.



All Right Reserved!