ފަސްދުވަސް ވެގެން ދިޔައިރު ވެސް ލޫކަށް އަލްޔާ ފެންނަގޮތެއް ނުވޭއެވެ. އަލްޔާ ގަސްދުގައި ލޫކް ފެންނަ ހިސާބަށް އަންނަން ބޭނުންނުވާކަން ލޫކަށް ވިސްނުނެވެ. އަލްޔާ ފެނޭތޯ ދެކިލާހިތުން ސްކޫލް ކައިރިއަށް ތިން ދުވަހު ދެވިއްޖެއެވެ. ނަމަވެސް ފެނިފައެއް ނުވޭއެވެ. މަގުމަތިން ޝައިމް އާއި ދިމާވެގެން އެގެއަށް ކޮފީއަކަށް ދައުވަތު ލިބުމުން ވެސް ލޫކް އިންކާރުކުރީ އަލްޔާ ގޮތަށް ހިތްހަރު އިންސާނަކަށް ވާން ލޫކް ވެސް ބޭނުންވުމުންނެވެ. އަދި އެކްޓް ކުރުމުގައި އަލްޔާ އަށް ވުރެ ކުރީގައި […]
ލިފްޓު ތެރޭގައި އިކާން އިނީ ނޭވާ ހިފަހައްޓައިގެންނެވެ. ސިރާޖާ އެކު އެވީ ކުޑަ ވަގުތު ކޮޅުގައި އިކާނަށް ވަމުން ދިޔަ ގޮތްތައް ސިރާޖަށް ފާހަގަ ވަމުން ދިޔައެވެ. އެންމެ ތިރީ ބަޔަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ލިފްޓުން ފުރަތަމަ ނުކުތީ ސިރާޖެވެ. ސިރާޖް ލިފްޓުން ނުކުތުމުން އިކާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. މަޑު ހިނގުމެއްގައި ލިފްޓުން ނުކުމެ އިކާންގެ ފޯނު ނަގާ އޭނާގެ ޑްރައިވަރަށް ގުޅާލިއެވެ. ގ.ރޯޒްވިލާ ކައިރިއަށް އަންނާށޭ ބުނެ ކަންފަތުން ފޯނު ދުރުކޮށްލުމަށްފަހު […]
އެއަށްފަހު އޭނަ އަނެއްކާވެސް އޭނަ އޮށޯވެގެން އޮތް ފަތްޖެހި ގޮނޑިއާއި ދިމާލަށް މިޞްރާބުޖެހި ވަގުތު އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ޝަފަޤް އޭނަގެ ޖީބަށް އަތް ކޮއްޕާލަމުން ފޯނު ނަގައި ބަލާލިއެވެ. އެއާއެކު އޭނަގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ. “އައްސަލާމުޢަލައިކުމް ރަޝީދައްތާ!” ޝަފަޤް އުޖާލާވި މޫނަކާއެކީ ފޯނަށް ޖަވާބުދިނެވެ. “ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ. ޝަފަޤް ކަނބުލޮ ކިހިނެއްތަ؟” ރަޝީދާ އަހާލި އަޑު އިވުނެވެ. އޭނަ ސުވާލުކުރި ގޮތުން ޝަފަޤަށް ދެލޯ މަރާލެވުނެވެ. ރަޝީދާއަކީ […]
މިވާހަކަ މިދުވަސްކޮޅު އައްޑޫ އޮންލައިން ނޫހުގައި ޝާއިއު ކުަރަމުންދާތީ މިސައިޓްގައި އަޕްލޯޑް ނުކުރެވެނީ… މިކަމަށްޓަކައި މިވާހަކަ މިސައިޓުން ވިދާޅުވާބޭފުޅުންގެ ކިބައިން މާފަށް އެދެމެވެ. ތިޔަބޭފުޅުންގެ ކޮމެންޓުތަކަށް އަޅުގަނޑު މަރުހަބާކިޔަން.. ވީމާ އެސައިޓުން މިވާހަކަ ވިދާޅުވުން އެދެމެވެ. ޝުކުރިއްޔާ ރޯޒް
ކުއްލިއަކަށް އަނާއަށް ފުންމައިގަނެވުނެވެ. އޭނާގެ ފަހަތުން އަޑެއް އިވިއްޖެއެވެ. ކޮންމެވެސް މީހަކު އެހެރީ ދޮރުމަތީގައެވެ. “އަލިމަހުގެ އަނގޮޓިތަކޯ؟” އެއީ ޑޭވް ސްޓެޓިންއެވެ. އޭނާ ހެނީއެވެ. “އަހަރެން މިދޮރު ހުޅުވާފަ ބެހެއްޓީ ކަލެއަށް” އޭނާ ބުންޏެވެ. “އަހަރެން ބޭނުންވީ ކަލޭ މިއަދު މިކޮޓަރިއަށް ވަންނަން.” އަނާ ހުރީ ބިރުގެންފައެވެ. އެކަމަކު އޭނާ އެކަން ނުދައްކާވޭތޯ މަސައްކަތްކުރިއެވެ. “ކަލެއަށް އަދި އަލިމަހުގެ އަނގޮޓިތަކެއް ނުފެނޭ” ޑޭވް އަނެއްކާވެސް ބުންޏެވެ. އަނާ، ގްރެޓާ ގޯރޑްންގެ އަނގޮޓިތައް މަތިން ހަނދާންވިއެވެ. އެއަނގޮޓިތައްވެސް ހުރީ […]
“މާޒް އަކީ ރީތި މީހެއް.. ސްމާޓް.. ވެލް އެޑިއުކޭޓޭޑް.. ނައިސް ސްްޓޭޓަސް އެއް.. ސަކްސެސްފުލް ޒުވާން މީހެއް!” ރިޒާނާ އަހަރެންގެ ކުރިމައްޗައް ހުއްޓުނެވެ. މިއަންހެންމީހާ މިކިޔަނީ ކީކޭ ހެއްޔެވެ؟ އަހަރެން ހުރީ ވާނުވާގައެވެ. “ކީކޭ ތިކިޔަނީ؟” އަހަރެން އަހައިލީމެވެ. ރިޒާނާ ނުބައި ގޮތަކަށް ހީލިއެވެ. “ތާޝާ!” ރިޒާނާ ބުނެލިއެވެ. “ތާޝާ” އަހަރެންނަށް އެނަން ކިޔާލެވުނީ ހައިރާންކަން އިތުރުގެން ދިޔަލެއް ބޮޑުކަމުންނެވެ. ރިޒާނާއަށް އަހަރެންނާއި ތާޝާއާއި އޮތް ގުޅުމެއް އިނގުނީ ކިހިނެއް ހެއްޔެވެ؟ “އިއްޔަ ތި ދެމީހުން ދެއްކި […]
” ފެންފޮދެއް ލިބިދާނެތަ؟” އަހަރެން ހަދާނެގޮތް ހުސްވެފައި ހުއްޓާ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެން ފަހަތްބަލާލުމާއެކު ދާދިގާތުގައިހުރި ފިރިހެން ކުއްޖާފެނިފައި އަހަރެން ހައިރާންވިއެވެ. އޭނަވެސް އަހަރެންގެ މޫނަށް ބަލަންހުރީ އެފަދަ ގޮތަކަށެވެ. ” އަލަމް ޖޫސްބޮއެފިންތަ؟” ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލަން ތިއްބާ ޔޫނާ ޖޫސްތައްޓެއް ހިފައިގެން އައެވެ. ” އާނ… ޖޫސްބޮއެފިން….އެކަމު ފެންފޮދެއް ނުލިބިފަ މިހުރީ….މަށަށްހީވަނީ މިތާއެބައުޅޭހެން ޔޫރަޕް ކުއްޖެއްވެސް…..ފެންފޮދެއް ދޭށޭބުނީމަވެސް އެކުއްޖާއަކަށް ދޭހައެއްނުވި..” އަހަރެންނާ ދިމާއަށް […]
“އެކްސްކިއުސް މީ! އެއްވެސް އެއްޗެއް ބޭނުންތަ؟” އެއިވުން އަޑުން އަހަރެންގެ އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ވަގުތުން އިސްއުފުލާ ބަލައިލީމެވެ. ކުރިމަތިން ފެނުން މަންޒަރުން އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. މިއީ އަނެއްކާ ހަގީގަތެއްބާއެވެ؟ އަނގައިން ބުނާނެ ހިތްވަރެއްވެސް ނެތިފައި ބަލަން އިނދެވުނީއެވެ. “ތާ…ތާޝާ” އަހަރެންނަށް ނަން ކިޔާލެވުނީ ވަރަށްވެސް އުނދަގުލުންނެވެ. އަހަރެން ފެނުމުން ތާޝާއަށް ވެސް ވީ ހަމަ މިފަދަ ގޮތެކެވެ. އަހަރެން ފެނުމުން ހައިރާން ކަމާއި އެކު ދެލޯ ބޮޑުކޮށްލައިގެން އަހަރެންނަށް ބަލަން ހުރުމަށްފަހު […]
“މީނދަ ފިރިހެނާ މިގެއިން ނުދަނީސް މަގޭ ރުޅި މަޑެއް ނުވާނެ. ހިތަށްއަރާ މިފިރިހެނާއާ ދިމާނުވިނަމައޭ. ލަދުވެސް ގަނޭ ކޮއްކޮއޭ ބުނަން.” ފަޔާޒް އަޔާޒާއި ދިމާއަށް އިނގިލި ދިއްކޮށް ބުނެލިއެވެ. ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިތާލީ ހަމަޖެހޭށޭ ބުނާފަދަ ގޮތަކަށެވެ. “ރިޔާޝާ މަޑުން އިނދެބަލަ. އޭނަ އިތުރަށް މިގޭގައި ބަހައްޓަން މަސައްކަތް ކޮށްފިއްޔާ ދެން ނޭނގެ ހަދާނެ ގޮތެއްވެސް. އޭނަ ނުދަންޏާ އަހަރެން މިގެއިން ދާނަން.” ފަޔާޒް މިފަހަރު ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ […]