އެހެނަސް އެވަގުތު ކާރުގެ ކުރިމަތިން ނުހަނު ކައިރިން އަންހެން ކުއްޖަކު ފެނިފައި އޭނަގެ ދެލޯ ބޮޑުވިއެވެ. ހިތަށް ވެރިވި ނުތަނަވަސްކަމާއެކީ އޭނަ ކުއްލިއަކަށް ބުރަކި ޖައްސާލިއެވެ. ފުރަގަހުން އިވުނު ކާރުގެ ބުރަކީގެ އަޑަށް ޝަފަޤް އެދިމާލަށް ބަލަން އުޅުނު ތަނާހެން އޭނައަށް ވީނުވީއެއް ނޭނގި ކާރު އައިސް އޭނަ ގައިގައި ޖެހި އޭނަ ވެއްޓެން ދިޔައެވެ. އޭނަ ބަންޑުން ގޮސް ބިންމަތީގައި ޖެހުނު ވަގުތު އޭނަގެ އަތުގައި ހުރި ފޮށީގައި ހުރީ ކޭކުތައް މުޅި މަގަށް […]
*****ޝެލީންގެ ޑައިރީ******** ދުވަސްވަރަކީ 1997ވަނަ އަހަރުގެ ބޮޑު ޗުއްޓީގެ ދުވަސްވަރެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެކެވެ. ގެޔާއި މާދުރުނޫން ހިސާބެއްގައި އޮތް ހުސްބިމެއްގައި އަހަރެން އުޅުނީ ކުޑަކުދިންތަކަކާއެކު މުށި ކުޅޭށެވެ. ރަތްދައްކާ އަވީގައި ދާހިއްލާ ފޯވެގެން އަހަރެމެން ކުޅެންތިބީ ވަރަށް ފޯރީގައެވެ. “ޝެލީ…ޝެލީ…” ކުޅެންހުރެފައި އަހަރެން ފަހަތްބަލާލީ ކޮންމެވެސް މީހަކު މާބާރަށް އަހަރެންގެ ނަމުން ގޮވަން ފެށުމުންނެވެ. އޭރު އަހަރެންގެ އެންމެގާތް އެކުވެރިޔާ ޔޫނާ ދުވެފައި އާދެއެވެ. ” އޭތް މިހިރަ ބޭބީގަނޑާ!….ކުޑަކުދިން އެއްކޮށްގެން ކުޅެންވީކީ ނޫނޭ!…..ޝެލީގެ މަންމަ […]
އިރުއޮއްސި އަނދިރިވުމުން ކޮފީއެއް ބޯލުމަށް ނާހިދު ކައިރީހުރި ރެސްޓޯރެންޓްއަކަށް ވެންނިއެވެ. ނާހިދު ކޮފީއަކަށް އޯޑާ ދިނުމުން ނާލް ދިނީ މައިލޯ އަކަށެވެެ. ” ނާލް ދޮންބެ އެބައޮތް ބޮޑުވާހަކައެއް ބުނަންވެފަ” ނާހިދު ކުޑަކޮށް ލަދުގެންފައި އިނދެ ބުނެލިއެވެ. ” ބުނެބަ…. ހާދަ ބްލަޝް ތިވަނީ….. ވެއިޓް ލެޓް މީ ގެސް…. ފަހަރިއެއް ލިބެނީ” ނާލްއަށް އެހެން ބުނެވުނީ ތަންކޮޅެށް ބާރަށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މިއޮށްހުރިހާ ދުވަހު އޭނަ ދެކުނު ހުވަފެނަކީ އެއީއެވެ. އޭރުން ގޭގަވެސް ފޫހިވެގެން […]
“ވަރަށް ބޮޑަށް މާފްކުރޭ. މިވަގުތު އޭނައަށް ނެތް ވާހަކަދެއްކޭކަށް.” ސެކްރެޓަރީ ބުންޏެވެ. “އޭނަ މިވަގުތު ހުރީ މީޓިންއެއްގަ. ގަޑިއިރެއް ފަހުން ސްވިޓްޒަރލޭންޑަށް ފުރާގޮތަށް ހަމަޖެހިފަ އޮތީ.” “އެކަމަކު އަހަރެން މިހާރު ބޭނުން އޭނައާ ވާހަކަދައްކަން.” އަނާ ކުރުނުކުރިއެވެ. ސެކްރެޓަރީއަށް އުނދަގޫވިއެވެ. “ތީ ނުވާނެ ކަމެއް. އެކަމަކު އޭނައަށް މެސެޖެއް ފޯރުކޮށްދެވިދާނެ.” “ނޫން އެންމެ ރަނގަޅު.” އަނާ ބުންޏެވެ. “މިއަންނަ ހަފްތާގަ އަހަރެން ގުޅާނަން. މިސްޓަރ ރައިޒްމޭން އޭރަށް އަންނާނެތޯ؟” “އާނ އޭނަ އަންނާނެ” ސެކްރެޓަރީ ޖަވާބުދިނެވެ. “ގުޑްބާއި” […]
އަލްޔާ އަކީ ވެސް ޒީޝާން ކަހަލަ އަންހެނެކެވެ. އަންހެނަކަށްވެ ހުރެ އަލްޔާގެ ހަޔާތް ބަރުބާދުވަތަން ބަލާކަށް ޒީޝާނެއް ނުހުންނާނެއެވެ. ޝައިމް އަށް ޖެހޭނީ ކޮންމެސް އެއްގޮތަކަށް ނިންމާށެވެ. އަލްޔާ ވިއްޔާ އަލްޔާއެވެ. ދަރިން ވިއްޔާ ދަރިންނެވެ. ޒީޝާންގެ ދެލޮލުން އައި ކަރުނަތައް ފޮހެލީ ލޯބިވާ ފިރިމީހާ އާއި ދެކޮޅަށް ނިކުންނަން ޖެހުމުން ހިތަށް ކުރި އަސަރަކުންނެވެ. ޝައިމް ނިންމާނެ ގޮތެއް ނޭނގޭތީ ހިތް ބިރުގަންނާތީއެވެ. ގޯތި ތެރޭގައި މަޅުގަނޑެއް ބާއްވައިގެން އޭގެ ކައިރީގައި ހުރި ލަކުޑި […]
ޝަފަޤް އޭނަގެ އަތުގައި އޮތް ފޮތް ލައްޕާލީ ނިދިން އޭނަގެ ދެލޯ ބަރުވުމުންނެވެ. އޭނަ ގޮދަޑިން ތެދުވެގެން ގޮސް އެ ފޮތް ހަރުގަނޑުގައި ޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް ގޮސް ގޮދަޑީގައި އޮށޯތީ ނިދާލަން ކަމަށެވެ. އޭނަ ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔަން އަނގަ ހުޅުވާލިތަނާހެން ބޭރުން ލުއި މިޔުޒިކެއްގެ އަޑު އިވިގެން ދިޔައެވެ. ޝަފަޤަށް ކޮޓަރީގެ ފެންލައިޓާއި ދިމާލަށް ބަލާލެވުނީ މިއީ ގޭގެ ބޭރުން އަންނަ އަޑެއްކަން އެނގުންވުމުންނެވެ. ޝަފަޤް ދެބުމަ ކައިރިކޮށްގެން އޮތްވާ މާ […]
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޝެލީންއާ ޝާމިންގެ މެދުގައިވެސް މަޑުމަޑުން ގާތްކަން އުފެދެމުން ދިޔައެވެ. މަންމަ ނުހުންނަ ވަގުތުތަކުގައި ޝެލީންއާ ވާހަކަ ދެއްކުމަކީ ޝާމިންގެ އާދައަކަށް ވެއްޖެއެވެ. ޝެލީން މިކަމާ އިންތިހާއަށް އުފާވިނަމަވެސް ހިތުގައި އޮތް ބިރުވެރިކަންވެސް ވަކީން ކުޑައެއް ނޫނެވެ. ސަމީރާއަށް އެކަން އެނގޭ ދުވަހަކުން އޭނާ މިގެއިންވެސް ނެރެލާނެކަން ގައިމެވެ. މިއަދާ ޖެހެންދެންވެސް މިގޭގައި ޝެލީންއަށް އުޅެވެނީ ސަމީރާގެ ކޮންމެ އަމުރަކަށް ކިޔަމަންވާތީއެވެ. ނަމަވެސް މިހާރު އޭނާ އެކުރަނީ ސަމީރާ އެންމެ ނުރުހުންވާ ކަންތަކެވެ. ސަމީރާއަކީވެސް […]
“އޯ!” މިސްޓަރ ރައިޒްމޭނަށް ބުނެލެވުނެވެ. “އަހަރެން ހީކުރީ ކަލޭ ގެއަށް ދިޔައީކަމަށް.” “ނޫން” އަނާ ޖަވާބުދިނެވެ. “އަހަރެން މެންދުރު ކާން ގަސްދުކުރީ މިތާ” އެދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ. އެދެމީހުންކުރެ މީހަކު އަނެކަކުދެކެ ގަޔާއެއް ނުވެއެވެ. ހިނދުކޮޅަކަށް ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. ދެން، އަނާ ވާހަކަދެއްކިއެވެ. “ޕާން ގަންނަން ބޭނުންތަ؟ މިސްޓަރ ރޮބަރޓްސް.” އަނާ އަހާލިއެވެ. “ރައިޒްމޭން، މަގޭ ނަމަކީ ރައިޒްމޭން.” އެމީހާ ބުންޏެވެ. “މާފްކުރޭ.” އަނާ ހީލިއެވެ. “ގޭގަ ހަދާފަ ހުރި ޕާން ގަންނަން ބޭނުންތަ، […]