ދެމީހުން އެކަކު އަނެކަކަށް ގެއްލިފައި ތިއްބާ ގޭގެ ދޮރުހުޅުވާލިއަޑުއިވިފައި ސިހުނެވެ. ދެމީހުންނަށް ހަމަވިސްނުން އައިސް ލޯހުޅުވާލިއިރު އެމީހަކު ހުރީ އަހަރެމެންގެ ކުރިމަތީގައެވެ.

” ޔޫ!” އަލަމްއާ ދުރަށްޖެހިލަމުން ހައިރާންވެފައި އަހަރެންނަށް ޔޫނާއަށް ގޮވާލެވުނެވެ. އަހަރެމެންފެނި އިރުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު ، ކުއްލިއަކަށް ޔޫނާ ދުވެފައި ބޭރަށް ނުކުތެވެ. ހީވީ ބިރެއްފެނިގެން ދިޔަހެންނެވެ. ޔޫނާ ދިޔަގޮތުން އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދި ހާސްވާ ގޮތްވެއްޖެއެވެ. އޭނާ އެދިޔައީ ފެނުނު މަންޒަރުން ހިތްހަމަ ނުޖެހިގެންކަންވެސް އަހަރެންނަށް އެނގުނެވެ. ޔޫނާއަށް އަހަރެމެން އެގޮތަށް ތިއްބާ ފެނުމުން އަހަރެން ވަރަށް ލަދުގަތެވެ. އަލަމްވެސް އިނީ ހާސްވެފައިކަން އޭނާގެ މޫނުމަތިން އަހަރެންނަށް ދޭހަވިއެވެ. ޔޫނާގެ ފަރާތުން އެހެންމީހަކަށް އެނގިދާނެތީ ކަންބޮޑުވެގެން ގޮސް އަހަރެންނަށް ރޮވެންވެސް ފަށައިފިއެވެ.

” ޝެލީ ޕްލީޒް ނުރޮއެބަލަ!….އަދިނުވެޔޭ ހާސްވާކަށް….ޔޫނާއަކީ ޝެލީގެ ބެސްޓް ފުރެންޑެއްނު…އޭނަ ނުބުނާނެ އެއްވެސް މީހަކުގާތުގައެއް….މަށަށްހަމަ ޔަގީން..” އަލަމް އަހަރެންގެ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ.

” އަހަރެން މިވަގުތު ގޮސްލާނަން…..މިހާރު މާމަވެސް އަންނަން އުޅޭނެ…..ދެން އެކަމާ ނުވިސްނާ! އަހަރެން ޔޫނާއާ ވާހަކަ ދައްކާނަން…..އޯކޭ!” އަލަމް އަހަރެންގެ ކޮލަށް ދޮނެއްދިނުމަށްފަހު ނުކުމެގެން ދިޔައެވެ. އަހަރެންނަށް ވިސްނެނީ ޔޫނާއާމެދުގައެވެ. އަލަމް ދިޔަތާ ކުޑައިރުކޮޅެއްފަހުން ޔޫނާ އައެވެ. ޔޫނާ ފެނުމުން އަހަރެން ލަދުގަތެވެ. ބުނާނެ އެއްޗެއް ނޭނގިގެން އިސްއުފުލާ ބަލާލަންވެސް ނުކެރިފައި އަހަރެން އިނީމެވެ.

” ޝެލީ! އަހަރެން ހީކުރީ ޝެލީއަކީ ވަރަށް ވިސްނޭ ކުއްޖެއްކަމަށް……އަދި އަލަމްއަކީވެސް އެހާ ވިޔާނުދާ ކުއްޖަކަށް ވާނެކަމަކަށް ހިޔެއް ނުކުރަން…” ޔޫނާ އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

” ޔޫ! ޔޫ ތިހީކުރާހާ ގޯސްމީހެއްނޫން އަލަމްއަކީ…..އަލަމް މިރޭއެކަނި އެގޮތަށް އަހަރެންނާ ގާތްވީވެސް….އަލަމް އަހަރެންދެކެ ވަރަށް ލޯބިވޭ….އަހަރެންވެސް އަލަމްދެކެ ލޯބިވާތީ އަލަމްއާ ގާތްވެވުނީ..” ވަރަށް ސާފުކޮށް ކަންތައްވީގޮތް ޔޫނާއަށް އޮޅުންފިލުވައިދިނީމެވެ.

” ޝެލީ! ލޯބިވާމީހުން އެގޮތަކަށް ކަންތަކެއް ނުކުރާނެ…..ލޯބިވެޔޭ ކިޔާފަ އެގޮތަށް ޝެލީގެ ފަރާތުން އުފާހޯދަން ޖެހޭތަ….ޝެލީވެސް ނުޖެހޭނެ ލޯބިވިޔަސް އަލަމް ބުނިހާ ގޮތަކަށް ކަންތައް ކޮށްދޭކަށް…..ފުރަތަމަ މަޑުމަޑުން ގާތްވެފަ ކުދިކުދި ކަންތައްތައް ކުރާނީ…..ޝެލީއަށް ނުވެސް އެނގޭނެ އެކުދިކުދި ކަންތައްތަކުން ބޮޑުކަމަކަށް ބަދަލުވެގެން ދާއިރުވެސް…..އަލަމްއަކީ ފިރިހެން ކުއްޖެއް….ކޮންމެކަމެއްކޮށްފަވެސް އަޅާނުލާ ހުރެވިދާނެ….އެކަމު ޝެލީތީ އަންހެންކުއްޖެއް…..ބަދުނާވާއިރުވާނީ އަންހެން ކުއްޖާ އެކަނި….ފިރިހެން ކުއްޖާއާ ދެކޮޅަށް ދެއްކޭނޭ ހެއްކެއްވެސް ނޯންނާނެ…..” މަންމައަކު ފަދައިން ޔޫނާ އަހަރެންނަށް ވިސްނާދިނެވެ. އަހަރެންނަށްވެސް ޔޫނާގެ ވާހަކަތައް ގަބޫލުކުރެވުނެވެ.

” ދެން ކިހިނެއް އަހަރެން ހަދާނީ…..އަލަމްދެކެ އަހަރެން ލޯބިވޭ….އަހަރެން ކައިވެނިކުރިޔަސް ކުރާނީ ހަމައެކަނި އަލަމްއާ….އަހަރެންނަށް އެނގޭ އަލަމް އަހަރެންނަށް ދެރަގޮތެއް ނަހަދާނެކަން..” އަހަރެން އަލަމް ދިފާއުކުރަން މަސައްކަތްކުރީމެވެ.

” ބޮޑުވެ ފުރާފުރިހަމަވެގެންނެއްނު ކައިވެންޏެއް ކުރެވޭނީ……ޝެލީއަށް އަދި ކިރިޔާ ސާދައަހަރު ތިވީ…..އަދި ތިއުޅެނީ ރަނގަޅަށް ކިޔަވަން ނުފެށި…..އަށާރަ އަހަރުވީމަ ނޫނީ މީހަކާ ނީދެވޭނެ……ލޯބިވެޔޭ ކިޔާފަ ތިހެން އުޅެނިކޮށް ގޯހެއް ވެއްޖެއްޔާ ކިހިނެއް ހަދާނީ……ކިޔެވުންވެސް ގެއްލި ރަށުތެރެއަށް ބަދުނާމުވެސް ވާނެ…..އެހެންވީމަ އަލަމްގާތު ބުނޭ ޝެލީދެކެ ލޯބިވަންޏާ އެގޮތަށް ގައިގޯޅިވެ ނޫޅޭށޭ!….ލޯބިވާމީހެއް ވިއްޔާ ޝެލީބުނިގޮތަކަށް ރުހިގެން އުޅޭނެ….އެހެންކަމެއް ބޭނުންވެގެން އުޅެންޏާ ޝެލީ ދޫކޮށްލާފަ ދާނެ…..ޝެލީ! މީހަމަ އަހަރެން ޝެލީއަށް ހެޔޮއެދޭތީ ބުނާއެއްޗެއް….އެއްވެސް ފިރިހެނަކު ނަހަމަ ގޮތުގަ ގުޅުމެއް ހިންގަން ފުރުސަތު ނުދޭތި!….” ޔޫނާ އަހަރެންގެ އަތުގައި ހިފާލަމުން ވަރަށް ލޯބިން ނަސޭހަތްދިނެވެ. އަހަރެންނަށް ދައްތައެއްގެ ފަރާތުން ލިބޭނެފަދަ އަޅާލުމާއި އޯގާތެރިކަމެއް ޔޫނާގެ ފަރާތުން ލިބުނެވެ. ޔޫނާ ބުނިގޮތަށް ކަންތައް ކުރުމަށް އަހަރެން އޭނަގާތު ވައުދުވީމެވެ.

މަޑުމަޑުން އަހަރެން އަލަމްއާ ދުރުހެލިވީމެވެ. އަލަމް ސުވާލުކުރުމުން ޔޫނާބުނި ފަދައިން އަލަމްގާތުގައި ބުނީމެވެ. އަލަމް އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އަހަރެންގެ އަތުގައި ހިފާލިއެވެ.

” ސޮރީ! އަސްލު ޝެލީގާތަށް އައީމަ ނަފްސު ކޮންޓްރޯލް ކުރަން ހަމަ އުނދަގޫވަނީ…..އެކަމަކު ދެން އެފަދަ ކަމެއް ވިޔަކަ ނުދޭނަން….ޝެލީ ކިޔަވާ ނިމެންދެންވެސް އަހަރެން އިންތިޒާރު ކުރާނަން” އަލަމް އެއްވެސް ދެކޮޅުހެދުމެއްނެތި އަހަރެން ބުނިގޮތާއި ގަބޫލުވުމުން އަހަރެން އިންތިހާއަށް އުފާވިއެވެ. ދެމީހުންގެ މެދުގައި ގުޅުން ރަނގަޅުވެ އުފާވެރިކަން އާލާވިއެވެ. ލޯބިން ބައްދާލުން ފިޔަވައި އިތުރުކަމެއް އަލަމް ނުކުރެއެވެ. އަހަރެންގާތު ހުންނައިރު އޭނާ ހުންނަނީ ވަރަށް ކެތްކޮށްގެންކަން އަހަރެންނަށް އެނގެއެވެ. އަހަރެން ހީކުރިފަދަ ރަނގަޅުމީހަކަށް އަލަމްވީތީ ޔޫނާވެސް ހުރީ ވަރަށް އުފަލުންނެވެ.

އުފަލާ ހިތްހަމަޖެހުމުގައި ޗުއްޓީގެ ދުވަސްތައް ފާއިތުވަމުން ދެއެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް ފުޓްބޯޅަމެޗެއް ކުޅެން ތައްޔާރުވަނީއެވެ. އަލަމްވެސް ކޮންމެ ދުވަހަކު މެޗްގެ ޕްރެކްޓިސް ކުރަން ދެއެވެ. މިފަހަރުގެ މެޗްކުޅެނީ ނެއްލާދޫ ޒުވާނުންގެ ޖަމުއިއްޔާގެ ޓީމާއެކުގައެވެ. މެޗްކުޅުނު ދުވަހުގެ މެންދުރުފަހު އަހަރެންވެސް ޔޫނާއާއެކު ޓީމުކުދިންނަށް ސައިތައްޔާރު ކުރުމަށް އުޅުނީމެވެ. މެޗްފެށުމުގެ ކުރިން ސައިގެ ކަންތައް ތައްޔާރުކޮށްފައި ހުރިހާ އަންހެންކުދިންވެސް ދިޔައީ މެޗްބަލާށެވެ. އަހަރެންވެސް އަޑުގައި ހުރިބާރެއްލާފައި އަލަމްގެ ޓީމަށް ސަޕޯޓްކުރަމުން ދިޔައީމެވެ. އަހަރެން ފޯރިހިފާލާފައި ރަށުޓީމަށް ސަޕޯޓުކުރަމުން ދާތީ އެހެން އަންހެންކުދީންތައް ހައިރާންވެފައި ތިބިއިރު ޔޫނާއިނީ ފާޑަކަށް ހިނިއައިސްފައެވެ.

މެޗްގެ ފަހުހާރލް ނިމެން އުޅެނިކޮށް އިދިކޮޅުޓީމު ކުޅުންތެރިއެއްގެ ފައިން އަލަމްގެ ބޮލުގައި ޖެހިފައި އަލަމް ވަގުތުން އަނބުރައިގަނެގެން ވެއްޓުނެވެ. އަލަމް ވެއްޓުނުތަން ފެނުމާއެކު އަލަމްއަށް ބާރަކަށް ގޮވާލާފައި ބޭއިޚުތިޔާރުގައި އަހަރެންނަށް އަލަމްއާ ދިމާއަށް ދުއްވައިގަނެވުނެވެ. ޔޫނާވެސް އަހަރެންގެ ފަހަތުން ދުއްވައިގަތެވެ. ހަމައެއާއެކު އެހެންކުދިންތައްވެސް ކަންބޮޑުވެގެން އަހަރެމެންގެ ފަހަތުން އައެވެ. ކުއްލިއަކަށް ކުޅުން މެދުކަނޑާލިއެވެ. ފަސްޓްއެއިޑް ދޭމީހުން ސްޓްރެޗަރ ހިފައިގެން ދަނޑަށް އެރިއިރު އަހަރެންނަށްވެސް ހުރެވުނީ ދަނޑަށްއަރައި ކުޅުންތެރިންގެ މެދުގައެވެ. އަލަމް އޮތްގޮތް ފެނުމުން އަހަރެންނަށް ބާރަކަށް ރޮއެގަނެވުނެވެ. އަހަރެން ރޯތީ ހުރިހާ ފިރިހެންކުދިން ފާޑަކަށް އަހަރެންނަށް ބަލަމުން ދިޔައެވެ. އަލަމް ސްޓްރެޗާއަށް ލައިގެން ގެންދަންފެށުމުން އަހަރެންނަށްވެސް އެމީހުންގެ ފަހަތުން ދާން ހިނގައިގަނެވުނެވެ. ޔޫނާ އަވަސް އަވަހަށް އަހަރެންގެ އަތުގައި ހިފައިގެން ދަނޑުން ބޭލިއެވެ.

” ޝެލީ ހަމަޖެހިބަލަ! ތިހާ ފިނޑިވާކަށް ނުވާނެ! އަލަމްއަށް އެއްވެސް ގޮތެއްނުވެޔޭ!….މާބާރަށް ބޫޓުން ޖެހުނީމަ އެނބުރުން އެރީކަމަށްވާނީ…..އިރުކޮޅަކުން ރަނގަޅުވާނެ!…..އެކަމު ޝެލީކުރިކަމަކުން ދެން އެންމެން ދައްކާނީ ޝެލީގެ ވާހަކަ….ބަލާބަލަ މިހާރުވެސް އެންމެން ބަލަނީ އެއޮއް…” ޔޫނާ ހުރީ ކަންބޮޑުވެފައެވެ. އަހަރެން ވަށައިގެން ބަލާލިއިރު ގިނަމީހުންގެ ނަޒަރުވަނީ އަހަރެންނަށް އަމާޒުވެފައެވެ. ނަމަވެސް އަހަރެންނަށް ބެލެނީ އަލަމްއާ ދިމާއެވެ. ދަނޑުގެ އެއްކައިރީގައި ބާއްވައިގެން އަލަމްއަށް ފަސްޓްއެއިޑްދެމުން ދިޔައެވެ. އިރުކޮޅެއްފަހުން އަލަމްގެ މަންމަވެސް ރޮމުން ރޮމުން އަންނަތަން ފެނުނެވެ. އަލަމްގެ މަންމައާއެކު އަހަރެންވެސް އަލަމްގެ ގާތަށް ދިޔައީމެވެ.

” އަހަރެންގެ ދަރިފުޅަށް ކިހިނެއްތަވީ؟” އަލަމްގެ މަންމަ ރޮމުން ރޮމުން ފަސްޓްއެއިޑް ދޭންހުރި މީހާއާ ސުވާލުކުރިއެވެ.

” ދައްތާ ނުރޮއެ ހުއްޓާލާ! އަލަމްއަށް މާބޮޑުކަމެއް ނުވެޔޭ….ހަމައެކަނި އަނބުރައިގަތީ….އިރުކޮޅަކުން ރަނގަޅުވެދާނެ…” އެމީހާ އޯގާތެރިކަމާއެކު އަލަމްގެ މަންމައަށް ވިސްނައިދިނެވެ.

އަލަމް ހޭއެރުމާއެކު ވަށައިގެން ކަޅިހިންގާލިއެވެ. އަދި އަހަރެން އަލަމްގެ ގާތުގައި އިންތަން ފެނުމުން ހިނިތުންވެލިއެވެ. އަހަރެންވެސް ކަރުނަ ފުހެލަމުން ހިނިތުންވެލީމެވެ.

” ދަރިފުޅާ! މިހާރު ކިހިނެއްތަ؟” އަލަމްގެ ބޮލުގައި ފިރުމާލާފައި ރޮވިފައިވާ އަޑަކުން އަލަމްގެ މަންމައަހާލިއެވެ.

” މަންމާ އަހަރެން ހަމަ ރަނގަޅޭ….” އަލަމް ތެދުވެ ހަމަޖެހިލަމުން ބުންޏެވެ.

” އޭތް މޯޑް! ކަލޭމެން މެޗްކުރިޔަށް ގެންދޭ! އަހަރެން ހަމަޔަކަށް އެޅުނީމަ އަރާނަން….ޓީމުގެ ކެޕްޓަކަށް ގޮވާލާފައި އަލަމް ބުންޏެވެ. އަލަމްގެ އެދުމުގެމަތިން އަނެއްކާވެސް ކުޅެންފެށުނެވެ. އަލަމް ތެދުވެ ބެންޗްގައި އިށީނދެ މެޗްކުޅޭ މަންޒަރު ބަލަންފެށިއެވެ. އަލަމްގެ މަންމަވެސް އޭނަގެ ގާތުގައި އިށީނެވެ. އަހަރެންނާއި ޔޫނާ ތަންކޮޅެއް ދުރުގައި ތިބީމެވެ. މެޗަށްވުރެ ބޮޑަށް އަހަރެންނަށް ބެލެނީ އަލަމްއަށެވެ. އަލަމް އަދިވެސް އިނީ ފާޑަކަށެވެ. ހީވަނީ އޭނާ ހަމަޔަކަށް ނޭޅޭހެންނެވެ. ކުއްލިއަކަށް އަލަމްގެ ލޯމެރެންފެށިއެވެ. އަލަމް އަރިއަޅާލުމާއެކު އަހަރެންނަށް ދުވެފައިގޮސް އަލަމްގެ ގައިގާ ހިފެއްޓުނެވެ. އަލަމްގެ މަންމަވެސް ސިހިފައި ރޮއެގަންނަމުން އަލަމްގެ ގައިގާ އޮޅުލައިގަތެވެ. އެންމެންގެ ސަމާލުކަން އަނެއްކާވެސް އަހަރެމެންނަށް ހުއްޓުނެވެ.

އަލަމްގެ ބައެއް އެކުވެރިން މެޗްދޫކޮށްފައި އަލަމްގެ ގާތަށް އައެވެ. އެންމެންވެސް މިހާރުތިބީ ވަރަށް ކަންބޮޑުވެފައެވެ. ހުރިހާ އެންމެންވެސް ލަފާދިނީ ވީހާވެސް އަވަހަކަށް އަލަމް ގޮވައިގެން ކުޅުދުއްފުއްޓަށް ދިއުމަށެވެ. އަލަމްގެ މަންމަމެން ވީ އެންމެ އަވަހަށް އަލަމް ގޮވައިގެން ކުޅުދުއްފުއްޓަށް ދިޔައެވެ. އަލަމްއަށް ވީގޮތުން ދެރަވެގެން އަހަރެންނަށް އެރޭ ކެވޭގޮތެއްވެސް ނުވިއެވެ. ހަމަ ވިސްނަވިސްނާފައި ރޮވެނީއެވެ.

އަނެއް ދުވަހުގެ އިރުއެރިއިރު ރަށުތެރޭގައި އެއްއަޑަކަށް އޮތީ އަހަރެންނާއި އަލަމްގެ ވާހަކައެވެ. އަހަރެމެން އެހުރިހާ ދުވަހު ސިއްރުކޮށްގެން އުޅުނުލޯބި އިއްޔެގައި ހަމަ ރަނގަޅަށްވެސް ފަޅާއަރައިފިއެވެ. ރަށުތެރޭގައި އެވާހަކަ ދެކެވޭކަމުގެ ޚަބަރު އަހަރެންނަށް ލިބުނީ ޔޫނާގެ ފަރާތުންނެވެ. އެވާހަކަތައް އިވުމުން ލަދުގަނެ ބިރުވެސް ގަތެވެ. ބިރުގަތީ މަންމަމެން ހިކޮށްފާނެ އެއްޗަކަށެވެ. ނަމަވެސް އަހަރެން ހީކުރިގޮތާއި ޚިލާފަށް މަންމަވެސް އަދި ބައްޕަވެސް އަހަރެންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. އަހަރެން ކުރިއަށްވުރެވެސް ބޮޑަށް ގޭގައި ބަންދުވެގެން އިންނަން ފެށީމެވެ.

ތިންދުވަސްވާންދެން އެނދުމަތިކޮށްފައި ބޭއްވުމަށްފަހު އަލަމް ދޫކޮށްލިއެވެ. އަލަމް ރަށަށް އައުމާއެކު ރަށުތެރޭގައި ދެކެވޭ ވާހަކަ އޭނައަށްވެސް އަޑުއިވުނެވެ. އަހަރެމެންގެ ލޯބިފަޅާއެރުމުން ލަދުގަތުމުގެ ބަދަލުގައި އަލަމްވީ އުފަލެވެ. ދެފަރާތުގެ މައިންބަފައިންވެސް އަހަރެމެންގެ ގުޅުމާއި ނުހަނު ގަބޫލުކަން އަހަރެންނަށް އެނގުނީ އަހަރެންގެ މަންމައާއި އަލަމްގެ މަންމައާއިމެދު ދެކެވުނު ވާހަކައެއް އަޑުއިވުމުންނެވެ. އެމީހުން ތިބީ އަހަރެންނަށް އަށާރަ އަހަރު ފުރޭއިރަށް ކައިވެނިކުރުވަން ތައްޔާރަށެވެ. އެއަޑު އަހާފައި އަހަރެން ވަރަށް އުފާވިއެވެ. އަލަމްއާއި ޔޫނާވެސް ހަމައެހާ އުފާވިއެވެ. ނަމަވެސް އަހަރެމެން އެކަހެރިކޮށް ބައްދަލުކުރުން މަންމަމެން މަނާކުރިއެވެ. އެހެންކަމުން ދެމީހުން ވާހަކަ ދައްކާހަދަނީވެސް މަންމަމެންނަށް ފެންނަ ހިސާބެއްގައި ތިބެގެންނެވެ.

އަލަމްގެ މަންމަ އަހަރެންދެކެވާ ލޯބި މިހާރު ދެގުނައަށް އިތުރުވެފައިވާހެން ހީވެއެވެ. އަލަމްގެ ހުރިހާ ރަހުމަތްތެރިންނާއި އޭނަގެ ތިމާގެކުދިންވެސް އަހަރެންނަށް ފަހަރި ކިޔަންފެށިއެވެ. އެންމެންވެސް އަހަރެމެންގެ ގުޅުމަށް މަރުހަބާ ކިއެވެ. މުސްތަގުބަލުގައި ވާންހުރިގޮތެއްނޭނގި އަހަރެންނާއި އަލަމްވެސް އަހަރެމެންގެ މުސްތަގުބަލާމެދު ފޮނިހުވަފެންތަން ދެކެމުން ދިޔައީމެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުންގޮސް ޗުއްޓީވެސް ނިމެން އެއްދުވަހަށް ވެއްޖެއެވެ. އަހަރެން މާލެދާން ދަތުރުހަދަން ޖެހިއްޖެއެވެ. ކިތަންމެ ބޭނުންނުވިޔަސް އަލަމްއާ ވަކިވާ ވަގުތު ޖެހިއްޖެއެވެ.

” އަހަރެން މާލެގޮސްފަ ދާނަމޭ ބޭބީއާ ބައްދަލުކުރަން….ދެން ދެރަނުވެބަލަ!” އަހަރެންގެ އަތުގައި ފިރުމާލަމުން އަލަމް އަހަރެންނަށް ހިތްވަރުދިނެވެ. އަހަރެން އަލަމްގެ މޫނަށް ބަލާލިއިރު އެމޫނުންވެސް ހިތާމައިގެ އަސަރު އަހަރެންނަށް ފެނުނެވެ.

” ޝެލީ…މިރޭ ބާރަޖަހާއިރު ބޭރަށް ނުކުމެވިދާނެތަ؟….ހަމައެންމެ ފަހަރަކު އަހަރެންބޭނުން މިނިވަންކަމާއެކު ބައްދަލުކޮށްލަން…..އެއްވެސް ގޯސް ނިޔަތެއްގައެއްނޫން” އަލަމް އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އަހަރެން އެކަމަށް އެއްބަސްވީ އަލަމްއަށް ކުރާއިތުބާރެއްގެ ސަބަބުންނެވެ.

ބާރަޖެހުމާއެކު އަހަރެން މަޑުމަޑުން ދޮރުހުޅުވާލާފައި ބޭރަށް ނުކުތީމެވެ. އޭރު އަލަމް އޮތީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ދީފައިވާ ތޫނު ހަނދުވަރުގެ ތެރެއިން އަލަމްގެ އަލިމޫނު ފެންނަނީ ޖާދުވި ގޮތަކަށެވެ. އެބަލާލުމުގައިވަނީ އިޝްޤީގޮތެކެވެ. އަހަރެން ޖެހިލުންވެހުރެ ގޮސް އަލަމްއިން ޖޯއްޔާއި ޖެހިގެންހުރި ޖޯލީގައި އިށީނީމެވެ. އަލަމް އަހަރެންގެ އަތުގައި ހިފާލާފައި ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ.

” ވަރަށް ބިރުންތަ ތިއިނީ؟ އަހަރެން ހަމަ އެއްވެސް ގޯސްކަމެއް ނުކުރާނަމޭ….” އަހަރެން އަލަމްއާ ދިމާ ބަލާލިގޮތުން ޖެހިލުންވެފައި އަލަމް ބުންޏެވެ.

” ހެޕީބާރތްޑޭ ޓޫޔޫ…” ވިދާ ކަރުދާހަކުން ބަންދުކޮށްފައިވާ ޕާރސަލެއްނަގައި އަހަރެންގެ އަތަށްދެމުން އަލަމް އަހަރެންނަށް އުފަންދުވަހުގެ ތަހުނިޔާކިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެންގެ އުފަންދުވަސްމަތިން ޚުދު އަހަރެންވެސް ހަނދާނެއްނެތެވެ.

” ކަނޑާބަލަ! ހަދިޔާ ކަމުދޭތޯ!” ޕާރސަލްއަށް އިޝާރާތްކުރަމުން އަލަމް ބުންޏެވެ. އަހަރެން ހިނިތުންވެއިނދެ ޕާރސަލް ކަނޑާލީމެވެ. އެވަގުތު އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. އޭގައިއޮތީ ދޮންވެފާވެއި އޮތް ބޮޑުފޭރެކެވެ. އަހަރެން އަލަމްއާދިމާ ބަލާލުމުން ލާނެއްފާޑަކަށް އަލަމް ހޭންފެށިއެވެ.

” ތީ އެއްކަލަ ދުވަހު ބިންނަން އުޅުނު ފޭރު…..އެހާހާލުން ކުއްޖަކު ފޭރެއް ބިންނައުޅެ ނުބިނދެވި…މީހަކު ފެންވަރަން ހުއްޓާބަލާ….އެންމެފަހުން ވެއްޓި ފަޔަށްތަދުވީމަ އަހަރެން ހިތަށްއެރީ ކޮންމެހެންވެސް ޖެހޭނޭ ތިފޭރު އެކުއްޖާއަށްދޭން…” އަލަމްގެ އެސަކަރާތުން އަހަރެންގެ ގާތަށް ރުޅިއައިސް ލޮލުން ކަރުނަވެސް ހިލިއްޖެއެވެ. އަހަރެން އުއްމީދުކޮށްގެން ހުރީ އަލަމްގެ ފަރާތުން އެކަހަލަ ސަމާސާއަކަށް ނޫނެވެ. މިދަންވަރު އަހަރެން ނެރެގެން އަލަމް އެކަހަލަ ސަކަރާތެއް ޖަހާފާނެ ކަމަކަށް އަހަރެން ހިތަކަށްވެސް ނާރައެވެ. އަހަރެން ފުންމައިގެން ޖޯލިން ތެދުވެ ދާން ހިނގައިގަތީމެވެ. އަލަމް ހުޝިޔާރުކަމާއެކީ އަހަރެންގެ އަތުގައި ހިފައި އަހަރެން ހުއްޓުވިއެވެ.

” ބޭބީ! އަދި ނުވެއެއްނު ރުޅިއަންނާކަށް….އިށީދެބަލަ!” އަލަމް އަހަރެންގެ އަތުގައިހިފައި ކުރިންވެސް އިންތަނުގައި ބޭންދިއެވެ.

” އަދި އެބައޮތޭ އެއްހަދިޔާ” އަލަމް އަނެއްކާވެސް ޖޯލިދަށުން ޕާރސަލެއް ނަގައި ދިއްކޮށްލިއެވެ. އަހަރެން ރުޅިއައިސްގެން އޭގައި އަތްވެސް ނުލައި އިނީމެވެ.

” ބޭބީ މީތި ނުކަނޑާނަންތަ؟…އޯކޭ އަހަރެން ކަނޑަންތަ؟” އަހަރެން އެޕާރސަލްގައި އަތްނުލުމުން އަލަމް އަމިއްލައަށް ޕާރސަލް ކެނޑިއެވެ. އެކަނޑާލުމާއެކީ އޭގައި އޮތްއެތި ހަނދުވަރުގެ އަލީގައި ވިދަންފެށިއެވެ.

” މީ އަހަރެންގެ ހިތް….މިއަދުންފެށިގެން މީ ބޭބީގެ ހައްޤެއް….މިޔަށް ދެރަގޮތެއް ނުހަދައްޗޭ” އަލަމް އޭތި އަހަރެންނާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ. އަހަރެން ރަނގަޅަށް އަލަމްގެ އަތުގައި އޮތް އެއްޗަށް ބަލާލީމެވެ. އެއީ ބިއްލޫރިން ހަދާފައިވާ ވަރަށްރީތި ހިތެކެވެ. މެދުގައި ރަތްކުލައިން ” އައި ލަވް ޔޫ” ޖަހާފައި އޮތެވެ. އެހިތްފެނިފައި އިސާހިތަކު އަހަރެންގެ ރުޅިގަނޑު ފިލައިގެން ގޮސް މޫނުމައްޗައް އުފާވެރިކަން ވެރިވެއްޖެއެވެ.

” އިޓްސް ސޯ ބިއުޓިފުލް….ތޭންކިޔޫ” ހެވިފައި އަހަރެން އަލަމްގެ ގައިގާ އޮޅުލައިގަތީމެވެ.

” ކޮބާދެން އަހަރެންނަށް ވީ ހަދިޔާ؟” އަލަމް މަޖާވެލާފައި ސުވާލުކޮށްލިއެވެ. އަލަމް ބުނި އެއްޗެއްގެ މާނަ ވިސްނި އަހަރެންނަށް އިސްޖަހާލެވުނެވެ.

” އެއީ އެހެން ބުނި އެއްޗެއްނޫން…..އަހަރެން ބޭނުން ހަދިޔާ ލިބިއްޖެ….އެއީ ތިލޯބި ހިނިތުންވުން….އިތުރު އެއްޗެއް ބޭނުމެއްނޫން…” އަހަރެންނަށް ވީގޮތުން އަލަމް ހިނިތުންވެލާފައި ބުންޏެވެ.

” ގުޑްނައިޓް ބޭބީ…..އިރާދަކުރެއްވިއްޔާ މާލެގޮސްފަ ބައްދަލުކުރާންނަ….ވެއިޓް ފޮރ މީ އިނގޭ!” އަހަރެން އަތުގައި ހިފާލަމުން އަލަމް އެހެންބުނިއިރު އަލަމްގެ ލޮލުތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ހަނދުވަރުގެ އަލީގައި ވިދަވިދާހުރި މަންޒަރު އަހަރެންނަށް ފެނުނެވެ. އަލަމް ދެރަވެފައިހުރިތަން  ފެނުމުން އަހަރެންވެސް ވަރަށް ދެރަވިއެވެ. އަހަރެން ވަރަށް ބާރަށް އަލަމްގެ ގައިގާ ބައްދާލީމެވެ. އަލަމްވެސް އަހަރެންގެ ގައިގާ ބައްދާލިއެވެ.

އަލަމް އިރުކޮޅަކު އެހެން ހުރުމަށްފަހު އަހަރެންގެ ގައިން ދޫކޮށްލުމަށްފަހު ދާންހިނގައިގަތެވެ. އަހަރެން އަލަމްގެ އަތުގައި ހިފައި އަހަރެންގެ ގާތަށް ދަމާލީމެވެ. އަލަމް ސިހިފައި އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން އަލަމްގެ ގައިގާ ބައްދާލާފައި އެރީތި ތުންފަތުގައި ވަރަށް ލޯބިން ބޮސްދިނީމެވެ. އަލަމް ހަރަކާތް ހުއްޓިފައި އަހަރެންނާ ދިމާބަލަން ހުއްޓެވެ. އަހަރެން ހީލާފައި ދުވެފައި ގޭތެރެއަށް ވަނީމެވެ. އަލަމްވެސް ހެވިފައި ހުރެގެން އޭނާގެ ގެޔަށް ދިޔައެވެ.

އަނެއް ދުވަހުގެ ހެނދުނު އިރުއެރުމާއެކު ޔޫނާ ތަފާތު ވައްތަރުގެ ހަދިޔާތައް ހިފައިގެން އަހަރެންގެ ގާތަށް އައެވެ. އަލަމްގެ މަންމަވެސް އެތައް ވައްތަރެއްގެ ހަދިޔާ ދަޅުތަކެއް ހިފައިގެން އައެވެ. މަންމައާއި ބައްޕަވެސް ހަމައެފަދައެވެ. އަވަށްޓެރިންގެ ބައެއްމީހުންވެސް ބައެއްކަހަލަ ހަދިޔާދީހެދިއެވެ.

” ދެން އަނެއްކާވެސް އަހަރެއްފަހުންދޯ ފެންނާނީ؟….ރަނގަޅަށް ކިޔަވައްޗޭ!” އަލަމްގެ މަންމަ ދެރަވެލާފައި އަހާލިއެވެ. އަހަރެން ހިނިތުންވެލަމުން ބޯޖަހާލި ނަމަވެސް އަހަރެންވެސް ހުރީ ދެރަވެފައެވެ. އަލަމްވެސް ތަންކޮޅެއް ދުރުގައި ބަލަންހުރީ އަސަރުން ފުރިގެންވާ ނަޒަރަކުންނެވެ. މާމަވެސް އަހަރެންގެ ގައިގާ އޮޅުލަ އޮޅުލާފައި ރުއެވެ. އެހުރިހާ އެންމެންގެ ކުރިމަތީ ނުރޮއެވޭތޯ އަހަރެން ކެތްކުރީމެވެ. ނަމަވެސް އެއާރޕޯޓަށް އައުމާއެކީ އަހަރެންނަށް ރޮވެންފެށިއެވެ. އަލަމްއާއި އޭނާގެ އާއިލާގެ ގިނަކުދިންނާއި އަލަމްގެ ބައެއް ރަހުމަތްތެރީންވެސް އަހަރެން ފުރުވަން އައެވެ. ކޮންމެ މީހަކުވެސް ކޮންމެވެސް ހެޔޮނަސޭހަތެއްދީ ހިތްވަރުދީ ހެދިއެވެ. ޔޫނާވެސް އިރުއިރުކޮޅުން ކަރުނަ ފުހެލައެވެ. އެންމެނާ ސަލާމް ކުރުމަށްފަހު ޗެކިންއަށް ވަނީމެވެ.

24

18 Comments

  1. Herrr

    November 24, 2016 at 11:56 am

    Me first yeah

    • Herrr

      November 24, 2016 at 12:19 pm

      Wow.. mi part hama habeys.. shine u r da best..
      I love this story also

  2. Nazima

    November 24, 2016 at 11:57 am

    Varah reethi ma first dho

  3. sunaaa

    November 24, 2016 at 12:10 pm

    V v reethi vaahaka

  4. Someone

    November 24, 2016 at 12:24 pm

    Wowww..vv reethi. ..

  5. hmmm

    November 24, 2016 at 12:43 pm

    Me kurinves meega in vahakaeh dho. Bt adhives varah kiya hithun mihury. Foohi nuva vahakaeh. Thanks shine. Varah salhi. Pls avahah up kohdhechey

  6. mixoo

    November 24, 2016 at 1:05 pm

    oh mee repeated story eh tha??
    mixoo alah mi kiyanee…
    shine ah hama shukuriyyaa ey buneveynee…☺

  7. Thaany

    November 24, 2016 at 1:17 pm

    V furihama v reethi …..dhn vex hama bunan othy mihn…

  8. Kitty

    November 24, 2016 at 1:27 pm

    v rythi vaahaka eh mee

  9. Naadhee

    November 24, 2016 at 2:28 pm

    Nice

  10. ikko

    November 24, 2016 at 3:26 pm

    nice

  11. Xxx

    November 24, 2016 at 4:37 pm

    Wow…. Habeys…. ????
    Avaha 7 part up kodhy…
    Thank u ingy konma dhuvahaku up koh dhythyva…. Keep it up ❤

  12. Aan

    November 24, 2016 at 6:42 pm

    haada kurey. kiyaahithun inda minimuny. ekam vvv nice

  13. Blue lady

    November 24, 2016 at 7:19 pm

    Awesome… next part mireay ba

  14. Only1

    November 24, 2016 at 7:20 pm

    Amazing

  15. azuha

    November 24, 2016 at 10:02 pm

    Vara nice.

  16. positive girl

    December 11, 2016 at 11:43 am

    Wow very nice..

  17. Brainless

    February 10, 2017 at 9:37 am

    Dhn kiss ehh kohlumaky ehaa Bodu kameh tha yoonaa varu araigen eulhuny.. Relationship ehh ga ulhey iru hug ehh kohlaafa kiss ehh dhinun its not a big deal dhw..
    Eyga maana aky konmes nubai kameh kuraane ekey noonehnu..
    Dhnnn yoonaa dheke varah foohi vejje…
    Anyways this story is amazing.. I luv it..?❤

Comments are closed.