ރީތިކޮށް އެނދުގައި ލެގިލުމަށްފަހު ތުރުރުރުއަޅާ ހާލުގައި ލޫކް ގެ މެސެޖް ހުޅުވާލިއެެވެ. “އަލްޔާ! އަހަރެމެން ދެމީހުން ދޭތެރޭގައި ހިނގާދިޔަ ކަންތަކަކީ އެއްގޮތަކަށް ވެސް އަހަރެމެން ކޮށްގެންވާނޭ ކަމެއް ނޫން. އަދި ވީ ކަމެއް ނުވާކަމަކަށް ވެސް ނުވާނެ. އަދި އެކަންތަކުގައި އަހަރެން ކުށްވެރިވާ ކަމަށް އަލްޔާ އަށް ގަބޫލުކުރެވޭނަމަ އެކަމަށް އަހަރެން މާފަށް އެދެން… އެކަމަކު ބުނެފާނަން. ވެދިޔަ ކަންތަކުގައި އަހަރެމެން ދެމީހުން ވެސް ކުށްވެރިއެއްނުވޭ. ކުށްވެރިވަނީ ހަމައެކަނި ހާލަތު. މަށަށް އެނގޭ އަލްޔާ އަމިއްލަ ނަފްސު […]
ހުޅުލޭއަށް ބޯޓު ޖެއްސުމާއެކު އަހަރެންވެސް ދަބަސްހިފައިގެން އަންނަމީހުންނަށް ޚާއްސަކުރެވިފައިވާ ދޮރުން ބޭރަށް ނުކުތީމެވެ. އޭރު ބޭބެހުރީ އަހަރެން ބަލާއައިހެވެ. އަހަރެން ފެނުމުން ބޭބެއައިސް އަހަރެންގެ ދަބަހުގައި ހިފިއެވެ. ” ދައްތަ ކުޑަކަމެއްގަ ބިޒީކޮށް އުޅޭތީ ނާދެވުނީ….” ދަބަސްހިފައިގެން ފެރީޓާމިނެލާ ދިމާއަށް ހިނގައިގަންނަމުން ބޭބެ ބުންޏެވެ. އަހަރެން ހިނިތުންވެލަމުން ބޭބެގެ ފަހަތުން ހިނގައިގަތީމެވެ. ފަނަރަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު މާލެއާދެވިއްޖެއެވެ. ބޭބެ ދަބަސް ހިފައިގެން ގޮސް ކާރުގެ ޑިކީއަށްލިއެވެ. ” ބީރައްޓެއްސެއްހެން ފަހަތަށް ތިއަރަނީ ކީއްވެ؟….އާދޭ ކުރިޔަށް….ކުރީސީޓްއެހުރީ ހުހަށެއްނު…” އަހަރެން […]
އެންމެފަހުން ތާޝާ އިލްޔާސްގެ ދަރިޔަކަށް ބަލިވެއިނީއެވެ. ތާޝާގެ ނިކަމެތިކަމާއި މެދު އަހަރެން ހަމްދަރުދީވެ ދެރަވެސްވިއެވެ. އަހަރެންގެ ލޯބި އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ތާޝާ އަހަރެންނަށް ކިތަންމެ ވަރަކަށް ފިލަން އުޅުންކަމުގައިވިޔަސް އަހަރެން ތާޝާ ހޯދާނަމެވެ. މުޅި މާލެ ވަށާ އަވީގައި ސައިކަލު ދުއްވިއްޖެއެވެ. ނަމަވެސް ހިތުގައި އަނދަމުން މިދާ އަލިފާންގަނޑު ނިވޭ ގޮތެއްނުވިއެވެ. މަގު މެދުގައި ސައިކަލު މަޑުކޮށްލީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އިނާޝާއެވެ. ނަމަވެސް އަހަރެން ފޯނު ކަނޑާލުމަށްފަހު އޮފީހަށް މިސްރާބުޖެހީމެވެ. މިހުރިހާ ކަމެއްގައި […]
އަރައިގެން އައި އިރާއިއެކު އާދައިގެ މަތިން ފާތުމާމަނިކެ ތެދުވެ ގޭދޮށް ކުނިކަހަން ފެށިއެވެ. ގޭދޮށް ކުނިކާހާ ނިންމާލުމަށް ފަހު އޭނާ ދިޔައީ އޭނާގެ ލޯބިވާ ދެކުދިންނާއި ފިރިމީހާ ހޭލަންވާއިރަށް ސައިބޯންހަދާށެވެ. ސައިހަދާ ނިއްމާލުމައްފަހު ފާތުމާމަނިކެ ގޮސް އޭނާގެ ފިރިމީހާ ހަސަނަށް ގޮވަން ކޮޓަރި އަށް ވަނެވެ. ކޮޓަރިއައް ވަން ވަގުތު ފާތުމާމަނިކެ އަށް ފެނުނު މަންޒަރަކުން ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ފިރިމީހާ ހަސަނު އޮތީ އެއް އަތް އެދުން ބޭރައްވެއްޓި އަނގަ ހުޅުވިފައެވެ. ފާތުމާމަނިކެ އަށް ބޭއިހުތިޔާރުގައި ހަޅޭއް ލަވައި ގަނެވުނެވެ. ދުވެފާ ގޮސް އެނދު މަތީ އިށީދެ ހަސަނުގެ ބޯ ފާތުމާމަނިކެގެ […]
އެވަގުތަކީ ޒަމީނާ ޒައިން ޓިއުޝަނަށް ލާން ގޮސްފައި އަދި ހުދާ ގަދަ ނިދީގައި އޮތް ވަގުތު ކަމަށްވުމުން ޝަފަޤް ފިޔަވައި ގޭގެތެރެއިން އެހެން މީހަކު ނުފެނެއެވެ. އޭނަ އަވަސް ހިނގުމެއްގައި ގޮސް ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ފުން ނޭވައެއް ދޫކޮށްލަމުން ދޮރު ހުޅުވާލިއެވެ. ޝަފަޤް ދެލޯ ހުޅުވާލި ވަގުތު އޭނައަށް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ވިސާމްގެ ސީރިއަސް މޫނެވެ. ޝަފަޤަށް ލިބުނު ކުޑަ ސިހުމާއެކީ އޭނަ ތިރި ބަލާލި ހިނދު އޭނައަށް […]
ފަޔާޒްއާއި ރިޔާޝާގެ ދެމެދުގައި ވަރުގަދަ ފާރެއް ލެވިއްޖެކަމުގައި ރިޔާޝާއަށް އިހުސާސްކުރެވެން ފަށައިފިއެވެ. މިހާރު ފަޔާޒް ގިނަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ގިނައިން ކަނީވެސް ގެއިން ބޭރުންނެވެ. ކުރީގައި ހުންނަ މަޖާ މިޒާޖު ވަނީ ބަދަލުވެފައެވެ. އަބަދުވެސް ހުންނަނީ ނެގިމަޑުވެފައެވެ. ގޭގައި އުޅޭ ވަގުތުތަކުގައިވެސް މާގިނައިން ރިޔާޝާއާއި ވާހަކަދައްކައެއް ނޫޅެއެވެ. ގިންއިން އޮންނަނީވެސް ފިކުރެއްގައެވެ. ވަރަށް ބޮޑު ފިކުރެއް ކުރަމުންދާކަން ޔަޤީނެވެ. ނަމަވެސް ރިޔާޝާއަށް ނޭނގެނީ ފަޔާޒް އެފިކުރު ކުރަނީ ކޮންކަމަކާ ކަމެވެ. މިކަންތައްތައް ވެގެންދިޔައީ ރިޔާޝާއަށް […]
ދެމީހުން އެކަކު އަނެކަކަށް ގެއްލިފައި ތިއްބާ ގޭގެ ދޮރުހުޅުވާލިއަޑުއިވިފައި ސިހުނެވެ. ދެމީހުންނަށް ހަމަވިސްނުން އައިސް ލޯހުޅުވާލިއިރު އެމީހަކު ހުރީ އަހަރެމެންގެ ކުރިމަތީގައެވެ. ” ޔޫ!” އަލަމްއާ ދުރަށްޖެހިލަމުން ހައިރާންވެފައި އަހަރެންނަށް ޔޫނާއަށް ގޮވާލެވުނެވެ. އަހަރެމެންފެނި އިރުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު ، ކުއްލިއަކަށް ޔޫނާ ދުވެފައި ބޭރަށް ނުކުތެވެ. ހީވީ ބިރެއްފެނިގެން ދިޔަހެންނެވެ. ޔޫނާ ދިޔަގޮތުން އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދި ހާސްވާ ގޮތްވެއްޖެއެވެ. އޭނާ އެދިޔައީ ފެނުނު މަންޒަރުން ހިތްހަމަ ނުޖެހިގެންކަންވެސް އަހަރެންނަށް އެނގުނެވެ. ޔޫނާއަށް […]
[މީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކަ ކަމުން ކިއުންތެރިންގެ ޚިޔާލާއި ސަޕޯރޓު ބޭނުމެވެ. އެގޮތުން ބިނާ ކުރަނިވި ޚިޔާލުފުޅު ތަކަށް އަޅުގަނޑު އަބަދު ވެސް މަރުޚަބާ ކިޔާނަމެވެ. ޝުކުރިއްޔާ.] ………….. ބުރު ނޭންގޭ ވަރަށް އެނބުރެމުން ދިޔަ ފަންކާ އަށް ނަޒަރު ހުއްޓިފައި އޮތް އިރު އެއްވެސް ހިފެހެއްޓުމެއް ނެތި އަހަރެންގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. އެސްފިޔަ ޖަހައިލަން ވެސް ނުކުޅެދިފަ ނޭވާ ހިފަހައްޓައި ލައިގެން އެހެން އޮތް އިރު އެތަށް އެއްޗެއް […]
” ކައިވެނީގެ ވަލީމާއެއް ދޯ.. އަނެއްކާ ކާކުބާ” އައިޝާ ކައިރިވެލަމުން އަހާލިއެވެ. އީޝާލް އަނެއްކާވެސް އެކަރުދާސްކޮޅަށް ބަލާލަމުން އޭަގައި ލިޔެފައިވާ ނަންތައްކިޔާލިއެވެ. ” ހުޝާމް ވެޑްސް ލޫޝާ” އީޝަލް ކިޔާލުމާއެކު އައިޝާގެ ބޯމަތީގައި ބޮމެއް ގޮވިކަހަލައެވެ. އަވަސް އަވަހަށް އީޝަލް އަތުން އޭތި އަތުލާ އޭގައި އޮތް އެއްޗެއް ކިޔަންފެށީ އޭގައިވާ ނަންތައް ބަދަލުވަނެނަމައޭ ހިތަށް އަރުވަމުންނެވެ. އައިޝާ މުޅިން މާޔޫސްވިއެވެ. އޭތި އަނބުރާ އީޝަލް އަތަށް ދިނުމަށްފަހު ކޮޓަރިއަށް ދިޔައީ މާޔޫސްވެފަ ހުރެއެވެ. އައިޝާއަށް ވީގޮތް […]