ފަޔާޒްއާއި ރިޔާޝާގެ ދެމެދުގައި ވަރުގަދަ ފާރެއް ލެވިއްޖެކަމުގައި ރިޔާޝާއަށް އިހުސާސްކުރެވެން ފަށައިފިއެވެ. މިހާރު ފަޔާޒް ގިނަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ގިނައިން ކަނީވެސް ގެއިން ބޭރުންނެވެ. ކުރީގައި ހުންނަ މަޖާ މިޒާޖު ވަނީ ބަދަލުވެފައެވެ. އަބަދުވެސް ހުންނަނީ ނެގިމަޑުވެފައެވެ. ގޭގައި އުޅޭ ވަގުތުތަކުގައިވެސް މާގިނައިން ރިޔާޝާއާއި ވާހަކަދައްކައެއް ނޫޅެއެވެ. ގިންއިން އޮންނަނީވެސް ފިކުރެއްގައެވެ. ވަރަށް ބޮޑު ފިކުރެއް ކުރަމުންދާކަން ޔަޤީނެވެ. ނަމަވެސް ރިޔާޝާއަށް ނޭނގެނީ ފަޔާޒް އެފިކުރު ކުރަނީ ކޮންކަމަކާ ކަމެވެ. މިކަންތައްތައް ވެގެންދިޔައީ ރިޔާޝާއަށް ކެތްނުކުރެވޭވަރުގެ ކަމަކަށެވެ. ފަޔާޒަށް އެ ބަދަލު އައި ސަބަބަކީ އަޔާޒްގެ ސިޓީކަން ރިޔާޝާއަށް ޔަޤީނެވެ. އެހެންކަމުން އޭނާ ފަޔާޒާއި އެވާހަކަ ދައްކަން ނިންމިއެވެ. ފަޔާޒް ގެއަށް އައިގޮތަށް ވަނީ ކޮޓަރިއަށެވެ. އޭނާ ގަމީސް ބާލައި ކޮނޑުގައި އަޅުވާލާފައި އެނދުމަތީގައި އޮށޯވެލިތަނާ ފޯނަށް އައީ ވައިބަރ މެސެޖެކެވެ. އޭނާ މެސެޖް ހުޅުވާލިއިރު އެއީ ވީޑިއޯއެކެވެ. ވީޑިއޯ ޕްލޭކޮށްލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.
ވީޑިއޯއިން ފެންނަމުންދިޔަ މަންޒަރު އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އަޔާޒާއިއެކު ރިޔާޝާ ހިންގަމުންދިޔަ ބަދުއަޚްލާޤީ ޢަމަލުތަކުގެ ސަބަބުން އޭނާގެ ލޭ ކެކިގަތެވެ. އޭނާގެ އަނތްބެއްގެ ގޮތުގައި އިނދެ ހިލޭ ފިރިހެނަކާއެކު އެފަދަ ގުޅުމެއް ހިންގީތީ އޭނާގެ ހިތް ރިޔާޝާގެ މައްޗަށް ކިލަނބުވިއެވެ. އަދި އެއީވެސް އޭނާގެ ކޮއްކޮއާއި އެކުގައެވެ. ފަޔާޒް ވަރަށް ބާރަށް ރިޔާޝާއަށް ގޮވާލިއެވެ. އެއަޑަށް ރިޔާޝާ ދުވަމުން ކަހަލަ ގޮތަކަށް އައިސް ކޮޓަރިއަށް ވަނެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރިއެވެ. “ކިހިނެއްހޭ ވީ؟ އުޅޭނެހާ ގޮތަކަށް އުޅެފައި އަދި އެބަ އަހައެއްނު ކިހިނެއްހޭ ވީ؟” ފަޔާޒް އެހާ ރުޅިއައިސްފައި ހުރުމުން ރިޔާޝާ ގަތީ އަމަށަކު ބިރެއް ނޫނެވެ. “ފަޔާ! ތި ރުޅިމަޑުކޮށްފަ ބުނެބަލަ ވީގޮތެއް.” ރިޔާޝާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “ރުޅި މަޑުވޭތަ؟ ބަލާބަލަ މި.” ފޯނު ރިޔާޝާގެ އަތަށް ޖަހަމުން ފަޔާޒް ބުނެލިއެވެ. އެވީޑިއޯ ބަލާލުމުން ރިޔާޝާއަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އޭނާގެ އަތުން ފޯނުވެސް ދޫވެގެން ވެއްޓުނީ އެއީ ޙަޤީޤަތަކަށް ނުވާތީއެވެ.
“ފަޔާ! ތީކީ އަސްލެއް ނޫން. އަހަރެންގެ ވާހަކަ ޤަބޫލުކުރޭ! ހެޔޮނުވާނެ.” ރިޔާޝާއަށް ރޮއިގަނެވުނެވެ. “ރިޔާޝާ ތިހެން ބުނީމަ އަހަރެން ވީ ޤަބޫލުކުރަންތަ؟ ކުރިން އަޔާޒްގެ ސިޓީ ކިޔާފައިވެސް ރިޔާޝާ އެހެން ބުނީމަ އަހަރެން ޤަބޫލުކުރިން. އެކަމަކު މިފަހަރު ކިހިނެއް ޤަބޫލުކުރާނީ؟ ހުރިހާ ކަމެއް މިހިރީ ލޮލު ކުރިމަތިން ފެންނަން.” ފަޔާޒްގެ ރުޅި ހައްތަހާ ގަދަވަމުން ދިޔައެވެ. “ފަޔާ! ތީ އެއްގޮތަކަށްވެސް އަހަރެން ކުރި ކަމެއް ނޫން. ޤަބޫލުކުރޭ! އަހަރެންނަށް ހަމަ ޔަޤީން ތީ އެ އަޔާޒްގެ ރޭވުމެއްކަން. އޭނަ ބޭނުންވަނީ އަހަރެމެންގެ އުފާވެރި ދިރިއުޅުން ހަލާކުކޮށްލަން. ޤަބޫލުކުރޭ ފަޔާ!” ރިޔާޝާގެ ލޮލުން އޮހުނު ކަރުނަތަކަކުން ފަޔާޒްގެ ހިތަކަށް އަސަރެއް ނުކުރިއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތްވަނީ ރިޔާޝާގެ މައްޗަށް ކިލަނބުވެފައެވެ.
“މިހާރު އަހަރެންނަށް އެނގިއްޖެ ކުރިން ދުވަހު އަޔާޒް ރިޔާޝާ ރޭޕްކުރަން އުޅުނު ގޮތަށް ކުޅުނީވެސް ޑްރާމާއެއްކަން. އެއީ މުޅިންވެސް ރޭވުން. މަކަރު.” ފަޔާޒް ހަޅޭއްލަވައިގަތެވެ. އޭރު ގޭ ދޮރުން ބޭރުގައި ފާރާއި ނިވާވެގެން އަޔާޒް ހުރީ އެމީހުންގެ ވާހަކަތައް އަޑުއަހާށެވެ. އޭނާ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. އެވީޑިއޯއަކީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެކެވެ. އެއީ އަޔާޒް ރިޔާޝާގެ ކޮޓަރީގައި ކެމެރާއެއް ހަރުކޮށްގެން ނަގާފައިވާ ވީޑިއޯއެކެވެ. އެވީޑިއޯގައި އެވަނީ ފަޔާޒެވެ. ނަމަވެސް އެކޮޓަރީގައި ހުރި ނިދާ ބޮކީގެ ފަނޑު އަލީގެ ސަބަބުން ފަޔާޒަށްވެސް ޚުދު އޭނާގެ ސިފަ ވަކިކުރަން ނޭނގުނީއެވެ. މިފަހަރު އޭނާ ޕްލޭން ފެއިލް ނުވާނެކަމުގެ ޔަޤީންކަން އަޔާޒަށް ލިބުނެވެ. އެއަށްވުރެ މާބޮޑަށް ފަޔާޒް އެވަނީ ރިޔާޝާދެކެ ރުޅިއައިސްފައެވެ. ދެން އޭނާގެ މަންޒިލް އަތުވާކަށް މާގިނަ ދުވަހެއް ނޯންނާނެކަމުގައި އަޔާޒް ޔަޤީންކުރިއެވެ.
“ނޫން ފަޔާ. ޤަބޫލުކުރޭ! އެއީ އަހަރެން ކުރި ކަމެއް ނޫން. ﷲ ގަންދީ ހުވާކޮށްފަ މިބުނީ އަހަރެން ފަޔާ ނޫން މީހަކާ އެކަހަލަ ގުޅުމެއް ނުހިންގަން.” ރިޔާޝާ އާދޭސްކުރިއެވެ. “ބުނަން. ގޮސް ތި އާޓް ކޮންމެވެސް އެހެން މީހަކަށް ދައްކާ.” ފަޔާޒް އެހެން ބުނެފައި ދާން ހިނގައިގަތެވެ. “އެންމެ ރަނގަޅު. ދެން ވާގޮތް ބަލަން ހުރޭ.” ރިޔާޝާ އެހެން ބުނެފައި ނުކުތީ ބެލްކަންޏަށެވެ. ފަޔާޒް ފަސްއެނބުރި ބަލާލީ ރިޔާޝާގެ އަޑެއް ނީވުމުންނެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާއަށް ބެލްކަންޏާއި ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ބެލްކަންޏަށް ނުކުތް ވަގުތު ފެނުނު މަންޒަރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ރިޔާޝާ ރެއިލިންގެ ދަގަނޑު މައްޗަށް ކޮޅަށް އަރަނީއެވެ.
ފަޔާޒް ބަލާކަށް ނުހުރެ ގޮސް ރިޔާޝާގެ އަތުގައި ހިފާ ދަމައިގަތެވެ. “ރިޔާޝާ މޮޔަވީތަ؟” ފަޔާޒް ހަޅޭއްލަވައިގަތެވެ. “ދޫކުރޭ އަހަރެން އަތުން! އަހަރެންދެކެ ލޯބިވާ އެކަކުވެސް މިދުނިޔެއަކު ނެތް. އަހަރެން ބޭނުމީ މަރުވާން. ދޫކުރޭ އަހަރެން އަތުން!” ރިޔާޝާ ފަޔާޒްގެ އަތް ފޮޅުވާލަމުން އަނެއްކާވެސް ރެއިލިންގއަށް އަރަން ދިމާކުރިއެވެ. ފަޔާޒް ރިޔާޝާގެ އަތުގައި ހިފާ ދަމައިގެންފައި ރިޔާޝާގެ މޫނުމަތީގައި ޖެހިއެވެ. ރިޔާޝާއަށް ވީތަދުން ކޯމަތީގައި އަތް ހާކާލެވުނެވެ. ފަޔާޒް ރިޔާޝާ ގެނެސް އޭނާގެ މޭގައި ލައްކޮށްލީ ކުރެވުނު ކަންތަކާއި ދެރަވުމުންނެވެ. ރިޔާޝާ ފަޔާޒްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. “އަހަރެން މިދަނީ މިގެއިން.” ރިޔާޝާ އެހެން ބުނެފައި ދާން ހިނގައިގަތުމުން ފަޔާޒް އޭނާ ހުއްޓުވޭތޯ ފަހަތުން ދިޔައެވެ. ދެފަހަރަކު ރިޔާޝާގެ އަތުގައި ހިފުމުންވެސް އަތް ފޮޅުވާލާފައި ދިޔައީއެވެ. “ރިޔާޝާ! ތިގޮތަށް ގެއިން ނުކުމެގެން ގޮސްފިއްޔާ ދެން ދުވަހަކުވެސް އެނބުރި ނާންނާތި!” ފަޔާޒް ރިޔާޝާއަށް އަޑުއިވޭ ވަރަށް ބާރަށް ބުނެލީ ރިޔާޝާ އަނބުރާލާފައި އެތެރެއަށް ވަންނާނެ ކަމަށެވެ. ނަމަވެސް ރިޔާޝާ ދިޔަގޮތަށް ދިޔައީއެވެ.
ފަޔާޒަށް ސިޑި މަތީގައި އިށީނދެވުނީ ރިޔާޝާ އެނބުރި ނައިސް ނުކުމެގެން ދިޔުމުންނެވެ. އޭނާ ރިޔާޝާދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާގެ ހިތް ޝައްކުން ފުރުނީތީ އޭނާއަށް އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ހިތުގައި އުފެދުނު ޝައްކުގެ ސަބަބުން އޭނާއަށް މިއަދު އެވަނީ އޭނާގެ ލޯބިވާ އަނބިމީހާއަށް އަތް އިސްކުރެވިފައެވެ. ނަމަވެސް އެއީ އެފަދަ މަންޒަރެއް ފެނުމުން ކޮންމެ މީހަކު ނަމަވެސް ވާނެ ގޮތެވެ. ކިތަންމެ ބޭނުންނުވިޔަސް ހިތުގައި ޝައްކު އުފެދޭނެއެވެ. އަނެއްކޮޅުން ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް އެވާހަކަތަކެއް ޤަބޫލެއް ނުކުރެވޭނެއެވެ. އެފަދަ ވަގުތުތަކުގައި ކުށްވެރިޔާ އޭނާގެ ކުށަށް އިއުތިރާފު ނުވާނެކަމަށް އިބިލީސް ވިސްނައިދޭނެއެވެ. އެބީދައިން އޭނާ އެކަމަށް އެއްބަސްނުވަނީ ކަމުގައި ޤަބޫލުކުރެވޭނެއެވެ.
ފަޔާޒް އެހެން އިންދާ ފަހަތުން އަޔާޒްގެ އަޑު އިވިފައި ސިހިގެން ދިޔައެވެ. އޭނާ ބަލާލިއިރު އަޔާޒް އަސާގަނޑު ޖައްސައިގެން ފަޔާޒަށް ބަލަން ހުއްޓެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ނުރައްކާތެރިކަމެވެ. ނަމަވެސް ފަޔާޒަށް އެކަން ދެނެނުގަނެވުނީ ރިޔާޝާ ދިޔުމުން ކަންބޮޑުވެ ދެރަވެފައި އިންވަރުންނެވެ. “ރިޔާޝާ ދިޔައީތަ؟” އަޔާޒް އަހާލިއެވެ. “ކީއްކުރަން މިތަނަށް ތިއައީ؟ މަންމައާއި ބައްދަލުކުރަން ދޯ؟ މަންމައެއް ނެތް ގެޔަކު. އަހަރެންގެ ބޯ ނުގޮއްވާ މިތަނުން ދާންއުޅޭ!” ފަޔާޒް ރުންކުރު ގޮތަކަށް ބުނެލިއެވެ. “ކީއްވެ ރިޔާޝާ ގައިގައި ޖެހީ؟” އަޔާޒް އަނެއްކާވެސް އަހާލިއެވެ. “ކިހާ ދެރަ ކަމެއްތަ؟ ބުނެފީމެއްނު މިތަނުން ދާށޭ!” ފަޔާޒް އަނެއްކާވެސް ބުންޏެވެ. “އަހަރެން މިއެހީ ކީއްވެހޭ ރިޔާޝާ ގައިގައި ޖެހީ؟” އަޔާޒް އަޑަށް ބާރުލާފައި އެހިއެވެ. “މިތަނުން ދާނީތަ؟ ނޫނީ ގަދަކަމުން ނެރެންވީތަ؟ ދެމީހުންކުރެ އެކަކަށްވެސް އަނިޔާއެއް ވާން ބޭނުންނުވާތީ ރީތިކޮށް މިބުނީ މިތަނުން ދާށޭ.” ފަޔާޒްގެ އަޑުގައި ވަނީ ނުރުހުމެވެ.
“ކީއްވެ ރިޔާޝާ ގައިގައި ޖެހީ؟” އަޔާޒް އަދިވެސް ދާ ޚިޔާލެއް ނުކުރެއެވެ. ފަޔާޒް ފުންމައިގެން ތެދުވިއެވެ. އަދި ގޮސް އަޔާޒްގެ ކުރިމައްޗަށް ހުއްޓުނެވެ. “ހަމަ މިހާރު ނުކުމޭ!” ސިޑިއާއި ދިމާއަށް އިޝާރާތްކުރަމުން ފަޔާޒް އަމުރުކުރިއެވެ. “ކީއްވެ ރިޔާޝާ ގައިގައި ޖެހީ؟” “ނުކުންނާށޭ!” އަޔާޒްގެ މޭގައި އަޅާ ކޮއްޕާލަމުން ފަޔާޒް ބުންޏެވެ. “ކީއްވެހޭ ރިޔާޝާ…” “ނުކުންނާށޭ!” ފަޔާޒް އަނެއްކާވެސް އަޔާޒްގެ މޭގައި އަޅާ ކޮއްޕާލިއެވެ. އޭރުވެސް އަޔާޒް އޭނާގެ ސުވާލު ތަކުރާރުކުރަމުން ދިޔައެވެ. ދެތިން ފަހަރު ކޮއްޕާލިއިރު އަޔާޒް ހުރީ ސިޑިއާއި ހަމައިގައެވެ. އަޔާޒް އަދިވެސް ބަލަހައްޓައިގެން އޭނާގެ ސުވާލު ތަކުރާރު ކުރަމުން ދިޔައެވެ. ފަޔާޒް އައިސް އަޔާޒާއި ހަތަރު ވަރަކަށް ފޫޓަށް ކައިރިވުމުން އަޔާޒް އަތުގައި އޮތް އަސާގަނޑުން ފަޔާޒްގެ ގައިގައި ބޮނޑިއެއް އެޅިއެވެ.
ފަޔާޒަށް ދުރަށް ޖެހިލެވުނީ ވީ ތަދުންނެވެ. އަޔާޒް އަސާގަނޑުން ފަޔާޒްގެ ގައިގައި ތަޅަމުން ގޮސް ނުކުތީ ބެލްކަންޏަށެވެ. އަޔާޒް ފަޔާޒްގެ ބުރަކަށީގައި ޖެހުމުން ފަޔާޒްގޮސް އޮތީ ރެއިލިންގގައި ބަނޑުއަޅުވައިގެންނެވެ. ފަޔާޒްގެ ގައިގައި ރިއްސަމުން ދިޔަވަރުން އޭނާއަކަށް ނުތެދުވެވުނެވެ. އެހެން އޮއްވާ އަޔާޒް އައިސް ފަޔާޒްގެ ދެފައިގައި ހިފިއެވެ. “އައިމް ސޮރީ މިސްޓަރ ފަޔާޒް!” އަޔާޒް އެހެން ބުނެފައި ފަޔާޒްގެ ދެފައި ނަގާ ރެއިލިންގއިން ބޭރަށް ވައްޓާލިއެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ފަޔާޒްގެ ހަށިގަނޑު ތިރިއަށް ދާން ފެށުމުން ފަޔާޒް ބާރަށް ހަޅޭއްލަވައިގަތެވެ. ދެވަނަ ބުރިން ފަޔާޒް ވެއްޓި ބިމުގައި ޖެހުނުތަން ބަލަން ހުރެފައި އަޔާޒް އަވަހަށް އެތެރެއަށް ވަދެގެން ގޮސް އޭނާ ހުންނަ ކޮޓަރިއަށް ވަނެވެ. އޭނާ ދިޔަ މަގުގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. އޭނާ ކޮޓަރިއަށް ވަދެ އެއްޗިހި ބަދަލުކޮށްގެން ނުކުމެ އޭނާ އައި މަގުގައި ހުރި ލޭތައް ސާފުކޮށްލާފައި އަވަހަށް ކޮޓަރިއަށް ވަނެވެ.
ރަތީބާ ފިޔާޒާ ގޮވައިގެން ގެއަށް އައިއިރު އެގޭ ކައިރިއަށް މީހުންތައް އެއްވެފައި ތިބުމުން ވީގޮތެއް ބަލާލަން އެތަނަށް ކައިރިވިއެވެ. އެވަގުތު ލެއިން ކަޅިވެފައި އޮތް ފަޔާޒް ފެނުމުން އޭނާއަށް ވީގޮތެއްވެސް ނޭނގުނެވެ. އޭނާ އަވަސްއަވަހަށް ފަޔާޒްއާއި ކައިރިވީއިރު ފިޔާޒާ މަތިން ހަނދާނެއް ނެތެވެ. އޭނާ ފަޔާޒްގެ ވިންދު ބަލާލިއިރު ވިންދު ހުއްޓެވެ. އެވަގުތު އޭނާއަށް އެމްބިއުލެންސް އެމެޖެންސީގައި އަންނަ އަޑު އިވުނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ފަޔާޒް ހޮސްޕިޓަލަށް ގެންދެވުނެވެ. ވަގުތުން ފަޔާޒް ވެއްދީ އޮޕަރޭޝަން ތިއޭޓަރަށެވެ. ރަތީބާ ވަގުތުން ރިޔާޝާއަށް ގުޅާފައި އެވާހަކަ ބުނުމުން ރިޔާޝާވެސް އަވަސްއަވަހަށް އައެވެ. އޭނާ ހޮސްޕިޓަލަށް ވަދެގެން އައީ ދުވެފައެވެ. އޭނާ އައިއިރު އޮޕަރޭޝަން ތިއޭޓަރ ކައިރީގައި ރަތީބާ އިނީ ފިޔާޒާ ގޮވައިގެން ރޯލަރޯލައެވެ. “ފަޔާއަށް ކިހިނެއްވީ؟” ރިޔާޝާ އަވަސްއަވަހަށް އެހިއެވެ. “ނޭނގެ. މަންމަ ގެއަށް އައިއިރު ގޭކައިރީ މީހުން އެއްވެފައި އޮތީމަ މަންމަ ކައިރިވެލިއިރު ފަޔާޒް އޮތީ ވެއްޓިފައި. ވަރަށް ތަޅާ އަނިޔާކޮށްފައި ހުރީވެސް. ނޭނގެ ކާކު ކުރި ކަމެއްކަމެއްވެސް.” ރަތީބާ ވަރަށް ހިތްވަރުކޮށްފައި ކިޔައިދިނެވެ.
ތިން ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އޮޕަރޭޝަން ތިއޭޓަރ ދޮރު ހުޅުވާލާފައި ޑޮކްޓަރ ނުކުތުމުން ރިޔާޝާ ކައިރިވެލިއެވެ. “މަރުޙަބާ! އޮޕަރޭޝަން ކާމިޔާބު.” ޑޮކްޓަރ ހިނިތުންވެލާފައި އެހެން ބުނެލުމުން ރިޔާޝާއަށް ﷲއަށް ޙަމްދުކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އިސާހިތަކު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. ރަތީބާގެ ހާލަކީވެސް އެއީއެވެ. އޭރު ޕޮލިހުންވެސް އެތާގައި ހަރަކާތްތެރިވަމުން ދިޔައެވެ. ފަޔާޒް އައިސީޔޫއަށް ބަދަލުކޮށްފައި ޑޮކްޓަރ އައިސް ރިޔާޝާއަށް އެޚަބަރު ދިނެވެ. އަދި ފަޔާޒް ހޭނާރާ ކަމަށާއި އޭނާ ހޭއަރަންދެން އެތާގައި ކޮންމެވެސް އެކަކު މަޑުކުރަން ޖެހޭނެކަމަށްވެސް ބުންޏެވެ. “އެހެންވީމަ ފަޔާޒް ހޭއެރީމަ އަޅުގަނޑުމެންނަށް އިންފޯމް ކޮށްލަދީ. އޭރުން އަޅޫގަނޑުމެން އޭނާގެ ބަޔާން ނަގަން އަންނާނަން.” އެހެން ބުނެފައި ޕޮލިސް އޮފިސަރ ދިޔައީއެވެ.
ރަތީބާ ރިޔާޝާ ގާތުގައި ފިޔާޒާ ގޮވައިގެން ގެއަށް ދާން ބުންޏެވެ. “ނޫން. މަންމަ ދޭ ފިޔާ ގޮވައިގެން ގެއަށް. އަހަރެން މިރޭ މިކޮޅުގައި މަޑުކުރާނަން. މަންމަ އާދޭ މާދަން ހެނދުނު.” ރިޔާޝާ އެހެން ބުނެލުމުން ރަތީބާ އެންމެ ރަނގަޅުކަމުގައި ބުނެފައި ފިޔާޒާ ގޮވައިގެން ގެއަށް ދިޔައެވެ. ރަތީބާ ދިޔުމުން ރިޔާޝާ ދިޔައީ އައިސީޔޫއަށެވެ. އޭނާ ގޮސް ފަޔާޒް އޮތް އެނދުގެ ކައިރީގައި ހުރި ގޮނޑިގައި އިށީނެވެ. އަދި ފަޔާޒްގެ އަތުގައި ހިފާލާފައި އެއަތުގައި ތުންފަތް ޖައްސާލިއެވެ. ރޭގަނޑުވެގެން ދިޔައިރުވެސް އޭނާ ފޫހިކަމެއްނެތި ފަޔާޒް ހޭއަރާނެ އިރެއްގެ އިންތިޒާރުގައި އިނެވެ. ކާންވެސް އޭނާ ހަނދާން ނެތް ކަހަލައެވެ. މެންދަންވެ ހޮސްޕިޓަލުތެރެ ހިމޭންވީ ފަހުން އަޔާޒް އައިސް ހޮސްޕިޓަލަށް ވަނެވެ. އޭނާގެ އަތުގައި އޮޅާލެވިފައިވާ ކަރުދާސްތަކެއް އޮތެވެ. އޭނާ މިސަރާބުޖެހީ އައިސީޔޫއާއި ދިމާއަށެވެ.
އަޔާޒް ގޮސް އައިސީޔޫ ދޮރު ހުޅުވާލިއިރު ރިޔާޝާ އިނީ ފަޔާޒްގެ އަތުގައި ހިފާލައިގެން ގެނެސް އޭނާގެ ކޮލުގައި ޖައްސާލައިގެންނެވެ. ރިޔާޝާ އިނީ ދޮރަށް ފުރަގަސްދީގެން ކަމުން އޭނާއަކަށް އަޔާޒެއް ނުފެނެއެވެ. “ރިޔާޝާ!” އަޔާޒްގެ އަޑަށް ރިޔާޝާ ފަސްއެނބުރި ބަލާލިއެވެ. “ހެޔޮނުވާނެ މިތަނުން ދޭ.” ރިޔާޝާ އާދައިގެ ގޮތަކަށް ބުނެލިއެވެ. “ރިޔާޝާ! މިދުނިޔޭގައި މަރާއި ކުރިމަތިނުލާނެ ހަމަ އެއްވެސް އިންސާނަކު ނޫޅޭނެ. އެހެންވީމަ އަހަރެންނަށް ހީވަނީ މިފޯމު ހިފައިގެން އަންނަން އެންމެ ރަނގަޅު ވަގުތުހެން މީ. އަން. މިފޯމުގައި ހިފާ މީގަ ސޮއިކޮށްލާ.” އަޔާޒް ބުނެލިއެވެ. “ކޮން ފޯމެއް؟” ރިޔާޝާ ހައިރާންވެފައި އަހާލިއެވެ. “ފަޔާޒްގެ ކައިރިން ވަރިވާން.” އަޔާޒް އެހެން ބުނެލުމުން ރިޔާޝާ ކުއްލިއަކަށް އަޔާޒަށް ބަލާލިއެވެ. “އަހަރެން ވަކީލަކާއި ވާހަކަވެސް ދައްކައިފިން. ރިޔާޝާ މީގަ ސޮއިކުރާ ވަގުތުން ފެށިގެން ވަރިވާނެ. ދެން އޭގެ ފަހުން އަހަރެމެން ދެމީހުން އިންނާނީ.” އަޔާޒް ހަމަޖެހިލާފައި ބުނެލިއެވެ.
“ކީކޭ؟ ކަލޭ ތިހިރީ ހޭބަލިވެފަތަ؟ ނޫނީ ދުނިޔޭން މޮޔަވެފަތަ؟” ރިޔާޝާ ގާތަށް ރުޅިއައި ނަމަވެސް ވާހަކަދެއްކީ މަޑުންނެވެ. “އާނ. އަހަރެން މިހިރީ މޮޔަވެފައި. ރިޔާޝާގެ ލޯތްބަށް އެދި ދީވާނާވެފައި.” އަޔާޒް އެހެން ބުނެލުމުން ރިޔާޝާ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. “ހަމަ މިހާރު މިވަގުތު މިތަނުން ނުކުމޭ! ގެޓް އައުޓް ފްރަމް ހިއަރ!” ރިޔާޝާ ދޮރާއި ދިމާއަށް އަތް ދިއްކޮށްލަމުން އަމުރުކުރިއެވެ. “އޭނައަކީ ރަނގަޅު މީހެއް ނޫނޭ. އޭނާ ރިޔާޝާ ގައިގައި ޖެހީއެއްނު. އޭނަ ދޫކޮށްލާ. އަދި އަހަރެންނާ ކައިވެނިކުރޭ.” އަޔާޒް ވާހަކަދައްކަމުން ގޮސް ފަޔާޒް އޮތް އެނދު ކައިރިއަށް ހުއްޓުނެވެ. “ކަލޭ ހީކުރަނީ ކީކޭ ކަމަށްތަ؟ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ކަމަށްތަ؟ ހިތަށް އެރީމަ އިނދެލާފައި ހިތަށް އެރީމަ ވަރިވާން ކުރާ ކަމެއް ކަމަށްތަ؟” ރިޔާޝާ އެހެން ބުނެލުމުން އަޔާޒް ބަލާލިއެވެ. “އޭނަ ކައިރިން ވަރިވެގެން އައިސް އަހަރެންނާއި އިނދެގެން މުޅި އުމުރަށް އުޅެވިދާނެއެއްނު.” “އަލްފާޟިލް އަހްމަދު އަޔާޒް! އަޑުއަހާ. އަހަރެން ދުވަހަކުވެސް އަޔާޒްގެ އަނތްބަކަށް ނުވާނަން.” ރިޔާޝާ ރުޅިވެރިކަމާއެކު ޖަވާބުދިނެވެ.
“ރިޔާޝާ! އަހަރެން މިދައްކާ ވާހަކަ ވިސްނޭތޯ މަސައްކަތް ކޮށްބަލަ. ފަޔާޒް ދޫކޮށްލާފަ އަހަރެންނާ ކައިވެނިކުރޭ.” އަޔާޒް މޮޔައެއް ފަދައިން ރިޔާޝާގެ ގާތުގައި ބުނަމުން ދިޔައެވެ. “މަރު ފިޔަވާ ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެންނާއި ފަޔާޒް ދުރެއް ނުކުރެވޭނެ.” ރިޔާޝާ އެހެން ބުނުމުން އަޔާޒް އެނބުރުނީ ފަޔާޒާއި ދިމާއަށެވެ. “ކަލޭގެ ތި ގޮތެއްނެތް އުޅުމަށް މުޅި ދުނިޔެވެސް ލައުނަތް ދޭނެ. އަހަރެން ކަހަލަ ވަފާތެރި އަނތްބެއް ކައިރީ ތިކަހަލަ ވާހަކަ ދައްކާކަށް ލަދެއް ނުގަނޭތަ؟ އަހަރެންނަކީ ވަފާތެރި އަންހެނެއް. ކަލޭގެ ފަހަރިވެސްމެ.” ރިޔާޝާ އެހެން ބުނިތަނާ އަޔާޒް ފަޔާޒްގެ އަނގަޔާއި ނޭފަތާއި އެއްކޮށް އަޅާފައިވާ އޮކްސިޖަން މާސްކް ނައްޓާލިއެވެ. ނަމަވެސް އަޔާޒް ހުރީ ފަޔާޒްގެ ބޯލާކޮޅުގައި ކަމުން ރިޔާޝާއަކަށް އެތަނެއް ނުފެނެއެވެ. އަޔާޒް އޮކްސިޖަން މާސްކް ހިފަހައްޓައިގެން ހުރެ ރިޔާޝާއާއި ދިމާއަށް އެނބުރުނެވެ. “ރިޔާޝާ! މިހާރު ރަނގަޅެއްނު ދޯ؟” ރިޔާޝާ ބަލާލިއިރު އަޔާޒްގެ އޮކްސިޖަން މާސްކް ފެނުމާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ ފަޔާޒަށް ބަލާލިއިރު ފަޔާޒް މަރަށް ތެޅެނީއެވެ.
“ނޫން.” ރިޔާޝާ އެދިމާއަށް ދުއްވައިގަތުމުން އޮކްސިޖަން މާސްކް ދޫކޮށްލާފައި އަޔާޒް ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ރިޔާޝާ ގޮސް މާސްކް އެޅުވޭތޯ އުޅުނެވެ. އަދި ފަޔާޒަށް ގޮވަމުން ޑޮކްޓަރަށް ގޮވަން ފެށިއެވެ. “ޑޮކްޓަރ! ޑޮކްޓަރ ޕްލީޒް. މަގޭ ފަޔާޒް ސަލާމަތް ކޮށްދީ.” އިނގިރޭސި ބަހުން ރިޔާޝާ ގޮވަމުން ދިޔައެވެ. ރިޔާޝާގެ އަޑަށް ދުވަމުން ކަހަލަ ގޮތަކަށް އައި ޑޮކްޓަރާއި ނަރުސް ކުއްޖާއަކަށް އައިސީޔޫއިން ނުކުމެގެން ދިޔަ އަޔާޒެއް ނުފެނުނެވެ. އެމީހުން އައިއިރު ރިޔާޝާ ފަޔާޒްގެ މޫނުގައި ހިފާ ތަޅުވަމުން ގޮވަމުން ދިޔައެވެ. ޑޮކްޓަރ އައިސް ބެލިއިރު ފަޔާޒްގެ ފުރާނައެއް ނެތެވެ. އެވާހަކަ ބުނުމުން ރިޔާޝާއަށް އަދި ވަކިން ބާރަށް ރޮއިގަނެވުނެވެ. ވަގުތުން ޕޮލިހަށްވެސް އެކަން އެންގުނެވެ. ރިޔާޝާ ބަޔާން ދިންގޮތުގައި އެކަން ކުރީ އަޔާޒެވެ. އެހެންކަމުން ޕޮލިހުން އަޔާޒް އުޅޭ ތަން އިނގޭތޯ އެހުމުން ރިޔާޝާ ބުނީ އޭނާ އެގޭގައި ދާދި ފަހަކުން ހުރިކަމަށެވެ. އެކަމަކު މިހާރު އޭނާ އުޅޭ ތަނެއް ނޭނގޭ ކަމަށް ބުންޏެވެ. އެހެންކަމުން ޕޮލިހުން އަޔާޒް އުޅޭ ތަނެއް ހޯދުމުގެ މަސައްކަތް ފެށިއެވެ.
އަޔާޒް އުޅޭތަނެއް ހޯދަން ކުރި މަސައްކަތުގައި ރިޔާޝާމެން އުޅޭ ގެއަށްވެސް ދިޔައެވެ. އެގެއަށް ދިޔައިރު އަޔާޒް އެގެއިން ނުކުންނަނީއެވެ. ޕޮލިހުން އައުމުން އޭނާ ވަރަށް ހަމަޖެހިލާފައި ކިހިނެއްވީތޯ ސުވާލުކުރިއެވެ. އެމީހުން ވާހަކަދައްކަމުން ދިޔައީ އިނގިރޭސި ބަހުންނެވެ. “ފަޔާޒްގެ މަރުގެ ފަހަތުގައި ވަނީ އަޔާޒް ކަމަށް ރިޔާޝާ ބުނުމުން މިއައީ. އެހެންވެގެން އަޔާޒް އަޅުގަނޑުމެންނާއެކު ޕޮލިސް ސްޓޭޝަނަށް ހިންގަވާ.” ޕޮލިސް މީހާ ވަރަށް ސާފު ބަހުން އެމީހުން އައި ބޭނުން ބުނެދިއެވެ. “އަހަރެން؟ އަހަރެން ކިހިނެއް އަހަރެންގެ ބޭބެ މަރާލާނީ؟ އެހެންނޫނަސް އަހަރެން އަދި މިރޭ މިގެއިން ބޭރަކަށްވެސް ނުދަން.” އަޔާޒް ހައިރާންވާކަމުގެ އަސަރުތައް މޫނަށް ވެރިކުރުވަމުން ބުނެލިއެވެ.
“އެކަމަކު ރިޔާޝާ އެބަބުނޭ މިރޭ ބާރަގަޑި ބައިވީއިރު އަޔާޒް ހޮސްޕިޓަލަށް ދިޔަކަމަށް.” ޕޮލިސް އޮފިސަރ ބުނެލިއެވެ. “ކިހާ އިރަކުއޭ؟” “ބާރަގަޑި ބައި.” ޕޮލިސް އޮފިސަރ ބުނެލިއެވެ. “އެގަޑީ އަޅުގަނޑު އިންނާނީ އިންސްޕެކްޓަރ އަރުޖުން ސިންގއާއެކު. ޤަބޫލުނުކުރައްވާނަމަ އަރުޖުން ސިންގ ކައިރީ އައްސަވާ.” އަޔާޒް ބުނެލިއެވެ. “އެންމެ ރަނގަޅު. ދެން އަޅުގަނޑުމެން ގޮސްލަނީ.” އެހެން ބުނެލާފައި ޕޮލިހުން ދިޔައީއެވެ. އެމީހުން ދިޔުމުން އަޔާޒް ވަގުތުން އަރުޖުން ސިންގއަށް ގުޅުމަށްފަހު އެވާހަކަތައް ކިޔައިދިނެވެ. އަދި ކަންތައް ކުރަންވީ ގޮތްވެސް ކިޔައިދިނެވެ. އަރުޖުން ސިންގއަކީ އޭނާއާއި ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. އެދެމީހުން ދިމާވީ އަޔާޒް އިންޑިޔާއަށް އައި ދުވަހުއެވެ. އެދުވަހު އަރުޖުންގެ ސައިކަލުގައި ޖެހި ކުޑަ އެކްސިޑެންޓެއް ހިނގި ފަހުން ދެމީހުން އެކުވެރިވެ ގުޅުން ބަދަހިކުރީއެވެ. އަރުޖުންއަކީ ފައިސާ ދޭނަމަ ކޮންމެ ކަމެއްވެސް ކޮށްލާނެ މީހެކެވެ. އެގޮތުގެ މަތިން އޭނާ އަޔާޒަށް އެކަން ކޮށްދޭން އެއްބަސްވިއެވެ.
ހެނދުނު ހެނދުނާ އަރުޖުން ސިންގ ގެނެސް ސުވާލުކުރެވުނެވެ. ކައިރީގައި ރިޔާޝާވެސް އިނެވެ. “ދޮގު. އެހެދީ ހަމަ ކަނޑައެޅިގެން ދޮގު.” އަޔާޒް އެބުނީ ތެދެއްކަމަށް އަރުޖުން ބުނުމުން ރިޔާޝާ ހަޅޭއްލަވައިގަތެވެ. އަރުޖުން ރިޔާޝާއަށް ބަލާލީ އިންޒާރެއް ދޭފަދައަކުންނެވެ. “އަހަރެން މިބުނީ ހަމަ ރަނގަޅަށް. އަހަރެންގެ ފިރިމީހާ މަރާލީ ހަމަ އަޔާޒް.” ރިޔާޝާ ޕޮލިސް އޮފިސަރ ގާތުގައި ބުނެލިއެވެ. “އެކަމަކު ރިޔާޝާ. އެއްވެސް މީހަކަށް އަނެކެއްގެ މަރެއް ނުހިފެހެއްޓޭނެ.” އަރުޖުން ބުނެލިއެވެ. “އޭނާ މަރުވީ ނޭވާ ހުއްޓިގެން. އޮކްސިޖަން މާސްކްވެސް އޮތީ ނައްޓާލާފައި.” ޑޮކްޓަރ ބުނެލިއެވެ. “ތިއޭ އަހަރެންވެސް މިބުނާ ވާހަކައަކީ. އަޔާޒްއޭ ފަޔާޒްގެ އޮކްސިޖަން މާސްކް ނައްޓާލީ.” ރިޔާޝާ ބުނެލިއެވެ.
“ހުއްޓާލާ. ކޮންމެހެން ތިހުރިހާ ދޮގުތަކެއް ނުހެދިޔަކަސް ވެދާނެ. ރަނގަޅަށް އަޑުއަހާ. އޭނަ އެބުނާ ގަޑީ އަޔާޒް އިނީ އަހަރެންނާއެކީ ރެސްޓޯރެންޓެއްގައި ކާން.” އަރުޖުން ސިންގ ބުންޏެވެ. “އަހަރެން މި ހަދަނީ ތެދު. އަޔާޒް އަހަރެންގެ ފިރިމީހާ މަރާލީ. ދެން އަހަރެންނަކަށް ނޭނގެ ކަލޭމެންނަށް ބުނެދޭނެ ގޮތެއް. މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަން. ހަމަ އަޔާޒް އަހަރެންގެ ފިރިމީހާ މަރާލީ. ދެފައިގައި ހިފާފަ ބުނަން އަހަރެންނަށް އިންސާފު ހޯދައިދީ.” ރިޔާޝާ ރޮމުން ބުނެލިއެވެ. “އިންސްޕެކްޓަރ. މަކަރޭ އެ ހަދަނީ.” އަރުޖުން އެހެން ބުނެފައި އެތާގައި އިން އަނެއް ޕޮލިސް އޮފިސަރ ގޮވައިގެން ބޭރަށް ނުކުތެވެ.
“އަހަރެންނަށްވެސް އިނގޭ އަޔާޒް އަރުޖުން ކައިރީ އިނދެފައި ފަޔާޒް މަރައެއް ނުލެވޭނެކަން. އެކަމަކު މައްސަލައަކީ ރިޔާޝާ އެތައް ފަހަރަކު އެހެން ބުނާތީ.” ޕޮލިސް އޮފިސަރ ބުނެލިއެވެ. “އިންސްޕެކްޓަރއަށްވެސް ބުނެވިދާނެ ދޯ އަހަރެންނޭ. އެކަހަލަ ކަމެއް އެއީ. އަސްލު އަޔާޒްއާއި ރިޔާޝާގެ އުޅޭ ޒާތީ މައްސަލަގަނޑެއް. އެހެންވެ ރިޔާޝާ ބޭނުންވަނީ އަޔާޒް އެކަމުގައި ބައްދާލަން. އަޔާޒް ސަލާމަތް ކޮށްފިއްޔާ އިންސްޕެކްޓަރއަށް ވަރަށް ރަނގަޅު ހަދިޔާއެއް އަޔާޒް ދޭނެ.” އަރުޖުން އެހެން ބުނެލުމުން ޕޮލިސް އޮފިސަރ ބޯޖަހާލިއެވެ. އެމައްސަލަ ނިންމާލީ ރިޔާޝާއަށް ހެކި ނުދެއްކުމުގެ ސަބަބުން އަޔާޒަކީ ޤާތިލެއް ނޫންކަމަށް ކަނޑައެޅިގެންނެވެ.
ފަޔާޒް ވަޅުލައި ކަންތައްތައް ކުރުމުގައި ޖުމާންގެ އެހީތެރިކަން ރިޔާޝާއަށް ވަރަށް ބޮޑަށް ލިބުނެވެ. ރިޔާޝާ ގޮވައިގެން އެހުރިހާ ތަނަކަށް ގޮސް ހެދީ ޖުމާނެވެ. މޫނު ދައްކާ ހަދާފައި ފަޔާޒް ވަޅުލުމުންވެސް ރިޔާޝާ މަޑުކުރީއެވެ. ރަތީބާ ދާން ބުނުމުންވެސް އޭނާ އިރުކޮޅަކުން ދާނަން ކަމުގައި ބުނެ ރަތީބާ ފޮނުވާލީއެވެ. ރަތީބާ ދަމުން ޖުމާން ގާތުގައި ރިޔާޝާ ގާތުގައި މަޑުކޮށްލަދިނުމަށް އެދުނެވެ. ޖުމާން ރިޔާޝާ ގާތުގައި ގެއަށް ދާން އެދުމުންވެސް އޭނާ ގެއަށްދާ ޚިޔާލެއް ނުކުރިއެވެ. އެހެންކަމުން ޖުމާން ރިޔާޝާ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. އެގެ ސަހަރާއާއި ކައިރިވީމައެވެ. އެގެއަށް ގޮސްފައި ރިޔާޝާ އެގޭގައި އިންކަން ރަތީބާއަށް އެންގިއެވެ. އަދި މިރޭ ރިޔާޝާ ގެއަށް ދާނެ ވާހަކަވެސް ބުންޏެވެ. ރިޔާޝާ ޖުމާންއާއެކު ކާރުގައި ދިޔައީ ގެއަށެވެ. އޭރު ގަޑިން އަށްގަޑި ބައިވެ ބޮޑުވެއްޖެއެވެ. އޭނާ ޖުމާންއަށް ޝުކުރު އަދާކޮށްފައި އެތެރެއަށް ވަނީ މޫނުމަތިން ހަމަޖެހޭކަން ދައްކަމުންނެވެ. ނަމަވެސް އޭނާ ގޭތެރެއަށް ވަދެ ފިޔާޒާގެ ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އޭނާގެ ކަންފަތުގައި ޖެހުނު އަޑަކުން އޭނާއަށް ހުއްޓެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
86 Comments!
Comments are closed.






Fayaa hama maruveetha????????? then enulafaa ayaax fiyaaves maraalaane dho….. I hate u ayaaxoooooo????? vaahaka vvvvvvv reethi… kon irakun tha next part??????
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 29ވަނަ ބައި ގެނެސްދޭނަން
vaahaka mihaaru dhaa goi vara hadi
ޝުކުރިއްޔާ… އެކަމު ކަމުނުދިޔައިމަ ދެރަވެއްޖެ
Shain ur right….???
ޝުކުރިއްޔާ ކޮމެންޓް ކޮށްލީމަ! އެކަމު ކަމުނުދިޔައިމަ ވަރަށް ދެރަވެއްޖެ
Vvvv reethi….
pls fayaa and riyaa
ޝުކުރިއްޔާ
Ohh.me first dhw? Fayaa maruvyma vahaka kamaku nudhey..saandy keeve thrr fayaa thi maraalee..
ޝުކުރިއްޔާ އަމީ… ސާންޑީއެއް ނޫނޭ ފަޔާ މަރާލީ… އަޔާޒްއޭ
dhw saandy enuney fayaa maraalikee 😉
އާނ ރަފް
Vvvvvv hadi fayaa maruvima..
ޝުކުރިއްޔާ
Mihaaru mi vaahaka rycheh noon.. hama eh ves nujehey.. feshigen airu vaahaka varah reethi.. fayaaz maruvi goiy ves kamaku nudhey.. maa bodah drama vefa othy..
ޝުކުރިއްޔާ ވާހަކަ ކިޔާލީމަ
Mi part v kamunudhey buneveynee..
ޝުކުރިއްޔާ ވާހަކަ ކިޔާލީމަ
Ehaa faseyhain ICU ah vadheveytha beynun meehakah.vv reethi mivaahaka
ޝުކުރިއްޔާ އައިފާ! އަޔާޒް ހުރިހާ ކަމެއްވެސް ކުރަނީ ފައިސާގެ ބާރުގައޭ… އެހެންވީމަ ވަދެވޭނެއެއްނު
އަސްލު ނުވަދެވޭނެ ބޭނުންހާ މީހަކަށް އެހާ ފަސޭހައިންނެއް
ayaz eii nubaa mihe huvaamibunii…kurin ayaz eii v rangalhu mihekama raf heekuri..mehaage beyru fusha kun neygey ne dhw emihe ge gothe…
ޔެސް ރަފް
Alhe fayaax maruvyma sakaraih…wat to do dho……real storyga ves ehenvaathy hedheyne gotheh nehthaa dho saandy ahves…vaahaka v rythi.ekm fayaa maruvyma v kada…ayaa ah riyaashaa dhuvahaku ves libuna nudheythi……
ޝުކުރިއްޔާ
This doesn’t make any sense… Ayaaz is lead actor in this story… How could u make the lead actor a villain ?…
ޝުކުރިއްޔާ ތިޔަ ފާޅުކޮށްލި ޚިޔާލަށް… އެކަމު ބުނެލަން ބޭނުންވަނީ ލީޑް އެކްޓަރ ވިލަންއަކަށްވެސް ހެދޭނެޔޭ
Vaahaka v hadhi fayaz maruveema.
ޝުކުރިއްޔާ ވާހަކަ ކިޔާލީމަ
V salhi… ekam Fayaa maraaleema v dhera vejje… next part avas kollahchey
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 29ވަނަ ބައި ގެނެސްދޭނަން
fayaa maruverma vaahaka varah hadi
Mee mihaaru mi site ha in enmme hadi vaahaka?????
ޝުކުރިއްޔާ ވާހަކަ ކިޔާލީތީ
Fayaa maruvyma v hadi
ޝުކުރިއްޔާ ވާހަކަ ކިޔާލީތީ
ޝުކުރިއްޔާ ހުރިހާ ކުދިންގެ ކޮމެންޓްތަކަށް… އަދި ހިތުގައި އޮތްގޮތަށް ބުނީތީ ވަރަށް އުފާވެއްޖެ… މިހާރު މިވާހަކަ ނިމެން ވަރަށް ކައިރިވެއްޖެ… ހުރިހާ ކުދިންވެސް ވާހަކަ ނިމެންދެން ކިޔާލާނެ ކަމަށް އުންމީދުކުރަން… އިރާދަކުރެއްވިއްޔާ މާދަމާ 29ވަނަ ބައި ގެނެސްދޭނަން
Nice.. avahah up kohdhechey
Vaahaka dhaagoiy kiyuntherinnah hadi viyas
Her ah varah reethi. And Saandy ur a best writer. Reply kurangaa her ah varah Kamadhua.. mi vai ves her ah vvvv reethi
ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ ހަރ އަށް ވާހަކަ ކަމުދިޔައިމަ… އިރާދަކުރެއްވިއްޔާ މާދަމާ 29ވަނަ ބައި އަޕްކޮށްލާނަން
ޝުކުރިއްޔާ ހަރ ތިޔަ ކޮށްލި ލޯބިލޯބި ކޮމެންޓަށް… ހަރ! އެހެންވެސް ވާނެ… ޚިޔާލަކީ ތަފާތު އެއްޗެއް… އެކި މީހުންނަށް ރީތިވެ ހުތުރުވާނީވެސް އެކި އެއްޗެހި… އެހެންވެ ސާންޑީ ހުރިހާ ކުދިންގެ ޚިޔާލުތައްވެސް ހެޔޮހިތުން ބަލައިގަންނަން
Aslu vaahaka vrah reethi 🙂 faya maruvi ma vrah dhera Ekamu keekuranee Allah iradhakurahvaagoi Eii enme lobivaa meehunves abadhakunuhunaane dhw.
ޝުކުރިއްޔާ! ހޫމް ދޯ ޝަފޫ؟ ވަރަށް އުފާވެއްޖެ ޝަފޫއަށް ވާހަކަ ކަމުދިޔައިމަ
Fayaa maruveema haadha dhera ey but vaahaka v reethi
ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ ނާދީއަށް ވާހަކަ ކަމުދިޔައިމަ
Mi hagygy stry eh dhw saandy!!! Hageegathuga vx fayaaz maru v tha!!! Noony amilla hiyaaleh tha mee fayaaz maru vun
ޙަޤީޤީ+ޚިޔާލީ… ޙަޤީޤަތުގައިވެސް ފަޔާޒް މަރުވޭ… އަދި އެއީ އަޔާޒް އަތުން… މަރުވި ގޮތް އެއިނީ ޚިޔާލީ ގޮތަކަށް
Alheyyyyyu..fayaa hama maruvytha asluvx….haadha dhera eyyyyy dhw…bt v reethi..keep it up..☺?
ޝުކުރިއްޔާ ރެޑިޝް! އާނ ހަމަ މަރުވީއޭ
alhey….m seyd 🙁 🙁 ekam hadieh noon..kudakoh avas kohlevifahurii…
ޝުކުރިއްޔާ އިމޭޖިނޭޝަން
VaahakA liyuntheriyaa beynuvanee vaahaka ninmaalan
VaahakA varah reethi haadha vaahakn vaahaka ge issroolu adhsakuraa meeha eydhiyaee maruveygen… batholaa dho eyee fayaaz maruvee adhi 2 van bureen
Vettigen maaboudu operation ehves kuraakan nujjeheyne maask alhan ves nujjeheyne ad i liyun theriyaa beynuvanee vaahaka avahan ninmaalan dho
ޝުކުރިއްޔާ އަރޫ! ވަކި އަވަހަށް ނިންމާލާކަށް ނޫޅެން… ހަމަ އެންމެ ފުރަތަމަވެސް ރޭވި ގޮތަށް ކުރިއަށް މި ގެންދަނީ
VaahakA liyuntheriyaa beynuvanee vaahaka ninmaalan
VaahakA varah reethi haadha vaahakn vaahaka ge issroolu adhsakuraa meeha eydhiyaee maruveygen… batholaa dho eyee fayaaz maruvee adhi 2 van bureen
Vettigen maaboudu operation ehves kuraakan nujjeheyne maask alhan ves nujjeheyne ad i liyun theriyaa beynuvanee vaahaka avahan ninmaalan dho
ޝުކުރިއްޔާ އަރޫޝާ… މީގަ އުޅެނީ ޕެރެއްލެލް ލީޑެއް… މާނައަކީ އެއްވަރުގެ މުހިންމު ދެމީހުންނޭ އަޔާޒްއާ ފަޔާޒްއަކީ
ދެވަނަ ބުރިން ވެއްޓިވެސް ހަމަ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިދާނެ… އެއީ ކުޑަދޮރަކުން ވެއްޓިގެންވެސް ވަރަށް ބޮޑެތި އަނިޔާ ލިބިފަ އެބަހުރި ވެއްޓި ޖެހޭ ގޮތަކުން… ދެން ވަރަށް ތަޅާލާފަތާ ވައްޓާލީވެސް
ވަކި އަވަހަށް ވާހަކަ ނިންމާލާކަށް ނޫން… ހަމަ ފުރަތަމަވެސް ވާހަކަ ރޭވި ގޮތަށް މި ގެންދަނީ
Aslu vaahaka ge liisrolu ad as kuraa meehaa nigen dhiyairu mirey bai ge fayaaz ah eyves hageegathen neygi adhi riyaashaa akee theydhuri
Wif eh kameh ves neygi vaahaka ge fayaaz maruveygen dhiyee…
ޝުކުރިއްޔާ އަރޫޝާ! ތީ ވަރަށް މުހިންމު ޕޮއިންޓެއް… މާފަހުން އެތަންކޮޅު ފާހަގަ ކުރެވުނީ… އަސްލު އެތަންކޮޅު ނެތީމަ ވަރަށް އޮޑް ދޯ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ އެތަންކޮޅު ފާހަގަކޮށްލަދިނީމަ
dhw
ޔެސް ރަފް
Saandy raf kobaatha????? Rafge commenteh nethyma comment thah madhuvey eba!!!!????
ރަފް ވީތަނެއް ނޭނގެ ސާންޑީއަކަށް… އަސްލުވެސް ވަރަށް ފަޅު ދޯ ބޭޑް ބޯއީ
thankyou bad boy…u miss me dhw… raf mihuriye baraabarah vaahaka kiyaa fa cment kuraanan inshaa allah…bad boy akee school kuje tha…??
އެބަހުރިން ދޯ
ކޮންމެ ބަޔަކަށް ކޮމެންޓް ކޮށްފަ މިބައިގައި ކޮމެންޓެއް ނެތީމަ މިސްވާނެ ދޯ ބޭޑް ބޯއީ
No. Raf why did u ask me that question??????? n I am above 18……
Ehen meehunah vaahaka hadi Viyas bad boyah varah kamudhey…? n keep it up!! dhen saandyge othy kon vaahakaeh????? Mihaaru ves waiting.. waiting…?? saandy I want horror story plx???
ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ ބޭޑް ބޯއީ އަށް މިވާހަކަ ކަމުދިޔައިމަ… ދެން އޮތް ވާހަކައެއް ބުނާކަށް ނޭނގެ އަދި… މިވާހަކަ ނިމުނީމަތާ އަދި އެހެން ވާހަކައަކަށް ވިސްނޭނީވެސް… ހެހެހެ… ބިރުވެރި ވާހަކައެއް ދޯ؟ މަސައްކަތް ކޮށްލާނަން ބިރުވެރި ވާހަކައެއް ގެނެސްދެވޭތޯ
dhw bad boy sanndy ge ithuru biruveri vaahaka e v v beynun….we hope saandy ge nes deyne kama…n today is friday hurihaa enmenah ves hukuru duvahuge heyo edumaa i thahuniyaa aris kuran…. 🙂 saanfy kobaa next part avaha up kodeeba….
saandy***
ރަފްއާއި ހުރިހާ ކުދިންނަށްވެސް ބާއްޖަވެރި ހުކުރު ދުވަހަކަށް އެދެން
Saandy BB hukurah dhiumuge kurih vaahaka kiyan beynun pls pls
ސޮރީ ބޭޑް ބޯއީ… މިއަދު ހަވީރު އަޕްކޮށްލެވޭނީ
saandy ge ituru vaahaka akah v intezaaru kurevey…..biruveri vaahaka e ingey saandy…..v hituga jehije fayaa maruviima…duniye ga ulhey dhw ekahala miihun ves….keekiraanii…..fiyaa ah gothe nuha dachey ingey saandy…i hope riyaa ayaz ahh marry nukuraane kama…..adhi ayaz ah ekamuge adabu ves liben jehey ne…..
ޝުކުރިއްޔާ ރަފް! އިރާދަކުރެއްވިއްޔާ ބިރުވެރި ވާހަކައެއްވެސް ގެނެސްދޭނަން… އެކަމު ވަކި ދުވަހެއް ބުނާކަށް ނޭނގެ… އިރާދަކުރެއްވިއްޔާ މިއަދު 29ވަނަ ބައި ގެނެސްދޭނަން
koba vaahaka saandy????
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިއަދު ހަވީރު އަޕްކޮށްލަދޭނަން
Vrrhaka vrh fahkaa hama.. Aharmn life ga vss beynun haa gothakah kanthakeh nuve dhw..so vrrhaka ga vss dfrnt goii goii vaaany.. Well done saandy..
ޝުކުރިއްޔާ! ޔެސް ޝިޔާ! ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ނުވާނެ… ވަރަށް އުފާވެއްޖެ ޝިޔާއަށް ވާހަކަ ކަމުދިޔައިމަ
Dhnn kn iraku up kurany next part??
ހަވީރު
nuney bad boy hama ahaali…..
Shiyaa r hama ehbas..abadhu life ga vaany beynun gotheh nun..vaahaka vvvv reethi..
ekam vrh sad fayaa maru v ma..
bad ayaax
Shiyaa r hama ehbas..abadhu life ga vaany beynun gotheh nun..vaahaka vvvv reethi ekam vrh sad fayaa maru v ma ..
bad ayaax
ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ ވާހަކަ ވާހަކަ ކަމުދިޔައިމަ
ހޫމް ދޯ ޝިޔާ
why it’s taking a long time
it’s evening
އަޕްކޮށްފަ އިންނާނެ މިހާރު