Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (1 ވަނަ ބައި)

Liaa
October 30, 2016
7 Mins Read
64 Views
28 Comments

(މިއީ ނުހައްޤު ލޯބި ވާހަކައިގެ ދެވަނަ ސިލްސިލާއެވެ.)

7 އަހަރު ފަސް….

ހުޅުމާލޭ ‘ކުދި މާ ސްކޫލް’ އިން ނިކުމެފައި ނަޝްފާ މަގުގެ ދެފަރާތް ބަލާލަމުން މަޑުކޮށްލިއެވެ. އަދި އަތުގައި ހުރި ކޮތަަޅުތަކަށް ބަލާލަމުން ހިނިތުންވެލިއެވެ. ދުވަހަކީ ޓީޗަރުންގެ ދުވަސްކަމުން ނަޝްފާ ކިޔަވައިދޭ ކުދިން ވަނީ އޭނާއަށް ގިނަ ހަދިޔާތަކެއް ދީފައެވެ. އެކުދިންނާއެކު މިޔަދު ހޭދަކޮށްލެވުނު ވަގުތުކޮޅުގެ މަތިން ހިތަށް އެރުމާއެކު ނަޝްފާގެ ހިނިތުންވުން ފުންވެގެން ދިއައެވެ.

ކުދިމާ ސްކޫލަކީ ދެއަަހަރު ކުދިން ހުޅުމާލޭގައި އަލަށް ހުޅުވި ޕްރައިވެޓް ސްކޫލެކެވެ. ނަޝްފާގެ ނަސީބު ހުރި ގޮތުން ހަމަ އެ ސްކޫލު ހުޅުވި އަހަރު އޭނާއަށް އެ ސްކޫލުން ޓީޗަރެެއްގެ ވަޒީފާ ލިބުނެވެ. އެ ސްކޫލަކީ ޕްރީސްކޫލް އަދި ގްރޭޑް 1 އިން 5 އާ ހަމައަށް ކިޔަވައިދޭ ސްކޫލެއް ނަމަވެސް ނަޝްފާ ކިޔަވައިދެނީ ހަމައެކަނި ޕްރީސްކޫލު ކުދިންނަށެވެ. އޭގެ ކުރިންވެސް ނަޝްފާ ވަނީ މާލޭގެ ޕްރީސްކޫލެއްގެ ޓީޗަރެއްގެ މަޤާމުގައި އުޅެފައެވެ. ކުޑަކުދިންނާއެކު ހޭދަކުރާ ވަގުތުތަކަކީ ނަޝްފާގެ ހިތަށް ބަޔާންކޮށްދެން ނޭނގޭ ފަދަ އުފާވެރިކަމެއް ގެނަސްދޭ ވަގުތުކޮޅެކެވެ. އެކުދިންވެސް އޭނާ ދެކެ ލޯބިވަނީ އުފަން މައެއްގެ ގޮތުގައިކަން އެނގެނީ އެކުދިން އޭނާއަށް ޓީޗަރުންެގެ ދުވަހު ދީފައި ހުރި ކާޑުތަކަށް ބަލާލުމުންނެވެ.

ޓީޗަރުންގެ ދުވަސްކަމުން މިޔަދު ސްކޫލުގައި އޮތީ ބެލެނިވެރިންގެ ފަރާތުން އިންތިޒާމުކޮށްގެން ޓީޗަރުންނަށް ބާއްވައިދިން ޕާޓީއެއް އެކަންޏެވެ. އެހެން ކަމުން އެހެން ދުވަސްތަކާ ޚިލާފަށް މިޔަދު ނަޝްފާއަށް އަވަހަށް ގެއަށް ދެވޭ ގޮތް ވިއެވެ. މެންދުރުގެ ރަތްދަކަ އަވީގައި ނަޝްފާ ހިނގަމުން މިސްރާބު ޖެހީ ސްކޫލާ މާ ދުރުނޫން ހިސާބެއްގައި ހުންނަ އޭނާ ދިރިއުޅޭ ފްލެޓާ ދިމާއަށެވެ. އަތުގައި އޮތް ތަޅުދަނޑިން އެޕާޓްމެންޓްގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަތްއިރު ވެރިވެފައިވާ މަރު ފަދަ ހަމަހިމޭންކަމުގެ ސަބަބުން ނަޝްފާއަށް އުނދަގޫވިއެވެ. އެހެންކަމުން، އޭނާ ސިޓިންގރޫމުގައި ހުރި ޓީވީ ހުޅުވާލުމަށްފަހު އަތުގައި ހުރި ހަދިޔާތައް ހިފައިގެން ކޮޓަރިއަށް ވަނެވެ. އަދި ޑްރެސިންގް ޓޭބަލް މަތީގައި ބަހައްޓާފަައި ހުރި ފޮޓޯގަނޑަށް ބަލާލަމުން ހީލިއެވެ. އެއީ ނަޝްފާ އާ ރާހުލްގެ ކައިވެނި ކުރެވުނު ދުވަހު ދެމީހުން ނަގާފައި ވާ ފޮޓޯއެކެވެ. ޑާކާގައި ހުންނަ ‘ބަންގްލަދޭޝް ނެޝެނަލް ޒޫ’ ގައި ނަގާފައިވާ މި ފޮޓޯ އަކީ ނަޝްފާގެ ހަޔާތުގައި ވެސް ނެގުނު އެންމެ ތާރީޚީ ފޮޓޯއެވެ.  ހަދިޔާތައް ހުޅުވާނީ ރާހުލް އައީމައޭ ހިތައި ނަޝްފާ ވަނީ ފެންވަރާލާށެވެ. އެއަށްފަހު ފުނާއަޅަމުން އެޕާޓްމެންޓުގެ ސިޓިންގރޫމުން ބޭރަށް ނިކުމެވޭ ގޮތަށް ހުންނަ ބެލްކަންޏަށް ނިކުމެލިއެވެ.

މެންދުރުގެ ވަގުތު ކަމުން އެ ހަތް ބުރީގެ އިމާރާތުގެ ތިރީގައި ވަރަށް މަދުން ނޫނީ މީހަކު އުޅޭތަނެއް ނުފެނެއެވެ. ހުޅުމާލޭގެ އެ މާހައުލަކީ ދިރިއުޅެން ހާދަ ހިތްފަސޭހަ މާހައުލެކޭ ނަޝްފާގެ ހިތަށް އެރިއެވެ. ކުރިން މާލޭގައި ދިރިއުޅުނު ދަތި ތަންކޮޅުން ސަލާމަތްވެވުނުކަމަކީ އޭނާގެ ނަސީބެވެ. ފަސްއަހަރު ކުރިން ހުޅުމާލޭގައި ހަދައި ނިމުނު ފްލެޓްބަރިއަށް ފޯމުލާން ހުޅުވާލުމާއެކު ނަޝްފާ އެތަނަށް ފޯމުލިއެވެ. ނަމަވެސް އެހާ ފަސޭހައިން އެތަން ލިބިދާނެކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ.

ނަޝްފާ އާއި އޭނާގެ ފިރިމީހާ ރާހުލްގެ އިތުރުން ދެން އެތަނުގައި އުޅެނީ ނަޝްފާގެ މަންމަ، ޞާބިރާ އާއި ރާހުލްގެ ދައްތަ ރިޔާއެވެ. ރާހުލް މިހާރު މަސައްކަތް ކުރަނީ މާލޭގައި ހުންނަ ގަރާޖެއްގައެވެ. ހެނދުނު ހަތެއް ޖަހާއިރު އެތަނަށް ދާ މީހާއަށް މަސައްކަތް ނިންމާލާފައި ގެއަށް އާދެވޭދަރުވަނީ ހަވީރުވާފަހުންނެވެ. ރިޔާ ވީ ޞާބިރާއާ އެކު މާލެ ގޮހެވެ. މި ތިން ދުވަހު ޞާބިރާގެ ބޮލުގައި ގަދައަށް ރިއްސާތީ ޑޮކްޓަރަށް ދައްކާލުމަށެވެ.

ބޮލުގައި ހުޅިއެއް ޖަހާލަމުން ނަޝްފާ ބަދިގެއަށް ވަނީ ރާހުލް އަންނަން ވާއިރަށް އެއްޗެއް ތައްޔާރުކޮށްލުމުގެ ބޭނުމުގައެެވެ. ސްކޫލު އޮންނަ ދުވަސް ދުވަހު އޭނާއަށް ގެއަށް އާދެވެނީ މިއަށް ވުރެ ވެސް ލަހުންނެވެ. އެހެން ކަމުން ކެއްކުމުގެ މަސައްކަތުގައި އޭނާއަށް ބައިވެރިވެވެނީ މަދުފަހަރަކުއެވެ. އަވަހަށް އާދެވުމުން އޭނާ ގަސްދުކުރީ ހަވީރު ސަޔަށް ރާހުލްއަށް އެންމެ މީރު ބަޖިޔާ ތައްޔާރު ކުރާށެެވެ. ބަދިގޭގައި ހަލުވިކަމާއެކު ހަރަކާތްތެރިވަމުން ދިޔައިރު ނަޝްފާގެ އަނގައިން މަޑުމަޑު ރާގެއް ނުކުންނަމުން ދިޔައެވެ.

“ހާދަ ލޯބިންނޭ ހިނިތުންވަނީ އޭނާ….

ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ….

ފެނިފާ ލޯބިވެވިއްޖޭ ދެލޮލާ ރީތި މޫނާ…

ގެއްލި ހިއްވަރު ކުޅެނީއޭ ހަނދާނާ…”

“ހާދަ ރީތި ލަވައެކޭ ތި ކިޔާލަނީ ދޯ…” ނަޝްފާ ސިހުނެވެ. އޭނާ ހީކޮށްގެން ހުރީ ގޭގައި މިވަގުތު އުޅެނީ ހަމައެކަނި އޭނާ ކަމަށެވެ. ސިހުނުވަރުން މޮޑެން ހުރި ފުށް އެތިވެސް ވެއްޓިއްޖެއެވެ. ފުށްތައް އެކި ދިމަދިމާއަށް ބުރައިގެން ދިއައެވެ. އެއްއަތުން ހިފަހައްޓައިގެން ހުރި ހޫނު ފެން ސައިކުރާ ވެއްޓުނު އަޑު މުޅި ތަނުގައި ގުގުމާލިއެވެ. އެއާއެކު ދެން އިވިގެން ދިއައީ ނަޝްފާގެ ވޭނީ އާހުގެ އަޑެވެ.

“ނަޝް.. ދައްކަބަލަ.. ތަދުވިތަ؟ ފިހުނުތަ؟” ނަޝްފާގެ ފައިބުޑަށް ތިރިވަމުން ރާހުލް އެހެން އަހާލި ގަޑީގައި ނަޝްފާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ރާހުލް އޭނާއަށް އަޅާލާ މިންވަރު ފެނުމުންނެވެ.

“ނަޝް… މިއޮތީ ފިހިފައެއްނު؟ ތަދެއް ވެސް ނުވޭތަ؟” ރަކި ގޮތަކަށް ހީލައިގެން ހުރި ނަޝްފާއަށް ބަލާލަމުން ރާހުލް ބުނެލިއެވެ. އޭނާ ތެދުވެ ނަޝްފާގެ އަތުގައި ހިފާލިއެވެ. ރާހުލް ހުރީ މަސައްކަތު ހެދުމުގައިކަމުން އޭނާ ގެއަށް އެއައީ ހަމަ ދެންމެކަން ނަޝްފާއަށް އެނގުނެވެ.

“ހިނގާ ދާން ބޭސް އަޅަން..” ނަޝްފާގެ އަތުގައި ހިފައި ކުޑަކޮށް ދަމާލަމުން ރާހުލް ބުނެލިއެވެ. ބަސްއަހާ ކުއްޖެއް ފަދައިން ނަޝްފާ ރާހުލްއާ އެކީ ދިޔައެވެ. ކޮޓަރި އެނދުމަތީގައި ނަޝްފާ ބައިންދަމުން ރާހުލް އަވަސްވެގަތީ ސަންލޯޝަން ފުޅި ހޯދާށެވެ. ފިހިފައި ހުންނަ ތަންތަނުގައި ސަންލޯޝަން އުނގުޅުމުން ރަނގަޅުވާ ވާހަކަ ނަޝްފާ ބުނެފައި އޮތުމުންނެވެ.

ރާހުލް ނަޝްފާގެ ފައިގައި ލޯޝަން ހާކައި ދިން އިރުވެސް އޭނާއަށް ހުރެވުނީ ރާހުލްގެ ސޫރައަށް ބަލާށެވެ. ދެމީހުންގެ ކައިވެއްޏަށް 7 އަހަރު ވީ ނަމަވެސް ރާހުލް ފެންނަ ކޮންމެ ފަހަރަކު ނަޝްފާގެ ހިތް ތަޅުވާލައެވެ. އެ ފިރިހެންވަންތަ ހިނިތުންވުމުގެ ސަބަބުން ނަޝްފާގެ ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހޭހާ ވަރު ވެއެވެ.

“ޗީ ޗީ… މުޅި ގައިގަ ތި ހުރީ ހުސް ފުށެއްނު؟” ނަޝްފާއާ ދިމާއަށް ބަލާލަމުން ރާހުލް އެހެން ބުނެލީ އަނގައަށް ވައްތަރެއް ޖައްސާލަމުންނެވެ. އެ ވަގުތު ނަޝްފާ އޭނާ ލައިގެން ހުރި ކަޅު ކުލައިގެ ހެދުމަށް ނަޒަރު ހިންގާލިއެވެ. ތެދެކެވެ. މުޅި އެ ހެދުމުގައި ފުށް ހޭކިފައި ހުރިއިރު އެއީ ކަޅު ހެދުމެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ރާހުލް ކޮޅަށް ތެދުވުމާއެކީ ނަޝްފާވެސް ތެދުވިއެވެ. އަދި ކުއްލި ހަރަކާތަކާއެކު ރާހުލްގެ ހަށިގަނޑުގައި ބައްދާލިއެވެ. ނަޝްފާގެ މިޢަމަލުން ރާހުލް ގާތަށް އައީ ހިންޏެވެ.

“މިހާރު އަހަރެން ގައިގަ އެކަންޏެއް ނޫނެއްނު ފުށް ހުރީކީ…” ނަޝްފާ އެހެން ބުނެލުމުން ރާހުލްވެސް ނަޝްފާގެ ހަށިގަނޑުގައި ކުޑަކޮށް ބައްދާލީ ހިނިތުންވެ ހުރެއެވެ. ކައިވެންޏަށް މިވީހާ ދުވަސްތަކުގެ ތެރޭގައި އެދެމެދުގައި އުފެދިފައި ވަނީ ވަރަށް ވެސް ވަރުގަދަ ގުޅުމެކެވެ. ނަޝްފާގެ ހިތްހެޔޮކަމާ، ކިޔަމަންތެރި މިޒާޖުގެ ސަބަބުން ރާހުލްގެ ހިތް ނަޝްފާއަށް ލެނބިގެން ދިއައީ ނުހަނު ފަސޭހަކަމާއެކީގައެވެ. އެދެމަފިރިންކުރެ ކޮންމެ މީހަކަށް ދިމާވާ ކަންތައްތައް އެކަކު އަނެކަކާ ހިއްސާކޮށް އުޅޭއިރު ބޮޑަށް ވައްތަރުވާނީ ދެރަޙުމަތްތެރިންނާއެވެ.

މެންދުރުގެ ވަގުތު އެ ކުޑަކުޑަ ޢާއިލާ އެންމެން ކާމޭޒު ދޮށަަށް އެއްވެފައި ވީއިރު އެއެންމެނެްގެ މޫނުމަތިންވެސް ފެންނަމުން ދިއައީ ހިނިތުންވުމާ ހިތްހަމަޖެހުމެވެ. ކޮންމެ މީހަކުވެސް އަނެކަކާ އެ ދުވަހު ދިމާވި ކަންތައްތަކުގެ ވާހަކަ ކިޔައިދެމުން ދިއައިރު ޢާއިލާގެ ތެރެއިން ފެންނަން ޖެހޭ ގުޅުން އެންމެ ރަނގަޅު ގޮތުގައި ފެންނަމުން ދެއެވެ.

“މަންމާ..ކީކޯ ޑޮކްޓަރު ބުނީ؟” ކާމޭޒު ދޮށުގައި އިން ނަޝްފާ ވާހަކަ ދެއްކީ ޞާބިރާއާއެވެ. ޞާބިރާ ބަލިކޮށް އުޅޭތީ މިޔަދު ރިޔާ ޞާބިރާ ގޮވައިގެން ހޮސްޕިޓަލަށް ދިއައީ ނަޝްފާ ވަޒީފާއަށް ދާން ޖެހުމުންނެވެ.

“އެއްޗެކޭ ނުބުނެ،،، ހުސް ބޭސް ދިނީ…” ފަރުވާ ކުޑަ ގޮތަކަށް ޞާބިރާ އެހެން ބުނެލުމުން ނަޝްފާއަކަށް އެގޮތެއް ކަމަކު ނުދިއައެވެ.

“ތެދެއް ރިޔާ… އެއްޗެކޭ ނުބުނޭތަ؟” ދެލޯ ހަނިކޮށްލަމުން ނަޝްފާ ރިޔާއާ ސުވާލުކޮށްލިއެވެ.

“ބުނީ ބްލަޑްގައި އިންފެކްޝަން އުފެދިފައޯ… ޓެސްޓު ހަދަން ގޮސްފަވެސް އިރުވި އިނގޭ… މި އައިޖީއެމްއެޗަށް ހާދަ ވަރަކަށް މީހުން ދެއޭ ދޯ…” ރިޔާ ތުން އަނބުރާލަމުން އެހެން ބުނެލި ގޮތުން އެންމެން ގާތަށް ވެސް ހިނިއައެވެ.

“އައިޖީއެމްއެޗް ބޮޑު ކުރަންވީއޭ ދޯ…” ރާހުލް ބުނެލިއެވެ.

ކާން އިން އިރު ޞާބިރާއަށް ބެލެނީ ހިނިތުންވެގެން އިނދެ ދެމީހުން ދެމީހުންނާ ވާހަކަ ދައްކަމުން ގެންދިޔަ ރާހުލްއާއި ނަޝްފާއަށެވެ. އިރާދަކުރެއްވީތީ އެ ދެމަފިރިން ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. ނަޝްފާ އަބަދު ހިނިތުންވެފައި ހުންނަ ތަން ފެނުމުން ޞާބިރާއަށް އުފަލުން ގޮސް ރޮވެއެވެ. އޭނާގެ ދަރިފުޅު ރާހުލްއާ ގުޅެން ހުއްދަ ދެވުނީތީ އޭނާ މިހާރު އުފާވެއެވެ. ރާހުލްއަކީ މަތީ ވަޒީފާއެއްގައި އުޅެ ބޮޑު މުސާރަ ހޯދާ މީހަކަށް ނުވި ނަމަވެސް ރާހުލްގެ ސަބަބުން އޭނާގެ ދަރިފުޅު އުފަލުގައި ހުންނަންޏާ އެ ނިމުނީއެވެ. ނަމަވެސް މިހާ ދުވަސް ވީއިރުވެސް ރާހުލްމެން ކުއްޖަކު ނުހޯދަނީ ކީއްވެގެންބާއޭ އޭނާގެ ހިތަށް އަރައެވެ. އޭނާވެސް މަރުވުގެ ކުރިން މާމާއޭ ކިޔައި ގޮވައިލާނެ ލޯބި ލޯބި ކުއްޖެއް ދެކެން ބޭނުންވެއެވެ. އޭނާ ކިތަންމެ ފަހަރަކުވެސް ނަޝްފާމެންގާތު އެވާހަކަ ދައްކަން އުޅުނު ނަމަވެސް އެއީ އެދެމީހުން ދޭތެރޭގެ ކަމެއް ކަމުން އޭނާއަށް އެވާހަކަ ދައްކަން ނުކެރެނީއެވެ. ނަމަވެސް ކޮންމެ ގޮތެއް ވީނަމަވެސް އޭނާ މިޔަދު އެވާހަކަ އެދެމީހުން ގާތު ދައްކަން ބޭނުންވިއެވެ.

“ދަރިފުޅާ… މަންމަ ވާހަކައެއް ދައްކަން ބޭނުން…” ސީރިއަސް ނަޒަރަކުން ނަޝްފާއާ ދިމާއަށް ބަލާލަމުން ޞާބިރާ އެހެން ބުނެލުމުން އެންމެން ހިމޭންވިއެވެ.

“މަންމައަށް އެނގޭ ދަރިފުޅާ ރާހުލް އާ ދެމީހުން ތި އުޅެނީ ވަރަށް އުފަލުގައިކަން… ދުވަހަކުވެސް ނުފެނޭ އެކަކު އަނެކަކު ދެކެ ހިތްހަމަ ނުޖެހިފައި ހުންނަ ތަނެއް… އެކަމަކު ދަރިފުޅުމެންވެސް މިހާރު ވެއްޖެއްނު މަންމައަށް މާމަ ދަރިޔަކު ހޯދަދޭން… ދޯ ރިޔާ….” ޞާބިރާ އެހެން ބުނެލުމުން ރިޔާ ވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ރާހުލް ބަލާލީ ނަޝްފާގެ މޫނަށެވެ. ޞާބިރާގެ އެވާހަަކަ ދެއްކުމުން ނަޝްފާގެ މޫނުގެ ކުލަވަރު އޮއްސިގެން ދިޔަތަން ރާހުލްއަށް ހަމަ ރަނގަަޅަށް ވެސް ފެނުނެވެ. ނަމަވެސް ޞާބިރާއަށް އެކަން ފޮރުވުމުގެ ގޮތުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“މަންމާ… އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތިކަން ވެސް ވާނެ..، ދޯ ނަޝް..؟” ހިނިތުންވެލަމުން ރާހުލް އެހެން ބުނެލުމުން ނަޝްފާ ވެސް ގަދަކަމުން ހީލުމަށްފަހު ބޯޖަހާލިއެވެ.

“ދެން ރިޔާ ވެސް އަވަހަށްވީ މީހަކާ އިންނަން… ތިޔަހެން އަންހެން ކުއްޖަކު ހުންނަންވެދާނެތަ؟” ޞާބިރާ ރިޔާ އާ ދިމާއަށް ބަލާލަމުން އެހެން ބުނެލުމާއެކު ރިޔާ ކޮށިއެރިއެވެ. ކުރީގެ ފިރިމީހާގެ ފަރާތުން އޭނާއަށް ލިބުނު ވޭން އަދިވެސް އެހިތުން ފިލައިގެން ނުދެއެވެ. ވީއިރު އޭނާ މީހަކާ އިންނަ ޚިޔާލެއް ކުރާނީވެސް ކިހިނެއް ހެއްޔެވެ؟

“ރަނގަޅު މީހަކު ފެނުނީމައެއްނު އިނދެވޭނީވެސް…” ހިނިތުންވެލަމުން ރިޔާ ބުނެލިއެވެ. ޞާބިރާވެސް ދެން އިތުރަށް އެވާހަކައެއް ނުދައްކައެވެ.

ކައިނިމިގެން ކޮޓަރިއަށް ވަދެވުމާއެކު ނަޝްފާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސް އެނދުމަތީގައި އިށީނެވެ. އަދި އެނދުމަތީގައި ބާއްވާފައި އޮތް ހަދިޔާ ކޮތަޅުތަކަށް ބަލާލިއެވެ. އޭނާ އެތަނުން އެއް ކޮތަޅު ހުޅުވާލަމުން މަޑު ދަނބު ކުލައިގެ ޕާރުސަލެއް ނެގިއެވެ. އެއާއެއްކޮށް އޮތް ކާޑު ނަގައި ކިޔާލުމާއެކު ނަޝްފާގެ ބަޑި ފަޅައިގެން ދިއައެވެ. އޭނާވެސް އެކަަހަލަ ތުއްތު ކުއްޖެއްގެ މަންމައަށް ވާން ނުހަނު ބޭނުންވެއެވެ. ނަމަވެސް އޭނާ ވަނީ ދަރިޔަކު ލިބުމުގެ ނަސީބުން މަހުރޫމު ވެފައެވެ.

ދޮރު ހުޅުވާލި އަޑަށް ނަޝްފާ އަވަސް އަވަހަށް ދެލޯ ފުހެލިއެވެ. ރާހުލް ކޮޓަރިއަށް ވަދެ ނަޝްފާގެ ގާތުގައި އިށީނެވެ. ނަޝްފާ އެ ކުރާ ހިތާމަ އޭނާއަކަށް ސިއްރެއް ނުވެއެވެ.

“ނަޝް… އިޓްސް އޯކޭ އޭ.. އަދިވެސް ބޭސްކުރާނީ އޭ… އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ…” ނަޝްފާގެ ބޮލުގައި ފިރުމާލަމުން ރާހުލް ލޯތްބާއެކު ބުނެލިއެވެ. ނަޝްފާ ރާހުލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

“އެކަމަކު ރާހުލް… މަންމަ ވެސް މާމަ ދަރިޔަކު ބޭނުންވޭ… އިނގޭ ރާހުލްވެސް ބޭނުންވާނެކަން… އެކަމަކު އަހަންނަކަށް އެކަމެއް ނުކޮށްދެވެ…. ކިހާވަރަކަށްތަ ބޭސްކުރާނީ؟ ރަނގަޅެއް ނުވިއެއްނު… އަހަރެން މިހާރު އުންމީދު ކަނޑާލައިފިން…” ނަޝްފާ އެހެން ބުނެލިއިރު އަނެއްކާވެސް އެ ދެލޮލުން ތާޒާ ކަރުނައިގެ ތިކިތައް ފައިބަން ފަށައިފިއެވެ. މިހާރު އެދެމަފިރިން ތިން ފަހަރު ބޭރަށް ގޮސް ނަޝްފާގެ ބައްޔަށް ފަރުވާ ހޯދައިފިއެވެ. ނަމަވެސް އެކަމުން އެކަށީގެންވާ ނަތީޖާއެއް ނުލިބުނެވެ.

“އެހެން ނުބުނޭ ނަޝް… އެހާ އަވަހަށް އުންމީދު ކަނޑާލާކަށް ނުވާނެ..” ނަޝްފާ ތެދުކޮށްލުމަށްފަހު އެ ދެލޮލުން ފޭބި ކަރުނަތައް ފުހެލައިދެމުން ރާހުލް ބުނެލިއެވެ. ނަޝްފާ ގަދަކަމުން ހީލެވޭތޯ މަސައްކަތް ކުރިއެވެ.

“ބަލާބަަލަ ނަޝް އާންޓީއަށް ކުދިން ދީފައި ހުރި އެއްޗެހި..” އެނދުމަތީގައި އޮތް ހަދިޔާ ކޮތަޅެއް ނަގަމުން ރާހުލް ސަމާސާ ގޮތަކަށް ބުނެލިއެވެ.

“އަހަރެންނަށް ދޯ މީ…؟” ރާހުލް އެހެން ބުނެލުމުން ނަޝްފާ ހީލަމުން ބޯ ޖަހާލިއެވެ. އަދި ދެމީހުން ވެގެން ކުދިން ދީފައިވާ ހަދިޔާތައް ކެނޑުމުގައި އުޅުނެވެ. ބައެއް ކުދިން އޭނާއަށް ދީފައިވާ ކާޑުތަކުގައި ލިޔެފައިވާ ބަސްތަކުން އެ ދެމީހުންގެ މޫނުން ވެސް ހިނިތުންވުން ފެނިގެން ދިޔައެވެ.

** ** **

“މަައްސަލައަކީ އަހަރު ނިމޭ ކޮޅުވީމަ… ދެން އަންނަ އަހަރު ސްކޫލަށް ވައްދަން ބަހައްޓަންވީނު… އެއް އަހަރު ނުކިޔެވުނަސް އެއީ މައްސަލައެއް ނޫނޭ…” ސަމާ ބުނެލިއެވެ.

“އެއީ ތެދެއް.. މަންމައަށް ވެސް ހީވަނީ ދެން މި އަހަރު އޭނާ ސްކޫލަށް ނުވައްދަންވީހެން…” އާމިނާ ބުނެލިއެވެ. ސަމާ އާއި އާމިނާ ވެސް އަންޖޫދާގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިއައެވެ.

އަންޖޫދާ ދެލޯ ހަނިކޮށްލަމުން އާމިނާ އާ ދިމާއަށް ބަލާލިއެވެ. އާމިނާ އާއި ސަމާ އެހެން ބުނުމުން އޭނާ ހިތްހަމަ ނުޖެހުނެވެ. އޭނާގެ 6 އަހަރު ގެ ދަރިފުޅު ރިޝްކާ މިއަހަރު ސްކޫލަށް ވައްދަން އޭނާ ކޮންމެހެން ބޭނުމެެވެ.

“މަންމަ ސްކޫލަށް ވައްދަން އެހީވާނަމޭ ބުނީމަދޯ އަހަރެން މާލެ ބަދަލުވީވެސް… ސަމާ ވެސް އެހީީވެދޭނަމޭ ކިޔާފަ ކިހިނެއްތަ ތި ހަދަނީ؟ ސަމާގެ ފިރިމީހާ އެއީ އެ ސްކޫލުގެ ޕްރިންސިޕަލެއް ނޫންތަ؟” އަންޖޫދާ ހިތްހަމަނުޖެހިފައިވާ ރާގެއްގައި ބުނެލިއެވެ.

“އެކަމަކު ސްކޫލް ޕޮލައިސީ އާ ޚިލާފެއް ނުވެވޭނެ ކިތަންމެ ގާތް މީހަކަށް އެހީވާން ވިޔަސް… ދޯ އާމިނާ؟” ސަމާ އެހެން ބުނުމުން އާމިނާ ބޯ ޖަހާލިއެެވެ. އަންޖޫދާ އިށީންދެގެން އިން ތަނުން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހިތްހަމަ ނުޖެހި ހުރެއެވެ. އާމިނާ އާ ސަމާ އެކަކު އަނެކަކަށް ބަލާލިއެވެ.

ކޮޓަރި ދޮރު ހުޅުވާލުމާއެކު އެނދުމަތީގައި ލެޕްޓޮޕް ހިފައިގެން ކާޓޫނެއް ބަލަން އިން ރިޝްކާ އަންޖޫދާ އަށް ބަލާލަމުން ހީލިއެވެ. އަންޖޫދާ ވެސް ރިޝްކާއަށް ގޮވާލުމަށްފަހު އެނދުގައި ޖައްސާލީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. އޭނާ މާލެ އައީ އިއްޔެގެ ވަގުތެއްގައެވެ. މާލޭގެ އެހާ ދަތި ތަންކޮޅެއްގައި އުޅެން އޭނާ ބަދަލުވީ ރިޝްކާއަށް ކިޔަވައިދިނުމުގެ މަޤުސަދުގައެވެ. ނަމަވެސް އޭނާއަށް އެ މަޤުސަދު ހާސިލް ނުވީއެވެ. ރިޝްކާ ސްކޫލަށް ވެއްދޭނީ އަންނަ އަހަރު ކަމުގައި ބުނުމުން އަންޖޫދާގެ ހިތްވަރު އެލުނެވެ.

ރަށުގައި އުޅުނު އިރު ރަށު މީހުން އޭނާއާ ދިމާއަށް އެއްޗެހި ކިޔާވަރުން އާމިނާ އޭނާއާ ރިޝްކާ ގެއިން ބޭރަށް ނިކުތުންވެސް މަނާ ކުރިއެވެ. ރިޝްކާ ސްކޫލަށް ނުވެއްދުނީވެސް އެ ސަބަބާހުރެއެވެ. ނަމަވެސް އަންޖޫދާ ރިޝްކާއަށް ކިޔަވައިދޭން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ރިޝްކާ ގޮވައިގެން މާލެ ބަދަލުވީއެވެ. އާމިނާވެސް އަންޖޫދާމެންނާއެކު ބަދަލުވާން ނިންމީ ސައްތާރުވެސް މީގެ ތިން އަހަރު ކުރިން ނިޔާވެފައި ވުމާއެކު އޭނާ އެކަނި ރަށުގައި ހުރި ގޭގައި އުޅެން ބޭނުން ނުވާތީއެވެ. ރަށުގައި ހުރިގެ ކުއްޔަށް ދިނުމަށްފަހު އަންޖޫދާ މާލެ އައީ ވަރަށް ފޮނި އުންމީދުތަކާއެކުގައި ނަމަވެސް އެ އުންމީދުތައް ހާސިލްކުރެވޭ ގޮތެއް ނުވިއެވެ. ރަށުގައި އުޅުނު އިރު ރިޝްކާ ސްކޫލަށް ނުފޮނުވި ނަމަވެސް އަންޖޫދާ ގޭގައި ރިޝްކާއަށް ކިޔަަވައި ދެއެވެ. އަންޖޫދާ ރިޝްކާ ސްކޫލަށް ވައްދަން އެހާ ވަރުން އުޅުނީ ރިޝްކާއަކީ ތޫނުފިލި ކުއްޖެއްކަން އިހުސާސްކުރެވުމުންނެވެ. އޭނާ މާލެ އެއައީ ވެސް އާމިނާގެ ރައްޓެއްސެއް ކަމުގައިވާ ސަމާ ރިޝްކާ ސްކޫލަށް ވެއްދޭނެކަމުގެ ޔަޤީންކަން ދިނުމުންނެވެ.

“މަންމީ… ރިޝްކޮ ސްކޫލަށް ދަނީ ކޮން އިރަކުން؟” ލެޕްޓޮޕު ނިވާލުމަށްފަހު އަންޖޫދާ ގާތު އޮށޯވެލަމުން ރިޝްކާ އަހާލީ މާލެ ދަނީ އޭނާ ސްކޫލަށް ވައްދަން ކަމުގައި އަންޖޫދާ ބުނެފައި އޮތުމުންނެވެ. ރިޝްކާގެ މި ސުވާލަށް ދޭނެ ޖަވާބެއް އަންޖޫދާ އަކަށް ނޭނގުނެވެ. އޭނާ ރިޝްކާގެ ހަށިގަނޑު ގަޔާ ކައިރިކޮށްލަމުން ބައްދާލިއެވެ.

“ވަރަށް އަވަހަށް މަންމި ގެ ދޫނި ސްކޫލަށް ފޮނުވާނަން އިނގޭ… ދޫނި އެކަމާ ހާސްނުވައްޗޭ…” އެ ކުޑަ ދޮން ކޮލަށް ދޮނެއް ދެމުން އަންޖޫދާ ލޯބިވެތި ގޮތަކަށް ބުނެލުމުން ރިޝްކާ ބޯ ޖަހާލީ އުފަލުން ހުރެއެވެ. ކާޓުނުތަކުގައި ދައްކާ ކަހަލަ ސްކޫލަކަށް ދާން އޭނާ އަބަދުވެސް ބޭނުންވެއެވެ.

ރޭގަނޑުގެ ވަގުތު ރިޝްކާ ނިންދެވުމަށްފަހު އަންޖޫދާ ލެޕްޓޮޕް ހުޅުވާލިއެވެ. ރިޝްކާ ވައްދާނެ ސްކޫލެއް ހޯދަމުން ގޮސް އޭނާގެ ލޮލުގައި އަޅައިގަތީ ވަރަށް ފަހުން ހުޅުމާލޭގައި ހުޅުވި ސްކޫލެއް ކަމަށްވާ ‘ކުދިމާ ސްކޫލް’ ގެ ނަމުގައެވެ. އެ ސްކޫލުގެ ސައިޓަށް ވަދެލުމާއެކު އެއީ ގްރޭޑް 1 އަށް ވެސް ކިޔަވައިދޭ ސްކޫލެއްކަން އޭނާއަށް އެނގުނެވެ. އަހަރުގެ ފަހުކޮޅު 1 އަށް ވެއްދުނަސް ރިޝްކާއަށް އެހެން ކުދިންނެކޭ އެއް ހަމައެއްގައި ހިފަހައްޓައިލެވިދާނެ ކަމުގެ ޔަޤީންކަން އަންޖޫދާގެ އޮތެވެ. ނަމަވެސް އެއީ ޕްރައިވެޓް ސްކޫލެއް ކަމުން އަންޖޫދާ ކުޑަކޮށް ހާސްވިއެވެ. ރަށުގައި ހުންނަ ގެ ކުއްޔަށް ދީގެންނާއި އޭނާއަށް މާލެއިން ލިބުނު ވަޒީފާއިން ކުއްޔަށް ހިފައިގެން އުޅޭގެ ކުލި ދައްކާފައި އެ ސްކޫލަށް ދައްކަން ޖެހޭ ފީ ދެއްކޭނެބާއޭ އޭނާގެ ހިތަށް އެރިއެވެ. އަނެއްކޮޅުން ކޮންމެ ދުވަހަކު ރިޝްކާ ގޮވައިގެން ހުޅުމާލެއަށް ދިއުމަކީވެސް ދަތިކަމެކެވެ.

ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އަންޖޫދާ ސައިޓުގައި އިން ނަންބަރަށް ގުޅާލިއެވެ. ހީކުރިވަރަށް ވުރެ ފަސޭހައިން ރިޝްކާ ސްކޫލަށް ވެއްދުމުގެ ކަންތައް ހަމަޖެހުމުން އަންޖޫދާ ހިތްހަމަޖެހުނެވެ. ވީހާވެސް އަވަހަށް ރިޝްކާ ގޮވައިގެން އެންޓްރީ ފީ ވެސް ހިފައިގެން ސްކޫލަށް އައުމަށް ބުނުމުން އަންޖޫދާ އަނެއްކާ ވެސް ހާސްވިއެވެ. ނިދިފައި އޮތް ރިޝްކާއަށް ބަލާލުމަށްފަހު އޭނާ ތެދުވެގެން ގޮސް އަލަމާރި ވަތްގަނޑު ހުޅުވާލިއެވެ. އަދި އޭނާ އަތުގައި މިހާރު ހުރި ފައިސާތައް ގުނަން ފެށީ ކަންބޮޑުވެ ހުރެއެވެ.

**ނުނިމޭ**

30
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އެފިނިމެންދަން 14

Next

އެފިނިމެންދަން 15

Next
October 30, 2016

އެފިނިމެންދަން 15

Previews
October 30, 2016

އެފިނިމެންދަން 14

28 Comments

  1. LiaaSher says:
    October 30, 2016 at 2:49 pm

    Hii… Miothy first part… Next part on Tuesday 🙂
    Let me know how u guys feel about this… And mistakes huredhaane… Rangalhu kollan jehey kanthah bunedhiniima ufalaa eku improve kuran masaiykaiy kuraanan…
    Loves <3

  2. Ely says:
    October 30, 2016 at 3:01 pm

    Vvvvvvvvv nice… Just love it..:-* :-*

    1. LiaaSher says:
      October 30, 2016 at 3:10 pm

      Thanks Ely 🙂

  3. Saadhu says:
    October 30, 2016 at 3:08 pm

    V inthijaaru kurevay vahakaye mi.v v reeth.nimedhen genes dhenaka heekura

    1. LiaaSher says:
      October 30, 2016 at 3:11 pm

      Thankyw Saadhu 🙂 Iraadha kureviyyaa nimendhen up kohdheynan

  4. Thaany says:
    October 30, 2016 at 3:19 pm

    Wow v reethi ngey awahah rahul r anjoo dhimaa kuruwaba

    1. LiaaSher says:
      October 30, 2016 at 3:22 pm

      Thanks thaany 🙂

  5. Aphy says:
    October 30, 2016 at 3:40 pm

    V reethi…waiting for the nxt part

    1. LiaaSher says:
      October 30, 2016 at 3:48 pm

      Thankss Aphy 🙂

  6. Sam says:
    October 30, 2016 at 3:58 pm

    wow… vrh vrh vrh nice.. 🙂 🙂

    1. LiaaSher says:
      October 30, 2016 at 4:08 pm

      Thanksss Sam 🙂

  7. Inee says:
    October 30, 2016 at 4:23 pm

    Varahves furihama

    1. LiaaSher says:
      October 30, 2016 at 4:33 pm

      shukuriyyaa Inee 🙂

  8. ~minty~ says:
    October 30, 2016 at 5:16 pm

    Alhe wow!!! This story is just awesome ingey…next part vrh kiyaa hiyy vey eba…kn irakn next part?? Btw knme part akh comment nukurevunrs minty baraabarah mi story kiyrn ingey ??

    1. LiaaSher says:
      October 30, 2016 at 5:22 pm

      Thankkss minty fr ur support <3 🙂

  9. Aroo says:
    October 30, 2016 at 5:17 pm

    Mi nuhaggu loabige 7yrs later ge baitha.. plx let me know that

    1. LiaaSher says:
      October 30, 2016 at 5:23 pm

      Yess Aroo… Mee 7 year later ge bai 🙂 Liaa ah nujehi othy dhw… Nw innaanee jahaafa

  10. harry says:
    October 30, 2016 at 5:21 pm

    Wowow???

    1. LiaaSher says:
      October 30, 2016 at 5:23 pm

      Thankss harry <3

  11. lai says:
    October 30, 2016 at 5:22 pm

    i thought anjoo aa raahul kamah gulheynyy .. edhemyhun dhn nugulheynetha liaa?? n tthis prt is awsome .. keep it up 🙂

    1. LiaaSher says:
      October 30, 2016 at 5:24 pm

      Neynge dhw lai… Keep reading and u will know wat will heppan…
      Thankyw 🙂

  12. Sabeeha says:
    October 30, 2016 at 7:28 pm

    vv reethi..??

  13. s....f says:
    October 30, 2016 at 7:41 pm

    vaahakaa ge name change kuree keeh vegentha. vaahaka v salhi vaahaka ge name badhal kurun ehaa ragalheh noon alah liyaa kuhjeh vihyaa faharehga vedhaane ehen ok mikan ragalhu kohlee maa varah habeys vaane

  14. Elly says:
    October 30, 2016 at 9:19 pm

    Wow.. v salhi.. waiting for the next part ❤❤

  15. Lam says:
    October 31, 2016 at 11:07 am

    Vv reethi…waiting

  16. Aan says:
    October 31, 2016 at 5:04 pm

    vvvvv salhi

  17. reemaa says:
    October 31, 2016 at 5:50 pm

    Alhey…. v v salhi….. waiting fr tuesday….. alhe anjoo aa raahul aa gulhuvaathi ingey liaaa ??

  18. LiaaGeFan says:
    October 31, 2016 at 5:54 pm

    Finally mi stry kiyaalan libijje…. ?? so happy and waiting for the next parrrtt…. i love u liaa
    …

Comments are closed.

All Right Reserved!