Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަތިފިޔަވަޅު… ފުރަތަމަ ބައި

nizam Level 110 Stories
November 24, 2016 4 Mins Read
18 Comments

[މީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކަ ކަމުން ކިއުންތެރިންގެ ޚިޔާލާއި ސަޕޯރޓު ބޭނުމެވެ. އެގޮތުން ބިނާ ކުރަނިވި ޚިޔާލުފުޅު ތަކަށް އަޅުގަނޑު އަބަދު ވެސް މަރުޚަބާ ކިޔާނަމެވެ. ޝުކުރިއްޔާ.]

…………..

ބުރު ނޭންގޭ ވަރަށް އެނބުރެމުން ދިޔަ ފަންކާ އަށް ނަޒަރު ހުއްޓިފައި އޮތް އިރު އެއްވެސް ހިފެހެއްޓުމެއް ނެތި އަހަރެންގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. އެސްފިޔަ ޖަހައިލަން ވެސް ނުކުޅެދިފަ ނޭވާ ހިފަހައްޓައި ލައިގެން އެހެން އޮތް އިރު އެތަށް އެއްޗެއް އަހަރެންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެދުވަހު މަންމަ މެންގެ ބަސް ޤަބޫލު ކުރެވުނު ނަމަ އެވެ. އަންހެނުން ކުރި އާދޭހުގެ އަޑު އެހުނު ނަމަ އެވެ. އެކުވެރިން ކަމުގައި ބުނެ އެކަމުގެ ތާޖު އަޅައިގެން ތިބި ޝައިތާނުން ތަކެއް ފަދަ މަކަރު ވެރިންގެ ބަހަށް ނުހެއްލި އެދުވަހު އެމީހުންނަށް ފުރަގަސް ދެވުނު ނަމަ އެވެ. ކުރާނެ ކަމެއް ނެތެވެ. ހުސް ނަމަ އެވެ. މުސްކުޅި ހަރު ބަހެއްގަ ބުނާ ފަދައިން ނަމަ އެއްގަ ކެކޭނެ ރިހަ އެއް ނެތް އިރު ދެން އިތުރަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. މިހާރު މިވަނީ ވަޤުތު ފާއިތު ވެފައެވެ. ނަމަވެސް މިފަދަ ހިތްދަތި ގޮތަކަށް ކަންތައް ނިމިގެން ހިނގައިދާނެ ކަމަކަށް ފަހަރެއްގައިވެސް އަހަރެން ހިޔެއް ނުކުރަމެވެ.

ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަނެއް ފަރާތަށް އެނބުރިލީ ޚިޔާލު ތަކުން ސިކުނޑި އައް ލިބެމުން ދިޔަ ހާސްކަމާ ނުތަނަވަސް ކަމުން މިންޖުވެ ހަމަ ޖެހިލުމަށް ޓަކައެވެ. އެހެނަސް އެކަމެއް އަހަރެން ނަކަށް ނުވިއެވެ. އެޚިޔާލު ތަކުން ދުރަށް ދިއުމަށް ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީ ފިލްމެއް ފަދައިން އެ މަންޒަރުތައް އަހަރެންގެ ކުރިމަތީ ސިފަވާން ފެށުމުންނެވެ.

އުމުރުން ވިހި އަހަރުގެ ހަނދާން ތަކެކެވެ. އެއީ މީގެ ދެ އަހަރު ކުރިއެވެ. މާލޭން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔަވާ ނިމުމާ އެކު މަންމަ މެންގެ ވެސް އެދުމުގެ މަތިން ރާއްޖޭން ބޭރަށް ގޮސް ބިޒުނަސް ދާއިރާ އިން މާސްޓަރ ނެގުމަށް ފަހު އެނބުރި ރާއްޖެ އައީ ހިތްހަމަ ޖެހުމާ އެކުގައެވެ. އަހަރެންނަށް ޓަކައި މަންމަމެން ފަޚުރު ވެރިވާނެ އަދި މަންމަމެން ދެކެން ބޭނުންވި ފަދަ މޮޅު މީހަކަށް ވުމުގެ ޝަރަފު ވެސް ލިބިގެންނެއެވެ. އެތައް ދުވަހެއްގެ އުއްމީދެއް ޚާސިލް ވުމުން އަހަރެން ހުރީ ނުހަނު އުފަލުންނެވެ. އޭރު މަންމަމެން ވަނީ އަހަރެންގެ ހަޔާތަށް ބައިވެރިޔަކު ހޯދާ ކައިވެނީގެ ހުރިހާ އިންތިޒާމު ތަކެއް ވެސް ހަމަ ޖައްސާ ނިންމާ ފައެވެ. އެކަމާ އަހަރެން ހައިރާނެއް ނުވިއެވެ. ސަބަބަކީ އަހަރެން ޤަބޫލު ކުރާ ގޮތުގައި ދަރިންގެ ހައްޤުގައި މައިން އަބަދުވެސް ކަންތައް ކުރާނީ އަދި އެ ކަމެއް ނިންމާނީ ވެސް ދަރިންގެ ހެވާ ލާބަޔަށް ކަމަށް ވާތީއެވެ. ދަރިއަކަށް ދެރަގޮތެއް މެދުވެރި ވާކަށް އެއްވެސް މަޔަކު ނޭދޭނެއެވެ. ހަމަ އެހެންމެ އަހަރެން ނަކީ އެގޮތަށް ކައިވެނި ކުރާ ފުރަތހަމަ މީހާ ކަމަށް ވެސް ނުވާތީއެވެ. ބުނާތީ އަޑު އަހަމެވެ. ގިނަ ފަހަރަށް މައިން ދައްކާ މީހަކާ ގުޅިގެން އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނޫޅެވޭނެއެވެ. އެހެނަސް އެކަން ތަޖުރިބާ ކޮށްފައި ނެތް ނަމަވެސް އެ ވާހަކަ އަހަރެން ޤަބޫލެއް ނުކުރަމެވެ. ސަބަބަކަށްވީ އެގޮތަށް ކޮށްފައި ހުރި އެތަށް ކައިވެންޏެއް އެމީހުންގެ އުމުރަށް ވެސް ދިގު ދެމިގެން ގޮސްފައި އޮތް ކަމީ ފެންނަން އޮތް ހަޤީޤަތެކެވެ. އެހެން ކަމުން އެކަމާ ޝަކުވާ ކުރަން އަހަރެން ބޭނުން ނުވީއެވެ.

މަންމަމެން ބުނި ގޮތުގައި އެއީ އަލިފުޅުބެ ގޯތި ހަނާއެވެ. ހަނާ އަކީ އަހަރެންނާ އެކީ މާލޭގަ އެއް ގުރޭޑެއް ގައި ކިޔެވި ކުއްޖެކެވެ. ރީތި ކަމުގެ ލާމަސީލު މިސާލެކެވެ. ރަނގަޅު ސިފަ ތަކެއް ލިބިފަ ހުރި އަންހެން ކުދިންނަށް ނަމޫނާ އެކެވެ. ކުރަނގި ދެ ލޯ ފަދަ ރީތި ކަމެއް ލޮލަށް ލިބިފައި ވާ އިރު ހަމުގެ ކުލަ އަލި ވެފައި މޫނާއި ހަށިގަނޑުގެ ބައްޓަން ނުހަނު ފުރިހަމަ އެވެ. ގުދުރަތުން ލިބިފައި އެވާ ރީތި ކަމާ އެއް ވަރަށް އަޚުލާޤު ރަނގަޅު ހުލްޤު ހެޔޮ ކިޔަމަން ތެރި އެވެ. ލަދު ރަކިވެފައި ހިނިތުން ވުމުން ޒުވާން ފިރެހެން ކުދިންގެ ހިތްތައް  ކަތިލާހާ ވަރުގަދަ ޖާދުވީ ކަމެއް ހަނާ އަށް ލިބިގެން ވެއެވެ. ހަމަ އެހެންމެ އެހެން ކުދިންނާ ޚިލާފަށް ބަސް މަދު ވެފައި މަޑުމައި ތިރިކަން އެއީ ހަނާ އާ މެދު އަހަރެން ހިތްހަމަ ޖެހުނު އެންމެ ބޮޑު ސަބަބު ވެސް މެއެވެ. އެގޮތުން މަންމަ މެންގެ ނިންމުމަށް އަހަރެން އާ ބަސް ބުނީ ހިތުން ރުހުމުންނެވެ. އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފޮނި އުއްމީދުގައި އެތައް ހުވަފެން ތަކެއްވެސް ދެކެމުންނެވެ.

އެގޮތުން ދެ އާއިލާ ގެ ރުހުމާ އެކު ކުޑަ ހަފުލާ އަކަށް ފަހު އަހަރެންގެ ކައިވެނި ހަނާ އާ ކުރެވުނެވެ. އެކަމައް ޓަކައި  ރައްޓެހިންނާ ގާތްތިމައިގެ މީހުން ވެސް ބާއްޖަވެރި ޚަޔާތަކަށް އެދެމުން އަހަރެންނަށް މަރުޚަބާ ކިއެވެ. ޚަޔާތުގެ ބައިވެރި އެއްގެ ގޮތުގައި ހަނާ ހަމަ ޖެހިގެން ދިޔުމުން އަހަރެންގެ ހިތަށް ބަޔާން ވެސް ނުކުރެވޭ ފަދަ އުފާވެރި އިހުސާސް ތަކެއް ކުރު ވިއެވެ. ދުނިޔެ މަތީ ގައިވާ ހުރިހާ އުފަލެއް އެއް ފަހަރާ އަހަރެން ނަށް ލިބުނު ކަހަލައެވެ.

ކައިވެންޏަށްފަހު ޖެހިގެން އައި ދުވަހު ހަނީމޫނަށް ދިޔައީ އައްޑު އަތޮޅު ފޭދޫ އަށެވެ. އެގޮތުން އެރަށުގައި ހޭދަ ކުރެވުނު ހަފުތާ ވެގެން ދިޔައީ އަހަރެންގެ ހަނދާނުން އަދި ޚަޔާތުން ވެސް ފޮހެނުލެވޭނެހާ އުފާވެރި ދުވަސް ތަކަކަށެވެ. ޚާއްސަ ކޮން އެރަށުގެ ހިތް ގައިމު ރީތި ދޮންވެލި ތުނޑި މަތީ ހަނދުވަރުގެ ރިހި އަލި ތެރޭ ހަނާ އާ އެކު ހޭދަކުރި އުފާވެރި ރޭ ތަކެވެ. އެ ރޭ ތައް މަތިން ހަނދާން ވުމުން ދިރިއުޅުމުގެ ހުރިހާ ރެއެއް ވެސް އުފަލައި މަޖަލުގައި އެގޮތަށް މުޅި އުމުރު ހޭދަ ކޮށް ލެވޭނެ ނަމަ އޭ ވެސް ހިތަށް އަރައެވެ. ނަމަވެސް އެގޮތުގައި އަބަދު ނުވެސް އުޅެވޭނެ ތާއެވެ. އަމުދުން ބޭނުންވާ ކޮންމެ ކަމަކީ އެއްވެސް މީހަކު ބޭނުންހާ ގޮތަކަށް ނިމޭނެ ކަންތައް ތަކެއް ވެސް ނޫނެވެ. އަނެއްކޮޅުން މުސްތަޤުބަލަށް ވެސް ވިސްނަން ޖެހެއެވެ. ދިރިއުޅުމެއް ފެށުމާ އެކު އަމިއްލަ ފައިމައްޗައް ތެދުވެ މީހާ ހަރުދަނާ ވާން ޖެހެއެވެ. އަބަދަކު މައިން ނަށް ބަރޯސާ ވެގެން ވެސް ނޫޅެވޭނެއެވެ.

އެހެން ކަމުން މާލެ އައިސް އަހަރެން ވަޒީފާ އަކަށް އެޕުލައި ކުރީމެވެ. ހަނާ ގެ ވެސް އެދުމުގެ މަތިންނެވެ. އެގޮތުން އުނދަގުލަކާ ނުލައި ދާދި ފަސޭހަ ކަމާ އެކު މާލެ ކައިރި ރިސޯޓަކުން އަހަރެން ނަށް ވަޒީފާ ހަމަ ޖެހުނެވެ. ބިޒުނަސް ދާއިރާ އިން ކިޔަވާ ފަ ހުރީމާ ވެސްކަން ނޭންގެއެވެ.

ރިސޯޓެއްގެ ސީނިޔަރ ފައިނޭންސް ކޮންޓުރޯލް މަޤާމަކީ ޒިންމާދާރު ބޮޑު މަޤާމެއް ކަމުން ގޯސްކޮން ކަމެއް ކުރެވި ދާނެތީ ފުރަތަމަ ދުވަހު މީހާ ފިނިވެ ފަސް ވެސް ޖެހެވުނެވެ. އެހެނަސް ހިތުގައި އަޒުމު ކަނޑަ އެޅީ ދިމާވާ ކޮންމެ ހުރަ ހަކާއި ގޮން ޖެހު މަކަށް ކެރި ހުރެ ކުރި މަތިލައި ހިއްވަރާ އެކު ސާބިތު ކަން މަތީ ކިޔެވި އެއްޗެއްގެ ބޭނުން ހިފައިގެން ވިސްނުން ތެރި ކަމާ އެކު މުޖުތަމަޢު އަށާ ރިސޯޓަށް އަހަރެންގެ ފަރާތުން ޚިދުމަތެއް ކޮށްދިނުމަށެވެ.

އެގޮތުން ވަޒީފައިގައި ދެމި ހުރުމަށާއި ތަނުގެ ވެރިން ހިތްހަމަ ޖެހޭ އިތުބާރު ކުރާ މީހަކަށް ވުމަށް ގިނަ ގުނަ މަސައްކަތް ތަކެއް ކުރަން ޖެހުނެވެ. އަދި ގިނަ ވަގުތު ވަޒީފައިގައި ހޭދަ ކުރަން އަހަރެން ނަށް މަޖުބޫރު ވިއެވެ. އެހެން ކަމުން ގިނަ ފަހަރަށް ހަފުތާ ބަންދަށް ވެސް އާއިލާ ގާތަށް ދިއުމުގެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް ހަނާ އެކަމާ ޝަކުވާ އެއް ނުކުރެއެވެ. ހީވަނީ އަހަރެން އުޅޭލެއް ބުރަކަން ހަނާ އައް އިހުސާސް ކުރެވޭތީ ވެސް ހެންނެއެވެ.

ނުނިމޭ

 

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

އައިޝާ 11

Next

ބައްޕާ މިދޭ އިޙްތިރާމް (2ވަނަ ބައި)

Next
November 24, 2016

ބައްޕާ މިދޭ އިޙްތިރާމް (2ވަނަ ބައި)

Previews
November 23, 2016

އައިޝާ 11

18 Comments!

  1. Saandy says:
    November 24, 2016 at 1:18 am

    ވަރަށް ވަރަށް ރީތި… އެކަމު ދެން ހުރި ބައިތައް ތަންކޮޅެއް ދިގުކޮށްލައްޗޭ…މިވަރު ތަންކޮޅެއް ކުރު… 2ވަނަ ބަޔަށް އެބަ އިންތިޒާރު ކުރެވޭ… 2ވަނަ ބައި އަވަހަށް އަޕްކޮށްލައްޗޭ…
    ވާހަކައެއް އަހާލަންތަ؟ ތީ އަރާމަގުގަ ލިޔާ ނިޒާމްތަ؟

  2. Sujy says:
    November 24, 2016 at 7:54 am

    Ma mi site in nukiyani emme vaahaka eh..aee riyaashaa…mashah vvv hadi a vaahaka…ahn huriha vaahaka eh vx kiyan..ahn vaAhaka thah vvv salhi …..mi vaahaka vx vvv salhi…

  3. Thaani says:
    November 24, 2016 at 10:55 am

    V reethi vaane kamah umeedu kurannn

  4. Herrr says:
    November 24, 2016 at 11:03 am

    Mi vaahaka her ky vaahaka akaa varah vatharu. Hama feshun eh goiy.. dhen nehllaa bai thah kiyafa dho ingeyny

  5. nizam says:
    November 24, 2016 at 12:04 pm

    thanks all lovely coments…

  6. ?♡¿ says:
    November 24, 2016 at 12:53 pm

    Nice starting… keep wriiting more… hope u have a better future as a writer…

  7. nizam says:
    November 24, 2016 at 1:54 pm

    thanks saandy. yes. mee a nizam. kury bayah vure dhigu kureveythoa maskkaih kuraanan.

  8. naan says:
    November 24, 2016 at 2:44 pm

    Furathama bai kiyaleema ves heevey vahaka v reethi vaanehen

  9. nizam says:
    November 24, 2016 at 7:16 pm

    vvvv bodah thanks naan…

  10. Jameela says:
    November 24, 2016 at 10:45 pm

    Varah furihama v reethi aharenahves thigothah vaahaka Fashan igaynama. Dhevana varah inthizaarukurevey… good work

  11. me says:
    November 25, 2016 at 1:33 am

    vaahaka v rythi bt hyvany space thah maa gin hen liyumuga, keepmit up………….. waitinhg

  12. nizam says:
    November 25, 2016 at 2:13 pm

    thanks jamee….. masakkaih kollanikon jamee ah ves hama ingeyne…

  13. nizam says:
    November 25, 2016 at 2:16 pm

    thanks me… adhi me thi faalhukuri hiyaalu ufalaa aku balaigenfin. kuriyah huri vaahaka thakuga iraadha kureviyyaa thikan rangalhu kuraanan.

  14. Farey says:
    November 26, 2016 at 2:15 am

    Nizam GE vaahakathah abadhuves kiyan ekamu mivaahakaige feshun ehen vaahaka thakah vurereethi.
    Kuriyah huribaithah miahvure dhogu kuraathi . my friend nixam

  15. nizam says:
    November 26, 2016 at 11:40 pm

    varah bodah thanks farey….

  16. Fathimath Sujana says:
    November 28, 2016 at 1:40 pm

    Vrh salhi… nizam dhen liyaa episode miyah vuren dhigu kohlahchey…. ☺

  17. nizam says:
    November 29, 2016 at 9:32 am

    thanks sujana… massakkaih kurunaan….

  18. nizam says:
    November 29, 2016 at 9:35 am

    thanks sujana. massakkaih kuraanan…

Comments are closed.



All Right Reserved!