Skip to content
އެސްފިޔަ

ލީމިންހޯ (ފަހުބައި)

” ބުރުގާ އަޅައިގެން ބޭރަށް އާދެބަލަ އަވަހަށް” މަންމަ ކަންބޮޑުވެފައި ބުނިގޮތުން އަހަރެން ހާސްވިއެވެ. އަދި އަވަސް އަވަހަށް ލައިގެންހުރި ޓީޝާޓްމަތިން ޖިލްބާބެއްލައި ބޮލުގައި ޝޯލް އޮޅާލައިގެން ނުކުތީމެވެ. ސިޓިންރޫމުގެ ސޯފާގައި މަންމައާއި ބައްޕަ ތިއްބެވެ. ބައްޕަގެ ކުރިމަތީ ހުރިސޯފާގައި ކޯޓްފަޓްލޫނުގައި މާރަސްމީކޮށް މިއިނީ ކާކުބާއޭ ހިތައި ކުރިޔަށް ޖެހުލިވަގުތު ހުރިހިސާބުގައި އަހަރެންގަނޑުވި ކަހަލައެވެ. އެއީ ލީހުއާން ނޫން ދެވަނަ މީހެއްނޫނެވެ. އޭނާގެ ދެފަރާތުގައި ފުރިހަމަ ޔުނީފޯރމްގައި ތިބިދެގާނޑުންވެސް ތިއްބެވެ. މިފެންނަނީ ހުވަފެނެއްނޫންބާއޭ ހިތައި ބޮޑުވައި އިނގިލީގައ ދައިގަތީމެވެ. ތަދުވެސްވިއެވެ.

” ދަރިފުޅާ އާދެބަލަ މިކޮޅަށް” އަހަރެން ހުއްޓިހުރުމުން ބައްޕަގޮވާލިއެވެ. އަހަރެން ޖެހިލުންވެ ހުރެގޮސް ބައްޕަގެ ގާތުގައި އިށީނީމެވެ. ކުރިމަތީގައި އިން ލީހުއާން އަށް ސިއްރުސިއްރުން ބަލާލީމެވެ. ލީހިނިތުންވެގެން ބަލަން އިންގޮތުން ހިތްތެޅިލިއެވެ. ހަމަހަޤީޤަތުގައިވެސް ލީއައީ ހެއްޔެވެ؟ ލީއައީ އަހަރެން ހޯދަން ހެއްޔެވެ؟ ނޫނީ ރަސްމީ ދަތުރެއްގައި ރާއްޖެއައީބާއެވެ.

” އަޅުގަނޑު ކުރިންވެސް ބުނިފަދައިން ރޫބީވަނީ ކޮރެއާގަ އުޅުނު ދުވަސްވަރު ކުށެއްކޮށްފަ…އެހެންވެ އެމައްސަލާގުޅިގެން އަޅުގަނޑަށް މިކޮޅަށް އަންނަން ޖެހުނީ..” ސީރިއަސްކަމާއެކު ލީބުނެލި ޖުމްލައަޑުއިވިފައި އަހަރެންނަށް އިސްއުފުލާލެވުނެވެ. ކަންބޮޑުވެގެން ލީގެ މޫނަށް ބަލާލިއިރު މަންމައާއި ބައްޕަތިބީ ސުވާލުގެ  ނަޒަރަކުން އަހަރެންގެ މޫނަށް ބަލާށެވެ. ބޭއިޚުތިޔާރުގައި އަހަރެންނަށް ނޫނެކޭބުނެ ދެފަރާތަށް ބޯހޫރާލެވުނެވެ. ކުށެއް ކުރެވުނު ހަނދާނެއް އަހަރެން ނުވޭވިއްޔާއެވެ.

” ކުށެކޭތޯ…އަހަރެންގެ ދަރިފުޅަށް ކުރެވުނީ ކޮންކުށެއްތޯ؟” ކަންބޮޑުވެފައި ބައްޕައަހާލިއެވެ.

” ވަރަށް ބޮޑު ކުށެއް….އެކުށުގެ އަދަބުވެސް ވަރަށް ބޮޑުވާނެ….ފަހަރެއްގަ މިގައުމު ދޫކޮށް، އުމުރަށްވެސް ކޮރެއާގަ ހުންނަން ޖެހިދާނެ” އަނެއްކާވެސް ހަމައެހާސީރިއަސް ކަމާއެކު އޭނާ ޖަވާބުދިނެވެ. ކަންބޮޑުވެގެން ގޮސް އަހަރެންނަށް ރޮވޭގޮތްވެސް ވެއްޖެއެވެ. އަހަރެންނަށް އެވަރުގެ ބޮޑުކުށެއް ކުރެވުނީ ކޮންއިރަކުބާއެވެ. ކުރިން އެވާހަކަ ލީވެސް ނުބުނީ ކީއްވެބާއެވެ.

” ރޫބީ ކުރިކުށަކީ ސެއޯލްގެ ޗީފް ޕްރޮސެކިއުޓަރގެ ހިތް ވަގަށް ނެގުން…އެހެންވީމަ އެއީ ކިހާބޮޑުކުށެއް” ލާނެއްގޮތަކަށް ހެވިލާފައި ލީބުނެލި ޖުމްލައިން މަންމައާއި ބައްޕަވެސް ބަލާލީ އަހަރެންގެ މޫނަށެވެ. ރަކިވެގެން ގޮސް އަހަރެންނަށް އިސްޖަހާލެވުނެވެ. ލީހޭންފެށުމުން މަންމައާއި ބައްޕަވެސް ހޭންފެށިއެވެ.

” އެކަމަކު އަހަރެމެންނަކީ މުސްލިމުން….” ބައްޕަ ކަންބޮޑުވެފައި ބުންޏެވެ.

” އަހަރެން މުސްލިމު ވެއްޖެއްޔާ  އަހަރެންނަށް ރޫބީއާ ކައިވެނިކުރެވޭނެތަ؟” ލީ އަހާލިއެވެ. އަހަރެމެން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އާނ! ކުރެވޭނެ….” ބައްޕަ ޖަވާބުދިނެވެ.

” އަހަރެންނަކީ މުސްލިމެއް….އަހަރެން އިސްލާމުދީން ގަބޫލުކުރަން” ލީހަމަޖެހިލާފައި ޖަވާބުދިނެވެ. ބައްޕަ ދެންވެސް އިނީ ކަންބޮޑުވެފައެވެ. އަނގަބަހުން ބުނެލާއިރަށް މުސްލިމަކަށް ނުފުދޭނެކަމާއި ދީނުގެ ރުކުންތަކެއް ހުންނަކަންވެސް ބައްޕަ ލީއަށް ބުނެދިނެވެ. ލީވަގުތުން ޝަހާދަތުގެ ދެކަލިމަ ފަރިތަކަމާއެކު ކިޔާލިއެވެ. އަދި ނަމާދާއި ރޯދައާއި ހުރިހާކަމެއްވެސް ކުރަންޖެހޭގޮތް ކިޔައިދިނެވެ. އޭނާހުރީ އިސްލާމުދީނުގެ މައުލޫމާތު ވަރަށް ރަނގަޅަށް ހޯދާފައިކަން އޭނަގެ ވާހަކަތަކުން ދޭހަވިއެވެ. ލީއައީ ހަޤީޤަތުގައިވެސް އިސްލާމްދީން ގަބޫލުކޮށްގެން ކަން އެނގުމުން އަހަރެމެންގެ ކައިވެނި ކޮށްދޭން ބައްޕަ އެއްބަސްވިއެވެ. އަހަރެންނަށް ވިސްނެނީ ހަނާއާމެދުގައެވެ. އޭނާކޮބައިބާއޭ ހިތަށް އެރިއެވެ.

ލީއާއެކު އަހަރެން އެކަނިވުމުން ލީއަހަރެންނަށް އޭނަގެ ހުރިހާ ހަޤީޤަތެއް ކިޔައިދިނެވެ. އޭނައަށް އަހަރެން އެންމެ ފުރަތަމަ ފެނުނީ ހޮޓެލް ޕާކްވިއުއިންނެވެ. އޭރު އަހަރެންނާބެހޭ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިފައެއް ނުވެއެވެ. އޭނާ އެތަނަށް ގޮސްއުޅުނީ ސެމިނާއެއްގައި ބައިވެރިވުމަށެވެ. އޭގެ ދުވަސްކޮޅެއްފަހުން އޭނަގެ އޮފީހަށް އަހަރެންގެ މައްސަލަހުށައެޅުނީ ދިވެހިރާއްޖެއިން ފިލައިގެން ކޮރެއާއަށް ޖާސޫސްކުރަން އައިސްއުޅޭ އަންހެނެއްގެ ގޮތުގައެވެ. އާއިލާއަށް ނޭގިފިލައިގެން އައިކަމަށް ދިވެހިސަރުކާރުން ބުނުމުން ކޮރެއާ ސަރުކާރަށް އެކަން ނުބައިކޮށް މާނަކުރެވުނީއެވެ. ޕޮލިސް މެދުވެރިކޮށް ޕްރޮސެކިއުޓަރސް އަހަރެން ހޯދުމުގެ މަސައްކަތްފެށިއެވެ. ލީއަށް އަހަރެންގެ ފޮޓޯފެނުމުން އަހަރެންނާ ކުރިން ދިމާވިކަން އެނގިގެން އެހޮޓެލްއަށް އަލުންދިޔައެވެ. ނަމަވެސް އޭރު އަހަރެންވަނީ އެހޮޓެލް ދޫކޮށްލާފައެވެ. ދެން އޭނާ އަހަރެން ދާނެހެން ހީވާހާ ހޮޓެލަކަށް ވިއްޔާ ގޮސްގެން ހޯދިއެވެ. ކޮންމެ ފަހަރަކުވެސް އޭނާއަށް ދެވެނީ އަހަރެން ހޮޓެލް ދޫކޮށްލާފަހުންނެވެ.

އެންމެފަހުން ޕެރެޑައިސް ހޮޓެލްގައި އުޅެނިކޮށް އޮޅިގެން ޕާޓީއެއްގެ ތެރެއަށް އަހަރެންނަށް ވަދެވުނުރޭ އަނެއްކާ އޭނާއަށް އަހަރެން ފެނުނީއެވެ. އެރޭއަހަރެން ދުވެފައި ހޮޓެލްއަށް އައުމުން އޭނާވެސް އަހަރެންގެ ފަހަތުން އަހަރެންދާތަނެއް ބަލަން އައީއެވެ. އޭގެ އަނެއްދުވަހު އޭނާއަށް އެހޮޓެލްއަށް ދެވުނީ އަހަރެން ހޮޓެލް ދޫކޮށްފައި ނުކުތްތާ މާގިނައިރެއް ނުވަނީހެނެވެ. ދެން އޭނާ އަހަރެން ހޯދުމަށް އެންމެ ކައިރި ބަސް ސްޓޮޕަށް ދަނިކޮށް ވާރެތެރެއިން އަހަރެންނާ ދިމާވީއެވެ. އަހަރެން ޕޮލިސް ސްޓޭޝަނަށް ނުގެންގޮސް ގެޔަށްގެންދިޔައީ ކީއްވެތޯ ސުވާލުކުރުމުން އޭނާބުނީ، އަހަރެންނަކީ ޖާސޫސެއްކަން އޭނާއަށް ގަބޫލުނުކެވޭތީކަމަށެވެ. އަހަރެން ގެންގޮސް ގޭގަ ބަންދުކޮށްގެން ގެންގުޅުނީ ޕޮލިހަކަށް ނުވަތަ ޕްރޮސެކިއުޓައަކަށް އަހަރެން ފެނިއްޖެނަމަ އަހަރެން ވަގުތުން ޑީޕޯޓް ކޮށްލާނެކަން އެނގޭތީއެވެ. އޭރުން އަހަރެން ކޮރެއާއަށް އައި މަޤުސަދު ހާސިލްނުވެ ދާންޖެހޭނެތީކަމުގައިވެސް ބުންޏެވެ. އެއްގޭގައި ދުވަސްތައް ހޭދަކުރަން ފެށުމުން ލީއަށްވެސް އަހަރެންދެކެ ލޯބިވެވުނީއެވެ. ކަންހިނގާދި ގޮތަކީ އެއީއެވެ. އެވާހަކަތައް އަޑުއިވުމުން އަހަރެން ބިރުވެސް ގަތެވެ. އެހާވަރަށް އަހަރެންގެ ކަންތައް ގޮސްދާނެކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ.

” އަހަރެން ހާދަ މަސައްކަތެއްކުރީމޭ ތިލޮލުގެ ޖާދޫގަ ނުޖެހިވޭތޯ…. ތިކުއްޖާ ފެންނަކަމަށް ނުހަދާ ދުރުދުރުން އުޅުނީ، އަހަރެންގެ މޭގާ ވިންދުޖަހާ ހިތެއްނެތީމައެއްނޫން…..އަދި ހަށިގަނޑުގައި އިހުސާސްތަކެއް ނުހިނގާތީކީވެސް ނޫން….އެކަމަކު ނަފްސުކޮންޓްރޯލުން ނެއްޓިގެން ކުރަން ނުވާވަރު ކަމެއްކުރެވިދާނެތީ ބިރުން….އެވަރުން އުޅެނިކޮށްވެސް ތިލޮލުގަ ޖާދޫގަޖެހި ހިތްއޮޔާ ބެހުނު އިރެއްވެސް ނޭނގެ…… ތިކުއްޖާގެ ކޮންމެ ހަރަކާތަކަށް އަހަރެންނަށް ފާރަލެވޭ….ސިއްރު ސިއްރުން ތިރީތި ސޫރައަށް ބަލަން އަހަރެންހުންނަން….ވާހަކަދައްކާ ހިތްވިޔަސް ގާތަށްދާން ނުކެރިފަހުންނަން…..ތިމޫނުގަ ބީހިލަން ކިތަންމެ ވަރަކަށްވެސް ހިތްއެދުނު….. ރޫބީ ފުރަން އޮތްދުވަހުގެ ކުރީރޭ ރޫބީއެކޭ އެއްފަދައިން އަހަރެންވެސް ހުރީ ހޭލާ…..އެރޭ ރޫބީގެ ކޮޓަރިއަށްދާން ކިތަންމެ ފަހަރު އަހަރެންގެ ހިތަށްއެރި…..ކޯރުގެ އައްސޭރީގަ ތިބިއިރުވެސް، ލޯބިވާ ވާހަކަބުނަން ވަރަށް ބޭނުންވި….ނަމަވެސް އަހަރެންނަކަށް އެހާހިތްވަރެއް ނުލިބުނު….އައި ރިއަލީ ލަވް ޔޫ ރޫބީ” އަހަރެންގެ މޫނުގައި ދެއަތުން ހިފައި ލޮލަށް ބަލަންއިނދެ، ލީ ލޯބި ހާމަކުރުމުން އަހަރެންގެ ހިތަށް ލިބުނު ފޮނިކަމުން ދެލޯމަރާލެވުނެވެ. ލީ އަހަރެންގެ ނިތްކުރީގައި ބޮސްދިނުމަށްފަހު، އެތަނަވެސް މޭގެތެރޭގައި އަހަރެން ފޮރުވާލިއެވެ.

” ދެން ހަނާޔޯ؟…….ހަނާދެކެ ލޯތްބެއް ނުވޭތަ؟” ކުއްލިއަކަށް އަހަރެން ހަނާމަތިން ހަނދާންވެގެން އަހާލީމެވެ. އެވަގުތުން ލީހޭންފެށިއެވެ.

” ވަރަށް ލޯބިވޭ….ކީއްވެލޯބިނުވާނީ އެއީ އަހަރެންގެ ހުރިހަމައެކަނި ކޮއްކޮ” ލީގެ ޖަވާބު އިވިފައި އޭނާއާދިމާ ބަލަހައްޓައިގެން ބުނާނެ އެއްޗެއް ނޭނގިފައި އެތައްއިރަކު އަހަރެންނަށް އިނދެވުނެވެ.

” އެއީ އަހަރެންގެ ކޮއްކޮ….މަންމައާއި ބައްޕައާއެކު ކޮއްކޮ އުޅެނީ ނިއުޔޯކްގަ ޑޮކްޓަރުކަން ކިޔަވަން…..އަހަރެންވެސް ކިޔަވަން އުޅުނީ އެތާނގަ….ކިޔަވާނިމިގެން ކޮރެއާއަށް އައިސް ކޮރެއާގަ ވަޒީފާ އަދާކުރަންފެށީ…ދުވަސްދުވަހުން އެމީހުންވެސް ކޮރެއާއަށް ޒިޔާރަތް ކުރާނެ….އަހަރެން ބުސާނަށް ގޮސްއައި ދުވަހު ކޮއްކޮވެސް ކޮރެއާއަށް އައީ….އެހެންވެ ދެމީހުންއެކުގަ ގެޔަށް އާދެވުނީ….އެދުވަހު ރޫބީއަށް ހަނާފެނުމުން ވީގޮތުން ހަނާގެ ހަޤީޤަތް ފޮރުވަން އަހަރެން ނިންމީ….ހަނާ ލައްވާ ވަޢުދުކުރުވިން އަހަރެން ނުބުނަނީސް އެއްވެސް އެއްޗެއް ރޫބީއަށް ނޭންގުމަށް…އޭނަ ވަރަށް ދެކޮޅުވެސް ހެދި….އަހަރެން ބޭނުންވީ، އަހަރެންނެކޭވެސް އެއަފަދައިން…ރޫބީވެސް އަހަރެންދެކެ ލޯބިވާކަން ސާބިތުކުރަން….ރޫބީ މާލެއަންނަން ފުރަން އޮތްދުވަހު ހަނާއުޅުނީ ރޫބީއަށް ހަޤީޤަތް ކިޔާދޭން….އެކަމަކު ރޫބީގެ ދުލުން ލޯބިވާ ވާހަކަ ނުބުނާތީ އެކަމާ އަހަރެން ދެކޮޅުހެދީ….އެހެންވެ ދެމީހުން ދެބަސްވީ….ރޫބީ މާލެއައިތާ ގިނަދުވަހެއްނުވެ ހަނާވެސް އެނބުރި ނިއުޔޯކަށް ދިޔަ….އަހަރެން މުޅީން އެކަނިވެރިވި…ރޫބީގެ ހަނދާންނުވާ އެންމެ ވަގުތެއްވެސް ނާދޭ….ކޮންމެ ދުވަހަކު އެހާމީރުކޮށް ކައްކަ ކައްކާފަ ކާންދޭން ކުއްޖާމަތިން ކިހިނެއް އަހަރެން ހަނދާން ނައްތާލާނީ….ކުރިން އަހަރެން ޓީވީބަލަން އިންނައިރު ސިޑިމަތީއިނދެން އަހަރެންނަށް ބަލާކަން އެނގޭތީ އަހަރެން ހާދައުފަލެއްވެޔޭ….އެހުރިހާ ކަމެއް އަހަރެން ކިހިނެއް ހަނދާން ނައްތާލާނީ؟….

ހަނާއަށްވެސް އަހަރެން ރޫބީދެކެ އިންތިހާއަށް ލޯބިވާކަންއެނގޭ …..އޭނަދަމުން ބުނީ ރޫބީ އަނބުރާ ކޮރެއާއަށް ގެނައި ދުވަހަކުން ނޫނީ އޭނާވެސް ކޮރެއާއަށް ނާންނާނަން ކަމަށް….ރޫބީއާ އަހަރެންނަކީ ހުރިހާގޮތަކުންވެސް ތަފާތު ދެމީހުނަށްވީތީ ރޫބީ ހަނދާން ނައްތާލަން އަހަރެން މަސައްކަތް ކުރިން…އެކަމު އެކަމެއް އަހަރެންނަކަށް ނުވި….އެންމެފަހުން ރާއްޖެއައުމަށް ނިންމިން…ރާއްޖޭގެ ސަޤާފަތާއި ދީނަކީ ކޮބައިތޯބެލިން….އިސްލާމުދީނާބެހޭގޮތުން މައުލޫމާތު ހޯދަންފެށުމުން ދީނަށް ޝައުޤުވެރިވެރި….އެއަށްވުރެ ރަނގަޅުދީނެއް ދުނިޔެމަތީގަ ނެތްކަންޔަޤީން ވުމުން އެދީން ޤަބޫލުކުރީ….އެނގޭތަ! މިހާރު އަހަރެންގެ ނަމަކީ މުޙައްމަދު ލީ ހުއާން ޖޫންގް…..ރޫބީގެ ސަބަބުން އަހަރެންނަށް ތެދުމަގު ލިބިއްޖެ….މިހާރު އަހަރެންގެ އާއިލާވެސް އިސްލާމުދީނުގެ ކަންތައްތައް އުނގެނެމުންދަނީ…އަހަރެން މިހާރުމިހުރީ ވަރަށް އުފާވެފަ” ލީ އެހުރިވާ ވާހަކައެއް ކިޔާދިނުމުން އަހަރެންނަށް އުފަލުން ރޮވުނެވެ. ލީ އަހަރެންނަށްޓަކާއި އަމިއްލަދީނާއި ނަންވެސް ބަދަލުކުރީއެވެ. ހަޤީޤީ ލޯތްބަކީ ކޮބައިކަން މިއަދު އަހަރެންނަށް އިހުސާސް ކުރެވިއްޖެއެވެ.

މިއަދު އަހަރެންގެ ނަސީބާމެދު އަހަރެން ފަޚުރުވެރިވަމެވެ. ލީމިންހޯގެ ލޯބީގައި ދީވާނާވެގެން އަހަރެން ކޮރެއާއަށް ކުރިދަތުރުގެ ނިމުން ކިތަންމެހާވެސް ފޮންޏެވެ. ލީމިންހޯ ނުލިބުނު ނަމަވެސް ހަމައެފަދަ ދެވަނައެއްނުވާ ލީއެއް އަހަރެންނަށް ލިބިއްޖެއެވެ. މިހާރު އަހަރެންނަކީ ޗީފް ޕްރޮސެކިއުޓަރ އޮފް ސެއޯލް މިސްޓަރ މުޙައްމަދު ލީހުއާން ޖޫންގް ގެ އަންހެންނުން މިސިޒް ރޫބީ ހުއާން ޖޫންގް އެވެ. މިއަށްވުރެ ވަކީން ބޮޑުޝަރަފެއް އަހަރެން ފަދަ އާދައިގެ އަންހެން ކުއްޖަކަށް ލިބިދާނެ ހެއްޔެވެ؟ މިހާރު އަހަރެން އުޅެމުން މިދަނީ ކޮރެއާގައެވެ. ލީއާއެކު އޭނާގެ އެރީތި ގޭގައެވެ. އޭނާގެ އާއިލާވެސް މިހާރު އުޅެނީ ކޮރެއާގައެވެ. ހަނާވެސް ޑޮޓަރުކަން ކިޔަވާނިމިގެން އައިސް ސެއޯލްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަން ފަށައިފިއެވެ. ލީގެ އާއިލާގެ ފަރާތުން އިންތިހާ ދަރަޖައިގެ ލޯތްބާއި އަޅާލުން އަހަރެންނަށް ލިބެއެވެ. އަހަރެންގެ ސަބަބުން ލީއަށް ތެދުމަގު ލިބުނުފަދައިން ލީގެ ސަބަބުން އޭނާގެ އާއިލާއަށްވެސް ތެދުމަދު ލިބިއްޖެއެވެ. މިހާރު ހަރާމް އެއްޗެއް ކެވިދާނެތީ އަހަރެން ބިރުން އުޅޭކަންވެސް ނުޖެހެއެވެ. އަހަރެމެންގެ ގެޔަށް ގެންނަނީ ހަމައެކަނި ހަލާލުކާނާއެވެ.

މިހާރު ލީމިންހޯގެ މަތިން ހަނދާންވެސް ނެތްދޯއެވެ. ނޫނެކެވެ. ލީމިންހޯވެސް ރަސްމީ އިއްޒަތުގައި އަހަރެމެންގެ ގެޔަށް ޒިޔާރަތްކޮށް އަހަރެންގެ ހާލުބަލައެވެ. މިދެމެދުގައި މިހާރުވަނީ ވަރުގަދަ ރަހުމަތްތެރިކަމެއް އުފެދިފައެވެ. އެކަމަކު މިދުވަސް ކޮޅު އޭނާއުޅެނީ ވަރަށް ބިޒީކޮންނެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އޭނާއަނެއްކާވެސް އާޑްރާމާއެއް ކުޅެނީއެވެ. މިހާރު އެންމެގަދައަށް ވައިގަ ހިފާފައިވާ ޑްރާމާއަކީއެއީއެވެ. ނަމަކީ ރޫބީއެވެ. އާއެކެވެ. ތިޔަހީކުރެވުނީ ރަނގަޅަށެވެ. އޭނާ ޑްރާމާކުޅެނީ އަހަރެންގެ ހަޔާތާބެހޭގޮތުންނެވެ. އަހަރެން ލޯބިހޯދަން ކުރިދަތުރަށް ނިސްބަތްކޮށެވެ. ލީއާ އަހަރެންވެސް އެޑްރާމާބަލަން ހެވިފައިތިބެ އެހަނދާންތައް އާކުރަމެވެ.  އަހަރެމެންގެ ލޯބީގެ މީރުވަސް ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރި މަޝްހޫރު ވެއްޖެއެވެ. ހަމަގައިމުވެސް ކޮރެއާ ޑްރާމާއަށް ލޯބިކުރާ ހުރިހާކުދިންނަށް “ރޫބީ” ކަމުދާނެއެވެ. އެޑްރާމާއިން އިބުރަތް ހާސިލްކުރާނެއެވެ. އެލޯތްބަށް ޤަދަރުކުރާނެއެވެ. އެފަދަލޯތްބެއް ލިބުމަށް އެދޭނެއެވެ.

ނިމުނީ

Comments (73)

  1. Lee

    Me first

  2. Yalvee

    This story is just amazing. Kirin ves kin. Ekam dhevana faharah ves mi kee varah kiyaahithun. Vaahakaige konme jumla eh ves kiyaahithun kiyaalevey. Varah furihama. ??

    1. Shine
      Yalvee

      thanks…yal

  3. Navya

    Me 2nd?

  4. Shine

    kobaa vaahaka kamudheytha??…heekuranee v kamudhaanekamah….have a nice day….

  5. leem

    Amazing.speechless. v v reethi.mivaahaka.

    1. riffu
      leem

      Leem alun vaahaka eh lieyba.. :*

  6. Rapher

    Alhey.. i vx dhaan v korea ah ji hoo hoadhan..

  7. Inee

    Varah reethi dhen nehtha reethi vaahakaeh adhives inthizaaru kuran reethi vaahakaeh liye dheyne kamah.

    1. Shine
      Inee

      ehen vaahakaeh liyevendhen efinimendhan kiyaalaa….i hope u will enjoy reading it too

  8. sis

    V reethi

  9. ninni

    wow…!!!! v v v salhi…thnxx shine..?.adhives mi kahala rythi vaahaka eh liyahchey ingey…??hope u will do better than this next tym..??

    1. Shine
      ninni

      thanks ninni….better kohlan v thankolheh bunelinama ragalhu…

  10. Mai

    Wow…. V furihama vaahakaeh… keep it up!!

    1. Shine
      Mai

      thanks..mai

  11. new

    Mivareh hamaneh.

  12. shaai

    maasha allah…. shain alhe me story haadha reychey…. plx plx plx mikahala ehen story eh liyefa kiyun therinnah upload kohdheebala…… plx….?????

    1. Shine
      shaai

      mikahala story eh dhen liyeveyne kameh neyge….ekam hama shaai ah kamudhaa kahala ehen vaahakaeh liyeveytho balaanan….shine ge ehen vaahaka thah ves kiyaalane kamah heekuran….adhi kamudhaane kamah ves ummeedhukuran

  13. laana

    This is my favourite story ever. Thanks shine. I am crazy about Lee min ho

    1. Shine
      laana

      oh….i like lee min ho…too

  14. Azu

    Just wow…….?????

    1. Shine
      Azu

      i like your comment azu

  15. LiaaSher

    I just loved this story <3 Good job Shine… Wish you best of luck!

    1. Shine
      LiaaSher

      thanks….Liaa…same to you dear

  16. ulvy

    Hama assu vx ruby kiyas korean series eh ovey tha?

    1. Shine
      ulvy

      i guess not…

  17. Kul

    Wow v salhi mi story

    1. Shine
      Kul

      happy that you like it..kul

  18. haazi

    vv reeth..bunaane ehchehves neyge..ahi mikahala vahaka eh liyan vnun

    1. Shine
      haazi

      i will try haazi..

  19. hmm

    muhammed hoadhan dhaan v korea ah..

  20. Anonymous

    Alhe mioh reethi vaahakaves minimunee. Haadha dheraey. Pls shine anehkaaves mihaareethi story eh up kohdheebala.

  21. Ba

    Nimuny dhw 🙁

  22. ainth

    v v v v reethi

  23. Sabeeha

    vv reethi..??

  24. Lilly

    Kurin vs varah kiyaa hih vaa vaahaka eh. Dhivehi vaahaka site in kiyaafa fahun kiyaahithun beli iru nei. Again esfiya in kiyan libunyma vrh happy. I love this story. For me this is very inspirational. I just love this story. Looking forward for another story from yuh. ?????

    1. Shine
      Lilly

      i wish you will get to read one…lilly

  25. Niz

    Wow..shine ge vaahaka thah hama habeys…shine vareh hama nei..keep it up..

    1. Shine
      Niz

      thankyou so much niz….

  26. Thaany

    Masha allah v furihama reethi waahakaeh shine v molhu ngey kee it up
    New storry ehge inthixaaruga eba hurin⚘⚘⚘????

    1. Shine
      Thaany

      thanks….hope to see u soon…thaany

  27. Haalaa

    Varah salhi…. Foohi nimuneema….

  28. #

    Varah salhi mi vaahaka…shine mi kahala ehen vaahaka eh ves genesdhybha…

    1. Shine
      #

      try kuraanan ingey…insha allah

  29. Tho

    Wow.. Majaa adhi ehaa reethi story eh.. Keep it up. ??

    1. Shine
      Tho

      thanks..tho

  30. Aish

    Is this a true story

    1. Shine
      Aish

      no….hama hiyaalee vaahakeh

  31. Nazima

    Dhen sheleen konirakun upp kurany

  32. nasru

    Shine like a Daimond….superrrrb…waiting for new story from you..

  33. nasru

    shine like a *Diamond

  34. Kudakamana

    Mihaa reethi vaahakaeh adhi nukiyan! Varah shaugu veri hurihaa baevves, varah majaa… aanmukoh mimosasthe kahala zaathuge vaahakaeh me, asluves hama habeys,, mikiyan ove heythee firimeehaves ais bunefi anekkaa moyaveehey!! Seriously varah salhi!

  35. Kudakamana

    Aanmukoh nukiyaa kahala*

  36. Yoo lee

    Hey mee hama real story eh tha? Wona go korea haha. V nic story

  37. rainbow

    really unique and different story. i loved it.

  38. saamy

    i never read a story like this before……aslu ves varah unique….reethi kamun fasha fashaagen kiyeny….alhey adhi mikahala ehen vaahaka eh liyeba pls….aadheys kohfa mibuny…adhi bunantha.. meethi english ah nooony korea language ah translate kohfiyyaa varah varu hunaane thoahcheh…faharegga hama drama eh ves nerefaane dhw…best of luck…

  39. Falak

    Story reethi vefa v maja… Shine ah saabas

  40. alma..

    it was awsome…varah varah varah bodah vs reethi..love the story

  41. harry

    wow…it’s a nice story. and very amazing.. 🙂 🙂 😀 :*

  42. Herrr

    Haadha haa reethi vaahakaekea.. dhuvahakuves mivaruge kaneh nudheken insha Allaah…. korea ah dhaanv avahah Jumpyo kairi ag hehehe. Alhe Her ah ves ekahala gotheh b dhimaavaabe nama

  43. aree

    Varah varah reethi mi vaahaka.

  44. ❤mixoo

    nice ingey

  45. Ram

    Heii… mii asluthrr…???

  46. imagination

    ehehhe.. heehee halaaku vehjje. kithamme vrakah kiyas foohi nuvey. hama komme buraku kiyas ekani ove ves eba hevey.. used to be craxy abt him.. ekm mihaaru maa salhi meehun naa series eba huhhttenu. hope to see another story from u v avahah 🙂 <3

  47. Shazra

    This is such a nice story. The description of places – its just very good. The story felt so real & i just felt myself smiling while reading – its just a very nice story.

  48. Anonymous

    Alhe hadha reethi story ekey.. Kiya kiya foohi nuvey.. Shine hama molhy masha allah.. Ekm aharennah univi thnkolheh bunantha.. Lee huan jung kurin hana ah dhebasve ruby kairi loabi vaa vahaka nubunewhama raajje annan inguny Kihineh ruby loabi vane kamah lafa kohfa.. Lee min ho lee huan jung kairy ruby dhimavi vahaka aa ulhun gotha eyna dheke loabi vefa lee dheke loabi vy vahaka bunyma ekan ingigen ainama maa furihama vys.. E thnkolhu ahannah uni vy.. Otherwise this is superb.. This is the most funny different romantic beautiful story I have ever read…..
    Hats off to you girl 😉

  49. ?

    OMG. Loabi Story eh. Mavess vehjje chim chim hoadhan Korea ah dhaan. Mageyy jimin loabi gandaa. Jimin aa jungkook ves ma dheke lee hen loabi vaanama. Eyrah habeys vaane. ChimChim is love.???????

  50. raina

    very nice story . brilliant..nice work. 2rd time i read this story.

  51. ManaalV

    Im reading this story for the nth time…srsly..i should go to meet bts? i just love this storyy..kiyaa kiyaa foohi nuvey hama

  52. thihthi kamana

    Amaya ranganda.. mi varu vaahaka eh dhuvahaku vx keefa ehh neiyy. Hama ehaa reethi.. ma vx dhaan v song joon ki hoadhan korea ah..

  53. Lily

    Oooooo???? I love this story
    Hama habeys
    Maves vejje shinee ga ulhey choi minho hoadhan Korea ah dhaan
    Serious koh I am mad in love with korea
    Shine.. I love this story hope to see such a beautiful story again soon

  54. Lovely

    Shinege vaahakathah hama habeyys .. i love it ??

  55. maryam

    wow

Comments are closed.